ނަމަވެސް އޮފީހުން ލިބުނު ކޯ ހެއްގައި ދެ އަހަރު ދުވަހަށް އަޔާނީ އާ ދުރައް ދާން ޖެހުމުން އަހަރެން ވެސް ވަރަށް ދެރަ ވި އެވެ. އަޔާނީ ރުޔެވެ.
އަހަރެން އޭނަގެ އޮމާން ޖަންބެއް ފަދަ ރީތި ކޯތާ ފަތް ތެތް މަމުން ދިޔަ ކަރުނަ ތައް އަމިއްލަ އަތުން ފޮހެ ދެމުން އަހަރެންގެ ގަޔާލައި ބޮނޑި ކޮށް ލީމެވެ. ދެރަ ނުވުމަށް ބުނަމުން ނެވެ.
ދެ މީހުން ކިތައްމެ ދުރުގައި ތިބެން ޖެހުނު ކަމުގައި ވިޔަސް އަޔާނީ އަހަރެންނަށް ޓަކައި ދެ ގޮތެއް ނުވެ ތި ގޮތުގައި ހުރި ކަމަށް ވާނަމަ އަހަރެން ވެސް ހުންނާނީ ހަމަ އެކަނި އަޔާނީގެ މީހެއްގެ ގޮތުގައި ކަމަށް ބުނަމުން ނެވެ.
އަދި ދުވަހަކު ވެސް އަޔާނީ ދެކެ މި ވާ ލޯތްބަށް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަޤީން ކަން ވެސް ދެމުން ނެވެ. ހަމަ އެހެންމެ އަހަރެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމަށް ވެސް އެދެމުން ނެވެ.
އޭގެ ފަހުން ދެ އަހަރު ވެގެން މި ދިޔައީ އެ މައުސޫމް މޫނު ފެނިލުމު ގެ ނަސީބު ނުލިބިއެވެ. އެ ހިތް ގައިމު އަޑު އަހާ ލުމުގެ އުފާ ނުލިބިއެވެ.
އެ ގޮތަށް ކަންތައް ދިމާ ވެފައި ވަނީ އަހަރެމެން ދެ މީހުންގެ ގުޅުމާ މެދު އަޔާނީ މެންގެ އާއިލާ މާ ޤަބޫލު ކަމަކަށް ނުވާތި އެވެ.
ސަބަބަކީ އަހަރެންނާ އަޔާނީ އާ ހުރި ތަފާތެވެ. އަޔާނީ އަކީ ރަށުގައި ޤަދަރު ހުރި އާއިލާ އެއްގެ ކުއްޖަކަށް ވުމުން އަހަރެން ކަހަލަ އާދައިގެ މީހަކާ އަޔާނީ ގެ ކައިވެނި ކޮށްފި ނަމަ އެ ކަމުން އެ އާއިލާ އަށް ލިބިގެން ދާނެ ހުތު ރަކަށް ވާނެތީ އެވެ.
އަދި އަހަރެންގެ ސަބަބުން ރަށު މީހުންގެ ނުރުހުމާއި ނަފުރަތު ގެ ބަސް ތަކުން އެ އާއިލާ އަށް ކުޑަ ނަމަވެސް ހީނަރު ކަމެއް އަނަން ބޭނުން ނުވާތީ އެވެ. އެހެނަސް އަޔާނީ ބުނި ގޮތުގައި މަންމަ މެންނަށް ނުވިސް ނެނީއެވެ.
ދެ މީހެއްގެ މެދުގައި އުފެދޭ ލޯތްބަކީ އެ މީހުންގެ ކުރި މަގަށް ކިހާ މުހިންމު އެއް ޗެއްކަން މަންމަ މެންނަށް ނޭނގޭ ތީ އެވެ. އެނގޭ ނަމަ އެ ގޮތަކަށް ކަން ތަކެއް ނުކުރާނެއެވެ.
މުއްސަނދި ކަމާ ހެދި ވެސް މަންމަ މެން އުޅެނީ މާ ވަރަކަށެވެ. މަންމަ މެން ދެކޭ ގޮތުގައި ދުނިޔެ މަތީގަ ހުރިހާ އެއްޗަކީ ވެސް އަދި އުފަލަކީ ވެސް ފައިސާ އެވެ.
