Skip to content
އެސްފިޔަ

ވޭނީ ލޯބި (3)

މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދުޔައީ މަރުފަދަ ހިމޭން ކަމެވެ. މިހިމޭންކަން ގެއްލުވާލީ އެވްލީންގެ އެ ޖާދޫވީ އަޑުންނެވެ. “ޔައީޝް. އަހަރެން މިކިޔާ އެއްޗެއް ވަރަށް ކަނުލައި އަޑުއަހާތި.” އެވްލީން މަޑުމައިތެރި ކަމާއިއެކު ބުނެލިއެވެ. ބަސް އަހާ ޅަކުއްޖެއްހެން ޔައީޝް އެއްބަސްވިއެވެ. ޔައީޝްގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ވެލް.! ޔައީޝް އައް އަނގޭނެ އަހަރެން ޔައީޝް ދެކެ ކުޑަކޮށް ވެސް ލޯބިނުވާކަން. އެކަމް. އަހަރެން ޔައީޝް އާއި ރައްޓެހިވިޔަސް ޔައީޝްގެ ތިހިތައް ތަދުވުން ނޫން ކަމެއް ނުވާނެ. އަހަރެން އެގޮތް ބޭނުން ނުވާތީ ޔައީޝް އައް އާނ ބަސް ނުބުނެގެން މިހުންނަނީ. އާނ އަހަރެންވެސް އެއް އިރަކު ލޯބިއޭ ތިކިޔާ އެއްޗެއް ވިން. އެކަމް އެ ލޯބި ވަނީ މީގެ އެއް އަހަރުކުރިން ވެއްޔާއި އެކު މޮޑެވިފަ. ހުރިހާ ފިރިހެނުންގެ ވައްތަރު އެއީ. އަމިއްލަ އެދުން ބޮޑުބަޔެއް.” އެވްލީން ޔައީޝް އާއި ވީފަރާތައް އެބުރުނީ ޔައީޝް މިކަމާއި މެދު ދެކޭގޮތް ބަލާލުމަށެވެ. “ނޫން. ހުރިހާ ފިރިހެނުން އެއް ގޮތް ނުވާނެ. ޤަބޫލުކުރޭ. އަހަރެން އެވީގެ މީހަކަށް ވުމަށް ފަހު އަހަރެން ޝަކުވާއެއް ނުކުރާނަން. އުޅެން ފެށީމަ އެވީ އައްވެސް އަހަރެން ދެކެ ލޯބި ވެވޭނެ. ޕްލީސް ވިލް ޔޫ ބީ މައި ގާރލް؟!” ޔައީޝް ވަރަށް ހިއްވަރާއިއެކު ބުނެލިއެވެ. އެވްލީން ދުރު ބަލާލުމަށްފަހު އާނއެކޭ ބުނެލީ ހިތުގައި އެތައް ޝަކުވާ އެއް ބަހައްޓަމުންނެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ޔައީޝް އެވްލީން ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ނަމަވެސް އެވްލީން ހުރީ ޖެހި ބުދެއް ހެންނެވެ. އެންމެން އުފާ ވިޔަސް އެވްލީން މިވަގުތު ވީ ދެރަ ދެނިވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ.

