ޝަމްހާ އަށް ހަމަ ރޮވެނީއެވެ. އޭރު ސަމާ އޮތީ ޝަމްހާންގެ ކޮނޑުމަތީއެވެ. އެމާޖެންސީކޮށް ޒިޔާން ގެނައިއިރު ޝަމްހާންގެ މޫނުގައި ވެސް ވަނީލެޔެވެ. ފަސް ވަރަކަށް މިނެޓު ފަހުން ޑޮކްޓަރު ނިކުތެވެ.” އައި އެމް ސޮރީ..ހީ އިޒް ނޯމޯ”
ލިބިގެންދިޔަ ޝޮކާއެކު ޝަމްހާއަށް ހުރިތަނަށް ތިރި ވެވުނެވެ. ޝަމްހާންވެސް ސަމާ ގޮވައި އިށީނދެލީ ކުރާނެ އިތުރު ކަމެއް ނޭންގުމުންނެވެ. މީހަކަށް ފަހު މީހެއް އެމީހުންނާ މި ވަކިވަނީ ކާކުގެ ކޮންކުށެއް އޮވެގެން ބާއޭ ދެމީހުންގެ ހިތަށްވެސް އަރަމުން ދިޔައެވެ. މެންދަމުން އަލިވެ ދޭއްޖަހަނިކޮށް ޒިޔާންގެ އާއިލާ އެންމެންހެން އެތަނަށް އައެވެ. އަދި ޝަމްހާއަށާ ޝަމްހާންއަށް ޝުކުރު އަދާކުރިއެވެ. ޝަމްހާ ގެއަށްދާން އުޅުމުން ޝަމްހާން އެކަން މަނާ ކުރިއެވެ. އަދި އޭނާގެ ގެއަށް ނިދަން އައުމަށް އެދުނެވެ. ނޭންގޭ ސަބަބަކާހުރެ ޝަމްހާއަށް ވެސް އާނބަސް ބުނެވުނެވެ. ނަމަވެސް ދެން ވެރިވީ ހަމަހިމޭން ކަމެވެ. ދެމީހުން ކުރެ އެކަކަށްވެސް އަނގައިން ބުނަން ހިތްވަރެއް ނުލިބުނު ތާ އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ވީ ކަންކަމުގެ ސަބަބުން ދެމީހުންގެ ހަޔާތަށްވެސް ވަނީ އިނގިލާބެއް ގެނުވާފައެވެ. އެހެންކަމުން ދެ މީހުންވެސް ހިޔާރު ކުރީ ހުވަފެނީ އާލަމެވެ. ނިންޖެވެ.
“ދޮން…” “ޝަމްކޮ..” ދެމީހުންނަށް ވެސް އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިން ހުރުމަށްފަހު ދުވެފައި އައިސް ބައްދާލިއެވެ. ދެ ހިތަށްވެސް ލިބެމުން ދިޔައީ ބަޔާން ކުރަންދަތި އުފާވެރިކަމެކެވެ. ނަމަވެސް އެހިނދު ކޮޅު ދެމިގެން ދިޔައީ މަދު ހިދު ކޮޅަކަށެވެ. ދެމީހުންނަށް ވެސް ހޭލެވުމާއެކު ވަށައިން ހޯދަން ފެށިއެވެ. ދެމީހުންނަށް ވެސް ފެނުނީ އެއް ހުވަފެނެކެވެ. ދެމީހުންގެ ހިތުގައި ވެސް ވަނީ ވޭނެވެ. ހިތާމައެވެ.”ދޮން….އައި ރިއަލީ މިސް ޔޫ…ދޮން އަޅެ ކޮންތާކުތަ..މިހާރަކަށް އައިސް މުޅިން ދޮންގެ ހަނދާން އާވަނީ…އާހް” ޝަމްހާންގެ އެ ހިތްދަތި ބަސްތަށް ޝަމްހާއަށް އަޑުއިވުން ފަދައެވެ. “ޝަމްކޮ..ދޮން އެބަހުރިން އިނގޭ…އައި ވިލް ފައިންޑް ޔޫ…” ދެމީހުންވެސް ނުނިދިފައި ތިބުމަށް ފަހު އަނެއްކާވެސް ނިދުނީ ވެފައިވާ ވަރުބައްޔާއެކު އެވެ.
އާދުވަހަކަށް އިރު އެރީ ފަރްހީންގެ ހަޔާތަށް އިންގިލާބެއް ގެނުވަމުންނެވެ. އެކާވިސް އަހަރށްފަހު ބޭބެއެއް ހުންނަކަން އެނގިހުރެވެސް ހަނު ހުންނަން މަޖުބޫރު ވެފައިވަނީ ކަންތައްވާނޭ ގޮތް ނޭންގޭތީއެވެ. ނަމަވެސް އެންމެ ކުޑަމިނުން އެދެމުެދުގައި އެކުވެރިކަން ބޭއްވިދާނޫންހޭ ފަރްހީން ހިތަށް އެރިއެވެ. ނަމަވެސް އޭނާއަށް ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް އެބަހުއްޓެވެ. އެކަންކަމުގެ ޖަވާބު ހޯދުމަށްޓަކާވެސް ފަރްހީން ދިނިން އާ އެކުވެރިވާންޖެހޭ ކަމަށް ގަބޫލު ކުރިއެވެ. އެހެންކަމުން އަވަސް އަވަހަށް ރީތިވެލައިން ފަރްހީން ތިރިޔަށް ފޭބިއިރު ދިނިން އިނީ ކޮންމެސް މީހަކާ ވާހަކަ ދައްކާށެވެ. ފަރްހީން އެ ވާހަކަތައް އަޑުއެހުމުގެ ނިޔަތުގައި ފާރުގެ އެހީގައި ނިވާވެލިއެވެ.
“ދިން.. ބޭބެއަށް މާފު ކުރޭ. އިނގޭ ލަސްވެއްޖެކަންވެސް.. އެކަމަކު ބޭބެ ދިނިންއަށް އޮޅުވާލީ..މިއަދު އަހަރެންގެ ދަރިފުޅުވެސް މިދުނިޔެއާ އަލްވަދާއު ކީ އަހަރެން ކުރި ކުށުގެ ސަޒާއެއްގެ ގޮތުން ކަންނޭންގެ. ދިން. ދިންގެ ބައްޕަ މަރުވީ ދިނިން ގެ އުމުރުން އެގާރަ އަހަރުގަ. ދިންގެ ބައްޕަގެ ގާތިލަކީވެސް ހަމަ އަހަރެން.. ކޮއްކޯ.. ބޭބެއަށް މާފު ކުރޭ..” އެމީހާ ރޯން ފެށިއެވެ. ފަރްހީން ވިސްނާލިއެވެ. އެހެންވީރު ދިނިންގެ އުމުރަކީ ބައްތިރީސް އަހަރުބާއޭ ފަރްހީން އަމިއްލަޔަށް ސުވާލުކޮށްލިއެވެ. މިފަހަރު ދިނިންވެސް ވަރަށް އަސަރުގައި ވާހަކަދައްކަން ފެށިއެވެ.
“ބޭބެ.. ބުނޭ ތީ ދޮގެކޭ..އަހަރެން ބޭބެއަށް ހާދަ އިތުބާރެއް ކުރީމޭ..ކީއްވެ؟؟ އޮޅުވާލީ ކީއްވެތަ؟؟ ދެން އެހެން ވީރު އަހަރެންގެ ކޮއްކޮ ޔޯ..ކީއްވެ ބައްޕަ މަންމަ ކާރިޔަށް ނައީ..އަހަރެންކާރިޔަށް ނައީ ކީއްވެ؟ ޖަވާބު ދީ..އޭ!!!!!!.. ބުނޭ!!!”ފަރްހީން ދިޔައީ އެއްލިގެންނެވެ. ދިނިންގެ ހަޅޭކުގެ އަޑު ގުގުމައިގެން ދިޔައީ ބިރުވެރި އަޑެއްފަދައިންނެވެ. ނޭވާ ހިފާއްޓާލައިން ފަރްހީން ހުރީ ދެން އެމީހާ ބުނަނީ ކީކޭތޯ ބަލާށެވެ.
