ހިބާ ހުރީ ވަރަށް ދެރަވެފަ އެވެ. އަދި އެހާމެ ބިރު ވެސް ގަނެފަ އެވެ. ހިބާގެ ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ. ދެން ހިބާއަށް އެގޭގައި ވެސް ނޫޅޭވޭނެހެން ހިބާއަށް ހީވި އެވެ. “ފައުޒާން ކީއްވެތަ ނަދުވާ ކައިރިއަށް ނުދަނީ؟ ނުވިތާކަށް އޭނަ ފޯނު ކުރީމަވެސް ޖަވާބެއް ދެނިކީ ނޫން. އޭނަ މިހާރު ދެދުވަސް މިވަނީ އެއްޗެއް ނުކައި ކޮޓަރިން ނުނިކުމެ އޮންނަތާ. މިހާރު ގައިގައި ވަރެއްވެސް ނެތް.” ހަފީޒާ ހުރީ ވަރަށް ރުޅި އައިސްފަ […]
“އަބީ، މިރޭ ސައިކަލު ދުއްވާލަން ދާން ތިކުއްޖާ ލިބިދާނެތަ؟” ސައިކަލު ކުރީގައި އިން ކުއްޖާ އަހާލި އެވެ. އަބްޔާން އެދެމީހުނަށް ބަލައިލާފައި ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހުރީ ހިސާބަކަށް ނުރުހިފަ އެވެ. “ދާއިން، މީ އެކަހަލަ ކުއްޖެއް ނޫން.” ދާއިންއާއި ދިމާއަށް އަބްޔާން ބުނެލި އެވެ. “މިދަނީ ތާކަށް ދާން. އެހެން ފަހަރަކުން ދިމާވެލަން ވާނެ.” އަބްޔާން ބޭނުންވީ އެމީހުން ކައިރިން ސަލާމަތްވާށެވެ. “އަބީ، ކައޭ ވަރަށް ފަނި.” ފަހަތުގަ އިން ޖިނާ ސައިކަލުން […]
ފައުޒާން އަޒުމީލުއާއި އެއްކޮން ގޮސް ވަނީ ސީ ހައުސް ރެސްޓޯރެންޓަށެވެ. ކޮފީއަކަށް އޯޑަރު ދެމުން ޖައްސާލީ މޫދާދިމާލަށް ހުރި މޭޒުތަކުން ކަނުގައި ހުރި މޭޒު ކައިރީ އެވެ. “އަޒުމީލް.” ފުންކޮން އަޒްމީލަށް ބަލައިލަމުން ފައުޒާން ބުންޏެވެ. “ޓެލް މީ އެވްރިތިން.” އަޒުމީލު ބުދެއް ހެން ފައުޒާންއަށް ބަލަހައްޓައިގެން އިނެވެ. ވިސްނަމުން ދިޔައީ ކިޔައި ދިނުމުން ވާނެ ގޮތަކާއި މެދު އެވެ. “އަޒުމީލް. ހުރިހާ ޑީޓެއިލެއް ޒާން ބޭނުމޭ. ކިޔައިދީބަލަ.” އަޒުމިލު އަނގައިން ނުބުނެ އިނުމުން ފައުޒާން އަނެއްކާވެސް […]
ފައުޒާން ގޮނޑީގައި ހަމަޖެހިލި އެވެ. ކަނާއަތް ގެންގޮސް ހިބާގެ ބޮލާ ދިމާލުން ގޮޑީގައި ބާއްވާ ލެގިލި އެވެ. ކުރިމަތީ ތިބި އަޒްކާއާއި މާޒް ހިބާއާއި ފައުޒާންއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. “އޯކޭތަ، ޒާން މިތާ އިނަސް.” ފައުޒާން ވައަތުން ފޯނު ނަގާ މެސެޖެއް ކޮށްލި އެވެ. ހިބާ އަތުގައި އޮތް ފޯނަށް މެސެޖެއް އައިސް ގެން ބަލައިލި އެވެ. “އާން. މާ ބޮޑަށްވެސް އޯކޭ.” ހިބާ މެސެޖު ކޮށްލި އެވެ. ފައުޒާން ހިބާއާއި ކައިރި […]
