Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެޕާރޓްމަންޓް 4ބީ (ތިންވަނަ ބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
February 23, 2017 3 Mins Read
15 Comments

 

ފޯނު ބޭއްވުމަށްފަހު އަހަރެން ސޯފާގައި އޮށޯވެލީ ކާޓޫނެއް ބަލާލާށެވެ. ހުރިހާ ފިލާވަޅެއްހަދާ ނިމިފައި ހުރުމުން ކުރާނެ އިތުރު ކަމެއް ނެތީމައެވެ. އިރުކޮޅަކުން ނިޒާންބެ ވެސް އައެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި އަހަރެން ގެ ފައި ނިޒާޏްބެ އުނގަށް ލުމަށްފަހު ސޯފާގައި އިށީންދުނެވެ. އަހަރެންވެސް ހީލައިފައި ކާޓޫނު ބަލަން އޮތީއެވެ. އިރުކޮޅެއްނުވެ އަހަރެންގެ ފައިގައި ނިޒާންބެ ފިރުމަންފެށިއެވެ. އެއީ ނިޒާންބެ ވަރަށް ގިނައިން ކުރާކަމެކެވެ. އެއީ އަހަރެމެން މަސާޖު ކުރާ ހޮސްޕިޓަލް ކުޅޭއިރެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ނިޒާމްބެ އަހަރެންގެ ފަލަމަހުގައި އަތްލާންފެށިއެވެ. ނަމަވެސް އަހަރެން މާބޮޑުކަމަކަށް ނުހާ އޮތީ އެކައްޗެއްވެސް ނޭންގޭހާލުއެވެ.

ގޭގެ ދޮރު ހުޅުވުނެވެ. ތިއްތައާއެކު ތިއްތަބެ އަދި ޒީވެސް ގެއަށް ވަދެގެން އައެވެ. ސިހިފައި ނިޒާމްބެ ވެސް ތެދުވިއެވެ. ތިއްތަބެގެ އަތާފައިގައި ވަނީ ހުދު ކުލައިގެ ބެންޑޭޖުން ބެންޑޭޖު ކޮއްފައެވެ. އަހަރެން ދުވެފައި ގޮސް ތިއްތަބެ ގައިގައި ބައްދާލުމަށްފަހު ހާލު އަހާލީމެވެ. އެންމެން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮއްލުމަށްފަހު އެރޭ އަހަރެން ނިދަން އޮށޯތީ ނިޒާމްބެ އަހަންނާ ޒީއަށް ގެނައި ޗޮކުލެޓެއް ކާލައިގެންނެވެ. އަހަރެން އެންމެނަށް ދީގެން ކެއީ އަހަރެން މަންމައާ ބައްޕަ ދެކެ ލޯބިވާ ފަދައިން ލޯބިވާ ބަޔަކަށް ވާތީއެވެ. އަބަދުވެސް ފަތިސްނަމާދަށް ހޭލާ ތިއްތައާ އަހަންނަށް އެރޭ ފަތިސް ނަމާދަކަށް ނުހޭލެވުނެވެ. ހެނދުނު ހޭލިއިރު އަހަރެންގެ ދަށްބަނޑުގައިވެސް އާދަޔާހިލާފަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އެހެންކަމުން އެ ދުވަހު ސްކޫލަށްވެސް ނުދަމެވެ.

