Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 4

ShaiShy Level 410 Stories100 Comments500 Comments
October 12, 2016 6 Mins Read
4 Comments

“ކީއްވެތަ ތި ފޯނު ނިއްވާލީ؟” ޝަކީލާ އޭނަގެ ޒީލަގަދަ އަޑުން ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. މިކްޔާ ހުރީ މަންމަ ކުރި ސުވާލުން ހައިރާންވެ ދެލޯ ބޮޑުވެފައެވެ.
“މަންމަ އަށް ކިހިނެއް އެނގުނީ އަޅުގަނޑު ފޯނު ނިއްވާލިކަން؟” މިކްޔާގެ ސުވާލުން ޝަކީލާ އަށް ކުރެވުނު ކަންތައް ރޭކާލުމާ އެކު މޫނު މައްޗަށް ހަމަ ޖެހުމުގެ ކުލަވަރު ގެންނަން މަސައްްކަތް ކުރި އެވެ. އޭރު މިކްޔާ ހުރީ އޭނާގެ މަންމަގެ މޫނު މަތިން ފެންނަމުންދާ ހާސް ކަމުގެ ސަބަބުން ހިތް ނުތަނަވަސް ވެފައެވެ
“ކޮންމެހެން މާ ސުވާލު ގިނަ ކުރާނެ ކަމެއް ނެތް؟ މަ ތި ފޯނަށް ގުޅީމައޭ އިނގުނީ….” ޝަކީލާ އޭނާގެ ހާސްކަމުގެ މައްޗަށް ރުޅިވެރިކަން އިސްކުރަމުން ކޮޓަރިން ނިކުމެގެން ދިޔައީ މިކްޔާގެ ޖަވާބަކަށް ބެލުމެއްނެތި އެވެ.
“މަންމަ ކޮންމެވެސް ކަމެއް ސިއްރު އެބަކުރޭ….އެހެންޏާ ދުވަހަކުވެސް ގޭގަ އުޅެމުން އަހަރެންގެ ފޯނަކަށް ނުގުޅާނެ…ދެންމެ އެ ގުޅި މީހާ އާއި މަންމަ އާއި ގުޅުމެއްވާ ކަމަށް ހާދަ ހީވެޔޭ…”މިކްޔާ ގެ ސިކުނޑިތެރޭގައި ހިނގަމުންދާ ކަންތައް ތަކުން އިތުރަށް ހާސްވުން ނޫން ކަމެއް ނުވިއެވެ. މިކަމުގެ ސަބަބުން ފޯނު އޮން ކުރަންވެސް ހަނދާނެއެއް ނެތުނެވެ. އެވަގުތު އިޝާ ނަމާދަށް ގޮވުމުން ނަމާދު ކޮށްލައިގެން ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށް އަވަސްވެލީ މަންމަ އަދިވެސް ހުންނާނީ ހިތްހަމަ ނުޖެހިފަކަން އިނގެތީވެއެވެ.
*****

ޝަކީލާ ކޮޓަރި ތެރޭގައި އިނީ ފޯނުން މީހަކާ ވާހަކަ ދައްކާށެވެ. ވަރަށް ސިއްރުން ވާހަކަ ދައްކަމުން ދަނީ އޭނާ ދައްކާ ވާހަކަ އިތުރު މީހަކަށް އަޑު އިވިދާނެތީއެވެ. އޭނާގެ މޫނު މަތިން އެވަގުތު ފެންނަމުން ދަނީ ހާސް ކަމާ ކަންބޮޑު މުމެވެ. ބައި ގަޑިއިރުގެ ދިގު ފޯން ކޯލު ނިންމާލިއިރުގަ އޭނާގެ މޫޑްވަނީ އެއްކޮށް ބަދަލުވެފައެވެ. “ނަސީބެއްނު އިކްރާމް އަހަރެންގެ ވާހަކަ ޤަބޫލު ކުރިކަން..އެހެން ނޫނީ މިއަދު މަގޭ ހުވަފެންތަކުގަ ކުލަޖެހުމުގެ ކުރިން ބިލާހަކަށް ވާނެ.. މީ ހައްތާވެސް އެ ސުންޕާ ކުއްޖާގަޑުގެ ސަބަބުން ވާކަންތަކޭ..އެކަމަކު ދެން މިކަހަލަ ކަމެއް ތަކުރާރު ވުމުގެ ޗާންސެއް ލިބުނަ ނުދޭނަން…” ޝަކީލާ ހިތާހިތުން ޝުކުރު ކުރަމުން ދިޔައީ ހުރިހާ ކަމެއްވެސް ރަނގަޅުވުމުންނެވެ. މިއަދު އޭނާ ސަލާމަތް އެވީ ކިރިޔާއެވެ. މިކްޔާއާ މެދުގަ އިތުރަށް ޚުޝިޔާރު ވުން އޭނާ އަށް މަޖުބޫރުވެއްޖެއެވެ. އެހެން ނޫނީ އޭނާގެ ބުރަމަސައްކަތް ބޭކާރު ވެދާނެނެއެވެ.

