މާޒިދުއަށް ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. ލޯބި ނުވެޔޭ ރައްޓެހި ނުވަމޭ ބުނާކަށްވެސް ޖަންނަތުއަކަށް ނުކެރުނެވެ. ހުދު ޖަންނަތުގެ ހިތައް ވެސް ވަނީ އަބްޔާންއަށް އޮތް ޖަޒުބާތަކީ ލޯބިކަން ނޭގިފަ އެވެ. ޖަންނަތު ބަހެއް ނުބުނެ އިންނަން ފެށުމުން މާޒިދުވެސް އިތުރު ސުވާލެއް ނުކޮން މަސައްކަތައް އެނބުރުނެވެ. މުޒައްފަރު ގެއަށް ވަން އިރު ފަރުޒާނާ މުޒުނާ ގޮވައިގެން ބޭރަށް ދާން ނިކުންނަނީ އެވެ. މުޒައްފަރު ހުއްޓުނީ ފަރުޒާނާ ގާތު އިންނަން އުޅޭ ވާހަކަ ބުނެލާށެވެ. ފަރުޒާނާ ކިތަންމެ […]
އަބްޔާން ތަނާ ގައިގައި ހިފަހައްޓާލައިގެން ތަނާ ކައިރިކޮށްލައިގެން ތަނާގެ އެޕާރޓްމަންޓަށް ވަންނަން ދާން ދިޔަ އެވެ. އޭރު އަހްޔާން ހުރީ އަހްޔާންމެން އުޅޭ އެޕާރޓްމެންޓްގެ ދޮރުމަތީ އެވެ. އަބްޔާން ތަނާ ގޮވައިގެން މާ ގާތް ގޮތަކަށް އަންނަތަން ފެނުމުން އަހްޔާން ހުރީ ނުރުހުން ވެފަ އެވެ. އަހްޔާން ހީކުރީ އަބްޔާން އަނެއްކާވެސް ތަނާއާއި ގުޅުނީ ކަމުގަ އެވެ. “އަބީ؟ ވަޓް ހެޕަން؟” އަހްޔާންއަށް ސުވާލުކޮށްލެވުނީ ތަނާއަށް ވެފައިވާ ވަރު ފެނުމުންނެވެ. އަބްޔާން އެއްޗެއް ނުބުނެ ލޮލުގެ އިޝާރާތުން […]
ލިފްޓް އައިސް ހުއްޓުމާއި އެކު ދޮރު ހުޅުވުނެވެ. އެވަގުތު ލިފްޓުތެރޭން އެ ފެނުނު ކުއްޖާއާއި ދިމާއަށް އާލިޔާއާއި އަބްޔާން ވެސް ހައިރާން ވެފައި ބަލަހައްޓައިގެން ތިއްބެވެ. “ތަނާ!” އާލިޔާ ހަޅޭއް ލަވައި ގަތުމާއި އެކު ގޮސް ލިފްޓު ތެރެއަށް ވަދެ އެ އަންހެން ކުއްޖާ ގައިގައި ބައްދައި ގަތެވެ. އެވަގުތު ލިފްޓްގެ ދޮރު ލެއްޕުނެވެ. އަބްޔާން ލިފްޓް ކައިރީ ހުރިގޮތައް ހުރެފައި ދޮރު ލެއްޕުމުން ގޭޓާ ދިމާލަށް ހިގައި ގަތެވެ. އެވަގުތު އަނެއްކާ ވެސް ލިފްޓުގެ ދޮރު […]
“ހިބާ، ޒާން މަންމަމެންގެއަށް ކާރުގަދޭ. ޒާންވެސް މިދަނީ.” ފައުޒާން އެހެން ބުނަމުން އަވަހަށް ގެއިން ނުކުތީ ހިބާގެ ޖަވާބަކަށްވެސް ނުބަލަ އެވެ. ހިބާއަށް ހަފީޒާ މެންގެ ބަޔަށް ވަދެވުނުއިރު އެގޭގައި އުޅެނީ ހަމައެކަނި ޒޭބާ އެވެ. ޒޭބާވެސް އޭރު ހުރީ ބޭރަށް ނުކުމެ އެވެ. “އެކަކުވެސް ނެތް. އެންމެން ވެއްޖެ ތުއްތައްތަ ބައިގަ.” ޒޭބާ ހިބާގެ އުރުގައި އިން ރަހާގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ. ހިބާ ޒޭބާއަށް ހީލަމުން އަނެއްކާވެސް ގޮސް ލިފްޓަށް އަރައިފި އެވެ. ޒޭބާވެސް […]
“މިންހާޖް އެއީ މޫމިނާ ތިމާގެ ކުއްޖެއްދޯ. އެރަށު ކުއްޖެއްނު އެއީ.” ޖަމާލް އަހާލި އެވެ. ޒެކް ބޯޖަހާލި އެވެ. އެވާހަކައިގައި ދެމީހުން އެތަކެއް އިރު ވާހަކަ ދައްކަން ތިއްބެވެ. އާ ދުވަހަކަށް އުދަރެސް އަލިކުރަމުން ދިޔައެވެ. ދޫނިސޫފާސޫފީގެ އަޑާއި ގޮނޑުދޮށުން ރާޅުޖަހާ ހިތްގައިމު އަޑު ފަޒާގެ ތެރޭގައި ގުގުމާފައި ހުއްޓެވެ. ގޭތެރެ އެހާ ހެދުނާވެސް ހަލަބޮލި ވެގެން އުޅެނީ އެންމެން މާލެދިއުމަށް ތައްޔާރުވާތީ އެވެ. މޫމިނާ އައިސް ހިބާއަށް އެހީވާން އުޅެއެވެ. ފައުޒާން ރަހާ އުރާލައިގެން ބޭރަށް […]