“އެއީވެސް ބޭބެގެ ސަބަބުން. އަހަރެން ނުހާ ގާތު ބުނިން ސިޔާމު މަރުވެއްޖޭ ދިން ވިހޭދުހު. ނުހާ މޮޔަނުވީ ކިރިޔާ..އަހަރެންގެ މަގްސަދަކަށް ވީ ނުހާ ހާސިލްކުރުން. އެކަމު ސިޔާމުގެ ސަބަބުން ނުވީ. އެހެން ދޮގު ހެދުމަށް ފަހު އަހަރެން ސިޔާމުއަށް ގުޅިން. އަދި ބުނިން ދަރިފުޅު ސަލާމަތް ކުރަން ބޭނުމިއްޔާ ބުނާގޮތ ހަދާށޭ..ދެން ފަހުން އޭނަ އުޅުނީ ނުހާގާތަށްދާން…ހަނީފާ އޭރު އިނީ ވިހަން ގާތްވެފަ. އަހަރެން އެހެންވެ ސިޔާމު މަރާލީ…މިއިން އެއްވެސް ކަމެއް ނުހާއަކަށްވެސް ހަނީފާއަކަށް ވެސް ނޭންގޭނެ. އެއީ ސިޔާމު ކައިރީ އަހަރެން ބުނިން ހަނީފާކައިރީވެސް ބުނާށޭ ނުހާއާ ދަރިފުޅު މަރުވެއްޖޭ…ނުހާ ކައިރީ އަހަރެން ބުނީ ސިޔާމުވެސް ހަނީފާވެސް މަރުވިއްޔޭ..އެކަމު އަހަންނަކަށް ނުހާއެއްވެސް އަހަރެންގެ އަނބިމީހާވެސް ދަރިންނެއްވެސް ނުލިބުނު..ދިން ދަރިފުޅާ..ބޭބެއަށް މާފު ކުރޭ…” ދިނިން ރުޅިއައިސްފައި ހުރިވަރުން އެމީހާ އެތަނުން ނެރުނެވެ. ނަމަވެސް ސިފައިންނާވެސް ހަވާލު ކުރާކަށް ނޫޅުނެވެ. ދިނިންގެ ރުޅިއައިސް ރަތްވެފައިވާ މޫނުފެނުމުން ފަރްހީންއެތަނުން ދިޔައީ މިއީ ވާހަދައްކަން ރަނގަޅު ގަޑިއަކަށް ނުވާނެތީއެވެ. އެހެން ނޫނަސް އަނެއްކާވެސް މި އަޑު އިވުނީ މުޅިން އެހެން ވާހަކައެކެވެ. މިހާރު ފަރްހީން ގެ ބޯ ރަނގަޅަށްވެސް ގޮވައިފިއެވެ. ނަމަވެސް ކިތަންމެ ބޭނުން ނުވިޔަސް ފަރްހީންއަކީ އަބަދުވެސް ހަގީގަތާ ނުހަނު ކެރިގެން ކުރިމަތި ލާ ކުއްޖެކެވެ.
އެހެންކަމުން މިފެށުނު އާބާބުވެސް ފުރިހަމަ ކުރުމަށް އަޒުމު ކަނޑައަޅަމުން ފަރްހީން އެރީ ޓެރަހަށެވެ. އެތަން ވަނީ އަވިންނާ ވާރެއިން ސަލާމަތް ކުރުމަށް ކޮންމެސް ވަރަކަށް ތަންތަން ކޮޅުގައި ކުޑަބަހައްޓާ ހިޔާ ކޮށްފައެވެ. އަލިކޮށްއޮއްވާ ފެނުނު ފުރަތަމަ ފަހަރުކަމުން ފަރްހީން ހުރިހާތަނެއް ރަނގަޅަށް ބަލަމުން ދިޔައެވެ. އެތަން ހީވަނީ ބޮޑު ގަނޑުވަރެއްގެ ބަގީޗާއެއްހެނެވެ. ރެއިލިން ކާރީގައި މާގަސްތައް ހުރިއިރު ފަރްހީން އެންމެ ލޯބި ކުރާ ސައިމަލުގެ ވައްތަރުތައްވެސް ހުއްޓެވެ. ފަރްހީންއަކަށް ދުރަކު ނުހުރެވުނެވެ. ދުވެފައި ގޮސް އެ މާތަކުގެ ވަސް ބަލަން ފެށިއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ދިނިން ހުރީ ހެވިފައެވެ. އޭނާގެ ކޮއްކޮ ފެނުމުން އެހިތަށްލިބެނީ ބަޔާން ކުރަން ދަތި ހިންހަމަ ޖެހުމެކެވެ.