ޝަމާން މަސައްކަތް ކުރަމުން ދިޔައީ މިކްޔާ އަށް ގުޅުމަށެވެ. ނަމަވެސް ފޯނު ނިވާލާފައި އޮތުމުން އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. މިހާރު ގަޑިން ބާރަ ޖަހަން ކައިރި ވެފައި ހުރުމުން އޭނާ ނިންމީ މިކްޔާ އޮންނާނީ ނިދާފަ ކަމުގައެވެ. ހިތައް މާޔޫސް ކަން ވެރިވި ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުން ޝަމާންވެސް ނިދަން އޮށޯތީ މާދަމާ އަކީ ހުކުރުދުވަސް ކަމުން އަވަހާ ހޭލުމަށެވެ. ލޯމަރާލުމާ އެކީގައި މިކްޔާގެ ސޫރަ ސިފަވެގެން ދިއުމުން ހިނިތުން ވެލީ ހުފަނުގަ މިކްޔާ އާ އެތައް ވާހަކައެއް ދެއްކުމަށެވެ.
**
“އޭތް ބަލަ ކަންނެތް އަންހެނާ..ތެދުވަން ނުވޭތަ..މަ ވަރަށް ބަނޑުހައި ވެއްޖޭ…ޕިސް..ޕިސް..މީ ވާ ވަރެއްގެ އަންހެނެއް..” ހެނދުނު ހެނދުނާ ޝަކީލާ އަށް ހޭލެވުނީ ރޭގެ ކަންތަކާ ވިސްނަން އޮއްވަ ނުކައި ނިދުނީމަ ބަނޑުހައިވުމުންނެވެ. ކާނެ އެއްޗެއް ތައްޔާރުކޮށްފަ ނެތުމުން މިކްޔާގެ ކޮޓަރީ ދޮރުގަ ތަޅަމުންދިޔައީ ބަދިގެއަށް ވަނުމަކީ އޭނާ އަށް ވާވަރުގެ ކަމެއް ނޫންވީމަ އެވެ.
ފުން ނިންޖަކުން ނިދާފަ އޮތް މިކްޔާ އަށް އެއްވެސް އަޑެއް ނީވޭކަހަލަ އެވެ. އޭނާ އޮތީ އެހާވެސް އަރާމުކޮށް ނިދާފައެވެ. ދޮރުކުރިމަތީގައި ހުރި ޝަކީލާގެ ރުޅިގަނޑު ގަދަވަމުން ދަނީ ބަނޑުހައި ވެފަ ހުރިލެއް ބޮޑުކަމުން ނެވެ. އެވަގުތު އޭނާ ހަނދާންވީ މިކްޔާ އޮންނާނީ ކޮޓަރި ތަޅު ނުލާ ކަމެވެ. އެހެންކަމުން އަވަހާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ވަގުތު އަރާމުކޮށް ނިދާފަ އޮތް މިކްޔާ ފެނި ދަތްކުނޑި ވިކާލެވުނެވެ.
“ޔަޤީނޭ އެއޮތީ ރޭގަ ކައިފުރައިގެންކަން…ކީއްތަވާނީ މަށަށް ގޮވާލަން..އިނގޭނެ މަ އޮތީ ނުކައިކަން….ހަމަ ނުލަފާ ކަމުން އެކަނި ކައިގެން އަރާ ނިދާފަ….އެވަރަށް ގޮވާއިރުވެސް ހަމަ އިވޭ ކަމަށް ނުހަދާ އެބަ އޮތެންނު…އޮވެބަލަ ނިކަން އަރާމުކޮށް ނިދިޔަ ދޭނަން” މިކްޔާ އާދިމާއަށް ހިތާހިތުން އެއްޗެތި ކިޔަމުން ދިޔަ ޝަކީލާގެ ލޮލުގަ އެވަގުތު އަޅައިގަތީ އެނދުކައިރީގަ ބަހައްޓާފަ ހުރި ފެން ފުޅިއެވެ. އިތުރަށް ބަލާކަށް ނުހުރެ އެފުޅީގައި ހުރި ފެންތައް މިކްޔާގެ މޫނަށް އޮއްސާލިއެވެ.
“އާއާހް…..މަންމާ…މަން…” ކުއްލިއަކަށް ފެން އެއްޗެއް އޮއްސާލުމުން މިކްޔާ އަށް ހާސްވެގެން ހޭލެވުނު ވަގުތު ކުރިމަތީގައި ހުރި ޝަކީލާގެ ބަނަވެފައިވާ މޫނު ފެނި އަޑުވެސް ބެދިއްޖެއެވެ. އެވަގުތު އެ ރީތި ލޮލުން ކަރުނަ ނިރާލީ ޝަކީލާގެ ހުރި ރަހުމް ކުޑަކަމުން އެކަމާ ހިތުގަ ޖެހުނު ވަރުންނެވެ. “ހަމަ މިހާރު ފިހާރަ އަށް ގޮސް މަ ސައިބޯނެ އެއްޗެއް ގަނެގެން އާދޭ…މިހާރު ބަނޑަށް މަރުވާ ވަރު ވެއްޖޭ” ޝަކީލާ ރުޅިވެރި ކަމާއެކު މިކްޔާ އާއި ދިމާ އަށް ހަޅޭލަވައިގަތުމަށް ފަހު ދޮރާދިމާ އަށް ހިނގައިގަނެފަ އަނެއްކާވެސް އެނދާ ދިމާ އަށް އެނބުރުނެވެ. “ތި ކަރުނަ ތައް އޮއްސާނީ ފިހާރަ އަށް ގޮއްސަ އައިސް..އަވަސްކުރާތި! ” މިކްޔާ އާއި ދިމާ އަށް އެހެން ބުނުމަށް ފަހު ބަންލާފަ ދޮރުޖަހާފަ ޝަކީލާ ނިކުމެގެން ހިނގައްޖެއެވެ،

