Skip to content
އެސްފިޔަ

ރަހުމެތް ނެތް ހިތް… (ފަހުބައި)

“ކާށޭނު މި ކިޔަނީ.. ކަލޭމެންނަކަށް އަޑެއް ނީވޭތަ؟؟” އޭނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ސަފުރާ އަވަސް ވެގަތީ އޭނާގެ ލޯބިވާ ދެދަރިންނަށް ކާން ދިނުމަށެވެ.

ކައި ނިމުމާއެކު އެމީހުން އަނެއްކާވެސް އަތް ބަނދެލިއެވެ. ނަމަވެސް މިފަހަރު ކުރިމައްޗަށެވެ. “މަންމީ.. ކޮއްކޮމެން ޑެޑި ކޮބާ…؟ ޑެޑީ އަންނާނެތަ ކޮއްކޮމެން ސޭވް ކުރަން..” ކުޑަ ކުޑަ ރަފްޝާ އަހާލިއެވެ. ނަމަވެސް ޖަވާބު ނުދެވި އުޅެނިކޮށް އެތެރެއަށްވަދެގެން އައީ ޒޯޔާއެވެ. “ޑެޑީ އަކަށް ނާދެވޭނެ… ޑެޑީ އާ ފަހުގެ ޓާޓާ ކިޔާލަން ވާނޭނުން ދޯ.. ބިފޯ ޔޫ އޯލް ޑައި.. ރައިޓް ސަފޫ…” އެއްކޮލުން ހީލުމަށް ފަހު ޒޯޔާ ބުނެލިއެވެ. އެ ވަހަކައިން ސަފޫރާ ދެލޯބޮޑުވެގެން ދިޔައެވެ. ހިތާ ހިތުން މިއީ ފަހު ވަގުތު ކޮޅޭ ބުނެލެވުނެވެ.

ޒޯޔާ ލައިގެން ހުރި ޖިންސްގެ ޖީބުން ނޮކިއާ ބައްތި ފޯން ނަގައިފައި ނަންބަރަކަށް ޑަޔަލް ކޮށްލިއެވެ. “ހަލޯ.. ރާޝިން.. ކިހިނެއްތަ ހާލު..؟” އިިސްޖަހައިގެން އިން ސަފޫރާ ޒޯޔާ އާ ދިމާލަށް ބަލާލީ ރާޝިންގެ ނަން އިވުމުންނެވެ. “ޒޯޔާ.. ކަލޭގެ ލަދު ކޮބާ މަށަށް ގުޅަން… ކޮބާ ސަފޫ އާ އަހަރެންގެ ދެކުދިން.. އެމީހުން ތިބިތަނެއް ބުނޭ….” ރާޝިން އަަަށް ޒޯޔާގެ އަޑުއިވުމާއެކު ލޭ ކެކިގަތެވެ. “ހަހަހަ… ކަލެއަށް މަ މި ގުޅި އަހަރެެމެން ތިބި ތަނެއް ބުނާކަށް ނޫނޭ… ކަލޭގެ ލޯބިވާ އަންހެނުން ނާ ދެދަރިންނަށް ވަދާއުގެ ސަލާމް ކޮށްލަން ވާނޭނުން އެހެންވެ މިގުޅާލީ…” ހީ ގަންނަމުން ޒޯޔާ ބުނެލި އެވެ. “ޒޯޔާ…. ކޯއްޗެއްތަ ބޭނުންވެގެން ތިއުޅެނީ.. ބުނެބަލަ.. ޒޯޔާ ބުނި އެއްޗެއް މަދޭނަން….” ރާޝިން ގެ ރުޅި މަޑުކޮށް ވާހަކަ ދައްކަން ފެށީ އަންހެނުންނާއި ދެކުދިންގެ ހައްގުގައެވެ. “ހމމ… ނައިސް ކުއެޝަން.. މަ ވިސްނާލާފަ އެބަ ގުޅަން އިނގޭ… ހަހަހަ” ޒޯޔާ ފޯނު ކަނޑާލީ އެ ތަނުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ޒޯޔާގެ ވިޔަފާރީގެ ޕާރޓްނަރ ސައީދު ފެނިފައެވެ. “ކަލޭމެން މި ތިންމީހުން ރަނގަޅަށް ބަލާ.. މަ އެބަ އަންނަން..” ޒޯޔާ އެހެން ބުނެފައި ނިކުމެގެން ދިޔައެވެ.