ނުވަގަޑި ބައިވީއިރު ޝަމްހާން ހުރީ ޝަމްހާ ނުހޭލައިންނެވެ. އެންމެ ފަހުން ގޮސް ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ ސަމާއެވެ. “ބޭ..ދޮންބެ..މަންމި ހޫނު..ނުހޭލާ..ކޮއްކޮ ބްރަޝް..” ޝަމްހާން އަވަސް އަވަހަށްކޮޓަރިއަށް ވަދެ ޝަމްހާގެ ކަރުގައި އަތްޖައްސާލިއެވެ. ހުން އައިސްގެ އެހަށިގަނޑުގައި ހޭ ހުރިހެނެއްވެސް ހިޔެއްނުވެއެވެ. ޝަމްހާން އަވަސް ހަރާކާތާއެކު ޒީޝާއަށް ގުޅާލިއެވެ. އަދި އައުމަށް ބުނުމަށްފަހު ޝަމްހާގެ މޫނުގައި ފެންފޮތިކޮޅެއް ބާއްވާލުމަށް ފަހު ސަމާ ރީތި ކުރުވިއެވެ. އަދި ސަމާއަށް ކާން ދިނުމަށްފަހު ކާޓޫނު އަޅުވަދިނެވެ. އެ ހުރިހާ އިރުވެސް ސަމާ އޭނާއަށް މުހާތަބު ކުރީ ދޮންބެގެ ނަމުންނެވެ. ސަބަބު ނޭންގުނަސް ޝަމްހާންއަށް އެކަމުގެ ސަބަބުން ހިންހަމަ ޖެހުން ލިބުނެވެ.
ޒީޝާ އައީ އޭގެ ވިހިވަރަކަށް މިނެޓުފަހުންނެވެ. “ޒީ. ތޭންކްސް. މީ އައިޝާ ވަރަށް ހުންއައިސްގެން.. ފެން ފޮތި ކޮޅުބާއްވާތާ ދެމިނެޓުނުވެ އެބަ ހޫނުވޭ ފޮތިކޮޅުވެސް…ތީ ޑޮކްއެއްނު. ހެލްޕްހާ…ޝީ އިޒް ލައިކް އަސިސް” ޝަމްހާންއަށް އެހެން ބުނެވުނީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭންގެއެވެ. ޒީޝާ ފަރުވާތެރިކަމާއެކު ޝަމްހާންގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެ ދޮން މޫނު އަބަދުވެސް ތާޒާކޮށްހުންނައިރު މިއަދު ފެންނަނީ މިލާފައިވާތަނެވެ. ދެލޯރަތްވެ ދުޅަވެފައިވާތަނެވެ.
“ޝަމް..އަހަންނަށް ޒީ ނުކިޔަބާ..ފާތުން ކިޔާބަ..އެންޑް އައިނޯ ޔޫ މިސް ދޮން.. އަހަރެންވެސް ހަނދާންވޭ..އެހެންވެ ފާތުން މިކިޔަނީވެސް.އެއީ ދޮން ކިޔާނީ ޒީ. ދެން ދޮން ނޫން އެހެން މީހަކު އެނަން ކީމަ އުނދަގޫވޭ..ދެން ތިވެގެން އުޅޭގޮތެއްވެސް ކިޔާދީބަ ދޯ..އޭރުންނު ހެލްޕް ވެވޭނީ.” ޒީޝާ ވަރަށް ފަރުވާތެރިކަމާއެކު އައިޝާ ބެލިއެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރެއްކަމަށް ވާ ފާތިމަތު ޒީޝާ އަކީ ނަންމަށްހޫރު ފަރާތެކެވެ. ރަނގަޅަށް ބެލުމުން ޒީ ހައިރާންވިވަރުން އަނގަމަތީ އަތް އަޅާލިއެވެ. އައިޝާ އެވަނީ ވަރަށް ބޮޑަށް ޖިންސީ ގޮތުން އަނިޔާ ކޮށްފައިކަން އެނގުން ވި ހިނދު ޒީޝާގެ ހިތަށް ވަރަށް އަސްރު ކުރުއެވެ. ނަމަވެސް އެކަން އިހަށް ސިއްރު ކޮށްލުމަށްފަހު ޝަމްހާން އާ ވާހަކަދައްކާލަން ބޭރަށް ނިކުތެވެ.
