Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(15 ވަނަ ބައި)

Ushaa
May 30, 2016
6 Mins Read
42 Views
90 Comments

” ޝުކުރިއްޔާ ޑޮކްޓަރ. އަޅުގަނޑު މިގޭގަ ހުރެފަ މީތި ބޯލާނަން.” މިހެން ބުނެލަމުން އީލާމް އެފުޅީގެ މަތި ނަގައި ލިއެވެ. އެވަގުތު ފޯނެއް އައުމުން ބަލައިލި އިރު ކިޔާންއެވެ. އީލާމް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ކޮން ހަލޯ ދެލޯ އެއްތަ؟ ކަލޭއަށް އިނގޭތަ ވާ ގޮތް؟ ކަލޭއަކަށްވެސް ނޭނގޭނެ ތަނަކަށް ގޮއްސިއްޔާ އަންނާކަށް. މި ލާމިއު މިތަނުން ފޮނުވާ ނުލެވިގެން މިއުޅެނީ ކަލޭ ނައިސްގެން ފަހޫއަށް ލޭވެސް އެލިއްޖެ. އެކަމް ކައޭ ނެތީމަ ކިހިނެއް މީނަ ފޮނުވާނީ؟ އެހެން އުޅެނިކޮށް މިމީހުންނަށް ޝައްކުވެސް ވެދާނެ. ކަލޭ ލާރި ބޭނުމިއްޔާ އަވަހަށް އާދެ. ” ހަރުކަށިކަމާއިއެކު ކިޔާން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ. އީލާމްވެސް “މިދަނިއްޔޭ” ބުނެ ފޯނު ކަނޑައިލިއެވެ. ” ޑޮކްޓަރ.. އަމް ސޮރީ ބަޓް ކިޔާން.. ” ޑޮކްޓަރާއި ދިމާލަށް ބަލައިލަމުން އީލާމް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ. ” އައި ކޭން އަންޑަރސްޓޭންޑް. އެކަމް މި ފުޅި ހިފާގެން ދައްޗޭ. އޭރުން އެކޮޅަށް ގޮއްސަ ބޮއިލެވޭނެއްނު. ” ޑޮކްޓަރ މިހެން ބުނުމާއިއެކު އަތުން ހަނާ އަޅައިލަމުން އީލާމް ނިކުމެގެން ގޮއްސިއެވެ.

****

” އީނޫ. ކޮބާ ބޭބީއަށް ގޮތެއް ވީތަ؟ ފަހޫއަށް ގެއްލުމެއް ލިބުނުތަ؟” ބޭރުގައި މަޑު ކޮށްގެން ހުރި އީނާޝް ކައިރީގައި މަޑުކޮށްލަމުން ނަޝީދު އަހައިލިއެވެ. އެވަގުތު އެދިމާލުން ހުރަސްކުރަން ދިޔަ ނަޝާޔާއަށް މަޑުޖެހިލެވުނީ ބޭބީ އޭ ބުނީމައެވެ. ނަމަވެސް އީނާޝްމެންނަކަށް ނަޝާޔާއެއް ނުފެނެއެވެ. ” ނޫން. ނުވޭ. އިންޝާﷲ ދެމީހުންވެސް ތިބީ ސަލާމަތުން. ފަހޫގެ ބޭބީވެސް. ހާލަތު މާ ގޯސް ނުވަނީސް ލޭ ލިބުނީ. އަސްލުވެސް ފަހޫއަށް ލޭ ދިން ކުއްޖާ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނާގެ އިހްސާންތެރިކަން ދޮންބެ ހަނދާން ނައްތާނުލާތި. އޭނަ އެސަލާމަތް ކޮށްދިނީ ދެ ފުރާނަ.” އީނާޝް ބުންޏެވެ. ނަޝީދުވެސް ބޯ ޖަހައިލަމުން އެތަނުން ދިޔައެވެ.  ނަޝާޔާއަކަށް ހިސާބަކަށް ވާނުވާ ފަހުމްވިއެވެ. އަދި އޭނާ އީނާޝްގެ ކުރިމަތީ ހުއްޓެލިއެވެ. އެވަގުތު އީނާޝް ދިޔައީ ސިހިގެންނެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ އެއްޗެއް އެނގުނީ ހެއްޔެވެ؟

” އީނޫ. އައި ނޯ ސަމް ތިންގ އިޒް ފިޝީ. ބުނޭ. ބައްޕަޔާ ދެމީހުން ކޯއްޗެއް ތިފޮރުވަނީ؟ ” އިސްޖަހައިލި އީނާޝްގެ މޫނަށް ތޫނު ނަޒަރަކުން ބަލަމުން ނަޝާޔާ އަހައިލިއެވެ. ” ދޮންތަ.. އެއީއި.. ފަހޫއަށް ލޭ އައަޅަޅާ ވާހަކަ..” ދޫ އޮޅެމުން އީނާޝްއަށް ހެދުނީ ދޮގެކެވެ. ” ދޮގު ނަހަދާ ބުނޭ. އަހަރެން ހުރިހާ އެއްޗެއްވެސް އަޑު އެހިން.. އަހަރެން ބޭނުމީ ހަމަ އެންމެ ސުވާލެއްގެ ޖަވާބު. ފަހޫ ޕްރެގްތަ؟ ނޫނީ ނޫންތަ؟ ” ނަޒަރު އިތުރަށް ތޫނު ކޮށްލަމުން ނަޝާޔާ އަނެއްކާވެސް އަހާލިއެވެ. އީނާޝް އިސްޖަހައިލައިގެން ހުރެ ބޯ ޖަހައިލީ އާނއެކޭ ބުނަމުންނެވެ. ” ވަޓް؟ ބަޓް ހައު؟ އެހެންވެ ދޯ މީގެ 3 މަސް ކުރިން ފަހޫ ވަރަށް ގަދަޔަށް ހޮޑުލީ. އެހެންވެގެންދޯ ފަހޫގެ ބަނޑު މިހާރު އެހައި ބޮޑީ.  އެކަމް އީނޫ ބުނީމެއްނު ސަރުބީއޭ. ކީއްވެ ދޮގު ހެދީ؟ ފަހޫގެ ބަނޑަކީ ލައިއަށް ބަނޑު ބޮޑުވިއިރުވެސް މާބޮޑު ބަނޑެއް ނޫން ވިއްޔަ. ދެން ކިހިނެއް އަހަރެމެންނަށްވެސް އިނގޭނީ؟  ހަމަ ގައިމުވެސް ޕްރެގް ވީކަން ފަހޫއަށް އެނގޭނެ ދޯ. ދެން ކީއްކުރަން ސިއްރު ކުރަން ތިއުޅެނީ.” ސުވާލު އުފެދިފައި ހުރެ ސުވާލު ފަތިވަރެއް ނަޝާޔާ އަމުނާލިއެވެ.