ކަން މިހެން އޮތް ނަމަވެސް އަޔާނީ ހުރީ އަހަރެން ނަށް ޓަކައި ޤިރާ ކުރަން ޖެހުނު ކޮންމެ ހަރު ފަތެއް ވެސް ޤިރާ ކުރުމަށް ތަތްޔާރަށެވެ.
މަންމަ މެންގެ ނިންމުން އެނގި ހުރެ ވެސް އަޔާނީ އަހަރެންގެ އަތުގައި ހިފާލީ އަހަރެންނާ ވަކި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީން ކަމާއި އިތުބާރާއި އެކުގައެވެ.
ލޯބިވާ ދެ މީހަކު ގަދަ ކަމުން ވަކި ނުކުރެވޭނެ ކަން މަންމަ މެންނަށް ސާބިތު ވެސް ކޮށް ދެމުންނެވެ. އެކަމާ އަހަރެން އުފާ ކުރީމެވެ.
އެހެން ކަމުން އަޔާނީގެ އެދުމުގެ މަތިން އަހަރެން ނިންމީ އަޔާނީ އަށް ފޯނު ނުކުރުމަށެވެ. އަދި އަހަރެމެން ދެމީހުން އެކަކު އަނެއް ކަކަށް ސިޓީގެ ޒަރިއްޔާ އިން ވިޔަސް ގުޅުން ނުބޭއް ވުމަށެވެ.
އެއީ މި ފަދަ ގޮތަކުން ވެސް އަހަރެމެން ގުޅުން ބަދަހި ކުރާ ކަން އަޔާނީ ގެ މައިން ބަފައިން ނަށް އެނގިއްޖެ ނަމަ ކަންތައް މާ ގޯސް ވެދާނެ ތީއެވެ.
އަހަރެން އަޔާނީ އަށް އިތުބާރު ކުރަމެވެ. ހިތާ ފުރާނަ އިންނެވެ. އަމިއްލަ ނަފުސަށް ވެސް ނުކުރާ ހާ ބޮޑަށެވެ.
އެހެން ކަމުން އެރޭ އަހަރެން އަޔާނީ އާ ވަކި ވީ ވެސް ކޯސް ނިމުނު ހާ އަވަހަކަށް އައިސް ދެ މީހުން ކައިވެނި ކުރާ ގޮތަށް ނިންމައި ގެންނެވެ.
މިއަދު މިވަނީ އަހަރެން ކުރަމުން އައި އިންތިޒާރު ގެ ނިމުން އައުމު ގެ ވަގުތު ކުޑަ ތަން ވެފައެވެ. އަހަރެން ދެކެމުން އައި ހުވަފެން ތަކުގައި ހަޤީޤީ ކުލަ ޖެހުމުގެ ވަގުތު އައިސް ޖެހި ފައެވެ.
ފޮޓޯ ތަކަށް ބަލަން އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ހަށިގަނޑަށް ވަރު ބަލި ކަން އިހުސާސް ވެ ނިދީ ގެ އަސަރު ކުރަން ފެށިއެވެ.
އެހެން ކަމުން ފޮޓޯ އަލްބަމް އެއް ކައިރީ ބާއްވައި ލުމަށް ފަހު ލޯ މަރައި ލީ ފޮނި އުއްމީދު ތަކަކާއި އެކުގައެވެ.
މާދަމާ ރަށަށް ދާން ފުރާ ދޯނިން ރަށަށް ދިއުމުގެ އުއްމީދު ގައެވެ. އަޔާނީ އާ ބައްދަލު ވެވޭނެ ކަމުގެ ފޮނި އުއްމީދު ގައެވެ. ކުރަމުން އައި ޚިޔާލީ މަންޒަރު ތައް ހަޤީޤީ ތަސްވީރު ތަކަކަށް ހެދުމު ގެ އުއްމީދު ގައެވެ.
އެހެނަސް އަނެއް ދުވަހުގެ އިރު އެރީ އަހަރެންގެ ހިތަށް މާޔޫސް ކަމާއި މޮޅި ވެރިކަން ގެނުވި ޚަބަރަކާއި އެކުގަ އެވެ.