ޝަމްހާންވެސް ހުރިހާކަމެއް ކިޔާދިނެވެ. ފަރްހީން ގެއްލުމާ އައިޝާއާ ދިމާވުމާ ޒިޔާން މަރުވުމެވެ. ޒީޝާގެ ސިކުނޑިއަކީ ވަރަށް ވެސް ދުރު ވިސްނޭ އަވަހަށް ކަންކަން ނަގައިގަންނަ ސިކުނޑިއެކެވެ.” ޝަމް. މަށަށް ހީވަނީ ފަރް ތިކުއްޖާ ސަލާމަތް ކުރީހެން ކޮންމެސް ނުބައި ބައެއްކާރިން. ވެދާނެ އާއިލާ ކަމަށްވެސް. އެހެންވީމަ އެމީހުން ބަދަލުހިފަން ފަރްހީން ތަނަކަށް ލާފާނެ. އެންޑް ޔާ. އޭނަޔަށް ބަޔަކު ވަނީ ވަރަށް ބޮޑަށް ޖިންސީ އަދި ނަފްސާނީ ގެއްލުން ދީފަ. އެކުއްޖާއަށް ރަނގަޅަށް ބަލާތި. ޝީ ނީދްސް ލަވް. އަދި ފަރްވެސް ފެންނާނެ އިނގޭ..ހާސް ނުވޭ.” ޒީޝާ އެގެއިން ނުކުމެގެން ދިޔައީ ވަރަށް ހިތްވަރު ދީފައެވެ. ޝަމްހާން އައިޝާއަށް ހަމްދަރުދީވިއިރު އައިޝާ ފަރްހީން ގެއްލުމުން އެހާވަރަށް ރުއި ސަބަބުވެސް އެނގުނެވެ. ޝަމްހާން އަޒުމު ކަނޑައެޅީ ވަގުތު ފާއިތު ނުވަނީސް އައިޝާއަށް ލޯބީދީ އިތުބާރު ހޯދާ އަދި އޭގެ އެހީގައި ފަރްހީން ސަލާމަތް ކުރުމަށެވެ.
ފަރްހީން ތިރިއަށް ފޭބިއިރު ދިނިން އިނީ ކޮފީއެއް ބޯށެވެ. ފަރްހީންބެލީ ވީހާވެސް ގާތްކޮށް ވާހަކަ ދެއްކޭތޯއެވެ. “ހެއި ދިން..ރޭގަ ވީކަންކަމަށް ސޮރީ ވަރަށް ބޮޑަށް..ފެރެންޑްސް؟” ފަރްހީޏް އަތްދިއްކޮށްލަމުން އެހިއެވެ. ފަރްހީން ގެ މިގާތް ކަން ފެނި ދިނިން އިނީ ވަރަށް އުފާވެފައެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލުމަށް ފަހު އޮފީހުން ގުޅުމުން ދިނިން ދިޔައީ ބޭރަށެވެ. އެކަނިމާއެކަނި ފަރްހީން އިނީ ފޫހިވެފައެވެ. އެހެންކަމުން ކޮޓަރިއަށް ދާން ވެގެން ތެދުވިވަގުތު ކަރުގައި އޮތްފަށް ވެއްޓުނެވެ. ގުދުވެލާފައި ފަރްހީން އޭތި ނެގި އިރު އޭގެ ތެރޭގައި އޮތް ފޮޓޯވެސް އޮތީ ނިކުމެފައެވެ. އެއީ ދާދި ފަހުން ޝަމްހާންއާ ފަރްހީންނެގި ފޮޓޮއެކެވެ. އޭތި ފެނުމާއެކު ފަރްހީންގެ ހަނދާނާ ކުޅެންފެށީ ޝަމްހާންގެ ހިޔާލްތަކެވެ. ސޯފާގައި އިށީންނަމުން ފަރްހީންއެފޮޓޮޔަށް ބަލާލިއެވެ. އަދި މެޔާލާ އޭތި ބޮނޑިކޮށްލިއެވެ. އެވަގުތު ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ފަރްހީން ސިހުނީ ދާދިގާތުން މީހެއްގެ ހިލަން ވެގެނެވެ. ކަރުނަތަށް ފޮހެލުމަށްފަހު ފަރްހީން އެނބުރުން އިރު އެއީ ދިނިން އެވެ. އޭނާވެސް އައިސް ސޯފާގައި އިށީނެވެ.
