Skip to content
އެސްފިޔަ

މިލްކު ކޮށްލީ ހިތޭ……13

“ހޫމްމްމް……ޓެލްމީ ނައު….މީ ކޮންކަމެކޭ”.ފަލަކު ދޮރު ތަޅުލުމަށްފަހު އައިސް ޔޫލްގެ މޭގައި މޫނު ފޮރުވާލަމުން ވާހަކަ ދެއްކިއެވެ.

**************

ޔޫލް ފަލަކުގެ ފުރަގަހުން ދެއަތް ވަށާލުމަށްފަހު ވީ އާ ގޮއިން ޓު ސްޕެންޑް އަވަރ ހަނީމޫންސް ްފައިނަލް ޓައިމް ވިތުް ދިސް ރޮމޭންޓިކް ބިއުޓިފުލް ޕްލޭސް އޭ ބުނެލިއެވެ.އަދި ފަލަކުގެ އިސްތަށިގަނޑު ހައްޔަރު ކޮށްފައި އިން ދަތި ދަމައިގަތެވެ.އެވަގުތު ފަލަކު ޔޫލްެގެ މޭގައި އަޅައި ކޮއްޕާލުުމަށްފަހު ދުވެފައި ގޮސް ރޫމްގެ ބެލްކަންޏަށް ނިކުތެވެ.ޔޫލްވެސް ތުނިކޮށް ކޮށާލާފައިވާ އިސްތަށިކޮޅު ތެރެއަށް ދެއަތް މަހާލަމުން ފަލަކުގެ ފަހަތުން ބެލްކަންޏަށް ނިކުތެވެ.

އިރުއޮއްސި ރަތްވިލާތައް އަރާފައިވާ އުޑުމަތި ބަލާލުމުން ސިފަވަނީ ކުރަހާލާފައިވާ ރީތި މަންޒަރެއް ހެންނެވެ.ވަށައިގެން ފެންނަން ހުރި ސްނޯތަކުން ހުދުވެފައިވާ ފަރުބަދަތަކާއި ގަސްތައް ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ.

ފަލަކުގެ ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްމަށްފަހު ޔޫލް ފަލަކުގެ ކަނދުރާގައި ބޮސްދިނެވެ.ކުރިމަތިން ފެންނަން އޮތް ރީތި މަންޒަރަށް ބަލަހައްޓައިގެން ހުރި ފަލަކު މަޑުމަޑުން ލޯމަރާލިއެވެ.އެވަގުތު ކުއްލިއަކަށް ވައިގަދަ ކޮށްލާ ވާރޭ ވެހެން ފެށިއެވެ.ފަލަކު އަވަހަށް ރޫމަށް ވަންނަން ދުއްވައިގަތްތަނާ ޔޫލް ފަލަކުގެ އަތުގައި ހިފާލުމަށްފަހު ޖެހި ލުއްކަކާއި އެކު ފަލަކުއައިސް ލައްވީ ޔޫލްގެ މޭގައެވެ.ދެމީހުންވެސް އިސާހިތަކު ތެމި ފޯވެއްޖެއެވެ.ޔޫލް ލައިގެންހުރި ހުދުކުލައިގެ ޓީޝާޓް ގައިގައި ތަތްލާފައި ހުރިއިރު ބާމަތިފުޅާ އެ ރީތި ހަށިގަނޑުން ފިރިހެންވަންތަކަން ފައުޅުވަމުން ދިޔައީ އިންތިހާއަށެެވެ.

“ތިއޮއް ތެމި ފޯވަނީ އަވަހަށް އާދޭ” ޓެކްސީއިން ފޭބުމަށްފަހު ގޭޓް ހުޅުވާލާފައި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހޮޓަލަށް ވަނުމަށްފަހު ބޮލުން ފެންތައް ފޮޅާލަމުން ރަޖަތު އޭނާގެ އަނބިމީހާ ޕްރިޔާނީ އަށް ގޮވާލިއެވެ.ހަތަރުވަނަ ފަންގިފިލާގެ ރޫމްގެ ބެލްކަނީގައި ބައްދައިގެން ތެމިފޯވެފައި ތިބި ޔޫލްއާއި ފަލަކުއަށް ބަލަހައްޓައިގެން ހުރި ޕްރިޔާނީ ފިރިމީިހާގެ އަޑަށް ސިހިފައި އޭނާވެސް ދުވެފައި ގޮސް އެތެރެއަށް ވަނެވެ.

