Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (13)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
November 19, 2017 6 Mins Read
25 Comments

“އަހަ.. ބައްޕާ ކިހިނެއްތޯ ތިހެއްދެވީ.. ” ޝިވަން މިހެންބުނުމާއެކު ނަވާރުއާއި ޖުމްނާ އަށް ދެލޯބޮޑުކޮށްލާފަ ބަލާލެވުނީ އެކީގައެވެ. ބުނެވުނުއެއްޗެއް ޝިވަންއަށް ރޭކާލީއެހިސާބުންނެވެ. އޭރު ނިމާލް ހަމަޖެހިލާފައި ގޮނޑި އެއްފަރާތްކޮށްލާފައި އައިސް ސޯފާގައި އިށީންނަނީއެވެ. ” މީހަކުއެބަހުރި މަގޭ ބެސްޓީދެކެ ލޯބިފަށެއްވެފަ.. އަދިމިއުޅެނީ ކައިވެނީގެ ރަނާހަމަޔަށް ނުދެވި މިހާރާލައިގެން ބައްޕަކިޔައިފި.. ” ޝިވަން އިންގޮތްފެނިފައި ނަވާރު އިތުރަށް ޝިވަން ރަކިކޮށްލިއެވެ. އެވަގުތު ނިމާލްވެސް ޝިވަންއަަށް ބަލާލާފައިވެސް ހިނިގަނޑު ހިނދާލީ ޝިވަން ދެރަވެދާނެތީއެވެ.

“އާލިމާ.. ” ޖާވިދުއަށް އެނަންކިޔާލެވުނެވެ. “ޖާވިދު ކިހިނެއްތިހެދީ.. ޖާވިދު އޭނަ ދަންނަަންތަ.. އަނެއްކާ.. ” ސާދިޔާއަށް ޖާވިދު އިންގޮތް ފެނިފައި އެއްޗެއްވިސްނުނީއެވެ. ” އާ ސާދިޔާ ރަނގަޅަށް ތިވިސްނެނީ.. އެނަންކިޔާމީހަކާ އަހަރެން އިނީ.. އެކަމަކު މިހާރު އޭނަ އުޅޭހާލެއްވެސް ނޭންގެ..” އަނެއްކާވެސް ޖާވިދު ފުންވިސްނުމަކަަށް ގެއްލުނެވެ. އެހެން އިނދެލާފަ. ” ދަރިފުޅުގެ ރައްޓެހި ކުއްޖާތަ އެދުވަހު އެއަރޕޯޓުން ދިމާވީ.. ” ޝަބީންކުރެ އަހާލިއެވެ. “ލައްބަ އެއީ ރަށުކޮޅުން ދިމާވި ވަރަށް ރަނގަޅު ރަހުމަތްތެރިއެއް.. އެކަމަކު އެވެސް ހަމަ އެރަށު ކުއްޖެއް.. އޭނަގެ މަންމަ ވަނީ ނިޔާވެފަ.. ބައްޕަގެ މައުލޫމާތެއް އަޅުގަނޑަކަށް ނޭންގެ.. ޝިވަން އާ ދިމާވީ ވަރަށްފަހުން.. ” ޝަބީން އޭނަގެ ބައްޕައަށް އޮޅުން އަރާފާނެތީ ކުޑަ ތަފްސީލެއްދިނެވެ. ” އެހެންވީމަ ބައްޕަބޭނުން ވީއެންމެ އަވަހަކާ ތިޔައެކުވެރިޔާގެ މައިންބަފައިންނާ ބައްދަލްކޮށްލަން.. ދަރިފުޅުއެކަމާ އުޅެދޭނަންދޯ.. ” ޖާވިދުގެ ހިތް ނޭންގޭ ބާރުމިނެއްގައި ތެޅެމުންދަނީ އަދިވެސް މީގެ އެކާވީސް އަހަރުކުރީގެ އެހާދިސާ ހަނދާން ވާވަރުންނެވެ. “ލައްބަ ބައްޕާ އަޅުގަނޑުއެކަމާ އުޅޭނަން.. ދެން ދާވީނޫންތޯ ފެންވަރާ ތަޒާވެލަން، މިހާރު ހުންނާނީވެސް ވަރަށް ވަރުބަލިވެއައެއްނޫންތޯ.. ” ޝަބީން އެހެން ބުނެފައި ކޮޓަރިއަށް ދަނީއޭބުނެ ދިޔައިރުވެސް ޖާވިދުއަށް ހަމަ އެކަމާވިސްނެނީއެވެ. “ޖާވިދު ދެން އެވަރަށް ނުވިސްނަބަލަ.. ޝަބީން އެބުނީނުއެކަމާ އުޅޭނަމޭ.. ދެންދޭ އަވަހަށް ފެންވަރާލަން.. އިރުކޮޅަކުން މަޤްރިބްވަގުތުވެސް ވާނެ..” ސާދިޔާ އެންމެފަހުން ކުރުނުކުރުމުން ޖާވިދު ސައިބޮއިތަށި ދުރުކޮއްލާފައި ހަމަޖެހިލައިގެން ކޮޓަރިއަށް ދިޔައީ ސާދިޔާ އަވަހަށް އައުމަށް އެދިފައެވެ.

