Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވޭންތަކުން ދިން ހިތި މާޒީ (21)

Mau Level 2100 Comments10 Stories
November 25, 2017 4 Mins Read
28 Comments

މީކާއީލްވެސް ހިނިތުންވެލައިގެން ހުއްޓަސް އޭނާ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދެއެވެ. އެ ހިތް އެދި ގޮވަނީ ހަމައެކަނި ޒިމްޔާއަށެވެ. ނަމަވެސް ޒިމްޔާ މިއަދުވަނީ އޭނައާއި މާދުރައް ގޮއްސައެވެ. މިހާރު ޒިމްޔާ އޭނައަށް ނަފްރަތްވެސް ކުރާނެ ކަންނޭނގެއެވެ. ނޫނީ އެހެން މީހަކާއެކީ އުޅޭނެ ކަންނޭގެއެވެ. މީކާއީލްއަށް އިނގިހުރެ ޒިމްޔާ އެހެން މީހެއްގެ ހައްގަކަށްވިޔަކަ ނުދޭނެއެވެ.

…………………….

ތިން އަހަރު ފަސް……………………………..

………………………………………

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ކިޔާންއާއި ޒައިދާން އާއި ޔަޒްނާ އިންތިޒާރުކުރަމުން ދިޔަނީ ޒިމްޔާ ނިކުންނާނެ އިރަކަށެވެ. ތިން އަހަރު ފަހުން ކިޔެވުން ނިންމާފަ ޒިމްޔާ ރާއްޖެއައީ މިއަދުއެވެ. ތިން މީހުންނައް އެކީ ކޮޅައް ތެދުވެވުނީ ނިކުމެގެން އަންނަ ޒިމްޔާ ފެނިފައެވެ. ޒިމްޔާ ހުރީ ބުރުގާ އަޅާފައެވެ. ކުރިޔައްވުރެ ދޮންހެންވެސް ހީވެއެވެ. ކުރިޔައްވުރެ ރޫފަ ރަގަޅުވެފަ އެއީ ޒިމްޔާކަން ފާހަގަ ކުރަން އެނގޭނީ ވަރަށް ރަގަޅައް ބަލާލީމައެވެ. އެހާވެސް އޭނާ ކުރިޔައްވުރެ ރަފާތެވެ. ޒިމްޔާވެސް ޝޮކްއަކު ޖެހުނީ ޔަޒްނާގެ ނުނަގަނޑުގަ އަތް އަޅުވާލައިގެން ހުރި ކިޔާންފެނިފައެވެ. އޭނައަށް އެނގިގެން އެދެމީހުން އެއްވެސް ގުޅުމެއް އޮތް ކަމެއް ނޭނގެއެވެ.

“އަޅޭ ޒިމް. ވަރަށް ލޯބި ބުރުގާ އެޅީމަ. ޒިމްކަން އެނގުނީ ވަރަށް ބެލީމަ. ލޯބި ވަރަށް. ހީވަނީ އަރަބި މޮޑެލްއެއްހެން މިހާރު” ޔަޒްނާ ޒިމްޔާ ގައިގައި ބައްދާލަމުން ބުންޏެވެ.

“ހެހެހެހެ. ސަޕްރައިޒްއެއް ދޭނަމޭ ބުނީމެއްނު. އައި މިސްޑްޔޫ ސޯ މަޗް. ބައިދަވޭ ތި ކޮންކަމެއް” ޔަޒްނާއާއި ދުރުވަމުން ކިޔާންއާއި ޔަޒްނާގެ ގުޅިފައި އޮތް އަތައް ބަލާލަމުން އެހިއެވެ.

“ކިޔާންބެވެސް ބުނީމެއްނު ދޭނަމޭ ސަޕްރައިޒްއެއް” އެހެން ކިޔާ ޔަޒްނާ ގާތް ކޮއްލިއެވެ.