————————————————————————–

ފިޒާން އިނީ ރާޝިން ގެ ފޯނަށް ޒޯޔާ ގުޅި ނަަންބަރު ގެ ލޮކޭޝަން ހޯދަން އެރަށު ޕޮލިސް ސްޓޭޝަން ގައެވެ. “ނެޓު ސްލޯ ކަމުން ވެސް ކަމެއް ވާވަރެއް ނޫން.. ” ޗޮކެއް ކަނޑާލަމުން ފިޒާން ބުނެލީ ކައިރީ ޖެހިގެން އިން ހަމީދުއަށެވެ. “އާނ.. ނެޓްވޯކް މައްސަލަ އެއް ދިމާ ވެގެންނޯ އުޅެނީ..” ހަމީދުވެސް ޖަވާބު ދިނީ ފައިލު ތަކަކަށް ބަލަމުން ނެެވެ. ހަމަހިމޭން ކޮށް އޮތް އޮފީސްތެރޭގެ ހަމަ ހިމޭން ކަން ކަނޑާލީ ފިޒާން ގެ ފޯން ރިންގް ޓޯން ގެ އަޑުންނެވެ. ގުޅަނީ ރާޝީން އެވެ. “ހަލޯ ކީކޭ ރާޝިން…” “އެއްވެސް ހަބަރެއް ނެތްތަ؟.. ސަފޫރާ މެން ތިބީ ކޮންތާކު ފިޒާން….. މިހާު ގެއްލުނު ފަހުން މިއީ 4 ވަނަ ދުވަސް… އަނެއްކާ ޒޯޔާ އެބުނީ ވަދާއީ ސަލާމޭ.. އެމީހުންނަށް ކަމެއްވެއްެޖެއްޔާ؟؟….. ފިޒާން… ޑޫ ސަމް ތިން ފާސްޓް…” ރާޝިންގެ އަޑުގައި ވަނީ މާޔޫސް ކަމެވެ. “ރާޝީން.. މަ މިހާރު އެ ނަންބަރުުން ގުޅި މީހާ ހުރި ލޮކޭޝަން މި ބަލަނި.. އެކަމް ނެޓް ސްލޯ ކަމުން ހަމަ ނުވެގެން މިއުޅެނީ…” ފިޒާން އެހެން ބުނަމުން ކޮންޕިއުޓަރު ސްކްރީނަށް އަވަސް ނަޒަރެއް ދިނެވެ. “އޭ ފެނިއްޖެ!… މިތާ ޖެހިގެން މިއޮތް ފަޅުރަށުގަ ތިބީ..” ފިޒާން އަވަހަށް ރާޝިން ކައިރީ ބުނެލިއެވެ.  “އަލްހަމްދުލިއްﷲ” ރާޝިން ވީ އުފަލެއްގެ ބޮޑުކަމުން ބުނެލިއެވެ. “އޯކޭ ބޭއްވީ އޭ އިނގޭ.. އިރާދަކުރެއްވިއްޔާ އަންނާނީ ސަފޫ އާ ދެ ކުދިން ގޮވައިގެން…” “މަވެސް ދާނަން.. މަވެސް ގެންދޭ…” ރާޝިން ބުނެލިއެވެ. “ނޫން ރާޝިން.. ރާޝިން ދާކަށް ނުފެނޭ…” “ނޫން.. ޕްލީޒް.. އަހަރެން ގެންދޭ… ދެދަރިންނާ ސަފޫ އާ ތިބި ހާލެއްވެސް ނޭނގެ.. ޕްލީޒް ފިޒާން…” ރާޝިން އާދޭސް ކުރަމުން ގެންދިޔައެވެ. “އޯކޭ…. 2 ބައި އެހާއިރަށް ބަނދަރަށް ނިކުމޭ އިނގޭ…” ފިޒާން އެންމެ ފަހުން އެއްބަސް ވީ ރާޝީން ގޮތްދޫނުކުރާނެކަން އެނގޭތީ އާއި ރާޝިން ހާސްވެފައި ހުރިވަރުން ނޫނެކޭ ބުނަން ނުކެރިގެންނެވެ.