“ބޯއީ ފްރެންޑް ތަ؟” ފަރްހީން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަދި ދިނިންގާތު އޭނާ އުޅެނީ ކުއްޖަކާ ރައްޓެހި ވެގެން ތޯވެސް ފަރްހީން އަހާލިއެވެ. “ހަހަ.. އަނެއްކާ އަނެއް ސްޓޯރީ ކިޔާން ދޭން ވީ ދޯ..އަހަރެންގެ ހަޔާތުގަ ހުރިހާ ކަމެއްވެސް ހިނގީ ވަރަށް ފިލްމީކޮށް. ވާހަކަޔެއްވެސް އެހާ ޑްރަމަޓިކް ނުވާނެ ކަންނޭންގެ.” ދިނިންހީލަމުން މިފަހަރު ކިޔާދޭން ފެށީ އޭނާގެ ހަޔާތުގެ ލޯބީގެ ބާބެވެ.
“އަހަރެން ކިޔަވަމުން އައީ ޣިޔާޡުއްދީން ސްކޫލުގަ. އޭރު އުމުރުން ފަނަރަ އަހަރު. އަހަރެން މާލެ ބަދަލުވި ފުރަތަމަ އަހަރު އެއީ..ކިޔަވަން ވަރަށް މަސައްކަތް ކުރިން އޭރު. ދެން އެއްދުވަހަކު ފިޒިކްސް ގަޑީގަ އަހަރެމެންގެ ސާރ ނާންނާތީ އަހަރެން ދިޔައީ ހަތެއްގެ ކްލާހަކަށް. ފުރަތަމަ ގޮސް ވަނުމާއެކު އަހަރެން ލައިގަތީ ބާރަށް ދުވެފައި އައި އަންހެން ކުއްޖެއްގެ ގައިގަ. ދެން އެވަގުތު ކޮޅުވެސް ދިޔައީ ހިންދީ ސީރީޒް އެއްހެން. ގަނޑުތަށް ވަޔާގޮސް އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓުނު. އަހަރެން ދިޔައީ ކުޑަކަމަކު ކަމުންނާ އަހަރެންނަކީ ސެކަންޑްރީ ގެރޭޑުގައި ކިޔަވާ ކުއްޖެއްކަމުން އެކަކުވެސް އަހަންނަކާ ނުބެހޭ. އަހަރެން އެކުއްޖާ ނެގުމަށްފަހު އަވަހަށް އެތާހުރި ޓީޒަރު ގާތު ފަހުން ބައްދަލު ކޮށްލަން އެދުމަށްފަހު ނިކުތިން.
