Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (24)

shafu
February 22, 2017
8 Mins Read
63 Views
25 Comments

 

މެހެކް އަވަސް އަވަހަށް އަތްދަބަހުން އޭނާގެ ފޯން ނެގިއެވެ. ނަމަވެސް ގުޅަމުން ދިޔައީ އިވާން އެވެ. އެ ނަން ފެނުމާއެކު މެހެކްގެ މޫނު މައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ވީ ދެރައިން ފޯން ކެނޑެންދެން ބަލަން އޭނާއަށް ހުރެވުނީއެވެ. ދެން ފޯން “ސައިލެންޓަށް” ލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި ބާއްވާލިއެވެ. އަނެއްކާވެސް އޭނާ ގޮސް އެނދުމަތީގައި އޮށޯއޮވެލިއެވެ.

އިވާން އެ ގުޅަނީ ވީ ގޮތެއް ބަލަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ފޯން ނަގައިގެން އޭނާ ކިޔާނީ ކީކޭ ހެއްޔެވެ؟

” ދަރިފުޅާ”. މަންމަގެ އަޑު އިވުމާއެކު މެހެކް ބަލާލިއެވެ.

” ފޮށީގައި މިހުރި ދަރިފުޅުގެ އަންނައުނު އަލަމާރިއަށް އަޅަމާ”. މަންމަ ލޯތްބާއެކު ބުނެލިއެވެ.

” ނޫން މަންމާ. މިވަގުތަކު ނޫން. މަންމަ އެއްވެސް ބުރައެއް އުފުއްލާނެ ކަމެއް ނެތް. އަހަރެން އަޅާނަން”. މެހެކް މަޑުމަޑުން ބުނެލިއެވެ. ހަޤީޤަތަކީ އޭނާ އެއްވެސް ކަމެއް ކުރާހިތް ނުވާ ކަމެވެ. ކުދިކުދިވެފައިވާ އޭނާގެ ހިތް ވަނީ މުޅި ހަށިގަނޑު ވަރުބަލި ކޮއްލާފައެވެ.

” އެންމެ ރަނގަޅު. ދަރިފުޅު ބޭނުން ގޮތެއް. މަންމަ އެބަ އަންނަން ސިޓިންގް ރޫމް ސާފު ކޮއްލާފަ”. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، މަންމަ ބުނެލިއެވެ. ދެން ކޮޓަރި ދޮރު ލައްޕާލުމަށް ފަހު ނުކުމެގެން ދިޔައެވެ.

މަންމަ ކޮޓަރިން ނިކުތުމާއެކު އޭނާ އަނެއްކާވެސް ފިކުރުތަކުގެ ތެރެއަށް ގެއްލުނެވެ. އޭނާ އަށް ހަމަ ވިސްނެނީއެވެ.

ވިއްސަކަށް މިނެޓް އެހެން އޮވެފައި ފުންނޭވާ އެއް ދޫކޮއްލަމުން މެހެކް ތެދުވިއެވެ. އެހެން ކަމެއް އޭނާގެ ސިކުނޑިއަށް ވިސްނުނީއެވެ. އެނދުން ތެދުވެގެން ގޮސް ފޯން ނެގިއެވެ. އޭރު އިވާން ތިން ފަހަރު ގުޅާފައި އޮތެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި އޭނާ އިވާންގެ ނަންބަރަށް ގުޅަން ފެށިއެވެ. ހިތުގައިވި އެދުން ހާމަ ކުރުމަށްޓަކައެވެ.

” ހެލޯ މެހެކް. ކިހިނެއް ކަންތައްތައް ދިޔައީ؟”. އިވާން އަހާލިއެވެ.

“އިވާން… ކަންތައްތައް ރަނގަޅެއް ނޫން”. އެހެން ބުނެލިއިރު މެހެކްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ އަޑުން ރޮއިފައި ހުރިވަރު ދޭހަވެއެވެ.

” އެއީ ކީއްވެ؟” އިވާން ހައިރާން ކަމާއެކު، ދެރަވެލާފައި އަހާލިއެވެ. މެހެކްގެ އަޑުގައިވި މޮޅިވެރިކަމާއި ހިތާމަވެރިކަން އިވާން އަށްވެސް އިހްސާސްވީ ކަންނޭނގެއެވެ.

” އިވާން އަހަރެން ބޭނުން އިވާން އާއި ބައްދަލު ކޮއްލަން. ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. އަދި..އަދި އަހަރެން ބޭނުން އިވާން ގާތުން ވަރަށް ބޮޑު ކަމަކަށް އެދެން”. ހިތްވަރު ކުރަމުން މެހެކް ބުނެލިއެވެ.

” އޯކޭ. އަހަރެން މިހުރީ މާލޭގަ މިވަގުތު. ކޮންތާކަށް ދާންވީ؟”. އިވާން ވަގުތުން ބުނެލިއެވެ.

” މިގޭ ކައިރި މިހުރި ޕާކަށް އާދޭ. އެތަނުގައި އަހަރެން ހުންނާނަން”.

ފަނަރަވަރަކަށް މިނެޓްފަހެވެ. މަންމަގާތު ބުނެލުމަށް ފަހު މެހެކް ދިއައީ ޕާކަށެވެ. އޭރު ގަޑިން ހެނދުނު ދިހަގަޑި ބައިވީއެވެ. މާ ގިނައިރަކު އެތާނގައި  މަޑު ކުރާކަށް ނުޖެހުނެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އިވާން ޕާކު ތެރެއަށް ވަދެގެން އަންނަތަން ފެނުނެވެ.

ދެމީހުން އިށީ އިނދެލީ ހިޔާ ހިސާބުގައި ހުރި ގޮނޑިއެއްގައެވެ.

