Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 10 ބަނަ ބައި

aasi
aasi Level 3100 Stories10 Stories
April 7, 2016 9 Mins Read
20 Comments

ހިބާގެ އާއިލާގެ މައްސަލަތައް ފައުޒާންއަށް އެހާބޮޑަށް އެނގުމުން ހިބާއަށް ބަހެއް ބުނަން ނޭގިފައި ފައުޒާންއާއި ދިމާއަށް ލޯ ބޮޑުކޮށްލައިގެން ބަލަން އިނެވެ.

“ބިރެއް ފެނުނީތަ؟ ހާދަ ލޯ ބޮޑުކޮށްލައިގެން ތީނީ. ޒާން ބިރު ގަންނަވަންތަ ތި އުޅޭނީ؟” ފައުޒާން ގޮޑިން ތެދުވަމުން ބުންޏެވެ. ހިބާ އަދި ވެސް އެގޮތަށް ބަލަން އިނީ އެވެ.

“ފައުޒާންއަށް ކިހިނެއް އެގެނީ ހިބާ ފެމިލީގެ ކަންތައް؟ ހިބާ ފެމިލީގެ އެއްވެސް ވާހަކައެއް ފައުޒާން ކައިރީއަކު ހިބާ ނުދައްކަމެއްނު؟” ހިބާ ހައިރާންވެފައި އިރުކޮޅަކު އިނުމަށް ފަހު އަހާލި އެވެ. ފައުޒާން އަތް ދޮވެގެން ތައްޓަކަށް ފެން އަޅައިގެން އައިސް މޭޒުކައިރީ އިށީނެވެ. އަދި ހިބާގެ މޫނަށް ވަރަށް ރަގަޅަށް ބަލައިލުމަށް ފަހު ހިނިތުންވެލި އެވެ.

“ހިބާ މަންމަ ޒާން ކައިރީ ވަރަށް ގިނަ ވާހަކަ ދެއްކި. ހިބާ ބައްޕަ އެހެން މީހަކާ އިން އިރު ހިބާއަށް ބަނޑުބޮޑު ކަމާއި، ހިބާ މަންމައަށް ހިބާ ލިބުނު ތަނާހެން ހިބާގެ ދޮންމަންމަ ބަލިވެ އިންކަން އެނގުމުން ރަށަށް ދިޔައީ ކަމާއި، އަދިވެސް ހިބާގެ މަންމައާއި ބައްޕަ ޑިވޯރސް ނޫންކަމާއި، ….. ދެން ކޮންކަމެއްތަ؟” ފައުޒާން ވިސްނާލަން އިނެވެ.

“މަންމަ ތި ހުރިހާ އެއްޗެއް ފައުޒާންއަށް ކިޔައިދީފި ދޯ. އެކަމަކު ހިބާއަށް ތި ހުރިހާ ވާހަކައެއް އެނގުނީ މާމަ ނިޔާވުމުގެ ކުރިން މާމަ ކިޔައި ދިނީމަ. މަންމަ ހިބާ ކައިރީ ބައްޕަގެ އެއްވެސް ވާހަކައެއް ނުދައްކާ. އެކަމަކު ފައުޒާންއަށް ކިޔައިދިނީމަ ހިބާ ހަމަ ހައިރާން ވެއްޖެ.” ހިބާ ހައިރާންވެފައި އިނދެ ބުންޏެވެ.

“ހިބާ ކުޑައިރު އަހަރެން ހިބާ އުރައިގެން ވެސް އުޅުނީމޭ އެހެންވެ މަންމަ އަހަންނަށް އެ ކިޔައިދިނީ. އަނެއްކާ ކުޑައިރު އަހަންނަށް އޮތީ ނުލާހިކު ބޮޑު ޕްރޮމިސްއެއް ވެސް ކުރެވިފަ ކަމަށް ވަނީ.” ފައުޒާން ބުންޏެވެ.

“ކޮން ޕްރޮމިސްއެއް؟” ހިބާ އިންގޮތަށް އިނދެ އަހާލި އެވެ.

“ހިބާއަށް ހާޓް ކުރާ މީހަކަށް ޒާންވެސް ހާޓް ކުރާނަމޭ. އެހެންވެ ދެން މީގެ ފަހުން އެހެން މީހަކަށް ނުކެރޭނެ ހިބާ ދެރަ ކުރާކަށް. ޒާން އެ މީހަކަށް އެކަމުގެ އަދަބު ދޭނަން.” ހިބާއާއި ދިމާއަށް ބަލަން އިނދެ ވަރަށް އިތުބާރާ އެކު ފައުޒާން ބުނެލި އެވެ.

“ހިބާއަށް ފައުޒާން ކިތަންމެ ވަރަކަށް ހާޓް ކުރިއަސް އޯކޭ ދޯ. އެހެން މީހުން ކޮށްފިއްޔާ އަދަބު ލިބޭނީ. ތީ މާރަގަޅު ގޮތެއް.” ހިބާ ގޮނޑިން ތެދުވެގެން ބަދިގެއިން ނިކުމެގެން ހިގައްޖެ އެވެ.

ފައުޒާން ހިބާ އެބުނި އެއްޗަކާ މެދު ވިސްނާލަން އިރުކޮޅަކު އިނެވެ. ހިބާއަށް ފައުޒާން ދުވަހަކު ވެސް ތަދުކުރި ހެއްޔެވެ. މަޖާކޮށް ސަމާސާ ކޮށްލިއަސް ތަދުވާ ކަހަލަ ކަމެއް ފައުޒާން ނުކުރެ އެވެ. އެކަމު ހިބާ އެހެން އެބުނީ ކީއްވެ ހެއްޔެވެ. ހިބާ އެހެން ބުނަން ޖެހުނު ސަބަބެއް ފައުޒާން އަކަށް ނުވިސްނުނެވެ.

ފައުޒާންއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފާރުގައި އިން ގަޑިއަށް ބަލައިލިއިރު ރޭގަނޑު ނުވަގަޑި ބައިވަނީ އެވެ. ފައުޒާން ފޯނުނަގާ ބަލައިލި އެވެ. އެގުޅަނީ ނަދުވާ އެވެ. ފައުޒާން މިރޭ ނަދުވާއާއި އެކު ބޭރަށް ދާން ބުނެފައި ވާނެ އެވެ. އެގުޅަނީ ލަސްވެގެންނެވެ. ފޯނަށް ބަލަހައްޓައިގެން ފައުޒާން އިރުކޮޅަކު އޮތެވެ. ނަދުވާއާއި އެކު ބޭރަށް ދާހިތެއް މިރެއަކު އެއްގޮތަކަށްވެސް ނެތެވެ. ފޯނު ރިންގު ކެނޑެންދެން ފައުޒާން ފޯނަށް ބަލަން އޮތެވެ. ހަތް ފަހަރު ނަދުވާ ގުޅާފަ އޮތެވެ. ފައުޒާން ހައިރާނެއް ނުވެ އެވެ. ފޯނު ނިވާލަން ހިތައް އަރާފަ ވެސް ފޯނުގައި ހުރި ފޮޓޯތައް ބަލައިލާހިތް ވެގެން އެ ބަލަން ފެށި އެވެ. ފައުޒާންއާއި ނަދުވާ ނަގާފައިވާ ފޮޓޯތައް ބައިވަރު ހުއްޓެވެ. ރާސް ލާފައި އެފޮޓޯތައް ދުއްވަމުން ދަނިކޮން ފެނުނީ ހިބާގެ ފޮޓޯ އެކެވެ. ނޫނެކެވެ. އެއީ ވީޑިއޯ އެކެވެ. ފައުޒާން އެ ޕުލޭ ކޮށްލި އެވެ. ހިބާ ޓެރެސް މަތީ ވާރެއާ ތެމެމުން ނަށަމުން ދާތަނެވެ. ފައުޒާން ވަރަށް ހެވިފައި އެބަލަން އޮތެވެ. ނިމުމުން އަނެއްކާ ވެސް ފެށި އެވެ.

ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. އެހެން އަންހެން ކުދިންނާ މުޅިން ތަފާތެވެ. ފައުޒާންއަށް އަބަދު ހިބާއާއި ދޭތެރޭ ވިސްނެނީ ކީއްވެ ހެއްޔެވެ. އަނެއްކާ ފައުޒާންއަށް ހިބާދެކެ ލޯބި ވެވުނީ ބާ އެވެ. އެހެންކަމަށް ވެއްޖެއްޔާ ނަދުވާއަށް ހަދާނީ ކިހިނެއް ހެއްޔެވެ. އާއިލާ ތެރޭ ހަމަނުޖެހުން އުފެދޭނެ އެވެ. ނަދުވާގެ މަންމަމެނާއި ފައުޒާންގެ މަންމަމެން ވެސް ވަރަށް ދެރަ ވާނެ އެވެ. ފައުޒާން ނަދުވާއާއި ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެންމެން ވެސް ތިބިކަން ފައުޒާންއަށް އެނގެ އެވެ. ދެން މިވަނީ ކިހިނެއް ހެއްޔެވެ. ނަދުވާއާ ކައިވެނި ކޮށްގެން އެގެއަށް ބަދަލު ވާންވީ އެވެ. އެހެން ނޫނީ ހިބާއާއި ދުރުގަ ނުހުރެވޭ ވަރަށް ހިބާދެކެ ލޯބި ވެވިދާނެ އެވެ. މިހާރުން ފެށިގެން ހިބާއާއި ދުރަށް ދެވޭތޯ މަސައްކަތް ފަށަންވީ އެވެ.

ކުއްލިއަކަށް ފައުޒާން ތެދުވި އެވެ. ތުވާލި ހިފައިގެން ކޮޓަރިން ނިކުމެގެންގޮސް ފާހާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނިކުތީ ވުޟޫ ވެސް ކޮށްލައިގެނެވެ. ތައްޔާރު ވެލައިގެން އިޝާ ނަމާދު ކުރީ ކޮޓަރީގަ އެވެ. ދެން ފޯނުނަގާ ނަދުވާއަށް ގުޅާލި އެވެ.

“ނަދޫ، ސޮރީ އިނގޭ. ޒާންއަށް ނިދުނީއޭ.” ނަދުވާ ފޯނު ނެގުމާއެކު ފައުޒާން ބުންޏެވެ.

“ނަދޫ ޒާންއަށް ކިހާވަރަކަށް ގުޅިން. ހިތައް އެރި ތިގެއަށް ދާންވެސް އެކަމަކު ނުކެރުން ދާކަށް. ދެން އަވަހަށް އާދޭ ދާން، ނަދޫ މިހިރީ ރެޑީ ވެގެން.” ނަދުވާ ބުންޏެވެ.

މިދަނީ ކަމުގައި ބުނެ ފައުޒާން ފޯނު ކަނޑާލި އެވެ. އަދި އަވަހަށް ސިޑިން ފައިބަން ފެށި އެވެ. ފައުޒާންއަށް ހުއްޓެވުނީ ދޮރު ކައިރީ ނިޔަފަތި ކާލަކާލަ ދެފަރާތަށް މަޑުމަޑުން ހިނގާލަ ހިގާލާ ހުރި ހިބާ ފެނުމުންނެވެ. ހިބާ ކޮންމެވެސް ކަމަކާ ހާސްވެފައި ވާހެން ފައުޒާންއަށް ހީވި އެވެ. ސިޑިމަތީ ހުރި ފައުޒާން ދެ ހަރުފަތެއް ތިރިއަށް ފޭބިތަނާ ދޮރުގެ ރަނގަބީލު ޖެހިއަޑު އިވުނެވެ. ހިބާ އަވަހަށް ދޮރު ހުޅުވި އެވެ. ދޮރުމަތީ އަބްޔާން ހުރީ ބޮޑު ޕާރުސަލެއް ހިފައި ގެނެވެ.

“ހިބާ، ހާދަ މަތީގައޭ ހިބާ ތިއުޅެނީ.” އަބްޔާން އެތެރެއަށް ވަންނަމުން ބުންޏެވެ.

