Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (8 ވަނަ ބައި)

Ernth Level 1
November 24, 2017 6 Mins Read
7 Comments

 “ޔު ރަށަށް އައީ ކޮން އިރަކު؟” ޔާލް ފެނުމުން ޝާހިނަށް އަހާލެވުނެވެ. “ދެންމެ މިއާދެވުނީ. ތި ގެޔަށް ދިޔައިރު ޔު ފެންނަން ނެތުމުން ފޯން ޓްރޭސް ކުރީ.” ޔާލް ބުނެލިއެވެ. ރާއްޖޭގަ އުޅުނުތާ 7 އަހަރު ވިޔަސް އަދިވެސް އޭނަ ދިވެހިން ވާހަކަ ދައްކާއިރު އަޅާއިގަންނަ ގޮތެއް ހުރެއެވެ. “ފަޒީލް ގުޅާފަ ރޭގަ ހާދިސާ ކިޔާދިނުމަށްފަހު އޮޕަރޭޝަން ކުރާ ވަހަކަ ބުނުމުން އިތުރަށް ކެތްނުވީ.” ޔާލް އިތުރަށް ބުނެލިއެވެ. “އަހަންނަށް އެނގޭ ތި ބަލި އަކީ ބޮޑު އެއްޗެއްކަން. އެކަމަކު އަހަރެމެން ގާތު ނުބުނީ ކީއްވެ؟ އެނގެއެއް ނޫން އަހަރެމެން ދުވަހަކުވެސް ޝާހިން ޖަޖް ނުކުރާނެ ކަން؟” ފަޒީލް ދެރަވެފަ އަހާލިއެވެ. “އާނ. އެނގޭ އަހަރެންގެ ބަލި ޖަޖް ނުކުރާނެ ކަން.” ޝާހިން ބުނެލިއެވެ. “ތި ބުނީ ޝާހިންގެ ނަސްލަށް ބަލާފަ އަހަރެމެން ޝާހިން ޖަޖް ކުރާނެއޭތަ؟” ރޭޝްމާގެ އަޑަށް އެ ތިން މީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ޔާލަށް ބަލާލުމަށްފަހު ރޭޝްމާ އައިސް ޝާހިން ކުރިމަތީ އިށީނެވެ. “ޝާހިން ހީކުރީ ރޭޝް މިއީ މޮޔައެއް ކަމަށްތަ؟ ޝާހިން ގާތު ޑިއެންއޭ ޓެސްޓް ހަދަން އެދުމުގެ ކުރިން ރޭޝް ޝާހިން އާއި ޝާނިމްބެ ގެ ޑީއެންއޭ ޓެސްޓު އެބަހެދިން. އޭގެއިން އެނގުނު ތިއީ ޝާނިމްބެގެ ކުއްޖެއް ނޫންކަން. އެހެންވީމަ އެ ދުވަހު ބުނީވެސް ތި އުޅެނީ ނަސްލު އޮޅިގެންނޭ. ދެން ހުރީ ފައިހާ ދައްތަގެ ކައިވެނީގެ ހިޒްޓްރީ ބެލުމުން އެނގުނު ޝާނިމްބެ އަށްފަހު ފައިހާ ދައްތަ މީހަކާއި މެރީ ނުކުރާތާ ޝާނިމްބެ ދުވަހަކުވެސް ފައިހާ ދައްތަ ވަރި ނުކުރާކަން. ޝާހިން ވިސްނި ނަމަ ޝާހިނަށްވެސް ފުރަތަމަ އެކަން އެނގޭނެ. އެކަމަކު ޝާހިން އެދުވަސްކޮޅު ވިސްނަމުން ދިޔައީ ދިމާވާ ހުރިހާ ކަމެއް އަހަރެމެންނަށް ސިއްރުކުރާނެ ގޮތަކާއި މެދު ވިއްޔާ. އާ. ޝާހިނަށް ވުރެ ކުރިން ޝާހިންގެ ފޮރުވިފައިވާ ހަޤީޤަތް އަހަރެމެން ދެމީހުންނަށްވެސް އެނގުނު. އެދުވަހު އެންމެފަހުން ޝާހިން ގާތު އެވާހަކަ ބުނަން އަންނަނި ކޮށް ތި ދެމީހުންގެ އޮފިޝަލް ޑޭޓްގެ ވާހަކަ އިވުމުން މަޑުކުރީ.” ރޭޝްމާ މާ ކުރިންވެސް އެމީހުންނަށް ހަޤީޤަތް އެނގޭ ކަމަށް ބުނެލީ ޝާހިން ހައިރާންކުރުވަމުންނެވެ. “އެއަށް ބޮޑު ކަމަށްވެސް އަހަރެމެން ޝާހިން ޖަޖް ނުކުރަން. އެކަމަކު ރޭޝަށް ހީވަނީ ޝާހިން ވަރަށް ބޮޑަށްވެސް އަހަރެމެންގެ އެކުވެރިކަން ޖަޖް ކޮށްފިހެން.” ރޭޝްމާ މާޔޫސް ކަމާއި އެކު އިތުރަށް މިހެން ބުނުމަށްފަހު އެތަނުން ދިޔައެވެ.

“ފުރަތަމަ ފަހަރަށް ނަމަވެސް އަހަރެން މިި ބުނަނީ އެ އީވިލް އެ ދެއްކީ ދޮގު ވަހަކައެއް ނޫން. ޝާހިންގެ ބަލީގެ ވާހަކަ އަހަރެމެން ގާތު ނުދެއްކުމުން އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެމެން އެކުވެރިވީ ދެރައާއި އުފަލުގައިވެސް އެކުގައި އުޅެން.” ޔާލް ބުނެލިއެވެ. “ދެން ތި މީހުންގެ ބަލި އެކުވެރިޔާއަށް މާފުކުރުމެއްވެސް ނެތީތަ؟” ޝާހިން ވިސްނަންހުރެފަ އަހާލިއެވެ. “ސޮރީ. މިހާރު ތި ޓްރިކެއް މަސައްކަތް ނުކުރާނެ.” ފަޒީލް ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “ބަލަ ޔު އީވިލް ފަހަތުން މާފަށް އެދެމުން ނުދާނަންތަ؟” ޔާލް އަހާލިއެވެ. “އެ ރުޅިގަނޑު މަޑުވާ ގަޑިއަކަށް ދާނީ.” ޝާހިން ބުނެލިއެވެ. “އަސްލުވެސް ރޭޝް ހުރީ ވަރަށް ދެރަވެފަ. ރޭގަ ޑރ. ޒަހްޔާން އަހަރެމެންނަށް ޔުގެ ބަލީގެ ވާހަކަ ކިޔާދޭން ހުއްޓާ ޔު ހޮސްޕިޓަލަށް ގެންދެވުނު ޚަބަރު ލިބުނީ. އޭނަ ވަރަށް އެބަރުއި. ފުރަތަމަ ހީކުރީވެސް އޭނަ ޔު ސެޑޭޓް ކުރުމުން ކަމަށް އެހެންވީވެސް. ފަހުން ހަމައަކަށް އެޅުމުން ބުނި ބަލިއަށްވުރެން މިހާރު ތިމަންނަ އެންމެ ދެރަ މިވީ ޝާހިން އެކަން ސިއްރުކުރުމުންނޭ.” ފަޒީލް ބުނެދިނެވެ. “ކޮން އެކަމެއް؟” ޝާހިނާއި ޔާލަށް އެކު އެކީހެން އަހާލެވުނެވެ. “އަހަންނަށް އެނގެނީ ކިހިނެތް؟ އެހެން ހުރެފަ އޭނަ ސްޕައި މޯޑަށް އެޅިގެން ދައްކާ ވާހަކަތަށް އަހަންނަށް އެނގޭނީ ކިހިނެތް؟” ފަޒީލް އޭނައަށް ނޭނގޭ ކަމަށް ބުނަމުން އަހާލިއެވެ. “ދެން ހިނގާ ގެޔަށް ދާން. ހިޝާންބެ ގެޔަށް އަންނަައިރު ޔު ނުފެނިއްޖެނަމަ ވަރަށް ކަންބޮޑުވާނެ.” ޔާލް ބުނެލިއެވެ. “އަދި އިރުކޮޅެއް ވަން ދެން މަޑުކޮށްބަލަ.” ޝާހިން އެދުނެވެ. “ސާބަހޭ. މިހާރު މިތާ ހުންނަތާ ދެ ގަޑިއިރު ވެދާނެ.” ފަޒީލް ބުނެލިއެވެ. “އަސްލުވެސްތަ؟ އެހެން ވިއްޔާ ހިނގާ. ހޮސްޕިޓަލަށް ދިޔުމުގެ ކުރިން މަންމަ އާއިވެސް ބައްދަލުކުރަން އެބަޖެހޭ.” ޝާހިން ތެދުވަމުން ބުނެލިއެވެ. “އަދި ތި ދެމީހުން އެބަޖެހޭ އަހަންނަށް ވަރަށް ބޮޑުކަމެއް ކޮށްދޭން.” ޝާހިން އިތުރަށް ބުނެލިއެވެ. “ކޮންކަމެއް؟” ފަޒީލް އަހާލިއެވެ. “އަހަރެން ހެދި ހުރިހާ ޑީއެންއޭ ޓެސްޓުތަކާއި އެއްޗެއްހި ތިބޭނެ ސްޓަޑީ ރޫމްގަ. އެ އެއްޗެހި ބަލާފަ އަހަރެންގެ ބައްޕަައަކީ ކޮބައިތޯ ހޯދާދީ.” ޝާހިން އެދުނެވެ. “އީވިލް އެބައުޅޭ ތިކަމާއި.” ޔާލް ފޫހިގޮތަކަށް ބުނެލިއެވެ. “އަހަންނަށް އެނގޭ އޭނަ އަކީ ތަމްރީނުކުރަމުން އަންން ސްޕައި އެއް ކަން. އެކަމަކު އޭނަ އެ ކަންތައް އެ ކޮށްލަނީ ކިހިނެތްތަ؟” ޝާހިން ހައިރާންކަމާއި އެކު އަހާލިއެވެ. “ވެލް. އެއީ ވަރަށް ބޮޑު ސިއްރެއް. އެކަންތަށް ބަލަން ނޫޅޭ.” ޔާލް އެދުނެވެ. “މައްސަލައެއް ނެތް. އެކަމަކު ރޭޝް ތިކަން ކުރާ ނަމަ އަވަހަށް ނިމޭނެ.” ޝާހިން މިހެން ބުނުމުން ދެން ތިބި ދެފިރިހެނުންވެސް އެއްބަސްވެލިއެވެ.

ރޭގަނޑު ވަޤުތެވެ. މީގެ އަހަރެެއް ވަރު ކުރިން އޭނަގެ އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ އަޅާ ދިން ގޭގަ ހުންނަ އޭނަގެ ކިޔަވާ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ރޭޝްމާ ހުރިއިރު އެނދުމަތީ ހުޅުވާފަ ތިބި ފައިލްތަކެއް ތިބިއެވެ. ކުރިމަތީ ހުރި ބޯޑެއްގައި ޝާހިން އާއި އޭނަގެ އާއިލާ އެންމެންގެ ފޮޓޯތަށް ތިބިއެވެ. އެތަށް ހޯދުމަކަށްފަހުވެސް ޝާހިންގެ ބައްޕައަކީ ކޮބާކަން ނޭނގުމުން އޭނަ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ތަން އެއްކޮޅުން އަނެއްކޮޅަށް ޖަހަން ބޭނުންވިޔަސް ބޭރުގަ އާއިލާ މީހުން ތިބި އަޑުއިވުމުން އެކަން ކުރަންވެސް ނުކެރުނީއެވެ. އަޔާނީގެ ކައިވެންޏަށް މަޝްވަރާކުރަން އެމީހުން ކޮންމެ ރެއަކުވެސް އެގެޔަށް އައިސް އުޅެއެވެ. ރޭޝްމާގެ ގެޔަށް ވުރެން ބޮޑަށް އެގެ މަޝްހޫރުވެފަ އޮންނަނީ މަޝްވަރާ ކުރާ މާލަން ގޮތުގައެވެ. ރޭޝްމާ އެންމެފަހުން އޭނަގެ ފޯން ނަގާ އޭގަ ‘ސާރ’ އޭ ޖަހާފަ އޮތް ނަންބަރަށް ގުޅާލިއެވެ. ދެތިން ރިންގާއި އެކު އޭނަ ފޯން ނެގިއިރު އެ އަޑުގައި ނިދީގެ އަސަރުވިއެވެ.