” ނޫން. ފަހޫއަކަށް ފާހަގައެއް ނުވޭ. އޭނާއަށްވެސް ވިސްނާލައިފިނަމަ އެނގޭނެ. އެކަމް އެއަށްވުރެ އޭނާގެ ސިކުނޑި ސަކަރާތް. އޭނާއަށް ވިސްނެނީ ހަމައެކަނި ލާމިއު އާއިމެދު. އަހަރެމެން އޭނަޔާ ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނާ މާ ބޮޑު ކޮންސަންޓްރޭޝަން އެއް ނުދޭ. އޭނާ އަބަދުވެސް އުޅެނީ އަމިއްލަ ދުނިޔެއެއްގަ. ހަމައެކަނި އޭނަޔާ ލާމިއު އާ ލައިޝަމް ދިރިއުޅޭ ދުނިޔެއެއްގަ. ދެން އެހެން އުޅެނިކޮށް އަހަންނަށް ޝައްކުވީ. އަހަރެން ޓެސްޓް ކުރީ. އެތައް ފަހަރަކު ޓެސްޓް ކުރީމަވެސް ނަތީޖާއަކީ ޕޮޒިޓިވް. އަހަރެން އެދުވަހު ފަހިއްތަ ކައިރީ ބުނަން އުޅެނިކޮށް ދޮންބެއަށް އެނގުނީ. ދޮންބެ ބުނީ އެކެއް ކައިރީވެސް ނުބުނާށޭ ފަހޫގެ ކައިވެނި ނުކުރެވެނީސް. އެކަމް އަހަންނަށްވެސް އެނގޭ ސިއްރު ކުރީމަ މާ ގޯސް ވާނެކަން. ފަހޫގެ ހިތަށް ކުރާނެ އަސަރްވެސް އަހަންނަށް އެނގޭ. ” އިސްޖަހައިލައިގެން ހުރެ އީނާޝް ހުރިހާ ވާހަކައެއް ކިޔައިދިނީ ކުއްވެރިޔެއް ފަދައިންނެވެ.

” ނޫން. އީނޫ ތިކަންތައް ކުރީ އެންމެ ރަނގަޅަށް. ބައްޕަވެސް ބުނީ ދޮގެއް ނޫނެއްނު. ލާމިއުއަކީ ވަރަށް ގޯސް މީހެއް. އޭނަޔަށް ވުރެ މާރަނގަޅު ވާނެ ތަނަކުން ފެންނަ ކޮންމެ މީހަކާ ކައިވެނި ކުރުވިޔަސް. އަހަރެން ނޫން އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ މިވާހަކަ. އަހަރެންވެސް އެއްވެސް މީހެއް ކައިރީ ނުބުނާނަން. ” މިހެން ބުނެލަމުން ނަޝާޔާ ދިޔައެވެ. ނަޝާޔާގެ ވިސްނުން ހުރީ އީނާޝްއާއި ވަރަށް ތަފާތު ކޮށްށެވެ. ކޮންމެ ކަމެއް ކިތަންމެ ގޮތަކަށް ވިޔަސް ލާމިއުއަކީ ގޯސް މީހެއް ނޫންކަން އީނާޝްއަށް އެނގެއެވެ. އޭނާ ލާމިއުއާއި މެދު ދެކެނީ ފަހުމާއަށް ވުރެވެސް މާ ގާތްކޮށްށެވެ. މީގެ 8 އަހަރު ކުރިން ފަހުމާޔަށް ނުކިޔައިދޭ ވާހަކަތަ އްވެސް ލާމިއު އަށް  ކިޔައިދިނީވެސް އެހެންވެގެންނެވެ. ލާމިއު މިހުރިހާ ކަމެއް ކުރުމުގައި ކޮންމެސް ސިއްރެއް ވާނެކަން އީނާޝްއަށް އެނގެއެވެ. އަދި ހަމަ އެހެންމެ އެސިއްރު ހޯދަން އީނާޝްގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