……………………………. ……………………………………….

“ކޮބާ އިއްޔެ ގެނައި ބުލެޓް ތައް؟؟” ސައީދު ސުވާލު ކުރީ ސައީދުގެ ފަހަތުން އައި ޒޯޔާ އާއެވެ. “އެ އެއްޗެހި މަ ހުންނާނެ ވަޅުލާފަ…” ޒޯޔާ ޖަވާބުދިނީ ހަލުވިކަމާއެކުއެވެ. އަޑުގައި ހުރި ހާސް ކަމުން ސައީދު އަށް ޝައްކުވިއެވެ. ނަމަވެސް ސައީދު އެއްފަރާތަކަށް ޖެހުނީ އޭނާ އަށް ފޯނެއް އައުމުންނެވެ. ” މަ އެއްޗެހި ވިއްކިކަން ސައީދު އަށް އެނގިއްޖެއްޔާ ކިހިނެއްބާ ވާނީ؟…. އޭނަ މަ މަރާވެސް ލާފާނެ… އޯ ނޯ…..!” ޒޯޔާގެ ހިތާ ހިތުން ކިޔަމުން ގެންދިޔަ އެވެ. ” ޒޯޔާ… ބަލަ ޒޯޔާ…! އަޑެއް ނީވޭތަ؟ ” “ކީ..ކޭ..؟” ސިއްސައިގެން ގޮސް ޒޯޔާ އަށް ޖަވާބުދެވުނީވެސް އަޅައިގެންނަމުންނެވެ. ސައީދު ހުރީ ޝައްކުގެ ނަަޒަރަކުން ބަލަހައްޓައިގެންނެވެ. “މަށަށް އެއްޗެހި ވަޅުލާފަހުރިތަން ދައްކަބަލަ…!” ހަރުކަށިކަމާއެކު ލޯ ހަނިކޮށްލާފައި ސައީދު ބުނެލިއެވެ. “އަނެއް…. އެ ފަހުން ބަލަން ދާނީ ދޯ.. މަ އެބަ ޖެހޭ ކުޑަކަމެއް ކޮށްލަން…” ޒޯޔާ ބޭނުން ވީ އަވަހަށް އެތަނުން ދެވޭތޯ އެވެ. “ޒޯޔާ.. މަށަށް ހަމަ މިހާރު އެ އެއްޗެހި ދައްކާ….” ސައީދު ހަރުކަށި ކަމާއެކު ބުނެލިއެވެ. “މަ އެއެއްޗެހި ވިއްކާލީ………” ޒޯޔާ ޖަވާބު ދިނުމަށް ފަހު ދުއްވައިގަތެވެ. ސަބަބަކީ ސައީދުއަކީ ރުޅިގަދަ މީހަކަށް ވެފައި އަތުންފައިން ކޮންމެ ފަދަ ކަމެއްވެސް ކުރަން އެއްވެސް ޖެހިލުމެއް ނުވާމީހެއް ވީމައެވެ. “ޒޯޔާ މަޑުކުރޭ.. އޭ….. މަޑުކުރާށޭ….!” ސައީދު ވެސް ދުއްވައިގަތީ ޒޯޔާ އަތުލުމަށެވެ. އެހެނީ އެއީ އެތަށް ލައްކަ ރުފިޔާ ދޭ ޮތަށް ގަނެފައިވާ އެއްޗެހި ތަކަކަށް ވާތީއެވެ. އެ އެއްޗެހި ޒޯޔާ އަތަށް ރައްކާ ކުރަން ދިނީވެސް ޒޯޔާ އަށް އިތުބާރު ކޮށްފައެވެ. ކުއްލިއަކަށް ޒޯޔާ ހުއްޓުނީ ސައީދު ކުރިމަތިން ފެނުމުންނެވެ.

