އެވަގުތު ކޮޓަރިން ނިކުތް އަހްޔާންއަށް އަބްޔާންއާއި ހިދާޔާ ދެއްކި ވާހަކަ އަޑު އިވުނެވެ. “މަންމާ، އަބީ ވެސް އެ ބަދަލުވީނު. އާލިޔާ ވެސް ބަދަލު ވާނެ. ބޭނުން ވާނީ ވަގުތު.” އަހްޔާން ވެސް އައިސް ސޯފާގައި އިށީނެވެ. “އަބީ މެން މިފަހަރު ވަރަށް ފަނި. މަންމާ! އެހެން ފަހަރު ތަކުގަ އަހަރުން އައިމަ އަވަހަށް ދަތުރެއް ރާވާނެ… ބާބަކިއު ހަދާނެ… ވަލަށް ދާނެ… ތުނޑިއަށް މޫދަށް ދާނެ… މަހަށް ދާނެ. އެކަމު އެކަހަލަ އެއްވެސް ކަމެއް މިފަހަރު […]
“ހިބާ!” ފައުޒާން އައިސް ހިބާގެ އަތުގައި ހިފާލި އެވެ. “ހިންގާ މެރީ ކުރަން.” ހިބާ ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. ފައުޒާން ކިޔާ އެއްޗެއް ގަބޫލު ނުކުރެވިފަ އެވެ. “ފައުޒާން ކީކޭ ތި ކިޔަނީ؟” ހިބާއަށް ގަބޫލު ނުކުރެވިފައި ހުރެ ހިބާ އަހާލި އެވެ. “ހިގާށޭ މެރީ ކުރަން ޒާން މިބުނަނީ.” ފައުޒާން ހުރީ ހިތް އަވަސް ވެފަ އެވެ. ހިބާ ދޭނެ ޖަވާބެއް ނޭގޭތީ އެވެ. “ވަރަށް ވިސްނާފަ މާޒްއާއި އަޒްމީލްއާއި މަޝްވަރާވެސް ކޮށްފަ މި […]
ހިބާގެ ބައްޕަ ކައިރީ މަސައްކަތް ކުރިއަސް ޒެކް ހިބާއަށް ހަރަދު ކުރަން ޖެހޭނެ ހެއްޔެވެ. އަނެއްކާ ޒެކްގެ ހިތުގައި ހިބާއާއި މެދު ގޮތެއް އޮންނަނީ ނޫން ބާވައޭ ފައުޒާން ހިތަށް އަރަމުން ދިޔަ އެވެ. ކޮންމެސް ވަރެއްގެ ހަސަދަ ވެރިކަމެއް އެ ހިތުގައި ހިގައިގަތެވެ. ފައުޒާން އެދުވަހު މާ ވަރަކަށް ވާހަކަ ދައްކައެއް ނަހަދަ އެވެ. ފައުޒާންއަށް އައި ބަދަލު ހިބާއަށް ފާހަގަ ކުރެވުނެވެ. ފައުޒާންއަށް އަނެއްކާ ކިހިނެއް ވީބާއޭ ހިބާ ހިތައް އެރިއެވެ. ޖެހިގެން އައި […]
“އާން! ޒާން ހިބާ ދެކެ ލޯބިވޭ. ވަރަށް ލޯބިވޭ. އަދި އެ ލޯތްބަށް ދުވަހަކު ނިމުމެއް ވެސް ނާންނާނެ. އެގިއްޖެތަ؟ އަޑު އިވިއްޖެތަ؟” ފައުޒާން ނަދުވާގެ މޫނާ ދިމާލަށް ކަޅި އަޅާލަމުން ބުންޏެވެ. ހިބާއަށް އެއަޑު އިވުމުން ހިތަށް ވެރިވެގެން ދިޔައީ އުފާވެރި ކަމެވެ. ފައުޒާން ހަގީގަތުގައިވެސް ހިބާ ދެކެ ލޯބިވާކަން މިއަދު ހިބާއަށް ޔަގީން ވެއްޖެ އެވެ. “ޒާން!” ނަދުވާ ކައިރިއަށް ރުޅި އައެވެ. ފައުޒާން އެ ބުނީ ނަދުވާ އެންމެ އަޑު އަހަން ބޭނުން […]
“އާހް!” ހައިރާން ވެގެން ހިބާ ބަލައިލި އިރު އަޒްކާއާއި އަޒްމީލު ބަދިގެ ދޮރުމަތީ ހެވިފައި ތިއްބެވެ. ޝަކީލާ ވެސް ހިނި އައިސްފައި ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ހުރީ އަޖައިބު ވެފަ އެވެ. ބިސް ޖަހާފައި ހެވިފައި އެންމެން އެބަ ތިއްބެވެ. “ހެޕީ ބާރތް ޑޭ ޓޫ ޔޫ!” އެންމެން އެއް އަޑަކުން ލަވަ ކިޔަން ފެށި އެވެ. ހިބާއަށް އެއީ ހިބާގެ އުފަން ދުވަސް ކަން ހަދާނެއް ވެސް ނެތެވެ. އެމީހުން ލަވަ ކިޔަން ފެށުމުން […]