“ވަޓް. ކޮން އިރަކު ނުވެސް ބުނޭ ޒިމް ކައިރިއެއް. އެކަމް ވަރަށް ގުޅޭ” ޒިމްޔާ ކިޔާން ކޮނޑުގައި އެލިގަންނަމުން އެހިއެވެ.

“އަދިވެސް ބޭބީ ގޮތް ނުކެނޑޭދޯ. މިހާރު ވަން އިޔާއަށް ވުރެ ގިނަ ދުވަސް ވެއްޖެ. ޒިމް އައީމަ މެރީ ކުރަން މިއުޅެނީ” ކިޔާން ހެމުން ބުންޏެވެ.

“ޔެސް ފައިނަލީ ކިޔާންބެ މެރީ ކުރަނީ. ނަސީބެއް ސަލްމާންހާން އަށްވުރެ ކުރިން އިންނަން އުޅޭކަން. ދާންބެ ކީއްވެފަ ތިހުންނަނީ މާމަޑުން” ޒިމްޔާ އެހެން ބުނުމުން އެންމެން ޒައިދާންއަށް ބަލާލިއެވެ.

“އަދިވެސް ޒިމްތޯ ޔަގީން ނުވެފަ. އަޅޭ ހީވަނީ ޕަރީއެއްހެން ވިއްޔަ.” ޒައިދާން ހެމުން ބުނެލިއެވެ.

“ޕަރީ އެކޭމީ. ހިނގާބަދާން ބަނޑުހައި ވެއްޖެ މިހާރު” ޒިމްޔާ މިހެން ބުނުމުން އެންމެން ހިނގައިގަތީ ފެރީއަށް އަރަން ދާށެވެ.

……………………………..

މީކާއީލް އޮފީސް ނިންމާފައި ގެއައްދާން ނިކުތްތަނުން އަތުގައި ފިނިއެއްޗެއް ހޭކުންހެން ހީވެގެން ބަލާލިއިރު ތިންއަހަރައްދާ ކުޑަކުއްޖެއް އައިސްކްރީމް އެއްހިފައިގެން ހުރިއެވެ.

“ސޮރީ. ކޮއްކޮ ގަސްތުގައެއް ނޫން.” މީކާއީލް އާއި ދިމާއަށް ބަލާލަމުން ބިރުން ހުރެ ބުނެލިއެވެ.

“ހެއްހެއްހެ. އިޓްސް އޯކޭ. ކޮއްކޮ އެކަނިތަ؟” މީކާއީލް ޖީބުން ޓިޝޫއެއް ނަގައިގެން އެތަން ސާފްކޮއްލިއެވެ.

“ނޫން އެހެރި އަންނަނީ ބައްޕިއާއި މަންމި” އެހެން ކިޔާ އެކުއްޖާ ދުއްވައިގަތެވެ. ފަހަތުން އެކުއްޖާގެ ބައްޕަ އުރާލައިގެން ގެންދިޔައެވެ. މީކާއީލްއަށް ހުރެވުނީ ހިނި އައިއްސަ ބަލާށެވެ. މިއީ އޭނާވެސް ދެކެން ބޭނުންވި ދުވަހެކެވެ. ނަމަވެސް މިއަދު ޒިމްޔާވަނީ އޭނާއާއި ދުރުގައެވެ. މިވީ ތިން އަހަރު ތެރޭ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް އޭނާ ނުދާނެއެވެ. ކޯސް ނިންމާފައި މާލެ ބަދަލުވީ ޒިމްޔާ މިތަނުން ފެންނާނެ ކަމުގެ އުންމީދުގައެވެ. އެހެން ނޫންނަމަ އެދުވަސްތައް މަތިން ހަނދާން ކުރާކަށް އޭނާ މާލެއެއް ނާންނާނެއެވެ. ޒިމްޔާގެ ވިސްނުމުގައި ހުރެ ގެއާއި ދިމާއަށް ހިނގައިގަތީ މިއަދު ހަވީރު ޒިވީ ގޮވައިގެން ހިނގާލަން ދާށެވެ. މިއަދު އާލާ ބަލިކޮއް އުޅޭތީ ޒިވީ ގޮވައިގެން ހިނގާލަންދާން ބުނެފައި އޮތީމައެވެ.

