“އާން. އަދި ކިޔައި ނުދެވިފައެއް ވެސް ނެތެއްނު. ކޮފީއަކަށް ދާނީ މާޒްވެސް ގޮވައިގެން ކުރިން ގޮތަށް. ގޮސްސަ ވާނެ ކިޔައިދޭން.” ފައުޒާން ބުންޏެވެ. އަޒުމީލު ބޯ ޖަހާލި އެވެ. ކޮންމެސް ދުވަހަކުން އެވާހަކަ ފައުޒާންއަށް ކިޔައިދޭން ޖެހޭނެކަން އަޒުމީލަށް އެނގެ އެވެ. ނަމަވެސް ކިޔައި ދިނުމުން ދެން ވާނެ ގޮތަކާމެދު ވެސް ވިސްނާލެވުނެވެ. * * * * * * * * * * * * * އެއަރޕޯރޓުގެ އަންނަމީހުންގެ ދޮރުން ނުކުމެގެން […]
ފައުޒާން ތަޅުދަނޑިން ދޮރު ހުޅުވައިގެން ވަންނަން ހިތަށް އަރާފަ ވެސް އެއީ މުޅިން ރަގަޅު ގޮތަކަށް ނުވެދާނެތީ ފައުޒާން ތިރިއަށް ދިޔައީ ހަފީޒާ ނޫނީ ރިފާ ގޮވައިގެން އަންނާށެވެ. ހަފީޒާ ގެއަކު ނެތެވެ. ރިފާއާއި ފައްވާޒް ވެސް ފެންނަން ނެތުމުން ފައުޒާން އައިސް ތަޅުދަނޑިން ދޮރު ދޮރުހުޅުވާލި އިރު ހިބާ އޮތީ ފާހާނާގެ ތަޅުންގަނޑު މައްޗަށް އުއްޑުން ވެއްޓިފަ އެވެ. ގައިގައި އެއްވެސް އަންނައުނެއް ނެތުމުން ފައުޒާންއަށް ލޯ މަރާ ލެވުނެވެ. އަދި އަވަހަށް އެތަނުން ނުކުމެ […]
“ވަރަށް ބޮޑަށް ތޭންކްސް އިނގޭ. މަދަމާވެސް ގެންނާނަން އިނގޭ.” ޔަޒަން ދަބަސް ހިފައިގެން އައުމުން ޖަންނަތާއި ދިމާއަށް ޒައިދާން ބުންޏެވެ. “އާން… އަހަރުމެން ތިބޭނަން ހުސްވެގެން، ބަންދު ވީމަ ދެން ކުރާނެ އިތުރު ކަމެއްވެސް ނެތް.” އާޔަތް ބުނެލި އެވެ. “ބާއި ޖަންނަދައްތާ، ބާއި އާޔާ ދައްތާ ބާއި އާޒަތުބޭ.” ޔަޒަން އެންމެނަށް ހަނާއަޅަމުން ޒައިދާން ފަހަތުން ނުކުމެގެން ދިޔައެވެ. ޖަންނަތު ޓީވީ ބަލަން އިންދާ ނަސީރު އައިސް ސަލާން ގޮވާލި އެވެ. ޖަންނަތު ފުންމައިގެން […]
މިފަހަރު ފައުޒާން ހިބާގެ އަތަކުން ދުލެއް ނުކުރެ އެވެ. އެ އަތް ދަމައި ގަންނާކަށް ހިބާ ވެސް ނޫޅެ އެވެ. ” ކޮން ކަހަލަ ކަމެއް؟” ހައިރާން ވެފައި އިނދެ ހިބާ އަހާލި އެވެ. ހިބާގެ އަތުގައި ފައުޒާން އަނެއް އަތުން ވެސް ހިފާލި އެވެ. ފައުޒާންގެ ދެއަތް ތެރޭގައި ހިބާގެ މަޑު މަޑު އަތް އޮތެވެ. އެއަތުން ދުވަހަކު ވެސް ދޫކޮށް ނުލާނަމޭ ފައުޒާންގެ ހިތަށް އެރީ އެވަގުތު ކީއްވެ ހެއްޔެވެ. ހިބާ ދެކެ ހަގީގަތުގައި […]
“ކުޑާ، ކިހިނެއް ވެފަ ތިހިރީ؟” ކޮޓަރިން ނުކުތް ޒިޔާދާއަށް ސާރާ ދޮރުގައި ލެގިގެން ލޯމަރާލައިގެން ހުރިތަން ފެނިފައި ހައިރާން ވި އެވެ. “ކަ…ކަމެއް ނުވޭ.” ސާރާ ސިހިފައި އަވަހަށް ގޮސް ސާރާގެ ކޮޓަރިއަށް ވަނެވެ. ޒިޔާދާ ކޮންޑު އަރުވާލަމުން އައިސް ޓީވީ ކައިރީ ހުރި ގޮނޑި ސެޓުން ގޮނޑިއެއްގައި އިށީނެވެ. ހެދުނު ކެއްކުމުގެ ކަންތަކުގައި ޖަންނަތު ބަދިގޭގައި އުޅެ އެވެ. އާޔަތު ޖަންނަތުއަށް އެހީވާން އެކި ކަންކަމުގައި އުޅެ އެވެ. ބަދިގެއަށް ޒީނަތު އައިސް ވަނެވެ. […]
