ނޭނގުމެއްގެތެރޭގައި..(5)
ދޮރުމައްޗަށް ހުއްޓިފައި އައިނީ ބަލައިލީ އަމާލްގެ މޫނަށެވެ. ދޮރުން އެތެރެއަށް ވަންނަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެއާއިއެކު ކުރިއަށް އަޅައަޅައި ހުރި ފިޔަފަޅުވެސް މަޑުޖައްސައިލަން މަޖުބޫރުވިއެވެ…
ކޮޓަރީގެ މެދެއްހައި ހިސާބުގައި ހުރި އެދުގައި އެއޮތީ އާޝިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައި އޮތަސް އައިނީއަކަށް އެ ސޫރައެއް ނޮއޮޅުނެވެ. ފައިސަލް ދިން ފައިލުގައި ހުރި އާޝިޔާގެ ފޮޓޯއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މޫނުމަތީގައި ހުރި ރޫތައް ފިޔަވައެވެ.
އައިނީއަށް ބުނާނެއެއްޗެއް ނޭނގިފައި ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ސުވާލުން ފުރިގެންވާ ފަދައަކުން އައިނީ އަމާލް އަށް ބަލައިލިއެވެ. ރަށު މީހުން އާޝިއާ މަރުވެއްޖެ ކަމަށް ބުނީ ކީއްވެހެއްޔެވެ.!!؟ ހުދު އަމާލްވެސް ބުނީ އޭނަގެ މަންމަ މިހާރު މިދުނިޔޭގައި ނެތްކަމަށެވެ!! ވީއިރު އެތާއެއޮތީ ކާކު ހެއްޔެވެ. އައިނީ ބުނަންއުޅުނު އެއްޗެއް އަމާލްއަށް ފަހުމްވިކަހަލައެވެ. އޭނާ ބަލާލީ އާޝިޔާއަށެވެ. އާނއެކޭ ބުނާފަދަ ގޮތަކަށް އާޝިޔާ ބޯޖަހާލިއެވެ. އަމާލް އާޝިޔާ ބާއްވާފައި އޮތް އެދުގެ ކޮޅުގައި އިށީނދެލިއެވެ.. އާޝިޔާގެ ފައިގައި ފިރުމަމުން އަމާލް ވާހަކަ ފެށިއެވެ..
** **
އައިނީ މަންމަގެ މަރަށްފަހު އާޝިޔާއާއި އައިނީ ބައްޕަގެ އޮތް ގުޅުން ނިމުމަކަށް އައެވެ. އާޝިޔާ އުންމީދުކުރީ ސީމާގެ މަރަށް ފަހު ރާމިޒު އެނބުރި އަންނާނެކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެދުވަހަށް ފަހު ރާމިޒުއާއި އާޝިޔާގެ ގުޅުމުގައި އަބަދުގެ އަބަދަށް ސިއްކަ ޖެހުނީއެވެ. އަޝިޔާ ރާމިޒު ދެކެ ވަރަށް ލޯބިވިއެވެ. ނަމަވެސް އެތައް މަސައްކަތަކަށްފަހު ވެސް ރާމިޒުގެ ފަރާތުން އާބަހެއް ނުލިބުމުން އާޝިޔާ ގަސްދުކުރީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރާށެވެ. އާޝިޔާ ބަޑުބޮޑުކަން އިނގުނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ. ދެންވެސް ރާމިޒުއަށް އެކަން އަންގަން ކުރި މަސައްކަތްވީ ބޭކާރެވެ. އެހެންކަމުން އާޝިޔާ އޭގެ ފަހުން ރާމިޒު ހޯދާކަށް ނޫޅެއެވެ.
