އެމީހާ އެތަނަށް އައުމުގެ ކުރިން ފައުޒާންއަށް އެގޮނޑިއަށް ދެވުނު ނަމައޭ ހިތަށް އެރީ މާ ފަހުންނެވެ. ދެން އިތުރު ކަމެއް ނުކުރެވުނެވެ. ލޯންޗު ނައްޓާލި އިރުވެސް ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ފައުޒާންއަށް އިނދެވުނީ އެވެ. ބައެއް ފަހަރު ހިބާއާއި ދިމާއަސް ދާންވެސް ފޫ ހިއްލާލައެވެ. ނަމަވެސް އަދި މަދުކޮށްލެވެނީއެވެ. އެހާ ދުވަސް ފަހުން ފެނުނު ފުރަތަމަ ފަހަރު ކަމުން ދުރުގަ އިންދެގެން ހިތްފުރެންދެން ހިބާއަށް ބަލާނީއޭވެސް ހިތަށް އަރައެވެ. ހިބާ ފެންނަލެއް ހާދަ ހިއްކެވެ. މޫނުމަތި އެވަނީ […]
ދޮރުން ވަދެގެން އައިސް ޒެކްމެން ކައިރީ މަޑުކޮށްލި މީހަކު ފެނުމުން އެންމެންގެ ލޯތަށް އެދިމާލަށް އަމާޒު ވިއެވެ. އަދި ފައުޒާންއަށް ވެސް އިންތަނުން ތެދުވެވުން އިރު ޒެކް ވެސް ހުރީ ހައިރާން ވެފަ އެވެ. ދޮރުން ވަދެގެން އައިސް ޒެކް ކުރިމަތީ ހުއްޓިގެން ހުރީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ޖަމާލް އެވެ. ޖަމާލް ޒެކްއާއި ސަލާން ކޮށްލި އެވެ. ޒެކް ހުރީ ގަބޫލު ނުކުރެވިފަ އެވެ. “ޒެކް، ބޭބެއަށް މި އާދެވުނީ ކައިވެނިކޮށް ނިމުނީމަ […]
ޖަންނަތުއަށް ހޭލެވުނީ ރީތިހުވަފެނެއް ފެނިގެން ހިނިއައިސްފައި އޮވެގެނެވެ. ޖަންނަތުއަށް ހީވީ ‘ސްލީޕިން ބިއުޓީ’ އަށް ނިދިން ހޭލެވުނު ހެނެވެ. ޖަންނަތު ކޮޓަރިއަށް ބަލައިލި އެވެ. މީހަކު ފެންނާކަށް ނެތެވެ. ކޮންމެސް މީހަކު އެކޮޓަރިއަށް ވަދެފައި ނުކުތް ކަމުގެ އިހުސާސް ޖަންނަތުއަށް ކުރެ ވުނެވެ. އަދި މަޑު މަޑުން ހިނިތުން ވެލަމުން ކޮލަށް ވީ އިހުސާސުން އަމިއްލަ ކޮލުގައި އަތްޖައްސާލި އެވެ. ހާރު ގަޑީގައި ނަސީރުއާއި އަބްޔާން ތިބީ ކާށެވެ. ލޯއުނގުޅަމުން އަދިވެސް ނިދީގައި ހުރި މީހެއްހެން […]
ޒޭބާ ކައިރީ ފައުޒާން އަބަދު ހިބާގެ ހަބަރު ބެލުމަށް ބުނެއެވެ. އެގޭ ގެންގުޅޭ ކުދިންނަކަށް ވާނުވާއެއް ނޭގެއެވެ. އެހެންކަމުން ޒޭބާއަށް ވެސް އޮތީ ހަބަރެއް ނުލިބިފަ އެވެ. * * * * * * * * * * * * * * * * * * * * * * * * * * * * * ހަ މަސް ފަހެވެ. އަދިވެސް ފައުޒާންގެ ހާލަކީ […]
“ޖަމާލް. ބަޓް ވަރަށް ކްރިޓީކަލް އިނގޭ.” ޑޮކްޓަރު ދެން ބުނި އެތިން އުފާވެރިކަން ފިލައިގެން ހިގައްޖެ އެވެ. އެންމެންގެ މޫނުމަތި މިލައިފި އެވެ. “އުމުރުން ހަގުވުމާއި އެކު ވަރަށް ލޭމަދުވެފައި ވާތީ ބޭބީއަށް އޭގެ އަސަރު ކުރަމުން ދަނީ. ސްކޭނެއް ހަދަން ބޭނުން. އަދި އިތުރު ޓެސްޓްތަށް ވެސް ހަދާފަ ބޮޑަށް ބުނަން އެގޭނީ. ފަހަރެއްގައި ހިބާގަޔަށް ލޭ އަޅަންވެސް ޖެހިދާނެ.” ޑޮކްޓަރ އިތުރަށް ބުންޏެވެ. “އަޅުގަނޑުމެން ގަސްތުކުރަނީ ރާއްޖޭން ބޭރަށް ދާން.” ޖަމާލް ހުރެފައި ބުންޏެވެ. […]