ޖަންނަތު ރަކިވެގެން އިސްޖަހާލި އެވެ. އަދި ހިމަ އަޑުން ދެން ނޫނެކޭ ބުނެލި އެވެ. “ތީ ދޮންތައަށް ހީވާ ގޮތް.” ޖަންނަތު ކަރު ކެހިލާފައި އަޑު ރަގަޅު ކޮށްލަން މަސައްކަތް ކުރަމުން ބުނެލި އެވެ. ޒީނަތު ހިނިތުން ވެލަމުން ދެން ނިދާށޭ ކިޔާފައި އެތަނުން ނިކުތެވެ. އަބްޔާން ހެދުނު ވަޒީފާއަށް ދާން ނިކުތް އިރު ހިސާބަކަށް ހިމަފޮދު ވާރޭ ވެހެ އެވެ. އަބްޔާން އުޑު މައްޗަށް ބަލައިލި އެވެ. ވިލާ ބޯކޮށް އޮތީ ބަނަކޮންނެވެ. އަބްޔާން […]
“އެއްލަބަލަ މަދެއް.” އަޒްމާ ގޮވާލި އެވެ. ހިބާ މަދެއް ބިނދެފައި އަޒްމާއަށް އެއްލި އެވެ. ދެން އަނެއްކާވެސް މަދެއް ބިންދެފައި އެއްލަންވެގެން ފައުޒާންއަށް ބަލައިލި އިރު ފައުޒާން ކައިރީ ހުރި މީހާ ފެނުމުން ހިބާ ނުވެއްޓުނީ ކިރިޔާ އެވެ. ހިބާ ލޯބޮޑުކޮށްލައިގެން ގަހުގެ ގޮފިގަނޑެއްގައި ހިފަހައްޓާލައިގެން ގުދަށް އެމީހާއަށް ބަލަން އޮތީ އެވެ. ޖަމާލް ދެއަތް ފުރަގަހަތަށް ލައިގެން ފައުޒާންއާއި ކުރިމަތިލައިގެން ހުއްޓެވެ. ކުއްލިއަކަށް އެގޮތަށް ޖަމާލް އައިސްދާނެ ކަމަކަށް ފައުޒާންވެސް އަދި އެހެން މީހުންވެސް ހިތަކަށް […]
މާލެ ދިއުމުން ހިބާއާއި ފައުޒާންއަށް ވާނީ ކިހިނެއް ހެއްޔެވެ. ހިބާ ފައުޒާންމެންގެއަށް ދާނެ ހެއްޔެވެ. ނޫނީ ފައުޒާންއަށް ހިބާމެންގެއަށް ދެވޭނެ ހެއްޔެވެ. އަނެއްކާވެސް ދެމީހުން ވަކިވާނީ ހެއްޔެވެ. އެކަމާއި ބެހޭ ގޮތުން އަދި އެދެމީހުން މަޝްވަރާ ކޮށްފައިވެސް ނެތެވެ. ފައުޒާން ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ހިބާ ފާހާނާއިން ނިކުތްއިރު ފައުޒާން އައިސް ކޮޓަރިއަށް ވަންނަނީ އެވެ. “ކޮންތާކުން ތި އައީ؟” ހިބާއަށް އަހާލެވުނެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. އެހާ ދުވަހަށް ފަހު ހިބާ ނިދާހެދުމުގައި […]
ކުއްލިއަކަށް ބާރއިން ނިކުތް ކުއްޖާ ފެނިފައި އެންމެންގެ ކަޅި އެދިމާލަށް އަމާޒުވެގެން ދިޔަ އެވެ. އެންމެން އެއްދިމާލަކަށް ބަލަން ތިބުމުން ހިބާވެސް އެދިމާލަށް ބަލައިލި އެވެ. ހިބާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ބާރއިން ނިކުތް ނަދުވާއަށް ވެސް ހުއްޓުން އަރާފައި ހުރެވުނީ ކުއްލިއަކަށް ގޭ އެންމެންހެން އެއްފަހަރާ އެތަނުން ފެނުމުންނެވެ. ފައުޒާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނުއިރު ހިބާ ހުރީ ހާސްވާގޮތް ވެފައެވެ. އެހެންވީމަ ނަދުވާ ވަޒީފާ އަދާކުރަނީ މިރިސޯރޓުގަ ހެއްޔެވެ. ހިބާ ހިތަށް އަރަމުން […]