އެވްލީން އަށް ހޭވެރިކަންވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަސް އަވަހަށް ވުޟޫ ކޮށްލައިގެން ފަތިސް ނަމާދު ކޮށްލިއެވެ. އާދައިގެ މަތިން ނަމާދު ކޮށްލައިގެން އެވްލީން ބޭރަށް ނިކުމެލިއެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވާއރު ދުއްވާ އެއްޗެއްގެ އަޑުވެސް ނީވެއެވެ. ކުންނާރު ގަހުގައި އެލުވާފައި ހުރި އަނދޯލީގައި ހަމަޖެހިލައިގެން އެވްލީން އިށީނެވެ. ގެއްލިފައި އިން އެވްލީން ސިހުނީ ދަންނަ އަޑަކުން އެވީ އޭ ކިޔާފައި ގޮވާލުމުންނެވެ. ދެކޮޅު ހޯދާ ބެލި އިރަކުވެސް މީހަކު ފެންނަން ނެތެވެ. ހީވި ހީވުމެއް ކަމައިހިތާ އިނދޯލިން ތެދުވާން އުޅުން ގަޑީގައި ކުރިމަތީ ހުރި މީހާ ފެނި އެވްލީންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. “ރައުޝަމް!” އެވްލީން މަޑު މަޑުން ކިޔާލިއެވެ: “އެވީ އެކަނި މިތާ އިނީމަ މިއައީ މައްސަލައަކަށް ވަންޏާ ދަނީ.” މޮޅިވެރި ރާގެއްގައި ރައުޝަމް ބުނެފައި ދާން އުޅުންތަނުން އެވްލީން އޭނާ ހުއްޓުވިއެވެ. “ހެހެހެ. މަ ނޫޅެމޭ ދާކަށް އެވީ ހަދާ އެއްޗެއް ބަލާލީ.” ރައުޝަމް މަޖާ ވެލާފައި ބުނެލިއެވެ. “ހޭއި ކިހިނެއްވީ އެވީ ރޮނީ؟ އަހަންނަށް ކިޔައިގެން ނުވާނެ ކަހަލަ އެއްޗެއް ބުނެވުނީތަ؟ ނޫނީ ޔައީޝް އާއި މައްސަލައެއް ޖެހުނީތ؟ ކަމްއޯން ސޭ ސަމްތިންގް.” ރައުޝަމް ހާސް ވެފައި އިނދެ ހުރިހާ އެއްޗެއް އެއްފަހަރާ ކިޔާލިއެވެ. ” ރައު. އަހަރެން ޔައީޝް އާއި ގުޅުނީ ލޯބި ވެގެންނެއް ނޫން. އަހަރެންނަށް މަޖުބޫރުވީ. ރައު އާދޭސް މިކުރަނީ އަހަރެންނަށް އެހީވެދީ ހެޔޮނުވާނެ. އަހަރެންނަށް ހަމަޖެހިލައިގެން މިހާރު ކިޔެވެނީ އެއްވެސް ނޫން. މަންމަ އައް ވެސް ޝައްކު ވާން ފަށާނީ ދެން. އޭނަ އަހަރެން ކިޔަވަން އިންނަހެން ހީވާ ގަޑިތަކުގަ މެސެޖް ވެސް ކުރަނީ އަހަރެން އެޔަށް ރިޕްލައި ނުކޮށްފިއްޔާ އެވަރު ކޮށްލާ. އެކަމް ސަމާ އައްޓަކައި އަހަރެން މިކެތް ކުރަނީ. އެންމެން ތެރޭ ހީސަމާސަ ކުރިޔަސް އެތެރެއިން އަހަރެން މީ މަރުވެފައި ހުރި މީހެއް ކަހަލަ.” ވަރަށް މަސައްކަތުން އެވްލީން އޭނާގެ ހިތުގައި ތިބި އެއްޗެހި ބޭރު ކޮށްލިއެވެ. “އަހަންނަށް އިނގޭ އެވީ އައް މަޖުބޫރުވީ ކަން. އެވީ ކްލާހުގައި ސަމާ ކައރީ ބުނި ވާހަކަ ވެސް އަހަންނަށް އިވުން. ހިތްވަރު ކުރަންވާނެ. ހިތްވަރު އެލުވާލާކަށް ނުވާނެ. އަހަރެން އެވީ އަށް އެހީވެދޭނަން. ދެން މާ ބޮޑަށް ނުވިސްނާތި. ވާހަކައިގައި ތިއްބާ މިހާރު އެހެރަ ހައެއް ޖަހަނީ. އިޓްސް އަސްކޫލް ޑޭ. ހޯޕް ޓުސީޔޫ.” ރައުޝަމް ވަރަށް ލޯބިން އެވްލީންގެ ކޮލުގައި ހީފާލާފައި ދިޔައެވެ. ރައުޝަމް ކަހަލަ ރަހްމަތްތެރިޔެއް ލިބުމުން އެވްލީން ޝުކުރުވެރިވިއެވެ.

