“މަންމާ…”އޭ ކިޔައި ބާރަށް ގޮވުން ފިޔަވައި އިޝާއަށް އިތުރުކަމެއް ނުކުރެވުނެވެ. ކާރު ކޮންޓްރޯލުން ނެއްޓި އިޝާގައިގައި ޖެހުމާއި އެކު އޭނާގެ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. ކާރުގައި އިން ޑްރައިވަރު ކާރުން ފައިބާ އިޝާއަށް ވީގޮތް ބެލުމަށް އަވަސްވެގަތެވެ. ވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ދެމުންދިޔަ ވަގުތު ކަމުން އެހެން މީހެއްގެ ހިލަމެތް މަގުން ފެންނާކަތްނެތެވެ. ބާރު ހިނގުމެއްގައި ގައި އައިސް މޫނުވަތަށް ވެއްޓިފައިއޮތް އިޝާގެ ކޮނޑުގައި ޑްރައިވަރު ހިފާލިއެވެ. އޭރު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު […]
ހިނިތުންވެލާފައި މީޓިންގް ރޫމަށްދާން ހިނގައިގަތްތަނާ ފުރަގަހުން އަނެއްކާވެސް އިވުނީ ޒުހުރާގެ އަޑެވެ. “ޑރ.އިމްޔާ!” އަހަރެން ފަސްއެނބުރި ބަލާލީމެވެ. “ކީކޭ ޒުހުރާ؟” މިފަހަރު ރިސެޕްޝަނާ ތަންކޮޅެއްދުރަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ޖެހިލުންވެފައި ކަހަލަ ގޮތަކަށް ޒުހުރާ ވާހަކަދައްކަން ފެށިއެވެ. “ޑޮކްޓަރ! މިފަހަރު ހަނިމާދޫ އަށް ދުރުވާ ދަތުރުގައި އަޅުގަނޑަށްވެސް ދެވޭނެނަމަ. އަތޮޅުގެ ރަށްތަކުން އަޅުގަނޑަށް އެންމެރީތި ރަށަކީއެއީ. އެހެންވެ މިދެންނެވީ. ” ޒުހުރާގެ ވާހަކަ ހުރިގޮތުން އަހަރެންނަށް ހެވުނެވެ. “ހާސްނުވޭ. ތިކަމަށް ހުއްދަ ހޯދާނަން. ދެންދަނީ. މިހާރު އެއޮއްގެން 3 […]
ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލަމުން ގޮސް އެއްކޮށް ހުއްޓާލާފިއެވެ. މުޅި ޖައްވަށް ތާޒާކަން ގެނެސްދީފިއެވެ. ނަމަވެސް އިޝާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްގަޑިއިރާއި މިނެޓްތައް ފާއިތުވެއެދަނީ އޭޝްގެ އިންތިޒާރުގައި އިދެއެވެ. ގުޅާ ކޮންމެ ފަހަރު ފޯން ބިޒީކޮށްލަނީއެވެ. “ސޮރީ، ބިޒީ” ގެ މެސެޖަކަށް ފަހު ދެން ގުޅާލި އިރު ފޯން ނިއްވާލާފައި އޮތުމުން އެކަމާ މާބޮޑަށް ދެރަވިއެވެ. އިޝާގެ މޫޑް ރަގަޅުކުރަން ފަޒޫއާއި އަރޫ މަސައްކަތް ކުރިނަމަވެސް އޭނގެން އެއްވެސް އަސަރެއް އިޝާގެ ހިތަކަށް ނުކުރެއެވެ. […]
ހުޝާމް ފޭބުމަށް ފަހު އެތެރެއަށް އަތްދިއްކޮލުމުން ހުޝާމް އަތުގައި ހިފާފައި ފޭބީ ލޫޝާއެވެ. ފޭބިއިރުވެސް ލޫޝާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ނަމަވެސް އޭރު އައިޝާއަށް ފެނުނު ލޫޝާއާއި މިހާރު ފެންނަން ހުރި ލޫޝާގެ ތަފާތު ފެނުމުން އައިޝާގެ ހިތުގައި ރިއްސާލިއެވެ. ލޫޝާ ވަނީ ހކި އަނަރޫފަވެފައެވެ. ދެލޯކައިރި ކަޅުވެ ވަޅުވަދެފައެވެ. މީހާ ވަނީ ހުދުކަފަކޮޅަކަށް ވެފައެވެ. ވަކި ހިސާބަކަށް ހުޝާމްއާއި އެކު އައުމަށްފަހު އެއަތުން ދޫކޮށްލަމުން މަޑުމަޑުން ހިނގާލާފައި ގޮސް އައިޝާގެ އަނެއްފަރާތުން ކައިރީގައި ހުއްޓުނެވެ. “ވަރަށް ހާސްވެފަތަ […]