………………………………………………

“ޒިމް ކޮން އިރަކުން ދެން ހޮސްޕިޓަލްއަށް ނިކުންނާނީ؟” ކިޔާން ޒިމްޔާއާއި އެޚި ބޭރައް ނިކުންނަމުން އަހާލިއެވެ.

“މާދަން އުޅެންވީ ތިކަމާ. ކޮބާތަ ޔަޒޫމެން” ޒިމްޔާ މަގައް ބަލާލަމުން އެހިއެވެ.

“އެކޮޅުން އެތިބަ އަންނަނީ. ކޮންތާކަށް ދާނީ؟” ކިޔާން އަހާލިއެވެ.

“ދެން ކޮންމެސްތާކަށް” އޭރު ޔަޒްނާމެން އެތަނާ އަރާ ހަމަވިއެވެ. ހިނގަމުން ހިނގަމުން ގޮސް ކުޑަކުދިންގެ ޕާކްތެރެއަށް ހަތަރު މީހުންވަނެއެވެ. އައިސްކްރީމް އާއި ޕޮޕްކޯން ގަނެގެން އެތާހުރިތާކު އެމީހުން އިށީންދުނެވެ. ޒިމްޔާ ނުއިށީންގެ އެތާ ހުރި ތަންތަން ބަލަމުން ދިޔައެވެ. ޒިމްޔާ ކައިރިން ލާފައި މީކާއީލް ދިޔަ އިރުވެސް ޒިމްޔާއަކަށް ނޭނގުނެވެ. ކިރިޔާ އެފަރާތަށް އނބުރެލިޔަސް ފެނުނީހެވެ. މީކާއީލްއަށްވެސް ޒިމްޔާ ފާހަގަ ނުވީ ޒިމްޔާ ކުރިޔާއި މިހާރާއި ތަފާތު ކަމުންނެވެ.

މީކާއީލް އުޅުނީ ޒިވީ ގޮވައިގެން އެކި ކުޅޭ އެއްޗިއްސައް އަރުވާށެވެ. އެހެން އުޅެނިކޮއް ދިމާވީ މީކާއީލްގެ ކުރީގެ ރައްޓެއްސަކާއެވެ. ޒިވީ ދޫކޮއްލާފައި މީކާއީލްއަށް ހުރެވުނީ ވާހަކަ ދައްކާށެވެ. އެއް އަހަރާއި ހަތަރު މަހުގެ ކުޑަ ކުޑަ ޒިވީ ނުފަރިތަކޮއް ހިނގަމުން ދިޔައީ އެތާ އޮތް ކޮތަޅެއް ނަގާށެވެ. ވަކި ހިސާބަކަށް ގޮސް ވެއްޓުނެވެ. ޒިމްޔާއަށް ކުޑަކުއްޖެއް ވެއްޓި ރޯން ފެށުމުން އެދިމާއަށް ހިނގައިގަނެވުނެވެ. ޒިވީ ނަގައި ވެލި ފޮޅާލައި އުރާލިއެވެ. އޭރު ޒިވީ ރުއިން ހުއްޓާލައިފައި ޒިމްޔާގެ ބުރުގަލުގައި އިން ގޮފިގަނޑާ ކުޅެން ފެށިއެވެ. ޒިމްޔާ ޒިވީއަށް ބަލާލިއެވެ. އަނގަ މަތިން އާލާއާއި ވައްތަރުވިއެވެ. ނަމަވެސް އެކަމަށް އަޅާނުލާ ކޮޅުކޮޅައް ބަލަން ފެއްޓުނީ ޒިވީގެ މަންމަ ވިޔަސް ފެނޭތޯއެވެ. ޒިވީ ކައިރި މަންމަ ކޮބާހޭ އެހުމުން އެއްޗެއް ނުބުނުމުން ޒިމްޔާ އަޅާ ނުލިއެވެ. އަދި ޒިވީއަށް ވާހަކަ ނުދެއްކޭނެކަން އިނގޭތީއެވެ. އެހެން އިނދެފަ އެކި ފަރާން ބަލަން ފައްޓަކުން އެއްޗެއް ކިޔަން ފެށިއެވެ. ތަންކޮޅެއް ރަގަޅަށް އަޑުއެހުމުން ޒިވީ ގޮވަނީ ތުތަބެއޭ ކަން އިނގުނެވެ. ޒިމްޔާ އަށް ހެވުނީ ޒިވީ ކިޔަނީ ކުޑަބެކަން އިނގުމުންނެވެ. ލޯބި ލޯބިކޮއް އެހެން ގޮވަމުން ޒިވީ ދިޔައެވެ.

