Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިލްކު ކޮށްލީ ހިތޭ…….02

Noor💙 Level 710 Stories100 Comments100 Login500 Comments
June 21, 2017 5 Mins Read
62 Comments

ސޯސް ކުކުޅު އަޅަންހުރި ފަލަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ހުއްޓުނު ޔޫލްގެ އަތް އޭނާގެ ކަނދުރާގައި ބާއްވައިލުމުން ފަލަކުގެ ނޭވާ ހީވީ އަރުގައި ތާށި ވީ ހެންނެވެ.

*****************************

ޔޫލް އޭނާގެ އަނެއް އަތުން ފަލަކު ލާފައިހުރި ޓޮޕްކޮޅުގެ ކެހެން ފަށާފައިވާ ޒިބު ދަމާލަ ދިނުމަށްފަހު ދުރަށް ޖެހިލުމުން ފަލަކުއަށް ކުރެވިގެން ދިޔަ ލަދުވެތި އިޙްސާސަކުން މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ގެންގޮސް ކަންފަތުގައި އަޅުވާލަމުން ޔޫލްއަށް ބަލައިލެވުނެވެ.ނަމަވެސް އޭރު ޔޫލް ހުރީ ޝިނާނު މެންނާއި ވާހަކަ ދައްކަން ކަމުން އޭނައަށް ޔޫލްގެ ސަމާލުކަން ލިބޭގޮތެއް ނުވިއެވެ.

******************************

“ހޭއި ފަލްކީ… ހާދަ ވަރަކަށް ގޮވައިފީމޭ..އާދޭ އެމޭޒަށް ދާން..އަރޫއާ ޒީލްވެސް އެބައިން..”ޝައިބާ އައިސް އެހެން ބުނެލުމަށްފަހު ފަލަކުގެ އަތުގައި ހިފައިގެން އެމީހުން ތިބި މޭޒަށް ދިޔުމަށް ހިނގައިގަތެވެ.ނަމަވެސް ޝައިބާގެ ނަޒަރު ހުއްޓިފައިވަނީ ހީހީފައި ޝިނާންއާއި ވާހަކަ ދައްކަމުން ދިޔަ ޔޫލް އަށެވެ.ޔޫލްވެސް ލޮލުގެ ހިމަކޮޅުން އެމީހުންނާއި ދިމާއަށް ބަލައިލަމުން ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ.ޝައިބާއަށް އެވަގުތު ކުރެވުނު އިޙްސާސް ބެނެދޭންވެސް ނޭނގެއެވެ.ނަމަވެސް އޭނާ ކިތަންމެ ބޮޑު އޮޅުމެއްގައި ވިޔަސް ޔޫލްއަށް އޭނާގެ ބެލުންތައް ތިރި ނުކުރެވިގެން އެއުޅެނީ ފަލަކުގެ ސަބަބުންނެވެ.މާ އަލިގަދަ ނޫން އެ ތަނުގެ ތެރެއިން ފަލަކުގެ ހެދުމުގެ ކެހެން ފަށައިފައިވާ ޒިބު އެލޮލުގައި އަޅައި ގަންނާނީ އެހެން މީހަކަށް ފާހަގަ ނުކުރެވުނަކަސް ހާދަވަރަކަށް ބެލިގެންތާއެވެ.

******************************

ފަލަކުއާއި ޝައިބާ އައިސް އަރޫޝާއާއި ޒީލް އިން މޭޒު ކައިރީގައި އިށީނެވެ.ކެއުމުގެ ތެރެއިން ތަފާތު ވާހަކަތައް ބަދަލު ކުރެވެމުން ދިޔައެވެ.ނަމަވެސް ޝައިބާ އާނ..ހޫނ.އިން ފުއްދާ ލައިގެން އިންއިރު ދެން ތިބި ތިން މީހުން ދައްކަމުން ދިޔައީ ކޮން ވާހަކައެއް ކަމެއްވެސް އޭނާ އަކަށް ނޭނގޭނެއެވެ.އޭނާއަށް ޔޫލްގެ ރީތިކަމުގެ ޖާދޫގެ އަސަރު އެހާވަރަށް ކޮށްފިއެވެ.

