Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ……03

Noor💙 Level 710 Stories100 Comments100 Login500 Comments
June 22, 2017 6 Mins Read
51 Comments

ފަލަކު މެސެޖު ކިޔައިލުމަށްފަހު ރިޕްލައިވެސް ކޮށްލުމަކާއިނުލާ ފޯނު ކައިރީގައި ބޭއްވުމަށްފަހު ބާލީހުގައި ބައްދައިލީ ގަދަކަމުންވެސް ނިދޭތޯއެވެ.

*****************

އާދުވަހަކަށް އިރު އެރިއިރު ފަލަކުވެސް އަވަސް އަރުވާލައިގެން ޑިއުޓީއަށް ދާން ތައްޔާރު ވަމުން ދިޔައީ މިއަދު ޑިއުޓީއަށް ގަޑިނުޖެހި ދެވިދާނެހާ ވަގުތު އޮތްހެން ހީނުވާތީއެވެ.ރޭ ނުނިދިގެން ފުރޮޅި ފުރޮޅިފައި މާލަހުން ނިދުމުގެ ސަބަބުން އެހެންޏާ ތެދުވާ ގަޑިއަށް ހޭނުލެވުނީއެވެ.ޝައިބާ ހަވީރު ޑިއުޓީވީމާ އަފީފާވެސް ބަލާލަންވެސް ނައީއެވެ.ނަސީބު ރަނގަޅު ކަމުން ބޭރަަށްހަމަ ނިކުތްތަނާ ޓެކްސީއެއް ލިބުނެވެ.

***************

ުހޮސްޕިޓަލް ކައުންޓަރ ކައިރީގައި ހުރި ޔޫލްއަށް ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަދެގެން އައި ފަލަކު ފެނުމުން އޭނާގެ ބަސްނާހާ ހިތް ތެޅިގަތީ އޮބި ނޯންނަ ވަރަށެވެ.އެހެންވެ އޭނާވެސް އަވަސްވެގަތީ ފަލަކު ފެންނަ ހިސާބުން ދުރަށް ދިޔުމަށެވެ.ޔަޤީނުންވެސް ޔޫލްގެ އެ ޢަމަލުން ފަލަކުއަށް ދުވަހަކުވެސް ނުކުރާ ވަރަށް އަސަރު ކޮށްފިއެވެ.ފަލަކުގެ ރީތި ދެލޯ ފެންކަޅި ވެގެން ދިޔައެވެ.މިހާރު އޭނައަށް ޔޫލްދެކެ ވެވިފައި އެވަނީ ލޯބި ކަން ޔަޤީން ވެފައި ވާއިރު އެލޯބި އޭނައާއި ދުރަށް ދާތަން ފެނުމުން ހިތުގައި ޖެހުނުވަރު ފަލަކުއަށް ބުނެދޭންވެސް ނޭނގެއެވެ.

****************

ޑިއުޓީ ނިމިގެން ދިޔައިރުވެސް ފަލަކު ފެންނަ ހިސާބަށްވެސް ޔޫލް ނާދެއެވެ.އޭނާ މިއަދު ކެންޓީނަށްވެސް ދިޔައީ ޔޫލް ދުށުމަށް ހިތް އެދޭ ވަރުންނެވެ.ނަމަވެސް ޔޫލް އަކީ ކުޑަކުދިންގެ ޑޮކްޓަރެއް ކަމުން ސްކޫލް ބަންދާ ދިމާކޮށް ރާއްޖެ ތެރެއިންވެސް މީހުން ކުޑަކުދިން ދައްކަން އަންނަލެއް ގިނަކަމުން މިދުވަސްކޮޅު މެންދުރު ބްރޭކްވެސް ނުނަގައި އޭނާ މުޅި ޑިއުޓީ ނިންމާލަނީ ޕޭޝަންޓުން ބެލުމުގައެވެ.

ނަމަވެސް ފަލަކުއަށް ހީކުރެވިފައި ވަނީ ޔޫލް ފަލަކު މަތިން ފޫހިވީ ކަމުގައެވެ. އެހެންވެ އޭނާވެސް ނިންމީ ޔޫލްއާއި ވީހާވެސް ދުރުދުރުން އުޅެވޭތޯއެވެ.ދުވަސްތައް އެގޮތުގައި ފާއިތު ވަމުން ދެއެވެ.ދެމީހުން އެކަކު އަނެކަކަށް ފިލައިގެން އުޅުނު ކަމުގައި ވިޔަސް ދެމީހުންގެވެސް ހިތަކުން އެކަކު އަނެކެއްގެ ޚިޔާލު ފިލައިގެން ނުދެއެވެ.އެތަށް ރެއެއްގެ ނިދި މަޙްރޫމް ވެގެން އެދަނީ ހަމަ އެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ.މިވެވެނީ ލޯބިކަން ޔަޤީންވާ ޙާލުވެސް އެކަމަށް އިޤްރާރު ވާކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ.

