Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (4)

Aisha Level 3100 Comments10 Stories100 Login
May 16, 2017 4 Mins Read
23 Comments

ދެމީހުންނަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ ހަޅޭއްލަވައިގަތުމުންނެވެ. އެންމެން ފޯރިނަގާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަމާންވެސް އުޅުނީ ހަޔާ ކޮނޑަށް ލައިގެންނެވެ. ހަޔާ އެނާގެ އަތުތެރޭގައި ގެންގުޅެލާގޮތުން ހުދު ހަޔާވެސް ހުރީ އަޖައިބުވެފައެވެ. 6 ޖެހުމުން ހުރިހާ ފިރިހެންކުދިން ގެޔަށްދިޔައީ ހުރިހާ އަންހެންވެރިން ގެއަށްލާފައެވެ. އަމާންވެސް ހަޔާ ގެއަށްލާފައި ގޮސް އޭނާވެސް ގެއަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިއިރު އެތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. ދެލޯމަރާލައިގެން އޮތްއިރު މިއަދުވީ ހުރިހާކަމެއް ހަނދާންކުރަމުން ދިޔައެވެ. “ދަރިފުޅާ” ދޮރުގައި ޓަކިޖަހާލަމުން ޒުބޭދާ އަމާންއަށް ގޮވާލިއެވެ. އެނދުމަތީ އޮތް އަމާން ސިއްސައިގެންދިޔައީ ޒުބޭދާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަވަސް އަވަހަށް ލައްބައޭބުނެ ދޮރުހުޅުވާލިއެވެ. “ދަރިފުޅު ނަމާދުކޮށްފިންތަ؟”  ”ނޫން ދޮންތާ” އަވަހަށްދޭ ނަމާދުކުރަން ނަމާދުނުކޮށް ނިދިދާނެތީ އަވަހަށް މިގޮވާލީވެސް” ޒުބޭދާވަނީ އަމާން ކައިރީ ދައްތަ ނުކިޔާ ދޮންތަ ކިއުމަށްބުނެފައިކަމުން އަމާން ޒުބޭދާއާއި މިހާރު މުހާތަބު ކުރަނީ ދޮންތަ ކިޔާފައެވެ. އަމާން ކޮޓަރީގެ ދޮރު ލައްޕާލަމުން ގެއިން ނިކުތީ ގޭގެކައިރީ ހުންނަ މިސްކިތަށް ދިއުމަށެވެ. މިސްކިތަށް އަރާ ނަމާދުކޮށްލައިގެން އަމާން ގުރުޢާން ކިޔަވަންފެށީ އޭއީ އޭނާ އާދަވެގެން ކުރާކަމަކަށް ވާތީއެވެ. އެހެން އިންދައި އިޝާނަމާދަށް ބަންގި ގޮވުމުން ނާމަދުކޮށްގެން ގެއަށް ދިޔައިރު ޒުބޭދާ ހުރީ ކާންހަދާފައެވެ. ބަނޑުހައިވެފައި ހުރުމާއެކު ސޯފާގައި އޮތް 5 އަހަރުގެ ޒިދާން ކޮނޑަށް ލައިގެން ގޮސް ގޮނޑިއެއްގައި ބައިންދާފައި އޭނަވެސް ޒިދާން ކައިރީ އިށީނދެ ތައްޓަށް ބަތްއަޅާފައި