ޝިޔާރާގެ އަމިއްލަ އަޑުން ވާހަކަދެއްކިއިރު ހުރިހާ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިހާރު ވާހަކަމިދެކެވޭ މައުލޫގެ ސަބަބުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ދެވިފައެވެ. ޝިޔާރާ އާއި އެއްވަރަށް ސާރާ އަށް ވެސް ރޮވެނީއެވެ. ސާރާގެ ދެކޮނޑުގައި ހިފާ އިބްރާހީމް ގަޔާ ކައިރިކޮށްލިއެވެ. ސާރާ އެބުނި ބަހުގައި ހަގީގަތެއްވާކަން ވަރަށް ފަސޭހައިން އިބްރާހީމްގެ ހިތާއި ސިކުނޑި ގަބޫލުކޮށްފިއެވެ. ޝިޔާރާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން ގިސްލެވެމުން ދިޔަ ސާރާއަށް އެންމެ ބަހެއް ވެސް ނުކިޔުނެވެ. ޝިޔާރާ އަށް […]
ނޯޓް: މިވާހަކައިގެ ކެރެކްޓަރުންގެ ނަން އެއްވައްތަރުވުމުގެ ސަބަބުން މިވާހަކައިގައި އުޅޭ އީނާޝްއަށް ބައެއް ފަހަރު ” ނާޝް” ބޭނުންކުރެވިފައިވާނެއެވެ. ” ވަރަށް ބޮޑަށް ސޮރީ. ” ކުރެހިގެންވާ އަޑަކުން އީނާޝް ބުންޏެވެ. އަދި ކަރުނަތަށް ފޮހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާޔަށް ހަމަޖެހެވޭނެ ހެއްޔެވެ؟ އެއަށްވުރެ އެހިތް އެވަނީ ނިކަމެތިވެފައެވެ. އޭރު ދޮރު ދޮށުގައި ހިތްހަމަ ނުޖެހިފައި ލާމިއު ހުއްޓެވެ. އީނާޝް ފިޔަވައި ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި އިންސާނަކީ ލާމިއުއެވެ. ނަމަވެސް އީނާޝްގެ އެދުމުގެ […]
‘މީ އަޅުގަނޑު ގެ ފުރަތަމަ ވާހަކަ އެވެ. މި ވާހަކަ އަޅުގަނޑު 2 ފަރާތަކަށް ހާއްސަ ކޮއްލާނަމެވެ. ޒަޔާން އާއި ރަފާ އަށެވެ.’ …………………………………❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤……………………………………. އެއީ ހަމަ އޭނާ އެވެ. އެޗާލު ދެލޮލެވެ. އިރުކޮޅަކާ ލޯ މައްޗަށް ވެއްޓޭ ފަން އިސްތަށި ކޮޅުގެ ވެރިޔާ އެވެ. އަހަރެން ފެނުމުން މިފަހަރު ވެސް އޭނާ ގެ ފިޔާތޮށި ތުންފަތުން ހީލިއެވެ. އެއީ ރަފާ އެވެ. އަހަރެން ގެ ލޯބިވާ ކޮއްކޮ އެވެ. އެތައް ދުވަހަކަށް ފަހު ނަމަވެސް އަހަރެން […]
” ޔާން ތެދުވެބަލަ. ސްކޫލަށްދާ ގަޑި ޖެހެނިއްޔޭ. ބަލަ މިހާރު އެޔޮއް 7 ގަޑި ބައިވަނީ.” އެތައް ފަހަރަކު އާޔަންއަށް ގޮވި ނަމަވެސް އާޔަން ތެދުވާގޮތެއް ނުވިއެވެ. އީނާޝްއަށް މޮޅު އައިޑިޔަރެއް ލިބުނެވެ. އަދި ވަގުތުން ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮއްގެން އޮވެ ބުނަމުން ދިޔައެވެ.” ވާއު ބައްޕާ. މިހާ ބޮޑު ޗޮކްލެޓެއް ހޯދީ ކޮންތާކުން. 1 އަހަރު ތެރޭވެސް މިޗޮކްލެޓް ހުސް ނުވާނެ ކަންނޭނގެ. އަޅެ ހާދަ މީރު ވާނެޔޭ.” އާޔަން ދެލޯ ކަވި […]