އަޒުމީލު އަކީ ގޮތްދޫ ނުކުރާ ގޮތެއް ހުއްޓަސް އަޒުމާ މާ ގިނައިން ކިޔަން ފެށުމުން އަބަދު ވެސް އަޒުމާގެ ބަހަށް ދެބަސް ވާ ކުއްޖެއް ނޫނެވެ. އަޒުމާ އަޒުމީލުގެ މޫނަށް ބަލައިލަމުން ބޯ ޖަހާލި އެވެ. އަދިވެސް އަޒުމީލު ފައުޒާންއާއި ސަލާން ކުރާކަށް ނޫޅެ އެވެ. އެންމެ ފަހުން އަޒުމާ ގޮސް އަޒުމީލުގެ އަތް ޖިންސު ޖީބުން ގަދަކަމުން ނަގާ ފައުޒާންއާއި ދިމާއަށް ދިއްކުރުވި އެވެ. ފައުޒާން އަޒުމީލުގެ އަތުގައި ހިފައިގެން އަޒުމީލުގެ މޫނަށް ބަލަން ހުއްޓެވެ. […]
އަޒްކާއާއި ހިބާ ހައިރާން ވެފައި އަޒުމީލުއަށް ބަލަން ތިއްބެވެ. ހިބާ ބުނީމަ ދޮންބެ ބަދަލު ވާން ތައްޔާރަށް އެހުރީ ދޮންބެއަށް ހިބާ ވަރަށް ހާއްސަ ވީމަތާ އެވެ. އަޒްކާ ހިތަށް އަރަމުން ދިޔަ އެވެ. ދޮންބެއަށް ހިބާ ކަހަލަ ރަގަޅު ކުއްޖެއް ލިބިއްޖެ ނަމަ އެންމެ އުފާ ވާނީ އަޒްކާ އެވެ. އަނެއްކާ އަޒްމީލުގެ ހިތުގައި ވަނީ ކޯޗެއްބާ އެވެ. އަޒުމީލު އެހާ އަވަހަށް އެއްބަސް ވުމުން ހިބާ ހުރީ ހައިރާން ވެފަ އެވެ. އެދުވަހު ހަތަރު […]
ކުއްލިއަކަށް ބަދިގޭގެ ކުޑަދޮރު މަޑުމަޑުން ހުޅުވޭތަން އަބްޔާންއަށް ފެނުނެވެ. އަބްޔާން އަވަހަށް އައިސް އަލަމާރިއާއި ނިވާވެލި އެވެ. އަދި މަޑުމަޑުން ގޮސް އައިސް އަލަމާރި ބިއްދޮށުގައި ހުރި ފިހިގަނޑު ނެގި އެވެ. ކުޑަދޮރު ހުޅުވާފައި އެމީހަކު ކުޑަދޮރުން އެތެރެއަށް ފުންމާލި ކަމެއްނޭގެ އަބްޔާން ގޮސް ފިހިގަޑުން އެމީހާގެ ބޮލުގައި ޖެހި އެވެ. “އައްދޯތް.” އާލިޔާ ހަޅޭއް ލަވައި ގަތް އަޑު އިވުނެވެ. އަބްޔާން އަވަހަށް އައިސް ހޮޅިބުރި ދިއްލި އެވެ. އޭރު އާލިޔާ ހުރީ އެއް އަތުން […]
ހިބާގެ އާއިލާގެ މައްސަލަތައް ފައުޒާންއަށް އެހާބޮޑަށް އެނގުމުން ހިބާއަށް ބަހެއް ބުނަން ނޭގިފައި ފައުޒާންއާއި ދިމާއަށް ލޯ ބޮޑުކޮށްލައިގެން ބަލަން އިނެވެ. “ބިރެއް ފެނުނީތަ؟ ހާދަ ލޯ ބޮޑުކޮށްލައިގެން ތީނީ. ޒާން ބިރު ގަންނަވަންތަ ތި އުޅޭނީ؟” ފައުޒާން ގޮޑިން ތެދުވަމުން ބުންޏެވެ. ހިބާ އަދި ވެސް އެގޮތަށް ބަލަން އިނީ އެވެ. “ފައުޒާންއަށް ކިހިނެއް އެގެނީ ހިބާ ފެމިލީގެ ކަންތައް؟ ހިބާ ފެމިލީގެ އެއްވެސް ވާހަކައެއް ފައުޒާން ކައިރީއަކު ހިބާ ނުދައްކަމެއްނު؟” ހިބާ ހައިރާންވެފައި އިރުކޮޅަކު […]