“ދޮންބެ ނުވަގަޑި ބައިގަ އަންނާނަމޭ ބުނީމަ ކްލާސް ނިމުމާއެކު ހިބާ ބާރަކަށް ގެއަށް އައިސް މިހުރީ ދޮންބެ އާދޭތޯ. ހާދަ އިރެއް ފަހުންނޭ ތިއައީ.” ހިބާ ކުޑަކޮން ތުން އޫކޮށްލަމުން ޅަ ގޮތަކަށް ބުންޏެވެ.

“އާން. ކުޑަ ކަމެއް ދިމާވެގެން ނާދެވުނީ،” އެތެރެއަށް ވަދެ އެކި ދިމަދިމާ އަބްޔާން ބަލައިލި އެވެ. ސިޑިމަތީ ހުރި ފައުޒާން ފެނުމުން ފައުޒާންއަށް ނިތް އަރުވާލި އެވެ. ހިބާއަށް ވެސް ފައުޒާން ފެނުނީ ދެނެވެ. ހިބާ ފައުޒާންއަށް ތުން އަނބުރާލި އެވެ.

“އާދޭ އިށީންނަން.” ހިބާ އަބްޔާން އާއި ދިމާއަށް އެނބުރެމުން ބުންޏެވެ. ފައުޒާން ވެސް ތިރިއަށް ފައިބައި މަޑުކޮށް ލައިގެން ހުރީ ދެ ޖީބަށް އަތް ޖަހައި ލައިގެންނެވެ.

“މީ ބައްޕަ ހިބާއަށް ދިން ބާރތްޑޭ ޕްރެސެންޓް.” ހިބާއަތައް އެ ބޮޑު ޕާރުސަލް ދެމުން އަބްޔާން ބުންޏެވެ. “ދެން މިއޮތީ ހިބާގެ ފޯނު.” އަބްޔާން ހިފައިގެން ހުރި ކޮތަޅަކުން ކުޑަ ފޮށްޓެއް ނަގާ ދިއްކޮށްލަމުން އަބްޔާން ސޯފާގައި އިށީންނަމުން ބުންޏެވެ.

“ވާއު…. އައިފޯން ފައިވް އެއް؟ ކީއްވެ މިހާ އަގުބޮޑު ފޯނެއް ތި ދިނީ؟” ހިބާ އުފާވެފައި ހުއްޓަސް ހުރީ ހައިރާން ވެސް ވެފަ އެވެ. އެހާ އަގުބޮޑު ފޯނެއް ހިބާއަށް ގެންގުޅެން ކެރޭނެ ހެއްޔެވެ.

“ތީ ބައްޕަ ދިން އެއްޗެކޭ.” އަބްޔާން ބުންޏެވެ. ހިބާ އަބްޔާން ކައިރީ ސޯފާގައި އިށީނެވެ.

ފައުޒާން އަވަހަށް ބޭރަށް ދިއުމަށް ހިގައި ގަތެވެ. ކޮއްކޮއަކާއި ބޭބެއެއްގެ ވާހަކަތައް އަޑުއަހަން އެތާ ފައުޒާން ހުންނަންވީ ކިއްކުރަން ހެއްޔެވެ.

“ފައުޒާން ދަނީތަ؟” ފައުޒާން ދާތަން ފެނުމުން އެކުވެރި ރާގަކަށް އަބްޔާން އަހާލި އެވެ.

“އާން ކަމަކު ބޭރަށް ދާންވެފަ އޮތީމަ މިދަނީ،” ފައުޒާން ބުންޏެވެ. “އަދި އިރާދަ ކުރެއްވިއްޔާ ދިމާވާނެ.” ފައުޒާން އެހެން ބުނެ ހިބާއަށް ބަލައިލުމަށްފަހު އަވަހަށް ދޮރުން ނުކުމެގެން ހިގައްޖެ އެވެ.

“ދެން މި ކަނޑާބަލަ.” އަބްޔާން ހިބާއަތުގަ އޮތް ޕާރުސަލް ދައްކާލަމުން ބުންޏެވެ.

ހިބާއެ ކަނޑާލިއިރު އެޕަލް ލެޕްޓޮޕެކެވެ. ހިބާއަށް ބުނަންވެސް ނޭގޭ އުފާވެރިކަމެއް އިހުސާސް ވެގެން ދިޔަ އެވެ.

“އަޅޭ މިހާ އަގުބޮޑު އެއްޗިހި ހިބާއަށް ގެންގުޅެން ކެރޭނެތަ؟ މި ހިބާ އަތުން ހަލާކު ވެއްޖެއްޔާ ޔޯ؟” މައުސޫމް ކަމާއެކު ހިބާ ބުނެލި އެވެ.

“ސާބަސް ހިބާއަށް. ހިބާ ބައްޕަ ކައިރީ އުޅޭނަމަ ތިކަހަލަ ކިތަންމެ އެއްޗެއް ލިބުނީސް. ހިބާ ޖެހޭނީ ހަމަ ނަން ބުނެލަން.” އަބްޔާން ބުންޏެވެ.

“ބައްޕަ އެހާ މުއްސަދިތަ؟ އާން ހިބާއަށް އެގޭ ބައްޕަ މުއްސަދިކަން އެކަމަު އެހާ މުއްސަދި ކަމެއް ނޭގެ.” ހިބާ ބުންޏެވެ.

“ބައްޕަ އަސްލު ވަރަށް ބޭނުންވޭ ހިބާވެސް ބައްޕަ ކައިރިއަށް ގެންނަން. ބައްޕަ ބޭނުމިއްޔާ ގެންދެވޭނެވެސްމެ. އެކަމަކު މަންމަ ދެރަ ވާނެތީ ބައްޕަ އެ ހުންނަނީ އަޅާނުލާ.” އަބްޔާން ބުންޏެވެ.

“ހިބާއަށް އެގޭތަ ލަޔާން އަކީ ބައްޕަގެ ދަރިއެއް ނޫންކަން؟ ދައްތަ ބައްޕައާ މެރީ ކުރި އިރު ދައްތަ ބަލިވެ އިނީ ލަޔާންއަށް. އެކަން ސިއްރު ކޮށްދިނުމަށް ބައްޕަ ކައިރިން ބޮޑުބޭބެ އެދުމުން ދައްތައާ މެރީކުރީ. އެކަކަށްވެސް އެވާހަކަ ނޭންގުމަށް ބައްޕަ ކައިރިން ބޮޑުބޭބެ އެދުނީ.”