*****************************

ކައި ނިމުމުން އެންމެންވެސް އަވަސްވެގަތީ ނޯޓިސް ބޯޑް ޗެކު ކުރުމަށެވެ.އެމީހަކު މަސައްކަތް ކުރަން ޖެހިފައިވަނީ ކާކުގެ ދަށުންތޯ ބެލުމަށެވެ.ކުޑަ ކުދިންތަކެއް ފަދައިން ނޯޓިސް ބޯޑް ވަށާލާފައި އެންމެން ތިބިއިރު ފަލަކުވެސް ކޮށްޓަފައިން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ނަން ފެނޭތޯއެވެ.”ތީ ފަލަކު ކަމުގައި ވާނަމަ އަހަރެމެން މަސައްކަތް ކުރަން ޖެހިފައިވަނީ އެއް ޑިޕާރޓްމެންޓެއްގަ”.ކޮއްޓަފައިން ހުރި ފަލަކުއަށް ފަހަތުން އިވިގެން ދިޔަ އަޑަކުން ހަމަ ބިމަށް އާދެވުނު ކަހަލައެވެ.އަދި އެނބުރިލާފައި ފަހަތަށް ބަލައިލެވުނެވެ.ކުރިމަތީގައި ހުރި ޔޫލް ފެނިފައި މިރޭގެ ޙާދިސާ މަތިން ހަނދާން ވުމުން ފަލަކުއަށް ލަދުންގޮސް އިސް ޖަހާލެވުނެވެ.އަދި އެ ހުރި ގޮތަށް ހުރެފައި މިރޭ ކޮށްދިން ކަންތަކަށް ތޭންކްސް އޭ ބުނެލިއެވެ.އެވަގުތު ޔޫލްވެސް ފަލަކުއާއި ތަންކޮޅެއް ކައިރި ވެލަމުން ތިރީތި އިސްތަށިގަނޑަށް މިނިވަން ކަމެއް ދީފައި އޮތްނަމަ އަދި މާ ފުރިހަމަ ވީހޭ ބުނެލިތަނާ އޭނާގެ ފޯނު ރިންގު ވާން ފެށުމުން މާދަމާ ބައްދަލް ވާނެދޯއޭ ކިޔާފައި ފޯނަށް ޖަވާބު ދެމުން ޔޫލް ނިކުމެގެން ހިނގައްޖެއެވެ.

*******************************

ޖެހި ބުދެއް ފަދައިން ޔޫލް ނިކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ފަލަކުއަށް ހުރެވުނީއެވެ.ޔޫލް ފަލަކުއަށް ދޭން އުޅުނު މެސެޖު އޭނާއަށް ހަމަ ރަނގަޅަށްވެސް ލިބިޖެއެވެ.އެކަމަކު ކީއްވެގެން ހެއްޔެވެ؟އަދި މިރޭ އަލަށް ދިމާވި މީހަކަށް އޭނާގެ އަމިއްލަ ކަމަކާއި ބެހެވެންވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ.އޭނާ އަދި އެ ޙައްޤު އެއްވެސް މީހަކަށް ނުދެއެވެ.ފަލަކުގެ ހިތުގައި ކިތަންމެ ހާސަރު ގިނަވެގެން ދިޔަޔަސް ޖެހިގެން އައި ސިކުންތުގައި ފެނުނީ މާދިގުނޫން ލޭޔާކޮށް ކޮށާލެވިފައިވާ އެ ރީތި އިސްތަށިގަނޑު ހައްޔަރު ކޮށްލަން ޖަހާފައިވާ ދަތި ދަމައިގެންތަނެވެ.ވައިގެ ތެރެއަށް ވިހުރިގެންދިޔަ ފަން އިސްތަށިގަނޑު ފެނި މިފަހަރު އާޝޯހު ވެގެން ދިޔައީ ދުރުގައި ފަލަކުއަށް ބަލަހައްޓައިގެން ހުރި ޒީލްގެ ހިތެވެ.ނަމަވެސް ފަލަކުއާއި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލުމުން ޒީލް ހުރީ އިންތިހާއަށް ދެރަވެފައެވެ.

*****************************

ނޯޓިސްބޯޑު ކައިރިން އެންމެންތައް ފަޅާފައި ނިކުތް ޝައިބާގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ.އޭނާއަށް މަސައްކަތް ކުރަން ޖެހިފައިވަނީ ޒީލްގެ ދަށުންނެވެ.ޒީލްއާއި ދޭތެރޭ ނުރުހުމެއް ނެތަސް އޭނާ އުއްމީދު ކޮށްގެން ހުރީ ޔޫލްއާއި އެއް ޑިޕާރޓްމެންޓަކަށް ދިޔުމަށެވެ.އެހެންވެ އެކަމާ ހިތްހަމަ ނުޖެހެވުނީއެވެ.އަނެއްކޮޅުން ފަލަކުއާއި އަރޫޝާއާއި ދެމީހުންވެސް އެއް ޑިޕާރޓްމެންޓަކަށް ގޮސްފައި ވާއިރު އޭނާއާއި އެކު ދެން މަސައްކަތް ކުރާނީ ލަހުފާއެވެ.ލަހުފާއަކީ އަބަދުވެސް ދެންތިބޭ ޑޮކްޓަރުންގެ ކުށްހޯދަން އުޅޭ ކުއްޖަކަށް ވެފައި ޝައިބާ އަކަށް އެއްގޮތަކަށްވެސް ލަހުފާ އުޅޭގޮތެއް ކަމަކުނުދެއެވެ.

