Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

(ތިންވަނަ ބައި) ޑައިރީ

Aayaa
Aayaa Level 410 Stories100 Login100 Comments
July 1, 2022 3 Mins Read
0 Comments

“ރިޔާޒާ.. ރިޔާޒާ..” ލަތީފުގެ އަޑު ޖެހުމުންވެސް އައިހަމްއަށް ފާހަގަވީ އެއަޑުގައި ވި ކަންބޮޑުވުމާ ހާސްކަމެވެ.

***

 “ޔަޒާން ދަރިފުޅާ.. ވަރަށް އަވަހަށް އާދެބަލަ..” ލަތީފު ވޭނީ ރާގަކަށް ގޮވާލިއެވެ. ޔަޒާންއަށްވުރެ ކުރިން އައިހަމްއަށް ދުއްވައިގަނެވުނެވެ. ޔަޒާން ހައިރާންވެ ބަލަން ހުރީ އައިހަމްއަށް އެގޭގެ ކޮޓަރިތައްވެސް ފާހަގަކުރަން އެނގުމުންނެވެ.

 ބޮޑު ކޮޓަރީގެ ދޮރުހުޅުވާލި އައިހަމްގެ އަނގަ ތަންމިނަށް ހުޅުވުނީ ރިޔާޒާއޮތް ގޮތް ފެނުމުންނެވެ. ދެލޯ ބޮޑުވެ ކަޅި އޮތީ މަށްޗަށް އަރާފައެވެ. އަނގައިން ހުދު ކުލައިގެ ފޮނުތަކެއް އަރާފައި ހުއްޓެވެ. ދުވެފައި ގޮސް އައިހަމްއަށް މަންމަގެ ގައިގައި އޮޅުލައިގަނެވުނެވެ. ހިފަހައްޓަމުން ދިޔަ ކަރުނަތައް ފައިބައިގަތީ އެވަގުތެވެ.

 “މަންމާ.. މަންމާ… ލޯހުޅުވާލަބަލަ.. އަހަރެން ބުނީތީ.. އަހަރެންނަކަށް ނުބަލާނަންތަ؟؟ އަހަރެންނަށް ދަރިފުޅާއޭ ކިއާފަ ނުގޮވާލަނަންތަ؟” ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ބަންޑުންކޮށްލެވުނެވެ. ހުއްޓުން އަރާފައި ހުރި ލަތީފުއަށް ޖެހުނީ ފުރަތަމަވެސް އައިހަމް ދުރުކުރާށެވެ.

 “އަ.. އައިހަމް.. މަންމަ އަދި ގޮވަލާނެއޭ.. މިގަޑީގަ އަވަހަށް ޖެހޭނީ ފަރުވާ ދޭން.. އިހަށް މަންމަ ގައިން ދޫކޮށްލާ ދަރިފުޅާ..” ލަތީފު ހިތްވަރު ކުރަމުން އޯގާތެރިކަމާއެކު ބުނެލިއެވެ. ބޮޑުކޮޓަރި ދޮރުމަތީ ހުރި ޔަޒާންއާ އާޝާ ހުރީ ހަދާނެ ގޮތެއް ނެތިފައެވެ.

 އާޝާ ބިރުން ތުރުތުރު އަޅައެވެ. ހަދާނެ ގޮތެއް ނޭގިފައި އާޝާއަށް ވެސް މަންމަގެ ކައިރިއަށް ދެވުނެވެ.

 ޔަޒާންއަށް ދުއްވައިގަނެވުނީ ސިޓިންގ ރޫމުގައި އޮތް މަންމަގެ ފޯނު ކައިރިއަށެވެ. ކުރިން ދުވަހަކު ރަށު ޕޮލިހުންނާ ޑޮކްޓްރުންގެ ޓީމެއްވަނީ މަޢުލޫމާތުދޭ ސެޝަނެއް ބާއްވާ، މިފަދަ ވަގުތުތަކުގައި ޢަމަލު ކުރަން ވާނެ ގޮތް ވަރަށް ރަނގަޅަށް ބުނެދީފައެވެ.

 އެމްބިއުލާންސްގައި ރިޔާޒާ މަރުކަޒަށް ގެންދެވުނެވެ. އަވަސްފަރުވާ ދޭ ކޮޓަރި ދޮރުމަތީ ދެއަތް މޮޑެމުން ދެފަރާތަށް ހިނގަން ލަތީފު ހުއްޓެވެ. ލަތީފުގެ އެތަށް އާދޭހަކަށްފަހު އައިހަމްމެން ގޭގައި ސައިބޮއެގެން ދާން މަޑުކުރިއެވެ. ރިޔާޒާއާ އެއްކޮށް މަރުކަޒަށްދާން އެންމެ ގަދަދެއްކީ އައިހަމްއެވެ. އައިހަމްއަށް ޖެހުނީ ބަނޑުހައިވެފައި ހުރިވަރުންނާ އެކު ބަލި ޤަބޫލުކުރާށެވެ.