“މިވީހާ ދުވަހުވެސް ބައްޕަ އެންމެ ލޯބިވަނީ މަންމަދެކެ. އެކަމަކު ދައްތަ ބަލިވި ފަހުން ބައްޕަ މަންމައަށް ގުޅުން ހުއްޓާލީ. ދޮންބެ ކައިރީ ބައްޕަ ބުނީ ދެން މަންމައަށް ގުޅަން ޖެހޭނީ ދޮންބެ ކަމުގަ ކީއްވެހޭ ބުނުމުން ބުނީ މަންމައާ ވާހަކަ ދެއްކި ވަރަކަށް ބައްޕަ ދެރަވަނީ ކަމުގަ. މަންމައާ ވީހާވެސް ދުރުން އުޅެން ބޭނުންވަނީ އެހެންވެ ކަމުގަ.” އަބްޔާން ހިބާއަށް ކިޔައި ދިނެވެ.

“އެހެންވީމަ ބައްޕަ މަންމަދެކެ ވަރަށް ލޯބިވޭ ދޯ؟” ހިބާ ޔަގީން ކަމާއެކު އަހާލި އެވެ.

“އާން ހިބާ. ބައްޕަ، މަންމަދެކެ ވަރަށް ލޯބިވޭ. ދޮންބެ މިހާރު އެތައް ފަހަރަކު ބައްޕަ ކައިރީ ބުނެފިން މަންމަ މާލެ ގެންނަން ވީ ނޫންހޭ. އެކަމު ބައްޕައަކީ ވަރަށް ގޮތް ދޫނުކުރާ މީހެއް. ހަމަ އެގޮތަށް މަންމަވެސް ގޮތްދޫ ކުރާކަށް ބޭނުމެއް ނުވާނެ. ދެން ދެމީހުން ދޭތެރޭ ހިބާއާއި ދޮންބެއާ ފިތިފަ މިތިބެނީ.” އަބްޔާން ބުންޏެވެ.

“ދޮންބެ ކީއްވެތަ މަންމައަށް ނުގުޅަނީ؟ މަންމަ އަބަދު ޝަކުވާ ކުރާނީ މަންމަގެ ހާލު ބަލަން ދޮންބެ ނުގުޅާތީ.” ހިބާ ބުންޏެވެ.

“މަންމައަށް ގުޅާއިރަށް ދައްކާނީ ބައްޕަގެ ކޮންމެސް ވާހަކައެއް. ދޮންބެއަށް އެނގޭ ބައްޕަގެ ގޮތް ވެސް ދެން މަންމަ ދައްކާނީ މީސްމީހުން މަންމަ ކައިރީ ބައްޕައޭ ކިޔައިގެން ދައްކާފަ ހުންނަ ހަމަ ނުޖެހޭ ވާހަކަ. ދެން ދޮންބެއަށް މަންމައާއި ދިމާއަށް ނުރުހުމުގެ ބަހެއް ބުނެވި ދާނެތީ އެހާ ވަރަށް ނުގުޅަނީ. ހިބާއަށް ވެސް ބައްޕަގެ ގޮތް އެގުނީމަ ތިގޮތަށް ބައްޕައާ ދުރަކު ނުހުންނާނެ.” އަބްޔާން ބުންޏެވެ.

“ބައްޕަ ކައިރީ އުޅެން ހިބާ ވެސް ބޭނުމޭ. އެކަމަކު މަންމަ ހިތްހަމަ ނުޖެހޭނެތީ ބައްޕަ ކައިރިއަށް ނުދަނީ ވެސް. ހިބާގެ ބާރތްޑޭ ޕްރެސެންޓަށް ތެންކްޔޫ ބުނަން ބައްޕައަށް ގުޅާނަން.” ހިބާ ބުންޏެވެ. އަބްޔާން ބޯ ޖަހާލި އެވެ.

ފައުޒާން ނަދުވާއާއި އެކު ބުރު ޖަހަން މާލެތެރޭ އުޅެފަ ދިޔައީ ރެސްޓޯރެންޓަކަށް ކާށެވެ. ނަދުވާ ބަނޑުހައި ވެގެން އެވާހަކަ ބުނުމުންނެވެ. ހަގީގަތުގަ ފައުޒާން ހުރީ ގެއަށް ދާން ބޭނުން ވެފަ އެވެ.

“ފައުޒާން ހާދަ ކުޑަގޮތެއް ތި ހަދާލަނީ.” ފައުޒާން ހަމަ އެކަނި ކޮފީއަކަށް އޯޑަރ ދިނުމުން ނަދުވާ ބުންޏެވެ.

“ޒާން ކައިގެން ހުރީމަ ބަނޑުހައެއް ނުވެޔޭ.” ފައުޒާން ބުންޏެވެ.

” ނަދޫ ތިގެއަށް ނުދާތީ ކުޑައްތަ ހުންނަނީ ވަރަށް ދެރަވެފަ ދޯ؟” އެއްވެސް ވާހަކައެއް ނުދައްކަ އިރުކޮޅެއް ދިޔަފަހުން ނަދުވާ އަހާލި އެވެ.

ފައުޒާން ނަދުވާއާއި ދިމާއަށް ބަލަން އިނެވެ. ހިތައް އަރަމުން ދިޔައީ ނަދުވާއާއި ރައްޓެހި ވެގެން ފައުޒާން މި އުޅެނީ ކީއްވެ ބާ އެވެ. ކުރިން ނަދުވާ ދެކެ ވީ ލޯބި މިހާރު ކޮބައި ބާ އެވެ. ނަދުވާ ދެކެ ކުރިން ވެވުނީ ލޯބިބާ އެވެ. ނަދުވާ ދެކެ ފައުޒާންއަށް ވެވުނީ ހަގީގީ ލޯތްބެއް ނޫން ހެއްޔެވެ. ނަދުވާއާއި އެކު އެއްގޮތަކަށް ވެސް މިހާރު އުޅޭ ހިތެއް ނުވެ އެވެ.

