ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށީ ޖަންނަތު މަންމަގެ ވާހަކަ ހިދާޔާ ދައްކަން ފެށުމުންނެވެ. ޖަންނަތު މަންމައާއި ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދައްކާއަޑު އެހުމަކީ ޖަންނަތުއަށް ކުޅަދާނަ ކަމެއް ނޫނެވެ. ޒައިދާން ގެއިން ނުކުތީ ޔަޒަން ބަލާ ދާށެވެ. ނަމަވެސް ހުއްޓުން އެރީ ހިދާޔާ ޖަންނަތުއާއި ދިމާއަށް އެއްޗިހި ކިޔާތަން ފެނުމުންނެވެ. ކިޔާ އެއްޗިހީގެ އަޑެއް ޒައިދާންއަށް ނީވުނެއް ކަމަކު ހިދާޔާ ޖަންނަތުއަށް އެއްޗިހި ކިޔާކަން ދުރުން ބަލައިލާ އިރު ވެސް އިނގެ […]
“ޖަންނަ އަބަދު ވަޒީފާއަށް ދާތީ އޭނައަށް ވެސް ކިހާ ދަތިވާނެތޯ. އެހެންވެ އަޅުގަނޑު އެހެން މިބުނީ.” ހިދާޔާ ބުނެލި އެވެ. ނަސީރު ވިސްނާލަމުން ބޯޖަހާލި އެވެ. “ތީވެސް ތެދެއް. އަހަރެން ތިަކަމާ ވިސްނާލާނަން.” ނަސީރު އެންމެ ފަހުން ބުނެލި އެވެ. ހެދުނު ޖަންނަތު އޮފީހަށް ގޮސް ވަންއިރު އެކަކުވެސް ނެތެވެ. ރޭގައި ރުއިމުގެ ސަބަބުން މީހާގެ މޫނުމަތިން އެކަން ނިކަން ރީއްޗަށް އިނގެ އެވެ. ރިސެޕްޝަންގައި އެދުވަހު ލާމިޔާ އިނުމުން އެތަނުން ޖަންނަތު ސަލާމަތް ވީ […]
“ހިދާއްޔާއްތަ އެއީ އެކަހަލަ މީހެއްކަމެއް އަހަންނަކަށް ނޭގޭ.” ޒައީމާ ސޯފާ މައްޗަށް ތިރިވަމުން ބުނެލި އެވެ. ޖަންނަތު ވީދެރައިން އެތާހުރެފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ރޮވެން ފެށި އެވެ. އަބްޔާންއާއި ޖަންނަތުއަށް އިނދެވޭނެ ކަމާމެދު ކުރަމުން އައި އުންމީދު ފުޑުވެގެން ދިޔަ އެވެ. އަބްޔާންގެ މަންމައާއި ދެކޮޅަށް އަބްޔާންއާއި އިނުމަކީ އެއްގޮތަކަށް ވެސް ޖަންނަތު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. މިހާރުވެސް ސާރާ ދެރަވެގެން އުޅޭގޮތް ޖަންނަތުއަށް ފެނެ އެވެ. ކުރިން ދުވަހުވެސް ސާރާ މުޒައްފަރު […]
“އާދޭ ބޭބީ!… މިތާ ތަނާ ކައިރިއަށް އާދޭ.” އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. އަބްޔާން ހުރީ ޖަންނަތުގެ އަތުގައި ހިފައިގެނެވެ. އަބްޔާން ތަނާއަށް ބަލައިލި އެވެ. ތަނާ އިނީ އަބްޔާންގެ އަތުގައި ހިފަހައްޓައިގެނެވެ. ޖަންނަތުވެސް އަބްޔާންއަށް ބަލަން ހުއްޓެވެ. އެވަގުތުކޮޅު ހީވަނީ އަބްޔާންއަށް ގޮތެއް ނިންމަން ނޭގިފައި ހުރިހެނެވެ. ކުޑަ ހިނދުކޮޅެއް ތެރޭ އަބްޔާން ޖަންނަތުގެ އަތުން ދޫކޮށްލި އެވެ. ޖަންނަތުގެ ހިތައް އެވަގުތު ހީވީ ތޫނު ތަދެއް ވީހެނެވެ. ޖަންނަތުގެ ލޯ ފެންކަޅިވި ވަގުތު ތަނާއަށް […]