**************

ރުޝްދާ ދިޔުމުން ޝައިބާއާއި އަފީފާވެސް ކޮންމެ މީހަކު އެމީހެއްގެ ރޫމަށްގޮސް ދޮރު ލެއްޕިއެވެ.ސިޓިން ރޫމުގައި އިން ޒުހޭރު އިނީ ހަދާނެ ގޮތް ހުސްވެފައެވެ.އަފީފާއާއި ވާހަކަ ދައްކަން އޭނާ ވަރަށް މަސައްކަތް ކޮށްފިއެވެ.ކޮންމެ ގޮތެއްވިޔަސް ވެ ދިޔަ ތަނެއް އެނބުރިއެއް ނާންނާނެއެވެ.ތަޤުދީރުގައި ވާން ހުރީތީ އެވަރުގެ ބޮޑުކަމެއް ވެ މިހާ ދުވަސްވަންދެން ވެސް ސިއްރުވެފައި އޮތީއެވެ.ޒުހޭރު މަޑުމަޑުން ތެދުވެގެން ގޮސް ޝައިބާގެ ކޮޓަރި ދޮރުގައި ހިފައިލިއެވެ.ނަމަވެސް ދޮރުހުރީ ތަޅުލާފައި ކަމުން ކުއްލިއަކަށް އެނގިގެން އެދިޔަ ޙަޤީގަތުގެ ސަބަބުން ޝައިބާގެ ހިތަށްވެސް ވަަރަށް އަސަރުކުރާނެތީ ދަރިފުޅަށް އެކަނިވެލަން ވަގުތު ދިނުމަށްފަހު ޒުހޭރު ދިޔައީއެވެ.

***********

ވާރެއާއި ތެމި ފޯވުމުގެ ސަބަބުން ހީކަރުވައި ގަނެގެން ގުޑުގުޑު އަޅަމުން ދިޔަ ފަލަކުގެ ކޯ ކަށިގަނޑުވެސް ހީވަނީ ނައްޓާލަ ފާނެ ހެންނެވެ.ވިއްސާރަވެ މޫސުމް ގޯސްވެފައިވާތީ ނިއްވާލާފައިހުރި ބެލްކަންޏަށްވެސް ވަނީ ފުދޭ ވަރެއްގެ އަނދިރިކަމެއް ވެރިވެފައެވެ.

ޔޫލް ފަލަކު އޭނާގެ އަތުތެރޭގައި ހައްޔަރު ކޮށްލުމަށްފަހު ފަލަކުގެ ހީކަރުވައިގަނެގެން ތުރުތުރު އަޅަމުންދިޔަ ތުންފަތުގެ މީރުކަން ހޯދަމުން ދިޔައީ ކަރުހިއްކައި ގަނެފައިވާ މީހަކު ފަދައިންނެވެ.ފަލަކުވެސް ޔޫލްގެ އެ ހަރަކާތުގައި ބައިވެރި ވަމުން ދިޔައީ އޭނާގެ ހިތްވެސް ޔޫލްގެ އަތުތެރޭގެ އޯގާތެރިކަމާއި ހިމާޔަތަށް އެދި ގޮވަމުން ދިޔައީތީއެވެ.

އެވަގުތު ވިދާލާ މުޅިތަން އަލިކޮށްލާފައި ކުއްލިއަކަށް ޖަހާލި ގުގުރީގެ ބާރު އަޑުފައްގަނޑަށް ފަލަކު ސިހިފައި ބިރުން ޔޫލްގެ ގައިގައި ބައްދައިގަތެވެ.ޔޫލް ފަލަކު ނަގައިގަނެގެން ގެންގޮސް ފާޚާނައަށް ލުމަށްފަހު ނިމުމެގެން އައިސް ބެލްކަނި ލައްޕާ ތަޅުލުމަށްފަހު ދޮރުފޮތިގަނޑު ކަހާލާފައި ގޮސް ފާޚާނަައަށް ވަދެ ދޮރު ލެއްޕިއެވެ.