” ކޮން ނަމެއްތަ ކިޔަނީ؟ ” ލާމިއުއާއި ކައިރިވެލަމުން ނަޝީދު އަހައިލިއެވެ. ” ޝްޝްޝަޝާން.” ލާމިއުއަށް ވުރެ ކުރިން އަވަސް އަވަހަށް ދޫ އޮޅެމުން ކިޔާން ޖަވާބު ދިނެވެ. އީނާޝްއަށް އެހެން ކަހަލަ އިހްސާސެއް ކުރެވުނެވެ. ” ސަމް ތިންގ އިޒް ފިޝީ ވިތް ކިޔާން އެން ދެޓް ނިއު ގާއި” ކޮންމެސް ކަމެއް ވަނީ ރަނގަޅަކަށް ނޫނޭ އޭނާގެ ހިތް ބުންޏެވެ. ” އެހެންތަ؟ ކޮން ރަށެއް؟ ވަޒީފާއެއްގަތަ އުޅެނީ؟ ” ނަޝީދު އަހައިލިއެވެ. ” މިތާ ކައިރީ ރަށެއް. ވަޒީފާއެއްގަ އެއްނޫން މީނަ އުޅެނީކީ. މީ އަސްލު އަޅުގަނޑުގެ އެކުވެރިއެއް. ލޭ ހަދިޔާ ކުރަން އަންނާށޭ ބުނީމަ އެއައީ. ” ލާމިއު އަނގަ ހުޅުވައިލިޔަވެސް ނުދީ ކިޔާން ވާހަކަ ދައްކަމުން ދިޔައެވެ. ” އަސްލު ޝާން އަހަރެމެންނަށް ތިކޮއްދިނީ ވަރަށް ވެސް ބޮޑު ކަމެއް. އަހަންނަކަށް ނޭނގެ ޝުކުރުވެރިވާނެ ގޮތެއްވެސް. ތިބުނީ ވިއްޔަ ވަޒީފާއަކަށްވެސް ދާ ކުއްޖެއް ނޫނޭ. އެހެންމަ ކިހިނެއް ވާނީ އަންނަ ހުކުރު ދުވަހުގެ ރޭ ކުޑަ ކެއުމަކަށް އަހަރެމެންގެ ގެޔަށް ޖައްސާލަން.”

” ހަމަ ބަރާބަރު ވާނެ.” މިފަހަރު ކިޔާން އެއްޗެކޭ ބުނުމުގެ ކުރިން ލާމިއު ޖަވާބު ދިނެވެ. ފުރުސަތުގެ ބޭނުން އޭނާވެސް ހިފައިލީއެވެ. ” މައްސަލައެއް ނޯންނާނެ ބޭބެ. އަހަރެން އޭނަ ގޮވައިގެން ދަނިއްޔޭ. ” މިހެން ބުނަމުން ކިޔާން ނިކުތީ އީލާމްގެ މެސެޖެއް އޭނާއަށް އައީމައެވެ.

” ހަމަ ހުވާ ކަލޭ މަރާ ލެވުނަސް މަށަށް ނޭނގޭނެ. ހާދަހާއޭ ދޯ ހުށިޔާރީ. ހިތަށް އަރާ… ” ބޭރަށް ނިކުމެފައި ދަތްކުޑި ވިކާލައިގެން ހުރެ ކިޔާން ބުންޏެވެ. އޭރު އޭނާގެ ކަންފަތުން ދުން ނުނިކުންނަނީވެސް ކިރިޔާއެވެ. ލާމިއު އެކައްޗެކޭވެސް ނުބުނެއެވެ. މިވަގުތު ކިޔާންއާއި ޖެއްސުން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިޔާލުގައި ފަހުމާ ވެއެވެ. 6 މަސްފަހުން  މިއަދު އޭނާޔަށް ފަހުމާ ފެނުމުން އާދަޔާ ހިލާފް ގޮތެއް ވަނީއެވެ. ފަހުމާގެ ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުންނެވެ. އަދި އެއްވެސް އަސަރެއް ނުވާ އެމޫނު ފެނުމުންނެވެ.

***

ފަހުމާ ހޭއެރިއިރު އިރު އޮއްސިއްޖެއެވެ. އީނާޝް ގެޔަށް ގޮސް މަޣްރިބް ނަމާދު ކޮށްލައިގެން އައިސް ދެން ތިބި މީހުން ގާތު ނަމާދަށް ދާށޭ ބުންޏެވެ. އޭރު ފަހުމާ އޮތީ ހޭއަރާފައި އިރުކޮޅެއް ފަހުން ނިދިފައެވެ. އެހެންއޮވެލާފައި  ހިނިތުން ވެލައެވެ. ތުންގަނޑު ދަމާލައެވެ. އަދި އަނެއްބައި ފަހަރު ހޭން ފަށައެވެ. އެންމެ ފަހަރަކުވެސް ރޮއެ ނުގަނެއެވެ. ހީވަނީ ހަމައެކަނި އުފާވެރިކަންވާ އާލަމަކަށް ދަތުރު ކުރެވިގެން އުޅޭ ހެންނެވެ. އެއީ އޭނާގެ މިހާރުގެ އާދައެވެ. ނިދާފައި އޮވެއްޖިއްޔާ މުޅި މޫނުގައި ވެރިކަން ކުރާނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. ނަމަވެސް ހަމަ ހޭލާއިރަށް އެމޫނު މިލައި މޯޅިވެއެވެ. ފަހުމާގެ މޫނަށް އަރާ ފައިބާ ކުލަތަށް ދިރާސާ ކުރަން އީނާޝްއަށް ހުރެވުނީ ދެރަވެފައެވެ. އަމިއްލަ އެކުވެރިޔާ އުޅޭ ހާލް އޭނާޔަށް އިހްސާސް ކުރެވެއެވެ. ނަމަވެސް އޭނާ ދެރަވަނީ ފަހުމާގެ އުފާވެރިކަން އަލުން ހޯދައި ދިނުމަށްޓަކައި އޭނާއަށް އެއްކަމެއްވެސް ނުކުރެވޭތީއެވެ.