މީކާއީލް ހާސްވެގެން ޒިވީ ނުފެނިގެން ހޯދަމުން ދަނިކޮއް ފެނުނީ އަންހެން ކުއްޖެއް ޒިވީ އުރައިގެން ހުއްޓައެވެ. ދުވެފައިކަހަލަ ގޮތަކަށް އެތަނަށް ދިޔައެވެ.

“ޒިވީ. ކުޑަބެ ކިރިޔާ މަރުނުވީ. ޒިވީ ގެއްލުނީ ކަމަށް ހީކޮއް” މީކާއީލް މިހެން ބުނީ ޒިމްޔާގެ ފުރަގަހުގައި ހުރެގެންނެވެ. އިވުނު އަޑަކުން ޒިމްޔާ ދެލޯ ބޮޑު ކޮއްލަމުން ފަހަތް ބަލާލިއެވެ. މީކާއީލްއަށްވެސް ހުރެވުނީ ކަޅި ޖަހައިނުލާ ބަލާށެވެ. ޒިމްޔާއަށް ކިތަންމް ބޮޑޫ ބަދަލެއް އައިއްސަ ހުއްޓަސް އޭނާއަކަށް ޒިމްޔާއެއް ނޭނގޭނެއެވެ. ޒިވީ އުރަން އަތް ދިއްކުރާތީ މީކާއީލް އުރާލިއެވެ.

“ޒިމް. ކޮންތާކު ތި އުޅުނީ. މީކް ހާދަ ހޯދީ…” މީކާއީލްއަށް ރަގަޅައް އެއްޗެއް ނުބުނެވެނީސް ޒިމްޔާ ލޯހަދައިގަނެފައި އެތަނުން ދިޔައެވެ.

“މީކާއީލް ޒިމްޔާ ގޮސް އޮބާލަންދެން ބަލަން ހުރެވުނެވެ. އެ ހިތައް ވަރަށް ފުން އަސްރުތަކެއް ކުރުވިއެވެ. ޒިމްޔާއޭނަ ދެކެ މިހާރު ރުޅިވެސް އަންނަނީއެވެ.” ކުޑަ ކުޑަ ޒިވީ ގައިގައި ބައްދާލަމުން މީކާއީލް ލޯ މަރާލިއެވެ.

ޒިމްޔާ ދުވެފައި ކިޔާޏްމެން ކައިރި ހުއްޓުން އިރު ހުރީ ރޮވިފައެވެ.

“ހޭ ޒިމް ކީއްވެ ރޮނީ؟” ކިޔާން ހާސްވެލާފައި އެހިއެވެ. އޭނާއަށް ޒިމްޔާ ރޯތަން ބަލަން ކުޅަދާނައެއް ނޫނެވެ.

“ހިނގާ ގެއައްދާން. މީކާއީލްއަށް ޒިމް ފެނިއްޖެ” ޒިމްޔާ ތުރު ތުރު އަޅާ އަޑަކުން ބުންޏެވެ.

“އެހެންތަ؟ ކީކޭ ބުނީ. ހިނގާ އަވަހަށް ދާން. ލެފި ދުވަހު ވިއްޔަ އެފެނުނީ” ކިޔާން މިހެން ބުނުމުން އެންމެން ގެއްއައްދާން ހިނގައިގަތެވެ.