އާދުވަހަކަށް އިރުފެނުން ތޮޅިލުމާއެކު ޝިވަން އަވަހަށް ތެދުވީ ނަމާދުކޮށްލައިގެން ޖައްސާލިތަނުން ނިދުނީމައެވެ. ތެދުވެ ފްރެޝްވެލައިގެން ބަދިގެއަށް ދިޔައީ އާދައިގެމަތީން މަންމަގެ އަތުން ހަދާދޭމީރު ކޮފީތައްޔާރުވިތޯ ބަލާލާށެވެ. އޭރު ބަދިގޭގައި އާލިމާގެ އިތުރުން ގޭގެ ކައްކާ ޝީތާވެސް ހެނދުނުގެ ނާސްތާ ތއްޔާރުކުރަން އުޅެއެވެ. “މަންމާ އަޅުގަނޑުގެ ކޮފީ..” ޝިވަން އެހެންބުނެވުނީ އާލިމާ ކޮފީތަށި ދިއްކޮށްލަނިކޮށް ކަމުން ” މަންމަހާދަ ރަނގަޅޭކިޔާ ” ޝިވަން އޭނަގެ މަންމަގައި ކުޑަކޮށް ބައްދާލިއެވެ. ” ހޫމްދެންމާ ޅަވާނެކަމެއް ނެތް މިމަހު ހަތާވީހުގެ ފަހުގަ ދަރިފުޅުޖެހޭނީ އަނބިމީހާއަތުން ގިރާކޮފީބޯން.. ” މަޖާވެލާފައި އާލިމާ ޝިވަންގެ ބޮލާކުޅެލަމުން ބުނެލިއެވެ. ” އެކަމަކު މަންމަވާނެ ޖުމްއަށް މިގޮތަށް ކޮފީގިރަން ދަސްކޮށްދޭން.. ” އެހެންބުނެފައި ޝިވަން ސިޓިންގްރޫމާދިމާއަށް ދިޔައީ އެއީ ޕަބްލިކް ހޮލިޑޭއެއްވުމުން ޓީވީ ބަލާލާށެވެ. އަދި ހަމަ އެވަގުތި މަލީހްއާއި ޝަބީންއަށް މެސެޖްކޮށްލާފައި ޑޭޓް ކޮންފޯމްވީވާހަކަ އާއި އެހީތެރިކަން ބޭނުންވާނެކަމަށްބުނެ މެސެޖްކޮށްލިއެވެ. އެވަގުތު ޝަބީންގެ ރިޕްލައިއެއް އައުމުން އަވަހަށް ޝިވަންބަލާލިއެވެ.** އޭ ބްރޯ.. އެބަޖެހޭ އޭގެ ކުރިން ކަމެއްކޮއްލަދޭން.. ބީންގެ ޕޭރެންޓްސް އެބަބޭނުންވޭ ޝިވަންގެ ޕޭރެންޓްސް އާ ކޮންމެހެންވެސް މީޓްކޮށްލަން.. އެކަން ހަމަޖައްސާލަދީބަ.. އިނގޭ.. ބީންގެ އެހީތެރިކަން ލިބޭނެ އެކަމާ ސައްކެއްވެސް ކުރާނެކަމެއްނެތް.. އެކަމަކު އެހަށް މިކަން ކޮށްލަދީ..** މެސެޖް ކިޔާލުމާއެކު “އޯކޭ” އޭ ބުނެ ޝިވަން މެސެޖް ކޮށްލާފައި އާލިމާއަށް ގޮވާލީ އެވާހަކަ ދައްކާލުމަށެވެ.

ބަންދު ދުވަހެއްކަމުން ފެންވަރާލާއިގެންނިކުމެ ކަކުލާހަމަޔަށް އަރާ ޖީންސްފޮތީގެ އަޅިސޯޓަކާއި ރަތްކުލައިގެ ޓީޝާޓެއް ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު، ބޮލުގައި ޖެލްލާ ރީތިގޮތަކަށް ސްޕައިކް ޖައްސާލަމުން ޝަބީން ބަލާލީ އަމިއްލަސޫރަޔަށެވެ. އަދި ސެންޓްކޮޅެއްގަޔަށް ބުރުވާލާފައި ރޭބަން ބްރޭންޑްގެ އައިނުނަގާ ޓީޝާޓުގައި އަޅުވާލުމާއެކު ތަޅުދަނޑިހިފައިގެން ތިރިއަށް އައީ އަވަހަށް ސައިބޮއެގެން މަލީހްކައިރިއަށް ދިއުމަށެވެ. ނަމުގައި މަލީހް ކައިރިއަށް ދިޔަނަމަވެސް މިހާރުވެސް އެހިތްއެދި ގޮވަނީ ޖުމާގެ ސޫރަދެކެލާންކަން ހުދު ޝަބީން އަމިއްލައަށްވެސް ގަބޫލުކުރެއެވެ. ” ދަރިފުޅާ.. ބޭރަށްދަނީތަ.. އާދޭ ސައިބޮއެގެންދާން މިހާރު ބައްޕަވެސް އެއީނީ ދަރިފުޅުނައިސަގެން.. ” ” ލައްބަ މަންމާ ބޭރަށްދާން މިއުޅެނީ އެކަމަކު މަންމައަށަވެސް އިނގޭނު ސައިބޮއެގެންކަން ދާނީ.. ” ގޮނޑީގައި އިށީންނަމުން އެހެންބުނި ޝަބީން ފޯނަށް ބަލާލީ މެސެޖެއް އައިކަމުގެ އެލަރޓް އައުމުންނެވެ.** ހެއި.. ބްރޯ.. މާދަމާނުމޫން އަނެއްދުވަހު އަންނަންވީނު މަންމަމެން ގޮވައިގެންދޯ.. ހުކުރުދުވަސްވީމަ ފަސޭހަވާނު.. މަންމަބުނި ނަވާމެންގެ ފެމިލީވެސް އަންނާނޭ ލަންޗްއަށް އެދުވަހުގަ.** މެސެޖްކިޔާލުމާއެކު “އޯކޭ” ޖަހާލާފައި ރިޕްލައިކޮށްލިއެވެ. އަދި ޝަބީންގެ ބައްޕައަށް އެމީހުނާ ބައްދަލްވާނެގޮތް ވެއްޖެކަމުގެ ހަބަރުދީފައި އަވަހަށް ސައިބޯން ފެށިއެވެ.