އެންމެ ބޮޑު ސަބަބަކަށްވީ އާޝިޔާއަށް ސީމާގެ މަރުގެ ހަގީގަތް އެނގޭކަން ރާމިޒްއަށް އެނގޭ ދުވަހަކުން އޭނާ އާޝިޔާއަށް ނަފްރަތު ކުރާނެކަން އެނގޭތީއެވެ. އަދި އެކަމުގައި އާޝިޔާގެވެސް އެއްބާރުލުން އޮތްކަން އެގިއްޖެނަމަ ރާމިޒު ދުވަހެއްގެ ކޮޅުންވެސް އާޝިޔާއަށް ރުހުމުގެ ލޮލަކުން ނުބަލާނެއެވެ. އެހެންވެ އޭނާ ނިންމީ ލިބެން އުޅޭ ދަރިފުޅުގެ ހައްގުގައި ދިރިއުޅުން އާރާސްތުކުރާށެވެ. އެދަރިފުޅުގެ ދިރިއުޅުމުގައި މަންމައެއްގެ އިތުރުން ބައްޕައެއްގެ ދައުރުވެސް ވީ އެންމެ ފުރިހަމައަކަށް އަދާކުރުމަށެވެ. އެއީ ރާމިޒު ދެކެ އޭނާ ވީ ލޯބީގެ ނިޝާނެއް ކަމުގައި ދެކިގެންނެވެ.
އަމާލް ވިހެއުމަށްފަހު އާޝިޔާ ކުރީގެ ވިޔާނުދާ އުޅުން ދޫކޮއްލިއެވެ. ނަމަވެސް އޭރު ވަނީ ވަގުތުފާއިތުވެފައެވެ. އާޝިޔާ ވަނީ އޭރު އެއިޑްސްގެ ޝިކާރައަކަށް ވެފައެވެ. މިއަދު އާޝިޔާއަށް ޖެހިފައިވާ ހާލުގެ އަސްލަކީ އެއީއެވެ..
** **
އަމާލްގެ ވާހަކަ އެހިސާބަށް ދިޔަތަނާ އާޝިޔާ ވަރަށް ބޮޑަށް ކެއްސަންފަށައިފިއެވެ. އެއްގޮތެއް ހަދައިގެންވެސް ރަނގަޅުވާގޮތް ނުވުމުން އަމާލް ކޮންމެވެސް މީހަކަށް ގުޅާލިއެވެ. މާގިނަ އިރުތަކެއް ނުވެ އެމީހާ އައެވެ. އަމާލްގެ ވާހަކައިން އިނގުނީ އެއީ އާޝިޔާގެ ޑޮކްޓަރ ކަމެވެ.
އާޝިޔާއަށް ބަލާފައި ޑރ.ރިޔާޒްގެ މޫނުމަތިން ފާޅުވީ ނުތަވަސްކަމެވެ. އާޝިޔާއަށް އޭނަގެ ވަގުތު އައިސް ޖެހުނީކަން އެނގުނެވެ. އެވަގުތު އޭނަ އައިނީ ކައިރިން އެދުނީ މާފުކުރުމަށެވެ. އަމާލްގެ ފަރާތުން ހުރިހާ ކަމެއް އޮޅުންފިލާނެ ވާހަކައާއި އަދި އެކަމުގައި އަމާލްގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ދިނެވެ. އައިނީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާޝިޔާ ދެކެ ކިތަންމެ ރުޅިއައި ކަމުގައިވީނަމަވެސް ލޯކުރިމަތީގައި އޭނާ ނިމިގެންދާތަން ބަލާނެހާ ހިތްވަރެއް އައިނީގެ ނެތެވެ.
އެހެންވެ އައިނީ ބޭނުންވީ އެތަނުން ދާށެވެ. އަމާލް ކައިރީ ހިތްވަރުކުރުމަށް ބުނަމުން އަދި ފަހުން އަންނާނޭ ވާހަކަ ބުނެ އައިނީ ދިޔައީ ބޮޑުދައިތަ ކައިރިއަށެވެ. އައިނީމެން ގުރައިދޫގައި ތިބެނީ ބޮޑުދައިތަގެ ރައްޓިއްސެއްގެ ގޭގައެވެ.