މިކްޔާ މޫނުފޮހެލުމަށް ފަހު ފަޚާނާ އަށް ވަދެ ފްރެޝް ވެލައިގެން ފިހާރަ އަށް ދިޔައީ ޝަކީލާގެ ވިހަގަދަ ބަސްތަކުން ހިތުގަ އަޅަމުންދާ ވޭނަށް ކެއްތެރިވާހާލުގައެވެ. ފިހާރައަށް ވަދެ ބިސްކޯދާ އަދިވެސް ބައެއްކަހަލަ ސާމާނު ގަނެގެން ގެއަށް ދިޔަ މަގުތީގައި ނިޒްމާ އާއި ދިމާވިއެވެ.” މިކް…ހާދަ ނުފެނެއޭ މިހާރު..” ނިޒްމާ ޝަކުވާކޮށްލިއެވެ. “ދެން އެއްކަލަ ނިޒް…ކޮންމެ ދުވަހަކު ދިމާވެއެއްނު…” މިހެން ބުނެލުމަށް ފަހު މިކްޔާ އަވަސްވެލީ ގެއަށް ދިއުމަށެވެ. އެވަގުތު ނިޒްމާ އޭނާގެ ކުރިމައްޗަށް އެރިއެވެ. ” މަ މިބުނީ އޮފީހުން ދިމާ ނުވާ ވާހަކައެއް ނޫން…މިކް މިދުވަސް ކޮޅު މާ ބިޒީ ކޮށް އުޅޭތީވެ އަހަންނާ އެކީ ބޭރަށް ތަނަކަށްވެސް ނުދެވެޔޭ މިބުނީ…އަޅެދެން ބުނެބަ ކީއްތަ ކުރަނީ މާ ބޒީ ވެގެން؟” ނިޒްމާގެ ސުވާލުތަކުން ސަލާމަތް ނުވާނެކަން އިނގުމުން މިކްޔާ މިއަދު އެގެއަށް ދާނެ ވާހަކަ ބުނުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގަ ގެއާ ދިމާ އަށް ހިނގައި ގަނެފިއެވެ. ގެއަށް ގޮސް ޝަކީލާ އަށް ސައި ހެދުމަށްފަހު މެންދުރު ކެއުން ތައްޔާރު ކުރަން ބޭނުންވާ ސާމާނު ރެޑީ ކޮށްލަން ބަދިގެ އަށް ވަނީ މިކްޔާ ވެސް ބަނޑުހައި ވެފައި ހުރުމުން ސައިތައްޓެއް ބޯންށާ އެކީގައެވެ. އޭނާގެ މަންމަ އާ އެއް ސުފުރާ މަތިން ސައިބޯން ކިތައްމެ ބޭނުމަސް އެއީ ހުފަނުގައިވެސް ވާނެ ކަމެއްނޫނެވެ.