އާދައިގެމަތީން ބަންދު ދުވަހެއްލިބިއްޖެޔާ އެއްޗެހިދޮވެ އިސްތިރިކުރުމުގައި ޖުމާ އާއި ޖުމްނާ އަވަދިނެތި އުޅުނީ މެންދުރަށް ކައްކަންވާއިރަށް އެކަން ނިންމާލެވޭތޯއެވެ. ގެއަށް މަސައްކަތްކުރަން މީހަކު ހޯދާފައި ވީނަމަވެސް ބަންދު ދުވަހެއްވީޔާ އެމީހާޔަށް ޗުއްޓީދިނުމަކީ ޖުމްނާގެ އަބަދުވެސް އާދައެވެ. އަމިއްލައަށް ކަންކަން ކޮއްލުމުން އެލިބޭހިތްހަމަޖެހުން އެހެންމީހަކު ލައްވާކުރުމުން ނުލިބޭތީއެވެ. “އައްދޭ ހާދަ ހީވާގި ކުދިންކޮޅެކޭދޯ.. ތިވަރުން ނޫޅުނަސް އާލިމާއްތަ ހިތްހޯދޭނޭ.. ” އެވަގުތު އެގެއަށް ވަދެގެން އައި ޝަބީން އެހެން ބުނުމުން ޖުމްނާ އޭނާއަށް ލޯއަޅާލިއެވެ. އަދި ޝިވަންކައިރީ ބުނާނަމޭކިޔާފައި އެތަނުން ދިޔައެވެ. އޭރު މަލީހް ސިޓިންގްރޫމްގައި ޓީވީއަށް ގެއްލިފައި އިން އިރު ޖުމާ އަޔަންބޯޑު ކައިރީގައި ހަރަކާތްތެރިވަމުން ދެއެވެ. ” އޭ ރެޕަންޒަލް.. ޕިސް. އަބަދުއެހެނޭމިކިޔެނީ.. ހެހެ.. ޖުމާ ހާދަ އަވަސްއަރުވާލާފަ.. ބަލައިގެން އުޅެއްޗޭ.. ” ޝަބީން އެހެންބުނުމުން ޖުމާގެމޫނު ރަތްވެގެންދިޔައެވެ. ޖުމާއަށް އަބަދުވެސް ވަނީއެވަރެވެ. ޝަބީންފެނުމުން އަމިއްލަ ޒަމީރުވެސް އިހްތިޔާރުން ބޭރުވަނީއެވެ. މަލީހްއަށް މިމަންޒަރުފެނުމުން ޖުމާވެސް ކޮންމެވެސް ވަރަކަށް ޝަބީންއާއި ގަޔާވާކަން އިނގުނެވެ. އެހެންނަމަވެދް ފަހުން އެވާހަކަ ދައްކަންބޭއްވީއެވެ. ” ބަލަ.. މަށަށް އޮޅިއްޖެމިހާރު މީނަ މިއައީ މަގޭކައިރިތަ ނޫނީ ޖުމާކައިރިއަށްތަ.. ” ނޫންކަމަށް ހަދާފައި މަލީހް ޝަބީންއާއި ދިމާކޮށްލިއެވެ. ހަމަ އެވަގުތު ޝިވަން އާއި އެކުގައި ނަވާރުވެސް އައުމުން ޖުމްނާ “އެންމެން މިއަދު ކާންވާނީ މިގޭންނޭ” ބުނެލިއެވެ.