ޒިދާންއަށްވެސް ކާންދޭން ފެށިއެވެ. ކޮޓަރިން ނިކުތް ޒުބޭދާއަށް މިމަންޒަރު ފެނުމުން އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އަނހާ ދެކުދިން ހާދަ މީރުކޮށް ކަނީ” ޒުބޭދާވެސް ގޮނޑިއެއް ދަމާލަމުން އިށީނދެފައި ބުންޏެވެ. “މަންމިއަށް އިނގޭތަ މާންބެ ކޮއްކޮ ސޯފާގަ އޮށޯއްވެގެން އޮއްވާ ކޮނޑަށްލައިގެން ގެނެސް ކާންދޭންފެށީ” ޒިދާން އެހެން ބުނިލިއެއް ލޯބިކަމުން އަމާންއާއި ޒުބޭދާއާއި ދެމީހުންނަށް އެއްފަހަރާ ހެވުނެވެ. އާދުވަހަކަށް އިރުއަރައިގެން އައީ ލޯބިވެރިންގެ ލިސްޓަށް އަމާންއާއި ހަޔާގެ ނަށް އިތުރުކުރަމުންނެވެ. ފުރަން އެއްހަފްތާއަށް ވެފައި އޮތްއިރު އަމާން ގިނަވަގުތު ހޭދަކުރަމުން ދިޔައީ ހަޔާއާއި އެކުއެވެ. ލޯބީގެ ގުލްޝަނުގައި ދެބައިވެރިން ވަގުތުތަށް ހޭދަކުރަމުންދިޔައިރު ހަޔާގެ ގޮތް މިހާރު އޭނައަށްވަނީ ވަރަށް ރަނގަޅަށް ދަސްވެފައެވެ. ބަލާލާފައި ހަޔާއަކީ ކޮންކަހަލަ މީހެއްކަން ނޭނގުނަސް އަސްލު ދިރިއުޅުމުގައި ހަޔާއަކީ ވަރަށް ވާހަކަދައްކާ މަޖާ މިޒާޖެއްގެ މީހެކެވެ. ވަރަށް ފަސޭހައިން ރުޅިއަންނަ އަދި އެހާމެ ފަސޭހައިން ރުޅިގަނޑުމައިތިރިވާ މީހެކެވެ. ހަޔާއާއި އެކު ވަގުތު ހޭދަވާގޮތެއްވެސް އަމާންއަކަށް ނޭނގޭއެވެ. ހީވަނީ ގަޑީގެ ކަށިވެސް އަވަސްވާހެންނެވެ. ދުވަހަކީ އަމާން ރަށަށްދާން އޮތްދުވަސް ނޫން އަނެއްދުވަހެވެ. އަމާން ހެނދުނު ތައްޔާރުވެލައިގެން ޓެކްސީއަށްއަރާ މިސްރާބު ޖެހީ ހަޔާމެންގެއަށް ދިއުމަށެވެ. އަމާން ޓެކްސީއަށް ލާރި ދައްކާފައި މަގުމަތީ ޕާކުކޮށްފައިހުރި ސައިކަލެއްމަތީ މަޑުކޮށްލައިގެން އިނީ ހަޔާ ނިކުންނާނެ އިރަކަށެވެ. ފަސްމިނެޓްފަހުން ދޮރާށި ހުޅުވާލައިފައި އެނިކުތީ ދެވަނަ މީހެއް ނޫނޭ އެއީ ހަޔާއެވެ. ފިޔާތޮށި ކުލައިގެ ޓޮޕްކޮޅަކާއި ހުދުކުލައިގެ ޖިންސެއްލާފައި ހުރިއިރު އެފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތެވެ. ބުރަކަށީގެ މެދާހިސާބަށް ފައިބާ އިސްތަށިގަނޑު އޮތީ ރީތި ގޮތަކަށް ކޮށާލާފައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލައިފައި ހުރިއިރު އެރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. “އަމާން ޓެކްސީއެއް ހުއްޓުވުމަށްފަހު ހަޔާއަށް ޓެކްސީގެ ދޮރުހުޅުވާލަދީފައި ހަޔާއަރާ އިށީންނުމުން އަމާންވެސް ޓެކްސީއަށްއަރާ އިށީނނެވެ. ވިލިގިލި ފެރީޓާމިނަލްދިއުމަށް ޑުރައިވަރު ކައިރީގައި ބުނެފައި ހަޔާގެއަތްގެނެސް އެއަތުތެރެއަށްލަމުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޓެކްސީގޮސް ވިލިގިލީ ފެރީޓާމިނަލްކައިރިއަށް މަޑުކޮށްލުމުން އަމާންއާއި ހަޔާ ޓެކްސީއިން ފައިބައިގެން ގޮސް ކައުންޓަރުން ޓިކެޓްގެންގެން ގޮސް ފެރީއަށްއެރިއެވެ. 10 މިނެޓުގެ ކުޑަ ދަތުރަކަށްފަހު ފެރީގޮސް ވިލިގިލީގައި މަޑުކޮށްލިއެވެ. އަމާން އާއި ހަޔާ ފެރީއިން ފައިބައިގެންގޮސް ފިހާރައަކަށް ވަދެ ފެންފުޅިއެއް ގެންގެން ގޮސް އަތިރިމައްޗަށް ފޭބިއެވެ. މާލެފަދަ ހަލަބޮލި ތާކު އުޅެފައި ވިލިގިލި ފަދަ ހިތްފަސޭހަ ތަނަކަށް އައުމުން ލިބޭ ހިތްހަމަޖެހުމަކީ ދުލުން ބަޔާންކޮށްދެވޭފަދަ ހިތްހަމަޖެހުމެއް ނޫނެވެ. އަމާން ހަޔާގެކޮޑަށް އަތްވައްޓާލައިގެން އަތިރިމަތީގައި ހިނގަމުން ދިޔައިރު ކޮންމެސް އެއްޗެކޭ ކިޔާ އަމާން ހުންނަނީ އަބަދު ހަޔާ ހެއްވާލައިފައެވެ. ހިނގަމުން ހިނގަމުން ގޮސް އަމާން އާއި ހަޔާ ދޮންވެލިގަނޑުމަތީ އިށިނނެވެ. އެތަނަށް ޖެހުމުންދިޔަ މަޑު ރޯޅިތަށް ހަޔާގެ އިސްތަށިގަނޑަށް ކުދި ކުދި ގޯނާ ކުރަމުން ދިޔައިރު އެއިސްތަށިތަކާ ހެދި އުދަގުވާވަރުން ހަޔާ އިސްތަށިގަނޑު އެއްކޮށްލީ ހުޅިއެއް ޖެހުމަށެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ އަމާންއެވެ. “ވަރަށް ލޯބި ތި އިސްތަށިގަނޑު ވިއްސާލާފައި އޮއްނައިރު” ހަޔާގެ ކަންފަތްކައިރީ އަމާން އެހެންބުނެލުމުން ހަޔާގެ ހުރީހާ ލޮލީތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ހަޔާ އިސްތަށިގަނޑުން އަތް ދޫކޮށްލާފައި އަމާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅިހަމަވެގެން ދިޔަވަގުތު އެކަކު އަނެކަކު ލޮލަށް ގެއްލިގެން ދިޔައެވެ. ހަޔާ ނަޒަރު ތިރިކޮށްލާފައި