**************

ޝާން މެންނާއިއެކު ކޮފީގައި އިން ޔޫލްގެ ފޯނަށް މެސެޖެއް އައެވެ.ޖީބުން ފޯނު ނެގުމަށްފަހު ބަލާލިއިރު މެސެޖް ކޮށްފައި އިނީ ނުދަންނަ ނަމްބަރަކުންނެވެ.”ހައި…ހަމަ މިސްވާވަރުން..”މެސެޖް ކިޔާލުމަށްފަހު ފޯނު އަނެއްކާވެސް ޖީބަށްލީ އެއީ ޔޫލްއަށް އެހެން ލިބުނު ފުރަތަމަ މެސެޖަށް ނުވާތީއެވެ.ވާނީވެސް އެހެންތާއެވެ.އެފަދަ ރީތިކަމެއް ލިބިފައިވާ ކިޔަވައިގެން ހުރި މީހެއްވީމައި އަންހެން ކުދިން ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ.ނަމަވެސް ޔޫލްގެ ހިތް ކިޔާވަރު ކުއްޖަކާ ދިމާވިއިރު އެކަން ކާމިޔާބު ކުރުން އެވަނީ މާފަސޭހަ ކަމަކަށް ނުވެފައެވެ.

*****************

ދުވަސްތައް ހަފްތާތަކަށް ބަދަލުވެގެން ގޮސް ޔޫލް ހޮސްލިޓަލަށް ނިކުންނަން ފެށިތާ މިއަދުމީ މަސްދުވަސްވާ ދުވަހެވެ.އާދައިގެ މަތިން އޮފީހަށްގޮސް ވަތްއިރު ފެނުނު މަންޒަރަކުން ޔޫލްގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އަޅާލިހެންނެވެ.ފަލަކުއާއި އެއްކޮށް ހީހީފައި ސަކަރާތް ޖަހަމުން ދިޔަ ޒީލް ފެނިފައި ޔޫލްގެ ޠަބީއަތު ގޯސްވިއެވެ.ޒީލްގެ ޑިއުޓީ ނޫން އިރުވެސް އައިސްގެން ފަލަކުއާއި ސަކަރާތްޖަހާ ތަން ފެނިފައި ޔޫލް ހަމައިން ނައްޓާގޮތް ވިއެވެ.އަނެއްކޮޅުން ފަލަކުއަށް ފާހަގަ ނުކުރެވުނަސް ޒީލްގެ ލޮލުގައި ފަލަކުއަށްޓަކައި ބަބުޅަމުންދިޔަ ލޯބި ފެނުނީމާވެސް ޔޫލްގެ ހިތަށް ކެތްކުރަން ދަތި ވަނީއެވެ.

މައްޗަށް އަރަންދިޔަ ޔޫލް ނަރުސް ކުއްޖަކާއި ވާހަކަ ދައްކަން މަޑު ކޮށްލުމަށްފަހު ހަލުވި ހިނގުމެއްގައި ގޮސް ލިފްޓަށް އެރިއެވެ.ލިފްޓްގައި ހުރި ފަލަކު ފެނިފައި ޔޫލްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.އަދި އެއްވެސް އިޚްތިޔާރަކާއި ނުލާ ފަލަކުއާއި ކައިރި ވެވެން ފެށިއެވެ.ފަލަކުވެސް ޖެހިލުން ވެފައި ހުރެ ފަހަތަށް ޖެހެން ފެށިއެވެ.ނަމަވެސް އަރައަރާހުރި ލިފްޓެއްގައި ފިލަން ދެވޭނެ ތަނެއް އޮންނާނެ ހެއްޔެވެ؟ލިފްޓުގެ ކަނެއްގައި ހައްޔަރު ވެފައިހުރި ފަލަކުހުރީ ބިރުންގޮސް ދާހިތްލާ ފޯވެފައެވެ.