“އެނގިދާނެތާ ދޯ ތިޔަހުރިވަރެއްވެސް.. ހީވޭދެން ވަރަށްމީރުވެދާހެން.. އެކަމަކު ކައިގެން ފާހާނަކައިރީ ކިއުގަ ތިބެންޖެހިއްޖެޔާ އާލިމައްތަގެ ހިތެއް މިލްކެއްނުވާނެ އިނގޭ.. ” ޝަބީން ޖުމްނާއަށް ޖެއްސުމަށް އެހެންބުނުމާއެކު “ބަލާބަލަ ޝިވަން މިޝަބީން މިއަދު ރަނގަޅަކަށް ނޫންކަންނޭނގެ ހޭލައިގެން މިއުޅެނީ.. މިގެއަށް އައިގޮތަށް ޖުމް އާ ހަމަ ދިމާކުރަނީ.. ” ޖުމްނާ ފާޑަކަށް މޫނުހަދާލާފައު ތުންދަމައިގެން ހުރެ އެހެންބުނުމުން ޝިވަންވެސް ހިނިއައެވެ. “ހުއް.. އަދިމިފިރިހެންވެރީން ވަރަށް ގޯސްވާނެ.. ހުރެބަލަ ޝަބީން ތިހެން އުޅެމުން އެންމެފަހުންވާނީ މަގޭޅިޔަނަކަށް ކަންނޭންގެ އޭރުން ހުންނާނީ ދިމާކުރެވިފަ.. ” ޖުމްނާ ތުންއަނބުރާލާފައި ނަވާރުގޮވައިގެން ދަމުން އެހެންބުނީ އެއްވެސް ކަމެއްގެ ހިލަންނުވާހާލުގައި ނަމަވެސް އެވަގުތު ޝަބީންއާއި ޖުމާއަށް ވެގެންދިޔަގޮތް އެތާންގައި ތިބި މަލީހްއާއި ޝިވަންއަށް ފާހަގަވިއެވެ. އެކަކުއަނެކަކަށް ބަލާލުމަށްފަހު ޝަބީންކައިރީ އެބައަންނަމޭބުނެ ދެމީހުން ޖުމްނާމެން ކައިރިއަށް ދިޔައީ ޝަބީންއާއި ޖުމާގެ ޑްރާމާ ބަލާލާހިތުންނެވެ.

“އޭން.. އެހެނެއްނުވާނެ.. ކޮންއިރަކު ތިކަމެއްހިނގީ..” ” ހަމަޖެހިބަލަ ޖާވިދު އަހަންނަށްވެސް އެހާރަނގަޅަކަށް ނޭންގެކޮންއިރަކު ކަމެއް އެއީ. އެކަމަކު ޔަގީން އޭނަވީ މާލޭވިޔަފާރިވެރިޔަކާ އިނދެގެން މާލޭގަކަން.. ދެން އަޅެ އެއީ އޭނަތޯ ބަލަން ބައްދަލްކޮށްލަބަލަ.. ” ” އެންމެރަނގަޅު އެކަމަކު ހާދަދެރަގޮތެކޭތިވީ.. އޭނަގެ މައިންބަފައިން ފިޔަވާއެއްވެސްމީހަކު ނުހުންނާނެ. އެމީހުން ދުނިޔެދޫކުރީމަ ހާދަހިތާމައެއް އޭނަކުރާނޭދޯ.. އަހަންނަށް އޭރު ވިސްނުނުނަމަ.. ” ” ދެރަނުވޭ.. އިންޝާﷲ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް .. ޖާވީދު މިގަޑީ އެހަށް ވަކިވެލަނީއޭ.. އަންހެނުންނާއެކު ބޭރަށްގޮސްލަން މިއުޅެނީ. ” ހުޝާމް ފޯނުބޭއްވުމާއެކު ޖާވިދުއަށް ބޮލުގައި އަތްހިންގާލެވުނީ ކަންބޮޑުވެފައިވާ ހާލުގައެވެ. އޭރު ގުރާދުއިން ހުޝާމް ދިމާވެ ރަހްމަތްތެރިވެވުމުން މިއަދާހަމަޔަށްވެސް އެކަން ދެމިއޮތީތީ ޖަާވިދު ޝުކުރުކުރިއެވެ. ނަމަވެސް ހުޝާމްއަށްވެސް ފުރިހަމަ މައުލޫމާތު ނޭންގުނީތީ ކިތަންމެހާވެސް ދެރައެވެ. އޭނާވެސް ދިރިއުޅުން މެލޭޝިޔާއަށް ބަދަލްކުރީ ޖާވިދު އެކޮޅުގައި ހުއްޓަވީޔާއެވެ.

“ޖާވިދު.. ގުޅިއްޖެތަ.. ކީކޭތަ އޭނަބުނީ.. ” ޖޫސްތައްޓެއް ހިފައިގެން އައި ސާދިޔާއަހާލިއެވެ. ” އާ ސާދިޔާ ގުޅިއްޖެ.. އެކަމަކުލިބުނީ ހީވެސްނުކުރާހާ ހިތާމަވެރިހަބަރެއް.. އާލިމާގެ މައިންބަފައިންވެސް މިހާރުދުނިޔޭގަނެތް. އަހަރެން އޭނަވަރިކޮށްފައި އައިދުވަހު އޭނަގެ ބައްޕަ ހާރޓް އެޓޭކެއްޖެހި ނިޔާވީ.. އެކަމަކު އޭނަ މަންމަ ނިޔާވީ މާލޭގަ ކަމަށްވަނީ.. އޭރު އޭނައުޅެނީ މާލޭމީހަކާ އިނދެގެންނޭބުނީ.. މިހާރު ދަރިއަކުވެސްހުރޭ.. ” ހުޝާމްގެ ފަރާތުން ދަރިފުޅުގެ ހަގީގަތް އެނގިފައިނުވާތީ ޖާވިދު އެހުރިހާކަމެއް ސާދިޔާއާއި ހިއްސާކުރިއެވެ.
” އެހެންވީމަ އެއީ އެ އާލިމާއަށް ވެދާނެދޯ ފަހަރެއްގަ. އެކަމަކުވެސް ޖާވިދުވާނެ އޭނަގެމާފްނަމަވެސް ހޯދަން އެހެންނޫނީ ޖާވިދުގެ ހުށައެޅުން ގަބޫލެއްނުކުރެވޭނެ.. ދެންއޮތީ ޖާވިދުގެ ހިތްވަރެއް. ” ސާދިޔާ އެހެންބުނުމުން ” އިންޝާﷲ މިފަހަރު މިކަން ކޮއްފައި އަހަރެން މިފެށޭއަހަރު ސާދިޔާގޮވައިގެން ދާނަމޭ ” ޖާވީދު ބުނެލިއެވެ.