***

 “އާޝް އަވަސް ކޮށްބަލަ..” އާޝާއަށް ކާންދޭން އިން އައިހަމް ހީވަނީ އެއްތާ ދެފައި ނުޖެހިގެން އުޅޭ ހެންނެވެ.

 “ދެން އަޅުގަނޑު ކީކޭތަ ބޭބެއަށް ކިއާނީ..؟؟؟” ޔަޒާން ކިއަން ފެށިއެވެ.

 “ދޮންބެ ކިއާބަލަ.. މީގެ ކުރިންވެސް ޔާން ދޮންބެއެއްނު ކީ..” އައިހަމް އަވަސް އަވަހަށް ބުނެލިއެވެ.

 “އެއީ ކީއްވެ..؟؟ ކުރިން ކިހިނެއްތަ ދޮންބެ ކިއެންވީ؟؟..” ޔަޒާން ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

“ޔާންއަށް ކިޔައިދޭނަމޭ..” އައިހަމްގެ ޖަވާބުތައް ކުރުވެފައި އަވަހެވެ.”ދެން އަވަސްކޮށްބަލާ..”

 “ދެން ކިއައިދީބަލަ ވީގޮތެއް..” ޔަޒާން އާދޭސް ކުރަން ފެށިއެވެ.

 “ދޮންބެ މާލެ ދިއައިއްޔޭ… ޔާން ވަރަށް ކުޑަވާނެ… ހަތަރު އަހަރު ވާނީ.. އާޝް ނުހުންނާނެ އޭރަކު.. އާާޝްއަށް ކިތަށް އަހަރުތަ؟؟” އައިހަމް ޚުލާސާކޮށް ކިއައިދިނެވެ.

 “ދޭއް..” ޔަޒާން ބުނެދިނެވެ. “ދެން ކޮބާތަ ޔާންގެ އަސްލު ބައްޕަ..؟؟ ޔާންގެ ބައްޕައަށް ކިއަނީ ކޮންނަމެއްތަ؟؟”

 “ޔާންގެ ބައްޕަ އެބަ އުޅޭ މާލޭގަ!! ބައްޕައަށް ކިއަނީ ޒިދާން.. ޔާންގެ ބައްޕަ ކައިރިއަށް ދާން ނޫޅޭތި!”އައިހަމް އަމުރުކުރާ ރާގަކަށް ބުނެލިއެވެ.

 “އެއީ..؟؟ ޔާން ބޭނުން ބައްޕައާ ބައްދަލު ކޮށްލަން..” ޔަޒާންގެ ސުވާލުތައް މަދުވާގޮތެއް ނުވެއެވެ.

 “އެއީ ޔާންގެ އަނގަގަދަކަމުން.. ދެންވެސް އަވަސްކޮށްބަލަ.. ތި އެތިކޮޅު ހުސްކޮށްބަލަ.. ދޮންބެ ކިއައިދޭނަމޭ ޔާންއަށް.. މިހާރު މަންމަ ކައިރިއަށްދާން އުޅެބަލަ..” އައިހަމް ތަށިދޮންނަމުން ބުނެލިއެވެ.

 “ދޮންބެ ކީއްވެ ޔާންގެ މަންމައަށް މަންމަ ކިއަނީ؟؟ ދެން ނުކެވޭނެ.. ޔާން މިދަނީ މަންމަ ކައިރިއަށް.. ދޮންބެ މީތިކޮޅު ކައިބަލަ.. މަންމަބުނީ އިސްރާފުކުރާކަށް ނުވާނެއޭ..” ޔަޒާން ތަށީގައި އިން ރޮށިކޮޅު ހާވަން އިނުމަށްފަހު ތަށި ދުރަށް ޖައްސާލުމަށްފަހު އަތްދޮންނަން ދިޔައެވެ.

 “ޕިސް ޕިސް… އެއީ ޔާންގެ މަންމައަކީ ދޮންބެގެ މަންމައަށް ވީމަ..” އައިހަމް ދެފަރާތަށް ބޯ ހޫރުވާލަމުން އޭތިކޮޅު ކާން އިއްތާލިއެވެ. ޔަޒާން އާޝާ ގޮވައިގެން ކާގެއިން ނިކުންނަން ދިޔަ ވަގުތު ފަހަތަށް ޖެހެވުނީ ކާގޭގެ ދޮރުމަތީ ރުޅިން ފޯވެފައި ހުރި ޒިދާން ފެނުމުންނެވެ. އައިހަމްއަށްއަށް ފުންމައިގެން ތެދުވެވުނެވެ. ބާރަށް ހިނގާފައި ގޮސް އައިހަމް ޔަޒާންއާ އާޝާގެ ކުރިމަށްޗަށް އެރިއެވެ. ދެކޮއްކޮއަށް ގެއްލުމެއް ލިބޭކަށް އައިހަމް ބޭނުމެއް ނުވިއެވެ.