“އަހަންނަކަށް ނުވިސްނޭ އަހަންނާ ދުރުން ދުރުން ފަލަކު އުޅެންވީ ސަބަބެއް…މި ހޮސްޕިޓަލުގެ އެހެން ފިރިހެން ސްޓާފުންނާ ހީހީފަ ސަކަރާތް ޖަހާއިރު އަހަރެންދެކެ ތި ގަންނަނީ ކޮން ބިރެއް”.ފަލަކުގެ މޫނުމަތިން ފައިބަމުން ދިޔަ ދާތިކިތައް ފޮހެލައި ދެމުން ޔޫލް އޭނާގެ ހިތުގައި ހުރި ޝަކުވާތައް ބޭރު ކޮށްލިއެވެ.ނަމަވެސް ބިރު ގަނެފައި ހުރި ފަލަކު އިޚްތިޔާރު ކުރީ ހަމަ ހިމޭންކަމެވެ.ލިފްޓް ހުޅުވުމުން ކުޑަކޮށް ތިރިވެފައި ޔޫލްގެ އަތްދަށުން ދެމިގަނެގެން ދާން އުޅުނު ފަލަކުގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ޔޫލް ފަލަކު ވެއްދީ މެޑިކަލް ސްޓޯރ ރޫމަށެވެ.އަދި އެތެރެއިން ދޮރު ތަޅުލުމަށްފަހު ފަލަކު ގެންގޮސް ފާރުގައި ލައްކޮށްލިއެވެ.ފަލަކުގެ ނެގިނެގިފައި ޖެހެމުންދިޔަ ހިތުގެ އިޙްސާސް އެހާ ގާތުގައި ހުރި ޔޫލްއަށް ނުކުރެވި ނުދާނެކަން ޤައިމެވެ.ނަމަވެސް މިއަދު ޔޫލް އެހުރީ އެހާ ފަސޭހައިން ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ތެޅިތެޅި އޮންނަ ހިތަކާއިގެން އެހެން އުޅެން ވެއްޖިއްޔާ އޭނާ މޮޔަވެސް ވެދާނެއެވެ.އެތަނުގައި ތިބެ ޑިއުޓީ ގަޑި ނިމުނަސް މިއަދު އޭނާ ފަލަކު ދޫކުރާނީ އެކަންތައް ކޮންމެވެސް އެއްކޮޅެއްގައި ޖައްސާފައެވެ.

“ޕްލީޒް އަހަންނަށް ތިހެން ނުހަދާ…އަހަންނަށް ކޮންކުށެއް ކުރެވިގެން ތިހެން ތިހަދަނީ..”.ފަލަކު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޮލުން ފައުޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ބިރެވެ.އެކަމުންވެސް ޔޫލްގެ ރުޅިގަނޑުވީ ހައްތަހާ ގަދައެވެ.ފަލަކު ޔޫލް ދެކެ އެވަރަށް ބިރުން އެއުޅެނީ އަޅެފަހެ ޔޫލް އެއީ އަރައި ކާ އެއްޗަކީ ހެއްޔެވެ؟”އަހަރެން އެންމެ ފަހަރަކުވެސް ބުނެފިތަ ފަލަކު ކުށެއް ކޮށްފިޔޭ…އެކަމަކު އަހަންނަށް ހީވަނީ އަހަންނަށް ފަލަކު ދެކެ ލޯބި ވެވިގެން ތި ލޯތްބަށް އެދެވުން އެއީ ކުރެވުނު ކުށެއް ކަމުގައި ފަލަކު ދެކެނީހެން…ގައިމު އެހެންވީމަތާ އަހަރެންގެ ހިތަށް ކޮންމެ ދުވަހަކު ތިވަރަށް ތި ތަދު ކުރަނީ…”ޔޫލްގެ ވާހަކަ އަޑު އަހާފައި ފަލަކުއަށް އިސްދަށަށް ޖަހައިލެވުނީ ކުއްވެރިއަކު ފަދައިންނެވެ.އާނއެކެވެ.ނުލާހިކު ލޯބިން ގުޅެންވީ ދެހިތެވެ.ފަލަކުއަށް އުޅެވުނު ގޮތަކުން ޔޫލްގެ ހިތަށް ހާދަ ތެޅުމެއް ތެޅެން ޖެހިއްޖެއެވެ.”ފަލަކުގެ ހިތުގައި އަހަންނަށްޓަކައި ހަމަ އެއްވެސް އިޙްސާސެއް ނެތީތަ؟”އިސްދަށަށް ޖަހާލައިގެން ހުރި ފަލަކުއަށް އިސް އުފުލާ ޔޫލްއަށް ބަލައިލެވުނީ އެއަޑުގައި ވީ ރިހުމަކުން އެގޮތުގައި ކެތްކޮށް ނުލެވިގެންނެވެ.އޭރު ފަލަކުގެ ދެލޯވެސް ވަނީ ފެންކަޅި ވެފައެވެ.ޔޫލްއަކަށް އިތުރަށް ބަލާކަށް ނުހުރެވުނެވެ.ފަލަކުގެ ފުރަގަހުން ދެއަތުން ވަށާލަމުން ބައްދާލެވުނީ ނުހަނު ބާރަަށެވެ.

