އާޔަންގެ ފޯނު ރިނގުވާއަޑަށް ހޭލެވުނުއިރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އާޔަން ބަލައިލިއިރު ގުޅަނީ އާޔަންގެ މަންމައެވެ. އޭރު ނޫރާގެވެސް ދެ މިސްކޯލް އައިސްފައި ވެއެވެ. “ކީކޭ މަންމާ؟” ކުރެހިފައިވާ އަޑަކުން އާޔަން ބުންޏެވެ. “ދަރިފުޅާ. އާދެބަލަ ހޮސްޕިޓަލަށް އަވަހަށް…. ސައީ…. ސައީ….” ޒޫނާއަށް ރޯންފެށުނެވެ. ބުނަން އުޅުނު އެއްޗެއް ނުވެސް ބުނެވުނެވެ. “އަރީއާ …. ޝައިލާވެސް …. ގޮވައިގެން އަންނާތި.” ޒޫނާ ނޭފަތް ދަމާލަމުން ޖުމްލަ ނިންމާލިއެވެ. އާޔަން ފޯނު ކަނޑާލިއެވެ. ސައީދާއަށް ކޮންމެސް ބޮޑުކަމެއް ވީކަން […]
“ޔޫ ލަވް ހަރ ރައިޓް؟” މޫސަ ޖީބަށް އަތްޖަހާލަމުން ބުންޏެވެ. “ކީކޭ ތި ކިޔަނީ؟” އާޔަން ބުންޏެވެ. “މިކިޔަނީ އާޔަން ޝައިލާދެކެ ލޯބިވެޔޭ. ދުވަހަކުވެސް ޝައިލާދެކެ ލޯބިނުވާނަންކަމަށް ބުނި މީހާ މިހާރު ތިއުޅެނީ ކިހިނެއް؟” މޫސަ ބުންޏެވެ. “މޫސާ. މޫސައަށް ހަގީގަތް އިނގޭނަމަ ތިހެންނެއް ނުބުނާނެ.” އާޔަން ހުރީ މޫސައަށް ހުރިހާވާހަކައެއްވެސް ކިޔާދޭން ތައްޔާރަށެވެ. އެންމެންގެ ތެރެއިން އާޔަން އެންމެ އިތުބާރު ކުރަނީ މޫސައަށެވެ. “ކިހިނެއްތަ ވެގެން ތި އުޅެނީ؟ މޫސަ އެންމެ ދެރަވަނީ ނޫރާއަށް އާޔަންގެ […]
އެދުވަހު މަންމައައީ އިރުއޮއްސެން އުޅެނިކޮންނެވެ. އާޔަން ދާ ވާހަކަ ބުނުމުން ސައީދާވެސް ނުހަނު ދެރަވިއެވެ. އާޔަން ސައީދާއާއި ސަލާމް ކޮށްފައި ނޫރާއާއި ވަކިވެގެން ދިޔައީ ނޫރާގެ ހިތް ރޮށްވާފައެވެ. އާޔަން އައުމާއިއެކު އަރީނާ އުފަލުން ފުމެން ފެށިއެވެ. އާޔަންއަށް ޝައިލާ ފެނުމުން ބަސް ހުއްޓުނެވެ. އެހާމަދު ދުވަސް ކޮޅެއްގެ ތެރޭ ޝައިލާގެ މޫނުމަތިވަނީ މުޅިން ބަދަލުވެފައެވެ. މޫނުމަތީވަނީ ކުދި ބިހިތަކެއް ނެގުމުގެ ސަބަބުން ހަންގަނޑުމުޅިން ރާޅުވެފައެވެ. ލޯކައިރި ކަޅުވަފައިވާއިރު މުޅިމީހާ ވަރަށް ބަލިވެފައި ވާކަން އިނގެއެވެ. ހާދަ […]
ހުރިހާކަމެއް ނިމިގެން އެންމެން ގެއަށް ދިއުމަށް ތެދުވިވަގުތު އެގޭ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖެއް ފެނިފައި މޫސައާއި އާޔަން ހައިރާން ވިއެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ސުވާލު އުފެދިގެނެވެ. އެ އަންހެން ކުއްޖާއަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ނާޒިމާއެވެ. އެއް އިރެއްގައި މޫސަ އަޅައިގަނެގެން އުޅުނު އަންހެން ކުއްޖާއެވެ. “ނާޒް! ތިއައީ ހުރިހާ ކަމެއް ނިމުނު ފަހުން! އާދެބަލަ އިންޓްރޮޑިއުސް ކޮށްދޭނަން!” ޝައިލާ ނާޒްގެ އަތުގަ ހިފައިގެން އާޔަންމެން ކައިރިއަށް […]
“ނޫރާ! …. ރިޕޯރޓް ލިބިއްޖެ.” ޒޫނާ ބުނިގޮތާއި ބުނި ރާގުން ނޫރާގެ ހިތް ނެގިނެގިފައި ޖެހެންފަށައިފިއެވެ. “ކިހިނެއްވީ ނަތީޖާ؟ އާޔަން ބައްޕަތަ ދެންމެ ގުޅީ؟” ބަދިގޭގައި އުޅުން ސައީދާ ނުކުމެގެން އައީ އިވުނު ވާހަކައިން އަޑުއެހުމަށެވެ. “އާން. އާޔަން ބައްޕަ ގުޅީ.” ޒޫނާ ބޯޖަހާލަމުން ބުންޏެވެ. އަދި ނޫރާއަށް ބަލައިލީ ހާސްވެފައި ހުރެއެވެ. “ނޫރާ. ޑީ އެން އޭ މެޗު ވެއްޖެ. އަރީނާ އިޒް މައި ޑޯޓަރ.” އާޔަން ނޫރާގެ އަތުގައި ހިފާލަމުން އާޔަން ނޫރާކައިރީ ބުނި […]