******************************

“ޝައީ ހާދަ މޫޑީވެފަ؟ކޮން ބައެއްގަތަ އިނީ؟”.ފަލަކު ކޮށްލި ސުވާލުން ޝައިބާ ހައްތަހާ ރުޅިއަންނަ ގޮތް ވިއެވެ.އަދި ހަމަ ނޭނގޭތީހޭ ތިއަހަނީ ކިޔާ ސުވާލު ކޮށްލުމަށްފަހު މޫނު ހަދާލަމުން އެތަނުން ނިކުންނަން ހިނގައިގަތެވެ.ޝައިބާ ހީކުރީ ފަލަކު އައިސް ދުރުގައި ހުރުމުން އޭނާ ލިސްޓް ބަލާފައި އައިސް ހުރީ ކަމަށެވެ.ފަލަކު ހުރީ ޝައިބާގެ އެ ހަރަކާތުން ހަމަ އެއްގޮތަކަށްވެސް ވާނުވާ ނޭނގި ފައެވެ.އަރޫޝާ އައިސް ދެ ޑިޕާޓްމެންޓަކަށް ޑޮކްޓަރުން ބަހާލެވިފައިވާ ގޮތް ކިޔައި ދިނުމުން ފަލަކުއަށް ހީކުރެވުނީ އޭނާއާއި އެއް ޑިޕާރޓްމެންޓަކަށް ނައުމުން ޝައިބާ ހިތްހަމަ ނުޖެހުނީ ކަމަށެވެ.އޭނާގެ މޫނުމަތިން ފައުޅު ވަމުންދިޔަ ނުތަނަވަސް ކަމުގެ ތެރެއިން ހަމަޖެހުމުގެ އަސަރު ފައުޅުވެގެން ދިޔައީވެސް އެހެންވެއެވެ.ޝައިބާ ފަލަކުދެކެ ލޯބިވާވަރު ހިތަށް އަރާފައި އެހިތަށް އުފާވެރިކަން އިޙްސާސް ވެގެން ދިޔައެވެ.

******************************

ފަލަކު އެހާ އަވަހަށް ޝައިބާގެ ފަހަތުން ކަހަލަ ގޮތަކަށް ގޮސް ހޮސްޕިޓަލުން ނިކުތް އިރު ޝައިބާ ޓެކްސީއަކަށް އަރާތަން ފެނުމުން ފަލަކުއަށް ގަބުވެފައި ޝައިބާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.މީގެ ކުރިން ދުވަހަކުވެސް ޝައިބާ އެފަދަ ގޮތަކަށް އުޅެފައި ނެތުމުން ފަލަކުއަށް އަނެއްކާވެސް ވިސްނާލަން މަޖުބޫރުވިއެވެ.އަދި ގެއަށް ދިއުމަށް ހިނގައިގަތްއިރު އޭނާގެ ސިކުނޑިވެސް ހުއްޓުމެއްނެތި ހިނގަމުން ދިޔައީ ޑިއުޓީތަކަށް ގެނެވުނު އެވަރު ކުޑަކުޑަ ބަދަލަކުން ޝައިބާއަށް އެވަރު ވެދާނެ ކަމަށް ޤަބޫލު ކުރުމަށް އޭނާގެ ހިތާއި ސިކުނޑި އިންކާރު ކުރަމުން ދިޔައީތީއެވެ.