ކުއްލިއަކަށް ދެމީހުންނަށް ސިއްސައިގެން ގޮސް ތަންކޮޅެއް ދުރު ވެލެވުނީ ޔޫލްގެ ފޯނު ރިންގުވާން ފެށުމުންނެވެ.ގުޅަނީ ހޮސްޕިޓަލް ކައުންޓަރުން ކަމުން ފޯނަށް ޖަވާބު ދޭން މަޖުބޫރު ވިއެވެ.ފޯނަށް ޖަވާބު ދިނުމަށްފަހު ފޯނު ޖީބަށް ލަމުން ފަލަކުގެ އަތުގައި ހިފައިގެން ސްޓޯރ ރޫމުން ނިކުންނަން ހިނގައިގަތުމުން ފަލަކު މީހަކަށް ފެނިދާނެތީ ޔޫލްގެ އަތުން ފޮޅުވާލަން އުޅުމުން ޔޫލް ފަލަކުގެ އަތުގައި ވަކިން ބާރަށް ހިފާލިއެވެ.އަދި އެއަތުގައި އެ ހިފީ ދުވަހެއްގައިވެސް ދޫކޮށްލަން ގަސްތު ކޮށްގެން ނޫންކަމަށް ބުންޏެވެ.އަދި ކޮންސަލްޓޭޝަން ރޫމަށް ވަންނަމުން، ޑިއުޓީ ނިންމާފައި،
ޔޫލް ނިކުންނަންދެން މަޑުކުރުމަށް ބުންޏެވެ.ފަލަކުވެސް އާނ އެކޭ ބުނާފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.

***************

ކޮޓަރީގައި ވާހަކަ ފޮތެއް ހިފައިގެން އޮތް ޝައިބާ ވިސްނަމުން ދިޔައީ ޔޫލްގެ ހިތާއި ހަމައަށް ވާސިލް ވެވޭނެ ގޮތަކާއި ދޭތެރޭގައެވެ.އިއްޔެ މެސެޖު ކުރީމަވެސް ޔޫލް އަޅާ ނުލުމުން ކިތަންމެ ހިތްވަރު އެލޭގޮތް ވިޔަސް، ޔޫލް ޙާސިލް ކުރުމަށް އޭނާ ކޮންމެފަދަ ތަކުލީފެއްވެސް އުފުލަން އެހުރީ ތައްޔާރަށެވެ.

*****************

“ވެއިޓް ފޯ މީ…”ޑިއުޓީ ނިންމާފައި ނިކުންނަން ދިޔަ ފަލަކު ފަހަތަށް އެނބުރި ބަލައިލީ އަރޫޝާގެ އަޑު އިވުމުންނެވެ.އޭރު އަރޫޝާ އައިސް ފަލަކުއާއި އަރާ ހަމަވަނީ އެވެ.”ހިނގާބަލަ އަހަންނާ އެއްކޮށް މިރޭ ހުޅުމާލެއަށް ދާން…..ޕްލީޒް..”އަރޫޝާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.ޑިއުޓީގައި އުޅުނުއިރު އެކަހަލަ ވާހަކައެއް ބުނެވެސް ނުލާ ކުއްލިއަކަށް އައިސް އެހެން ބުނުމުން ހުޅުމާލެއަށް ދަނީ ކީއްކުރަންތޯ ފަލަކު ސުވާލު ކޮށްލިއެވެ.”އެއީ ރައްޓެއްސެއްގެ ވެޑިން އަކަށް..”އަރޫޝާ ޖަވާބު ދިނުމުން ފަލަކުވެސް ދާން އެއްބަސްވީ މާލަސް ނުކޮށް އައުމަށެވެ.

ސައިކަލްމަތީ މަޑު ކޮށްލައިގެން އިން ޔޫލް އިނީ ފަލަކުއަށް ބަލަހައްޓައިގެންނެވެ.ނަމަވެސް އަރޫޝާއާއި އެކުގައި ހުރުމުން ޔޫލް އެވަރަށް ބަލާތީ ފަލަކު ހުރީ ޖެހިލުން ވާގޮތް ވެފައެވެ.”މީހެއްގެ އިންތިޒާރުގަތަ؟”.އަރޫޝާއަށް ބޭރުގައި މަޑު ކޮށްލައިގެން އިން ޔޫލް ފެނުމުން ސުވާލު ކޮށްލިއެވެ.ޔޫލްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަރޫ ދަނީ އިނގޭއޭ ބުނެލުމަށްފަހު ފަލަކު ގެއަށް ދިޔުމަށް ހިނގައިގަތެވެ.އަރޫޝާވެސް އާނއެކޭ ބުނެލަމުން މިރެއަށް ރެޑީވެގެން ހުންނައްޗޭ ބުނެލިއެވެ.މިރޭ އަނެއްކާ މާ ޚާއްސަ ކަމެއް އޮތީތޯ ޔޫލް އަރޫޝާއާއި ސުވާލު ކޮށްލީ އޭނާ އެކަމެއް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.އޭނާއަށް އަރޫޝާ ފަރާތުން މިރޭ އެމީހުން ހުޅުމާލެއަށް ދާން އުޅޭކަން އެނގުމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.އޭނާއަށް ފަލަކުއާއި ރަނގަޅަށް ވާހަކަ ދައްކާލެވޭނެ ފުރުސަތެއް ފަހި ވުމުންނެވެ.

