ޖައްވުގައި ވާ ފިނިކަން ކަނޑުވަމުން އުދަރެހަށް ރަންކުލަ ގެނުވަމުންދާ އިރު، އުދަރެހުން އަރަމުން އަންނަ އިރަށް ބަލަން ޒައިދާން ހުއްޓެވެ. މަލަމަތި ހިތްގައިމު ދުވަހެކެވެ. ގޮނޑުދޮށަށް އިރުކޮޅަކާ ބީއްސާލާ ރާޅުގެ އަޑުން މުޅި ހިސާބަށް ވަނީ ދިރުން ގެނުވާފަ އެވެ. ކާޅުތަކާއި ދޫނިތައް ގޮވާ އަޑާއި އެކު، ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން މުޅި މާހައުލުގައި ވަނީ ރާގެއް އުފައްދައި ލައިފަ އެވެ. ޒައިދާން ޒަރީރް މުރަކަގޭ ބެލްކަނީގައި ހުރެ ސިނގިރޭޓް ބޮމުން ދިޔަ އެވެ. އެއީ […]
މޫސަބެއާއި ފައުޒާންއަށް ބަލައިލެވުނީ މައްޗަށެވެ. އެފެނުނު މަންޒަރުން ހައިރާންވެފައި ފައުޒާންއަށް ބަލަން ހުރެވުނީއެވެ. ކައިރީގައި ހުރި ޖޭމުގަހުގެ ގޮފިގަނޑަކަށް އަރާ ހުރި އަންހެންކުއްޖާ ބަލަމުންދަނީ މަތީގޮފިގަނޑެއްގައި އިން ޖޭމެއް ބިދެވޭތޯއެވެ. “އޭތްބަލަގަ މަންޖޭ! މަންޖެ ގަހުގަ އޮވެގެން ހޫރާލި ފައިވާން ކިބައައިސް އެޖެހުނީ މިހިރަ މެހެމާނުގެ ގައިގަޔޭ! ގޮއްޔެ ތަނެއްދޮރެއްވެސް ބަލައި ނުލަންދޯ!” މޫސަބޭއަށް އެމަންޒަރު ފެނުމުން މޫސަބެއަށް ނުހުރެވިގެން ހަޅޭއްލަވައިގަތެވެ. ފައުޒާންއަށް މީގެކުރިން ދުވަހަކުވެސް އެގޮތަށް އަންހެންކުދިން އުޅޭތަނެއް ފެނިފައެއް ނުވެއެވެ. މޫސަބޭގެ އަޑަށް އެކުއްޖާ […]
ފާރުގައި ހުރި ގަޑިއަށް އިރުކޮޅަކާ ފައުޒާން ބަލައިލައެވެ. ތެތް ތުވާލި އަނދެގެން ހުރުމުން ފެންވަރައިގެން ނުކުތީ ކަން އިނގެއެވެ. އެއީ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ހެޔޮވަރެއްގެ އިސްކޮޅެއްގެ ވެރި އެކެވެ. އަންހެންކުދިންގެ ހިތް ދަމައިގަންނަ ފަދަބާރެއް ލިބިފައިވާ މުށިކުލައިގެ ތޫނުދެލޮލުން ވިދުމެއް ފާޅުވާން ހުއްޓެވެ. ހަމުގެ ކުލަ އައްޔެވެ. ގައިގެ މަސްތައް ހަރުވެލާފައި ހުރީ އުޅޭވަޒީފާގެ ގޮތުންނޭވެސް ބުނެވިދާނެއެވެ. ބާވީސް އަހަރުވީ މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ލިބިގެންނެވެ. ލޯގަނޑުކައިރިއަށް އައިސް ތުނިކޮން ކޮށާފައިހުރި ބޮލުގައި އަތްކާތާލިއެވެ. […]
އާޔަން އައިސް ފާތުއަށް ސަލާމް ގޮވާލިއެވެ. ފާތު ސަލާން ބަލައިގަތެވެ. އަދި އަރީނާއަށް ހެޔޮދުޢާ ކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ދޮރު ހުޅުވިގެން ދިޔައެވެ. އަނެއްކާވެސް އެންމެންގެ ސަމާލުކަން ދޮރާދިމާއަށް ދިޔައެވެ. ވަރަށް ހެވިފައި ހުރެ އަތޫފް ވަދެގެން އައިތަން ފެނުނެވެ. އާޔަންވެސް އަތޫފްއާއި ދިމާއަށް ބަލައިލަފައި އަނެއްފަރާތަށް އެނބުރުނީ ޖޫސްތައްޓެއް ނަގަންވެގެންނެވެ. އަތޫފްގެ ފަހަތުން ވަދެގެން އައި ނޫރާ ފެނުމުން އަރީނާއަށް ހަޅޭއްލަވައިގަނެވުނެވެ. “ކާންޓް ބިލީވް ދިސް.” އަރީނާއަށް ބާރަކަށް ބުނެލެވުނެވެ. އެވަގުތު ޒީނާއާއި ލައިއަށްވެސް ނޫރާފެނިގެން […]