**
“ދަރިފުޅާ ޝަމާން….ދެން ތެދުވޭ..ހުކުރަށް ދިއުމުގެ ކުރިން ސައިތައްޓެއް ބޯލަން ޖެހޭނެއްނު” ހުސޭނު ޝަމާން އަށް ގޮވަމުން ބަދިގެ ފަރާތައް ނިކުތީ ހައްވަ ބުނެގެން ކާށި ކޮޅެއް އެހެލަންށެވެ. ކަންނެތް ކަމާއެކު ޝަމާން ލޯ ހުޅުވާލުމަށްފަހު ފޯނު ބަލައިލީ މިކްޔާގެ މެސެޖެއް ނުނީ ކޯލެއް ނަމަވެސް އައިސްސަ އޮވެދާނެކަމަށެވެ. ފޯނު ބަލާ ލުމަށްފަހު ދެތިން ފަހަރު މިކްޔާގެ ނަމްބަރަށް އަށް ޑަޔަލް ކޮއްކިއިރުގަވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. “އަދިވެސް ހޭނުލަނީ ކަން ނޭނގެ..” ޝަމާން ހީކުރީ މިކްޔާ އޮންނާނީ ނިދާފަކަމުގަ ކަމުގައެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެގެންގޮސް ފާޚާނާ އަށް ވަނީ ދެވަނަ ފަހަރަށް ކާފަ ކޮޓރީގައި ޓަކި ދިން އަޑަށެވެ.