ކަލޭ ކައިރި ބުނިންދޯ ރިޔާޒާ ކައިރިއަށް ނާންނަށްޗޭ.. ކަލޭ މިގެއަށް ވެއްދީ ކާކު؟؟ ކޮބައިތަ ރިޔާޒާ؟؟” އައިހަމްގެ މޫނުމަތީ ބާރަށް ޖަހަމުން ޒިދާން ހަޅޭއް ލަވައިގަތެވެ. ޔަޒާންއަށް އަނގަ ތަންމިނަށް ހުޅުވައިގެން ބަލަން ހުރެވުނެވެ.

 “ބައްޕަ ކައިރީ އަޅުގަނޑު ބުނިން އަޅުގަނޑު އަންނާނީ މަންމަ ކައިރިއަށޭ.. އަޅުގަނޑު މިގެއަށް ވައްދަން ބުނީ މަންމަ.. ވެއްދީ ބައްޕަގެ ހަގު ދަރިފުޅު ޔަޒާން.. މަންމަ ވީތަން ބުނާކަށް އަޅުގަނޑު ނެތިން..” އައިހަމްގެ އެޖުމްލައިން ޔަޒާންއަށް އެއީ އޭނާގެ ބައްޕަކަން އެނގުނެވެ. ބައްޕައަށް އޭނާ ފެނުމުން ރުޅި މަޑުވެދާނޭ ހިތަށް އަރާފައި ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެއާއެކު އައިހަމް އޭނާ ހިފެހެއްޓިއެވެ.

 “ކޮބައިހޭ ރިޔާޒާ؟؟ ކޮބައިތަ ތިހަގު ދަރިފުޅު؟؟ އައިހަމްއަކަށް މުހިންމެއް ނުވިދޯ އަހަރުންގެ ސުވާލުތަކަށް ޖަވާބު ދޭކަށް… ބަލަ އަހަރުން މީ އައިހަމްގެ ބައްޕައޭ..” އައިހަމްގެ ކޯތާފަތްމަތީ އަތުގެ  ބާރެއްލާފައި ޖަހަމުން ޒިދާން ބުނެލިއެވެ. އައިހަމްއަށް ‘އައުޗް’ އޭ ބުނެވުނީ ވި ތަދުންނެވެ. ނަމަވެސް އޭނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

 “ބައްޕައަށް އަޅުގަނޑުވެސް މުހިންމެއް ނުވިއެއްނު.. ބައްޕައަށް މުހިންމުވީ އަރޫން.. ބައްޕަ އަރޫންއަށް ހަދިޔާ ގެނެސްދެނީ ވެސް.. ސުކޫލުގައި ކިއަވާ މޮޅުވީމަ ވެސް ކުޑަމިނުން އަޅުގަނޑު ގައިގައި ބައްދާވެސް ނުލި..” ޒިދާން ދެވަނަފަހަރަށް އައިހަމްގެ ކޯތާފަތްމަތީ ތަޅައިގަތެވެ. ބިރުންހުރި އާޝާ ދުވެފައިގޮސް ކާމޭޒު ދަށަށް ވަނެވެ.

***

 “އައިމް ސޮރީ.. ޕޭޝަންޓްގެ ހާލު ވަރަށް ދެރަ.. އަލުން ހޭއަރާނެކަމުގެ އުންމީދު ވަރަށް ކުޑަ.. އިމަރޖެންސީކޮށް މާލެ ގެންދަން ޑޮކްޓަރ އިރުޝާދު ދެއްވާ.. އޭރަށް ރަނގަޅު ވެދާނެކަމުގެ ކުޑަ އުންމީދެއް އެބައޮތް..” ފަނަރަ ވަރަކަށްފަހު މިނެޓުފަހުން އަވަސްފަރުވާ ދޭ ކޮޓަރި ދޮރު ހުޅުވާލި ނަރުސް ކުއްޖާ ބުނެލިއެވެ.