ވަގަށްބޯދީގެން ތިބި ޝިވަންއާއި މަލީހް ސިހުނީ ޖުމްނާއައިސް ކޮއްޓާލުމުންނެވެ. “ހަމަޖެހިބަލަ.. އެތިބަ ދޮންހިޔަލަޔާ އަލިފުޅުގެ ލަވްސްޓޯރީބަލަނީއޭ.. ޖުމްވެސް އެކުން އަޑުގަދަނުވާނެހެން އާދެބަލަ.. ” ޝިވަން އެހެންބުނިމާއެކު ޖުމްނާއާއި ނަވާރުވެސް އަނެއްފަރާތުން މަޑުމަޑުން ބޯދީފައި ބަލާލިއެވެ. އެމީހުންތިބީ ދައްކާވާހަކަ އަޑުއިވޭހިސާބުގައި ކަމުން ކޮންމެ މީހަކުވެސް ދިޔައީ ކަނުލާ އަޑުއަހަމުންނެވެ.

“ހާދަވަރަކަށޭ ދޯ ބްލަޝްވަނީ.. އަސްލު ޖުމާއަށް ވުރެ މާލޯބި ރެޕަންޒަލްކީމަ.. އޯކޭދޯ އެހެންކިޔަސް… ” ޝަބީން މިހެންބުނުމާއެކު ޖުމާ އަށް ބޭއިހްތިޔާރުގައި ބަލާލެވުނެވެ. ” ކިހިނެއްވީ ކަމުނުދަނީތަަ.. ” ” ނޫން އެކަކުވެސް އެހެނެއްނުކިޔާނެ.. ” އޯ.. އެހެންވީމަ ބީންއެކަނި އެހެންކިޔާނީ ދޯ. ” ޖުމާއަށް ދޯދެމުން ތެދުވެ ޝަބީން ޖުމާގެ ކައިރީގައި ގޮސް ހުއްޓުނެވެ. ޖުމާ އަވަހަށް އިސްޖަހާލީ ބަލާލެވޭގޮތަކުންވެސް ޝަބީންގެ ކުރިމަތީގައި އޭނާބޭޒާރުވެދަނީ ލަދުންނެވެ. ” އަޅޭ ހެޔޮނުވާނެ ތިހާވަރަށް ބްލަޝްނުވެބަލަ.. އަސްލުތިހެން ހުންނައިރު ރެޕަންޒަލް މާލޯބި.” ޝަބީންގެ އަށް އިހްސާސްތަށް ކޮންޓްރޯލްނުވުމުން ޖުމާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އެހެންބުނިއިރު ޖުމާގެ ލޮލުގައިވި ބޭގަރާރްކަން ކިތަންމެހާވެސް ރަނގަޅަށް ޝަބީންއަށް ފެނުނެވެ. “އެއްޗެއް އަހާލީޔާ ދޮގުނުހަދާ ބުނާނަންތަ.. އަލޭ ޖުމާ ބީންއާލައިކްވޭތަ.. ” ޝަބީންބޭނުންވީ ޖުމާއެހާބޮޑަށް ލަދުންއުޅެންފެށުމުން އެކަން ކުޑަކުރާށެވެ. ” ދެންނޫން.. ” ޖުމާއަށް ބުނެލެވުނީ އެހާހިސާބަށެވެ. އެކުއްޖާފުޅު ބޭޒާރުވަމުންދާތީ ލަދުންގޮސް އޮޅެނީއެވެ. ” ހަމަޖެހިބަ ދޫންޔާ.. އޯކޭ ރެޕަންޒަލް ނުބުންޏަސް ތިދެލޮލުން ހެކިދޭ ބީންދެކެ ލައިކްވާކަން.. ބީންއަށްވެސް ނޭންގިނަމަވެސް އެންމެފުރަތަމަ ދިމާވިދުވަހުން ފެށިގެން ރެޕަންޒަލް ވަރަށް ކަމުދޭ.. ”