” މެހެކް ކިހިނެއް ވެގެން ތިއުޅެނީ އަނެއްކާ؟” އިވާން މެހެކް ގެ މޫނު ފެނުމާއެކު ހައިރާންވެ އިނދެ ސުވާލު ކޮއްލިއެވެ.

އެވަގުތު މެހެކް ފެންކަޅިވިއެވެ. އޭނާއަށް ރޮވެން އުޅުމުން ދުރަށް ނަޒަރު ހިންގާލަމުން އެސްފިޔަ ޖަހާލިއެވެ. ކަރުނަތައް ހިންދާލުމަށްޓަކައެވެ.

” އިވާން، އާހިލް އަހަރެން ދޫކޮއްލާފަ ގޮސްފި” މެހެކް ލޯ މަރާލަމުން ބުނެލިއެވެ.

” ވަޓް. ކީއްވެ؟” އިވާންގެ ހައިރާންކަން އިތުރުވިއެވެ.

މެހެކް ރޮމުން ހިނގާދިޔަ ހުރިހާކަމެއް ވަރަށް ތަފްސީލުކޮށް އިވާން އަށް ކިޔާދިނެވެ.

” ދެން ކީއްވެ މެހެކް ނުބުނީ ފައިސާ ހަމަޖެހުނު ވާހަކަ؟”

” އަހަންނަކަށް ނުކެރުނު. އާހިލް އެހާ ރުޅިއައިއްސަ ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެން. އަހަންނަށް ޔަޤީން ބަލި ސިއްރުކޮއްގެން އަހަރެން ދެކެ އާހިލް އެހާ ރުޅި ނާންނާނެކަން. ކޮންމެވެސް ކަމެއް ވެއްޖެކަން އަހަންނަށް އެނގުނު. ވީ ކަމެއް ނޭނގެނީ”. މެހެކް އިސްޖަހާލަމުން ކަރުނަތައް ފޮހެލިއެވެ.

ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ.

” އިވާން….. އަހަންނަށް އަދި އެއް ކަމެއް ކޮއްދީފާނަންތަ؟” އިވާން އާއި ދިމާއަށް ބަލާލަމުން އާދޭހުގެ ރާގުގައި މެހެކް އަހާލިއެވެ.

” ބުނެބަލަ އަވަހަށް” އިވާން އޯގާތެރިކަމާއެކު ބުނެލިއެވެ.

މެހެކް އިރުކޮޅަކު އިނީއެވެ. ދެން ފުންނޭވާއެއް ދޫކޮއްލުމަށް ފަހު ވާހަކަ ދައްކަން ފެށިއެވެ.

” އިވާން އަހަންނަށް ދިން ފައިސާ.. އެ ފައިސާ ކޮންމެވެސް ގޮތަކުން އާހިލްއަށް ލިބޭނެ ގޮތެއް ހަދައިދީފާނަންތަ؟. އަހަރެން ވަރަށް ވަރަށް ބިރުގަނޭ އާހިލް އަށް ކަމެއް ވެދާނެތީ. އާހިލް އަށް ކަމެއް ވެއްޖެނަމަ އަހަރެން މަރުވެދާނެ… އެވަރަށް ފައިސާ އާހިލްއަކަށް ނުހޯދޭނެ.. ކޮންމެވެސް ގޮތަކުން ޕްލީޒް އަހަންނަށް މިކަން ކޮއްދީބަލަ.. އާހިލް އަށް ނޭނގޭ ގޮތަށް”. ހިތަށް ކުރި އަސަރުން މެހެކް އަށް އަނެއްކާވެސް ރޮވުނެވެ.

” ބޮޑުބޭބެ ގާތުވެސް އަހަންނަށް މި އެހީއަށް އެދެވިދާނެ. އެކަމަކު ބޮޑުބޭބެ އަކީވެސް މިހާރު ވަރަށް ހިތާމައިގަ ހުންނަމީހެއް. އަބަދު ކޮންމެވެސް ފިކުރެއްގަ.. އެހެންވެ.. އިތުރު އުނދަގުލެއް ނުކުރަން ވެގެން އިވާން ގާތުން އަނެއްކާވެސް އެހީއަށް މިއެދުނީ..” މެހެކް ލަދުން އިނދެ ބުނެލިއެވެ.

” އިވާން ޕްލީޒް އަހަންނަށް މަޢާފް ކުރާތި. އަސްލު އަހަރެންގެ ފަރާތުން އިވާން އަށް ވެސް ހުސް ތަކްލީފް ދޯ”.

” މެހެކް ޕްލީޒް ތިހެން ނުބުނޭ. އިރާދަކުރެއްވިއްޔާ އަހަރެން ތިކަން ކޮއްދޭނަން”. އިވާން އޯގާތެރިކަމާއެކު ބުނެލިއެވެ.

” އާހިލް އެ ފައިސާގަ ހިފާނެތަ؟ ކީކޭ ކިޔައިގެން ދޭނީ؟ އާހިލްގެ އެކައުންޓަށް ޖަމާކޮށް ދެންތަ؟”

” އަހަންނަކަށް ނޭނގޭ އާހިލްގެ އެކައުންޓް ނަންބަރެއް”.

” ތިކަމާވެސް އަހަރެން ވަރަށް ވިސްނައިފިން. ކޮންމެވެސް މީހަކު މެދުވެރި ވެގެން އާހިލްގެ ކާފަ އާއި ބައްދަލު ކުރަންވީ. ކާފަ ހަމަ ޔަޤީން ހިފާނެކަން”.