ދުވަސްތައް ހަލުވިކަމާއިއެކު ނިމިގެން ދިޔައެވެ. ކަޅު ބޯ ވިލާތަކުން މުޅި ޖައްވު ވަނީ އަނދިރި ކޮށްލާފައި އެވެ. ވައިގަދަ ކަމުން މީހަކަށް ކުޑަ އެއް ހިފަހައްޓާލައިގެން ހުރުން ވެސްވީ އުނދަގޫ ކަމަކަށެވެ. އެވްލީން އޮތީ އޭނާގެ ކޮޓަރީގައެވެ. ވައިބްރޭޓް ވަމުން ދިޔަ އެވްލީންގެ ފޯނައް ނަޒަރު ހުއްޓާލައިގެން އިނީ ނަގަންވީތޯ ނޫނީ ނުނަގަންވީތޯ ވސްނަންށެވެ. ނަމަވެސް މިރޭ އެވްލީން ޔައީޝްގެ ފޯނު ކޯލަށް ޖަވާބު ދިނީ ދޭހިތުންނެވެ. އެތައް ވާހަކަ އެއް ދެއްކުމަށް ފަހު ޔައީޝް އެވްލީން ކައިރީ އެދުނީ ދަންވަރު ދިމާވުމަށެވެ. އެވްލީން ދޭނެ ޖަވާބަކަށް ނޭވާ ހިފަހައްޓާލައިގެން ޔައީޝް ހުއްޓެވެ. ވަރަށް ވިސްނުމަށް ފަހު އެވްލީން ބުނެލިއެވެ. “މްމްމްމް. ވަރަށް ވިއްސާރައޭ. ވާރޭ ނުވެހެންޏާ އާދޭ ދަންވަރު އެރައުންޑ. ދޭއް ޖަހާލާހާ އިރު.” ޔައީޝް އުފަލުން ހުރެ އާނއެކޭ ބުނެލިއެވެ. ދެމީހުންވެސް އިންތިޒާރު ކުރަމުން ދިޔައީ ދޭއް ޖަހާނެ އިރަކަށެވެ.ގަޑި ކުޑަތަން ވަމުން ދިޔަ ވަރަކަށް އެވްލީންގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ދޭއް ޖެހުމާއިއެކު އެވްލީންގެ ފޯނު ރިންގު ވާން ފެށިއެވެ. “ބޭބް އޯޕަން ދަ ވިންޑޯރ. އަިޓްސް ކޯލްޑް ހިއާރ.” މިހެން ބުނުމަށްފަހު ޔައީޝް ފޯނު ކަނޑާލިއެވެ. އެވްލީން ކުޑަދޮރާ ކައިރިވި ވަރަކަށް ހަތަރެސްފައި ތުރުތުރު އަޅަން ފެށިއެވެ. ކުޑަދޮރު ހުޅުވާލި ގަޑީގައި ޖެހުނު ވައިރޯޅިން އެވްލީންގެ ލޯލިތައް ކޮޅައް ޖެހުނެވެ. “އަމް. ތިތާ ނުހުރެ އެތެރެއަށް ވަދޭ. ސަމްވަން މައިޓް ސީ.” ބިރުންހުރެ އެވްލީން ބުނެލިއެވެ. ޔައީޝް ކޮޓަރިއައް ވަދެ ކުޑަދޮރު ލައްޕާލިއެވެ. ދެމީހުންގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރށެވެ. ލަދުން އިސްޖަހާލައިގެން ހުރި އެވްލީން ސިހުނީ ފިހަތުން ޔައީޝް ބައްދާލުމުންނެވެ. “ބޭބް. ތެންކިޔު ޔައިގެ ލައިފް އައް އައީމަ. ހީވަނީ ހުވަފެނެއްގަ އުޅެވޭހެން.” ވައި އަޑުން ޔއީޝް ބުނެލީ އެވްލީންގެ ކަންފަތް ކައިރީގައެވެ. އަދި ޔައީޝް އާއިވީ ފަރާތައް އެވަލީން އަނބުރާލިއވެ. އެދެމީހުން ތިބީ ނޭފަތާއި ނޭފަތް ޖެހޭހައި ކައިރީގައވެ. މަޑުމަޑުން ޔައީޝް އެވްލީންގެ ފިޔާތޮށި ތުންފަތުގައި ބޮސް ދޭން ފެށިއެވެ. ނޭވާ ކުރުވާން ފެށުމުން އެވްލީން ދުރައް ޖެހެން ފެށިއެވެ. ނަަމަވެސް ދުރުވާ ވަރަކަށް ޔައީޝް ދިޔައީ ކައިރި ވަމުންނެވެ. ޔައީޝްގެ މި އަމަލުން އެވްލީން އައް ވާން ކުރެވެމުން ދިޔައީ ޔައީޝްގެ އސްތަށިގަނޑަށެވެ. އެވްލީން އައް ހަމަހޭވެރިކަން ވާން ފެށުނީ ޔައީޝް ކުރަންނުވާނެ ވަރުގެ ކަމެއް ކުރަން އުޅުމުންނެވެ. ވަގުތުން ގައިގަހުރި ބާރެއް ލައިފައި ޔައީޝް ދުރުކުރުވިއެވެ.”ބޭބް އަހަރެން ހުއްޓުވަން ނޫޅެބަށް. ބުނީމެއް ނޫންތީ ހަމައެކަނި އަހަރެންގެ މީހެކޭ. އެވީ ބުނީމެއްނުން ޔައި ކައިރީ ލޯބިވާވަރު ހާމަކޮއްދޭން މިއުޅެނީ ކޮއްދޭންށޭ.” އެވްލީން އާއި އަދިވެސް ކައިރުވަމުން ޔައީޝް ބުނެލިއެވެ. “ނޫން. ތީއެއްނުން ލޯބިވާގޮތް ހާމަކޮށްދޭ ގޮތަކީ. ތިއައް އެއްވެސް މީހެއް ނުކިޔާނެ ލޯބި އޭ. ޔައި ނުވޭ ލޮތްބެއް. ލޯބިވަންޏާ މިރޭ ޔައި ނޫޅޭނެ ތިހެން. އެވީ ދުވަހަކުވެސް ހީނުކުރަން މިހާ ދަށުދަރަޖައިގެ ކަމެއް ޔައި ކުރަން އުޅެފާނެ ކަމަކަށް. ތީތަ ޔައިގެ މައިންބަފައިން އުޅެންބުނިގޮތް. ކިހިނެއް ތަރުބިއްޔަތުވެފަ ތިހިރީ؟! ލަދުގެ ކަންފުޅެއެއް ވެސް ނެތް. އަހަރެން ނެތިން ތިހާ ދަށު ފެންވަރުގެ މީހަކާ ގުޅުމެއް ބާއްވަން. އަހަރެންގެ މޮޔަކަންމީ. އަހަރެން ކަލޭޔަށް އިތުބާރު ކުރެވުމަކީ އަހަރެންގެ ހަޔާތުގަ އަހަންނަށް ހެދުން އެންމެ ބޮޑު ގޯސް. ވީއާރ ނޯމޯރ. އަޑު އިވިއްޖެތަ؟ މިއަދަށްފަހު ތީ އަހަރެން ރައްޓެހިވެގެން އުޅުން ކުއްޖާ އެއް ނޫން. ނިކުމޭ މިތަނުން ހަމަ މިހާރު.!” ރުޅިވެރި ކަމާއިއެކު އެވްލީން ހަޅޭއްލަވަން ފެށިއެވެ. ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން އެތަނުން ޔައީޝް ދިޔައެވެ. އެވްލީންގެ ދެލޯ ފުރުނީ ތާޒާ ހޫނު ކަރުނައިންނެވެ.