ސައިބޮއެ ނިމިގެން ޝަމާން އުޅުނީ ހުކުރަށް ދިއުމުގެ ކުރިން ގޭތެރެ ކުޑަކޮށް ސާފުކޮށްލުމަށެވެ. އޭރު ބޭރު ޖޯލިފަތީގައި މާމަ އާއި ކާފަ ތިބީ އެހެފަ ހުރި ކާށިތަކުގެ ނަރު މަށާށެވެ. އެދެމީހުންގެ ލޯބި ފެނިފަ ޝަމާން ވެސް އުއްމީދު ކުރަނީ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށްވާ ކުއްޖަކުވެސް މާމަ ގޮތަށް އަބަދުވެސް ފިރިމީހާ އަށް އޯގާތެރި ފަރާތަކަށްވުމަށެވެ. މިކްޔާ އަކީ އެފަދަ ކުއްޖަކަށް ވާނެ ކަމާ މެދު އޭނާ ޝައްކެތް ނުކުރެއެވެ. ނަމަވެސް މިކްޔާ އަށް ލޯބި ހުށަ އަޅަން ފަސް ޖެހެވެނީ މިކްޔާގެ ފަރާތުން އޭނާ އާއި ގަޔާވާ ކަމުގެ އެއްވެސް އިޝާރާތެއް ނުލިބޭތީވެއެވެ. “މިކް ވެސް އަހަންނާ ލައިކް ވޭ ކަންނޭގެ…އެކަމް އަދި އެހާ ދުވަސްފަހުން ވާހަކަ ދެއްކީވެސް…އަނެއްކާ މިކްގެ ބޯއީފްރެންޑެއް ހުންނަނީތަ……ނޫން… ނޫން…އެހެންވެގެން ނުވާނެ..” ފުން ޚިޔާލެއްގެ ތެރޭގައި ހުރެގެން ޝަމާން ދެފަރާތައް ބޯ ހޫރުވަމުން ދިޔައެވެ.
“އަނހާ! ދަރިފުޅާ ކޮން ނޫން ނޫން އެކޭ ތި ކިޔަނީ” އެވަގުތުގެއަށް ވަތް ހުސޭނަށް ޝަމާން ހުރިގޮތް ފެނުމުން ސުވާލުކޮށްލިއެވެ. ” ހެހެ….މީ….ކަމެއް ނުވެޔޭ ކާފާ…” ޝަމާން އަވަސް އަވަހާ އެހެން ބުނެލުމަށް ފަހު ފަންކާ ފޮހެލުމަށް އަވަސްވެ ގަތެވެ. “މިހާރު 11.30 ވަނީ އެ…އަވަސް ކޮށްލާފަ މިސްކިތައްދާން ތައްޔާރުވޭ…ކާފަވެސް މިދަނީދާން…” ހުސޭނު ހިނިތުން ވެލަމުން ޝަމާން ކައިރީގައި އެހެން ބުނުމަށް ފަހު ހިނގައްޖެއެވެ.