ބޭރުގައި އުޅެފައި އައި ނިމާލްއަށް ގޭދޮރުގެ ދެފަރާތުގައި ބޯދީގެން ތިބި މީހުންފެނުމުން ތަންކޮޅެއްބާރަށް ” ދަރިފުޅާ ތިޔޯ” އޭ ބުނުމާއެކު ހަތަރުމީހުން އެކީގައި ސިހިގެން ނުވެއްޓުނީ ކިރިޔާއެވެ. އެއަޑު އެތެރޭގައި ތިބި ޝަބީންމެންނަށް އިވުމާއެކު ދޮރާދިމާއަށް ބަލާލުމުން ކުއްވެރިންތަކެއްފަދައިން ހަތަރުމީހުން ތިބިނަމަވެސް މޫނުމަތީގައިވަނީ ލާނެތްހިނިތުންވުމެކެވެ. ޝަބީންއަށް އެމީހުންދެއްކި ވާހަކަތަށް އަޑުއިވުނީކަން އެނގުމުން ގަތްލަދުން އަވަހަށް އައިސް ސޯފާގައި އިށީންދެލެވުމެވެ. ގެއަށް ވަތް ނިމާލްއަށް ޖުމްނާމެން ފާރަލީ ޖުމާމެންނަށް ކަން އެނގުމުން ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއާއެކު ޖުމްނާމެންވެސް ހެމުން ހެމުން ގެއަށްވަދެ ޝަބީންއާއި ޖުމާއާއި ދިމާކުރަންފެށިއެވެ. ނިމާލްވެސް އެމީހުނާ ބައިވެރިވީ ކޮންމެ ކުއްޖަކުވެސް ހަޔާތަށް ބައިވެރިޔަކު ހިވާނީ އެކުއްޖަކު އަމިއްލަޔަށް ކަމަށް އޭނާގަބޫލުކުރާތީއެވެ. ހަމައެގޮތަށް ޝަބީންއަކީ ގޯސްކުއްޖެއްވެސް ނޫންވީމައެވެ. ” އެކަމަކު ބައްޕަތިއައީ މިތިބަ ލަވްބަރޑް އެހާސިއްރުން އެކަކުއަނެކަކަށް ހިތްދެވިފަ ތިބިކަން އެނގި ޕްރޮޕޯސްވެސް ނުކުރެވެނީހޭ.. ” ޝިވަން ޝަބީންގައިގަ ބޮނޑިއެއް އަޅާލަމުން އެހެންބުނުމުން ޖުމާ ލަދުން ނިމާލްގެ ފުރަގަހަށް ވަދެފިލިއެވެ. “އެހެންތަ.. ވަރަށް ދެރަގޮތެއްދޯމިވީ އެހެންވީމަ.. އެކަމަކު ދަރިފުޅުމެން ތިބިގޮތުން މީހަކަށް އެއްޗެއް ނުބުނެވޭވަރެއްތަ.. ” ނިމާލްއެހެންބުނުމާއެކު ހަތަރުމީހުނަށް ހޭންފެށުނީ ތިބެވުނުގޮތް ހިތަށް އެރުމުންނެވެ. “ހޫމްދެން މިހާރުހުންނާނީ ދިމާކުރެވިފަ.. އެކުދިން އަލަތުދުވަސްކޮޅު މާފޮޅުވަން ބައިތިއްބާ.. ހިނގާބަލަ މެންދުރަށް ކައްކަން އަދި ބައެއްއެއްޗެހި ގަންނަންވެސްޖެހޭ.. ” ނަވާރުގައިގަ ކޮއްޓާލާފައި ޝިވަންއާއި މަލީހްއަށް އިޝާރާތްކުރަމުން ޖުމްނާ އެހެން ބުނުމުން އެމީހުންދިޔައީ ބަދިގެއާދިމާއަށެވެ. ނިމާލް ދެކުދިންގެނެސް ކައިރީގައި ބައިތިއްބައި ނަސޭތްތެރިވީ ލޯބިވަންޔާ ކޮންމެކުއްޖަކުވެސް ރަނގަޅަށް އެއްކުއްޖަކު އަނެއްކުއްޖަކަށް ވަފާތެރިވެ ތެދުވެރިކަމާއެކު އުޅުމަށެވެ. އަދި ބޭނުންނަމަ ކައިވެނިވެސް އަވަސްކުރުމަށެވެ. އެހެންނަމަވެސް ޖުމާއަދި މާއަވަސްކަމަށް ބުނުމުން ދެކުދިން ބޭނުންދުވަހަކުން ނިންމާށޭބުނެ ކޮޓަރިއަށް ދިޔައީ އެކުދިންނަށް ވަގުތުދީފައެވެ.
*********

ހުކުރުދުވަހުގެ އިރުއެރުމާއެކުހެން އާލިމާގެ ހިތްނުތަނަވަސް ވަމުންދިޔައީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ. ކޮންމެކަމެއްކުރަން އުޅުން ނަމަވެސް އެއުދަގުލުން އޭނާއަަކަށް ސަލާމަތެއްނުވެވުނެވެ. އެހެންވެ ގޭގަ ގެންގުޅޭ ކައްކާކައިރީގައި ކުރަންވީކަންތަށް އޮޅުންފިލުވައިދީފައި ގޮސް ވުޟޫކޮއްލައިގެން ނަމާދަށް އެރީ އޭރު ނުވައެއްޖަހަން ވެފައިވާތީ ޟުހާނަމާދުކޮށްލުމުގެ ނިޔަތުގައެވެ.