****************************************************************

ފޮތުގެތެރެއަށް ގެއްލި ހުސްވެފައި އިން ފަރްހީން ސިހުނީ މީހަކު ދޮރުގައި ޓަކި ތަޅާ އަޑަށެވެ. ފޮތްހަރުގަނޑަށް އެ ފޮތް ލުމަށްފަހު ފަރްހީންގޮސް ދޮރު ހުޅުވިއިރު ކުރިމަތީ ހުރު ޝަމްހާން ފެނި ފަރްހީނަ ހައިރާންވިއެވެ. ޝަމްހާން އައިގޮތަށް އައިސް ސޯފާގައި އިށީންދެ ވާހަކަ ދައްކަން ފެށިއެވެ.”ފަރް. މިހާރު ދެން ހަމަ އެއްވެސް އެއްޗެއް ޝެއާރ ނުކުރަންތަ ތިހުންނަނީ؟ތި ވެގެން އުޅޭ ކަމެއްވެސް ބުނީމައެއްނު ހެލްޕެއްވެސް ވެވޭނީ. ހީވިޔޭ އޮފީހަށް ނާންނާނެޔޭ. އެހެންވެ އަހަރެން ވެސް ސަލާމްބުނެފަ މިއައީ ކަމަނާގެ ހާލު ބަލަން.” ޝަމްހާން ވާހަކަ ދެއްކި ގޮތުން ފަރްހީންއަށް ހެވުނެވެ. އެންމެ ފަހުން ފަރްހީން އޭނާގެ އެކުވެރިޔާއަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. އަދި އެ ފޮތް ކިޔާ ނިމުމުން އެ ކިޔަންވެސް ދޭނެކަމަށް ބުންޏެވެ.

ޝަމްހާންގެ އެދުމަކަށް ފަރްހީން ރިތިވެލައިގެން ޝަމްހާން އާއެކު ބޭރަށް ދިޔައެވެ. އެދެމީހުން އެކުގައި ދިޔައިރު އެތަށް ބަޔެއްގެ ސަމާލްކަން އެދެމީހުންނަށް ހުއްޓެމުން ދިޔައެވެ.ފެހިކުލައިގެ ގަމީހަކާ ކަނޑުނޫކުލައިގެ ޖިންސެއްލައިފައި ހުރި ފަރްހީންގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. އަޅި ޓީޝާޓަކާ އައިސް ބްލޫ ޖިންސެއް ލައިފައި ހުރިއިރު ޝަމްހާން ވެސް ފެންނަލެއް ނުހަނު ފުރިހަމައެވެ. ކޮންމެ މީހަކަށްވެސް ހީވާނީ އެއީ ދެމަފިރިން ކަމުގައެވެ un excelente sitio. ނުވަތަލޯބިވެރިން ކަމުގައެވެ. އެހާވެސް އެދެމީހުން ގުޅެއެވެ. އަވިގަދަ ވުމުގެ ސަބަބުން ދެމީހުންގެ މޫނުމަތިން ވެސް ކޮންމެސް ވަރަކަށް ދާހިއްލާލައިފައި ވިއެވެ. އަމީނީ މަގުން ހިނގާފައި ގޮސް ދެމީހުންވެސް ވަނީ ޝަމްހާންގެ ތިއްތަގެ ގެއަށެވެ.