ގަޑިން އަށެއް ޖެހިއިރު ރޭޝަމް ހުރީ ޓެކްސީއެއް ނުލިބިގެން މަގަށް ނުކުމެއެވެ. މިހެން ހުރިއިރު އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. މަގުގެ ދެކޮޅު ބަލާ ކުރިއަށް ހިނގައިގަތެވެ. ޓެކްސީއެއް ނުލިބުނީތީ ފައިމަގުގައި ދާން ކަމަށެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ދަނިކޮށް ސައިކަލެއްގެ ބަރުގޮނު އަޑަށް ފަސްއެނބުރި ބަލާލިއެވެ. “މާބާރަށް ކޮންތާކަށް؟” ޒިޔާދު އަހާލިއެވެ. “ތޭންކް ގޯޑް! ނަސީބެއް ޒިޔާ އައިކަން. ނިކަން އަވަހަށް އަހަރެން އޮފީހަށް ގެންގޮސްދީބަލަ.” ޒިޔާދު ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ރޭޝަމް ހުރިހާ ދަތްތައް […]
“އިޒް ދިސް ސެންޓް ހޮޓެލް؟ އައި ޖަސްޓް ރިސީވްޑް އަ މެސެޖް ފްރޮމް މިސްޓާ ނިޒާމް. ހީ ވޯންޓްސް ޓީ އަޕްދެއާ. މޭ އައި ނޯ ހިސް ރޫމް ނަމްބާރ؟ އައިއެމް އެފްއެންޑް ބީ މެނޭޖާ ޖިވިއަން ސިންގް.” ދިނިން އެތަނާ ބެހޭ ގޮތުން ހޯދި ހޯދުން ތަކުގެ މައްޗަށްބިނާ ކޮށް މޮޅު ވާހަކައެއް ހަދާލިއެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން ރޫމް ނަންބަރު ވެސް ލިބުނެވެ. ކޮޅު ކޮޅުމައްޗަށް ހިނގަމުންދާ މީހުންގެ ތެރެއިން އިސްޖަހާލައިން ދިނިން […]
އަނެއްކާ މިހާރު ދިނިންގެ ކޮއްކޮވެސް މިހާލުގައި ޖެއްސީ އެނިޒާމު މެންކަން އިނގިއްޖެޔާ ދިނިން ގޮސް އޭނާ މަރާވެސް ލައިފާނެއެވެ. ނަމަވެސް މިއަދު ހަގީގަތް އެންމެންގެ ކުރިމައްޗަށް ފާޅުކޮށްދެވެން އޮތްއިރު މިފުރުސަތު ނަގާލާކަށް ފަރްހީން ބޭނުމެއްނުވިއެވެ. އެހެންކަމުން ޝަމްހާގެ ހަޔާތުގައި ހިނގި ހުރިހާމެއްވެސް ފަރްހީން ރޮއެރޮއެފައި ދިނިންއަށް ކިޔާދިނެވެ. ދިނިން އަށް ވެފައި ހުރި ގޮތެއްވެސް ނޭންގެއެވެ. މީހާ ހުރީގަބުވެފައެވެ. ފަރްހީން ދިނިންގެ ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލި ހިނދު ކުއްލިއަކަށް ދިނިން ބަޑިއެއްހިފައިން ބޭރަށް ނިކުންނަންދާން މިސްރާބު […]
” ކޮބާ ދަރިފުޅު ވަކި ގޮތެއް ނިންމައިފިންތަ” ހާރޫނު ސުވާލުކޮށްލިއެވެ. އެވަގުތު އައިޝާގެ ދެލޯ ހަނިވެގެން ދިއުމުން ހީލީކަން ހާރޫނަށް އެނގުނެވެ. ” ދަރިފުޅު އެއްބަސްތަ” އައިޝާއަށް ބުނަން ނުކެރޭނެކަން އެނގުމުން ހާރޫނު އަހާލިއެވެ. އައިޝާ އިސްޖަހާލަމުން އާއެކޭ ބުނެލިއެވެ. “އަލްހަމްދުލިﷲ.. ދެން ލަހެއް ނުވެ ބައްޕަގެ ދެދަރިންގެ ކައިވެނި ކުރެވިދާނެ” ހާރޫނުގެ ޖުމްލައިން އައިޝާ ސުވާލުގެ ނަަޒަރަކުން ހާރޫނަށް ބަލާލިއެވެ. ސައިހަދަން ހުރި ނީމާވެސް ހަމަ އެކަހަކަ ބެލުމަކުން ބަލާލިއެވެ. ” ނީމާ އަހަރުމެންގެ ފިރިހެން […]
“އަދިވެސް ބަލަން ހުރީތަ؟ ކިހާ ބޮޑު ކަމެއްދޯ؟ ދެންވެސް މަ ދާން ތަންކޮޅެއްދީ….! ޒިޔާން ރުޅި އައިސްގެން އެއްޗެހި ކިޔަމުންދިޔައެވެ. “އެމިލީ….. ދެންވެސް އޭނަކައިރީ ސޮރީ ބުނެފަދާން ހިނގާ..” ޝިނާ އެމިލީގެގައިގާ ކޮއްޓާލަމުން ބުނެލިއެވެ. “ސޮ….ސޮ…ސޮރީ…” ވަރަށް އަޅައަޅައި ގަންނަމުން އެމިލީ ޒިޔާންގެ ކައިރީން މައާފަށް އެދި ދާން ހިނގައިގަތެވެ. އިތުރަށް ޒިޔާންގެ ކުރިމަތީ ހުންނާނެހާ ހިތްވަރެއް ނެތީމައެވެ. “އެއީ އަދި ހާދަ ފޮނިވެސް ސޮރެކޭދޯ. ދެން މާވެފަ. ހީވަނީ ތިމާވަރުގެ މީހެއްނެއްހެން އެއްޗެހި ކިޔަންފެށިއިރު….. ވަރަށް […]