” އީނޫ. ދެން ދޭބަލަ ގެޔަށް ގޮސް ކައިލާ ހަދައިލައިގެން އަންނަން. ” އީނާޝްއަށް ފުރަގަހަށް އެނބުރެވުނީ އޭނާގެ މަންމަގެ އަޑަށްށެވެ. އޭރު ދެން ތިބި މީހުންވެސް އާދެއެވެ. ” މަންމަވެސް ދައްކާ ވާހަކަ. އަހަރެންނަށް ފަހޫ ދޫކޮށްފަ ދެވޭނެތަ؟ ” ކޮންމެ މީހެއްގެ މޫނަށް ވަކި ވަކިން ބަލައިލަމުން އީނާޝް ބުންޏެވެ. ” ދެން ކީއްވެތަ ނުދެވެންވީ؟ އަހަރެމެން އެންމެން މިއައީނު؟” ފަހީމާ ބުންޏެވެ. ” އެކަމް ދައްތަމެންނަކަށް ނޭނގޭނެއްނު ފަހޫއަށް ކުއްލިއަކަށް ގޮތެއް ވިޔަސް ރަނގަޅު ކުރާކަށް. އެހެންވެ އަހަރެން ވަރަށް ބިރުގަނޭ ދާން. މިރޭވެސް މިހާރު ނަމާދު ކުރަންވެސް ގޮއްސީމެއްނު.” ތުންގަނޑު ދަމާލައި އަމީނާގެ ކޮނޑުގައި ބޯ އަޅާލަމުން އީނާޝް ބުންޏެވެ. ” ފަހޫއާ ހެދި ދޯ އީނޫއަށް ކައިވެންޏެއްވެސް ނުކުރެވިގެން ތިއުޅެނީ. ” ނުތަނަވަސްކަމާއިއެކު ނަޝިދު ބުންޏެވެ. ” ނޫނޭ ދޮންބޭ. އަހަރެންނަށް ކައިވެންޏަށް ވުރެ ފަހޫ މުހިއްމޭ. ” އީނާޝްވެސް ލުއި ހިނިތުންވުމަކާއިއެކު ބުންޏެވެ. ” ހުމްމް ދެން އޯކޭޔޭ. އެހެންނޫނަސް މިހާރު ކައިވެނީގެ ލިސްޓަށް އެކަކު އިތުރުވެއްޖެ. ފަހޫއަށްވެސް މިހާރު ކުއްޖެއް ހޯދައިފިން. އެހެންމަ ތިން ކުދިން ކައިވެނި ވަރަށް އަވަހަށް ބާއްވަން އަހަރެމެން މިވިސްނަނީ. ދޯ މިފްޒަލް. ” މިފްޒަލްއާއި ދިމާލަށް ދޯ އެއް ދެމުން ނަޝީދު ބުންޏެވެ. އީނާޝްގެ މޫނު އެކީގައި މޯޅިވިއެވެ. ސާއިމްއާއި ކައިވެނި ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

” ބަލާބަލަ. މިފިރިހެން ވެރިން ސިއްރު ސިއްރުން ކޮށްލާ ކަންތައް. އަހަރެންމީ ފަހޫގެ މަންމަ. އެކަމް ފަހޫއާ ކައިވެނި ކުރަން ހަމަޖެހުނު މީހާވެސް އަހަންނަށް ނޭނގޭ. ދެން ބުނެބަލަ. އެއީ ކާކުތަ؟ ” ކުޑަކޮށް މަޖާވެލަމުން ފަހީމާ ބުންޏެވެ. ” ނޫން. އަދި މިހާ އަވަހަކަށް ނުބުނެވޭނެ. އަދި އެފިރިހެން ކުއްޖާ އޯކޭ އެއްވެސް ނުވޭވިއްޔަ.” ނަޝީދު މިހެން ބުނަމުން ގޮސް ފަހުމާގެ ކައިރީގައި އިށީނދެލިއެވެ.

****

ކިޔާންދިޔަ ގޮތަށްގޮސް އަނެއްކާވެސް ލާމިއު އެއްކަލަ ގޭގެ ގޮނޑީގައި އައްސައިލިއެވެ. އިރުކޮޅެއްގެ ތެރޭގައި އީލާމްވެސް އައިއްސިއެވެ. އީލާމް އައުމުން ކިޔާން ގޮއްސިއެވެ. އޭރުވެސް އީލާމްގެ ލޯ ކައިރި ކޮންމެސް ވަރަކަށް ރަތްވެފައިވެއެވެ. ލާމިއުއަށް އެކަން ފާހަގަ ވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެވުނީ އަނގަމަތީގައި އަޅާފައިވާ އެއްޗެއްގެ ސަބަބުންނެވެ. އީލާމް ގޮސް ލާމިއުއާއި މާދުރުގައި ފުފޫ ކަނދި ފުޅި ހިފައިގެން އިށީނެވެ. އޭނާ ހުރީ އެފުޅި ބޯލަން ކެތްމަދު ވެފައެވެ. އޭރުވެސް ފުފޫ ކަނދި ފުޅިއަށް ބަލަހައްޓައިގެން ލާމިއު ހުއްޓެވެ. އީލާމްއަށް ކުއްލިއަކަށް އައީ ހަނދާނެކެވެ. މަންމަ އަބަދުވެސް ބުނާ އެއްޗެކެވެ. ” ދަރިފުޅާ. ދަރިފުޅު ފުފޫ ކަނދި ބޯއިރު އިތުރު މީހެއް ހުރެއްޖިއްޔާ އެތިކޮޅެއް ދެއްޗޭ. އޭރުން އެމީހަކަށްވެސް ފުފޫ ކަނދީގެ މީރުކަން އެނގޭނެ. ” މަންމަގެ ހަނދާންތައް އާވުމުން އީލާމްއަށް ބަލައިލެވުނީ ލާމިއުއާއި ދިމާލަށްށެވެ. އަދި ދޭނީ ތޯ ނޫނީ ނުދޭނީތޯ ހިތަށް އެރިއެވެ.