……… ………….. ……………………. ………………….

ލޮނުގަނޑު ކަފަމުން ދިޔަ ޕޮލިސް ލޯންޗު މަޑުކުރީ ރާޝިންގެ ރަށާއި ޖެހިގެން އޮންނަ ރަަށުގެ ގޮނޑުދޮށުގައެވެ. ޕޮލިސް ޓާސްކް ފޯސްގެ މީހުންނާއި އެހެނިހެން ބައި ތަކުގެ މީހުން  ގްރޫޕް ތަކުގައި ރަށުތެރެއަށް ބެހިލިއެވެ. ރާޝިންވެސް ފިޒާން ގެ ފަހަތުން ގޮސް ވަލު ތެރެއަށް ވަނެވެ.

ފިޒާންމެން ގްރޫޕްގެ މީހުން މަޑުކޮށްލީ  ޓިނުން ހަދާފައި ހުރި  އޮޑި ހަރުގެޔެއް ފެނުމުންނެވެ. އެެރަށަކީ ބައެއްމީހުން އޮޑި އެހެލާ ރަށަކަށް ވުމުން އެކަހަލަ ހަރުގެ ތަށް އެރަށުގެ އެތަން މިތާ ހުއްޓެވެ. ފިޒާން މެން ގްރޫޕުން ގޮސް އެ ދޮރު ހުޅުވާފައި ޓޯޗުން  އެތެރެއަށް އަލިކޮށްލިއެވެ.

………. ……………… ……………….. ………..

“ސަ.. ސައީ..ސައީދު….” ޒޯޔާ ހިތް ދިރުވާލީ ކުރިމަތީ ހުރި ސައީދު ފެނިފައެވެ.”ކަލޭ މަށަށް އޮޅުވާލާ އެ އެއްޗެހި ތަށް ތި ވިއްކާލީ ކާކުގެ ހުއްދަ އަކާއެކު..؟ ކާކު ބުނީ އެ ވިއްކާށޭ..؟ މަ އެ އެއްޗެހި ތަށް ގަތީ 2ލައްކަ އަށޭ….. މިއަދު މަ ކަލޭ ދުލެއް ނުކުރާނަން…!” ސައީދު ހުރީ ރުޅި އައިސް ހަމައިން ނައްޓާފައެވެ. ޒޯޔާގެ ދެލޯ ބޮޑުވެގެން ދިޔައީ ސައީދު ނެގި ކަތިވަޅި ފެނިފައެވެ. އަދި އެ ބޯ މައްޗަށް ނަގާ ޒޯޔާ ގައިގާ ޖަހަން ތައްޔާރުވެލިއެވެ.

…………. …………………… …………………… …………………….

ފިޒާން މެން ގްރޫޕުން ގޮސް އެ ދޮރު ހުޅުވާފައި ޓޯޗުން  އެތެރެއަށް އަލިކޮށްލިއެވެ.  ” ސާރ..މިތާކު ނެތް އެކަކު ވެސް..” ޕޮލިހަކު ފިޒާން އަށް ގޮވާލާފައި ބުނެލިއެވެ. އެންމެން ރަނގަޅަށް އެތަން މިތަން ބަލަމުން ދިޔައެވެ. “ސާރ…” ތަންކޮޅެއް އެތެރެއިން އެހެން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. އެންމެން މިސްރާބު ޖެހީ އެތަނަށެވެ. އެތާ ހުރީ 3 ފޮށި ގަނޑެވެ. “ހުޅުވަބަލަ..” ފިޒާން ބުނެލިއެވެ. އެ ފޮށިގަނޑު ތަށް އެތެރޭ ހުރީ ހުސް ބަނގުރަލެވެ. “ތި އެއްޗެހި ގެންގޮސް ލޯންޗަށް އަރުވާ…” ފިޒާން އަމުރު ކޮށްލިއެވެ. ބޯ ޖަހާލުމަށް ފަހު އެތަނުން ދެތިން ކުދިން އެ އެއްޗެހި އުފުލާލައިގެން ގެންދިޔައެވެ. ފިޒާން މެންނަށް އިތުރު އެއްޗެއް އެތަނުން ނުފެނުމުން  މިސްރާބު ބަދަލުކޮށްލީ އުތުރަށެވެ. “ނޫން…. ސަލާމަތް ކުރޭ…!” އެންމެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކައިރީގައި ހުރި ގަސްތަކު ތެރެއިިން އަންހެން ކުއްޖަކު ހަޅޭ ލަވައިގަތް އަޑަށެވެ. ގްރޫޕް އެންމެން އަވަހަށް ދުއްވައިގަނެގެން ގޮސް އެ ގަސްތަކުތެރެއަށް ވަނެވެ.