އެދުވަހުގެ އެގަޑިއަށްފަހު އަހަރެންގެ ހަޔާތަށް އިންގިލާބެއް ގެނުވި. ކެންޓީނަށް ގޮސްވެސް ބެލެނީ އެކުއްޖާއަށް. އޭނަވެސް ވަރަށް ބަލާނެ އަހަންނަށް. ހީވަނީ އޭނަ ވެސް އަހަރެންނާ ގަޔާވާހެން. އެކަމާ ވަރަށް އުފާވެސް ވޭ. އަހަންނަކަށް އޭރަކުވެސް މި ލޮއެއްބަކީ ކޯޗެއްކަން މާބޮޑަކަށް ނޭންގޭ. އެއީ ކޯޗެއްކަން ދަސްކޮށްދިނީ މިހިތުގެ ރާނީ. ސްކޫލުގެ ވަގުތުތަކުގައި ގުޅުން ބަދަހި ކުރަމުން ދިޔައީ އެކަކުގެ ކިޔެވުމަކަށް ވެސް ބުރޫ ނާރާނޭހެން. އަހަރެމެން ދެމީހުންނަކަށްވެސް އެ ގުޅުމަކަށް ނަމެއް ނުދެވުނު. އެންމެ ފަހުން އެހެން ކުދިން އަޅުވާ ކިޔަން ފެށީ…
އަހަރެންވެސް އެންމެ ފަހުން ނިންމީ އަހަރެމެންގެ ގުޅުމަށް ލޯބީގެ ނަމުން ނަންދޭން. އެގޮތުން ހަފްތާ ބަންދަށްފހު އައި އާދީތަ ދުވަހެއްގަ މަލެއްހިފައި ގޮސް އެކުލާސް ކުރިމަތީ ވަރަށް އެނބުރުނިން. އެކަމަކު މިހިތުގެ ރާނީއެއް ނުފެނުން. އެގޮތަށް މުޅިމަސް ނިމިގެން ދިޔައީ..އަހަރެން ވަރަށް ގިނަ މަސައްކަތް ކޮށްގެން އިނގުނީ އެލޯބި ކުއްޖާވަނީ ވީނުވީއެއް ނޭންގި ގެއްލިފަކަން. އެދުވަހުގެ ފަހުން މިހާރު އުމުރުން ބައްތިރީސް އަހަރުވީއިރުވެސް އަހަންނަކަށް އިތުރު މީހެއްދެކެ ލޮއެއްބެތް ނުވެވުން. އަސްލު މިއަދު އަހަރެން ފުލުހަކަށް ވީވެސް އެކަހަލަ ކުދިންނަށް އެހީވާން. ހިއުމަން ޓރެފިކިން އެންޑް އެކަހަލަ ކަންކަން ހުއްޓުވުމަށްޓަކާ އަހަރެން މިތަނަށް އައީ މޯލްޑިވްސްގެ ފަރާތުން ސީކްރެޓް އޭޖެންޓެއްގެ ގޮތުގަ.
އޭ.. އަނގަ ހުޅުވައިން ތީނީ ކީއްވެ؟ އޯ އަދި އިންޓްރޮޑިއުސް ވެސް ނުވަން ދޯ… އައި އެމް އިންސްޕެކްޓާރ މުހައްމަދް ދިނިން. އަހަރެން މިއުޅެނީ ސީކްރެޓް މިޝަންއެއްގަ. އެއީ ތިގޮތަށް ވިއްކުމަށް މަސައްކަތް ކުރާ ކުދިން ސަލާމަތް ކުރުމާ މިކަމުގެ އަޑީގަ ހުރީ މިނިސްޓާއެއްކަން ޔަގީން ވާތީ އަދި ފަރް ނުފޮނުވިގެން މިއުޅެނީ. އެކަމް މި ނިޒާމް ބޭނުން ކޮށްލައިން ވާނެ ހެން ހީވަނީ.”
ދިނިން ގެ އަނގަ ވާޅުވެސް ނުވާފަދައެވެ. ފަރްހީން އަށް ހުރެވުނީ ހައިރާންވެ އަންތަރީން ވެފައެވެ. ދިނިން އެއުޅެނީ ނިޒާމް ހައްޔަރު ކޮށް ފަރްހީން ސަލާމަތް ކުރަން ކަން އެނގުމާއެކު އުފަލުން ދިނިން ގައިގައި ބައްދާލިއެވެ. މިކަހަލަ ވަގުތަކަށް އިންތިރާރު ކުރަމުން އައި ދިނިންވެސް އުފަލުން ފަރްހީންގެ މެދުހަށީގައި އޭނާގެ ދެއަތް ވަށާލިއެވެ.