**************

“ވަރަށް ގުޅައިފިން…ދެކުދިން ކުރެ އެއް ކުއްޖެއްވެސް ފޯނެއް ނުނަގާ…އަނެއްކާ އެކޮޅުގަ ހުރިހާ ކަމެއް ރަނގަޅުބާ….”

ސީމާ ވަރަށް ހާސްވެފައި އިނދެ ހަނީފްއަށް ގުޅައިގެން ޔޫލްމެންގެ ޚަބަރެއް ނުވެގެން އެކަމާއި ވާހަކަ ދައްކަމުން ދިޔައެވެ.

“އާނ…އަހަރެންވެސް ހޮސްޕިޓަލަށް އަންނަމުންވެސް ގުޅިން…..އެކަމަކު ފޯނެއް ނުނަގާ….ވެދާނެ ފޯނު ޗާޖަށް ޖަހާފައި އޮތީ ކަމަށްވެސް…ދެން ބާއްވަނީ…މީޓިން ނިންމާލާފަ އަދިވެސް ގުޅޭތޯ ބަލާނަން..”

މީޓިން ހޯލަށް ވަންނަމުން އަންހެނުންނާއި ވާހަކަ ދެއްކުމަށްފަހު ހަނީފް ފޯނު ބޭއްވިއެވެ.ހަނީފް ވާހަކަ ފެށުމުގެ ކުރިން ހުރިހާ ޑޮކްޓަރުން ހަމަވެއްޖެތޯ ސުވާކޮށްލިއެވެ.

“ޝައިބާ އެކަނި ދޯ މަދީ…..”ލަހުފާ އަރޫޝާގެ ކަންފަތް ދަށުގައި ވައި އަޑުން ބުނެލިއެވެ.އެވަގުތު އަރޫޝާވެސް ފަހަތް ބަލައިލާ ޝައިބާ ހަމަ ނާންނަނީތޯ ބަލައިލިއެވެ.ޝައިބާ ފެންނަން ނެތީމައި އަރުޝާ ދެފަހަރަކު ޝައިބާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ.

ފެންވަރައިގެން ނިކުމެ ފުނާ އަޅަންވެގެން ފަލަކު ފުނަލުގައި ހިފާލިތަނާ ޔޫލް ފުނާ އަތުލާފައި ފަލަކުގެ ބޮލުގައި އަޅަައިދޭން ފެށިއެވެ.ފަލަކު ޔޫލް ފުނާއަޅައި ދެން ދެން މަޑުމަޑުން ހުރީ ގަދަހެދިޔަސް ޔޫލް ކުރަން ދިމާކޮށްފި ކަމެއް ކުރާނެތީއެވެ.

ޔޫލްއާއި ފަލަކު މަޑުނޫކުލައިން އެއްކުލަ ކޮށްލައިގެންް ހެދުން އަޅައިގެން ރީތިވެލައިގެން ދިޔައީ ހޮޓަލުގެ ޓީ ރޫމަށް ކޮފީއެއް ބޯލާށެވެ.ދެމަފިރިންގޮސް އެތެރެއަށް ވަތްއިރު ރަޖަތުއާއި ޕްރިޔާނީ އެތަނުން ފެނުމުން އެމީހުން ތިބީ ހައިރާންވެފައެވެ.

ދެބައިމީހުން ވަރަށް ލަސްވަންދެން އެތަނުގައި އަނގަތަޅަން ތިބެފައި ރޫމަށް ދިއުމަށް ހިނގައިގަތީވެސް އެކުގައެވެ.އެ ދެމަފިރިންވެސް މަޑުކޮށްގެން ތިބީ އެ ހޮޓުގައެވެ.ފަލަކުމެން ރޫމަށް ވަނުމުން އެ ރޫމާއި ޖެހިގެން އިން ތިން ރޫމް ދުކޮށްފައި އިނީ އެމީހުންގެ ރޫމެވެ.

