ހިބާ އަށް ފައުޒާން ގޮވާ ގޮވާ ވެސް ހިބާ އަށް ހޭ ނުލެވުނެވެ. އެންމެ ފަހުން ފައުޒާން ހިބާ އަތް ދަނޑި މައްޗަށް އުފުއްލައި ލައިގެން ގެންގޮސް ހިބާގެ ކޮޓަރި އެނދު މަތީ ބޭއްވި އެވެ. އަދި ރަޖާ އަޅާލައި ދީފައި ނުކުމެ ދޮރުވެސް ލައްޕާލި އެވެ. ޖެހިގެން އައިދުވަހު ހެދުނު ހިބާ އަށް ހޭލެވުމުން ވިސްނާލަން އޮތެވެ. އޭނަ ރޭގަ ނިދަން އޮތީ އެއްޗިހި ވެސް ބަދަލު ނުކޮށް ހެއްޔެވެ. އޭނަ ނިދީ ކޮން އިރަކު […]
“ބަލާލަ. ފެމިލީ ކާންފެށީ އަދި ކިރިޔާނު. ނަދުވާ މިހާރު ބޭރު ކޮށްލީތަ އެތަނުން؟” ޝަކީލާ އަށް އެންމެން ކާން ތިބިތަން ފެނުމުން ނުހުރެވިގެން ނަދުވާއާ ދިމާ އަށް ބުނެލި އެވެ. ނަދުވާ އެންމެން ކާން ތިބިތަނަށް ބަލައިލި އެވެ. ފައްވާޒް އާއި ރިފާ އެވެ. ހަފީޒާ އާއި އަލީ އެވެ. އަދި ފައުޒާން އާއި ހިބާ އެވެ. ވަރަށް ވެސް ގުޅެ އެވެ. ނަދުވާގެ ހިތު ގައި ހިގާފައިވާ ހަސަދަ ވެރިކަން ބަންޑުން ދާން ފެށި އެވެ. […]
“އަބީ، ޔޫ ވިލް ނެވަރ ޗޭންޖް.” ޖަންނަތު ތުން އަނބުރާލި އެވެ. “ބައި ދަ ވޭ، ޖަންނަ މިތާ ތިޔޮތީ ކިހިނެއްވެފަ؟” އަބްޔާން ބޯދަށަށް އަތް ލަމުން ހަމަޖެހިލި އެވެ. “އަބީ މަންމަ ބުނެގެން އަބީގެ އެއްޗިހި އިސްތިރި ކޮށްލައިދޭން އައީ، ދެން އެކަން ނިމިގެން މިހާރު މިއޮތީ ސާރާ މެނާ އެއްކޮން މޫދަށް ދާން ވެގެން.” އެވަގުތު ދުރުން ގްރޫޕެއް އަންނަތަން ފެނުނެވެ. “އަނހާ އެޔޮށް އަންނަނީ އެމީހުން.” ޖޯލީގައި އޮވެފައި ކުޑަކޮން ބޯހިއްލާލަމުން ޖަންނަތު […]
ފައުޒާން އަށް ހީވީ ފައުޒާންގެ މޭގަނޑު އަނގައަށް އައި ހެނެވެ. ވަރަށް ބާރަށް ފައުޒާން ގެއާ ދިމާ އަށް ދުއްވައި ގަތެވެ. ފައުޒާން ލިފްޓުން މައްޗަށް އަރާ ގެއަށް ވަނީ ކުއްލި އަކަށެވެ. އަދި ވަރަށް ބާރަށް ދުވެފައި ގޮސް މައްޗަށް އަރަން ހުރި ސިޑިން ވެސް އެހާ ބާރަށް އެރިއެވެ. ސޯފާގައި އޭރު ތިބި ހަފީޒާ އާއި އަލީ އަށް ވެސް ތެދުވެ ވުނީ ފައުޒާން އެހާ ބާރަށް ސިޑިން އެރީމަ އެވެ. އަލީ އާއި […]
ހިބާ ބަދިގެ ސާފުކޮށްލާފައި މައްޗަށް އެރީ ކޮޓަރިއަށްވަދެ ފިނިކޮށްލުމަށް ހިތައް އަރުވައިގެނެވެ. މައްޗަށް އެރިވަގުތު މޫނުމަތީ އައިސް އެޅުނީ މަޑު ފެހި ކުލައެއްގެ ފޮތިގަނޑެކެވެ. ހިބާ މޫނުމަތިން އެނަގާ ބަލައިލިއިރު އެއީ ޓީ ޝާރޓެކެވެ. ހިބާ އެއީ ކޮންދިމާލަކުން އައި އެއްޗެއްތޯ ބަލައިލިއިރު ފައުޒާން ހެވިފައި ފައުޒާން ކޮޓަރި ދޮރުމަތީ ހުސްގަޔާ ހުއްޓެވެ. ތިރިން ސޯޓެއް ލައިގެން ދޮރުކަނީގައި އަތްއަޅުވާލައިގެން ހުރިގޮތުން ހަށިގަނޑުގެ ބޮޑުބައި އެއޮތީ ހާމައަށް ފެންނާށެވެ. ހިބާ އަވަހަށް އަނެއްފަރާތައް އެނބުރުނީ އެފަދަ ރީތި […]