……………………………………….

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެންމެން އައީ ޔަޒްނާއާއި ކިޔާންގެ ކައިވެންޏައް ތައްޔާރުވަމުންނެވެ. އެދުވަހުގެ ފަހުން މީކާއީލްއާއި ޒިމްޔާއާއިވެސް ދިމާއެއް ނުވެއެވެ. ހޮސްޕިޓަލްއަށް ދާން ފެށިފަހުން ޒިމްޔާ ވަނީ ހަމައަކަށްއެޅިފައެވެ.

މީކާއީލް ދިޔައީ ބްރޭކް ގަޑި ޖެހުމުން ޒައިދާން ގުޅުމުން ކޮފީއަކަށެވެ. އޭނާ އެ މަގައް އެޅި އިރައް ފެނުނީ ޒައިދާން ކައިރި ހުރި ކިޔާންއެވެ. މީކާއީލް ދާންވާ އިރައް ކިޔާން ސައިކަލުގައި ގޮއްސިއެވެ.

“އަހަ އައީ ދޯ. ހިނގާ ހިނގާ. ވަރަށް ދިމާ ނުވޭ ދޯ. އެހެންވެ ގުޅީ.” ޒައިދާން ވާހަކަ ދެއްކި އިރުވެސް ކިޔާން ދިޔަ ދިމާއަށް ބަލަން މީކާއީލްއަށް ހުރެވުނެވެ.

“ދާން. އެދިޔައީ ދެންމެ ކާކު؟” މީކާއީލް ރެސްޓޯރެންޓް ތެރެއައް ވަންނަމުން އަހާލިއެވެ.

“އެއީ މަގޭ ބެސްޓް ބަޑީ. ކިޔާން. ޔާން އެއް ވާހަކަ ކިޔަމެއްނު” ޒައިދާން މިހެން ބުނުމުން މީކާއީލްގެ ބޮލުތެރޭ އެނބުރެން ފެށީ މީގެ ކުރިންވެސް ކިޔާން ވާހަކަ ޒައިދާން ދައްކާފައިވާތީއެވެ. ޔާންއޭ ކިޔާތީ އޭނާއަށް ނޭނގުނީއެވެ. އެއްދުވަހު ޒައިދާން ބުނި ހަނދާންވިއެވެ. ޔާންގެ ކޮއްކޮ މެލޭޝިޔާއަށް ކިޔަވަން ލާން ގޮއްސައޭވީ އެއީ މީކާއީލް ޒިމްޔާ ހޯދަން އައި ދުވަސްކޮޅެވެ.

“އޭ. އޭނަ ދަންނަނީތަ؟ ކީއްވެފަ ތީނީ؟” ޒައިދާން ބަލާލަމުން އެހިއެވެ.

“ކޮބާ ޒިމް. ޒިމް ކިހިނެއް. ޒައިދާންއަށް އިނގޭދޯ ޒިމް” މީކާއީލްއަށް ނުހުރެވިގެން އަހާލިއެވެ.

“އެބައުޅޭ. އެކަމް ކިހިނެއް ޒިމް އިނގުނީ؟” މީކާއީލް ފުން ނޭވާއެއްލަމުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭރު ޒައިދާން އަށް އިނީ ދެލޯބޮޑު ކޮއްލެވިފައެވެ. ކިޔާން އެވާހަކަތައް ކިޔައިދިން ދުވަހު މިކަމާ އުޅެވުން ނަމައޭ ހިތައް އެރިއެވެ. އެތައް އިރަކު ދެމީހުން އެވާހަކަ ދައްކަންތިއްބެވެ.

“މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mau

Level 2100 Comments10 Stories

??