ފަލަކު ނިދާ ހެދުން ލައިގެން އައިސް އެނދުގައި އޮށޯތުމުން ޔޫލްވެސް ސޯޓު ބުރިއެއް ލައިގެން އައިސް ބްލޭންކެޓް ތެރެއަށްވަދެ ފަލަކު ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ.އަދި އެނދުކޮޅުގައި ބާއްވާލާފައި އޮތް ފޯނު ނަގައި ބަލައިލިއިރު މަންމަ އާއި ބައްޕަ އެތައް ފަހަރަކު ގުޅާފައި ވާތީ މަންމަ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

“ހަލޯ….ދަރިފުޅުމެން ޚަބަރެއް ނުވެގެން މަންމަ މިއިނީ ލޮލަށް ނިދިވެސް ނައިސްފަ..”ފޯނު ރިންގު ވާން ފެށުުމުން ތަސްބީހަ ހިފައިގެން ޛިކުރުކޮށްލަ ކޮށްލަ އެނދުމަތީގައި އިން ސީމާ ފޯނަށް ޖަވާބު ދެމުން ބުނެލިއެވެ.މަންމަގެ އަޑުގައިވާ ކަންބޮޑުވުން އިޙްސާސް ކުރެވެމުން މަންމައަށް ގުޅާނުލާ އެހާ ގިނައިރު އުޅެވުނީތީ ޔޫލް ދެރަވިއެވެ.ފަލަކުއާއި ދެމީހުން މަންމަ އާއި ވާހަކަ ދެއްކުމަށްފަހު ޔޫލް ތެދުވެގެން ގޮސް ފޯނު ޗާޖަށް ޖަހާފައި އައިސް ފަލަކު ގާތު އޮށޯތެވެ.އޭރު ބާރަ ޖަހަންހުރީ ފަނަރަ ވަރަކަށް މިނެޓަށް ވެފައެވެ.

ފަލަކުގެ ފަން އިސްތަށިގަނޑުގައި ފިިރުމަމުން ދިޔަ ޔޫލްއާއި ފަލަކުއަށް އެކީކަހަލަ ގޮތަކަށް ޓަކި ޖަހަމުން ދިޔަ ދޮރާއި ދިމާއަށް ބަލައިލެވުނެވެ.

ޔޫލް އަވަހަށް އެނދުން ތެދުވެފައި ކޮނޑުގައި އަޅުވާލާފައި އިން ޓީޝާޓް ނަގައި ބޮލަށް މަހާލުމަށްފަހު ފަލަކު ނިދާހެދުން ބަދަލު ކޮށްލަންދެން ދޮރު ކައިރީގައި މަޑުކޮށްލިއެވެ.އޭރުވެސް ދޮރުގައި ޓަކި ޖަހަމުންދެއެވެ.

ފަލަކު ހެދުން ބަދަލުކޮށް ނިމުމުން ޔޫލްގެ ފުރަގަހުގައި ފަލަކު ބަހައްޓާފައި ކުޑަކޮށް ދޮރުހުޅުވާލުމަށްފަހު ބޯދިއްކޮށްލިއެވެ.ދޮރުމަތީގައި ހާސްވެފައިހުރި ރަޖަތު ފެނުމުން ޔޫލް ރަނގަޅަށް ދޮރު ހުޅުވައިލުމަށްފަހު ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައިލިއެވެ.

ޕްރިޔާނީ މޭގައި ރިއްސާތީ ތެޅި ފޮޅޭ ވާހަކަ ބުނުމުން ފަލަކުއާއި ޔޫލް ރަޖަތުއާއިއެކު ހަލުވި ހިނގުމެއްގައި އެމީހުންގެ ރޫމަށް ދިޔައެވެ.އޭރު އެނދުމަތީގައި އެއްފައި ކުރު ކޮށްގެން މޭގައި އަތް އަޅައިގެން އޮތް ޕްރިޔާނީ ހީވަނީ މޭގައި ރިހޭވަރުން އަވަދިވަނީ ހެންނެވެ.