“ފައުޒާން، ނަދޫ ތިގެއަށް ނުދާތީ ފައުޒާން ވެސް ވަރަށް ދެރަވާކަން ނަދޫއަށް އެގެޔޭ. އެކަމަކު ދެން އެދުވަހު ކަންތައް ކުރެވުނު ގޮތުން ވަރަށް ލަދުގަނޭ.” ފައުޒާން އަނގައިން ނުބުނެ އިނުމުން ނަދުވާ އަނެއްކާވެސް ވާހަކަ ދައްކަން ފެށި އެވެ.

“ނަދޫ، މިހާރު ކާކު ދެކެ ލަދުން ޒާންމެން ގެއަށް ނުދާން ތި އުޅެނީ. މަންމަ ނަދޫ މެންގެއަށް ނުލާހިކު ދޭ. ޒާން ތިގެއަށް ދަން. ދޮންބެއާ ދޮންބަތުއާ ވެސް ތިގެއަށް ވަދެ އުޅޭނު. ދެން ހިބާ…. ހިބާ ތިގެއަށް ދިއުމުގެ ބޭނުމެއް އެބަ އޮތްތަ؟ ހިބާ ދެކެތަ ލަދުން ތި އުޅެނީ؟” ފައުޒާން އަހާލި އެވެ.

“ފައުޒާން، ނަދޫ ކީއްވެތަ ހިބާދެކެ ލަދުގަންނަންވީ ރާއްޖެތެރޭ ނިކަމެތި ކުއްޖާގަޑެއް ދެކެ ލަދަކުން ނަދޫއެއް ނޫޅެން.” ހިބާދެކެ ލަދު ގަންނަ ވާހަކަ ފައުޒާން ބުނުމުން ނަދުވާ ވަރަށް ރަކިވި އެވެ. މޫނު މަތިން އެކަން ފާޅުވެގެން ދިޔަ އެވެ. ކޮންމެ ގޮތެއް ވިއަސް ނަދުވާއަށް ހިބާއާއި ކުރި މަތިލާން ނުކެރޭތީ އެގެއަށް ނުވަންނަން ހުއްޓަސް އެގޮތަށް ހުންނާކަށް ނަދުވާ ބޭނުމެއް ނޫނެވެ. ހިބާއަކީ ނަދުވާއަށް ވުރެ އެތައް ގުނައެއް ދަށު ދަރަޖައިގެ ކުއްޖެކެވެ. ނަދުވާހާ މުއްސަދި ކަމެއް ލިބިފަ ނެތްއިރު އުޅެނީވެސް އަމިއްލަ ގެއަކު ނޫނެވެ. ނަދުވާއަށް ވުރެ ރީތިކަމެއް ލިބިފައި ވުމަކުން ނަދުވާއަށް ވުރެން ބޮޑަކަށް ހިބާދެކެ އެކަކުވެސް ލޯތްބެއް ވެސް ނުވާނެ އެވެ. އެއީ ނަދުވާއަށް ކަނޑައެޅިގެން ޔަގީންވާ ކަމެކެވެ.

“މިއަންނަ ހަފުތާގަ ރޯދަ މަސް ފެށެނީ. ނަދޫ ޒާންމެންގެއަށް ރޯދަ ވިއްލަންވެސް އަންނަން ވާނެނު. ދޮންބަތު ހަދާ އެއްޗިހި ވަރަށް މީރުވާނެ. އެކަމަކު ނަދޫ ހަދާ އެއްޗިހި މާމީރު އަދިވެސް.” ފައުޒާން ބުންޏެވެ.

“އާން ރޯދަމަހު ތިގެއަށް ދާނަން.” ނަދުވާ ބުންޏެވެ.

އަބްޔާން ދިޔައީ ހިބާގެ ފޯނަށް ސިމްލައްވާ ގުޅޭނެގޮތަށް ހަދައި ދީފައެވެ. އަބްޔާން ދިއުމުން ލެޕްޓޮޕް ހިފައިގެން ހިބާ ދިޔައީ ކޮޓަރި އަށެވެ. ބައްޕައާއި ދޮންބެ ކިހާ ރަގަޅު ހެއްޔެވެ. މަންމަ އެކަމު އެރުޅި އަންނަނީ ކޮންކަމަކާ ހެއްޔެވެ. ހިބާ ކޮޓަރިއަށް ގޮސް ލެޕްޓޮޕް ހުޅުވާލި އެވެ. ވަރަށް ރީއްޗެވެ. އެހެން ލެޕްޓޮޕާ ތަފާތެވެ. ލެޕްޓޮޕާ ކުޅެން އެތަކެއް ގަޑިއިރު ހޭދަވެގެން ދިޔަ އެވެ.

ފައުޒާން ގެއަށް އައިސް މައްޗަށް އެރިއިރު ހިބާކޮޓަރި ހޮޅިބުރީގެ ފަނޑު އަލިކަމެއް ދޮރުދަށުން ފެންނަން ހުއްޓެވެ. ހިބާ ނުނިދާ އުޅޭކަން އެނގުމުން ދެފަހަރަކު ދޮރުގައި ޓަކި ޖަހާލުމުންވެސް ހަބަރެއް ނުވި އެވެ. ބޮކި ނުނިވާ ނިދާފަ އޮތީކަމަށް ނިންމައިގެން ފައުޒާންވެސް އޭނަގެ ކޮޓަރިއަށް ވަނީ ނިދަން ކަމަށެވެ. ނަމަވެސް އުޅެއުޅެ އެތައް އިރެއް ވީއިރުވެސް ނިންޖެއް ނައެވެ.

ފަތިހު ރިފާ ބަދިގޭގައި އުޅޭއަޑު އިވެ އެވެ. ފައުޒާން ނަމާދުން ފައިބައިގެން އައިސް ކޮފީއެއް ބޯލަން ބަދިގެއަށް ވަންއިރު ރިފާ އަވަދިނެތި ރޮށިދަމަމުން ރޮށި ފިހަމުން ދެއެވެ.

“ކޮބާ ހިބާ؟ ނުހޭލާތަ؟” ފައުޒާން ހައިރާންވީ ހިބާ ފެންނަން ނެތީމަ އެވެ. އެހެން ދުވަސް ދުވަހު ހިބާ ވެސް ރިފާއާއި އެކު ބަދިގޭގައި އުޅެ އެވެ.