ހަވީރުގެ ވަގުތެއްގައި މަލައިކާ އިނީ ކޮންޕިއުޓަރ ކައިރީގައި ޓައިޕްކުރަންށެވެ. އޮފީސް ތެރޭގައި އެހާ ގިނަ ބައެއް ނެތެވެ. މަލައިކާ ކުއްލިއަކަށް ސިހުނީ މަލައިކާގެ މެނޭޖަރ އާދިލް ފޯނުން އޭނާގެ 5 މަހުގެ ދަރިފުޅާ ވާހަކަ ދައްކާ އަޑުއިވިގެންނެވެ. އާދިލް އޭނާގެ ދަރިފުޅު ދެކެ ލޯބިވާ މިންވަރު މަލައިކާއަށް އަބަދުވެސް އިޙްސާސް ކުރެވެއެވެ. އާދިލް އޭނާގެ އަނބިމީހާއާ ވަރިވިޔަސް ދަރިފުޅަށް އޮންނަ ގުޅުން އެބަ އޮތެވެ. އާދިލްގެ ދަރިފުޅު ބަލިވިޔަސް ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. އާދިލް […]
ހަށިގަނޑުގައި ހުރިވަރެއްލާފައި ކުރިއަށް ދުއްވައިގަތް ސާރާ މެރެމުން ދިޔަ އެސްފިޔަ ދޭތެރެއިން ޝިޔާރާ އަށް ފެނުނެވެ. ހާލާ އެމްބިޔުލާންސަށް ގުޅުމުން ޝިޔާރާ ނެރުނީ ޝަޒަންގެ އަތްމަތީގައެވެ. އެމްބިޔުލާންސްގައި ޝިޔާރާ އާއި އެކު ދިޔައީ ސާރާ ، ހާލާ އަދި ރާކީއެވެ. ފަހަތުން ސައިކަލުގައި ޝަޒަން މަޑުމަޑުން ހުރި ޒޯހަން ގޮވައިގެން ނައްޓާލިއެވެ. އަދި ނިދާފައި އޮތް ހަރީރާ އާއި މޫސަ ހޭލައްވައިގެން ޝިފްނީ ޓެކްސީ އަކުން ހޮސްޕިޓަލަށް ދިޔައީ ކައިރީގައި ހުރި ނިއާ އަށް ބަލާވެސް ނުލައެވެ. […]
“ހާއި އީނޫ… ހާދަ ތަފާތޭ މިހާރު. މާ ބޮޑަށް ދޮންވެފަ ހިކިވެފަ ދިގުވެފަ. އެންޑް ޔުއަރ ސްޓައިލް. ކުރިން ބުރުގަލެއްވެސް ނާޅަމެއްނު. މިހާރު ތިހުރީ ޖިލްބާބްގައެއްނު. ހީވަނީ އެހެން އީނޫ އެއްހެން.” ފުރަގަހުން ހާއިއެއް ޖަހާލަމުން އޭނާގެ ދުވަސްވީ އެކުވެރިޔާ ކަމުގައިވާ ލަމްޔާ ވާހަކަ ދައްކަން ފެށިއެވެ. ” އާން ލަމްވެސް ވަރަށް ޑިފެރެންޓް. ކުރިން އިލޮއްޓެއްހެން ހުންނަ ލަމް މިހާރު ފަލައީ ކީއްވެތަ؟ ” “ހުމްމްމްމްމް.. ދެކުދިން ވިހާއިރު ފަލަ ނުވެ ހުރޭތަ.” ” ވަޓް؟ […]
” އަހަރެންނަށް އިންތިޒާރު ކުރަންތަ؟ އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެންދެކެ ލޯބިވިންތަ؟ ބޭވަފާތެރިވީ އަހަންނެއް ނޫން. އަހަރެންގެ ތަގްދީރު… އަމިއްލަ ނަފްސަށް ވުރެ އަހަރެން އުނޫދެކެ ލޯބިވޭ. އަހަރެންގެ އުފަލަކީ އުނޫ. ޔޫ އަރ މައި ހެޕިނެސް. އައި ހޯޕް ދެޓް އާފްޓަރ 8 އިޔާސް ޔޫ ގޮޓް ޔުއަރ ލަވް. އަހަރެން އެންމެ އުފާވާނީ އޭރުން.” ފްލައިޓް ތެރޭގައި އިން އީނާޝް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފޯނުން ފެންނަމުން ދިޔަ އުނޫޝްއާއިއެވެ. އޭރު […]
ކާރު ގޭޓުން އެތެރެއަށް ވައްދާލުމަށްފަހު ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮށްލުމަށްފަހު ޝަޒަންމެން ގެއަށް ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ނިއާ އެވެ. ހަރީރާ ނިއާ އަށް ބަލާލީ ދެލޯވަށްކޮށްލައިގެން ހުރެއެވެ. ކުރިމަތީގައި ތިބި މީހުން ނިއާ އާއި ބަހެއް ވެސް ނުކިޔާ އެތެރެއަށް ވަނެވެ. “ކޮބާ ޒޯން” ޝަޒަން އަހާލީ ނިއާ ކައިރީގައެވެ. “ޒޯން ވީ އޮފީހުގައި. ކަމެއްގައި ދިޔައީ. ތަންކޮޅެއް ލަހުން އަންނާނީ” މޫނު އަނބުރާލައިގެން ހުރެ […]