” މެހެކް ކާފަ އާއި ބައްދަލު ކުރަންވީނު ހަޤީޤަތް އޮޅުން ފިލުވަން”. އިވާން ޚިޔާލެއް ދިނެވެ.

” އާ ތީ ވަރަށް ރަނގަޅު ޚިޔާލެއް. އޭރުން ފަހަރެއްގަ އަހަންނަށް ވީ ގޮތް އެނގޭނެ ދޯ. އިވާން އެހީވެދޭނަން ދޯ”.

އެވަގުތު އިވާން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

 

އިވާން އެތަނުން ދިޔައީ މެހެކް އަށް އެތައް ހިތްވަރެއް ދީފައެވެ. ހުރިހާ ކަމެއްގައިވެސް އެހީތެރިކަން ދޭނެކަމަށް ވަޢުދުވެފައެވެ. އިވާންގެ ބަސްތަކުން މެހެކްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އެގޮތުގައި އެއް ހަފްތާ ފާއިތުވެ ދިޔައެވެ. ކޮންމެ ދުވަހަކީ ވެސް މެހެކް އަށް ހިތްދަތި ދުވަހެކެވެ. އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އޭނާ އަކަށް ނުކެވެއެވެ. ނުނިދެއެވެ. އަބަދުވެސް ހުރެވެނީ ނެގިމަޑުވެފައެވެ. ނަމަވެސް ޝަކުވާއަކާއި ނުލާ ދުޢާ ކުރުމުގައި ދެމިހުންނަނީއެވެ. ހިތްވަރަކީ އެއީއެވެ.

އާހިލްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާ އެފޯނަށް ގުޅައެވެ. ކެތްނުވެގެން އަހިލް ކުރިން ދިރިއުޅުނު ގެ އަށް ވެސް މެހެކް ދިޔައެވެ. އާހިލް ރުޅި އަޔަސް ހެޔޮކަމުގައެވެ. އާހިލް ދެކެލާ ހިތުންނެވެ. ނަމަވެސް އެތަނަކު އާހިލް އެއް ނޫޅެއެވެ. ކޮންމެ ދުވަހެއްވެސް ނިމިގެން ދަނީ އާހިލްގެ އިންތިޒާރުގައެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. އާހިލް އަދި އަންނާނެއެވެ. އެލޯބި އަދި އޭނާއަށް ލިބޭނެއެވެ. އެ އުންމީދު އޭނާގެ ހިތުން ފިލައެއް ނުދެއެވެ.

މެހެކްގެ ހާލުބަލަން ކޮންމެ ދުވަހަކު އިވާން ބޮޑުބޭބެ މެން ގެއަށް އާދެއެވެ. މެހެކް އެކަމާ  ހިތްހަމަނުޖެހުނު ނަމަވެސް އައުން މަނާ ކުރާކަށް އޭނާއަކަށް ނުކެރެއެވެ. އިވާން އޭނާއަށް އެހާ ހެޔޮ އެދޭތީއެވެ.

ކޮންމެ ދުވަހަކު އިވާން އެގެއަށް އަންނަ މަންޒަރު ބަލަން ނަފީސާއަކަށް ކެތެއް ނުވިއެވެ. އޭނާ ހުންނަނީ އަބަދު ރުޅި މޫނު ދައްކައިގެންނެވެ. އިވާން އެގޭގައި އިންނަތަން ފެނިއްޖެ ނަމަ ވަގުތުން މޫނުގެ ކުލަވަރު ބަދަލުވެއެވެ.

” ޒާހިދާ ކޮން ކަހަލަ ތަރުބިއްޔަތެއް ކުއްޖާއަށް ދީފައި އެހުރީ؟” އެއްދުވަހު ނަފީސާ ރުޅިވެރިކަމާއި އެކު މަންމަ އާއި ސުވާލު ކުރިއެވެ. އެއަޑު އިވުމާއެކު ކޮޓަރިން ނުކުންނަން އެޅި ފިޔަވަޅު ފަހަތައް އެޅުމަށް ފަހު ދޮރުކައިރީގައި މެހެކް މަޑުކޮއްލިއެވެ.

” މީހަކާ އިނދެގެން ހުންނައިރު ހިލޭ ފިރިހެނެއް އައިސް މިތާ އެބައިނދޭ ކޮންމެ ދުވަހަކު. އެއީ ދެން ކޮން ކަމެއް. ހިލޭ ފިރިހެނުންނާ އޮވޭތަ ރައްޓެހިކަންވެސް؟” ނަފީސާގެ ރުޅިވަނީ އިންތިހާއަށް ގަދަވެފައެވެ. ނަމަވެސް މަންމަ އަނގައިން ބަހެއް ނުބުނެ ހުރީއެވެ.

އެވާހަކަތައް ނަފީސާ ދައްކަމުން ދިޔައީ މަޑަކުން ނޫނެވެ. ކޮންމެ މީހަކަށް އަޑު އިވުނަސް ހެޔޮ ކަމުގައި ކަންނޭނގެއެވެ.

” ބަލާލަބަލަ މަގޭ ދަރިފުޅު ޝިނާ. އޭނަ ފިރިމީހާ އެހުންނަނީ ވަރިކޮއްފަ. އެކަމަކު ދުވަހަކުވެސް އޭނަ ހޯދާކަށް ފިރިހެނަކު މިގެއަކަށް ނާދޭ. ކިހާ ރަނގަޅު”.

މެހެކް އިސްޖަހާލައިގެން އެއަޑުތައް އަހަން ހުރިއިރު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވަމުން އައެވެ. އިވާން އެގެއަށް އައުމަށް އޭނާގެ ހިތް ނޭދެނީ އެފަދަ ކަމެއް ދިމާވެދާނެކަމުގެ ބިރު އަބަދުވެސް ހިތުތެރޭގައި އޮންނާތީއެވެ.