******************************

ބާލީހުގައި ބައްދައިގެން އޮތް ޔޫލްގެ ހިތުގައި އެވީ ކުޑަ ވަގުތުކޮޅުގެ ތެރެއިންވެސް ފަލަކުގެ ރީތި މޫނުވަނީ ރަން އަކުރުން ފަވާލެވިފައެވެ.ފަލަކުއާއި އެއްވެސް ގުޅުމެއް ނެތް އިރުވެސް މީޓިން ހޯލަށް ވަނީއްސުރެން އޭނާއަށް ބެލެމުން ދިޔައީ ފަލަކުގެ ހަރަކާތް ތަކަށެވެ.ސަބަބެއް ނެތިއެއްވެސް ނޫނެވެ.ފަލަކުވެސް ސިއްރު ސިއްރުން އޭނާއަށް ބަލަމުން ދިޔައީ އެހިތަށްވެސް ގޮތްތަކެއް ވަމުންދާތީ ކަމަށް އޭނާއަށް ޤަބޫލު ކުރެވުމުންނެވެ.ފަލަކުގެ އެ ރީތި ދޮން ކަނދުރާ އެހާ ހާމަ ގޮތެއްގައި ފެންނަން ހުރުމުންވެސް އޭނާގެ ހިތަށް އުނދަގޫ ވަމުން ދިޔައީ ކެތްކުރަން އުނދަގޫ ވާ ވަރަށެވެ.ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކައަކީ އޭނާވެސް އަޑުއަހާ ބާވެފައި ވާ ވާހަކައެކެވެ.އެކަމަކު އަމިއްލަ މީހާއަށް އެފަދަ އިޙްސާސެއް ކުރެވެމުން ދާތީ އެކަންވެސް ޤަބޫލުކުރުމަށް ޔޫލްއަށް މިހާރު އެވަނީ މަޖުބޫރު ވެފައެވެ.އެ ރީތި އަންހެން ކުއްޖާ ދެކޭ ހިތުން އޭނާއަށް މި ރޭގަނޑުވެސް އެހެން ރޭ ރެއަށްވުރެ ދިގުވެފައިވާ ކަހަލައެވެ.

******************************

ފަލަކު އައިސް ރޫމަށް ވަތްއިރު ޝައިބާ އޮތީ ނިދާބޮކި ދިއްލައިގެން ނިދަން އޮށޯވެއެވެ.އޭނާވެސް ވެފައި ހުރި ވަރުބަލިން ނިދާހެދުން ހިފައިގެން އިހަށް ފާޚާނައަށް ވަނީ ހެދުން ބަދަލު ކޮށްލައިގެން ނިކުމެ ޝައިބާއާއި ރަނގަޅަށް ވާހަކަ ދައްކާށެވެ.ނަމަވެސް ނިކުތް އިރު ޝައިބާ އޮތީ ލޯވެސް މަރައިގެން ކަމުން ފަލަކު ހީކުރީ އޭނާއަށް ނިދިފައި އޮތީކަމަށެވެ.އެހެންވެ އޭނާވެސް އެނދަށް އަރައި އޮށޯތީ މާލަސްވެސް ވެފައި ހުރުމާއިއެކު ހެނދުނާ ޑިއުޓީއަށް ދާން ހޭލަން ޖެހޭނެތީއެވެ.ނަމަވެސް ފަލަކުއަށް ނޭނގުނު ކަމުގައި ވިޔަސް ޝައިބާ އޮތީ ގަސްތުގައި ދެލޯ މަރައިގެން ނިދާފައި ކަމަށް ހަދައިގެންނެވެ.އެއްވެސް ކުށެއްނެތި ހުރިހާ ރުޅިއެއް ފަލަކުއަށް ބާލާލެވުނަތީ އޭނާއޮތީ ދެރަވެ ފަލަކުއާއި ކުރިމަތިލާންވެސް ޖެހިލުން ވެފައެވެ.އޭނާއަށް އުޅެވުނު ގޮތަކުން ހުދު ޝައިބާވެސް އެވަނީ ހައިރާންވެ އަންތަރީސް ވެފައެވެ.އެއީކީ ޝައިބާ އަމިއްލަ އިޚްތިޔާރުގައި ފަހަރެއްގައިވެސް އުޅޭނެ ގޮތެއް ނޫނެވެ.އޭނާއަށް ޔޫލް ހަމަ އެހާވެސް ކަމުދިޔައީ ހެއްޔެވެ؟އެފަދަ ޚިޔާލު ތަކެއްގައި އޮއްވައި އެދެލޮލަށް ހަޤީގަތުގައިވެސް ނިދި ބަރުވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.