“ޝޫޝް.” އަބްޔާން ޖަންނަތުގެ ކަންފަތް ދޮށުގައި އެހެން ބުނަމުން މަޑުމަޑުން ޖަންނަތުގެ އަނގަމަތީ އެޅި އަތް ނައްޓާލި އެވެ. ޖަންނަތުއަށް އަބްޔާންއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ. އޭރު އަބްޔާންގެ ހޫނު ނޭވާ ޖަންނަތުގެ މޫނަށް އެޅެ އެވެ. ދެމީހުނަށް ވެސް ތިބީ އެހާ ބޮޑަށް ކައިރި ވެވިފަ އެވެ. އަބްޔާން މަޑުމަޑުން ޖަންނަތުގެ ގައިން ދޫކޮށްލާ ދުރަށް ޖެހިލީ ގަސްތަކުތެރެއިން މޫސަ ނިކުމެގެން ޒީނަތު ކައިރިއަށް ދާން ފެށުމުންނެވެ. ނަމަވެސް ހިފިފައި އޮތް ޖަންނަތުގެ އަތަކުން […]
އަތިރި މައްޗަށް ދިޔައިރު ވަރަށް ގިނަމީހުން އަތިރިމަތީ ތިއްބެވެ. އަބްޔާންއަށް ޖަންނަތު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ އެވެ. ނޫރު އައިސް އަބްޔާންގެ ކޮނޑުގައި އަތް އަޅުވާލި އެވެ. “ބަލާލަ އެހެރަ ރީތި ކަމެއް. މަށަށް ހީވަނީ ޖަންނަ ދެކެ މަށަށް ލޯބި ވެވިއްޖެ ހެން.” އަބްޔާން ނޫރުއާއި ދިމާއަށް ކުއްލި އަކަށް ބަލައިލި އެވެ. “އަނެއްކާ ނުބައި އެއްޗެއްތަ މި ބުނެވުނީ؟” ނޫރު ބުމަ ހިއްލާލަމުން ލާނެތް ހިންޏެއް އައިސްފައި އަހާލި އެވެ. “ނޫރު، ތިހީކުރަނީ ކީކޭ؟” […]
ޖަމާލްއާއި އަބްޔާން ވާހަކަ ދައްކަން ތިބެފައި އަބްޔާން ކޮޓަރިއަށް ދިއުމަށް ތެދުވެފައި ބޭރުދޮރަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ހިބް؟” އަބްޔާންއަށް ބުނެވުނެވެ. އަބްޔާން އެހެން ބުނުމުން ޖަމާލްވެސް ދޮރާއި ދިމާއަށް ބަލައިލި އެވެ. އަދި ކޮޅަށް ތެދުވެވުނެވެ. އޭރު ފިކުރީއާއި އެކު ހިބާ ހުއްޓެވެ. ފިކުރީ އަކީ އެގޭ ދޮރުކައިރީ ހުންނަ ގާޑެކެވެ. ފިކުރީ ހުރީ ހިބާގެ ފޮށި ހިފައިގެނެވެ. “ދަރިފުޅާ؟ މިގަޑީގަ؟” ސުވާލުން ފުރިގެންވާ ބެލުމަކުން ބަލައިލަމުން ޖަމާލްއަށް ވެސް ބުނެވުނެވެ. “ކިހިނެއްވީ؟” ފޮށްޓާއިދިމާއަށް ބަލައިލަމުން ޖަމާލް […]
“ހިބާ!” ފައުޒާންއަށް ހިބާގެ އިސްތަށިގަނޑު ފެނިފައި ބާރަކަށް ހިބާއަށް ގޮވާލެވުނެވެ. ހިބާ ސިއްސައިގެން ގޮސް ހޭލާ ބަލައިލި އެވެ. ހިބާގެ ލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާން ކަމުން އަނގަމަތީ އަތް އެޅުނެވެ. ލޮލުން ކަރުނަ ނިރާލި އެވެ. ފައުޒާންއަށް އެއީ ކާކުގެ އަމަލެއްކަން ދެނެގަންނާކަށް އުދަގުލެއް ނުވި އެވެ. ފައުޒާން ކައިރިއަށް ރުޅި އައިސްގެން ތިރިއަށް ފޭބި އެވެ. އަދި ނަދުވާގެ ކޮޓަރީގައި ބާރަކަށް ތަޅައި ގަތެވެ. “ނަދުވާ! ނަދުވާ!” ފައުޒާން ބާރަކަށް ނަދުވާއަށް ގޮވަމުން […]