ކުއްލިއަކަށް އޭނާ ސިހުނީ މަންމަ އައިސް ކޮޓަރިއަށް ވަނުމުންނެވެ. މަންމަ އާއި ދިމާއަށް ބަލާލެވުނު ވަގުތު އެދެލޯ ކަރުނައިން ފުރިފައިވާތަން ފެނި މެހެކްގެ ހިތަށް އަސަރު ކުރިއެވެ.

އެދިޔަގޮތަށް ގޮސް މަންމަ ވަނީ ފާހާނާ އަށެވެ. އެވަގުތު މެހެކް އަށް ދެލޯމަރާލެވުނެވެ. ވީ ދެރައިންނެވެ.

 

އާހިލް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އިވާންގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބެއެވެ. ނަމަވެސް އަދިވެސް އާހިލްގެ އެއްވެސް ޚަބަރެއް ނުލިބެއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. މެހެކްގެ ފޯން ރިންގްވާން ފެށިއެވެ. ގުޅަނީ އިވާން އެވެ. މިއަދަކީ އާހިލް އާއި އެފައިސާ ޚަވާލުކުރުމަށް އިވާން މަސައްކަތް ކުރާތާ ހަތްވަނަ ދުވަހެވެ.

” ހެލޯ މެހެކް”. އިވާންގެ އަޑުގައިވި މާޔޫސްކަމާއި ނުތަނަވަސްކަން ދެނެގަނެވުމާއެކު މެހެކް ހާސްވާންފެށިއެވެ.

” ވަރަށް ގިނަ ގޮތްގޮތުން ބެލިއްޖެ. އާހިލް ވީ ތަނެއް ނޭނގެ. މީހަކު މެދުވެރިކޮއްގެން އާހިލްގެ ރަށްވެސް ބެލިއްޖެ. މެހެކް ދިން އާހިލްގެ އެރަށު އެޑްރެސް ވެސް ބެލިއްޖެ.. އެކަމަކު.. އެކަމަކު އާހިލް ވީ ތަނެއް ނުހޯދުނު. އައި އެމް ސޮރީ މެހެކް”.

“ދެން ޖެހޭނީ ޕޮލިހުން މެދުވެރި ކުރަން”.

އިވާން މާޔޫސްވެފައި އެހެންބުނެލުމާއެކު މެހެކް އަށް ރޮވެން ފެށުނެވެ.

“ނޫން އެކަހަލަ ކަމެއް ކޮއްފި ނަމަ އާހިލް އަހަރެން ދެކެ ވަރަށް ރުޅި އަންނާނެ”.

އިތުރަށް ވާހަކަ ނުދެއްކޭނެހެން ހީވުމުން މެހެކް ފޯން ކަނޑާލިއެވެ. ރޮމުން ގޮސް އެދުމައްޗަށް އޭނާ ބަންޑުން ވެއްޓިގަތެވެ.

އެހެން އޮއްވައި އިރުކޮޅެއްނުވެ އޭނާގެ ބޮލުގައި މީހަކު ފިރުމާލިއެވެ. އެއީ މަންމަގެ ފިރުމުންކަން އޭނާއަށް އެނގުނެވެ.

” މަންމާ”. މެހެކް ތެދުވެ މަންމަގެ ގައިގައި ބައްދައިގަތެވެ.

” ދަރިފުޅާ ހުއްޓާލާ”. މަންމަ އެތައް ވަރަކަށް ފިރުމި ފަހުން މެހެކް އެންމެ ފަހުން ހުއްޓާލުމަށްފަހު އިސްޖަހާލައިގެން އިނެވެ.

“މަންމަ އަށް އެނގޭ ދަރިފުޅު އާހިލް ދެކެ ލޯބިވާ ވަރު. ދަރިފުޅު އާހިލް މަތިން ހަނދާން ވާނެވަރު…” މެހެކްގެ ކަރުނަތައް ފޮހެލަދެމުން މަންމަ ބުނެލިއެވެ

“ދަރިފުޅަށް އެނގޭތަ؟ އަސްލު..އަސްލު މަންމަ ނުވެސް ރުހެން ދަރިފުޅާއި އާހިލް ކައިވެނިކޮއްގެން އުޅޭކަށް. މަންމަ ރުހުނީ އިވާން އާ. އެކަމަކު….އިވާން މިގެއަށް އައިސް ދަރިފުޅު ގާތު އިންނަ ވަގުތު ތަކުގައި މަންމަ އަށް އަބަދުވެސް ފެންނަނީ ދަރިފުޅު އާހިލް އަށް ޓަކައި ކަރުނަ އަޅާތަން”. މަންމަ މެހެކްގެ ބޮލުގައި ފިރުމާލިއެވެ.

” އެތަން ފެނި މިއަދު މަންމަ އަށް ވިސްނިއްޖެ ދަރިފުޅަށް އުފާ ދެވޭނެ މީހަކީ ހަމައެކަނި އާހިލް ކަން. ދަރިފުޅުގެ ލޯބިވާ ފިރިމީހާކަން.. އާހިލްއަށް ވީ ކީއްކަމެއް މަންމަ އަކަށް ނޭނގޭ. އެނގޭހާވެސް ކަމަކީ އާހިލް އެދިޔައީ ދަރިފުޅުގެ އެއްވެސް ކުށެއް ނެތިކަން. އެކަމަކު ދަރިފުޅު ހާދަ ލޯތްބެކޭތިވަނީ..” ރޮވޭގޮތް ވުމުން މަންމަ އިސްޖަހާލިއެވެ.