އިސްޖަހާލީ މިއީ އަމާންއާއި އެކު ހޭދަވާނެ އެންމެ ފަހުވަގުތު ކޮޅުކަން ހަނދާންވުމުންނެވެ. ދެން އޭނާއަށް އަމާން ފެންނާނެ ދުވަހެއްވެސް ބުނަންނޭނގެއެވެ. “ބޭބް ކިހިނެއްވީ؟” އަމާން ހަޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުންޏެވެ. “މާން ދާކަށްނު ތިއުޅެނީ ހަޔާ ބަހައްޓާފަ އެވެސް ނޭނގެ ދެން އަންނާނެ ދުވަހެއްވެސް” އަމާންއާއި ހަތަރުކަޅިހަމަކޮށްލަމުން ހަޔާ އެހެންބުނިއިރު އެދެލޯވަނީ ފެންކަޅިވެފައެވެ. އަމާން ހަޔާގެނެސް އެއަތުތެރެއަށްލީ ދުވަހަކު ހަޔާއާއި ވަކިނުވާނަމޭ ބުނާފަދަޔަކުންނެވެ. “ބޭބް އެކަމާތަ ތިދެރަވަނީ؟.. ޖެނުއަރީގަ އަންނާނަމޭ އަނިއްކާވެސް ބޭބް ކައިރިއަށް އެހާ ގިނަދުވަހެއް ނުވާނޭ އެންމެ 1 މަންތެއްނު”  ހަޔާ ހަމަޔަކަށް އެޅެންދެން އަމާން އެހެންއިނެވެ. ހަނގީގަތުގައި ހަޔާއާއި އެހާ ގިނަދުވަހު ދުރުގައި ހުންނަންޖެހޭތީ އޭނަވެސް ދެރަވެއެވެ. ނަމަވެސް މަންމައާއި ބައްޕަ ނުދެކޭތާވެސް އެއްއަހަރުވަނީއެވެ. ލިބޭ ބޮޑު ޗުއްޓީގައި އެމީހުން ކައިރިއަށް ނުގޮސްފިނަމަ އެމީހުން ވާނެ ދެރަ އަންދާޒާކޮށްލަންވެސް އަމާންއަށް ނޭނގެއެވެ. ހަޔާހަމަޔަކަށް އެޅުމުން އަމާންއާއި ދުރަށް ޖެހިލަންވެގެން ދެތުވިއެވެ. ނަމަވެސް އަމާން ހަޔާގެނެސް އޭނާގެ އުނގުމަތީ ބައިންދާފައި ނިއްކުރިއަށް ބޮސްދިނެވެ. ” އިނގޭތަ ތިހެން ދެރަވެފައި އިންނަ އިރު ބޭބްއާއި ނުގުޅޭކަން” ހަޔާ ވަގުތުން ހިނިތުވެލަމުން މިހާރު އޯކޭހޭ އަހާލިއެވެ. އަމާން އާއިކޭ ބުނެ ހަޔާގެ ކޯތާފަތަށް ބޮސްދިނެވެ. ވަގުތުން ހަޔާގެ ކޮލަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. އަދި އަމާން ކަރުގައި އަތްއަޅުވާލަމުން އައި ލަވް ޔޫ އޭ ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ ބޭބް” ހަޔާގެ ނޭފަތުގައި ހިފާލަމުން އަމާން ބުންޏެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެލޯބިވެރީން އެބުރި މާލެ ދިޔައީ ހިނިތުންވެތިބެއެވެ. ހަޔާއާއި އެކުގައިވާނަމަ އަމާންގެ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ.