އަތޫފްގެ ހޫނުނޭވާ އަރީނާގެ މޫނަށް އެޅެމުން ދިޔައެވެ. އަރީނާއަށް ލޯމަރާލެވުނީ ބޭއިހުތިޔާރުގައެވެ. އަތޫފްއަށް އަރީނާގެ މޫނާ ކައިރިވެވެމުން ދިޔައީވެސް ބޭ އިހުތިޔާރުގައެވެ. ކުއްލިއަކަށް ދޮރުހުޅުވާލުމުން އަރީނާއާއި އަތޫފް ދިޔައީ ސިހިގެންނެވެ. ދެމީހުނަށް ދުރަށްޖެހިލެވުނެވެ. އަދި ދޮރާދިމާއަށް ބަލައިލިއިރު އާޔަން ބަލަހައްޓައިގެން ހުއްޓެވެ. އާޔަންއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަންނަންވީ ރުޅިކަމެއްވެސް އާޔަންއަކަށް ނޭގުނެވެ. އާޔަންއަށް ފެނުނު މަންޒަރަކީ އާޔަން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. “އަރީނާ!” އާޔަންއަށް ގޮވާލެވުނީ ނުހަކު ބާރަށެވެ. އަރީނާއާއި އަތޫފް ދިޔައީ […]
“ޑެޑީ. އައި އޭމް އިން ލަވް.” އަރީނާ ގޮޑިން ތެދުވެ ބުނެލިއެވެ. “ޑެޑީ، ގަބޫލު ކުރެވޭތަ؟” އަރީނާ އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ވަޓް؟” އާޔަން އިނީ ގަބޫލު ނުކުރެވިފައެވެ. އާޔަންގެ ދަރިފުޅު އެހާބޮޑު ވެއްޖެ ހެއްޔެވެ. “ޑެޑީ އަށް ގަބޫލެއް ނުކުރެވޭ.” އާޔަން ލެޕްޓޮޕް ނަގާ ކުރިމަތީ އިން ކުޑަ މޭޒުމަތީ ބައިންދަމުން ބުންޏެވެ. “އާތު ތަ އެ ލަކީ ކުއްޖަކީ؟” އާޔަން އަހާލީ ހިސާބަކަށް އިނގިގެންނެވެ. “އާން. އާން ޑެޑީ. އައި ލަވް ހިމް.” […]
އަރީނާއަށް މެސެޖެއް އައުމުން އަރީނާ ފޯނުނަގާ ބަލައިލިއެވެ. އެއީ އަތޫފްގެ މެސެޖެކެވެ. އަރީނާ އަވަހަށް ކާގެއިން ނިކުމެގެން ދިޔައީ ތައްޔާރުވާށެވެ. އަރީނާ މީގެކުރިން އަދި ދުވަހަކުވެސް ވިލިގިއްޔަކަށް ނުދެއެވެ. އެހެންކަމުން އަރީނާ ހުރީ އާތަނަކަށް ދެވެން އުޅޭތީ ވަރަށް އުފާވެފައެވެ. “ޑެޑީއަށް އާތު ފެނޭތަ؟” އަރީނާ އާޔަންއާއި އެއްކޮން ސައިކަލުގައި އައިސް ފެރީ ޓާރމިނަލްއަށް ހުއްޓުމުން އަތޫފް ކޮބައިތޯ ބަލައިލިއެވެ. ” އަރީ! އަރީ!” އަތޫފް ނުފެނިގެން އަތޫފްއަށް ގުޅަން ފޯނުނެގިތަނާ އަތޫފް ގޮވާލިއެވެ. އަރީނާ ފަހަތަށް […]
“އަރީ. ކީއްކުރަންތަ މިތަނަށް ތި ގެނައީ؟” އަރީނާގެ ފަހަތަށް އައިސް ހުއްޓެމުން އަތޫފް ބުންޏެވެ. “މިތަނުން ކައިގެން އަރީއާ އެއްކޮން ހިނގާބަލަ މުޅި މާލެ ދައްކާލަން. މާލޭގެ އެކި ތަންތަން ކިޔައިދޭން. ޕްލީސް.” އަރީނާ ތެދުވަމުން ބުނެލިއެވެ. ” އޯކޭ. ހިނގާ. އެކަމަކު އާތު އަތަކުނެތް މިކަހަލަ ތަންތަނުން ކާނެހާ ލާއިރެއް އިނގޭ.” އަތޫފް ހުރީ އަތޫފްއަށް ބިލްދައްކަން ޖެހިދާނެތީ ކަންތައް ބޮޑުވެފައެވެ. ” ނޯ ވޮރީސް. އެކަމާ ހާސްނުވޭ. އަރީއޭ އެކަން ހަމަޖައްސާނީ.” އަރީނާ ބުންޏެވެ. […]
“ޑެޑީ! ލަދުގަނެފަތަ ތިހުރީ؟” އަރީނާއަށް މަޖާވީ އާޔަން އަދިވެސް އެހުރިގޮތަށް ހުރުމުންނެވެ. އެހެން މީހަކު ނޫރާގެ ވާހަކަ ދައްކައިފިއްޔާ އާޔަން ރުޅިއާދެއެވެ. ނަމަވެސް އަރީނާ ނޫރާގެ ވާހަަކަ ދެއްކުމުން އަރީނާދެކެ ރުޅިއެއްވެސް ނާދެވުނެވެ. އަދި ދުވަހަކުވެސް ނުރުހިގެން އަރީނާދެކެ ރުޅިއައިސްގެން އާޔަން އެއްޗެއް ނުބުނާތީކަންވެސް ނޭގެއެވެ. އާޔަން އެކަމާ އަނގައިން ނުބުނުމުން އަރީނާ އަނެއްކާވެސް މަޖާވެފައި ވާހަކަ ދައްކަން ފެށިއެވެ. ” ޑެޑީ ނޫރާ ހޯދަން ނޫޅެންޏާ އަރީ ދެން ނޫރާ ހޯދާނީ. އަރީއަށް ޓިކެޓް ނަގައިދީ […]