”  މަންމަ ދުވަހަކުވެސް ނުދެކެން ތިހާ ފިރިއަކު ދެކެ ލޯބިވާ އަންބެއް. މަންމަ ވެސް ދަރިފުޅުގެ ބައްޕަ ދެކެ ވަރަށް ވަރަށް ލޯބިވި. އެކަމަކު.. ދަރިފުޅު ތިވާ ގޮތަށް މަންމަ އަކަށްވެސް ލޯތްބެއް ނުވެވުނު”.

” މާތް ރަސްކަލާންގެ ހެޔޮ ރަހުމަތުން އާހިލް އަދި އަންނާނެ ދަރިފުޅުގެ ގާތަށް.

އިރާދަކުރެއްވިއްޔާ އަންނާނެ. މިއީ މަންމަގެ ދުޢާ އަކީ”. މެހެކް ގެ އަތުގައި ބާރަށް ހިފާލަމުން މަންމަ ބުނެލިއެވެ. އޭރު އެދެލޯވަނީ އޯގާތެރިކަމުގެ ކަރުނަތަކުން ފުރިފައެވެ.

” މަންމާ. މަންމަގެ ދުޢާ މާތްރަސްކަލާނގެ އިޖާބަ ކުރައްވާށި”. ފެންކަޅިވެފައި އިނދެ ހިނިތުންވަމުން މެހެކް މަންމަގެ ގައިގައި ބައްދާލިއެވެ.

އެތައް ދުވަހެއް ފަހުން މަންމަގެ ދުލުން އިވެމުންދިޔަ އޯގާތެރި ބަސްތަކުން އޭނާގެ ހިތުގައިވާ ޒަޚަމްތަކަށް ފަރުވާ ލިބުނު ފަދައެވެ.

އެރޭ ލިބުނު ހިތް ހަމަޖެހުމުގައި މެހެކް ކާންވެސް ކެއެވެ. މަންމަގެ އަތުންނެވެ. އެއަތުން ލަވާލާ ކޮންމެ ކާއެތިކޮޅެއް އޭނާގެ އަރަތެރެއަށް ދާ ކޮންމެ ފަހަރު ދެލޮލުން ކަރުނަ ހިލެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

އެތައް ދުވަހެއް ފަހުން ނިދާލުމުގެ ނިޔަތުގައި އޭނާ ދެލޯމަރާލިއެވެ.

ހޭލެވުނީ ފަތިހުއެވެ. މަންމަ ގޮވާ އަޑަށެވެ.

ދެމައިން ފަތިސް ނަމާދު ކުރީއެކީގައެވެ. ޤުރުވާން ކިޔަވާލަން އިނުމަށް ފަހު މަންމަ އަނެއްކާވެސް އޮށޯއޮވެލިއެވެ. އެއީ މަންމަގެ އާދައެއް ނޫނެވެ. ނަމަވެސް މާބޮޑަށް ވަރުބަލިވެފައި ހުރީ ކަންނޭނގެއެވެ.

މެހެކް އެތައް އިރަކު ދުޢާ ކުރުމުގައި އިނެވެ. އެ ދުޢާ އިންނާއި މަންމަ ރޭގައި ދެއްކި ވާހަކަތަކުން އޭނާ އަށް ލިބުނު ހިތްވަރަކާއި އެކު ކޮޓަރިން ނުކުތެވެ. މަންމަ އާއި އެންމެން ތެދުވަން ވާއިރަށް ހުރިހާ ކަމެއް ކޮށްލާފައި ބަހައްޓަން އޭނާ ނިންމިއެވެ.

ބަދިގެއަށް ވަދެ ހެނދުނު ސައި ހެދުމުގެ މަސައްކަތުގައި އޭނާ މަސްޢޫލުވިއެވެ. ރޮށި ފިހުމަށްފަހު މީރުކޮށް ރިހަ ކެއްކިއެވެ. އެއީ މަންމަ އަށް އެންމެ މީރު ކެއުމެވެ.

ސައި ހެދުމައްޓަކައި ނިންމަންޖެހޭ ހުރިހާ ކަމެއް ނިމުނުއިރު ހެނދުނު އަށެއް ޖެހީއެވެ. އަދިވެސް މަންމަ އެއް ނުނިކުމެއެވެ.

މަންމަ އަށް ވީގޮތެއް ބަލާލުމަށްޓަކައި އޭނާ އެނބުރި ކޮޓަރިއަށް ދިޔައެވެ. އެނދާއި ކައިރިވެލުމަށް ފަހު މަންމަ އާއި ގާތަށް ތިރިވެލަމުން އޭނާ ލޯބިން މަންމަ އަށް ގޮވާލިއެވެ.

” މަންމާ”.

ނަމަވެސް މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. މެހެކް އެކަމާ އަޖާއިބުވިއެވެ. މަންމަ އަކީ ކިތަންމެ މަޑުމަޑުން ގޮވާލި ނަމަވެސް ލޯ ހުޅުވާލާ މީހެކެވެ. ބަލިވިޔަސް މަންމަ އަވަހަށްވެސް ބުނާނެއެވެ.

ދެފަހަރު މަންމަ އަށް ގޮވުމުންވެސް ޚަބަރެއް ނުވިއެވެ. އެހިސާބުން މެހެކްގެ ހިތް ބިރުގަންނަން ފެށިއެވެ. އޭނާ އެއްކޮށް ފިނިވިއެވެ.