މިކްޔާ ގޭތެރެ ސާފު ކޮށްލާފަ މެންދުރުގެ ކެއުން ތައްޔާރުކޮށްލުމަށް ފަހު ޖޯލިފަތީގައި ޖައްސާލީ ވަރުބަލިކަން ފިލުވާލުމަށެވެ. ” ޝަމާން އަހަރެން ކަހަލަ މީހެއްދެކެ ލޯބި ވެދާނެބާ..؟ ލޯބި ނުވާނަމަ އެވަރަކުން އަހަރެންނާ ވާހަކަ ދައްކާކަށް ނޫޅޭނެ…އެކަމަކު ކީއްވެބާ އެކަހަލަގެ ވާހަކައެއް ޝަމާން ނުދައްކަނީ…އަބަދުވެސް އޭނަ އަހަރެންނާ ވާހަކަ ދެއްކޭތޯ އުޅުނީ….ވެދާނެ އަހަރެން ވާހަކަ ނުދައްކާތީވެ ކަމަށް…” މިކްޔާގެ ހިތާ ސިކުނޑި ވަނީ ޝަމާންގެ ޚިޔާލުތަކުން ފުރިފައެވެ. އޭނަ ޝަމާން ދެކެ ލޯބި ވިޔަސް އެ ލޯބި ދުލާހަމަ އަށް ނުގެނެސްވޭތޯ ވަރަށް މަސައްކަތް ކުރާނެއެވެ. އެހެން ނަމަވެސް ޝަމާން އޭނަ އަށް ލޯބި ހުށަ އަޅައިފި ނަމަ ދެން ހަދާނެ ގޮތެއްވެސް މިކްޔާ އަށް ނުވިސްނެއެވެ. ސަބަބަކީ ޝަކީލާ ވަނީ އޭނާ އަށް 18 އަހަރު ނުވަނީސް ކުއްޖަކާ އެކަހަލަ ގޮތަކަށް ގުޅުމަށް މަނާ ކޮށްފައެވެ. މިކްޔާ ވެސް އެކަމަށް ވަނީ ވަޢުދު ވެފައެވެ.
ޝަކީލާ އަކީ ކިހާވަރެއްގެ މީހެއްކަން މިކްޔާ އަށް ރަނގަޅަށް އެނގެއެވެ. އޭނަގެ ނިންމުމާ ދެކޮޅަށް ފިޔަވަޅެއް އަޅައިފިނަމަ ދެން ކަންތައްވާނެ ގޮތް ހިތައް އެރުމުންވެސް މިކްޔާގައިން ހީބިހި ނަގައިގެންދެއެވެ. ޝަކީލާގެ ނަން ހިތައްއެރުމުން މިކްޔާ ހަނދާންވީ މިހާރު އޭނާ ވާނީ ދަތުރު ގޮސްކަމެވެ. އެހެންކަމުން ޖޯލިން ތެދުވެގެން ހިނގައިގަތީ ޝަމާންގެ މާމަމެންގެ ހަބަރެއް ބަލާލުމަށެވެ. މިހާރު އެގެއަށް ދެވެނީވެސް ވަރަށް މަދުން ނެވެ.
**
ޝަމާންމެންގެ ގެއަށް ދިޔައިރު ހައްވަ އުޅުނީ މެންދުރު ކާން ތައްޔާރު ކުރާށެވެ. އެހެންކަމުން މިކްޔާވެސް އެހީވެލުމަށް ބަދިގެފަރާތައް ދިޔައެވެ. “މިކްޔާ މިހާރު ކީއްވެ ކުރިން އަންނަ ގޮތައް މިގެޔަށް ނާންނަނީ.. މާމަމެންދެކެ ރުޅީތަ…އަނެއްކާ މަންމަ މަނާ ކުރީތަ؟”
ހައްވަގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގުމުން ހަމަ އެކަނި ހިނިތުންވެލުމަށްފަހު މިކްޔާ އުޅުނީ ކާގެތެރެ ކުނިކެހުމަށެވެ.
**
އާރިފް އާއި ބަކުރު މިސްކައިރީގަ މަޑުކޮށްގެން ތިބީ ޝަމާން ނިކުންނާނެ އިރަކަށެވެ. އެހެން އިރުކޮޅަކު ތިއްބަ ޝަމާން އައިސް އެމީހުން ކައިރީގަ މަޑުކޮށްލިއެވެ. “ހޭއި ބަޑީ….ކޮބާ އެއްކަލަ ކަންތައް ކިހިނެއްވަނީ؟” ޝަމާންގެ ކޮނޑުމަތީ އަތްބާއްވާލަމުން އާރިފް ސުވާލުކޮށްލިއެވެ. ” އައި ކާންޓ ޑޫ އިޓް މޭން…އަސްލު އޭނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް..މަށެއް ބޭނުމެއް ނޫން ބެޓް ކާމިޔާބު ކުރާކަށް…ސޯ މަ ދީފާނަން ލާރިވެސް…އޯކޭއެއްނު ދޯ؟” ޝަމާން މިހެން ބުނެލީ ހިނގައި ގަންނަމުންނެވެ. އެހެން ކަމުން އާރިފްގެ މޫނުމަތީގައިވި ރުޅިވެރިކަން އޭނާ އަށް ނުފެނެއެވެ. އެވަގުތު ބަކުރު އާރިފްގެ މޫނަށް ބަލާލުމަށްފަހު ބުމަ އަރުވާލިއެވެ. އަދި ދެފަރާތައް ބޯ ހޫރުވާލީ އާރިފްގެ ދުލުން ބޭރުވާންނުޖެހޭ ބަސްތަކެއް ބޭރުވެދާނެތީވެއެވެ. ތިން މީހުން އެކީ ހިނގަމުން އައި އިރުގަ އެއްވެސް ވާހަކައެއް އިތުރަށް ނުދެކެވެއެވެ. ޝަމާން ހުރީ ބޮލުން ބުރައެއް ފިލުމުން އެކަމާހިތްހަމަ ޖެހިފައެވެ. އޭނާ ހީކުރި ގޮތަށް އާރިފްމެން ދިމާނުކުރުމުން ކުޑަކޮށް ހައިރާންވި ނަމަވެސް އިތުރަށް އެވާހަކަ ނުދެއްކީ އެއީ ދެން އޭނާ ވިސްނަން ބޭނުންވާކަމެއް ނޫންވީމައެވެ.