ދޯނީގެ އިންޖީނަށް މައްސަލަ އެއް ޖެހިގެން ފުރުން ލަސްވި ވާހަކަ ބޭބެ ބުނުމުން ނެއެވެ. ވަރަށް ދެރަ ވި އެވެ. އެ ވަޤުތު އަހަރެންނަށް ނުރޮވުނީ ވެސް ހަމަ ކިރިޔާ އެވެ.
އެ ދޯނި ނޫނީ އެދުވަހު ރަށަށް ދާނެ އިތުރު އުނޅަދެއް ވެސް ނެތީ މައެވެ. އަނެއްކާ ވެސް ލަސްވާ ގޮތް ވީއެވެ. ކުރަމުން އައި އިންތިޒާރު އަނެއްކާ ވެސް ދިގު ވީ އެވެ.
އަހަރެންނަށް މިހާރު ހީވަނީ އެއް ދުވަސް ވެސް ތިން ހަތަރު ދުވަސް ހެންނެވެ. މިހާރު އަޔާނީ އާ ނުލައި ކެތް ކުރުމަކީ ވެސް އަހަރެންނަށް ވާވަރު ގެ ކަމެއް ނޫނެވެ.
އަހަރެންގެ ހިތް އެދެނީ އަބަދު ވެސް އަޔާނީ ގާތުގަ ހުރުމަށެވެ. އަޔާނީ އާ ވަކިން އެހާ ގިނަ ދުވަހު ކެތް ކުރީ ވެސް ކެތް ކުރެވި ގެނެއް ނޫނެވެ.
އެ ގޮތް ބޭނުން ވެގެން ވެސް ނޫނެވެ. އެއީ އަހަރެންގެ ހިތުގައި އަޔާނީ އަށް ދެވިފައި އޮތް މަތިވެރި ޤަދަރާއި ލޯތްބެއް ގެ ބޮޑު ކަމުން ނެވެ.
އަދި އެ ލޯބި ކިލަނބު ވެ އެ ލޯތްބަށް ކިރިޔާ ވެސް ގުޑުމެއް ވެސް އެރިޔަ ނުދިނުމަށެވެ. ހަމަ އެ ހެންމެ އެއީ އަހަރެން އަޔާނީ ދެކެ ވާ ލޯތްބަށް ޓަކައި ވީ ވަރު ގަދަ ޤުރުބާނީ އެކެވެ.
އެހެން ކަމުން މިހާރު އަޔާނީއާ ވަކިން ފަޅި ސުކުން ތެއް ވެސް ހޭދަ ކޮށް ލައިކަށް އަހަރެން ބޭނުމެއް ނުވެއެވެ.
އަހަރެންނަށް ކޯސް ހަމަ ޖެހި ދުވަސް ކޮޅަކަށް ނަމަ ވެސް އަޔާނީ އާ ދުރަށް ދާން ޖެހުމުން އެކަމާ ދެރަވި ހަނދާން އެބަހުއްޓެވެ.
އެއީ އަޔާނީ އާ ވަކިން ދިގު މުއްދަ ތަކަށް އެހާ ދުރަށް ދާން ޖެހޭތީ އެވެ. އަޔާނީ ވެސް އަހަރެންނާ ވަކި ވާން ޖެހޭތީ ރުއި ހަނދާން ނުނެތެވެ.
އެހެނަސް އެރޭ އަހަރެން ކިތައްމެ ދެރަވި ނަމަވެސް އަހަރެންގެ ބުރަ މަސައްކަތުން އަޔާނީ އަށް ވިސްނާދީ އަޔާނީ ހަމަޔަކަށް އެޅުވީމެވެ. އަހަރެމެންގެ މުސްތަޤުބަލަށް ޓަކައެވެ. އުފާވެރި ޚަޔާތެއް ބޭނުންވާ ތީއެވެ.
އެހެން ކަމުން އަޔާނީ ވެސް ފަހުން ބޭނުންވީ އަހަރެންނަށް ރަނގަޅު ގޮތް ވުމަށެވެ. މިކަހަލަ ފުރުސަތަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫންކަން ތަކުރާރު ކޮށް ހަނދާން ވެސް ކޮށް ދެމުންނެވެ.