ދުވަހަކުވެސް ނުވަންނަ ގެއަކަށްވުމުން ހިސާބަކަށް އާވެ އަދި ލަދުގަނެފައި ހުރެ ފަރްހީން އެގެއަށް ބަލާލިއެވެ. މެދުމިނެއްގެ ސިޓިންގްރޫމެކެވެ. ސޯފާއެއް ބެހެއްޓިފައި ވީއިރު ދެން ހުރީ ޓީވީއެކެ. އެގެ ފެނުމުން ފަރްހީންއަށް ހަނދާންވީ އެފޮތުގައި ލިޔެފައިވާ ކުއްޖާ ސިފަ ކޮއްދީފައިވާ ގެއެވެ. ފަރްހީން ސިހުނީ ޝަމްހާންގެ އަޑަށެވެ. އޭރު ޝަމްހާންގެ ގާތުގައި ހުރި އަންހެން ކުއްޖާ ފަރްހީންއަށް ފެނުނެވެ. “އިށީންދެބަލަ. ދޮންބެގެ ފްރެންޑެއްނު؟ ސޯ ތީ މިހާރު މަރީގެވެސް ފްރެންޑެއް އިނގޭ.އޯ. މީ މަރީ އިނގޭ” ސަލާމަށް އަތް ދިއްކޮށްލަލުމް އެކުއްޖާ ފަރްހީން އާ ވާހަކަ ދައްކަން ފެށިއެވެ. ތިން މީހުން ވާހަކަ ދައްކަން ތިއްބާ ތިން އަހަރަށްދާ ލޯބި ލޯބި ކުޑަ އަންހެން ކުއްޖަކު ގަނޑަކާ ފަންސޫރެއް ހިފައިގެން އައެވެ. “މަންމީ ޝަމްއަށް ފާމިލި ތިންގާސް ކުރަހަދީބަ.” ލޯބި ގޮތަކަށް އެކުއްޖާ ބުނެލި އެއްޗެއް ދޭހަވީ ހަމައެކަނި މަރީއަށެވެ. އެހެންކަމުން އެބުނި އެއްޗެއް ފަރްހީން އާ ޝަމްހާންއަށް ސާފު ކޮށްލަދިނެވެ.”ހެހެހެހެ. އެބުނީ ފެމިލީ ފިންގާރސް ކުރަހާށޯ” މަޖާވެފައި އިނދެ ޝަމްހާން އެކުއްޖާ އުރާލައިން އޭނާގެ އާއިލާ ކުރަހަން ފެށިއެވެ. ފަރްހީންވެސް ވަރަށް ގަޔާވެފައި އެތަން ބަލަންއިނެވެ. ޝަމްހާން ލިޔަމުން ދިޔަނަންތަކުގެ ތެރެއިން ފަރްހީންގެ ސަމާލްކަން ހޯދީ ޝަމްހާން އޭނާގެ ދައްތަގެ އިންގިލީގައި ‘ޝަމްހާ” މިހެން ޖަހާލުމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ފަރްހީން އެއީ ކާކުތޯ ސުވާލު ކޮށްލިއެވެ. ޖަވާބު ދިނީ ޝަމްއެވެ. “ދައްތީ. ކޮއްކޮ ފެމިލީގަ ދޮންތި ނުހުންނާތީ އެހެން ޖަހަނީ. ދޮންތިއެއް ހުރިނަމަ ކިހާ ފަންވީސް” މިހެން ބުނުމަށްފަހު އެކުއްޖާ ދުވަމުން ދުވަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ފަރްހީންމެން ގެއަށް ދިޔައީ ހަވީރުވާން ގާތްވެފައި ވަނިކޮށެވެ. ފަރްހީން ހަމަޖެހިލައިފައި ހުރިއިރު ޝަމްހާން ހުންނަނީ ނެގިމަޑުވެފައެވެ. ފަރްހީންގެ ހިތުގައި ސުވާލު ގިނަވަމުން ދިޔައެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގަޑި ނޫންކަމުން މަޑުކޮށްލީއެވެ. ގެއަށް ވަދެވުމާއެކު ފަރްހީން އަނެއްކާވެސް އެފޮތްނަގާ ކިޔާން ފެށިއެވެ.

**************************************************************

 

އެންމެން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮއްލުމަށްފަހު އެރޭ އަހަރެން ނިދަން އޮށޯތީ ނިޒާމްބެ އަހަންނާ ޒީއަށް ގެނައި ޗޮކުލެޓެއް ކާލައިގެންނެވެ. އަހަރެން އެންމެނަށް ދީގެން ކެއީ އަހަރެން މަންމައާ ބައްޕަ ދެކެ ލޯބިވާ ފަދައިން ލޯބިވާ ބަޔަކަށް ވާތީއެވެ. އަބަދުވެސް ފަތިސްނަމާދަށް ހޭލާ ތިއްތައާ އަހަންނަށް އެރޭ ފަތިސް ނަމާދަކަށް ނުހޭލެވުނެވެ. ހެނދުނު ހޭލިއިރު އަހަރެންގެ ދަށްބަނޑުގައިވެސް އާދަޔާހިލާފަށް ބޮޑަށް ރިއްސަމުން ދިޔައެވެ. އެހެންކަމުން އެ ދުވަހު ސްކޫލަށްވެސް ނުދަމެވެ.