ލޯ މަރައިގެން ހުރި ޒޯޔާ ލޯ ހުޅުވާލީ އޭނާ ގައިގާ ޖަހަން އުޅުނު ސައީދު އޭނާ ގައިން ދޫކުރާށޭ ގޮވާ އަޑަށެވެ. ކުރިމަތީ ތިބީ ހުސް ޕޮލިހުންނެވެ. ނަމަވެސް ޕޮލިސް ޔުނީފޯމް ނުލާ މީހަކު ހުރިހެން ހީވެގެން ރަނގަޅަށް އޭނާ ބަލައިލިއެވެ. ޒޯޔާގެ ލޯ ބޮޑުވެގެން ދިޔައީ ރާޝިން ފެނިފައެވެ. ” ރާޝިން..” ވައި އަޑަކުން ރާޝިން ގެ ނަން ޒޯޔާ ކިޔާލިއެވެ. އަދި ރާޝިން އާ ދިމާލަށް ހިނަގއިގަތެވެ. ދެވަނަ ސިކުންތުގާ ސަފޫރާ މެން މަތިން ހަނދާން ވުމުން ބާރަށް ޒޯޔާ ދުއްވައިގަތެވެ. އަދި ވަލުތެރެއިން ލާފައި ސަފޫރާ މެން ތިބި ހަރުގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. “ފިޒާން.. ޒޯޔާ އެއޮއް ދުއްވައިގަތީ…” ރާޝިން ހަޅޭ ލަވައިގަތެވެ. ފިޒާން އާއި އެހެން 6 ޕޮލިހުންގެ އިތުރުން ރާޝިން، ޒޯޔާ ދިޔަ ދިމާލަށް ދުއްވައިގަތެވެ.