ހަމަ އެހެންމެ ކޯސް ފުރިހަމަ ކުރުމުން އަހަރެންގެ މަޤާމު މަތިވެ މީހުންގެ އިޚުތިރާމާއި ލޯބި ވެސް ލިބޭނެ ތީއެވެ.
އެގޮތުން އަޔާނީ އަހަރެންނަށް ހިތްވަރު ދީ ކޯހަށް ދިއުމަށް ބާރު އަޅައި ދިން ނަސޭޙަތް ވީ އަހަރެންނަށް ކޯސް ފުރިހަމަ ކުރަން ލިބުނު އިތުރު ހިތް ވަރަކަށެވެ.
*** *** ***
ކެތްމަދު ވެފައިވާ ޚާލުގައި ވަގުތު ތައް ގުނަމުން ދިޔައިމެވެ. އަހަރެންނަށް ހިތް ހަމަ ޖެހުމުގެ ނޭވާ އެއް ލެވުނީ އަހަރެންގެ އުފަން ރަށުގައި ފައި ޖެހުމުންނެވެ.
ރަށަށް އާ ދެވުނު އިރު ހުރީ އިރު އޮއްސި ފައެވެ. ގެއާ ހަމަޔަށް ދެވުނު އިރު އަށެއް ޖަހާ ވެސް ބޮޑު ވެގެން ހިގައްޖެއެވެ.
ދަބަސް ބަހައް ޓައިފައި އަވަސް އަވަސް އެންމެ ފުރަތަމަ ވެސް އަހަރެން ދިޔައީ ނުހާދު ހޯދާށެވެ. ނުކައި ދާން ފެށުމުން މަންމަ ވެސް ހުރީ ހިތް ހަމަ ނުޖެހި ފައެވެ. އެހެނަސް ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ އަހަރެން ދިޔައީ އެވެ.
ނުހާދަ ކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެންމެ ކުޑަ ދުވަހުއްސުރެ ކޯހަށް ދާން މާލެ އައުމާ ހަމަޔަށް ވެސް ދެ ގޮތެއް ނުވެ ހުރި ހަމަ އެކަނި އަހަރެންގެ އެކުވެރިޔާ އެވެ.
އެކަމާ އަހަރެން އުފާ ކުރަމެވެ. ހަމަ އެހެންމެ އަހަރެންނާ އަޔާނީ ގެ ގުޅުން އެނގޭނެ ހަމަ އެކަނި ފަރާތް ވެސް މެއެވެ.
ރަށް ކުޑަ ވެފައި އަރާ އިން ސާދަ ވިލޭރޭ ގެ ފުރިހަމަ ހަނދުގެ ސަބަބުން ރަށު ތެރެ ވަނީ އެކީ އެކައް ޗަކަށް އަލި ވެފައެވެ. ރޭ ގަނޑުގެ އިރާ ކޮޅު ކަމުން މަގުމަތީ މީހުން ވެސް ވަރަށް މަދެވެ.
މާ ދުރަކަށް އަހަރެން ނަށް ހިނގާ ކަށް ވެސް ނުޖެހުނެވެ. ޖެހިގެން އޮތް ގޯޅިން ނުކުމެ ވުނީ ނުހާދުގެ ކުރި މަށް ޗަށެވެ. ކުއްލި އަކަށް އަހަރެން ފެނުމުން ވެސް ކަން ނޭނގެއެވެ.
ނުހާދު ހުރީ ހުއްޓުން އަރާފައެވެ. އެވަގުތު އަހަރެން ހިނިތުން ވެލީމެވެ. ޖަވާބު ގައި ނުހާދު ވެސް ހީލިއެވެ.
އަޔާނީ އާ ބައްދަލު ކޮށްލައި ހިތުން އަހަރެންގެ ކެތް ތެރިކަން ހުރީ ކޮޅުން ލައިފައި ކަމުން އިތުރަށް ވަޤުތު ތައް ބޭކާރު ނުކޮށް އަވަސް އަވަހަށް އަޔާނީ އާ ބައްދަލު ކުރެވޭނެ ގޮތެއް ހަދައި ދިނުމަށް ނުހާދު ކައިރިން އަހަރެން އެދުނީމެވެ.
