ނީމް މެން ކައިރިއަށް އައިސް ހުއްޓުނު އައިރީން ގެ މޫނުމަތީގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ހުރި އުފާވެރިކަމެއް ނެތެވެ. ނީމް މެން އެއްޗެކޭ ކިޔަސް އައިރީން ހުންނަނީ އަގައިން ވެސް ނުބުނެ އެއް ދިމާއަކަށް ބަލަހައްޓައިގެންނެވެ. އައިރީން އަށް މިއައި ބަދަލު ނީމް ފާހަގަވުމުން އަވަހަށް ގެއަށް ދާން ނިންމީ މިގަޑީ އައިރީން ބޭނުންވާނީ އެކަނިވެލަން ކަން އިނގޭތީއެވެ. ——– އައިރީން ހުރީ ކޮޓަރިއަށް ވަދެވުންވެސް ލަސްވެފައެވެ. ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު މަޑު މަޑުން ދޮރު […]
ކައިވެނިކޮށްގެން ދިރިއުޅުން އެހެން ގެއަކަށް ބަދަލުވީ ކަމުގައި ވިޔަސް ޝިޔާރާއާއި ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމުގައި ބުނީ ހެވިލާފައެވެ. ހާލާ އެންމެ އުފާވީ ޝިޔާރާގެ ފަރާތުން ޝަޒަން އެއީ ކާކުކަން އެނގުނީމައެވެ. ކައިވެނިކޮށްގެން ދެވެން މިއުޅެނީ އެކުވެރިޔާ ދާދި ކައިރިއަށްކަން އެނގުމުން ޝިޔާރާގައިގާ ބައްދާލެވުނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތުން އާރިކްއަށް ހަފްތާއަކަށް އައްޑުއަށް ފުރަން ޖެހުމުން އަނެއްކާ ވެސް ރާކީ ލައިލް ގޮވައިގެން މެކާހިޔާއަށް ބަދަލުވިއެވެ. އޭރު ރާކީ ބަނޑަށް އަށް މަސް […]
(އެގާރަ ވަނަ ބައި) އައްސަދުމެން ގޭގެ ކުރިމައްޗަށް ކާރު ހުއްޓުމާއެކު ގޭޓު ކައިރީގައި ތިބި ދޮރުވާނުން އެ ބޮޑު ގޭޓު ހުޅުވާލިއެވެ. ގޭގެ ގޯތި ތެރެއަށް ކާރު ވަދެގެން ދާން ފެށުމުން ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށްފަހު މާނީ އެ ބޮޑު ގަނޑުވަރެއްފަދަ ބިނާއަށް ނަޒަރު ހިންގާލިއެވެ. ގޯތިތެރޭގައި ވަށައިގެން ހައްދާފައިވާ ބަގީޗާއިން މާހައުލަށް ހިތްގައިމުކަން ގެނުވައެވެ. އެގަސްތަކުގައި އެކި ކުލަކުލައިން ފޮޅިފައިވާ މާތަށް އެބަގީޗާއަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އެމާތަކުގެ މީރުވަހުން މުޅި ޖައްވު އެއްވަސް […]
“ކާށޭނު މި ކިޔަނީ.. ކަލޭމެންނަކަށް އަޑެއް ނީވޭތަ؟؟” އޭނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ސަފުރާ އަވަސް ވެގަތީ އޭނާގެ ލޯބިވާ ދެދަރިންނަށް ކާން ދިނުމަށެވެ. ކައި ނިމުމާއެކު އެމީހުން އަނެއްކާވެސް އަތް ބަނދެލިއެވެ. ނަމަވެސް މިފަހަރު ކުރިމައްޗަށެވެ. “މަންމީ.. ކޮއްކޮމެން ޑެޑި ކޮބާ…؟ ޑެޑީ އަންނާނެތަ ކޮއްކޮމެން ސޭވް ކުރަން..” ކުޑަ ކުޑަ ރަފްޝާ އަހާލިއެވެ. ނަމަވެސް ޖަވާބު ނުދެވި އުޅެނިކޮށް އެތެރެއަށްވަދެގެން އައީ ޒޯޔާއެވެ. “ޑެޑީ އަކަށް ނާދެވޭނެ… ޑެޑީ އާ ފަހުގެ ޓާޓާ ކިޔާލަން ވާނޭނުން […]