 ދަތުރުގެ ހުރިހާކަމެއް ހަމަޖެއްސުމަށްފަހު ލަތީފު ދިގު ފިޔަވަޅުތަކެއްގައި ހޮސްޕިޓަލުން ނިކުތީ ބޭނުންވާނެ މުހިންމު އެއްޗެހި ތައްޔާރުކުރާށެވެ. ހޮސްޕިޓަލަށް އަންނަން އައިހަމް އެވަރަށް ގަދަ ހަދާފައިވެސް އައިހަމް މާބޮޑަށް ލަސްވާތީ އޭނާގެ ހިތުގައި ބިރުވެރިކަމެއްވިއެވެ. ނަމަވެސް އޭނާގެ ހިތަށް ވިސްނައިދެމުން އޭނާގެ ފިޔަވަޅުތަށް އަވަސް ކުރަން ފެށިއެވެ.

***

 “ކޮންމެ މީހަކަށް ހަދިޔާ ދިނަސް އައިހަމްއަށް މޮޅަށް ކިއެވުމުގެ ފުރުސަތު ދިނީ އަހަންނެއްނު.. އެތާނގައި އަހަރެންގެ ބޯހިޔާވަހި ކަމުގެ ދަށުގައި ބެހެއްޓީ އަހަންނެއްނު.. އައިހަމްގެ ހުރިހާ ހަރަދެއް ބެލެހެއްޓީ އަހަންނެއްނު.. އައިހަމްއަށް ޝުކުރުވެރިވާކަށް ނޭނގޭ… ބަލަ އަރޫން ކިހާ ބަސްއަހާތަ؟ އައިހަމްހެން އަބަދު ޝަކުވާކުރޭތަ؟ އެއީވެސް އަހަރެންގެ ދަރިއެކޭ.. އަރޫން އަށްވުރެ ރަނގަޅަށް އަހަރެން އައިހަމް ބެލެހެއްޓީމޭ..” ޒިދާން އެންމެފަހުން ދޮގު ހަދަން ފެށިއެވެ. “އައިހަމްއަކަށް ނޭނގޭތަ އައިހަމް މިގެއަށް އައިމަ މީހުން އަހަންނަށް ކިހާ މަލާމާތެއް ކުރާނެކަމެއް.. އަހަރެން ބަދުނާމުވާނެކަމެއް.. މީހުންތަކު ކުރިމަތީ ބަދުނާމުވާކަށް އަހަރެން ބޭނުމެއް ނުވެއޭ..”ޒިދާންގެ އަތް މުށްކެވިގެން ދިޔައެވެ.

 “އައިހަމްގެ ހުރިހާ ހަރަދެއް ބެލެހެއްޓީ ޒިދާންއެއް ނޫން.. ރިޔާޒާގެ ކުރިމަށްޗަށް އައިސް އެދުވަހު އޭނާ އަތުގައި ހުރި ހުރިހާ ރުފިޔަލެއް އަތުލައިގަނެގެން ނޫންތަ ދިއައީ؟ އެރުފިޔާވެސް ބޭނުންކުރީ އައިހަމްގެ ހަރަދުތަކުގައި ކަމެއްވެސް ނޭނގެ.. އައިހަމްއެއް ނޫންތަ ޝުކުރުވެރިވީ؟؟ އަރޫން އަށް ވުރެ ރަނގަޅަށް އައިހަމް ބެލެހެއްޓީ ކިހިނެއް؟؟ ޒިދާން ތިދިން ލޮތްބާ އޯގާތެރިކަމަށްވުރެން މާމަތިވެރި މާރަނގަޅު ލޮތްބެއް އަހަރެން އައިހަމްއަށް ދޭނަން.. ޒިދާން ބިރުގަންނަނީ ޒިދާންގެ އަގު ވެއްޓިދާނެތީ ނޫންތަ؟؟ މިގެއިން އަވަހަށް ނުކުމޭ.. އެހެންނޫނީ ގަދަކަމުން ނެރެން ޖެހިދާނެ…” އައިހަމް ސިއްސައިގެން ދިޔައީ އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދެއްކުމުންނެވެ. ދުވަހަކުވެސް އޭނާގެ ދިފާޢުގައި މީހަކު ވާހަކަ ދައްކަފާނޭ އޭނާ ހިތަކަށް ނާރައެވެ.  އެއަޑު ޖެހުމުން އަޑުގެ ވެރިއާއަކީ ކާކުކަން އައިހަމްއަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ވަގުތުން އޭނާގެ ލޯ ފުރިގެން އައީ ކަރުނުންނެެވެ. އެއީ އުފާވެރިކަމުގެ ކަރުނަ ކަމެއް ހިތާމައިގެ ކަރުނަ ކަމެއް ބުނަން އޭނައަށްވެސް ދައްޗެވެ.

-ނުނިމޭ-

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 3

Next

ހިތުގައި ވޭ ތިޔަ ނަން… 1

Next
July 1, 2022

ހިތުގައި ވޭ ތިޔަ ނަން… 1

Previews
July 1, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 3



All Right Reserved!