މަޑުމަޑުން މަންމަގެ އަތުގައި ހިފާލިއެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް ވިންދް ހުރިތޯ ބަލާލުމަށްޓަކައެވެ. އެއާއެކު އޭނާ ދެލޯބޮޑުވިއެވެ. މަންމަގެ ވިންދެއް ނެތެވެ. ދެފަރާތަށް އޭނާއަށް ބޯ ހޫރުވާލެވުނެވެ. ހަމަ އެސިކުންތުގައި އަނެއްކާވެސް ވިންދް ބަލާލިއެވެ. ޔަޤީންކޮއްލުމަށް ޓަކައެވެ. އޭނާ ހުއްޓުން އެރިއެވެ. މަންމަ ހަމަ އަސްލުވެސް އޭނާ ދޫކޮށް ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ނުވާނެއެވެ.

” މަންމާ.. މަންމާ”. މެހެކްގެ އަޑު ތަންކޮޅެއް ބާރުވިއެވެ. މަންމަގެ ހަރަކާތެއް ނެތެވެ. އޭނާ އަށް ބާރުބާރަށް ރޮއިގަނެވުނެވެ. މަންމަގެ އަތުގައި ހިފާލައިގެން އިނދެ ރޮމުން ދިޔައިރު އޭނާ ގެ ހިތުގައި ބާރުބާރަށް ހާސްކަމުގެ ވިންދް ޖަހަމުން ދިޔައެވެ.

” މަންމާ އަހަރެން ދޫކޮއްފަކަ ނުދާނަން ދޯ؟”. މެހެކް ރޮމުން ރޮމުން ބުނެލިއެވެ.

މެހެކް ރޯ އަޑު އިވުމާއެކު އެންމެން ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިއަށް އައެވެ.

” މެހެކް ދަރިފުޅާ”. ބޮޑުބޭބެ އައިސް މެހެކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“ބޮޑުބޭބޭ… މަންމަ… މަންމަ އެއް ނެތް”. މެހެކް އަށް ބުނެވުނީ އެހިސާބަށެވެ. ތުރުތުރު އަޅަމުން ދިޔަ އޭނާގެ އަޑުބެދި ރުއިމުގެ އަޑު ގަދަވިއެވެ. އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ. މެހެކް އަކީ ޑޮކްޓަރަކަށް ވާތީވެ އެންމެންވެސް ފަސޭހަ ކަމާއެކު އެވާހަކަ ޤަބޫލު ކުރިއެވެ.

” ކިހިނެއްވީ ކުއްލިއަކަށް؟” ދެލޯ ބޮޑުކޮއްލަމުން ބޮޑުބޭބެ ސުވާލު ކުރިއެވެ.

” ނޭނގެ”. މެހެކް ރޮމުން ހުރިތަނަށް ތިރިވިއެވެ.

” މަންމާ އަޅެ ލޯ ހުޅުވާބަލަ. ކީއްވެ އަހަރެން ދޫކޮއްފަ ތި ދިޔައީ؟”. ބާރުބާރަށް ރޮމުން މެހެކް ޝަކުވާ ކުރިއެވެ.

 

ހޮސްޕިޓަލަށް މަންމަ ގެންދެވުނެވެ. ލިބުނީ ހަމަ އެޚަބަރެވެ. ކުއްލި ގޮތަކަށް މަންމަ މަރުވީއެވެ. އޭނާ ދޫކޮއްދިޔައީއެވެ. ވީ ގޮތެއް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ. ކިތަންމެ ބޭނުންނުވި ނަމަވެސް އޭނާ ޖެހޭނީ އެކަން ޤަބޫލު ކުރާށެވެ. ރޭގަ ނުލާހިކު ހިތްވަރުދީފައި މަންމަ މިއަދު ދޫކޮށް ހިނގައިދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. ދެން އޭނާއަށް އެހިތްވަރު ދޭނީ ކާކު ހެއްޔެވެ؟

މަންމަ ކަފުންކޮށް ނިމުމާއެކު މޫނު ބަލަން މެހެކް ވެއްދިއެވެ. ބޮޑުބޭބެގެ އެހީތެރިކަމާއި އެކުގައެވެ. ބޮޑުބޭބެ ހުރީ އޭނާގެ ގޮނޑުގައި ފިރުމާލަ ފިރުމާލައެވެ. އިވާންވެސް މެހެކް ގާތުގައި ރޮވިފައި އިސްޖަހާލައިގެން ހުއްޓެވެ. މެހެކް ހުރީ ގަބުވެފައެވެ. ހުއްޓުން އަރާފައެވެ. ރޮއޮރޮއެ އެދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. އެސްފިޔަތައް ވަނީ ތެމިފައެވެ. ހިތްވަނީ ޝަކުވާއިން ފުރިފައެވެ.

މަންމައަށް އެންމެ ފަހުގެ ވަދާޢު ކުރަން ހުއްޓުނުއިރު އޭނާގެ ލޯ ފުރިއްޖެއެވެ. މެހެކް ރޯތަން ދެކެން ދެން އެދެލޮލެއް ނުހުޅުވާނެއެވެ. މަންމަ އެފަދަ އަރާމު ނިންޖަކުން ހޭލައްވާނެހާ ބާރެއް އޭނާގެ ކިބަޔަކު ނެތެވެ. އެލޯބި މޫނުގެ ސިފަ ދުވަހަކުވެސް ހަނދާން ނެތޭނެ ހެއްޔެވެ؟ ދެން އެހިތްވަރާއި ނަސޭހަތް ދޭކަށް މަންމަ އެއް ނާންނާނެއެވެ. އެހެން ހިތަށް އެރުމާއެކު މެހެކް އަށް ރޮއިގަނެވުނެވެ.