****************

“މަންމާ އަޅުގަނޑު މިދަނީ އަރޫޝާ އާއިއެކު އޭނާ ރައްޓެއްސެއްގެ ކައިވެނި ޕާޓީއަކަށް ހުޅުމާލެއަށް”.ސިޓީން ރޫމް ސޯފާގައި ސްޓަރ ޕްލަސްގެ ޑްރާމާއަކަށް ގެއްލިފައި އިން އަފީފާ ފަލަކުއަށް ބަލާލުމެއްވެސް ނެތި ފަލަކުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މާލަސްނުވެ ގެއަށް އަންނަށްޗޭ ބުނެލިއެވެ.އެވަގުތު އަރޫޝާވެސް ގުޅާފައި އެހުރީ ބޭރުގައި ކަމަށް ބުންޏެވެ.

ފަލަކު ބޭރަށް ނިކުތްއިރު އަރޫޝާ ގާތުގައި އިތުރު ފިރިހެނަކު ހުރުމުން އޭނާއަށް އަރޫޝާއަށް ބަލައިލެވުނީ އެއީ ކާކުހޭ ބުނާފަދަ ގޮތަކަށެވެ.އަރޫޝާ ސިކުނޑިއަށް އެކަން ނަގައިގަނެވުނީ ކަންނޭނގެއެވެ.ކައިރީގައި ހުރި އިސްކޮޅުން މާދިގު ނޫން އެ ރީތި ޒުވާނާ ތަޢާރަފް ކޮށްދެމުން އެއީ އޭނާ ރައްޓެހި ވެގެންއުޅޭ ކުއްޖާ ކަމަށް ބުންޏެވެ.

*************

ފެރީއަށް އަރައަރައި ހުރި ފަލަކުގެ އަތުގައި މީހަކު ހިފައިލުމުން ބޭއިޚްތިޔާރުގައި އަތް ދަމައި ގަންނަމުން ބަލައިލިއިރު ގާތުގައި ހުރި ޔޫލް ފެނުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.އަރޫޝާ ރައްޓެހި ވެގެން އުޅޭ ކުއްޖާ ގޮވައިގެން އައުމުން ފަލަކު ހުރީ އެމީހުންނާއިއެކު ހުޅުމާލެއަށް ދާން އެއްބަސް ވެވުނީތީވެސް ފޫހިވެފައެވެ.

އަރޫޝާއަށް ފަލަކު ގާތުގައި ހުރި ޔޫލް ފެނުމުން ދެލޯ ބޮޑު ކޮށްލާފައި އަނގަމަތީގައި އަތް އަޅާލަމުން ފަލަކުއަށް ބަލައިލި ގޮތުންވެސް އޭނައަށް އެދެމީހުންގެ ގުޅުން ފަހުމްވީކަން އެނގުނެވެ.އެވަގުތު ޔޫލް ފުރަގަހުން އަތް ގެންގޮސް ފަލަކުގެ ކޮނޑުގައި ހިފާލަމުން އަހަރެމެން ނުގުޅެނީ ހެއްޔޭ އަހައިލީ ލާނެތް ގޮތަކަށެވެ.އަރޫޝާއަށް ޝައްކު ވީނަމަވެސް ޔޫލް އެހާ އަވަހަށް އެކަން ހާމަކޮށްފާނެ ކަމަށް ހީވެސް ނުކޮށް ހުރި ފަލަކުއަށް ލަދުގަތް ވަރުން އިސްދަށަށް ޖަހާލެވުނެވެ.”ނޫނޭ…ހަމަ ވަރަށް ގުޅޭ..ދޯ އެޑަމް..ކޮންގްރާ ބޯތް އޮފް ޔޫ”.އަރޫޝާ އޭނާގެ ބޯއިފްރެންޑަށް ދޯ ދެމުން ބުނެލިއެވެ.

އެމީހުންނަށް ފެރީއަށް އެރުނުއިރު މީހުން ގިނަކަމުން އަރޫޝާއަށާއި އެޑަމް އަށް ތަންކޮޅެއް ކުރިން ޖާގަ ލިބުންއިރު ފަލަކުއަށާއި ޔޫލްއަށް ލިބުނީ ތަންކޮޅެއް ފަހަތުގައި އިން ދެ ގޮނޑިއެވެ.ޔޫލް ވަރަށް ލޯބިން ފަލަކުގެ މަޑުމަޑު ދެއަތް ތިލައިގައި ހިފައިލިއެވެ.އަދި ފަލަކުދެކެ ވާ ލޯބި ހާމަކުރިއެވެ.އޭނާގެ ހިތުން ދުވަހެއްގައިވެސް ފަލަކު ނެރެ އެއްލައި ނުލާނެ ކަމަށް އެތައް ވަޢުދެއް ވިއެވެ.އަދި މިއަދުން ފެށިގެން އޭނާގެ ދިރިއުޅުމުގައި ފަލަކުއަށް ނޭނގޭނެ ކަމެއް ނުހިނގާނެ ފަދައިން ފަލަކުއާ ގުޅުންހުރި ކޮންމެ ކަމެއް އޭނާވެސް އެނގެން ބޭނުންވާ ކަމަށް ބުންޏެވެ.ފަލަކުވެސް ޔޫލް އެދޭ ފަދައިން އޭނާގެ ދިރިއުޅުމުގެ ކިތަންމެ ކުޑަކަމެއް ވިޔަސް ޔޫލްއާއި ހިއްސާކުރާނެ ކަމަށް ބުންޏެވެ.