އައިނީ ދިޔައިރު ބޮޑުދައިތަ އައިނީ ލަސްވެގެން ކަންބޮޑުވެފައި ހުއްޓެވެ. ޖެހިގެން އައިދުވަހު މުޅި ރަށް ސިއްސުވާލީ އާޝިޔާގެ މަރުންނެވެ. ސަބަބަކީ އެއްމެންވެސް ގަބޫލުކޮއްގެން ތިބީ މީގެ އަހަރެއްހާ ދުވަސް ކުރިން އާޝިޔާ މަރުވެފައިވާ ކަމަށެވެ. ވީއިރު މިހުރިހާ ދުވަހު އެކަން ނޭނގިއޮތީ އެކަމުގެ ފަހަތުގައި ކިހާބޮޑު ސިއްރެއް ވާތީބާވައެވެ. މުޅި ރަށުތެރޭގައި ދެކެވެމުން ދިޔައީ އެވާހަކައެވެ.
އޭގެ އަނެއް ދުވަހެވެ. އައިނީ ނުކުތީ އަމާލް އާއި ބައްދަލުކުރަން ދިޔުމަށެވެ. އެވަގުތު ގޯތިތެރޭގައި ބޮޑުދައިތަމެން ވާހަކަދައްކަން ތިއްބެވެ. ރައްޓެހި ކުއްޖަކާއި އެކީ ބޭރަށް ދަނީ ކަމަށް ބުނެ އައިނީ ދިޔައީއެވެ. އައިނީގެ އެދުމުގެ މަތިން ބޮޑުދައިތަ އެމީހުން އެރަށަށް އައި ސަބަބު އެއްވެސް މީހަކާއި ހިއްސާއެއް ނުކުރެއެވެ.
އައިނީ ދަމުން ދިޔައީ އަމާލް އަށް ގުޅާފައި ދާ ވާހަކަ ބުނެފައެވެ. ކައިރި ހޮޓަލަކަށް ދާން އަމާލް ޚިޔާލުދިން ނަމަވެސް އައިނީ އެކަމާއި ދެކޮޅު ހެދީ އެމީހުން ބައްދަލުކުރާކަން އެހެން މީހަކަށް އެނގެން ބޭނުން ނުވާތީއެވެ. އައިނީ ބޭނުންވީ އެގެއިން ބައްދަލުކުރާށެވެ.
“ކީއްވެ އަމާލް މަންމަ މިރަށުގައި އުޅުނުކަން ސިއްރުކުރީ؟” އައިނީ ފުރަތަމަވެސް ކުރީ ސުވާލެކެވެ. އަމާލް އިސްޖަހާލައިން އިރުކޮޅަކު އިނުމަށްފަހު ވާހަކަދައްކަން ފެށިއެވެ.
އާޝިޔާގެ ފަރާތުން އަމާލްއަށް ވަނީ ހުރިހާ ކަމެއް އެނގިފައެވެ. އަމާލް އޭނަގެ މަންމަ ކުއްވެރިވެސް ކުރެއެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެ އަމާލް ބަލާބޮޑުކުރީ އެމައްމަގެ މިންނެތް މަސައްކަތުންނެވެ. އަދި މަންމަވަނީ ކުރެވުނު ކުށަށް ތައުބާ ވެފައެވެ. އައިނީ އަށް އެހީވެދޭން މަންމަ ނިންމީވެސް އެހެންވެއެވެ. އައިނީ ނައި ނަމަވެސް އަމާލް ނިންމައިގެން ހުރީ އައިނީ ހޯދައިގެން އެ ވަހަކަތައް ކިޔައިދޭށެވެ.