“ހިބާ ފެންނަން ނެތިއްޔާ ޒާން ހާދަ ފޫހިވެޔޭ ދޯ. މަށަށް ހީވަނީ ޒާން އެނެމެ ފަހުން އިންނާނީ ހިބާއާ ހެން.” ރިފާ ނުބުނަން ހުރި އެތި އެންމެ ފަހުން ބުނެވިއްޖެ އެވެ.

“ދޮންބަތު ކީކޭ ތިބުނީ؟ …. ހިބާއާ ދޭތެރޭ އެގޮތަކަށް ޒާން ނުދެކެން.” ފައުޒާންގެ މޫނުމަތި ރަތްވެގެން ދިޔަތަން ރިފާއަށް ފެނުނެވެ. ފައުޒާން ކިތަންމެ ނޫންކަމަށް ހެދިޔަސް ފައުޒާން ހިބާދެކެ ލޯބިވާކަން ރިފާއަށް ކަށަވަރު ވެއްޖެ އެވެ. ފައުޒާން އަވަހަށް ކޮފީ ހަދައިގެން ކޮފީޖޯޑު ހިފައިގެން ބަދިގެއިން ނިކުތީ އެވެ. ސޯފާގައި ހަމަޖެހިލައިގެން އިނދެ ކޮފީ ބޮމުން ގެންދިޔައިރު ދާދި ދެންމެ ރިފާ ބުނި ޖުމުލަ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.    މިހާރު ދޮންބަތުއަށް ވެސް ޝައްކު ކުރެވުނީ އެވެ. މާދަމާ އެންމެނަށް އެކަންތައް އެގިދާނެ އެވެ. އެންމެނަށް އެގުމުގެ ކުރިން ނަދޫއާ ކައިވެނި ކުރެވޭތޯ ބަލަން ވީ އެވެ. އެހެން ނޫނީ އާއިލާ ތެރޭގައި ބޮޑު މައްސަލަ ގަނޑެއް ހިލިގެން ހިގައިދާނެ އެވެ.

އެދުވަހު މެންދުރު ކައިގެން ހިބާ އަޒްކާމެން ބަޔަށް ދިޔައީ ފިލާވަޅުގައި ނޭނގޭ އެއްޗެއް އޮތުމުން އަޒުމީލު ކައިރިން އޮޅުން ފިލުވާށެވެ. ހިބާ އެގެއަށް ވަން އިރު ޝަކީލާ ސޯފާގައި އިށީދެގެން އިނީ ޓީވީއިން ދައްކާ ކޮންމެވެސް ހިންދީ ސީރީސްއެއް ބަލާށެވެ. ޝަކީލާއަށް ވެސް ހިބާ ވެފައި ވަނީ ވަރަށް ކަމުދާ ކުއްޖަކަށެވެ. އަޒުމީލުއާއި ހިބާ ވާހަކަ ދައްކާ އުޅޭތީ ޝަކީލާ ހުންނަނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.

“އަޒުމީލު އުޅޭތަ؟” އެހެންޏާ އަޒްކާ ހޯދަން އަންނަ ހިބާ މިއަދު އަޒުމީލު ކޮބައިތޯ އެހުމުން ޝަކީލާއަށް ކުއްލި ހައިރާން ކަމެއް ލިބިފައި ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.

“އަޒުމީލު ކޮޓަރީގަ، މަޑުކޮށްލާ ގޮވާލާނަން.” ޝަކީލާ ތެދުވަމުން ބުންޏެވެ. އަނެއްކާ ހިބާ އަޒުމީލުއާ ހިތާވީ ނޫން ބާވަ އެވެ. ހިތާ ވެއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅެވެ. ރީތިކަމާ އެއްވަރަށް މަސައްކަތް ވެސް ކުރާ ކުއްޖެކެވެ. ޝަކީލާ ހިތަށް އަރަމުން ދިޔަ އެވެ.

“އަޒުމީލު، އަޒުމީލު،” ޝަކީލާ އަޒުމީލު ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ބާރަށް ގޮވަމުން ދިޔައެވެ. “ދަރިފުޅާ، އަޒުމީލު.” އަޒުމީލު ކުޑަކޮން ދޮރުހުޅުވާލާ ބޯދިއްކޮށްލި އެވެ.

“ހިބާ އެބަހުރި އަޒުމީލު ހޯދަން އައިސް.” ޝަކީލާ ބުންޏެވެ. ހިބާ އައިސް ހުރިވާހަކަ ބުނުމުން އަޒުމީލުއަށް ނޭގޭ އުފާވެރި ކަމެއް ހިތަށް ވަދެގެން ދިޔަ އެވެ. ޝަކީލާއަށް އެކަން ފާހަގަވީ އަޒުމީލުގެ ތުންފަތަށް އެވަގުތު ވެރިވެގެން ދިޔަ ހިނިތުން ވުމުންނެވެ.

“ބުނޭ މަޑުކޮށްލާށޭ. މި އަންނަނީޔޭ.” އަޒުމީލު ބުންޏެވެ.

ޝަކީލާ އައިސް ސޯފާގައި އިށީންނަމުން އިރުކޮޅަކުން އަޒުމީލު އަންނާނެ ކަމުގައި ބުންޏެވެ. އަދި ވަރަށް ފުންކޮން ހިބާއަށް ބަލައިލުމަށް ފަހު ވާހަކަ ދައްކަން ފެށި އެވެ.

“ހިބާ މަންމަ އުޅެނީ މާލޭ މީހަކާ އިނދެގެނޭ ބުނާއަޑު އިވޭ. އެއީ ތެދެއްތަ؟” ޝަކީލާ ހިބާ ކައިރީ އަހާލި އެވެ.

“އާން. ބައްޕަ އަކީ މާލޭ މީހެއް.” ހިބާގެ ޖަވާބު ވަރަށް ކުރެވެ. އާއިލާއާއި ބެހޭ ވާހަކަ ދައްކަންޏާ ހިބާއަށް ދެވޭނީ ކުރު ޖަވާބެކެވެ. އެއީ ހިބާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

“ދެން ބައްޕަ ކައިރީ ނުހުރެ މިގޭގަ ތި ހުންނަނީ ކީއްވެ؟” ޝަކީލާ އަހާލި އެވެ.