ޔޫލް ބޭނުންވީ މިހާތަނަށް ފަލަކުއަށާއި ހޮސްޕިޓަލުގެ ގިނަ ސްޓާފުންނަށް ސިއްރުކުރެވިފައިވާ ހަޤީގަތް އިތުރަށް އެންމެ މިނެޓެއްވެސް ލަސްނުކޮށް ފަލަކުއަށް އަންގާށެވެ.ނަމަވެސް ޔޫލްއަކީ އެ ބޮޑު ހޮސްލިޓަލްގެ ވެރިޔާގެ ހުރި ހަމައެކަނި ދަރިފުޅުކަން އެނގުމުން ފަލަކުއަށް ޔޫލްގެ އަތުގެ ގައިދުގައިވާ އޭނާގެ ދެއަތް ދަމައިގަނެވުނީ އިވިގެންދިޔަ ޙަޤީގަތް ހަޖަމް ކުރަން އުނދަގޫވީ ވަރުންނެވެ.

***************

“އަފީފާ ކޮބާތަ ފަލަކު؟އެމަންޖެ ލޮލަކަށް ނުފެނޭ..ގައިމު މިއަދު ޑިޢުޓީއަށްވެސް ދިޔައީ ހެނދުނު.”ޝައިބާމެން ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެ ބަލައިލުމަށްފަހު އައިސް އަފީފާގާތު ސޯފާގައި އިށީންނަމުން ޒުހޭރު ވާހަކަ ދެއްކިއެވެ.އަފީފާވެސް ޑްރާމާއިން ނަޒަރު ވަކިކޮށްލުމަކާއި ނުލާ ވީ ޕާޓީއަކަށް ހުޅުމާލެއަށް ގޮސްފައޭ ބުނެލީ ރުންކުރު ގޮތަކަށެވެ.ޒުހޭރު އެވަރަށް ފަލަކުއަށް އަޅާލާ ލޯބިން އުޅޭތީ އަފީފާއަށް ހުންނަނީ ރުޅިއައިސްގެން ގޮސް ދަތްކުނޑި ވިކިވިކިއެވެ.

***************

“ކީއްވެ އަހަރެން ކައިރީ ކުރިން ނުބުނީ”.ފަލަކުގެ އަޑުގައި ވަނީ ޖެހިލުން ވުމެވެ.ޔޫލް ފަލަކުއަތުގެ އިނގިލި ތަކުގެ ދޭތެރެތަކަށް އޭނާގެ އިނގިލިތައް މަހާލާ މިފަހަރު މުށްކަވާލީ ނުހަނު ބާރަށެވެ.އަދި އޭނާގެ އެ ޙަޤީގަތަކުން އެމީހުންގެ ގުޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބުންޏެވެ.ޔޫލް އެހެން ނުބުންޏަސް އޭނާދެކެ ޔޫލް ލޯބިވާވަރު ފަލަކުއަށްވެސް އެނގެއެވެ.އެހެނެއްކަމަކު ޔޫލްގެ ބައްޕަ އެ މީހުންގެ ލޯތްބާއި ރުހޭނެ ބާވައެވެ.ކޮންމެއަކަސް ޔޫލް ވަރަށް ވާހަކަ ދެއްކުމުން ފަލަކު ހަމަޖެހޭ ގޮތްވިއެވެ.

**************

ފަންސަވީސް މިނެޓްގެ ދަތުރަކަށްފަހު އެމީހުން ތިބީ ހުޅުމާލޭ ފެރީ ޓަރމިނަލްގައެވެ.އަރޫޝާއާއިއެކު ފަލަކު ގެންދަން އުޅުމުން ޔޫލް އޭނާ ހުއްޓުވިއެވެ.އަދި މާލަސްނުވެ ފަލަކު ގެއަަށްދާން ޖެހޭތީ ދިހައެއްގެ ފެރީއަށް އަރަން ދެބައި މީހުންވެސް އެއްބަސް ވެފައި ޔޫލް ފަލަކުގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.އަރޫޝާއާއި އެޑަމްވެސް ހިނގައިގަތީ އިހަށް ފިހާރައަކަށް ދިއުމަށެވެ.އެއީ ޕާރުސަލެއް ތައްޔާރު ކުރުމަށެވެ.