އެވަގުތު ނުހާދު އިސް ޖަހައިލި އިރު އޭނަގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔަކަން އަހަރެންނަށް ފާހަކަ ކުރެވުނެވެ. އަހަރެން ހުރީ ނުހާދު ބުނާނެ އެއް ޗެއްގެ އިންތިޒާރު ގައެވެ.
ނަމަވެސް ނުހާދު އިސްޖަހައި ލައިގެން އެ ހުރި ގޮތަށް ހުރީއެވެ. އެހެންވެ އަހަރެން ހީކުރީ ނުހާދު އަހަރެންނާ ސަމާސާ ކުރަނީ ކަމަށެވެ.
ސަބަބަކީ ނުހާދަކީ ކޮންމެ ކަމެއްގައި ވެސް ސަމާސާ ބޮޑު މީހަކަށް ވާތީއެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ނުހާދު ގާތު އަހަރެން އެދުނީމެވެ.
“ނުހާދު. ވަރަށް ސީރިއަސް. މިރޭ ކޮންމެ ހެން ވެސް އަހަރެން އަޔާނީ އާ ބައްދަލް ކޮށްލަން ބޭނުން. އެކަން ވާނެ ގޮތެއް ހަދައި ދީ”
ނުހާދުގެ ކޮނޑު މަތީ އަހަރެންގެ އަތް ބާއްވައި ލަމުން އާދޭސް ކުރާ ރާގެއް ގައި އަހަރެން ބުނީމެވެ.
އެވަގުތު އަނގައިން ބުނުމު ގެ ބަދަލު ގައި އަތުގެ އިޝާރާތުން އަހަރެން ކައިރީ އެތާ މަޑު ކުރުމަށް ބުނެ ނުހާދު ހިނގައި ގަތީ އަޔާނީ މެން ގެ ގެ ޔާ ދިމާ އަށެވެ.
ނުހާދު ދިއުމުން އެތާ މަގުގެ އެއް ކައިރީ ހުރި ޖޯލި ފަތިން ޖޯއްޔެއްގައި އަހަރެން އިށީ ދެނލީ މެވެ. އަދި ނުހާދު އަންނާނެ ވަގު ތަކަށް އިންތިޒާރު ކުރަން ފެށީ މެވެ.
ނުނިމޭ
924 Comments
Comments are closed.
hey, kobaa? alhuganduge vaahaka thakah saport kuraa hurihaa faraaih thakun ves kiyaalafa comenteh dheythi… iraadha kureviyyaa 3rd episoad anna hukuru dhuvahu up koh dheynan…..shukuriyyaa….
Nuhadhu aa ayaanee marry kuree dhw….hehehe
vaagoih balamaa dhoa?????????????????????
ehaa duvas kohfa up kuraairu haada kurey. v salhi ekam. kiyaahithun inda vaahaka nimjje.
thanks aan…
Varah reethi vaanehen heevey mi vaahaka 🙂 waiting for next part.
thanks hidha…
V reethi waiting for next part ….
thanks naan….
alheyy…haadha loaiybey mivaahaka…vrh kiyaa hithun myndhy…waiting for the next part…
thanks aysh….
Thankolheh kuru.. n story is nice.. but dhn faharaku dhigukoh genesdheyne kamah ummydhu kuran
thanks sharu… massakkaih kuraanan dhigu koh genes dheveythoa…..
hama reethi igey mivaahaka…den anna faharaku thankolheh dhigu kohlaathi…
thanks yaan…
Basthah vaki kurumugai onna usoola engothah liyun edhen, imlaa kuh hurima kiyaa iru varah bondah undaguvei basthah hamaeh nethi vakikurevifai vaathi, mikanthah islaahukuraanekah unmeedu kuran
thanks hani…. kuriyah oih thanuga thi kan rangalhu kuran massakkaih kuraanan….
V v habeys… ayaany marry kury dhw ehn myhaka…. alhey. Waiting……
thanks mary….. vaa goih balan thibemaa dhow….
Vara reethi
thanks shifa….
Alhey ayaani dhen haadha goahey. Nuhaadh aa merry kury thoache. Vaahaka varah reethi chaalu obinoave hama
thanks jameela…..
Nizam dnt think negative okey… just i wnna let yuh nw maa gina ey story ga beykaar talks thah… thankolhe excited vaa gothah genas dhybr plz ?