*****************************

ފަލަކު ތައްޔާރު ވެގެންު ޑިއުޓީއަށް ދާން ނިކުތް އިރުވެސް ޝައިބާ ނުހޭލައެވެ.އޭނާ ޝައިބާއަށް ނުގޮވީ މިއަދު ޝައިބާއިނީ ދަންވަރު ޑިއުޓީ ކަމަށް ވާތީއެވެ.ފަލަކުއަށް ގޮސް ހޮސްޕިޓަލަށް ވަދެވުނު ވަގުތުވީ ޔޫލްވެސް ސައިކަލް ޕާކް ކޮށްލުމަށްފަހު އައިސް އެތެރެއަށް ވަތް ވަގުތަށެވެ.ގަދަ މުށި ކުލައިގެ އަތްދިގު ގަމީސް އަތުކުރިން އޮޅާލެވިފައި ވާއިރު ޔޫލްގެ ފިރިހެން ވަންތަކަން ހާމަވޭވޭ ހުއްޓެވެ.ފަލަކުގެ ހިތް ތެޅިލި ކަމުގައި ވިޔަސް އޭނާ އަދި އެހާ ފަސޭހަ އެއްކޮން އެހިތުގެ ހުންގާނު އެއްވެސް މީހަކާއި ހަވާލު ކުރާކަށް ބޭނުމެއް ނުވެއެވެ.އެހެންވެ ހަމަ ގަސްތުގައި ޔޫލް ފެންނަ ކަމަށް ނުހެދީއެވެ.ނަމަވެސް ފަލަކުގެ އެ ހަރަކާތުން، ރޭ ހަތަރުދަމު ފަލަކުގެ ހަނދާން ތަކުގައި ހޭދަ ކޮށްލި ޔޫލްގެ ހިތުގައި ރިއްސާލިއެވެ.

****************************

ޔޫލް ވިސްނަމުން ދިޔައީ ފަލަކުގެ ހިތް ކާމިޔާބު ކުރާނެ ގޮތަކާއި ދޭތެރޭގައެވެ.އެންމެ ފުރަތަމަ އޭނާ ހޯދީ ފަލަކުގެ ނަމްބަރެވެ.ނަމަވެސް ދައްކަން އައިސް ތިބި މީހުންބަލާ ނިމުނުއިރު ހުރީ އެކެއް ޖަހަން ކައިރިވެފައެވެ.ބަނޑުހައި ވެފައި ހުރި ވަރުން ކެންޓީނަށް ދިޔައީ އެއްޗެއް ކާލުމަށެވެ.ނަމަވެސް އެކަނިމައި އެކަނި މޭޒެއްގެ ދަށުގައި އިން ފަލަކު ފެނިފައި ޔޫލްގެ ހިތް ތެޅިގަތީ ބަސް ބުނާހާ ހިނދުގައެވެ.

********************************

މަޑު ހިނގުމެއްގައި ގޮސް ފަލަކުގެ ގާތުގައި އިން ގޮނޑީގައި އިށީނދެ ލުމަށްފަހު ހަމަޖެހިލިއެވެ.މިފަހަރު ޔޫލް އެހާ ގާތުގައި އިނުމުން ފަލަކުގެ ހިތަށް ވަމުންދިޔަ ގޮތްނޭނގޭ ގޮތްތަކުން އޭނާ ބޭނުންވީ އެ ޙާލަތަށް ފިލަން ދިޔުމަށެވެ.އެހެންވެ ޔޫލްއަށް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުން ވުމެއް ރައްދު ކޮށްލުމަށްފަހު އޯޑަރު ކުރި އެއްޗިހި ނުވެސް އަންނަނީސް ބިލަށް ރުފިޔާ ދައްކާލާފައި އެތަނުން ނިކުމެގެން ދިޔައީއެވެ.

*******************************

ފަލަކުގެ ހަރަކާތް ތަކުން ނަގަންވީ މާނައެއް ނޭނގިފައި އިން ޔޫލްވެސް ކާހިތް ކެނޑިއްޖެއެވެ.އޭނާ އައިސް އަދި އެތަނުގައި އިށީނިއްޔެކޭ ކިޔާފައި އެވަރުވާން ޖެހޭ ހެއްޔެވެ؟ފަލަކު ހީކުރަނީ އޭނާއަށް އަންހެން ކުދިން ނުވާނީ ކަމަށް ހެއްޔެވެ؟އެންމެ ފަހުން އެހިތަށް ވެރިވި މާޔޫސް ކަމުގެ މައްޗަށް ގަދަކަން ހޯދީ ރުޅިއެވެ.