…
އަމާލްގެ ވާހަކަތައް އަޑުއަހަން އިންއިރު އައިނީގެ މޫނަށް އަރާފައިބަމުން ދިޔައީ އެކި ކުލަތަކެވެ. އެއްވެސް ކުށެއް ނެތި މަންމަ އެފަދަ އަނިޔާވެރިއެއްގެ ޝިކާރައަކަށް ވެގެން ދިޔައީތީ ހިތުގެ އަޑިން ރޯލަ ރޯލާ އިނީ ގަބޫލުކުރަން ދަތިވެފައެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީއެވެ.
**
ރާމިޒު މެންނަށް ނޭނގުނު ނަމަވެސް މާ ކުރީއްސުރެވެސް އެމީހުންގެ ދިރިއުޅުމަށް ފާރަލަމުން އައި އެހެން ފަރާތެއް ހުއްޓެވެ. އެއީ އާސިފްއެވެ. ސީމާގެ މަދުރަސާ ދައުރުއްސުވެ އެތައް ފަހަރެއްގެ މަތިން ސީމާއަށް ލޯބިހުށަހެޅިމީހެކެވެ. ނަމަވެސް ސީމާ އެ ހުޅަހެށުމާއި ދެކޮޅުހެދިއެވެ. އާސިފަކީ އެއްވެސް އުޅުމެއް ނެތް މީހަކަށް ވާތީއެވެ. ނަމަވެސް އެ އުޅުން އިސްލާހު ކުރުމުގެ ބަދަލުގައި އާސިފު ބޭނުންވީ ސީމާ ކިބައިން ބަދަލުހިފާށެވެ. އަދި ސީމާ ރާމިޒުއާއި ކައިވެނި ކުރި ހިސާބުން ފެށިގެން އާސިފް ހުރީ ވަގުތަކަށް ބަލަބަލަ އެވެ. އޭނައަށް ނުލިބުނު އުފަލެއް އެހެން މީހަކަށް ލިބުނަ ނުދޭން އަޒުމް ކަޑައަޅައިގެންނެވެ.
ރާމިޒު އަކީ އެހެންމީހުންނާއި ޚިލާފަށް ރައްޓެހިއްނާއި އެކު ބޭރަށް ގޮސް އުޅޭ މީހަކަށް ނުވަތީ އާސިފްއަށް އޭނަގެ މަޅީގައި ރާމިޒު ޖެއްސުންވީ ވަރަށް އުދަގޫ ކަމަކަށެވެ. ނަމަވެސް ސީމާ އައިނީއަށް ބަލިވެއިނުމާއި ގުޅުމަށް ރާމިޒު ގިނަ ވަގުތު ހޭދަކުރަން ފެށީ ގެއިން ބޭރުގައެވެ. ރާމިޒް އަށް ހެޔޮއެދޭ މީހެއް ކަމަށް ހެދިގެން މަސްތުވާތަކެތީގެ އަވައިގައި އޭނާ ޖެއްސީވެސް އާސިފްއާއި އޭނަގެ ރައްޓެހިންގެ މޮޅު ރޭވުމަކުންނެވެ. އަސިފްއަށް އޭނާ ބޭނުންވާ ކަންތައް ކުރުމަށް މަގުފަހިވެގެންދާނެތީއެވެ.