ވާގޮތެއް ނޭންގެއެވެ. ކޮންމެ ދުވަހަކުވެސް އަހަރެންގެ ދަށް ބަޑަށް ހުންނަނީ ވަރަށް ވާން ކޮށްފައެވެ. އަހަރެންގެ އުމުރަކީ ތޭރަ އަހަރުކަމުން މާ ބޮޑު އެއްޗެއް ނޭންގުނަސް ގައިގައި ނޫފައިގަނެފައި ހުންނަ ތަންތަން ފެނުމުން ހީބިހި ނަގައެވެ. އަނެއްކާ މިގެއިން އަހަންނަށް މީހަކު ކަމެއް ކުރަނީ ބާވައެވެ؟ އެހްނކަމަށް ވާނަމަ އެއީ ކާކު ހެއްޔެވެ؟ ސުވާލު ތަކުން ސިކުނޑި ހާސް ކުރަމުންދިޔައިރު ހަނދާނަށް އަންނަން ފެށީ ނިޒާމްބެ ޗޮކުލެޓު ދިން ދުވަހެވެ. އޭގެ ފަހުން މިހެންވާން ފެށީކަމެވެ. ތިއްތަ އާއި ތިއްތަބެ އާދަޔާ ހިލާފަށް ނިދި ގަދަވާން ފެށިކަމެވެ. އެރޭ އަހަރެން ނިޒާމްބެއަށް ފާރަލީމެވެ. އަހަރެން ހައިރާންވެ ބިރުގަތީ ރިހަތެއްޔަށް ނިޒާމްބެ ހުދުކުލައިގެ ކުޑިތަކެއް އަޅާލުމުންނެވެ. ވާގޮތް މި އިނގުނީތާއެވެ.

އެންމެންނަށް ނިދާބޭސްދީ ނިޒާމްބެ އަހަރެމެން އެންމެން ގަދައަށް ނިންދަވާލަނީއެވެ. އަދި އަހަރެންނަށް ޖިންސީ ގޯނާ ކުރަނީއެވެ. އެވަގުތު އަހަރެންނަށް ބޭއިހުތިޔާރުގައި ރޮވެންފެށުނެވެ. ޒީއަށްވެސް ގޮތެއްނުހަދާކަމެއް ނޭންގެއެވެ.އެރޭ އެންމެންވެސް ކާން އަރާތިބެ ދެއްކީ ތިއްތަބެ ފައިގައިވާ ޕްލާސްޓަރު މާދަމާ ނަގާ ވާހަކައެވެ. އަހަރެން އިނީ ނުކައެވެ. ކުރިން ކެއިންކަމަށް ބުނެ އެންމެންނަށް އޮޅުވާލީމެވެ.

ވާހަކަތަށް އަޑުއަހަމުން ދިޔައިރު އަހަރެން އެންމެ އުފާވީ ނިޒާންބެ ދެދުވަސް ފަހުން ދާވާހަކަ ބުނުމުންނެވެ. ދެރަވާކަމަށް ހަދައިގެން އިނީ އެތެރެ އެތެރެއިން ހޭށެވެ. ކައިގެން އިރުކޮޅަކު މަޑުކޮށްލުމަށް ފަހު އެންމެން ނިދަންވަނެވެ. އަހަރެންވެސް މެއެވެ. ނިދަން އޮށޯތަސް ނިންޖެއް ނާދެއެވެ. ނިދިއަންނާނީވެސް ކިހިނަކުންތޯއެވެ؟ އަހަރެން ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އަވަސް އަވަހަށް ލޯމަރާލަމުން ނިދާކަމަށް ހަދައިގެން އަހަރެން އޮތީމެވެ. އެމީހަކު އައިސް އަހަރެން އުފުއްލާލައިގެން ގޮސް ކޮންމެސް ތަނެއްގައި ބޭއްވިއެވެ. އޭސީގެ ފެނިކަން އިހުސާސް ވުމުން އެއީ ނިޒާމްބެގެ ކޮޓަރިކަން އިނގުނެވެ. އޭސީ ކޮއްފައި ހުންނާނީ އެކޮޓަރި އެކަންޏެވެ.