މާދުރަކަށް ދުވާކަށް ނުޖެހުނެވެ. ހަރުގެއެއް ކައިރިއަށް އާދެވުނެވެ. އެތާ 4 ފިރިހެނުން ތިއްބެވެ. ބޯދިގު ކަމުން ހީވަނީ ނިކަގަހު މޫތަކެއް ހެންނެވެ. ދެފައިމައްޗަށް ކޮޅަށް ހުރިއިރުވެސް ތެދަށް ނުހުރެވެއެވެ. ޕޮލިހުން ގޮސް އެއެންމެން ހައްޔަރު ކުރިއެވެ. ދެން އެންމެން މިސްރާބު ޖެހީ އެތެރެއަށެވެ. އޭރު ޒޯޔާ ނިކުންނަނީ އެވެ. ކޮނޑުގައި ދަބަހެއް އޮތެވެ. ހީވާގޮތުން ފިލަން ދަނީއެވެ. ޕޮލިހުން އެތެރެއަށް ވަނީ ސަފޫރާ އާއި ދެކުދިން ކޮބާތޯ ބަލާށެވެ. އެކަކު ވެސް ޒޯޔާ އަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެތެރެއަށް ވައިން އިރު ސަފޫރާ އިނީ ހަމަ ކުރިން ވެސް އިންހެން ގޮނޑި އާއެކު ފުރަގަހުން އައްސާފައެވެ. ދެދަރިން ތިބީ ކުރިމައްޗަށް އައްސާފައެވެ.  “ސަފޫ.. ރަފް… ރަފޫ….” ރާޝިން އަށް އެމީހުން ފެނުމާއެކު އުފަލުން ގޮވާލެވުނެވެ. އަދި އެމީހުން ކައިރި އަށް ދާން ހިނގައިގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ކުރިމަތިން ފެނުނު ވަޅިންނެވެ. “ހަބަރުދާރު ކުރިޔަށް އެންމެ ފިޔަވަޅޭއް ވެސް ނާޅާތި… އޭ.. ހަތިޔާރު ތިރީގަ ބަހައްޓާ….” ވަޅި ރާޝިންގެ ކަރުގައި ޖައްސައިގެން ހުރި ޒޯޔާ ބުނެލިއެވެ. އެންމެން އަމާން ދިނުމަށް އަތް ނެގިއެވެ. “ޑެޑީ…… މަންމީ ބަލަ ޑެޑީ އައީ..”  ރަފޫޝާ ގޮވާލީ މީހުންތަކުގެ ތެރެއިން ރާޝިން ފެނުމުންނެވެ. ސަފޫރާ ވެސް އިނީ ބަލަހައްޓައިގެންނެވެ. ލޯބިވާ ފިރިމީހާ ފެނުނީމަ އުފާވި ނަމަވެސް ޒޯޔާ ހުރިގޮތުން ސަފޫރާ ވަރަށް ބިރުގަތެވެ. ޒޯޔާ، ރާޝިން ބޭނުން ކުރީ އެތަނުނން ނިކުތުމުގެ އައްޑަނަ އަކަށެވެ. ގައިމުވެސް ޕޮލިހުންނަކަށް  ކަމެއް ނުކުރެވޭނެކަން ޒޯޔާ އަށް އެނގުނެވެ.