ކުރެވުނު ކަންތައް ރޭކާލީ ވަރަށް ފަހުންނެވެ. ފަރްހީން ދިނިންގެ ގައިން ދޫކޮށްލުމަށްފަހު ދުރުގައި ހުރި ސޯފާއެއްގައި އިށީނެވެ. އަދި ކުރިން ދެއްކި ވާހަކައިގައި އުޅޭ އޭނާގެ ހިތުގެ ރާނީއަކީ ޝަމްހާ ކިޔާ ކުއްޖެއްތޯ އެއްސެވެ. ދިނިން ހައިރާންވީވަރުން ކޮޅަށް ތެދުވިއެވެ. އަނެއްކާ އެއީ ފަރްހީންގެ ގާތްތިމާގެ ކުއްޖެއްތޯ އޭނާގެ ހިތަށް އެރިއެވެ. ފަރްހީންއަކަށް ވެސް އެސުވާލު ކުރެވުނީ ކީއްވެކަމެއް ނޭންގުނެވެ. ދިނިން ކިޔައިދިން ގޮތުން ހަމަ އަހާލެވުނީއެވެ. ފަރްހީން ދިނިންގެ ޖަވާބެއްގެ އިންތިޒާރުގައި ހުއްޓާ އިވުނީ ދިނިން އާނ އެކޭ ބުނެލި އަޑެވެ. ފަރްހީންއަށް ގިސްލެވެން ފެށުނެވެ. އޭނާގެ ބޭބެ އެންމެ ހިތްއެދޭ މާ ސުންނާފަތި ވެ އެތަކެއް ތޫފާންތަކާ ކުރިމަތި ލާންޖެހުނުކަން އިނގުމުން ވާނެ ގޮތް ފަރްހީންގެ ހިތަކަށް ނުގެނެވުނެވެ.
އަނެއްކާ މިހާރު ދިނިންގެ ކޮއްކޮވެސް މިހާލުގައި ޖެއްސީ އެނިޒާމު މެންކަން އިނގިއްޖެޔާ ދިނިން ގޮސް އޭނާ މަރާވެސް ލައިފާނެއެވެ. ނަމަވެސް މިއަދު ހަގީގަތް އެންމެންގެ ކުރިމައްޗަށް ފާޅުކޮށްދެވެން އޮތްއިރު މިފުރުސަތު ނަގާލާކަށް ފަރްހީން ބޭނުމެއްނުވިއެވެ. އެހެންކަމުން ޝަމްހާގެ ހަޔާތުގައި ހިނގި ހުރިހާމެއްވެސް ފަރްހީން ރޮއެރޮއެފައި ދިނިންއަށް ކިޔާދިނެވެ. ދިނިން އަށް ވެފައި ހުރި ގޮތެއްވެސް ނޭންގެއެވެ. މީހާ ހުރީގަބުވެފައެވެ. ފަރްހީން ދިނިންގެ ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލި ހިނދު ކުއްލިއަކަށް ދިނިން ބަޑިއެއްހިފައިން ބޭރަށް ނިކުންނަންދާން މިސްރާބު ޖެހިއެވެ.”އަހަރެން އެމީހާ މަރާލާނަން..” ފަރްހީންގެ ކަންފަތުގައި ހޮނު ގުގުރިއެއްހެން އެ ލަފްޒުތަށް ގުގުމާލިއެވެ.
ނުނިމޭ….
10 Comments!
Comments are closed.
Yippy mee first dhww. Adgi nukiyan kiyalàfa kom3nt kohlaanan ingey. Thanx imagination
Alah vaahaka liyaa goiy hurey. Haadhisaathah reethi. Ekamu manzaruthah gulhuvaalaairu odd gotheh hurey. But keep going. Everything will be all right.
Coz ” experience is the best teacher”
Alhey v v v nice.
Asthaa! Farheen eyna huttuvaa… Alhe Shamhaan aa Farheen gulheyne gotheh vaane irakah mi inthizaaru kurany
varah salhi…. whn nxt part?
vvv reethi mi haaru emme inthizaarukuraa vaahaka mee
kon iraku aneh bai up kohdhenee? vaahaka varah reethi 🙂
v salhi.kon aisha ehtha miannanee.
she was insecure about herself. so amihlayah aisha eyh kiyain ulheni. name change kohllain
thank you everyone. next part in sha allah tonight