އެހެންދުވަސްތަކާއި ހިލާފަށް ހެނދުނުހޭލައިގެން ބޭރަށްދާން ޝަބީން ހިޔާލެއްނުކުރެއެވެ. ޖުމާއަށް ގުޅައިގެބް ވާހަކަދައްކާލުމަށްފަހު ސައިބޯން ތިރިއަަށްދިޔައީ ވެސް އެހާލަހުންނެވެ. އޭރު ސާދިޔާއާއި ޖާވިދު ޓީވީން ދައްކަމުންދިޔަ ދީނީޕްރޮގްރާމެއް ބަލަން ތިއްބެވެ. ” އަހަ.. ދަރިފުޅުމިއަދު ހާދަލަހަކުން ތިނިކުތީ. ހިނގާސައިބޯންއަވަހަށް.. ” ސާދިޔާ އެހެންބުނެފައި ބަދިގެއަށް ދިއުމުން ފަހަތުންދިޔަ ޝަބީން އަދިވެސް އިނީ ހުވަފެނީއާލަމެއްގައި ޖުމާއާއެކުގައެވެ. “ދަރިފުޅު ކީއްތިކުރަނީ..” ” މަންމާފެންފުޅިއެއްނަގަން.. ” “ސުބުހާނަﷲ.. ދަރިފުޅަށް ތިހުރީކިހިނެއްވެފަ. އައިސްއަލަމާރި އެއީ ކަނުގައޭ.. ހަޑޫ، ހަކުރު، ފުއް، ހުރިކަބަޑޭ.. ހުޅުވައިގެންތިއުޅެނީ.. ” ސާދިޔާއެހެން ބުނުމާއެކު ޝަބީންއަށް ހަމަބިމަށް އާދެވިނެވެ. އަދި ” މަންމާ ފެންފުޅިއެކޭ” ބުނެފައި ގޮސް އަވަހަށް އިށީންދެލީ ވީ ރަތްކެއްގެ ބޮޑުކަމުންނެވެ. ” ދަރިފުޅު މިހާރު އަބަދު އަމިލަޔަށް ހީހީފަ ހާދަފާޑަކަށޭ ތިއުޅެނީ.. އަނެއްކާ ރަނގަޅައްތަ މަންމައަށް މިހީވަނީ.. ކަމުދާކުއްޖަކުފެނުނީތަ..” ” މަންމަމެން އެހާމޮޅީކީއްވެތަ.. ” ޝަބީންއަށް ބުނެވުނީ އެހިސާބަށެވެ. ” ކޮންއިރަކު މަންމައަށް އެކުއްޖާ ދައްކާލާނީ.. ” ކެތްމަދުވެފައި ސާދިޔާއަހާލިއެވެ. ” ދެންމަންމާ.. އެއީ މަންމައަށްވެސް އިނގޭ ކުއްޖެކޭ.. މަލީހްގެ ކޮއްކޮ ޖުމާ މަންމަޔަށްވެސް އިނގޭނު..” “އެހެންތަ.. އަޅެކީއްވެ ކުރިން މަންމަކައިރީނުބުނީ.. މަންމަ ވަރަށް އުފާވެއްޖެ.. ޖުމާ އެއީ ވަރަށް އަހްލާގުރަނގަޅު ހިތްހެޔޮކުއްޖެއް.. ދެންމިހާރު ޖުމާ ކައިރީ ބުނެފިންތަ..” ޝަބީން ޖުމާގެ ވާހަކަބުނުމާއެކު ފުޅާހިނިތުންވުނާއެކު ސާދިޔާ އަހާލިއެވެ. ” ލައްބަ މަންމާ ޖުމާވެސް .. ” ޝަބީންއަށް އަނެއްބައި ފުރިހަމަ ނުކުރެވެނީސް ޖާވިދުގޮވާލިއަޑު އިވިގެން ދިޔައެވެ. “މަންމަ މިދަނީ.. ސައިބޮއެހަދައިގެން އާދޭއިނގޭ.. ” ޝަބީންގެ ބޮލުގައިފިރުމާލާފައި ސާދިޔާ ދިޔައެވެ.

“މިއަދު ހާދަ ދިގުހުކުރެކޭދޯ ދެބަފައިން ތިކުރީ.. މިހާރު އެހެރަގެން އެއްގަޑިފަނަރަވަނީ.. ހިނގާ އަވަހަށް އެގެއަށްދާން.. ” އެތެރެއަށް ވަދެގެން އައި ޖާވިދުއާއި ޝަބީން ފެނުމުން ސާދިޔާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. ” ސާދިޔާ ހާސްނުވެބަލަ ކާރުއޮތީ ނެރެފަ ރެޑީގައޭ.. ” އެހެންބުނުމާއެކު ތިންމީހުން އެކީގައި ނިކުމެ ކާރަށް އެރިއެވެ. ޖާވިދުމެންގެ ދެމަފިރިން ކާރުގެ ފަހަތުގައި ތިބިއިރު ޝަބީންއެރީ ޑްރައިވަރުކައިރިއަށް ކުރިއަށެވެ. “ހެންވޭރު ވައިޖެހޭގެ.” އޭ ޝަބީން ބުނުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ.

“މަންމާ ހާދަލަހޭ.. މިހާރު ނާލް ކާހިތްވާވަރުން އިނދެވެނީކީނޫން.. ” ހުކުރުންފައިބައިގެން ރަޝީދުއާއެކުގައި ޒިޔާދުއާއި ނާލް އައީ ސީދާ ރަޝީދުގެ ގެއަށެވެ. އޭރު ހަފީޒާއާއި ނަވާރުވެސް އާލިމާ ކައިރިޔަށް އައިސްތިއްބެވެ. ޝިވަން ހުކުރަށް ދިޔައީ ނިމާލްއާއެކުގައި ކަމުން ޝިވަން އައި އިރު އެގޭމީހުންވެސް އައީ ގޮވައިގެނަނެވެ. މިހާރު ހުރިހާ މީހުންވެސް އިންތިޒާރުކުރަމުން އެދަނީ ޝަބީންގެ އާއިލާއަންނާނެ އިރަކަށެވެ. ފަސްމިނެޓެއް ހާއިރުފަހުން ގޭގެބެލްޖަހާލިއަޑަށް ސިޓިންގްރޫމްގައި ތިބިއެންމެންހެން އެދިމާއަށް ބަލާލިއެވެ. ” އެއައީކަންނޭންގެ.. ” އޭބުނެ ރަޝީދު ދޮރުހުޅުވުމަށް ދިޔައިރު އާލިމާވެސް ނުތަނަވަސް ހިތަކާއެކު ރަޝީދުގެ ފަހަތުގައި ހުއްޓެވެ.