އަނެއްދުވަހު އަމާން އޭނަގެ އުފަން ރަށަށް ދިއުމުން ކޮޓަރީގައި އޮތް ހަޔާ އޮތީ ފޫހިވެފައެވެ. އެދުގައިހުރަހަށް އޯށޯއްވެލައިގެން އޮތްއިރު ލޯބިގެ ލަވައެއްވަނީ އަޑުބާރުކޮށް ޖަހާލައިފައެވެ. ހަޔާ ދަރިފުޅާ ކިހާއިރެއް މިހާރު ގޮވާލާތާ ސެޓުން ޖަހަމުން ދިޔަ ލަވަ ސޮޓޮޕްކޮށްލަމުން ހަޔާގެ މަންމަ ހިލްމާ ބުންޏެވެ. “ކިހިނެއްވީ މަންމާ” “ދަރިފުޅު ތައްޔާރެއްނުވަންތަ މިއަދު ޖެހޭނު ޝިރޫ ދައްތަމެންގެޔަށް ދާން” ހަޔާ ހަދާންވެސް ނެތޭ ބުނެ ތުވާލިހިފައިގެން ވެންނީ ފާހަނައަށެވެ.

އަމާންއަށް ހޭލެވުނީ ދޮރުގައި މީހަކު ތަޅާއަޑަށެވެ. މިހާ ހެނދުނާ މިއުނދަގޫ ކުރަނީ ކާކުހޭ އޭނާގެ ހިއްތައްއެރިއެވެ. ދޮރު ހުޅުވާލިއިރަށް ކުރިމަތީ ހުރި އަފްހަމް ހަޅޭއްލަވައިގަތީ ދެކަންފަތުގެ ތޫރިވެސް ފަޅައިގެންދާނެހާ ބާރަށެވެ. “އަޅެ ފަހެ މަޑުން ބުންޔަސް އަޑުއިވޭނެއްއެނު” ކަންފަތްމަތީ އަތްހާކަލަމުން އަމާން ބުންޏެވެ. “މަ  މިތާ ހުރެ މިގޮވަނީ މިހަރަ ބިތަށްތަ 15 މިނެޓްވެއްޖެ މިތާ ހުރެ ހަޅޭއްލަވާތާ” “ހަމަޖެހިބަލަ.. މިއެނދުގަ އިށީނދެއިދޭ މައެބަ އަންނަން ފެންވަރާލައިގެން” އެދުވަހު ހަތަރުދަމު އަމާން އުޅުނީ އަފްހަމްއާއި އެއްކޮށެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަފްރީން އުޅުނީ އޭނާގެ މަންމަ މިޝާއާއި އެކު މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައެވެ. އޭރު އަފްހަމް އާއި އަމާން ބޭރު ހުރި ޖޯއްޔެއްގައި ވާހަކަދަށްކަން ތިއްބެވެ. “ދަރިފުޅާ ދޭބަ ދެ ޖޫސްތަށި ގިރައިގެން ދޮންބެމެންނަށް ދޭން” މިޝާ އެހެންބުނުމުން އަފްރީން އަވަސް އަވަހަށް ދެ ޖޫސްތަށި ގިރާލިއެވެ. އަދި ޖޫސްތަށިތަށް ހިފައިގެން ގެންގޮސް އަފްހަމްއަށް ޖޫސްތަށްޓެއް ދީފައި އަމާންއަށް އަނެއް ޖޫސްތަށި ދިއްކޮށްލިއެވެ. އެވަގުތު އަމާންގެ އަތް ކުޑަކޮށް އަފްރީންގެ އަތުގައި ބީހިލިއެވެ. އަފްރީން އަޅާނުލާ ހިނިތުންވެލަމުން ގޮސް ގެޔަށްވެންނިއެވެ. “އަފޫ ހާދަ ބޮޑުވެއްޖެޔޭ ދޯ” އަމާން އަފްރީން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. “އާން އަފޫވެސް ނުވައެއްގަ މިހާރު އެއުޅެނީ” އަމާން އެހެންހޭ ބުނެ ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި ރީތިވެލައިގެން ހަޔާ ގެއިން ނިކުތީ އާޓިފިޝަލް ބީޗަށް ދިއުމަށެވެ. ސިއްރުސިއްރުންގޮސް ޓެކްސީއަށްއަރާ ދާންވި މަންޒިލް ބުނެލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އާޓިފިޝަލް ބީޗަށް ކާރު މަޑުކޮށްލުމާއެކު ޑުރައިވަރު އަތަށް ފައިސާ ދީފައި ކޮޅު ކޮޅަށް ނަޒަރު ހިންގާލަމުން މީހުންތަންކޮޅެއް މަދު ހިސާބަކަށް ގޮސް މަޑުކޮށްލިއެވެ. އަދި އަތްދަބަސް ތެރެއަށް އަތްކޮށްޕާލުމަށްފަހު ފޯނުނަގާ ފިއްތަކަށް ފިއްތާލަމުން ނަގާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. “ކޮބާ ކޮންތާކުތަ؟ މިތާ ހާދަމީހުނެއް އެބަ ތިއްބޭ އަވަސްކުރޭ އެހެންނޫނީ މާ ރަނގަޅެއް ނުވާނެ” ހަޔާ ފޯނު ކަޑާލީ އެކޮޅުން ދައްކާ ވާހަކައެއް އަޑު އަހާލުމެއްވެސް ނެތިއެވެ.އެހެންހުއްޓާ ހަޔާއަށް ހަޅޭއްލަވާ ގަނެވުނީ ފަހަތުން މީހަކު އައިސް ބައްދާލުމުންނެވެ. މަޑުމަޑުން ފަހަތައް އެނބުރިލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަސްވަނަބައި)