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސްވަނަބައި)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސޯޅަވަނަބައި)

Next
November 25, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސޯޅަވަނަބައި)

Previews
November 24, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސްވަނަބައި)

28 Comments!

  1. Mau says:
    November 25, 2017 at 8:00 am

    Hey. here is 21st part. I hope you guys will love it. sorry dhigu koh nugenesdheveny busy kamun. 🙂

    1. zaul says:
      November 25, 2017 at 4:20 pm

      VAAHAKA VARAH SALHI WHEN IS NEXT PART? AND MIZNA MENGE BAI KOBAA

  2. Shaaab says:
    November 25, 2017 at 8:08 am

    Meeee first dhw..

  3. shaan says:
    November 25, 2017 at 8:12 am

    ☺?????

    1. Mau says:
      November 25, 2017 at 8:14 am

      ?

  4. shaan says:
    November 25, 2017 at 8:14 am

    hey ma 1st dhw. haada aanmu picye laafa eyyniee mau☺

    1. Mau says:
      November 25, 2017 at 8:28 am

      Yes you are the first. Aanmu pic eh tha eyee? Hehe. Dhen change nukureveyne dhw.?

  5. Zuam says:
    November 25, 2017 at 8:45 am

    Maasha ahlla….. varah lwbi….. waiting…. ❤❤❤❤❤❤

    1. Mau says:
      November 25, 2017 at 9:45 am

      Thanks?

  6. Friends says:
    November 25, 2017 at 9:04 am

    Hey mau…
    Masha allah mi part vess vvvv salhi…
    KEEP IT UP DEAR…
    Plx upload soon dear..
    Wating 4 next part..
    Have a nice day mau…???????????????????????????????

    1. Mau says:
      November 25, 2017 at 9:47 am

      Thankyou?

  7. PRINCESS AFU says:
    November 25, 2017 at 9:26 am

    Woww Vv salhi mi partves
    Waiting for the next part

    1. Mau says:
      November 25, 2017 at 9:51 am

      Thanks?

  8. Merr says:
    November 25, 2017 at 9:29 am

    Its okay mau darling ❤
    Next part dhigukolladheythi ?
    Varah happy kurukoh viyas up koh dhineema ❤❤
    Story hama habeys ?

    1. Mau says:
      November 25, 2017 at 9:48 am

      He he. Thanks??

  9. naahe says:
    November 25, 2017 at 9:56 am

    aalage dharifulhi haadha kuda ey

  10. nishi says:
    November 25, 2017 at 9:59 am

    aalaage dharifulhu haadha kuda ey after 3 years r balaafa

  11. Layaa says:
    November 25, 2017 at 10:00 am

    Mau layaa ah habarehveba.. will send u a rarepic .. ? btw story.. hama habeys.. v wait kurevey story eh Mivess.. when next? ???

    1. Mau says:
      November 25, 2017 at 10:48 am

      Hehe. Okay layaa. BTW thankyou?

  12. Angel says:
    November 25, 2017 at 10:11 am

    When next part?warah inthizaaru kurewey mi story ah…mihaathanah kiyaafa waa best story ey bunyas dhogakah nuwaane❤️❤️❤️

    1. Mau says:
      November 25, 2017 at 10:50 am

      Thankyou. Nimunuhaa avahakah up kohdheynah?

  13. dhonthi says:
    November 25, 2017 at 10:44 am

    V v reethi vaahaka ehmi.. keep it up dear♥

    1. Mau says:
      November 25, 2017 at 10:51 am

      Thanks ?

  14. Mau says:
    November 25, 2017 at 10:57 am

    Hey guys ebain mistake eh. Aalaa he dharifulheh noon, mizna and aazge? Olhifa einy

  15. Hau says:
    November 25, 2017 at 11:48 am

    Ekam haadha kurey dhw upkohlaaleh

  16. Xoo xoo says:
    November 25, 2017 at 2:35 pm

    Aleh haadha ryhchey mi vaahaka next part avahah up kh dhehchey …. v v ryti ☺

    1. Mau says:
      November 25, 2017 at 8:30 pm

      Thanks 🙂

  17. Rsh says:
    November 26, 2017 at 10:26 am

    V Reethi

Comments are closed.

Next Episodeވޭންތަކުން ދިން ހިތި މާޒީ (22)←


All Right Reserved!