” ބޭނުންތަ؟ ” ފުފޫ ކަނދި ފުޅި ދިއްކޮށްލަމުން އީލާމް އަހައިލީ ލާމިއު ގާތުއެވެ. ލާމިއު ބޯޖަހައިލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. އީލާމް ބޭރަށް ގޮސް ތައްޓެއް ހިފައިގެން އައެވެ. އަދި ފުފޫ ކަނދި ކޮޅެއް އަޅައި ލާމިއުގެ އަނގައިގާ ވާ ފޮތި ކޮޅު މޮހެދީ އަތްވެސް މޮހެދިނެވެ. ނަމަވެސް ބަނޑުގައި އައްސާފައިވާ ފޮތިކޮޅެއް ނުނައްޓައިދެއެވެ.

ލާމިއުއަށް ފުފޫ ކަނދި ލިބުމުން އެއް ތުނބަށް ދަމައިލިއެވެ. ” އިނގޭތަ؟ އަހަރެންގެ މަންމަ އަބަދުވެސް ބުނާނެ. ފުފޫ ކަނދި ބޯއިރު އިތުރު މީހަކު ހުރެއްޖިއްޔާ ޝެއަރ ކުރައްޗޭ. ” އީލާމްއަށް މިހެން ބުނެވުނީ ބޭއިހްތިޔާރުގައެވެ. ލާމިއުއަށްވެސް ފާޑެއްގެ ގޮތެއް ވާން ފެށިއެވެ. ކުއްލިއަކަށް އީލާމްގެ އެބަސްތައް ތަކުރާރު ވާން ފެށިއެވެ.

” އިނގޭތަ؟ އަހަރެންގެ މަންމަ އަބަދުވެސް ބުނާނެ. ފުފޫ ކަނދި ބޯއިރު އިތުރު މީހަކު ހުރެއްޖިއްޔާ ޝެއަރ ކުރައްޗޭ. ”

” އިނގޭތަ؟ އަހަރެންގެ މަންމަ އަބަދުވެސް ބުނާނެ. ފުފޫ ކަނދި ބޯއިރު އިތުރު މީހަކު ހުރެއްޖިއްޔާ ޝެއަރ ކުރައްޗޭ. ”

” އިނގޭތަ؟ އަހަރެންގެ މަންމަ އަބަދުވެސް ބުނާނެ. ފުފޫ ކަނދި ބޯއިރު އިތުރު މީހަކު ހުރެއްޖިއްޔާ ޝެއަރ ކުރައްޗޭ. ”

މާޒީގައި ކޮންމެސް އިރެއްގައި އެބަސްތައް އަޑު އިވުނުހެން ހީވާން ފެށިއެވެ. އަދި އެހާމެ ބޮލަށް ތަދުވާން ފެށިއެވެ. ނަމަވެސް އޭނާ ފުން ނޭވައެއްލައި އެވާހަކަ ހިންދައިލީ އީލާމް ބުނާ އެއްވެސް ބަހަކާއިމެދު ވިސްނަން ބޭނުން ނުވާތީއެވެ. ” ކަލޭ ކޮން އިރަކު މަށަށް ރަހުމް ކުރަން ފެށީ؟ ކޮން އިރަކު ކަލޭ މަށަށް ޝެއަރ ކުރަން ފެށީ؟ ” ލާމިއު އަހައިލިއެވެ. އީލާމްއަށް ކުއްލިއަކަށް އޭނާގެ މަގްސަދު ހަނދާންވިއެވެ. ” ބުނަން. އަހަރެން ކަލޭއަށް ރަހުމެއް ނުކުރަން.މިއަދު މީ ކަލޭއަށް ކާން ނުދޭތާ 3 ވަނަ ދުވަސް. ކޮންމެ 3 ދުވަހަކުން އެއްދުވަހު އަހަރެން ކަލޭއަށް ކާން ދެމެއްނު. ” ކިޔޭ ނުކިޔޭ އެއްޗެއް ނޭނގި ހުރެ އީލާމް ބުންޏެވެ. ” އެކަމް ކަލޭ އިއްޔަވެސް މަށަށް ކާން ދިނީމެއްނު. ” ލާމިއު ދުލެއް ނުކުރިއެވެ. އީލާމް ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ. އަދި ވަގުތުން ލާމިއުގެ އަތާއި އަނގަ ބަންދު ކޮށްލިއެވެ.

****

ވައި ބާރު ރެއެއް ކަމުން އީނާޝް ހުރީ މިނިވަން ވައި ކޮޅެއް ލިބޭތޯއެވެ. މިހާރަކަށް އައިސް ވިސްނަން ޖެހޭ ކަންތައް ގިނަކަމުން އޭނާގެ ބޮލަށް ހުންނަނީ ބަރުވެފައެވެ. އެހެންކަމުން ހިތްހަމަ ޖައްސައިލެވެނީ މިފަދަ މަދު ރެއަކުއެވެ.