އިރުކޮޅަކުން މީހަކު އަހަރެންގެ ގައިގައި ބީހެން ފެށިއެވެ. އަދި އަންނައުނު ބާލުވާ އުކާލިއެވެ. އެހިސާބުން އަހަރެންވެސް ލޯހުޅުވާ ތެޅިގަތީމެވެ. ނަމަވެސް އެއީ މާކުރިން ވެސް އެހެންވާނޭކަމަށސް ތައްޔާރުވެގެން ހުރިކަހަލައެވެ. އަހަރެންގެ އަތާފައި އެއްސުމަށްފަހު އަނގަޔަށް އަހަރެންގެ ނައިޓީ ގެންވުމަށްފަހު މަޑު މަޑުން ނިޒާމްބެ އަހަރެންނާ ގާތް ވަމުން ދިޔައެވެ. އަހަރެންވެސް ތެޅުފޮޅެމުން ދިޔައީ މިނުބައި އަމަލު ހިންގާ މީހާގެ ވަކިތަކުން ސަލާމަތް ވެވޭތޯއެވެ.

ނުނިމޭ…

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޢަޞްރު (ސަތާޅީސްވަނަ ބައި)

Next

ހިތުގެ އެދުމޭތީ (3 ވަނަބައި)

Next
February 23, 2017

ހިތުގެ އެދުމޭތީ (3 ވަނަބައި)

Previews
February 22, 2017

ޢަޞްރު (ސަތާޅީސްވަނަ ބައި)

15 Comments!

  1. Maarsha says:
    February 23, 2017 at 10:07 am

    wow

  2. Mimmy says:
    February 23, 2017 at 10:16 am

    V reethi vaahaka eh, avahah up kohdheythi?

  3. Aashoo says:
    February 23, 2017 at 10:53 am

    Haadha kurey

  4. Shinnu says:
    February 23, 2017 at 10:57 am

    Nice

  5. truth says:
    February 23, 2017 at 11:21 am

    Teyra aharuge anhen kujjeh ge gaiga firihenaku mifada gothakah ahlaanee(faiga/Haasakoh falamasganduga) kaafaru visnumeh gaa ey hama yageen kameh.Hithaa mayakee mikudin nah mikan neyngeythy.aslu teyra nuvatha eahvureh thankoleh bodethi kudin nah ekudinge amih la ah ves visnaaleema engey ne mifada kanthah thakakee kaafaru kanthah thah kan.konmeves ehen sababakah taka ruheveny.
    Kudakuh jaku (Haasakoh anhen kuhjaku) mikaha kaafaru kanthah thakah jaagadeegen nuvaane.

    1.

  6. aysh says:
    February 23, 2017 at 1:20 pm

    alheyy….vrh rythi mi part ves…can’t wait for the next part….avahah up koh dhehchey…but as i told u first give preference to your studies…

  7. Meemi says:
    February 23, 2017 at 1:34 pm

    Haadha kurey . komme dhuvahaku up koh dheebala

  8. Mary says:
    February 23, 2017 at 6:58 pm

    Alhey v rythi. Waitingg…………

  9. Aan says:
    February 24, 2017 at 8:16 am

    vv nice. maakuree.avahah up kohdeeba.

  10. imagination says:
    February 24, 2017 at 10:43 am

    thanks everyone. i know mi part kurukan in sha allah maadhamaa ge part dhiguvaane. m sorry ingey mi bai kuruvima. and @aysh u r really amazing and understanding thank u sooo much <3

  11. maaishahil says:
    February 24, 2017 at 12:59 pm

    vaahaka v reethi. thankolheh kury

  12. ? says:
    February 24, 2017 at 10:37 pm

    wowwww ???? varah reeeethi eve ????

  13. Hawwa says:
    February 25, 2017 at 5:14 pm

    Coooool

  14. imagination says:
    February 26, 2017 at 11:07 pm

    alheyy.. guyss. m reallly sorry for the delay.. in sha allah maadhan up kohdheynan….hama nuvegen miulheni.. ekm maadhama ah vaane..sorry again.. nyts <3

  15. mee sh says:
    February 28, 2017 at 12:56 pm

    alhey haadha riihchey…. vrh dhuvas kohlaafa riithi storyeh mi fenunii…. miadhu adhi mi kiyaalii vx mi story ge up kohfa huri baithah…. vrh riithi.. avahah up kohdhehchey vaguthu vaa varakun… gud luck 4 ur studies…

Comments are closed.


All Right Reserved!