“އެއީ މަންމަ ބޭނުން ނުވަނީ ހިބާ ހިބާގެ ބައްޕަ ކައިރީ ހުންނަން.” ހިބާ ބުންޏެވެ. ހިބާ އިނީ އެ މަޢުލޫ ބަދަލުކުރަން ބޭނުން ވެފަ އެވެ.

“އަޒްކާ ދޮންތަ މާލެ އަންނާނީ ކޮން އިރަކު؟ އަޒްކާ ދޮންތަ މާލެ ނާންނަތާ ވަރަށް ދުވަސް ވެއްޖެ ދޯ؟” ހިބާ ގަސްތުގައި މަޢުލޫ ބަދަލުކޮށްލި އެވެ.

“އާން. ވަރަށް ދުވަސް ވެއްޖެ. ރޯދައަށް މިކޮޅަށް އަންނާނަމޭ ބުނި.” ޝަކީލާ ބުންޏެވެ.

“ހިބާ، ހިބާ އަޒުމީލު އަށް ނަސޭހަތް ދީބަލަ،” އިރުކޮޅަކު ވާހަކަ ނުދައްކާ ހަމަހިމޭންކަމުގެ ވަގުތު ކޮޅަކަށް ފަހު ޝަކީލާ ބުންޏެވެ. “މިހާރު އެއުޅޭ ގޮތަށް ނޫޅެ ތަންކޮޅެއް ހަރުދަނާ ގޮތަކަށް އުޅޭށޭ ބުނެ ބަލަ. ވަޒީފާއަކަށް ގޮސް ބޮލާ ތަންތަން ކޮށާ، މީހުނަށް ބަލައިލަން ކެރޭކަހަލަ ސިފައަކަށް ބަހައްޓާށޭ ބުނެބަލަ.” ޝަކީލާ ބުންޏެވެ.

“ހިބާ ބުނަންވީ ކީއްވެ. ހިބާ ބުނިއްޔާ އަޒުމީލު ބަދަލު ގެންނާނެތަ؟” ހިބާ ހައިރާންވެފައި އިނދެ ބުންޏެވެ. ހިބާ ބުންޏަސް އަޒްމީލު ބަދަލު ވާންވެއްޖެ ހެއްޔެވެ. އަނެއްކާ އަޒުމީލު މަންމަ ހިބާ ކައިރީ އެހެން ބުނާށޭ މިކިޔަނީ ކީއްވެބާ އެވެ.

“އަހަރެން ކިޔާކިޔާ މިހާރު ވަރުބަލި ވެއްޖެ. ދެން ފަހަރުގައި ހިބާ ބުނާބަސް ގަބޫލުވެސް ކޮށްފާނެ އެއްނު. މިހާރު ހިބާއަކީ ވެސް އަޒުމީލުގެ ނުލާހިކު ގާތް ރައްޓިއްސެއް ވިއްޔަ،” ޝަކީލާ ހިބާގެ އަތުގައި ހިފާލި އެވެ. “އަހަންނަށް މިކަންތައް ކޮށްދީ. ހިބާއަށް މިކަން ވާނެ ކަމަށް އަހަރެންގެ ހިތް ބުނަނީ.” ޝަކީލާ ވަރަށް އުންމީދާއެކު ބުންޏެވެ. ހިބާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލި އެވެ.

އެވަގުތު އަޒުމީލު އެތަނަށް އައިސް ހުއްޓުނުތަން ފެނުނެވެ. އަޒްކާވެސް ހަމަ އެވަގުތު ކޮޓަރިން ނިކުމެގެން އެތަނަށް އައެވެ.

“ހިބާ، ކޮންއިރަކު ހިބާއައީ؟” އަޒްކާ ހައިރާން ކަމާއެކު އަހާލި އެވެ.

“ހިބާ އެއައީ ދޮންބެ ކައިރިއަށް. ކުރީ ދުވަހު ދޮންބެ ބުނެފަ އެޮންނާނީ މިއަދު އަންނާށޭ ހިބާއަށް ނޭގިގެން އުޅޭ ތަނެއް ބުނެދޭންވެގެން.” އަޒުމީލު ބުންޏެވެ. ހިބާ އަޒްކާއަށް ބަލައިލި އެވެ. އަޒްކާ ހުރީ ހަމަ ހައިރާން ވެފައެވެ.

އަޒްމީލު ކާގެއަށް ވަންނަމުން ހިބާއަށް ގޮވާލި އެވެ. ހިބާ ދަމުން އަޒްކާގެ އަތުގައި ހިފައިގެން ކާގެއަށް ގެންދިޔަ އެވެ. އަޒުމީލުއާއި އެކު ހިބާ އެކަނި އިންނާކަށް ބޭނުމެއް ނޫނެވެ.

ހިބާއިށީނީ އަޒްމީލުއާއި ޖެހިގެން އިން ގޮނޑީގަ އެވެ. އަޒްކާ އެދެމީހުން ކުރިމަތީ އިށީނީ އިތުރު ކަމެއްވެސް އެދުވަހު ދެން ނެތީމައާއި އެކު އެވެ.

ފިލާވަޅުގެ ކަންތައް ނިމުމުން ހިބާ ފޮތްތައް އެއްކޮށްލި އެވެ. އަދި ފައިލްގެ ކަރުދާސްތައް ވެސް ހަމަކޮށްލަމުން އަޒުމީލުއަށް ބަލައިލި އެވެ. އޭރު އަޒުމީލުވެސް ހިބާގެ ގަނޑުތައް އެއްކުރަން އެހީތެރި ވަނީ އެވެ.