ދެން ތިބި މީހުން މޫދަށް އެރިގެން އައިސް ބޮށްކުރައަށް އެރުމުން މޫސަބޭ ބޮއްކުރާ ދުއްވާލީ އަދިވެސް އެއްފަހަރު އެރަށަށް ބަލައިލާފަ އެވެ. އަޒުމީލު ގަސްތުގައި އަނގައިން ނުބުނެ ހުރީ އެވެ. ފަހުން އެމީހުން ބަލާ އާދެވި ދާނެކަން އަޒުމީލަށް އެނގޭތީ އެވެ. “ކޮބާ ޒާން؟” ބޮއްކުރާ ހިސާބަކަށް ދިޔަ ފަހުން އަޒުމާ އިނދެފައި އަހާލި އެވެ. “ޑިނގީގަ ހިގައްޖެ ކަންނޭގެ.” ނޫންކަމަށް ހަދާލައިގެން އިނދެފައި އަޒުމީލު ބުނެލި އެވެ. އަޒުމާ އެކަން ގަބޫލު ކޮށްލި އެވެ. ނަދުވާ […]
ޖަންނަތު މަޑު މަޑުން ބަލައިގެން އައީ ލައިގެން ހުރި ހެދުން ކުޑަކޮން ދިގުވުމުން ސިޑިން ވެއްޓިދާނެތީ އެވެ. ނަމަވެސް އަބްޔާން ބަލަން ހުރުމުން ޖަންނަތުއަށް ވީގޮތެއް ވެސް ނޭގުނެވެ. އެންމެ ފަހު ހަރުފަތުގައު ހުރެފައި ތިރިއަށް ފައި އެޅި ވަގުތު ޖަންނަތުއަށް ހެދުމަށް އެރުނީ އެވެ. އެރިފައި އަރިއަޅާލައިގެން ވެއްޓެން ދިޔަ އެވެ. އެވަގުތު ހުޝިޔާރު ކަމާއެކު އަބްޔާންއަށް ޖަންނަތު ހިފެހެއްޓުނެވެ. ޖަންނަތުގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލެވުން އިރު އަނެއްއަތުން ޖަންނަތުގެ ވައަތުގައި ހިފަހައްޓާ ލެވިފައި އޮތެވެ. […]
“އެޔޮއް އަންނަނީ އެމީހުން.” މަދު ބިނދެ ނިމިގެން ގަހުން ފައިބަން އުޅެފައި ހިބާ ގޮވާލި އަޑު އިވުނެވެ. “ކޮން ބައެއް،” އެއްފަހަރާ ފިޒާއާއި ފައުޒާން އަށް ގޮވައި ލެވުނެވެ. “މަހަށް ދިޔަ މީހުން.” ހިބާ ގަހުން ފުއްމާލި އެވެ. އިރުކޮޅަކުން މަހަށް ދިޔަ ކުޑަ ޑިނގީ އައިސް ފަޅަށް ވަންތަން ފެނުމުން މޫދުގައި ތިބި މީހުން ވެސް ޑިނގީއާއި ދިމާއަށް ދާން ފެށި އެވެ. ޑިނގީ ބީއްސާލީ ހިބާމެން ތިބި ހިސާބާ ތަންކޮޅެއް ދުރަށެވެ. އެމީހުން އައީ […]
ފައުޒާން އައި ގޮތަށް އައިސް ހިބާގެ ބޮލަށް ފެންޖަގު އެއްކޮން އޮއްސާލި އެވެ. “ތިޔަހެދީ ހަމަ ރަގަޅަށް.” ދޮރުމަތީ އެމަންޒަރު ބަލަން ހުރި މޫމިނާ ހެމުން ހެމުން އަތްޖަހަމުން އެދިމާލަށް އައެވެ. ފައުޒާން ވެސް ހެމުން މޫމިނާ އަތަށް ހުސް ޖަގު ދިނެވެ. ހިބާ ހުރިގޮތަށް ހުރީ ފައުޒާންއާއި ދިމާއަށް ލޯ އަޅައި ގެނެވެ. “ނޯ!” ހިބާ އެހެން ހުރެފައި އިރުކޮޅަކުން ހަޅޭއްލަވައި ގަތެވެ. އަދި ލައިގެން ހުރި ހަރުވާޅުގެ ޖީބުން ހިބާގެ އައި ފޯނު ނެގި […]
އެންމެން ދިއުމުން ހިބާ ބަލަން ހުރެލާފައި ފަހަތަށް އެނބުރުނު ވަގުތު ހިބާ ދިޔައީ ސިއްސައި ގެނެވެ. އެހާ ކައިރީގައި އަޒުމީލު ހުރުމުންނެވެ. “އަޒުމީލެއް ނުދަންތަ؟” ހިބާ އަހާލި އެވެ. “އެތަން ބަލަން ދާހިތެއް ނެތް. އެހެންވެ ދެން ހަމަ މަޑުކޮށްލައިގެން ހުރީ.” އަޒުމީލު ބުންޏެވެ. ހިބާ ފަހަތަށް އެނބުރި ބަލައިލި އެވެ. އޭރު އެންމެން ކުޅިވަރު ކުޅޭ މައިދާނަށް ގޮސްފި އެވެ. “ހިބާ. ހިބާ ކައިރީ ވާހަކައެއް އަހާލަންތަ.” އަޒުމީލު އަހާލި އެވެ. ހިބާ ބޯ ޖަހާލި […]