**************

“ހޭއި ބަޑީ ކޮބާ..މިހުރީ ކަންމަތީގައޭ”.ޔޫލް ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން ދުރުން އައި ސައިކަލަކަށް ހަނައަޅާ ލަމުން ފޯނު ކަނޑާލުމަށްފަހު ޖީބަށް ލިއެވެ.ފަލަކުއަށް ދެއަތް ދެއަތާއި މޮޑެވެމުން ދިޔައީ ޖެހިލުންވެ ކޮންމެވެސް ވަރަކަށް ބިރުވެސް ގަނެފައި ވާތީއެވެ.ވާނީވެސް އެހެންތާއެވެ.އޭނާގެ މުޅި ޙަޔާތުގައި ވެސް ފިރިހެނަކާއި އެކު މިފަދަ ގޮތަކަށް އެކަނި ވެވިފައެއް ނުވެއެވެ.

އެކީކަހަލަ ގޮތަކަށް ދެ ސައިކަލް އައިސް އެމީހުންގެ ގާތަށް މަޑު ކޮށްލިއެވެ.އަދި އެތަނުން އެކަކު ސައިކަލުން ފޭބުމަށްފަހު ޔޫލްއަށް ތަޅުދަނޑި ދީފައި ގޮސް އަނެއް ސައިކަލުގެ ފަހަތަށް އެރިއެވެ.ޔޫލްވެސް އެ ޒުވާނާއަށް ތެންކްސް ބަޑީއޭ ބުނެލިއެވެ.އެމީހުން ދިޔުމުން ޔޫލް ގޮސް ސައިކަލަށް އަރައި ފަލަކުއަށް ބަލައިލި ގޮތުންވެސް ފަލަކުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.އެބެލުމުގައި އެވާ ލޯބި ކަމަކުން ޔޫލް އެހާ ލޯބިން ފަލަކުއަށް ބަލާލާ ކޮންމެ ފަހަރަކު އެ ހިތުގައިވާ ލޯބި އެތަށް ގުނައަކަށް އިތުރު ވެގެން ދެއެވެ.

**ނުނިމޭ**

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ވިންދު ހުއްޓުނަސް…… ޓުރެއިލަރ

Next

ވާށެ އޯގާ ހިތާ 6

Next
June 22, 2017

ވާށެ އޯގާ ހިތާ 6

Previews
June 22, 2017

ވިންދު ހުއްޓުނަސް…… ޓުރެއިލަރ

51 Comments!

  1. Noor says:
    June 22, 2017 at 8:21 pm

    Here is the 3rd part of “milku kollee hithey”….mistakes faahaga kolla dhinun edhen.

  2. yaanaa says:
    June 22, 2017 at 8:24 pm

    Noor?love this love this a lot ??

    1. Noor says:
      June 22, 2017 at 10:40 pm

      Thanx yaanaa..?

  3. Azu says:
    June 22, 2017 at 8:38 pm

    Ma sha allah….vaahaka vv nice..?❤❤thanx noor..

    1. Noor says:
      June 22, 2017 at 10:41 pm

      Thanx Azu..?

  4. annoying reader says:
    June 22, 2017 at 8:39 pm

    i guess shaiba and falak mom majubor kohgen falak enme fahun shaiba ah yool dheyn sacrifice vaani. egothah varah ginain vey sis and younger sis like same person. specially if a mother is there to support the other. plz dnt let them apart. i want yool and falki to be together. love it

    1. Noor says:
      June 22, 2017 at 10:42 pm

      Thanx annoying reader..?

  5. Aki says:
    June 22, 2017 at 8:49 pm

    Vv reethi

    1. Noor says:
      June 22, 2017 at 10:42 pm

      Thanx Aki..?

  6. silver shine says:
    June 22, 2017 at 9:00 pm

    Wow!!!!! V reethi, thankolheah dhigukohlan v nu

    1. Noor says:
      June 22, 2017 at 10:43 pm

      Thanx silver shine..will try dear..?

  7. khajja says:
    June 22, 2017 at 9:09 pm

    Masha allah v v rythi ???kon irakun nxt prt falakge majboory haalathuves yool ah kiyaadhybala falak n yool gulhuvahchey pls pls luv this stry nxt prt kiyaahithun keiymadhuvefa thankolheh avahah up kolladhybala n thankolheh dhigukon pls can’t wait ???❤❤❤

    1. Noor says:
      June 22, 2017 at 10:44 pm

      Thanx Khajja..will try dear..?

  8. maroon says:
    June 22, 2017 at 9:09 pm

    Amazing noor.. waiting eagerly ?

    1. Noor says:
      June 22, 2017 at 10:44 pm

      Thanx maroon.?

  9. Hawwi says:
    June 22, 2017 at 9:42 pm

    Oh!!yoooll haadha loving ey dho v nice

    1. Noor says:
      June 22, 2017 at 10:45 pm

      Thanx Hawwi.?

  10. nonns says:
    June 22, 2017 at 10:12 pm

    Dhen alhe nulaahiku kiyaa hithun kiyaala kiyaala indha mi part e nimunee. This story is so awesome. Especially yool ulhey goiy varah cute.