ފައުޒާންއަށް އެތަނުން ދަންނަ އަންހެނެއް ފެނުމުން ހިސާބަކަށް ނުރުހުންވެފައި ފައުޒާން ހުއްޓެވެ. ފައުޒާންކައިރީ ހުރި ޕޮލިހަށްވެސް އޭނަ ދައްކާލާފައި ވަރަށް ފޫހިވެޔޭ އެހެން އުޅޭތީ ބުނެލިއެވެ. އޭރު ޝަކީލާ ހުރެގެން އަޑުން އަޑުނަގާ ހަޅޭއްލަވަމުން ދިޔައެވެ. އެންމެ ކުރީސަފުގައި ހުރެ ހަޅޭއްލަވާ މީހުންތެރޭ ޝަކީލާ ވެއެވެ. ފައުޒާން ރުޅިއައިސްގެން ފަޅައިންދާން ކައިރިވެފައި ހުރީ އާއިލާމީހެއް އެފަދަ ގޮތަކަށް އުޅޭތީއެވެ. ދޮންބެދައްތަ ގޭގައި ކުރާނެ ކަންތައް މަދީހެއްޔެވެ. އިރުކޮޅަކުން ފަހުގެ އިންޒާރު ދޭންފެށިއެވެ. އެންމެން އެތަނުން ދިއުމަށް ގޮވަން […]
ޖަންނަތު އައިސް ކެބިންއަށް ވަދެ ފައިލް ތަކާ އެއްޗިހި ތަރުތީބު ކޮށްލި އެވެ. މާގިނަ އިރެއް ނުވެ ޒައިދާން އައިސް ކެބިންއަށް ވަނެވެ. އަދި ޖަންނަތު ފެނުމުން ހިނިތުން ވެލި އެވެ. ޒައިދާން ލައިގެން ހުރީ އަތްދިގު ނޫކުލައިގެ ރޮނގުދެމި ގަމީހެކެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ފަޓުލޫނުގެ ކަނާތު ޖީބަށް އަތް ޖަހާލައިގެން ވައަތުން އޮފީސް ސޫޓްކޭސް ހިފައިގެން ހުންނަ އިރު ވަރަށް ހައިބަތު ހުރި މީހެއްކަން އިނގެ އެވެ. އެވަގުތު އަބްޔާން ވެސް […]
ފައުޒާން ދިން ޓިޝޫއިން ލޯފޮހެލަމުން ހިބާވެސް ގެއާދިމާއަށް ހިގައިގަތެވެ. މަންމަ ކައިރީ ބުނެގެން ގެވެސް ބަދަލުކުރަން ހިތަށްއެރިއެވެ. ބީނާއާ އެއްގެއެއްގައި އުޅޭކަށް ހިބާދެނެއް ބޭނުމެއް ނޫނެވެ. ހިބާގެ މަންމަ މޫމިނާގެ ރައްޓެހިކަމުގައި ހިބާ މާލޭގައި ބަހަށްޓާފައި އިންނަނީ ބީނާގެ މަންމަމެން ގޭގައެވެ. ބީނާއާ ދިމާވެ ބީނާއާ އެއްކޮޓަރީގައި އުޅެންޖެހުމުން ހިބާއާއި ބީނާގެ ގުޅުން ބަދަހިވެ ދެކުދިންނަށްވަނީ އެކަކު އަނެކަކުގެ ހުރިހާ ސިއްރުތައްވެސް އިނގިފައެވެ. އެގެއަށް އެންމެ ފުރަތަމަ އިއްޒަތު އައީ ހިބާގެ ރައްޓިއްސެއްގެ ގޮތުގައެވެ. އެއީ ހިބާދިޔަ […]
އެދުވަހު މެންދުރުވެސް މޫސަބޭ ކާން ބަލާއައެވެ. މިއަދު ކަރީމްއާއި ސުނާދުވެސް ގޮވައިގެން ދިއުމަށް މޫސަބޭ ބުންޏެވެ. އެހެންކަމުން ފައުޒާން ދިޔައީ އެދެމީހުން ގޮވައިގެނެވެ. މޫމިނާތަ މެންގެއާ އަރާހަމަވިއިރު ގޭތެރެއިން ދެމީހަކު ވާހަކަދައްކާއަޑު އިވުނެވެ. ފައުޒާންއަށް މަޑުކޮށްލެވުނީ ފައުޒާންގެ ނަން ބުނުމުންނެވެ. “މަންމަ ކީއްކުރަންތަ އެ ފައުޒާން އިންދާ ހިބާގައިގަ އިލޮށިފަތިން ތެޅީ؟ ކީކޭތަ ފައުޒާން ހިތައް އަރާނީ؟” ހިބާ ބުނާއަޑު އިވުނެވެ. “ހިތަކަށް ނާރާނެ އެއްޗެއް. އަށާރަ އަހަރުވާން ކައިރިވެފައި ހުރި އަންހެނެއް އުޅޭގޮތުން އެކަމާ އޭނަ […]