” އައި ލަވް ޔޫ.” ދޮރު ކައިރީ ހުރި އީނާޝްއަށް ކުއްލިއަކަށް އަޑު އިވުނެވެ. އެއީ އަންހެނެއްގެ އަޑެކެވެ. އީނާޝް މަޑުމަޑުން ހޮސްޕިޓަލްގެ ގޮތިތެރެއަށް ނިކުމެލިއެވެ. އެއީ ކާގެ އަޑެއް ތޯ ބަލައިލުމަށްޓަކައެވެ. އޭރުގައި ނުބައި ގޮތަކަށް އެހިތް ތެޅެއެެވެ. އީނާޝްގެ ފިޔަވަޅު ހުއްޓުނީ މަރުކަޒުގައި ހައްދާފައިވާ މާގަހެއްގެ ދޮށުގައި އޮޅުލައިގަނެގެން ތިބި ދެމީހުން ފެނުމުންނެވެ. މިހުރިތާގައި ހުއްޓާ މަރުވިޔަސް މިޔަށްވުރެ ރަނގަޅު ވާނޭ އީނާޝްގެ ހިތަށް އެރިއެވެ. އެގަސްދޮށުގައި އެތިބީ ނަޝާޔާއާއި އުނޫޝް އެވެެ. އަނދިރިކަމުން އުނޫޝްގެ މޫނުގަިއވާ ނުތަނަވަސްކަން ނާޝްއަކަށް ނުފެނުނެވެ. އަދި އެހިތް އެކީގައި ފުނޑު ފުނޑު ވިއެވެ. ވަގުތުން ފަހަތަށް ފިޔަވަޅު އެޅުނީ ހިތުގައި ރިއްސާލީމައެވެ. އެވަގުތު ފިޔަވަޅު ހުއްޓުނީ މީހަކު ކޮނޑުގައި އަތް އަޅާ ލުމުންނެވެ.

އީނާޝް ފަހަތަށް ބަލައިލި އިރު ސާއިމްއެވެ. އޭރު އީނާޝްގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ސާއިމްއަށް ފެނިއްޖެއެެވެ. ” އީނޫ. ކިތައް ދުވަސް ވަންދެން ތިގޮތަށް އެދެމީހުން އުޅޭނެހާ ގޮތެއް އުޅޭ އިރުވެސް ބަލަހައްޓައިގެން ހުންނާނީ؟” ސާއިމް އަހައިލިއެވެ. ” އީނާޝް ހަމައެކަނި އިސްޖަހައިލައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ” އީނޫ. އަހަރެން ބުނީމެއްނު އަހަރެން އީނޫއަށް އީނޫގެ ލޯބި ހޯދައިދޭނަމޭ. އެކަމް އެކަން ކާމިޔާބު ވާނީ އީނޫގެ ވެސް ހިތްވަރުން. ގޮސް އުނޫޝް ކައިރީ ބުނޭ ލޯބި ވާވަރު. މީގެ 8 އަހަރު ކުރިން ވަކިވި ސަބަބުވެސް ބުނޭ. އެވަރު ވާނެތަ؟ ” ސާއިމް އަހައިލިއެވެ. އީނާޝް ބޯޖަހައިލަމުން އާނއެކޭ ބުނީ އުނޫޝް ދެކެ ވާ ލޯއްބެއްގެ ސަބަބުންނެވެ. އެލޯއްބަށް ފެން ބޮަވައިގެންފައި ވާލެއް ބޮޑު ކަމުންނެވެ. ނަމަވެސް ސާއިމްގެ ހިތުގައި ދެސުވާލެއް އުފެދުނެވެ. ނާޝްއަށް އުނޫޝް ކައިރީ ހުރިހާ ވާހަކައެއް ބުނަން ކެރޭނެ ހެއްޔެވެ؟ އަދި އުނޫޝްވެސް ގަބޫލް ކުރާނެ ހެއްޔެވެ؟

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaa

Other Articles

Previous

ވާނޭހެ ދުނިޔޭގާ (6)

Next

އިންސާފް .. 20 ވަނަ ބައި

Next
May 30, 2016

އިންސާފް .. 20 ވަނަ ބައި

Previews
May 30, 2016

ވާނޭހެ ދުނިޔޭގާ (6)

90 Comments

  1. Ushaa says:
    May 30, 2016 at 12:37 pm

    Ushaa heekury mi stryga innany 15 prts kamah. Bt its nw 15 nd still not finished Dw…. Btw hope u will lyk this prt too….

  2. Maree says:
    May 30, 2016 at 12:50 pm

    Vvvv reethi..keep it up…thanks..avahah up koh dheythi..

    1. Ushaa says:
      May 30, 2016 at 12:51 pm

      Thnkxxx Maree…

  3. SoMeOnE says:
    May 30, 2016 at 12:55 pm

    Kithah part innany

    1. Ushaa says:
      May 30, 2016 at 12:56 pm

      Neingey adhi liye nunimey…

  4. SoMeOnE says:
    May 30, 2016 at 12:55 pm

    Vrh reethi ?

    1. Ushaa says:
      May 30, 2016 at 12:57 pm

      Thnkxx….

  5. aff says:
    May 30, 2016 at 1:01 pm

    reethi .. keep going ..all the bxxt☺

    1. Ushaa says:
      May 30, 2016 at 1:02 pm

      Thank you aff….

  6. mary says:
    May 30, 2016 at 1:07 pm

    vvvv salhi

    1. Ushaa says:
      May 30, 2016 at 1:07 pm

      Thnkxxx mary…

  7. Pinkish says:
    May 30, 2016 at 1:19 pm

    Varah kiyaa hithun kiyaa vaahaka eh mii.. loved it ushaa….

    1. Ushaa says:
      May 30, 2016 at 1:21 pm

      Thankssss Pinkish…. Kyp readin….

  8. Mmse says:
    May 30, 2016 at 1:41 pm

    Varah reethi ☺️☺️☺️☺️☺️i am waiting waiting

    1. Ushaa says:
      May 30, 2016 at 1:42 pm

      Thnk yuh vvvvv much… Kyp waitin….