Next

ލޯބި ވެވުމުން ……….15

Next
May 16, 2017

ލޯބި ވެވުމުން ……….15

Previews
May 15, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ފަސްވަނަބައި)

23 Comments!

  1. Aisha says:
    May 16, 2017 at 2:00 am

    Hi guys.. Miothiee 4 part ves up vesfa sorry for the delay WiFi nethieema aslu ehaa lasviee.. Hope kuran mi part ves kiyhun thereinnah kamudhaane kamah ..enjoy?.. Gud nyt..

  2. Kittiy. says:
    May 16, 2017 at 5:27 am

    Salhi…❤

    1. Aisha says:
      May 16, 2017 at 2:38 pm

      Thankx.. kitty ?

  3. Natha says:
    May 16, 2017 at 7:22 am

    Rythi. When next part.

    1. Aisha says:
      May 16, 2017 at 2:39 pm

      Viee enme avahakah genesdheynan natha

  4. ithoo says:
    May 16, 2017 at 7:40 am

    V nice mi part vx… When next part dearr ?

    1. Aisha says:
      May 16, 2017 at 2:41 pm

      Thank yuh ihoo ? varah avahah genesdheynan enme lasvegen 4 days thereyga genes dheynan

  5. Loo says:
    May 16, 2017 at 8:16 am

    Meega mi genes dhenee maazee aa eku tha or hama or present day tha?? Lil bit confused

    1. Aisha says:
      May 16, 2017 at 2:45 pm

      Maazee aar eku last part gan innane 8 aharu fas jahaafa adhi miee hama past dear

  6. Naash says:
    May 16, 2017 at 8:17 am

    Vvvvvvvvvvvv nice I’m waiting

    1. Aisha says:
      May 16, 2017 at 2:47 pm

      Thank u naash ?

  7. Any says:
    May 16, 2017 at 10:54 am

    V nice story eh

    1. Aisha says:
      May 16, 2017 at 2:53 pm

      Happy to hear that ?

  8. Lucifer says:
    May 16, 2017 at 11:53 am

    reethi inge. dhn kon dhuvahakun next bai kiyaalan libeni

    1. Aisha says:
      May 16, 2017 at 2:57 pm

      Mi liyaniee hama vagutheh vaairah viee enme avahakah up kohladheynan

  9. Some one says:
    May 16, 2017 at 2:01 pm

    V v lwbi story adhi!! Dhen avahah genesdhehchey!! Ehn nuunii maa gina dhuvas fahun kiyanyaa hndhain nuhunnaaathii!

    1. Aisha says:
      May 16, 2017 at 3:00 pm

      Aslu aisha ves beynumeh nuve kiyhintherin ehaavarah inthizaar kuruvaakah ekamu hama nuvaniee.. anihkaa ves bxy dhuvas kolheh mi annaniee ekamu mi faharu iraadhakurehvihyaa avahah up kihladheynan

  10. Ni her says:
    May 16, 2017 at 3:51 pm

    Awwww so nice ❤️❤️❤️

    1. Aisha says:
      May 16, 2017 at 8:38 pm

      Thank u niher.. Really happy to have u r support ???

  11. Some one says:
    May 16, 2017 at 7:08 pm

    Owkey!!!
    Waiting. . . . . . . . . . . .
    Waiting. . . . . . . . . . . .
    ?????

    1. Aisha says:
      May 16, 2017 at 8:39 pm

      Thank u dear 4 understanding ?

  12. Aish kullsum says:
    May 21, 2017 at 6:57 pm

    Wow??????

    1. Aisha says:
      May 23, 2017 at 5:28 pm

      Thank u ??

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (5)←


All Right Reserved!