ެ. ޒޯހަންވެސް މީ ވަރެއްގެ އިންސާނެކެވެ. ތަނެއްގައި މީހަކު ހުރިއްޔާ އެއީ ކާކުކަން ބަލަންޖެހޭ ހެއްޔެވެ؟ ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެންމެ ފެންނަން ބޭނުންނުވި މީހާއަށް ފެނުނީއެވެ. ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޝިޔާރާއަށް ނޭނގުނެވެ. ޝިޔާރާގެ މޫނަށް ހުއްޓިފައި ހުރި ޒޯހަންގެ ވިދުންގަދަ ދެލޯ ހިޔާލަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ ލުއިލުއި ހިނިތުންވުމެކެވެ. އޭގެ ފަހުން ތިން ހަތަރު ދުވަސް ފާއިތު ވެގެން ދިޔައިރު ވެސް ޒޯހަންއަށް ޝިޔާރާ އެގެއަކުން ފެންނަ […]
ރަޔާންގެ އުނދަގޫ އެއަށްފަހަކު ނީރާއަކަށް ނުވިއެވެ. އޭނާ ވީ ޖަލުގައި ކަމެއް އެހެން ތާކު ކަމެއްވެސް ނީރާއަކަށް ނޭނގެެއެވެ. ނީރާގެ ކުޑަ ކުޑަ އާއިލާއާއި ޝާއިންގެ އަދި އޭނާގެ އާއިލާގެ އޯގާތެރިކަމުގެ ސަބަބުން އެކަން ހަނދާން ނެތެން ނެގީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް އަބަދުވެސް އޭނާގެ ހިތުގައި އެ ލަކުނު ނުފިލާ އިންނާނެއެވެ. ކޮންމެވެސް އެއްވަގުތަކު ނަމަވެސް އެކަމާއި މެދު ދެރަވެ ހިތާމަކުރެވެއެވެ. އެގޮތުގައި ދުވަސްތަށް ދަނިކޮށް ނީރާ އާއި ޝާއިން ބައިވެރިވެގެން އުޅުނު ލަވަ […]
“އޫޕްސް…. ސޮރީ…” ޝިޔާރާއާއި ދިމާލަށް އަތް ދިއެްކޮށްލި ޒޯހަން ބުނެލިއެވެ. ޝިޔާރާގެ އެއްވެސް ހަބަރެއް ނުވުމުން ޒޯހަންވެސް ގެއިން ނިކުންނަން ހިނގައިގަތް އިރު އެމޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއް ވިއެވެ. “މަންމާ… ދޮންބެ މެރީ ކުރަން ބޭނުމޯ” ޝިފްނީގެ އަޑު މޭޒު ކައިރީގައި އިން ސާރާގެ ކަންފަތުގައި ޖެހުމާއެކު ތުނބުގައި ޖަހާފައި ހުރި ކޮފީތަށި ނައްޓާލަމުން ޝަޒަންއަށް ބަލާލިއެވެ. “އެދޮގެއް މަންމާ…” އަވަސް އަވަހަށް ދިފާއުގައި ޝަޒަން ބުނެލިއެވެ. “ނޫން މަންމާ އެތެދެއް. ދޮންބެގެ ގާރލްފްރެންޑެއް […]
(ދިހަ ވަނަ ބައި) ފޯނުން އައްސަދުގެ ނަމްބަރު މާނީ ހޯދާލިއެވެ. އެނަމްބަރަށް ބަލަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ގުޅަންވީކަމެއް ނުގުޅަންވީ ކަމެއް ނޭނގިފައެވެ. ނަމަވެސް ހިތްވަރުކޮށްފާ ގުޅަން އޭނާ ނިންމިއެވެ. އެނަމްބަރަށް ޑައިލް ކުރަން އޭނާގެ އަތް ހަރަކާތް ކުރި އިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ވަރަށް ހިތްވަރުން ޑައިލް ކޮށްލުމަށްފަހު އޭނާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ފޯނު ރިންގްވާން ފެށުމުން އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. […]
އަންހެންކުއްޖެގެ ކައިރީ ހުރެގެން އެ ކުއްޖާގެ އެތަން މިތަނުގައި ފިރުމަމުން އެ ދަނީ އިތުރު އެހެން މީހެއްނޫނެވެ. ރަޔާންއެވެ. ނީރާގެ ލޭ މައްޗަށް ދިޔައެވެ. ޝާއިންއަށް ވެސް އެތަން ފެނި ދެދަތް ފިއްތާ ބާރުކޮށްލާ އަތް މުށްކަވާލިއެވެ. ނީރާއަށް އެކަން އިހްސާސްވުމުން ޝާއިންއާއި ދިމާ ބަލާލެވުނެވެ. ނީރާއަށް ހިން ދިރުވާލެވުނެވެ. “ޝައިން…. ނޫން. މިތާ މަޑުކުރޭ.. އަހަރެން އަންނާނަން..” ޝާއިން ދިއުމުން ކަންތަށް ވާނެ ގޮތް އިނގޭތީ ނީރާ ޝާއިން ކައިރި ހުރުމަށް ބުނެ ގޯޅި […]