އެ ގެއަށް ވަދެވޭ ގޮތެއް ވޭތޯ ކިތަންމެ ފަހަރަކު އާސިފް މަސައްކަތްކުރިއެވެ. އާޝިޔާއާއި ރާމިޒްއާއި ގުޅުވީވެސް އާސިފް އެވެ. އާޝިޔާ ރާމިޒް ދެކެ ލޯބިވިކަން ޔަގީންވި ހިސާބުން އާސިފް ދިޔައީ އޭނަގެ ރޭވުމުގެ ވާހަކަ އާޝިޔާއާއި ހިއްސާކުރަމުންނެވެ. އެއީ އާސިފް ގަބޫލުކުރި ގޮތުގައި އާޝިޔާވެސް ބޭނުންވާނީ އެގޮތެވެ. ވީވެސް އެހެންނެވެ. އާޝިޔާވެސް ބޭނުންވީ ސީމާގެނަން ރާމިޒްގެ ދިރިއުޅުމުން ފޮހެލާށެވެ. އެކަމުގައި ރާމިޒު ނުބެދޭނެހެން އެކަން ކުރަން އާޝިޔާ އާސިފްގެ ކިބައިން އެދުނެވެ. އޭނަ އެކަމާއި އެއްބަސްވިވެސް މެއެވެ. އެހެންނަމަވެސް އާޝިޔާއަށް ނޭނގުނު ކަމަކީ އާސިފްގެ ރޭވުމުގެ މިސްރާބުހުރީ އެހެން ދިމާލަކަށް ކަމެވެ. އެކަމަކީ ހަމައެކަނި އޭނަގެ ހިތްހަމަޖެހުމަށް ކުރާކަމެއް ކަމެވެ. އެއީ އެއްވެސް ހާލެއްގައި އާޝިޔާއަށް ރަނގަޅު ގޮތެއް ވާން އެދިގެން ކުރާކަމެއް ނޫންކަމެވެ.
އާސިފް ވިސްނަމުންދިޔައީ ރާމިޒްގެ ބޮލުގައި ސީމާގެ މަރުގެ ތުހުމަތު އެޅުވޭނޭހެން އެކަން ކުރުމަށެވެ. އެހެންވެ ރާމިޒް ޖަލުގައި ހުރި އިރުވެސް ސީމާއަށް ނަފްރަތް އުފެދޭނެހައި ގޮތަކަށް ވާހަކަ ދައްކަމުންދިޔައެވެ.
އެންމެފަހުން ރާމިޒް ޖަލުން ސަލާމަތްވިރޭ ރާމިޒް ގެއަށް ދިޔުމުގެ ކުރިން ނޭނގޭނޭހެން ނިދާބޭސް ކާންދިނެވެ. އާސިފްގެ ރޭވުމަށް އަމަލީސިފަ ގެނައީ އެރެއެވެ…
** **
އަމާލްގެ ވަހަކަ މެދުކެޑުނީ ފޯނު ރިންގް ވާން ފެށުމުންނެވެ. “އަންނޯން ނަމްބަރ” އަރާފައި އޮތުމުން އިރުކޮޅަކު ވިސްނަންހުރެފައި އަމާލް ފޯނު ނެގިއެވެ. ފޯނުން ވާހަކަ ދައްކަމުންދިޔައިރު އަމާލްގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ.
“ކާކުގެ ފޯނެއް؟؟ ކިހިނެއްވީ؟؟” އަމާލް ފޯން ބޭއްވުމާއިއެކު ކެތްމަދުވެފައިވާ މީހެއް ފަދައިން އައިނީ އަހާލިއެވެ.
“އެއީ ކާކުކަމެއް ނޭނގެ.. ރޭގަވެސް އަހަންނަށް ގުޅާފަ އިންޒާރުދިން އައިނީ މަންމަގެ މަރާއި ބެހޭ އެއްވެސް ކަމެއްގައި ޝާމިލުވެއްޖެނަމަ މަރާލާނެކަމަށް ބުނެ.. އައިނީ އަހަންނާއި ބައްދަލުކުރިކަން އެނގުނީމަ އެގުޅީ.. އައިނީވެސް ވަރަށް ވިސްނައިން އުޅޭތި..
މަންމަ މަރުވެއްޖެކަމަށް އަޑު ފަތުރަން ޖެހުނީވެސް މަންމަ މަރާލާނެކަމަށް ތަކުރާރުކޮށް އިންޒާރު ލިބުމާއި ގުޅިގެން.. މިހާރު އަމުދުން އެމީހުން ރުޅިއަންނާނެ.. ސަބަބަކީ މިހާރު އެމީހުންނަށް އެނގޭނެ މަންމަ މަރުވެއްޖެކަމަށް ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއްކަން.. އަދި އެކަން ކުރީ އަހަރެން ކަންވެސް އެނގޭނެ.. މަންމަގެ ފަރާތުން އަހަންނަށް އެ ހުރިހާ ވާހަކައެއް އެނގިފައި ހުރިކަންވެސް މިހާރު އެމީހުންނަށް ޔަގީންވާނެ.. އެހެންވީމަ އެމީހުން ބޭނުމެއްނުވާނެ އަހަރެންގެ ފަރާތުން އެހެން މީހަކަށް އެވާހަކަތައް އެނގޭކަށް..”