\”މަންމީ. ވަންމޯ ޓައިމް އަރީ އަރާލަންތަ ސްލައިޑަށް؟\” އެވަގުތު ދުވެފައި ޝައިލާ ކައިރިއަށް އައި ކުޑަކުއްޖާ ފެނުމުން އާޔަންއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެނެވެ. މީހާ ފިނިވެގެން ދިޔައެވެ. މޫސަވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެދުވަހު ލައި ބުނީ ތެދެކެވެ. އެކުއްޖާ އާޔަންއާ ވަރަށްވެސް ވައްތަރެވެ. އާޔަންގެ ލޮލެވެ. އެމޫނެވެ. އާޔަންއަށް ވެފައިހުރިގޮތް ފެނުމުން ޝައިލާ އެދިމާއަށް އައެވެ. \”އެއީ އަރީނާ! އާޔަންއަށް ފެންނައިރަށް އެގިއްޖެދޯ! އެއީ އަހަރެންގެ ދަރިއެއް. އަދި އެއީ އާޔަންގެވެސް […]
މޫސަ ހަދަން އުޅޭގޮތެއް ނޭގިފައި މޫސަގެ އަތްފޮޅުވާލުމަށްފަހު ތެޅިގަނެފައި މޫސަގެ އަތްދަށުން ލައިދެމިގަނެއްޖެއެވެ. “ކިހިނެއްވެގެންތަ ތި އުޅެނީ؟” ލައިގެ ނިތްކުރިއަށް ރޫއަރުވާލަމުން އަޑަށްބާރުލާފަ ލައިއަށް ބުނެވުނީ އެހެނެވެ. “ލައި… އައި އައި އޭމް ސޮރީ! އައި މީން އިޓް. އައި ރިއަލީ ލަވްސް ޔޫ! ޕްލީޒް ލައި އަހަންނަށް މާފުކުރޭ! އަހަރެން ދެން ދުވަހަކުވެސް ލައި ހިތުގަ ޖައްސާކަށް ނެތިން. ޕްލީޒް ކަމް ބެކް!” މޫސަ ލައިއާއި ދިމާއަށް އަތްދިއްކޮށްލަމުން ވަރަށް އަސަރާއެކު ބުނަމުން ގެންދިޔައެވެ. އެވަގުތަށް […]
“އެހެރީދޯ މޫސަ! ވަރަށް ފޮނިހެން ހީވަނީ!” ލައިގެ ދައްތަ ބުނާއަޑު އިވުނެވެ. “އާން! ހިނގާދާން ވަރަށް ބަނޑުހައިވެއްޖެ!” ލައި އަވަހަށް ވާހަކަ އޮޅުވާލަމުން ބުނެލިއެވެ. އަދި ނޫރާއަށް ބަލައިލާފަ ކޮނޑުއަރުވާލިއެވެ. ލައިއަށް ބުނަން ނުކެރުނީކަން ނޫރާއަށް އިގުނެވެ. އަދި ދެރަވެފައި ލައިއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އާޔަންމެން މާލޭގައި ތިބެނީ ސައީދާމެންގޭގައެވެ. ސައީދާމެނގެ ހުންނަނީ ފަސްބުރިއަށް ނަގާފައެވެ. ސައީދާ އުޅެނީ އެންމެ މަތީ ބުރީގައެވެ. އެއީ އެއާޖެހުނު ބުރީގައި އުޅެނީ ނައީމާއެވެ. ކޮންމެ ބުރިއެއްގައި ތިން ކޮޓަރިއާއި […]
ނޫރާކައިރީ ނޫރާގެ އާއިލާ އިށީނދެގެން ތިބިއިރު އާޔަންގެ އާއިލާ އާޔަންކައިރީ އިށީނދެގެން ތިއްބެވެ. ކައިވެނީގެ ކަންތައް ފެށުނެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އާޔަންވެސް އިނީ ހާސްވެފައެވެ. ދެމީހުންގެވެސް ފުރަތަމަ ކައިވެނިކަމުން ދެމީހުންވެސް ތިބީ އެއްހާލެއްގައެވެ. އާޔަން އަނބިގަބޫލުކަމުގައި ބުނުމުން އެންމެން އަތްޖަހަން ފެށިއެވެ. ކައިވެނީގެ ކަންތައް ނިމި ހަފްލާއަށް ހާޒިރުވެ ތިބިމީހުން ނޫރާއާއި އާޔަންއަށް މަރުހަބާ ކިޔުމުގައި އެތައްވަގުތެއް ހޭދަވެގެން ހިގައްޖެއެވެ. ނޫރާ މިހާރުއިނީ ލައިގެން އިން ހެދުމާހެދި އުނދަގޫވެގެން ހަދާނެގޮތް ބޮޑުވެފައެވެ. ނަމަވެސް […]