ޔައީޝް އައް ކުރެވެން އުޅުން ކަމާއިމެދު ވިސްނެން ފެށުނީ ވަގުތު ފާއިތުވީފަހުންނެވެ. އެރި ރުޅީގައި ބާރު އެތިފަހަރެއް ވީއްލާލީ ފާރަށެވެ.

Comments (17)

  1. azy

    maa kury .. ekam rythi

  2. X-girl

    Nice story..wen next part

  3. Hoooooo

    Alhey dhanvaru 2 jahaairu hiley firiheney room ah vahdhani ladhu hunna anhen kudhin tha?

  4. pumpkin

    Here’s the next part. I hope you guys will enjoy it. I may not have the ability. First time vyma.But try and try until you succeed. I’ll try my level best. I’m just an ordinary girl. 17 year old. So ehen writers liyaa haa reehchah nuliyevedhaane. Everyone is not perfect. ✌?Soo I’ll try my best to make this story nice. Next part will be uploaded evening or tonight. Enjoy tc.?? and i want your opinions for this story.☺️?

    1. oopx
      pumpkin

      YOu dont have to tell us your age nd everything.

    2. vaahaka kiyaa kuhjjaa
      pumpkin

      HAHAHA ! is this kinda joke ? maa kuda kuda kudhin ethiba qran vs hithudhas koh hadhanee .. age doesnt matter kameh kuran v ma .. true that you dont have to mention your age . no one cares :p

  5. Saandy

    Salhi… Ekam adhives liyumuga thankolheh samaalukan dhinun muhinmu… Fudhey varakah ginain fileege massala faahaga kureveythy bunely… Liyefa up kollumuge kurin kiyaalahchey… Eyrun ekahala thanthankolhu faahaga kureveyne… Ummeedhu kuran kuriyah huri baithakuga ekahala kankan ran’galhu kollaane kamah…

    1. pumpkin
      Saandy

      Yeah i will☺️

  6. Thaa

    Story v nice ginain liyun feshyma perfect vaane dont worry

  7. Sofy

    V hehvaa story eh

  8. Maisha

    Stay v reethi

  9. Bella

    Nice story

  10. zul

    nice story

  11. R...a

    Haadha kurey…

  12. Next bf

    Dhen kanthahkoffa eynayaa rulhi vaany dhw… hageegayy olhuvaanulaathi ?

  13. sannu

    salhi. fileege mistakes only

  14. Mee sh

    Vrh reethi vaahaka. First time aa balaafa maa bodah vx rangalhu… baeh myhun kiyaa ehchehsah alhaanulaa eh hiyvareh gothah dhekign kuriyah dhahchey..❤❤❤
    nice storyyy

Comments are closed.