މާމަ ބުނެގެން ޝަމާން އާދޭތޯ އެގޭ ދޮރުމައްޗަށް ނިކުތް މިކްޔާ އަށް ޝަމާން އާއި އެކު އަންނަ އާރިފް އާއި ބަކުރު ފެނިފަ އަވަހަށް ގޭތެރަށް ވަދެފަ ފުންނޭވައެއް ދޫކޮށްލިއެވެ. ނަމަވެސް އާރިފް އަށް އެމަންޒަރު ނުހަނު ރީތިކޮށް ފެނުނެވެ. އޭނާ ހިތުގަ ކަންތަކެއް ރާވަމުން ދިޔައެވެ. ޝަމާން ގެ ފަރާތުން ލިބުނު ޖަވާބަކީ އޭނާ އުއްމީދުކޮށްގެން ހުރި ޖަވާބެކެވެ. އެހެންކަމުން އެކަމާ އޭނާ ހައިރާނެއް ނުވެއެވެ.

“ދަރިފުޅާ ދޭބަލަ ޝަމާން ކޮޓަރި ކުނިކަލާ ތަރުތީބުކޮށްލަން…މިއަދު އޭނާ ގޭތެރެ ސާފުކޮށްފަ ވަގުތު ނެތީމަ ކޮޓަރި އެހުރީ ސާފު ނުކޮށް…މާމަ މިދަނީ ފެންވަރާލައިގެން ނަމާދުކޮށްލަން….ޝަމާން އައީމަ ކާފަ އާއެކު ކާން ބުނާތި..” ދޮރުކައިރީގައި ހުރި މިކްޔާ ފެނުމުން މިހެން ބުނުމަށްފަހު ހައްވަ ވަނީ ކޮޓަރިއަށެވެ.