ޖަންނަތު ކައިރިއަށް ސާރާ އައިސް ޖަންނަތު ކޮނޑުގައި އަތްޖައްސާލި އެވެ. ޖަންނަތު ސާރާއަށް ބަލައިލާފައި ޖަންނަތުއަށް ރޯން ފެށުނެވެ. އަދި ސާރާ ގައިގައި ބައްދާލެވުނެވެ. އަހްޔާންއާއި ޒައިދާންއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި އެއްޗެއް ނުބުނެ އެތާ ތިއްބެވެ. ލޮރީ އައުމުން ހުރިހާ ފިރިހެން ވެރިން އެއްޗިހި ލޯރިއަށް އެރުވި އެވެ. އެއްޗިހި އެރުވުމަށްފަހު ހުރިހާ އަންހެނުން ލޯރިއަށް އެރި އެވެ. ލޮރީގެ ކުރިއަށް އެރީ ހިދާޔާ އެވެ. އެހެން އެންމެން އެރީ ފަހަތަށެވެ. ޖަންނަތުވެސް ލޯރިއަށް […]
“ރުޅި އައިސްފަތަ؟” އަބްޔާން ޖަންނަތުއާއި ނުހަނު ގާތަށް އައިސް ހުއްޓެމުން އެހި އެވެ. ޖަންނަތު ބޯ ހޫރާލަމުން އިސްޖެހި އެވެ. އަބްޔާން ޖަންނަތުގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލި އެވެ. ޖަންނަތުގެ ލޮލުގައިވީ ޖާޒުބީ ވިދުވަރަށް އަބްޔާންއަށް ބަލަން ހުރެވުނީ އެވެ. އަދި ހަމަ އެ ޖަޒުބާތުގައި ހުރެ ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލެވުނެވެ. ޖަންނަތުއަށް އަބްޔާންގެ މަސްތީ ދެލޯފެނި މުޅިގައިން ވާގިދޫވި ކަހަލަ އެވެ. ލޯމަރާލެވުނީ ބޭ އިހުތިޔާރުގަ އެވެ. ޖަންނަތުގެ ނިތުގައި އަބްޔާން ބޮސްދިނެވެ. […]
އެރޭ ނަސީރު ގާތު ޖަންނަތުއާއި ކައިވެނި ކުރަން ބޭނުން ވާހަކަ އަބްޔާން ބުނުމުން ނަސީރުއަށް ލިބިގެން ދިޔަ އުފާވެރިކަން މޫނުމަތިން ފެނުނެވެ. ހީވީ ނަސީރު މާ ކުރިންވެސް އެދި އެދި ހުރި ކަމެއް ހާސިލްވީ ހެނެވެ. “ހަމަ ތެދެއް މިބުނީ ބައްޕަ ވަރަށް އުފާވެފަ މިހިރީ. އަބަދުވެސް ބައްޕަ ހިތުގަ އޮވޭ އަބީ ނޫނީ ޔާން ނަމަވެސް އެމަންޖެ މިގެއަށް ގެންނަ ނަމައޭ.” ނަސީރު ނިކަން ހެވިފައި އިނދެ ބުންޏެވެ. “މަންމަ ގާތު މިވާހަކަ ބައްޕަ ދައްކަވާނަން […]
“އޯ މައި ގޯޑް… އަސްލުތަ. އަބީ ކޮންފެސް ކުރީތަ؟” ސާރާ ފުމެން ފެށި އެވެ. ޖަންނަތުވެސް ސާރާއާއި އެއްވަރަށް ފުމެން ފެށި އެވެ. ކޮޓަރީގައި އޮތް މުޒައްފަރު ނިކުތީ މާ ބާރަށް ދެމީހުން ހަޅޭއްލަވާ އަޑަށެވެ. މުޒައްފަރު ނުކުތުމުން އެ ހަބަރު ސާރާ މުޒައްފަރަށް ދިނެވެ. “ތީ ދެން ވާނެ ކަމެއްކަން އެންމެނަށް ވެސް އިނގޭ ކަމެއް.” މުޒައްފަރު ބުނެލި އެވެ. “ކޮބާ އަބީ؟” މުޒައްފަރު އަހާލި އެވެ. “ނޭގެ، ހީވަނީ މިސްކިތައް ދިޔައީހެން.” ޖަންނަތު ބުނެލި […]
އެރޭ ރީތިވެގެން އަބްޔާން އައިސް ގޮނޑިއެއްގައި އިށީދެގެން އިނެވެ. އަމިއްލަ ފައިގެ ފަލަމަސް ގަނޑުގައި ދެ އުޅަބޮށި ވިއްދާލައިގެން ބޮލުގައި ހިފަހައްޓާލައިގެން އިސް ޖަހައިގެން އަބްޔާން އިނެވެ. އަބްޔާން އަދިވެސް އިނީ މިއަދު ނޫރު ކުރި ކަމަކުން ހިތްހަމަ ނުޖެހިފަ އެވެ. ޖަންނަތު ހިތައް އަރާނީ ކީކޭބާ އެވެ. ކައިވެނީގެ ހަފްލާ ފެށިގެން ދިޔަ އެވެ. ކައިވެނި ކުރާ ބޭފުޅުން ވެސް އައިސް މޭޒުދޮށުގައި އިށީދެގެން ތިއްބެވެ. ޒައީމާއާއި ވާފިރު ވެސް އެމީހުން ގާތު ތިއްބެވެ. ސާރާއާއި […]