ދެތިން ޕޮލިހުން ކުރިއަށް މަޑުމަޑުން ޖެހިލިއެވެ. “އޭ.. ހުއްޓޭ.. މިބުނީ މީނަ މަރާލާނަން ހަމަ….” ޒޯޔާ ގޮވަމުން ދިޔައެވެ. “ޒޯޔާ…….” ޒޯޔާ ފަހަތަށް ބަލާލީ ސައީދުގެ އަޑަށެވެ.  އޭރު ފުލުހުންގެ އަތުން ވީއްލިގެން ސައީދު ބިންމަތީ އޮތް ކަތިވަޅީނަގައިގެން އައިސް މަޅާލަނީ އެވެ. ޒޯޔާ އަވަސް ހަރަކާތަކާ އެކު އޭނާގެ އައްޑަނައަކަށް ރާޝިން ހެދިއެވެ. ކަތިވަޅި އައިސް ޖެހުނީ ސީދާ ރާޝިންގެ ކަނާތްފަޅީގެ މެޔާ ހިސާބުގައެވެ. ހަމަ ޖެހުމާއެކު ހޯސްލާފައި ލޭ ފައިބާން ފެށިއެވެ. ޕޮލިހުން އަވަސް އަވަަަހަށް  އައިސް ޒޯޔާ އާއި ސައީދުގެ އަތުގައި ހިފަހައްޓާ ބިޑި އެޅުވިއެވެ. “ޑެޑީ……” “ރާޝިނޫ……..” “ޑެޑީ…” ދެދަރިންނާއި ސަފޫރާ އާ އެއްފަަހަރަށް ގޮވާލިއެވެ. އެތަނުން ދެ ޕޮލިހުން އޭރުވަނީ ސަފޫރާ އާއި ދެދަރިންގެ އަތުން އެ ވާ ތަށް މޮހެފައެވެ. ފިޒާން އަވަސް އަވަހަށް ގޮސް ރާޝިން ކައިރީ އިށީނެވެ. ސަފޫރާވެސް ދުވަމުން ގޮސް ރާޝިން ކައިރީ ދެކަކޫ ޖަހައިގެން އިށީނެވެ. އަދި އުނގު މަތީ ރާޝިންގެ ބޯ ބޭއްވިއެވެ. ދެދަރިންވެސް ރޮމުން ރޮމުން އައިސް މަންމ އާއި ބައްޕަ ކައިރީ ހުއްޓެލިއެވެ.  ރާޝިން ވަރަށް އުނދަގުލުން ހިނިތުންވެލިއެވެ.އަދި ވާހަަކަ  ދައްކަން ފެށިއެވެ. “ސަ..ފޫ.. ދެރަނު..ވޭ… އަހަ..ރެ..ން.. އޯ..ކޭއޭ.. ރަފޫ… ރަ..ފް.. ޑެޑީގެ އޭންޖްލްސް ކިހި…ނެއްތަ؟… ޑެޑީ ވަ..ރަށް ލޯބި..ވޭ އިނގޭ ދެ..ކުދިން ދެކެ..ވެސް.. ޑެޑީ ނެ..ތަސް މަ..ންމި ދެކެ ލޯ…ބި ވައް..ޗޭ.. ބަ..ސް އަހާ…ތި މަންމި ބު..ނާ ގޮ..ތަށް އުޅޭ…ން ވާނީ.. ފި..ޒާން.. މަ އަން..ހެނުންނާ ދެދަރި…ންނަށް އަޅާލަ..އްޗޭ… ސަފޫ.. ވަ..ރަށް ލޯ..ބި…….. އަހަން…ނަށް ހެޔޮ ދު..އާ ކޮށް…ދޭތި.. ދަރި..ން ރަގަ….ޅަށް ތަރުބި..އްޔަތު ކުރާތި… ވަރަށް ސަ..ލާމް…” މިހެން ބުނެ ޝަހާދަތުގެ ދެކަލިމަ ކިޔަން ފެށިއެވެ.  ” ނޫން.. ނޫން….” ސަފޫރާގެ އަތުގައި ހިފައިފައި އޮތް ރާޝިންގެ އަތް ސޮހިގެން ވެއްޓުމާއެކު ބާރަށް ސަފޫރާ އަށް ބުނެވުނެވެ.

ސަފޫރާގެ އާއިލާ އާ ވަކިވެގެން އެ ދިޔައީ ވަފާތެރި ރަނގަޅު ފިރިއެކެވެ. ދެކުދިންގެ ލޮބުވެތި ބައްޕައެކެވެ. އޮފީހެއްގެ ތެދުވެރި ވެރިއެވެ. ދެގޮތެއްނުވި އެކުވެރިއެކެވެ. މިކަންކުރި ސައީދު އަށް 25 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން 2 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. އެއީ މަސްތުވާތަކެތި ގަނެ ވިއްކުމުންނެވެ. އަދި ޒޯޔާ އަށް 15 އަހަރުގެ ޖަލު ހުކުމަކާއި ހަމަ 2 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިއެވެ. ރާޝިން ވަކިވެދިޔުމަށް ފަހު ސަފޫރާ ބޭނުންވީ މާލެ އޭނާގެ މަންމަ މެންގާތަށް ދާށެވެ. އެމީހުން މާލެގޮސް އުޅެމުން ދިޔައެވެ.ނަމަވެސް ރާޝިންގެ ހިޔާލުތަކާއެކުގައެވެ.

ދެދަރިންގެ ބައްޕަ ދަމުން ބުނި ކަހަލަ އެވެ.