********************************

ޑިއުޓީ ނިންމާލާފައި ފަލަކު ނިކުމެ ހޮސްޕިޓަލް ދޮރުމަތީގައި މަޑުކޮށްލީ ޔޫލް އެތެރޭގައި އެހެން ޑޮކްޓަރަކާއި ވާހަކަ ދައްކަން މަޑުކޮށްގެން ހުރީމައެވެ.އޭނާއަށް މިއަދު ކެންޓީނުގައި އެފަދަ ގޮތަކަށް ކަންތައް ކުރެވުމުން ޔޫލް އޭނާއާއި ދޭތެރޭ ހީކޮށްފާނެ ގޮތަކާއި ދޭތެރޭ މާބޮޑަަށް ވިސްނެން ފެށީއެވެ.ޙަޤީގަތާއި ފިލަން އޭނާ ކިތަންމެ މަސައްކަތް ކުރަމުން ދިޔަޔަސް އެ ހިތުން ޔޫލްއަށް އެދެވެން ފަށައިފިކަން ގައިމެވެ.އެފަދަ ޚިޔާލު ތަކެއްގައި ހުއްޓައި އޭނާއަށް އިވުނީ ޔޫލް ސައިކަލް ސްޓާރޓް ކޮށްލި އަޑެވެ.އެއޮއް ހުރިހާއިރު ޔޫލްގެ އިންތިޒާރުގައި ހުރި ފަލަކުގެ ހިތަށް ހީވީ ތޫނު ކައްޓެއް ހަރާލި ހެންނެވެ.ޔޫލް ފަލަކު ފެންނަ ކަމަށްވެސް ނުހަދާ އެގޮތަށް ދިޔުމުން ފަލަކު ހިތުގައި ރިއްސާލީ އިންތިހާއަށެވެ.އަލަށް އެފަދަ އިޙްސާސެއް ކުރެވުމުން އެހިތަށް ކެއްސެއް ލިބިދާނެ ކަމަށް ނެގި ފުރަތަމަ ފިޔަވަޅުންވެސް އެހިތަށް އެވަނީ ތަދުވެފައެވެ.އޭނާ އެގޮތަށް ޔޫލް ދުރުކޮށްލި ކަމަށް އެކަމަކު ވާނީވެސް އެދެމީހުންގެ ދެމެދުގައި ގުޅުމެއް އުފެދުނު ނަމަ ތާއެވެ.އެހެން ނޫނަސް އަދި ދިމާވިތާ އެއްދުވަސް ނުވެގެން އުޅެނިކޮށް ލޯބިވެވޭ ހެއްޔެވެ؟އަމިއްލަ ހިތަށް ވިސްނާދޭ ޙާލު ފަލަކު ގެއަށް ދިޔުމަށް ހިނގައިގަތެވެ.

*******************************

“އަނހާ ދަރިފުޅުވެސް ތިއައީތަ؟އަވަހަށް އާދޭ ރުއްކުރި ކާން..ބައްޕަ ރައްޓެހި އެއްކަލަ ހުސެންފުޅުބެ ގެނެސްދިން ކުރިގަނޑެއް މީ”ފަލަކު އައިސް ގެއަށް ވަނުމާއިއެކު ކުރިގަނޑު ކޮށަން ވަޅި ހިފައިގެން އިން ޒުހޭރު އެހެން ބުނެލުމުން ސިޓިން ރޫމުގައި ކުރިކާން ތިބި ޝައިބާއާއި އަފީފާ ފަލަކުއަށް ބަލައިލިއެވެ.ފަލަކުވެސް އެމީހުންނާއި ބައިވެރިވެލީ ހިތުގެ އުދާސްތައް އެއްފަރާތް ކޮށްލަމުންނެވެ.ޝައިބާވެސް ލަދުން އުޅެފަވެސް ފަލަކުއާއި ވާހަކަ ދެއްކިއެވެ.އަދި ރޭގެ ކަންތަކާ ފަލަކު އިތުރަށް ސުވާލު ނުކުރުމުން ޝައިބާއަށްވެސް އެކަންތައް ހަނދާން ނައްތާލުމަށް ފަސޭހަ ވެގެން ދިޔައެވެ.

******************************

ދެފަރާތަކަށް ފުރޮޅި ފުރޮޅިއޮތް ފަލަކު އޮތީ ލޮލަށް ނިދި ނައިސްފައެވެ.ޝައިބާވެސް ވީ ޑިއުޓީގައި ކަމުން މިރޭ ހަމަ މާބޮޑަށް ފޫހި ވަނީއެވެ.އޭރު ގަޑިން ބާރަ ޖަހަން ދަނީއެވެ.ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމުން އަވަހަށް މެސެޖު ބަލައިލިއެވެ.ނަމަވެސް އެއީ ޒީލްގެ މެެސެޖެއްކަން އެނގުމުން ފަލަކުގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.”ހައި..ފަލަކު ނެތީމަ ހަމަ ހަނދާން ވެގެން މި މެސެޖު ކޮށްލީ..މިހާރު ނިދީ ދޯ..އެނީވޭސް..ގުޑްނައިޓް”.މެސެޖު ކިޔާލުމަށްފަހު ރިޕްލައިވެސް ކޮށްލުމަކާއި ނުލާ ފޯނު ކައިރީގައި ބޭއްވުމަށްފަހު ބާލީހުގައި ބައްދާލީ ގަދަކަމުންވެސް ނިދޭތޯއެވެ.