އައިނީ އިނީ ދެން ހަދަންވާ ގޮތަކާއިމެދު ފިކުރުބޮޑުވެފައެވެ. ފައިސަލް ދިން ފައިލުގައިވެސް ކޮންމެވެސް އާސިފްއެއްގެ މައުލޫމާތުހުއްޓެވެ.
“އަމާލްއަށް އެނގޭނެތަ ތިބުނާ އާސިފް އެއް ފެނިއްޖިއްޔާ؟” އައިނީ ބޭނުންވީ އެއީ އެކެއް ކަން ޔަގީންކުރާށެވެ.
އާނއެކޭ ބުނުމުގެ ބަދަލުގައި އާސިފް ދެއްކީ ފޯނުގައި ހުރި ފޮޓޯއެކެވެ. އެއީ ހަމަ އެކެކެވެ. އެކަން ޔަގީންކުރަން ދެވަނަ ވިސްނުމަކަށް ދާކަށް އައިނީ އަކަށް ނުޖެހުނެވެ. އެހާވެސް މޮޅަށް އެ އެންމެންގެ ސިފަ އައިނީ ވަނީ ސިކުނޑީގައި ކަނޑާ ބިންވަޅުނަގާފައެވެ.
މިހާރު ނޭނގިއޮތް ކަމަކީ އެރޭ ކަންހިގާދިޔަގޮތެވެ. ނޫނީ އެކަން ކުރި މީހަކީ އާސިފްކަން ޔަގީންކުރުމެވެ. ނަމަވެސް އައިނީ އަތަކު އެކަށީގެންވާ ހެއްކެއް ނެތެވެ. އެކަމަށް ހެކިދެވޭނެ ހަމައެކަނި މީހަކީ އާޝިޔާއެވެ. ނަމަވެސް މިހާރު އައިނީއަށް އެހީ ވާކަށް އާޝިޔާއެއްވެސް ނެތެވެ. ދެން އޮތް ހަމައެކަނި ގޮތަކީ އާސިފް ލައްވާ އެކަމަށް އެއްބަސް ކުރުވުމެވެ. ނަމަވެސް އެއީ އެހާ ފަސޭހަކަމަކަށް ނުވާނެކަން އައިނީއަށް އެނގެއެވެ. އެއް ގޮތަކުން ބުނަންޏާ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އައިނީއަށް ޖެހޭނީ އެހެންގޮތެއް ހޯދާށެވެ…
އިރުއޮއްސެން ގާތްވެފައި ވުމާއިއެކު އައިނީ ގަސްދުކުރީ އެވަގުތަށް ގެއަށް ގޮސްލުމަށެވެ. އަމާލްވެސް އައިނީގެ ފަހަތުން ނުކުތީ ގެއާއި ހަމައަށް ގެންގޮސްދިނުމުގެ ބޭނުމުގައެވެ. އަމާލްގެ އާއިލާގައި މިހާރު ހުރި ހަމައެކަނި މީހަކީ އައިނީކަމުގައި އަމާލްއަށް ގަބޫލުކުރެވުނެވެ. ނަމަވެސް އައިނީ އަމާލްއާއި ދޭތެރޭ ދެކެނީ ކިހިނެއް ކަމެއް ބުނާކަށް އަމާލްއަކަށް ނޭނގެއެވެ. އަމާލް ގަބޫލުކުރަން ބޭނުންވަނީ އައިނީވެސް ދެކެނީ އޭނައަކީ އައިނީގެ ކޮއްކޮއެއް ގޮތުގައި ކަމެވެ. ނޫނީ މިވަގުތު އައިނީ އެކަން ގަބޫލުކުރަން ބޭނުން ނުވިޔަސް އަދި ފަހުން ގަބޫލުކުރަނެއެވެ..