“ބީވެދާތީ ކުރާހާ އަސަރް ކޮށްދެވޭހޭ ބަޔާން.. މީ މިހިތުގެ ހާލޭ މީ މިހިތުގެ ހާލޭ…

“ދެލޯ ފޯ ވެއްޖޭ… ހިތް އަވަސް ވެއްޖޭ… އުޅޭ ހެން ހީވޭ… ގާތު އަންގައިދެން ބުނަން.. ވަގުތު ވަކިވާން ޖެހޭ ކުޑަތަންވޭ މެއޭ ހީވެޔޭ ހިތް ފަޅައިގެން ދަނީހެން އިނގޭ.. ކެތް ކުރަން ވާނެޔޭ ލޯބިވާ ދަރިފުޅާ.. ބައްޕަ މިހުރާ ވަސިއްޔަތް ޖެހޭނޭ އަހަން” “ދަރިފުޅަށް ބައްޕަ ބޭނުން އަރާމާ އުފާ ހޯދަދޭން.. މީ މިހިތުގެ ދުއާއޭ.. މީ މިހިތުގެ ދުއާއޭ….”

ބައްޕަމަތިން އެ ދަރިން އަބަދުވެސް ހަނދާން ކުރާނެއެވެ. ސަފޫރާވެސް މެއެވެ. ރަހުމެތް ނެތް ހިތް ތަކުގެ އަނިޔާވެރި ވަކިތަކެއްގައި ޖެހިގެން ކުށެއްނެތް ފުރާނައެއް މިދުނިޔެއާ އަލްވަދާއުކީއެވެ.

(ނިމުނީ)

Comments (14)

  1. nukko

    hey guys.. hurihaa kudhin kihinw tha?? heres the lst part of this stry.. hope u all will like this part too.. n hurihaa kudhinnah vs thnks thi dhevvaa support ah.. n yes v avahah nukko ge aa vaahaka eh kiyaalan libeyne in shaa allah… keep waitin fr it.. thnk u 😀 😀

  2. twnkl str

    Nyc…

    1. nukko
      twnkl str

      thnks 😀

  3. Zayaa

    Alhey..vrh dhera vehje raashin Maru v ma..story vrh salhi

    1. nukko
      Zayaa

      alhey sry fr tht 🙁 .. n thnks.. hehe 😀

  4. ?????

    Zoyaa kyveh raashin ge annhenun hahyaru kury???
    Zoya buni gothuga eynaha vrh aniyaakohfa raashin ge gein fonuvaaly ey …… eh kyveh ?????
    Hus question ??? Pls answer me ….. stry ga vaanuvaa neygunu ..

    1. nukko
      ?????

      mi stry ge 1 vana baiga innaane zoya aky drug dear ehkkamaa n n geyn nerely raashin men ge room in vahkkan kohgn kan.. aslu ehaa details kosheh noon ebai e iniky ehnve e olhun ery im sry fr tht…. n xoya safoora men hayyaru kury ekamuge badhalu hifan..
      n sry fr vaanuvaa neyngunyma vs.. in sha allah dhn liyaa vaahaka eh miah vure rangalhah liyeveytho try kuraanan.. n thnks fr lettin me know. n hope hurihaa questions ehge ans libijje kamah thnk yew :D:D

    2. ?????
      ?????

      Mihaaru ehgijje ….. stry vrh nice……. thanks for telling me that …..

    3. nukko
      ?????

      ur mst welcome ????? hehe 😀

  5. Nicky

    Stry is really nice…….bt haadha avahakah nimmaalyyy

    1. nukko
      Nicky

      thnk u.. hehe sry fr tht.. in shaa allah adhi miah vure dhigu vaahaka eh ibeyne kiyaalan 😀

  6. Ryn

    omgg nukkooo.. whyyy?? 🙁 kyhve eyna maraalyy… heyoon ehaa undhagu in libifa vx eyna jehuny vakivaan… alheyy i luv sad stries bt mikahala stries make me soo sad.. i myn hama fenifa vx……… alheyyy… bt stry is vry vry nyc…. gud lck fr furthr stries… miss u tc 😉

    1. nukko
      Ryn

      hehe sry fr tht ryn… aww.. ya ryt.. n thnks a lot.. miss u mre.. aslu raashin maraalaakah beynumeh nuvi ey ekm idea aee ehn hehehe 😛 n thnks once again 😀 🙂

  7. Zamzam

    Dhivehi flim happy birth day ge copy eh hama mee..

Comments are closed.