    2. Mesw says:
      May 30, 2016 at 1:42 pm

      Sorry ushee mee maashy ingey name nubaikoh liyevunee

    3. Ushaa says:
      May 30, 2016 at 1:43 pm

      Oww… Its owkiii… Mashyyyy….

  9. laimaan says:
    May 30, 2016 at 2:00 pm

    V reethi mi part vs dhen kon irakun next part

    1. Ushaa says:
      May 30, 2016 at 2:03 pm

      Thnkx laimaan… Neigeu bunaakah.. Faharegga tmrrwga… othr wise day after tmrrw insha allah….

  10. Same says:
    May 30, 2016 at 2:12 pm

    V reethi mi part next part avahah up kollachchey

    1. Ushaa says:
      May 30, 2016 at 2:15 pm

      Thnkxx same… Insha allah avahah up kuraanan…

  11. Phy says:
    May 30, 2016 at 4:02 pm

    Wow….v salhi…nxt part ah waitting…mihaaru mee ves v kiyaahithun kiyaalevey reethi story eh…

    1. Ushaa says:
      May 30, 2016 at 4:25 pm

      Thank yuhh… Phy… Kyp waitin….

  12. aff says:
    May 30, 2016 at 5:16 pm

    MADDY….☺

    1. Ushaa says:
      May 30, 2016 at 5:51 pm

      aff.. Koba thr maddy??? I 2 miss maddy….

  13. Admin says:
    May 30, 2016 at 5:29 pm

    Usha, I need to contact you regarding something.. can u call or msg me on 7997991. thanks -admin-

    1. Ushaa says:
      May 30, 2016 at 5:50 pm

      Ok.. I will call…

  14. aff says:
    May 30, 2016 at 6:06 pm

    maddy e ee esfiya frndekey ushaaa… maddy kobathw maddy ah mi govaaly ..?

    1. Ushaa says:
      May 30, 2016 at 6:11 pm

      Yes aff.. I knw her cox maddy cmmnt kurey mi stwrii ah… Bt one reader told her 2 not read luv stwriis since she is 14… Right? Nd neigey…. Ushaavx maddy hoadhaa thaa ethah dhuvaheh vejje… Really miss her cmmntx…

  15. aff says:
    May 30, 2016 at 6:19 pm

    maddy is Girl ey ushee…aslu dhw.. 14veema….

    1. Ushaa says:
      May 30, 2016 at 6:21 pm

      Hehehe… Ushayah neiguny… Maddy jahaafa innathy hyvany boy eh hen… Sorry….

  16. aff says:
    May 30, 2016 at 6:26 pm

    aff vex furathama hykury boy eh kamah.. maddy kiaathy.. fahun ehaalyma buni girl eyy.. ushee thi gothah readers coments ah rrpli kuraathy varah happy ☺☺☺.. Ushee thee hama bxxt.. Ushee kiyas ok dhw..☺

    1. Ushaa says:
      May 30, 2016 at 6:29 pm

      Thnkxx… Actually I likes chating nd replying bt Ushaa fb ah than thanah nuvannathyve chateh nukurevey… So readersge cmmntx thakah reply kurevejjiyya Ushee vrh ufaavey… Ya… hama ok Ushee kiyas…. hehehe.. Btw vey i like that name from u guys…

  17. aff says:
    May 30, 2016 at 6:37 pm

    thankx to u 2 also… ushee nuvvantha fb akah n me 2 .. ☺

    1. Ushaa says:
      May 30, 2016 at 6:38 pm

      Yes… Adhi nuvannan… I dnt lyk fb…

  18. aff says:
    May 30, 2016 at 6:42 pm

    i also dnt like..☺

    1. Ushaa says:
      May 30, 2016 at 6:45 pm

      Oww… Ur so swyt… Vrh salam 2 u… C ya…

  19. aff says:
    May 30, 2016 at 6:57 pm

    ok…. Varah Salaan.. C yah☺

  20. Shara says:
    May 30, 2016 at 7:31 pm

    Hahaa aff maddy also miss yu its maddy ge sister ????

    1. Ushaa says:
      May 30, 2016 at 7:49 pm

      Nyc 2 myt yuh maddys sis… Aff will b so happy now…. Thnk yuh…

  21. Shara says:
    May 30, 2016 at 7:39 pm

    Maddy might be back she is now 15 ingey ????

    1. Ushaa says:
      May 30, 2016 at 7:51 pm

      Aharakah fahu ahareh maddyvx bodu vaane insha allah… Wanna c her soon…

  22. Shara says:
    May 30, 2016 at 7:52 pm

    Aan ushaa Mesw akee ves cousin eh ☺️☺️☺️And how old are yu

    1. Ushaa says:
      May 30, 2016 at 7:59 pm

      Oww… So ur a cousin of maashy 2… Its great… Ur so lucky 2 b relative of Maddy nd Maashy…

  23. aff says:
    May 30, 2016 at 7:57 pm

    happy to c yuh maddys sis..where is maddy.. tell my regards…. ☺☺.. maddy vex dhen boduvaanethaa dhw ☺☺

  24. Maddy says:
    May 30, 2016 at 8:04 pm

    Mehiree maddy ????