އައިނީ ބޭނުންވީ އެކަނި ގެއަށް ދާށެވެ. އަމާލް އައިނީއާއިއެކު ކިތަންމެ ދާން ބޭނުންވެފައި ހުއްޓަސް އިތުރަށް އެހެން ބުނާކަށް ނުކެރުނެވެ. އެހެންވެ ކަމެއް ބޭނުން ވެއްޖެނަމަ ގުޅާލުމަށް ބުނަމުން އޭނާ އެނބުރި ގޮސް ވަނީ ގެއަށެވެ.
އައިނީ ހިގަމުންދިޔައީ ރަށުގެ ބަދަރަށް ވާގޮތަށް އޮތް މަގުންނެވެ. ރަތް ވިލާތަކުން އުޑުމަތީގައި ވަނީ ދޫލައެއް ލެވިފައެވެ. މަގުގެ އެއްފަޅީގައި ހުރި ޖޯއްޔެއްގައި މެދު އުމުރުފުރައި ދެމީހަކު އިނެވެ. އަދި އެމީހުންނާއި މާދުރުނޫން ހިސާބަކުން ކުޑަކުއްޖަކު ބައިސްކަލުގައި ޖޯއްޔާއި ދިމާއަށް ދުއްވާފައި އާދެއެވެ. އިތުރު މީހަކު އެހިސާބުގައި ފެންނާކަށް ނެތެވެ.
އައިނީ މަޑު ހިގުމެއްގައި ގޮސް ޖެހިގެންއޮތް މަގަށް އަޅާލިއެވެ. އޭރު އެމަގުގެ އަނެއްކޮޅުން ބާރު ސްޕީޑްގައި އަންނަމުންދިޔަ ސައިކަލުގެ މިސްރާބުހުރީ ސީދާ އައިނީއާއި ދިމާއަށެވެ.. އައިނީއަށް އެކަން ރޭކާލިއިރު ސައިކަލުއައިސް އައިނީއާއި އަރާހަމަވަނީއެވެ. އެވަގުތު ފަޒާގެ ތެރޭގައި ގުގުމާލީ އައިނީގެ ވޭނީ ހަޅޭކުގެ އަޑެވެ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.



Masha allah v rythi ekam haadha kurey kooji ainee maraanulah chey n ainee mom ge massala balan thi accident vun rangalhuvaane kamaffennany stry v furihama kon irakun nxt prt?
Thanks? Adhives dhigukolleveytho balaanan..! In sha Allah Saturday ga next part.. Roadha mas v ma, anekkolhun midhuvaskolhu varah busy ehnve nuliyeveny dhigukoh..
Vv reethi ekam thankolheh kuru
Thanks? ?
Nyc.i like it.whn nxt prt?
Thanks? Saturday In Sha Allah
Varah reethi mi part ves….? waiting for next part ❣?
Thanks?
Keep it up !! This is truly exciting!
Thanks?
Woww kooji just woww ????
Thanks?
wow … waiting next part ….
Thanks ?
Varah reethi mibaives. 🙂
Waiting for nxt part.. e part miah vure dhigu koh genesdheyne kamah ummeedhu kuran..
Thanks..?Yes In Sha Allah?
Hey kooji.. wow.. mi part hama vv nice inge.. im dying in curiousty…
Thanks..??
Kobaa.? Ma eyruves bunin e vaanee Aashiyaa ashey. @kooji
Hehe? Aan dho
I like it??
Thanks❤
Masha allah…. V salhi keep it up. U r the best writer in the world..
Owwn❤ thanks?
Wow..nice..
Thanks?
V.reethi vaahak
Thanks?