“ކިހިނެތްވީތަ އައިސާ.” އޭނަ އަހާލިއެވެ. “މި ފޯނަށް ގުޅުމުންވެސް އެބަ އެނގެން ޖެހެއެއް ނޫން ރަސްމީކަމެއްގަ ކަން މި ގުޅީ.” ރޭޝްމާ ރުންކުރުވެފަ ބުނެލިއެވެ. “އަހާނ. އަހަރެންގެ އައިސާ ހާދަ ރުޅިއައިސްފަ ހުރި ވަޤުތެކޭ.” އޭނަ ސަމާސާގެ ރާގަކަށް ބުނެލިއެވެ. “ރުޅި ނައަންނާނެ ވަރެއްތަ؟ ރޭޝް ވިސްނަމުން ގޮސް ބޯގޮވާ ވަރުވީ އިރުވެސް މި ޝާހިންގެ ބައްޕަގެ މިސްޓްރީ ސޮލްވް ކުރެވޭ ގޮތެއް ނުވި. ހިޝާންބެ ބުނީ ޝައުދައްތަ ބުންޏޭ އެމީހަކީ ކާކުކަން އެނގުމުން ޝާހިން ލަދުގަންނާނޭ. އެ ބުނީ ވަރަށް ގާތްމީހެކޭ. އެކަމަކު ރޭޝް ޗެކް ކުރި އެކަކާއިވެސް ކުޑަމިނުން ޝާހިންގެ ލޭ ދިމާނުވޭ. ފައިހާ ދައްތަގެ އާއިލާގަވެސް އެލޭ ހުރީ ފާރިޝްބެ އާއި ފާރިޝްބެގެ ބައްޕަގެ އިތުރަށް ޝާހިންގެ ކާފަ ގައިގަ. އެ ތިން މީހުންނާއި ކްރޮސް މެޗް ކުރުމުން އައި ނަތީޖާ ފެނިފަ ރޭޝް ބޯގޮވާ ވަރުއެބަވޭ.” ރޭޝްމާ ވެގެން އުޅޭ ގޮތް ބުނެދިނެވެ. “ހަނީ. ވަރަށް ސާފުކޮށް ޝާހިންގެ ބައްޕައަކީ ކާކުކަން އެނގެން އޮތްވާ ކީއްކުރަން ތި ބޭކާރު މަސައްކަތް ކޮށްގެން ބޯގޮއްވަނީ؟” އޭނަ އަހާލިއެވެ. “ކާކުތަ؟” ރޭޝްމާ އޭނަގެ ކުރިމަތީ ހުރި ބޯޑަށް ބަލަމުން އަހާލިއެވެ. “ޝާހިން ގައިގަ ޖަހަނީ ކާކު ވައްތަރު؟” އޭނަ އަހާލިއެވެ. “ފާރިޝްބެ ވައްތަރު.” ރޭޝްމާ ބުނެލިއެވެ. “ދެން ފާރިޝް ގައިގަ ޖަހަނީ ކާކު ވައްތަރު؟” އޭނަ މި ސުވާލުކޮށްލުމުން ރޭޝްމާގެ ދެލޯ ބޮޑުވިއެވެ. ދެކޮޅަށް ބޯހޫރާލި އިރު ދެން ވިސްނެން ފެށީ ޝާހިނަށް މި ހަޤީޤަތް ކިޔާދޭނެ ގޮތަކާއި މެދުއެވެ.