ފަލަކުއާއި ރަޖަތު އެނދު ކައިރީގައި ހަށަމް ބަނދެލައިގެން ތިބިއިރު ޕްރިޔާނީގެ މަގަތުގައި އިށީނދެ ލައިގެން އިން ޔޫލް އޭނާގެ މެޔަށް ޕަންޕު ކުރަމުން ދިޔައެވެ.

ޕްރިޔާނީ ލާފައި އޮތް ނިދާހެދުން ކުރުކަމުން ކަކޫވެސް ނުފޮރުވޭއިރު ހެދުމުގެ ކަރުވެސް އެހާބޮޑެވެ.މަންޒަރު ބަލަން ހުރި ފަލަކުއަށް ކެތްކޮށްލެވުނީ އިރުކޮޅަކުއެވެ.އަދި ޔޫލްގެ ކޮނޑުގައި އަތް އަޅާލާފައި ކައުންޓަރަށް ގޮސް ޑޮކްޓަރަކު ގެނެވޭތޯ ބަލަން ހިނގާށޭ ބުނެލިއެވެ.

ނަމަވެސް ޕްރިޔާނީ އެހާލަށް ދޫކޮށްލާފައި ދާކަށް ޔޫލް ބޭނުމެއް ނުވިއެވެ.އޭނާއަކީ ހިތުގެ ޑޮކްޓަރަކަށް ވީއިރު މިއީކީ އޭނާއަށް އައު ކަމަކަށް ނުވާއިރު ހޭންްޑްލް ކުރަން މާ އުނދަގޫ ކަމަކަށްވެސް ނުވާތީއެވެ.

ފަލަކުގެ އެދުމަށް ޔޫލް ދެކޮޅު ހެދީތީ މަކަރު ހަދައިގެން އޮތް ޕްރިޔާނީ ފަލަކުއަށް ބަލާލާފައި މަކަރުވެރި ގޮތަކަށް އެއްމިޔަކަނުން ހީލިއެވެ.

ފަލަކުއަށް އެމަންޒަރު ފެނުމުން މަ މިދަނީ ރޫމަށޭ ކިޔާފައި ޔޫލްދެކެ ރުޅި އައިސްގެން އެތަނުން ނިކުމެގެން ހިނގައްޖެއެވެ.ފަލަކުއަށް ޔޫލްގެ އެ ޙާލަތު އަންޑަސްޓޭންޑް ނުވީތީ ޔޫލްއިނީ އިންތިހާއަށް ދެރަވެފަައެވެ.ނަމަވެސް މިވަގުތު އޭނާގެ ކުރިމަތީގައި އޮތް ޕޭޝަންޓް ދޫކޮށްލާފައި އަނބިމީހާގެ ފަހަތުން ދާން ކިތަންމެ ބޭނުން ވިޔަސް އެކަމަކަށް އޭނާގެ ޟަމީރު ޤަބޫލެއްނުވިއެވެ.

ފަލަކު އެގޮތަށް ނުރުހިފައި ދިޔުމުން ރަޖަތުވެސް ދިޔައީ ޑޮކްޓަރެއް ގެނެވޭތޯ ކައުންޓަރާއި ދިމާއަށެވެ.އެވަގުތު ޕްރިޔާނީ ވަގުތުގެ ފައިދާ ނަގައި ޔޫލްގެ އަތުގައި އޭނާގެ ދެއަތުން ހިފައި އޭނާގެ މޭމަތީގައި ޔޫލްގެ އަތް ކާއްތަން މަސައްކަތް ކުރަން ފެށުމުން ޔޫލް އޭނާގެ އަތް ދަމައިގަނެފައި ރުޅިއައިސްގެން އެނދުން ތެދުވިއެވެ.އަދި ޕްރިޔާނީގެ މަކަރުވެރިކަން އެނގުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ރޫމުން ނިކުންނަން ދިޔުމަށް ހިނގައިގަތެވެ.އެވަގުތު ޕްރިޔާނީ ހުށިޔާރު ކަމާއިއެކު އެނދުން ތެދުވެގެން އައިސް ޔޫލްގެ ފަހަތުން ބުރަކަށީގައި ބައްދައިގަތެވެ.އަދި އެ ފަލަކުއަށްވުރެ އަހަރެން އެތައް ގޮތަކުން ރީތިވެފައި ފުރިހަމަ ނޫންހޭ ބުނެލިއެވެ.އެވަގުތު ޔޫލް ރުޅިއައިސްގެން ގޮސް ރަތްވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (76)

  1. Noor

    My lovely Readers..mee 12th part maa kurukoh genesdhevunyma e partah add kollan genes dhin parteh ingey…ThanQ All 4 the love & Support…???