 

މަންމަ ވަޅުލެވި ހުރިހާ ކަމެއް ނިމުމުން ގެއަށް ދިއުމަށްޓަކައި އެންމެން މިސްރާބު ޖެހިއެވެ.  އޭރު ރޭގަނޑު ވެއްޖެއެވެ. ދުނިޔެއަށް އަނދިރިވެއްޖެއެވެ.

މަޑުމަޑުން ހިނގަމުން ދިޔައިރު ފުރަގަހުން ފެންނަމުންދިޔަ އެންމެންނަށް މެހެކްއަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު އޭނާ ސިހުނެވެ. އެންމެންގެ ތެރޭގައި އެހުރީ އާހިލްއެވެ. އެއީ ހަމަ އާހިލްއެވެ. ބޮޑުބޭބެގެ އަތުން ވީއްލިގެން މެހެކް ދުއްވައިގަތެވެ. އެންމެންތައް ތެރެއިން އާހިލް ފެނޭތޯ އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އާހިލް އެއް އޭނާ އަކަށް ނުފެނުނެވެ، އެއީ އޭނާ އަށް ހީވިގޮތް ހެއްޔެވެ؟

” ދަރިފުޅާ ކިހިނެއްވީ؟” ބޮޑުބޭބެ އައިސް މެހެކްގެ ގައިގައި ހިފެހެއްޓިއެވެ. އޭރު އިވާން ވެސް ހާސްވެފައި ބޮޑުބޭބެ ގާތުގައި ހުއްޓެވެ.

” ބޮޑުބޭބެ އާ..އާހިލް”. އެންމެންނާއި ދިމާއަށް އިނގިލިން އިޝާރާތް ކޮއްލަމުން މެހެކް ބުނެލިއެވެ.

” އާހިލް އޭ.. އާހިލް މިތަނަކަށް ނާދޭ. އެއީ ދަރިފުޅަށް ހީވި ގޮތް”. ދެރަވެފައިހުރެ ބޮޑުބޭބެ ބުނެލިއެވެ. އެންމެ ފަހުން އެގޮތަށް ޤަބޫލު ކުރަން މެހެކް އަށް މަޖުބޫރުވިއެވެ.

ބޮޑުބޭބެ އާއިއެކު ކާރާ ދިމާއަށް އޭނާ މަޑުމަޑުން ހިނގައިގަތެވެ.

ގެއަށް އާދެމާއެކު މަންމަ މަތިން މާބޮޑަށް ހަނދާންވާން ފެށިއެވެ. މަންމަ އާއި ނުލާ ގޭތެރޭގައިވަނީ ފަޅުކަމެވެ. ހިތާމަވެރިކަމެވެ. ރޮއިރޮއި އޭނާ ހިތްފަޅައިގެންދާ ވަރުވިއެވެ. އެންމެ ބޭނުންވި ވަގުތު އާހިލްވެސް އޭނާގާތުގައި ނެތީތީއެވެ. އޭނާއަކީ އެކަނިވެރިއެކެވެ. އެހެން ހިތަށް އެރުމާއެކު ދުނިޔެ މަތިން އޭނާ ފޫހިވިއެވެ.

 

މަންމަ ނިޔާވިތާ އެއް ހަފްތާ ފާއިތުވެ ދިޔައެވެ.

ދެރަވެފައި ބަންޑުން މެހެކް އޮތީ އެނދުމަތީގައެވެ. ލޮލުން ކަރުނަ ހިލިފައެވެ. ލިބިފައިވާ ބޮޑެތި ހިތާމަތަކާއި މެދު އޭނާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ މާތް ރަސްކަލާނގެ އިންސާނާ އިމްތިހާން ކުރައްވާނީ އެކި ގޮތަށެވެ.

ވިސްނުންތައް ސިކުނޑީގައި ގިނަވާން ފެށުމުން ތެދުވެ އެނދުގައި އޭނާ އިށީ އިނދެލިއެވެ. ފުންނޭވާއެއް ދޫކޮއްލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެ ފެނި އޭނާގެ ބޯ ހާސްވިއެވެ. ހަށިގަނޑުގައި ވަރެއްނެތް ނަމަވެސް އޭނާ ތެދުވިއެވެ. މަޑު ހިނގުމެއްގައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ.

އޭނާއަށް އަމިއްލަ ސިފައަށް ބަލަން ހުރެވުނީއެވެ. އެރީތި މޫނުމަތި ވަނީ ކުރިއަށްވުރެ މާބޮޑަށް ހިކިފައެވެ. ދެ ލޯ ކައިރި ހުރީ ދުޅަވެފައެވެ. ތުންފަތް ވަނީ ކުރަކިވެފައެވެ.

ވާނީވެސް އެހެންނެވެ. އަރުތެރެއިން އެއްޗެއް ނުދިރި އަރާމެއް ނުލިބި އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ؟ އޭނާ އަށް ދުނިޔޭގައި ކުރިމަތިލާން މިޖެހުނީ ކޮންފަދަ ބޮޑު ހިތާމަ ތަކަކާ ހެއްޔެވެ؟

އިރުކޮޅަކު އެހެން ހުރެލުމަށްފަހު ހޭވިފައިވާ އޭނާގެ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. ކޮންމެވެސް ވަރަކަށް ކޮޓަރިތެރެ ސާފުކޮއްލުމުގެ މަސައްކަތް އޭނާ ފެށިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ދެ ހަފްތާއެއް ހައި ދުވަސް ކުރިން އޭނާ އެގެއަށް ބަދަލުވިއިރު ގެނެސްފައި ހުރި ފޮއްޓަށެވެ. އެފޮށި އަދިވެސް އެހުރީ ހުރި ގޮތަށެވެ.