    1. Ushaa says:
      May 30, 2016 at 8:08 pm

      So ur back… Welcome back… Kobaa thr aff??? Miyoh aihyey hoadhan ulhunu maddy…

  25. SoMeOnE says:
    May 30, 2016 at 8:14 pm

    guess kohlaafa bunebila kitheh part innaany ? plx
    this stry is awsm..
    mwah
    luv yuh :p

    1. Ushaa says:
      May 30, 2016 at 8:19 pm

      Guess 20 prtss… Bt not sure ingy… Kureefaharuvx 15ah guess kury.. Ekam nunimunennu… 20ah vure gina vaanehen ushaayah heevany…
      Thnk yu…

    2. SoMeOnE says:
      May 31, 2016 at 10:13 pm

      Awwh

  26. aff says:
    May 30, 2016 at 8:15 pm

    welcome bck maddy… happy to c yuhhh.. ☺☺☺

    1. Maddy says:
      May 30, 2016 at 9:48 pm

      Aff how old are yu ??? same here

  27. aff says:
    May 30, 2016 at 8:16 pm

    idol ge fahun adhi maddy mi dhimaviee…. ☺

    1. Ushaa says:
      May 30, 2016 at 8:52 pm

      Congra aff….

    2. aff says:
      May 30, 2016 at 8:56 pm

      Y congra Me Usheee.. ?

    3. Maddy says:
      May 30, 2016 at 9:44 pm

      Shalabee ekaneh nunehnu like mivanee aharun swaragini also dhww ????

  28. aff says:
    May 30, 2016 at 9:51 pm

    yahh.. maddy

    1. Maddy says:
      May 30, 2016 at 10:11 pm

      Hahaaa
      Missed yu

  29. aff says:
    May 30, 2016 at 10:14 pm

    am 21yrs.. ☺

    1. Maddy says:
      May 30, 2016 at 10:19 pm

      Alhugandu maa kuda eey dhww

  30. aff says:
    May 30, 2016 at 10:24 pm

    aslu ey maddy.. thee adhi kuda kuhjekey.. thi age ga love stories kiyun not good ingey.. studies ah concentrate kuranvaany thi age ingey maddy.. ur a good girl..hope u will understand..☺

  31. aff says:
    May 30, 2016 at 10:26 pm

    maddy ulheny kn grade ga tha ?.. which island ? male’ tha..

  32. Maddy says:
    May 30, 2016 at 10:35 pm

    Aff govaathee mi aee vesss and male maley ga ulheynee i am in gr 9 now

  33. Maddy says:
    May 30, 2016 at 10:37 pm

    Yeah i know aff goveema mi aee and mal’e ekamu malay ga ulheynee gr 9 ga

  34. aff says:
    May 30, 2016 at 10:39 pm

    oh… Rangalha Study Kurahchey inge maddy .. long time veema maddy ah goveynu ?Ur Like my lil Sis.. ?

  35. Maddy says:
    May 30, 2016 at 10:41 pm

    Yu have one thaa????

  36. aff says:
    May 30, 2016 at 10:43 pm

    Nop…

  37. Maddy says:
    May 30, 2016 at 10:44 pm

    Yur like my big sister????

  38. aff says:
    May 30, 2016 at 10:45 pm

    i didnt have any lil sis.. Maddy thihurynu.. aff ge lil Sis ah..☺☺

  39. aff says:
    May 30, 2016 at 10:46 pm

    Awnn.. Thnkx maddy..☺

  40. Maddy says:
    May 30, 2016 at 10:47 pm

    Me too i dont have a sibling ☺️☺️☺️ Aff kon raseh tha ???

  41. Maddy says:
    May 30, 2016 at 10:48 pm

    Aff ge real name akee koba ???

  42. aff says:
    May 30, 2016 at 10:49 pm

    OH thankx Maddy.. Sorry Maddy I cant tell.. Mihaa open koh kihineh bunaany …hope u’ll Understand.. I am not from Male ‘☺

  43. Maddy says:
    May 30, 2016 at 10:50 pm

    Aan dhw

  44. aff says:
    May 30, 2016 at 10:50 pm

    Shara is ur Sister na.. n mesw too☺

  45. Maddy says:
    May 30, 2016 at 10:52 pm

    Noop cousins mesw akee mashy ingey

  46. aff says:
    May 30, 2016 at 10:53 pm

    tnx 4 understandin..My Real name Dhw.. Its A secret.. Aff is My Nick name.. U can call me aff.. Whats ur real name maddy.. Maddy is ur nick name ..☺

  47. aff says:
    May 30, 2016 at 10:53 pm

    shara is real sister dhw….

  48. Maddy says:
    May 30, 2016 at 10:55 pm

    Maldhau Naazil bwt yu can call whatever yu want

  49. Maddy says:
    May 30, 2016 at 10:56 pm

    Nop she is my half sis

  50. aff says:
    May 30, 2016 at 10:57 pm

    Maldhau naazil… Nice name….. Maddy kiyaany… maddy is cool nick name ☺

  51. aff says:
    May 30, 2016 at 10:57 pm

    oh..

  52. Maddy says:
    May 30, 2016 at 10:59 pm

    Aann thankyu yu like babies

    1. Maddy says:
      May 30, 2016 at 11:03 pm

      Actually shaara is expacting ???

  53. aff says:
    May 30, 2016 at 11:01 pm

    Night Night Maddy!!!!!!! c yah☺☺☺

  54. Maddy says:
    May 30, 2016 at 11:02 pm

    Okay night night sleep well

  55. Seenu says:
    May 31, 2016 at 7:18 am

    Thnkxxx ushyyy….adhi mi kiyunyy up kuri fahun ehehe…??……againnn waitinggxxx…vvvvv salhii ushy ge mivaahaka. …willl wait 4 till story ends…….kihinehbaaa vaanyy story nimey iru..???

    1. Ushaa says:
      May 31, 2016 at 11:50 am

      Thnkxx.. Ur most welcome.. Kyp readin ingey..

  56. Ainthu says:
    June 1, 2016 at 12:18 pm

    Mihaaru mi story varah nice ?????

    1. Ushaa says:
      June 2, 2016 at 1:57 pm

      Thnkxx Ainthu.. Kyp readin….

Comments are closed.

All Right Reserved!