    1. ????
      Noor

      Vvv rythi☺ Mihaar ragalhu dhenn thi gothah nerenn feney konme dhuvahaku 2 baiii??????

    2. Noor
      Noor

      ThanQ dear.will try

  2. korea n series balaa myhaa

    lol. korean drama eh hama in gothah copy kohfa

  3. naju

    alhey haadha kurey .. 🙁 ekam ves v nice mi part ves

    1. Noor
      naju

      ThanQ naju..

  4. Naana

    Masha allah❤
    Readers ge feelings undrstnd vaa writer eh noor akyy….
    story hama habeyss….
    wiating 4 the nxt part….

    1. Noor
      Naana

      ThanQ Naana..

  5. Reader

    Nice

    1. Noor
      Reader

      ThanQ Reader..

  6. Amyy

    Haadha ragalhey.thanks

    1. Noor
      Amyy

      ThanQ n Wc Amy..

  7. annoying reader

    varah reerhi mi part ves. plz dnt that priyani come in between them. waiting for next part. love it. :*

    1. Noor
      annoying reader

      ThanQ annoying reader..

  8. Adha?

    Omg haadha avahakah thi up kohdhiny..? u r the best noor? mi priyani mi knkahala anhenehtha.. varah foohi.. falki ah ves neyngun e anhenaa makaru hadhaakan engeyiru yool govaigen dhaan dw….. varah reethi mi part ves ingey.. wait for next part??❤

    1. Noor
      Adha?

      ThanQ Adha..just love ur comment dear…

  9. HARLEY quinn

    woww amazinglyy nice as alwayss

    1. Noor
      HARLEY quinn

      Ohhh..ThanQ HARLEY quinn…

  10. ebaulhey

    mi priyaani mee kon kahala anhenehtha

    1. Noor
      ebaulhey

      Asluves dhw..thanx 4 the comment dear..

  11. Axu

    Thanks Noor V salhi keepit up

    1. Noor
      Axu

      ThanQ Axu..

  12. Reader

    Adives bey nun

    1. yaanaa
      Reader

      Patience women ??majaa ingey?

    2. Noor
      Reader

      ThanQ Reader..type kollevey irah up koh dheynan in sha Allah..

  13. yaanaa

    Oh dear now what happened here ?????when I came back there was a storm in this story ?btw story nice don’t let priyani do something to yool.. nice???????????

    1. Noor
      yaanaa

      ThanQ 4 the cute comment yaanaa…just love the comment..

  14. Afee

    Ooh thanx noor v reethi mi baives?

    1. Noor
      Afee

      ThanQ Afee..

  15. Shahu

    Korean series ehgge copee fahu thankolhu..but nice story..keep it up…

    1. Noor
      Shahu

      ThanQ dear

  16. Shaa

    Wow salhi keep it up dear

    1. Noor
      Shaa

      ThanQ Shaa…

  17. korean

    Story v best…. regular koh kiyan…but noor why does this part ge fahu bai seems to be extremely similar to playfull kiss ge honeymoon scene…otherwise vvv best…

    1. Noor
      korean

      ThanQ korean..bcs i thought it will b v.nice if i bring that part..ThanQ dear..

  18. song joong ki..KOREAN

    uuuuun. kihineh ulhey anhenehtha aee!!! hehe by the way, mi part vx hama habeyss. v reethi as usual. u’re best noor. waiting 4 the nxt part

    1. Noor
      song joong ki..KOREAN

      ThanQ song joong ki..KOREAN..Happy to c ur comment..

