“އާޔަންގެ ޑެޑް އާއި މަންމަ އާއި ޑިވޯރސްއެއް ނޫންކަން މިއަދު އާޔަންއަށް ކަށަވަރުވެއްޖެ!” އާޔަން ނޫރާއަށް ބަލައިލިއެވެ. ނޫރާ އަޖައިބުވެގެން އަޔަންއަށް ބަލައިލިއެވެ. “އެކަމު އާޔަން ބުނީމެއްނު އެދުވަހު….” ނޫރާހުރީ ސުވާލު އުފެދިފައެވެ. “އަާޔަންއަށްވެސް ޝައްކުވެފަ ހުރީ! އެއީ އާޔަންގެ ޑެޑް ކޮންމެފަހަރަކު އައިސް މަންމަ ކޮޓަރީގަ ނިދާތީ. ދެން އެހާ ދީނަށް ލޯބިކުރާ ދެމީހުން ޑިވޯސް ވެފަތިބެ އެއްތާކު ނިދާ ހަދާނެތަ؟ ޑެޑް އުޅޭއިރު ޑެޑް ނުކަންޏާ މަންމައެއް ނުކާނެެ. ޑެޑްއާ އެއްކޮން ޑިނަރއަށް ރޭގަޑު […]
ގަޑިން އެގާރަޖަހާ ބޮޑުވިތަނާ ނޫރާ ކޮޓަރިން ނިކުތީ ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސްއެއްލައިގެން ނެވެ. އިސްތަށިގަނޑު ވަނީ ނިއުޅާލާފައެވެ. އަދި ކޮނޑުގައި މަޑުނޫކުލައިގެ ދަބަހެއް އަޅުވާފައި އޮތެވެ. ނޫރާ އެއައީ އާޔަން މެންގެއަށް ދާން ދައުވަތު ދީފައި އޮތުމުން ތައްޔާރުވެގެންނެވެ. އޭރު ސައީދާ އިނީ ސޯފާގައި އައިނެއް އަޅައިގެން ފޮތެއްކިޔާށެވެ. ނޫރާ އައުމުން ސައީދާ ނޫރާއަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅުގެ ރީތިކަމާމެދު އަމިއްލައަށް ފަހުރުވެރިވެވުނެވެ. އަދި ހިނިތުންވެލަމުން ބުންޏެވެ. “ދަރިފުޅު ހާދަ ރީއްޗޭމިއަދު! ތި ގަމީސް ވަރަށްގުޅޭ […]
ނޫރާ އާއި ލައިޝާ އެއަރޕޯޓްގެ ބޭރުގައި މަޑުކޮށްގެން ތިބޭތާ ފަނަރަ މިނިޓް ވެއްޖެއެވެ. އަދިވެސް މާލެދާން އުޅޭ ގުރޫޕެއް ނާދެއެވެ. ލައި މިހާރު ޒީނާއަށް ގުޅައިފިއެވެ. ފޯނެއް ނުނެގިއެވެ. ނޫރާވެސް ހުރީ ކޮންމެސް މީހަކަށް ގުޅައިގެން ނެވެ. “ހެލޯ! ތިމީހުން ކިހާހިސާބެއްގަ؟” ނޫރާ އަހާލިއެވެ. “އާން އޯކޭ.” ބުނެފަ ފޯނު ކަނޑާލިއެވެ. “ފާތު އާ ނާއިފް އާ މި ކައިރިކުރަނީޔޯ” ލައިކައިރީ ނޫރާބުންޏެވެ. “އެއޮށް އައީ އާޔަން” މަޑު އަޅި ކުލައަކަށްދާ ކާރެއް ދައްކަމުން ލައި ބުންޏެވެ. […]
މިހާރު ހަފްތާ ނިމެނީ އެވެ. ދެން އޮތީ ތިން ހަފްތާގެ ބޮޑު ޗުއްޓީ އެކެވެ. އެކަމަށް ބާޒާރު ކޮށް ހެދުން ކޮންމެ ދުވަހަކު ކުރިއަށް ދެއެވެ. ނޫރާ ވެސް އެމީހުން ފަހަތުން އުޅެއެވެ. އެމީހުން އެންމެން މަޖާނަގަމުން ތަންތަނުން ކައި އުޅޭތީ އެވެ. އެގޮތުން މިއަދު ބާޒާރު ކުރުމަށް ދިޔައީ ‘ޓައިމް ސްކުއަރ’ ކިޔާ ބޮޑު މޯލް އަކަށެވެ. އެއީ ބުރިބުރިއަށް ނަގާފައިވާ ވަރަށް ބޮޑު އިމާރާތެކެވެ. ކޮންމެ ފަންގިފިލާއެއްގައިވެސް ރެސްޓޯރެންޓް ތަކާ ފިހާރަތަކާ އެކި ކަހަލަ […]
އެތަނުން އާޔަން ގެ ފޮޓޯ ފެނުމުން ނޫރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެދުވަހު އާޔަން އަށް ނޫރާ ބަލަން ހުރިތަން ރަގަޅަށް ވެސް ފެނުނެއެވެ. ޝައިލާގެ ގައިގާ އޭރު ހިފަހައްޓައިގެން ތިބީ ޑޭވިޑް އާއި، ޖަގަން އާއި ނާއިލް އެވެ. ހުރިހާކަމެއް ކުރީ އާޔަން އެވެ. ނޫރާއަށްއެމަންޒަރު ވަނީ ފެނިފައެވެ. މިހާރުވެސް އެ މަންޒަރުތައް ސިފަވަމުން ދެއެވެ. ނަމަވެސް އެކަން ގަބޫލު ނުކުރެވެނީ އެވެ. އާޔަން އަކީ ނޫރާއަށް ވަރަށް ކަމުދާ ރީތި ކުއްޖެކެވެ. ލޯކުޑަ […]
ހެނދުނު އުޑުމަތި އޮތީ ވަރަށްރީތި ކޮންނެވެ. ނަމަވެސް މިހާރު ބަނަކޮށްލާފައި ބޯކޮށް ވާރޭވެހެމުން ދެއެވެ. އޭރު ގަޑިން ދޭއްޖަހަނީއެވެ. ސްރީލަންކާގެ “ބީ.ޖީ.އެސް. އިންޓަރނޭޝަނަލް ޕަބްލިކް ސްކޫލް” ތެރެ ވަރަށް އަޑުގަދައެވެ. ވިއްސާރަ ކަމުން ގެއަށް ނުދެވިގެން ކުދިންތައް ދުވަނީއެވެ. ކޮންމެ ކުއްޖަކުވެސް ބޭނުން ވަނީ ވީހާވެސް އަވަހަށް ގެއަށް ދާށެވެ. ބަހުގަ ގެއަށްދާކުދިން މިހާރު ގޮސް ނިމިއްޖެއެވެ. އަމިއްލަ ދުއްވާ އެއްޗިހީގައި ގެއަށްދާކުދިން ތިބީ ބަލައިނައިސްގެންނެވެ. ފޯނުބޫތު ކައިރީ ކުދިންތައް އޮތީ ތޮއްޖެހިފައެވެ. އެތާވަނީ ދަމާލެވިފައިވާ ދިގު […]