**ނުނިމޭ**

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ފުރަތަމަ ނަޒަރުން…ޓްރެއިލަރ

Next

ވިންދު ހުއްޓުނަސް…… ޓުރެއިލަރ

Next
June 22, 2017

ވިންދު ހުއްޓުނަސް…… ޓުރެއިލަރ

Previews
June 21, 2017

ފުރަތަމަ ނަޒަރުން…ޓްރެއިލަރ

62 Comments!

  1. Noor says:
    June 21, 2017 at 8:58 pm

    Here is the 2nd part of “milku kollee hithey”..mistakes faahaga kolla dhinun edhen..

  2. Sofiyya Hussain says:
    June 21, 2017 at 9:00 pm

    Thiu thee mua eh dhogey hawwu ??

  3. sem says:
    June 21, 2017 at 9:02 pm

    Yey me first.. Kiyaalaafa comment kohlaanan

    1. Noor says:
      June 22, 2017 at 4:36 am

      Hapy to know dear..

  4. maroon says:
    June 21, 2017 at 9:02 pm

    Amazing dear ?

    1. maroon says:
      June 21, 2017 at 9:09 pm

      Noor thi kolli kamakun calender avahah mi check kolly.. hehehe.. heekury thursday kamah ?… ???

    2. Noor says:
      June 22, 2017 at 4:37 am

      Hehe dhw..hama hithah eree liyevunyma up kollan..thanx dear

  5. yaanaa says:
    June 21, 2017 at 9:09 pm

    Wow Noor it’s so????????????I love it ? next part on Sunday right? Luv it luv it luv it?

    1. Noor says:
      June 22, 2017 at 10:49 am

      Thanx dear..no..in sha Allah tonight..

  6. sem says:
    June 21, 2017 at 9:11 pm

    Yey me first.. Kiyaalaafa comment kohlaanan

    Alhey haadha loabi vaahaka ekey I just love it waiting….when next part

    1. Noor says:
      June 22, 2017 at 4:40 am

      Thanx dear

  7. sem says:
    June 21, 2017 at 9:12 pm

    Alhey haadha loabi vaahaka ekey I just love it waiting….when next part

    1. Noor says:
      June 22, 2017 at 4:38 am

      Thanx sem..in sha Allah tomorrow

  8. Saandy says:
    June 21, 2017 at 9:30 pm

    V salhi.. Falak & Shaibaaves Yool dheke dhw mi loabivy.. V koalhungan’du boduvaanehen heevany.. Waiting for the next part.. Keep it up Noor 🙂

    1. Noor says:
      June 22, 2017 at 4:40 am

      Thanx saandy..

  9. yaanaa says:
    June 21, 2017 at 9:33 pm

    Luv it luv it luv it ? ? thanks Noor you can do?

    1. Noor says:
      June 22, 2017 at 4:41 am

      Thanx yaanaa..n thanx 4 been so supportive

  10. Star gurl says:
    June 21, 2017 at 9:38 pm

    Wow.. v nice noor

    1. Noor says:
      June 22, 2017 at 4:42 am

      Thanx dear.

  11. Aysha says:
    June 21, 2017 at 9:40 pm

    Wow… I just luv this part
    Waiting fot the nxt part!!! ?

    1. Noor says:
      June 22, 2017 at 4:49 am

      Thanx dear..happy to know that.

  12. nonns says:
    June 21, 2017 at 9:56 pm

    Wow. Mi part vvvvvvvvvreethi. Shai and falak ekakaaa fight kuranyaa haadha majaa vaane dhw. Varah kanthah gandu bodukollaa ne kannenge. Anekkaa falak shai attakaa loabi sacrifice nukoffiyyaa rangalhu. Anyways when next part??? I cant wait to read the next part!

    1. Noor says:
      June 22, 2017 at 4:51 am

      Thanx nonns….in sha Allah tomorrow

  13. ????❤ says:
    June 21, 2017 at 10:02 pm

    Nyc.

    1. Noor says:
      June 22, 2017 at 4:51 am

      Thanx dear

  14. sam♥ says:
    June 21, 2017 at 10:18 pm

    nooor .. haaadha lovely stry ekey meee … really i love it … waiting next part …..♥♥♥thankxx noor

    1. Noor says:
      June 22, 2017 at 4:52 am

      Thanx sam..glad to know that..

  15. Adha? says:
    June 21, 2017 at 10:45 pm

    Noor.. dhen maadhan ves story up vaanetha? tomorrow Thursday ehnu dw ehenve mi ahaaly.. ? varah loabi mi part ves. Hama superb.. ?
    Waiting for next part ❣?