ހިބާ ފޯނު ނަގައިގެން ގުޅަންދެން އިނެވެ. އިރުކޮޅަކުން ރިންގުވާން ފެށި އެވެ. ހިބާ ފޯނު ނެގުމާއި އެކު ފިޒާ ދިން ހަބަރަކުން ހިބާ ފުމެން ފެށި އެވެ. އަދި ފުންމައިގެން ސޯފާ މައްޗަށް އަރާ ހަޅޭއް ލަވަން ފެށި އެވެ. އުޅެވޭ ނޫޅެވޭ ގޮތްވެސް ހިބާއަކަށް ނޭގެ އެވެ. މަދިގެއިން މޫމިނާ ނުކުމެ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިފަހަރު ރަށަށް އައި ފަހުން އެއްވެސް ގޮތަކަށް ހިބާ ބޭރަކަށް ނުދެ އެވެ. ތާ އަބަދު ގޭތެރޭ […]
“މަށަކަށް ކޮފީއެއް ނުލިބޭނެތަ؟” އަބްޔާން އައިސް މޭޒުދޮށުގައި އިށީންނަމުން ބުނެލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ތެދުވީ އަބްޔާންއަށް ކޮފީ ހަދާށެވެ. ކުއްލިއަކަށް އަބްޔާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ހައިރާން ވެފައި އަބްޔާންއަށް ބަލައިލި އެވެ. “ވަރަށް މަދުން ކިރު އަޅާނީ.” އަބްޔާން އެހެން ބުނެލަމުން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. އަބްޔާންއަށް ކޮފީ ގިރައިދިނުމަށްފަހު ޖަންނަތު ބޯން އިން ކޮފީޖޯޑު ގައި ބާކީ އިން އެތިފޮދު އަވަހަށް ބޯލައިގެން ޖަންނަތު މައްޗަށް އެރި […]
“މަންމާ!….” ފައްވާޒްއަށް ބުނެވުނީ އެހާ ހިސާބަށެވެ. “ހިންގާ ހޮސްޕިޓަލަށް.” ފައްވާޒް ބުނަމުން ދޮރުން ނުކުތުމަށް ހިގައިގަތެވެ. “ކިހިނެއްތަ ވީ؟” ހަފީޒާ ބާރަށް އެހެން ބުނިއިރު ފައްވާޒް ދޮރުން ނުކުމެގެން ގޮސް ނިމިއްޖެ އެވެ. ޝަކީލާއަށް ކަމެއް ވީކަމުގައި ހަފީޒާގެ ހިތް ބުނަމުން ދިޔަ އެވެ. ހަފީޒާއާއި ރިފާ އަވަހަށް ކޮޓަރިއަށް ވަނީ ބުރުގާ އެޅުމަށެވެ. ވީ ގޮތެއް ނޭގިތިބެ ތެޅިތެޅި އޮތް ހިތަކާއެކު ދެމީހުން އަވަސްކޮށްލައިގެން ނުކުތެވެ. ހިބާވެސް ހިފައިގެން ހުރި ފައިލާއި ދަބަސް ސޯފާ މައްޗަށް […]
ހިބާ ފެރީ ގިމަތައަށް ދާނެ މީހަކު ނެތިގެން އަޒުމީލުއަށް ގުޅުމުން އަޒުމީލު ފޯނެއް ނުނެގި އެވެ. އެހެންކަމުން ޓެކްސީއަކަށް ގުޅައިގެން ހުއްޓާ ޒެކް ކާރުގައި އައުމުން ހިބާ އެރީ ކާރަށެވެ. ފައުޒާންގެ ޑިއުޓީ ނިންމާފައި އެމީހުނާ ބައިވެރި ވާނަން ކަމަށް ވަނީ ބުނެފަ އެވެ. އަޒުމީލު ވެސް އޮތީ ބައިވެރި ވާނެ ވާހަކަ ބުނެފަ އެވެ. ނަމަވެސް އަދި ވެސް ހަބަރެއް ނުވެ އެވެ. ހިބާއާއި ޒެކް ދިޔައިރު ރިފާއާއި ފައްވާޒްއާއި އަޒްކާ އަދި މާޒް ޓިކެޓް […]