  19. Xna

    Priyaani GE mi stunt aa hamain knmes stry o drama o series akun vias mi thankolhu fenun hen heevey?…. anyways…. Noor thee readers ge favorite mi site ge??…u can understand our feelings dho??..and comments ah reply kuraathee was 1of + point..stry was super duper??

    1. Noor
      Xna

      ThanQ Xna..ya its a scene frm playfull kiss..one of my favourite…i thought that scene will suit this part..anyways thanQ dear..

    2. maany
      Xna

      ei korean drama playfull kiss ge scene eh..

  20. Luya

    Haadha playful kiss/mischievous kiss ge thankolhakaa mi part aa vahtharey

    1. Noor
      Luya

      Ya…its one of my favourite scene in playful kiss..thanQ Luya..

  21. ?

    kiss ge honeymoon scene??but varah salhi❤

    1. Noor
      ?

      ThanQ dear..

  22. maroon

    Wow ??❤

    1. Noor
      maroon

      ThanQ Dear..

  23. Shabyyy

    Priyaani maa bodahves j v dhw.yool aa falak ge romantic kan fenifa.varah salhi mi part ves

    1. Noor
      Shabyyy

      ThanQ dear

  24. Louie

    fodi priyaaniy!!
    huh!!

  25. Blume

    Noor..mii anime “itazura na kiss” in nagaafa in scene eh dhw..anywaix stwry v rythi…??

    1. Noor
      Blume

      Dear…its a playfull kiss scene….anekkaa eah kiyaa ehen name eh tha aee..?

  26. Saandy

    WOW!! V salhi mibaives.. Priyani ves ulhey gotheh.. Ladhehves nuganey.. Alhe Yool aa Falak massala jehey goiy nuhadhahchey ehaa avahah.. Ekam honeymoon ehaa amaan omaankoh dhiyaima thafaatheh nufennaane dhw.. Aanmukoh storythakuga honeymoon dhaany v amaan omaankoh.. Waiting for the next part.. Keep it up Noor 🙂

    1. Noor
      Saandy

      ThanQ Saandy

  27. khajja

    Hahaha?? alhey aee konkahala anheyhtha haadha gothevves neiymyhekey dhw?? falak nugos beyruga madu kollinama ennu falak menge romantic ceen fenigen emyhaa jelas v kanneynge? emyhaa dhakka hurihaa vaahaka eh eynage husband ah ivvaa eyna bust kollabala ehennoony ehen myhegge dhiri ulhunves halaakukollafaane? masha allah stry v rythi v furihama waitin nxt n thanks nooru luv u bodukoh ?????? gud nyt❤❤❤????????

    1. Noor
      khajja

      ThanQ 4 the lovely comment dear..

  28. Neel

    Noor haadha molhey mi story haadha real ey??

    1. Noor
      Neel

      ThanQ Neel..

  29. Reader

    Alhe plz up kohdheeba. Waiting…

    1. Noor
      Reader

      Now im typing dear…adhi thankolheh kuruhen heevaathi adhi type kollaafa May b around 4 or 5 up kollaanan in sha Allah

  30. ROMAN REGINS

    Wow nice mi part ves waiting 4 next part

    1. Noor
      ROMAN REGINS

      ThanQ dear..

  31. xee

    Wow wow wow… nice story ehh nooor…

    1. Noor
      xee

      ThanQ Xee..

  32. leen

    wow I really love this story

    1. Noor
      leen

      ThanQ dear

  33. sanfaaidhy

    hi dear koba sutory???????

    1. Noor
      sanfaaidhy

      Will up as soon as i finish typing dear

  34. Shayaa

    Kobaa story… miss vanee…

    1. Noor
      Shayaa

      Will up soon dear

  35. Shaa

    Kobaa storryyy .. missiinggggggggg mo

    1. Noor
      Shaa

      Will up soon dear

  36. Naana

    Alheyy kbaatha stroyy noor???
    waiting…..

    1. Noor
      Naana

      Will up soon dear

  37. neem

    Your the best writer.

    1. Noor
      neem

      V.happy to know that u like my story that much..thanQ

  38. Oh hani

    Playfull kiss copy koffa ?

Comments are closed.