    1. Noor says:
      June 22, 2017 at 10:46 pm

      Thanx nonns.?

  11. Adha? says:
    June 22, 2017 at 11:09 pm

    Varah reethi mi part ves… waiting for next part ?❣

    1. Noor says:
      June 23, 2017 at 4:04 am

      Thanx Adha..?

  12. Kuddy says:
    June 22, 2017 at 11:33 pm

    Awwnn… so cute yool… nice story… ❤

    1. Noor says:
      June 23, 2017 at 4:04 am

      Thanx Kuddy..?

  13. sam♥ says:
    June 23, 2017 at 12:06 am

    alhey hama ehme reethi hisaab in enihmaalyyy waiting next part … thankx noor … lovely stry …. like it … ehhee keep it up noor

    1. Noor says:
      June 23, 2017 at 4:05 am

      Thanx sam..?

  14. ReeXa says:
    June 23, 2017 at 5:01 am

    Varah reethi mi part vx. .

    1. Noor says:
      June 23, 2017 at 5:25 am

      Thanx ReeXa..?

  15. HARLEY quinn says:
    June 23, 2017 at 5:44 am

    amazing. i luv it so much… u r a awsome writer dnt lose hope noor. u can do this

    1. Noor says:
      June 23, 2017 at 5:52 am

      Thanx HARLEY quinn for the sweet comment..?

  16. Eesh says:
    June 23, 2017 at 6:36 am

    Vvv rythi mi part…

    1. Noor says:
      June 23, 2017 at 6:49 am

      Thanx Eesh..?

  17. eAai says:
    June 23, 2017 at 8:21 am

    Vv rereethi? nxt part tankoleh avahah up kodechey dear and digukoh

    1. Noor says:
      June 23, 2017 at 9:53 am

      Thanx eAai…will try dear..?

  18. Aai says:
    June 23, 2017 at 8:22 am

    Vv rereethi? nxt part tankoleh avahah up kodechey dear and digukoh

    1. Noor says:
      June 23, 2017 at 9:54 am

      Thanx Aai…will try dear..?

  19. xeeeeeee says:
    June 23, 2017 at 10:42 am

    woww woww just awsome but mi story kiyaaafa filmeyge mathin hadhaan vany

    1. Noor says:
      June 23, 2017 at 12:02 pm

      Thanx xeeeeeee..really..can u tell me the name..

  20. Falak says:
    June 23, 2017 at 1:02 pm

    Eyhh haadha salhiey dhw mi part vs.. when is next ? ?

    1. Noor says:
      June 23, 2017 at 2:51 pm

      Thanx Falak..in sha allah saturday night at 00:00..will try to up a long part with the occation of Eid…?

  21. jus hate copycat says:
    June 23, 2017 at 5:36 pm

    oh oh oh.. u coppied again. star gurl ge storygavs a girl fell in love with the owners son dhw… and work vest kurany hospital ga… alhe copy nukoh noolheveneetha? dah.. I jus hate writers like that. ? fb ga post Kogan v kannrynge
    esfiya site’s most copying writer goes to
    Noor..??
    yeah sure I’ll get so many likes and comments for that post.. ?

    1. jus hate copycat says:
      June 23, 2017 at 5:37 pm

      kollan

    2. kiaara says:
      June 24, 2017 at 6:16 pm

      If yuh hate it why are yuh reading it???dhn ehn story ehga hospital therein lwbivevuny eyhh kiyaafa liyunyma does it mean its copying???? why dont yuh try to put your foot in noor’s shoes and see whether writng a story lyk this is easy???

  22. kiaara says:
    June 24, 2017 at 6:18 pm

    Dont worry noor…your story is just amazing and amazing??….keep it up.?.waiting for next part…?

    1. Noor says:
      June 24, 2017 at 7:24 pm

      Im very happy that u raise ur voice for me dear….dnt worry..they will never undstand hw much effort v put to bring even one part of a story…again thanx Kiaara..

    2. jus hate copycat says:
      June 24, 2017 at 9:58 pm

      lolo..??
      yo y r u Lyk a b*tch..?
      masheh nubunan mi story hadi ekey I said I coppied ey.. lol

    3. kiaara says:
      June 25, 2017 at 12:15 am

      Can yuh plx mind your language here…wateva yuh said yuh can say it in a good manner…

  23. Angle says:
    June 25, 2017 at 1:15 am

    Wooow … Warahh Warahh Lwbii Mi SToryy …Keep It Up

    1. Noor says:
      June 25, 2017 at 11:03 am

      Thanx Angle

  24. story lover says:
    June 25, 2017 at 6:03 am

    Ooooooh.
    V nice

    1. Noor says:
      June 25, 2017 at 11:03 am

      Thanx story lover

  25. Ainth says:
    August 18, 2017 at 3:58 pm

    V rythi mi part ves

Comments are closed.


All Right Reserved!