ނޯޓް: ސަލާމް ހުރިހާ ކިއުންތެރިން.. މިއޮތީ ވާހަކައިގެ 13ވަނަބައި.. ލަޔާހީކުރަން ހުރިހާ ކިއުންތެރިންނަށްވެސް މިބައި ކަމުދާނެކަމަށް.. އިންޝާﷲ 14 ވަނަބައި ލިޔެވުންހާ އަވަހަކަށް އަޕްކޮށްލަދޭނަން.. ހުރިހާ ކިއުންތެރިންވެސް އެކިއުންތެރިއެއްގެ ހިޔާލު ފާޅުކޮށްލައްޗޭ.. ? ?? ? މަޗް ލަވްސް..

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (5)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ސައްބިސްވަނަބައި)

Next
November 19, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ސައްބިސްވަނަބައި)

Previews
November 19, 2017

ތިޔަ ލޯބީގެ ހައްޤުގައި (5)

25 Comments!

  1. Ai ❤️? says:
    November 19, 2017 at 3:04 pm

    Me first dho

    1. Hawwu (Layaa) says:
      November 19, 2017 at 3:14 pm

      Yes Ai ur first ??

  2. naju says:
    November 19, 2017 at 3:17 pm

    i love this story .. waiting next part …

    1. Hawwu (Layaa) says:
      November 19, 2017 at 8:35 pm

      Thank you dear naju ??

  3. Xish says:
    November 19, 2017 at 3:34 pm

    V reethi.. Varah kiyaahithun hutta thi nimmaalee? waiting 4the next part..

    1. Hawwu (Layaa) says:
      November 19, 2017 at 8:36 pm

      Ohh xish dheranuvey .. type koh nimunhaa avahakah upkohladheynan.. and thankyou ??

  4. SJK...KOREAN says:
    November 19, 2017 at 3:35 pm

    Hi layaa☺ how’s u???
    Just love this story ❤❤❤❤
    Keep up the good works???
    Waitingsss ?⌚⌚
    Love u????

    1. Hawwu (Layaa) says:
      November 19, 2017 at 8:37 pm

      Fine ? thankyou SJK .. ?? ly

  5. Rsh says:
    November 19, 2017 at 4:31 pm

    Waiting….. V Reethi mi part ves???

    1. Hawwu (Layaa) says:
      November 19, 2017 at 8:38 pm

      Thankyou dear Rsh ??

  6. ?? says:
    November 19, 2017 at 5:07 pm

    ?????

    1. Hawwu (Layaa) says:
      November 19, 2017 at 8:38 pm

      ???

  7. Yaloo says:
    November 19, 2017 at 6:26 pm

    Vvvvv reethi…waiting for nxt prt..:-):-)

    1. Hawwu (Layaa) says:
      November 19, 2017 at 8:39 pm

      Aww thank you dear yaloo ??

  8. reader says:
    November 19, 2017 at 6:33 pm

    Ey please mi vaahakaige main characters ge intro eh dhyba layaa.. Vaki hisaabakah ais vaanuvaa neyngunu… Shabeen aa Shivan ves olhifa mi hury…

    1. Hawwu (Layaa) says:
      November 19, 2017 at 8:41 pm

      Alhey reader .. maleeh aee main .. hamaehaavarah shabeen and shivan olheytha .. ? Bt y.. hamajehey dhen oibaiga olhun bolhun filaane maabodahvess. ??

    2. reader says:
      November 20, 2017 at 9:04 am

      Football competition nimifa dhen ai part ah fahu vaanuvaaga ?????

    3. reader says:
      November 20, 2017 at 9:05 am

      Econ, Bs test ah dhaskuran ulhefa v fahun kiyan feshy… Vedhaane e bai cover kuri iru 1 part miss v kamah ves

    4. reader says:
      November 20, 2017 at 9:06 am

      Maleeh aa ekkoh football kulhuny kon kujjeh?

  9. raan says:
    November 19, 2017 at 7:02 pm

    v v reethi. hama heevany vaahakaage thereyga ulheveyhen. waiting for next part.

    1. Hawwu (Layaa) says:
      November 19, 2017 at 8:41 pm

      Ehentha ?thank you dear raan. ??

  10. Faathin says:
    November 19, 2017 at 8:07 pm

    V reethi❤❤

    1. Hawwu (Layaa) says:
      November 19, 2017 at 8:42 pm

      Thankyou dear faathin ??

  11. Najoo says:
    November 19, 2017 at 9:36 pm

    Wow…. v reethi vaahakaeh ❤?

  12. sammm says:
    November 20, 2017 at 6:33 am

    V v v nice

Comments are closed.


All Right Reserved!