“އަޒްމީލް، ހިބާ ހިތަށް އަރާ އަޒުމީލުގެ އިސްތަށިގަނޑު ކޮށާލީމަ ވަރަށް ޑީސެންޓް ވާނެޔޭ. އޭރުން ވަރަށް ޑީސެންޓް ވައްތަރެއް ޖަހާނީ ދޯ؟ މިބުނީ އަނެއްކާ ކޮށާށެކޭ ނޫން އިނގޭ. ހަމަ ހިބާއަށް ހީވާ އެއްޗެއް މިބުނީ.” ހިބާ އެގޮތަށް ވާހަކަ ފެއްޓީ ދުރުދުރުން އެވާހަކަ ގެންދަން ވެގެންނެވެ. މޭޒުގައި އަތް ބާއްވާލައިގެން އަތްމަތީ ދަތްދޮޅި ޖައްސާލައިގެން އިން އަޒްކާ މޫނު ނަގާ ހިންދެމިލަމުން އަޒްމީލުއަށް ވަރަށް ރަގަޅަށް ބަލައިލި އެވެ. އެއްވެސް އަސަރެއް އަޒުމީލުގެ މޫނުމަތިން ފާޅުވީތަނެއް ނުފެނުނެވެ.

“މިހާރު ހީވަނީ ޕާރޓޭއެއް ހެން ވިއްޔަ.” އަޒުމީލު އަނގައިން ނުބުނުމުން ވަރަށް ޖެހިލުންވެ އިނދެ ހިބާ ބުނެލި އެވެ.

“އާން، އަހަންނަށް އެނގުނޭ ހިބާ ލައިކް ނުވާކަން އަޒްމީލު ހުންނަ ގޮތުން،” އަޒުމީލު އަތުގަ ހުރި ކަރުދާސްތައް ހިބާއަށް ދިއްކޮށްލަމުން އަޒްމީލު ބުންޏެވެ. “މީހާ ހުންނަ ގޮތަކުން މީހާގެ ގޮތެއް ނޭގޭނެ. އެކަމަކު ހިބާ ބުނީތީވެ އަހަރެން ވަރަށް އަވަހަށް ބޯ ކޮށާނަން. އެއީ އެކަމަކު ހަމައެކަނި ހިބާ ބުނީތީވެ ކުރާ ކަމެއްގެ ގޮތުގަ ބަލަން ޖެހޭނީ އިނގޭ.” އަޒްމީލު ގޮނޑިން ތެދުވި އެވެ.

އަޒްކާއާއި ހިބާ ހައިރާން ވެފައި އަޒުމީލުއަށް ބަލަން ތިއްބެވެ. ހިބާ ބުނީމަ ދޮންބެ ބަދަލު ވާން ތައްޔާރަށް އެހުރީ ދޮންބެއަށް ހިބާ ވަރަށް ހާއްސަ ވީމަތާ އެވެ. އަޒްކާ ހިތަށް އަރަމުން ދިޔައެވެ. ދޮންބެއަށް ހިބާ ކަހަލަ ރަގަޅު ކުއްޖެއް ލިބިއްޖެނަމަ އެންމެ އުފާވާނީ އަޒްކާއެވެ.

އަނެއްކާ އަޒްމީލުގެ ހިތުގައި ވަނީ ކޯޗެއްބާ އެވެ. އަޒުމީލު އެހާ އަވަހަށް އެއްބަސް ވުމުން ހިބާ ހުރީ ހައިރާންވެފަ އެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

………

Next

ެިއިންސާފް .. 04 ވަނަ ބައި

Next
April 7, 2016

ެިއިންސާފް .. 04 ވަނަ ބައި

Previews
April 7, 2016

………

20 Comments!

  1. Saran says:
    April 7, 2016 at 4:04 am

    Hiba n zaan ge love story fashaabala eyrun vrr nice vaane ☺

  2. Naxoo says:
    April 7, 2016 at 6:13 am

    Miadhuga ves adhi upload kohlabaa..v nice…xaan n vaala hibaa ge bai genes dhee ginain…hehe
    So keep the grt working… 🙂

  3. nadh says:
    April 7, 2016 at 6:57 am

    Dhuvaalak 2 part genes dhyba..

  4. Soabi says:
    April 7, 2016 at 7:07 am

    Nice interesting axmeel ves hibaa deke dhen xaan ah vaaney khineh baa I am waiting for the next part ???

  5. Soabi says:
    April 7, 2016 at 7:09 am

    Nice….dhen xaan ah vaaney khineh baa I am waiting for the next part ???

    1. azaazeel says:
      April 7, 2016 at 12:22 pm

      xaan soabi thalhaany dhn

  6. Shaai says:
    April 7, 2016 at 7:15 am

    V rythi story. Next part upkohlaba. Mihaaru enme favorite eh story me.

  7. anee says:
    April 7, 2016 at 8:48 am

    ❤❤❤❤❤

  8. Aimsithu says:
    April 7, 2016 at 8:53 am

    Neynge dhen hibaa and azmeel kada.. azmeel ah dhee e thuii nadhuvaa

    1. azaazeel says:
      April 7, 2016 at 12:17 pm

      dhega thilhaa ge buri loavalhu

    2. Aimsithu says:
      April 7, 2016 at 10:08 pm

      Mee ajaibeh kahala meeheh.. hama kos vejje ingye

  9. naa says:
    April 7, 2016 at 9:01 am

    Kobaa tha gurubaan vumee mi hithuge ufaa avaha up kohlaba plx

  10. abhy says:
    April 7, 2016 at 9:07 am

    Ahchi kon azmeel ehtha hiba aan zaan aa gulheny

  11. f says:
    April 7, 2016 at 10:18 am

    Zaan ah dhen enmmeh libeytha

  12. B says:
    April 7, 2016 at 10:42 am

    ???

  13. Saee says:
    April 7, 2016 at 11:39 am

    ☺??v v salhi aharen ehme kiyaahihvaa story akah vehje next part up kohdhyba avahah I’m waiting

  14. Muru says:
    April 7, 2016 at 11:43 am

    ❤❤❤❤❤❤

  15. kokko says:
    April 21, 2016 at 2:58 am

    Meege furathama bae hoadhanee kihineh.??

  16. Faxoo says:
    April 24, 2016 at 10:42 pm

    Hiba and Fauzaaan 😛 ❤

  17. pink says:
    October 20, 2016 at 4:09 pm

    Varah gulhee fauzaan and vaala hiba

Comments are closed.


All Right Reserved!