    1. Noor says:
      June 22, 2017 at 4:53 am

      Thanx Adha..yes.In sha Allah..

  16. Kuddy says:
    June 21, 2017 at 11:37 pm

    Wow varah reethi…

    1. Noor says:
      June 22, 2017 at 4:53 am

      Thanx Kuddy

  17. Reader says:
    June 21, 2017 at 11:43 pm

    Request accept kureethee thanks. Ekam heevey beykaaru tha thanuga ves
    *********************
    Beynun koffa hurihen. Misaalakah. Yool ge vaahakaeh ge Medhutherein ehen paragraph eh fashaa iruves eba huri beymun koffa. Improve kolladhinumahtakaa hama bunelee

    1. Noor says:
      June 22, 2017 at 10:52 am

      Thanx dear..aslu eh scene eh viyas e genna vaahakaegge muhinmu kamun ehen vaki kollevifa e hury..anyways thanx

  18. Flower pririncess says:
    June 21, 2017 at 11:45 pm

    Varah reethi. Waiting for next part and kon iraku next part up vaani..

    1. Noor says:
      June 22, 2017 at 4:54 am

      Thanx Flower priprincess…in sha Allah tomorrow

  19. tara says:
    June 21, 2017 at 11:54 pm

    milku kollee hithey at first sight dho. hehe varah reethi mi part ves

    1. Noor says:
      June 22, 2017 at 4:55 am

      Hehe.thanx tara..

  20. Lammu says:
    June 22, 2017 at 12:09 am

    “Kottafine” eyge maana aki kobaatha. Lammu ah neygigen. Vaahaka kuriah midhani Male’ or Atollhu therey tha.. reethi mibaives

    1. Saandy says:
      June 22, 2017 at 12:42 am

      Kottafain aky koraigen.. Konmes rashehga kiyaa gotheh e-eeves 🙂

    2. Noor says:
      June 22, 2017 at 4:56 am

      Thanx Lammu n Saandy..Male’ga..n me khiyaalee vaahakaeh..

  21. ReeXa says:
    June 22, 2017 at 12:15 am

    Varah reethi mi part vx. .. next part vx kiyaa hithun moya vey eba

    1. Noor says:
      June 22, 2017 at 4:57 am

      Thanx ReeXa..happy to know that..

  22. Naana says:
    June 22, 2017 at 12:31 am

    Masha allah❤
    vrh rythii mi part vx….
    waiting…….

    1. Noor says:
      June 22, 2017 at 4:58 am

      Thanx Naana..

  23. khajja says:
    June 22, 2017 at 1:48 am

    Masha allah v rythi v furihama emme fshun falaku aai yook gulheyne dhw gulhejje nama shaibaa n her mom falak ah v kanthah dhakkaalaanethaa??? ekamves yook n falak gulhuvaidheythi kon irakun nxt prt luv this stry?????❤❤???????gud nyt

    1. Noor says:
      June 22, 2017 at 4:59 am

      Thanx khajja..In sha Allah tomorrow

  24. remoo says:
    June 22, 2017 at 5:36 am

    v reethi mibaa vx …..

    1. Noor says:
      June 22, 2017 at 8:16 am

      Thanx remoo

  25. Falak says:
    June 22, 2017 at 7:31 am

    Wow waraaaahh reethi mi story ?

    1. Noor says:
      June 22, 2017 at 8:17 am

      Thanks Falak..

    2. Falak says:
      June 22, 2017 at 3:02 pm

      Miadhu nikunnaanetha dhn oiy part?

    3. Noor says:
      June 22, 2017 at 4:14 pm

      Yes..In Sha Allah

  26. Aai says:
    June 22, 2017 at 9:00 am

    Wow dear ?loving all your stories??????

    1. Noor says:
      June 22, 2017 at 9:24 am

      Thanx Aai..

  27. anoosha says:
    June 22, 2017 at 11:31 am

    wow

    1. Noor says:
      June 22, 2017 at 12:14 pm

      Thanx anoo..

  28. Auxam says:
    June 22, 2017 at 3:53 pm

    its a vvvnice story

    1. Noor says:
      June 22, 2017 at 4:14 pm

      Thanx Auxam..

  29. eer says:
    June 23, 2017 at 12:19 am

    Varah kamudhey

    1. Noor says:
      June 23, 2017 at 4:07 am

      Thanx eer..

  30. HARLEY quinn says:
    June 23, 2017 at 5:41 am

    woww. keep it up. thank u for uploading a amazing story. i luv it much

    1. Noor says:
      June 23, 2017 at 5:53 am

      Thanx dear..

Comments are closed.


All Right Reserved!