” އޯހް ޝަމާން…ވައި އައި ލަވް ޔޫ ސޯމަޗް..ޝަމާން އަށް ނުފެނޭތަ އަހަރެން ޝަމާން ދެކެ ވާ ލޯބި…ކިހިނެއް ފެންނާނީވެސް ދޯ…ހެހެހެ…އެކަމަކު ޝަމާން އަށް އިނގޭތަ އަހަރެންގެ ލައިފްގަ ލޯބި ވެވުނު ހަމަ އެކަނި މީހަކީ ތީ…ސުކޫލްގަ އުޅުނު އިރުގަވެސް އަހަރެން ޝަމާންދެކެ ލޯބިވަން…ހަނދާންވޭތަ ކުޑައިރުގަ ޝަމާން އަހަރެންނާ ދިމާކޮށް ވަރަށް ރޮއްވާނެ…އަދި ގޮވާނީ ވެސް މިކީމައުސް އޭ ކިޔާފަ…އޭރުގަ ކިތައްމެ ރުޅި އަޔަސް ބޮޑުވަމުން އައި ވަރަކަށް އަހަރެންނަށް އެނަން ކަމުދާން ފެށި..ޝަމާން އަހަރެންނާ ދިމާ ކުރުމަކީ އަހަރެން ހިތް ހަމަ ޖެހޭ ކަމަކަށްވި…އެކަމަކު ޝަމާން އަހަރެން ދޫކޮށްފަ ދިޔައީނު…ޝަމާން ކިޔަވަން މާލެ ބަދަލުވުމުން އަހަރެން އެކަމާ ވަރަށް ހިތާމަ ކުރިން…އަދި އަހަރެންގެ ހިތުގައިވި ލޯބި ފަސް އަޅާ ފޮރުވާލީ އެހެންމީހަކަށް އެކަން އެނގިދާނެތީވެ….” މިކްޔާ ހުރީ ދޮރަށް ފުރަގަސްދީގެން ޝަމާންގެ ގަމީހެއް މޫނުގަ ޖައްސާލައިގެންނެވެ. އޭނާގެ ހިތުގެ ހާލަތު ޝަމާން ކައިރީގަ ނުބުނެވުނަސް އެގަމީސް ކައިރީގަ ޝަކުވާ ކުރަމުން ދިޔައެވެ.
އެވަގުތު ކޮޓަރިއަށް ވަންނަން އައި ޝަމާން ހުރީ ކަންފަތައް އިވުނު ބަސްތައް ޤަބޫލު ނުކުރެވިފައެވެ. މިކްޔާ އޭނާ ދެކެ ލޯބި ވާ ކަމެއް ކުރިއަކުން ނޭނގެއެވެ. ނަމަވެސް މި އެނގުނު ކަންތަކުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަދި ވަރަށް ސިއްރުން ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. އޭރުގަވެސް މިކްޔާ އެހުރި ގޮތަށްހުރީ ހިޔާލެއްގެ ތެރޭގައެވެ.
ޝަމާން ގޮސް މިކްޔާގެ ފުރަގަހުން ދާދި ކައިރީގަ ހުއްޓިލުމަށްފަހު މިކްޔާގެ ކޮނޑުގަ ހިފާފަ އޭނަގެ ގަޔާ ކައިރި ކޮށްލި އެވެ. ” ދެން ހަމަ މިކީ މައުސް އޭތަ ކިޔަންވީ….އެކަމަކު ތީ އެއަށް ވުރެ މާ ލޯބި ކުއްޖެއް..” އަދި ކުޑަކޮށްގުދުވެލުމަށް ފަހު މިކްޔާގެ ކަންފަތް ކައިރީގައި ބުނެލިއެވެ. އެވަގުތު އޭނާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. ” މިކީ ކީއްވެތަ އަހަރެން ކައިރީގައި ނުބުނީ…” މިހެން ބުނެލުމަށްފަހު ފަހަތުން މިކްޔާގެ އުނަގަނޑުގަ ހިފާފަ އަދިވެސް ބޮޑަށް ޝަމާން އާއި ކައިރި ކޮށްލިއެވެ. މިކްޔާ ހުރީ ޝަމާންގެ މިއަމަލުން ނޭވާވެސް ލާން ހަނދާން ނެތިފައެވެ.
ދެހިތުގެ ހިނގުންވެސް ވަނީ އަވަސް ވެފައެވެ. މިކްޔާގެ އަތްފައި ފިނިވަމުންދަނީ ޝަމާން އާއި އެހާ ކައިރީ ގައި ހުންނަން ޖެހުމުންނެވެ. އޭނާ ދެންމެ އެ ދެއްކި ވާހަކަ ތައް ޝަމާން އަށް އަޑު އިވުނުކަން އެނގުމުން ލަދުންގޮސް ލޯމަރާލިއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު ޝަމާން މަޑުމަޑުން މިކްޔާގެ އުނަގަނޑުން އަތް ނެގުމަށްފަހު ކޮނޑުގަ ހިފާފަ އޭނަ އާއި ވީ ފަރާތައް އަނބުރާލިއެވެ. އޭރުވެސް މިކްޔާ ހުރީ ލޯމަރާލައިގެންނެވެ. ޝަމާން އަށް މިކްޔާ ހުރި ގޮތުން ހިނި އަންނަގޮތްވިއެވެ. އެވަގުތު ޢޭނާގެ ނަޒަރު ހުރީ މިކްޔާގެ އެތުނި ތުންފަތަށެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އެތުންފަތުގަ ބޮސް ދިނީ ހިތް އޭގެ މަގާމުން ދޫވެދާނެހެން ހީވާވަރަށް އެހިތުގެ ތެޅުން އަވަސް ވެލުމުންނެވެ. ޝަމާން ކުރިކަމުން ހައިރާންވެ މިކްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ހަމަ އެސިކުންތުގަ އަނެއްކާވެސް ލޯ މަރާލެވުނީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

loabivan yaaraa ey

Next

ދީފީމޭ އޯގާވޭ ގެންދާށޭ ލޯބިވާ

Next
October 12, 2016

ދީފީމޭ އޯގާވޭ ގެންދާށޭ ލޯބިވާ

Previews
October 12, 2016

loabivan yaaraa ey

4 Comments!

  1. aik says:
    October 12, 2016 at 12:48 pm

    Reethi..

  2. shara says:
    October 12, 2016 at 4:56 pm

    wowwwww

  3. yaana says:
    October 12, 2016 at 5:20 pm

    Mibaives vvv reethi

  4. Thu says:
    October 12, 2016 at 8:36 pm

    Hmm interesting .. Next part avahah up kohdhehchey .. V kiyaahithun mi iny .. up kurun maa las vanyyaa shakuvaage bai dhaane ingey .. So plx avahah up kureveythoa balahcehy?

Comments are closed.

Next Episodeމިހިތުގެ ފަސާނާ 5←


All Right Reserved!