އަލަމާރިއަށް އެޅުމަށްޓަކައި އަންނައުނުތައް ފޮށިން އޭނާ ނަގަން ފެށިއެވެ. ކޮންމެ ފަހަރަކު ފެންވަރަން ދަމުން ހެދުން ނެގި ނަމަވެސް އަދިވެސް އޭގައި ވަރަށް ބައިވަރު އަންނައުނު ހުއްޓެވެ. މަޑުމަޑުން އެއްޗެހިތައް ނަގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ އާހިލް ގޭތެރޭގައި އެންމެ ގިނައިން ލާ ކަޅު ކުލައިގެ ޓީޝާޓެވެ.

އާހިލްއަށް އެ ނުގެންދަނީތާއެވެ. އަލަމާރި ކައިރިއަށް އަޅާލެވިފައި ހުރި ހުރިހާ އަންނައުނެއް ބޮޑުބޭބެ އެހުރީ އެއްފަހަރާ ފޮއްޓަށް އަޅާލާފައެވެ.

އަވަސް އަވަހަށް ޓީޝާޓް އޭނާ ނެގިއެވެ. އެވަގުތު އޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު އޭނާއަށް އިވުނެވެ.

ސިހިފައި އެއީ ކޮން އެއްޗެއް ތޯ އޭނާ ބަލާލިއެވެ.

(ނުނިމޭ)

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ފުން ލޯބި (21)

Next

ފުން ލޯބި (22)

Next
February 22, 2017

ފުން ލޯބި (22)

Previews
February 22, 2017

ފުން ލޯބި (21)

25 Comments

  1. shafu says:
    February 22, 2017 at 12:05 pm

    Assalam alaikum. v bodah maafah edhen las veethee.. thankolheh hithaamaveri namaves mi part aa ves kudhin like vaane kamah heekuran..

  2. Xenn says:
    February 22, 2017 at 12:14 pm

    Varah salhi… Waiting for new part.. ?

  3. Petite says:
    February 22, 2017 at 12:33 pm

    Walaikum Salaam. .
    Varah varah varah reeethi.. ❤❤ next part avahah up kolla dhehchchey ?

  4. lara says:
    February 22, 2017 at 1:20 pm

    v salhi

  5. Zoaeee says:
    February 22, 2017 at 1:26 pm

    Zoa ah hyvany eii eevaan ge anhenunge atheh vaahen aahil en mehek dhuuru vumuge ..

    1. Who? ? says:
      February 22, 2017 at 1:40 pm

      Maybe nafeezaaa ves

  6. 404Error says:
    February 22, 2017 at 2:21 pm

    varah salhi….next part avas koh upload kohdhechey plx..

  7. asraa says:
    February 22, 2017 at 2:28 pm

    varah reethi

  8. naff says:
    February 22, 2017 at 2:38 pm

    adhikiriya mi vaahaka kiyan mi feshy..Bt bunelan beynumy v kuh gina ey..Haasa koh “ishee indhe li eve”..Eheneh noon liyan jeheyny.. “isheendheli eve.”mi ee v ginain fenna kushakah vaathee faahaga kohleemeve..Adhi sukun thakuge kuh ves faahaga kohlymeve.. maigandu story v reethi kan ves faahaga kohlymeve..

  9. Sweetie says:
    February 22, 2017 at 2:57 pm

    Vaahaka hama habeyyxxxxx. Plz dhen las nukoh anehbai up kolladheythi.

  10. Malak says:
    February 22, 2017 at 3:25 pm

    Varah salhi

  11. xiel says:
    February 22, 2017 at 4:56 pm

    update it fast please .

  12. Crazi says:
    February 22, 2017 at 4:57 pm

    Subunaa heyo nuvaane shafu thihen hadan yageen pic tha fenunee..mamma eyge ahdheega ulhenee..:pls ahil n mehek duru kuraathi

  13. Asra says:
    February 22, 2017 at 6:37 pm

    Varah reethi

  14. Thaa says:
    February 22, 2017 at 7:10 pm

    Enme fahun mi vaahaka up v kon iraku mi haaru veenuvee eh neygunu

  15. Thaashaa says:
    February 22, 2017 at 9:02 pm

    Avahah up kohla dhechey.. v furihama

  16. Naas says:
    February 22, 2017 at 9:30 pm

    Dhn konirakun next part up kohdheynee???

  17. Kalhu handi says:
    February 23, 2017 at 2:31 am

    Nice adhi mi vaahaka kiyan mi feshee dhn v rythi.. Hithaamaverivi varakah vaahaka rythi vaany.

  18. destiny says:
    February 23, 2017 at 11:15 am

    vaahaka v v v v salhi. v dhigu inthizaarakah fahu mibai up mivy. anehbai avas kohla dhehchey plx. plx.

  19. Shix says:
    February 23, 2017 at 9:30 pm

    Kondhuvahakun dhen part eh upload koehdheyni

  20. Anjee says:
    February 24, 2017 at 4:54 pm

    Whn Nxt part up kurani

  21. shafu says:
    February 24, 2017 at 6:34 pm

    Thankx all for the lovely comments.. in sha Allah miray up kuraanan.. love u all ??

  22. Goma says:
    February 24, 2017 at 11:19 pm

    Haadha ufaavejjey ufalun
    Ufalun mihaaru angamathee haas hini ebadhuvaa?

  23. Goma says:
    February 24, 2017 at 11:19 pm

    Haadha ufaavejjey ufalun
    Ufalun mihaaru angamathee haas hini ebadhuvaa???????

  24. Petite says:
    February 25, 2017 at 1:01 am

    Shafu koba story.. hama nunidhifa kiyaa hithun.. hehe.. waiting for the story ❤❤❤

Comments are closed.

All Right Reserved!