ހަމައެވަޤުތެވެ. ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ޝާހިން ގޮސް ފައިހާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ފައިހާ ވަންނާށޭ ބުނުމުން ޝާހިން ވަރަށް ހިތްވަރުކޮށްފަ ވަނެވެ. އޭރު ފައިހާ އެނދުމަތީ އޮށޯވެ އޮތެވެ. “މިއަދު ހެނދުނުގެ ކަންތަކަށް އަހަރެން މާފަށް އެދެން. މަންމަ ދައްކަން ބޭނުންނުވާ ވަހަކައެއް ދައްކުވަން އުޅުމީ ރަނގަޅު ކަމެއް ނޫން.” ޝާހިން އައިސް ފައިހާގެ ފައި ކައިރީ އިށީންނަމުން ބުނެލިއެވެ. ފައިހާ ހިނިތުންވެލަމުން ތެދުވި ޝާހިންގެ އަތުގަ ހިފާލިއެވެ. “މަންމައަށްވެސް މާފުކުރޭ. ހަޤީޤަތުގަ ޝާހިން ހުރިހާ ލޯތްބަކުން ދުރުކުރީ މަންމަ. ފުރަތަމަވެސް މަންމަ ހަޤީޤަތް ބުނިނަމަ މިހެން ނުވީސް. އެކަމަކު މަންމަ ބޭނުމެއް ނުވީ ޝާހިނަށް އެއްވެސް ލޯތްބެއް ލިބެން.” ފައިހާ މިހެން ބުނުމުން ޝާހިނަށް ފައިހާގެ އަތު ތެރެއިން އޭނަގެ އަތް ދަމައިގަނެވުނެވެ. އަދި ހައިރާންކަމާއި އެކު ކޮޅަށް ތެދުވެވުނެވެ. ފައިހާވެސް ފަހަތުން ތެދުވުނެވެ. “އެ ކީއްވެ؟” ޝާހިނަށް އަހާލެވުނެވެ. “އެއީ ތިއީ އަހަންނަށް ލިބުނު އަނިޔާގެ ނިޝާން ކަމުގަ ވާތީ.” ފައިހާ ނުރުހިފަ ބުނެލިއެވެ. “އެކަމަކު މަންމަ އަހަރެން…” “އަހަންނަށް މަންމަ ނުކިޔާތި. ތިއީ އަހަރެންގެ ދަރިއެއް ނޫން. އެކަމަކު އަހަރެން މި ބުނިހެން އަހަންނަށް ލިބުނު އަނިޔާގެ ނިޝާން.” ޝާހިންގެ ޖުމްލަ މެދުކަނޑަމުން ފައިހާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ކަލޭ ދިރިހުރިޔަސް އަދި މަރުވިޔަސް އަހަންނަށް މައްސަލައެއް ނެތް. ދެން ތި އަނިޔާވެރި މޫނު އަހަންނަށް ނުދައްކާތި.” ފައިހާ ނުރުހިފަ ވާހަކަ ދެއްކިއިރު އެ ދެލޮލުން ދިޔައީ ވޭނީ ކަރުނަ ފައިބަމުންނެވެ. “ދޭ މިތަނުން.” ޖެހި ބުދެއްހެން ޝާހިން ހުރިތަން ފެނުމުން ފައިހާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ސިއްސައިގެން ގޮސް ޝާހިނަށް އަވަސް އަވަހަށް އެތަނުން ނިކުމެވުނެވެ. “މަންމަވެސް އަހަރެން ދެކެ ލޯބިވާ ކަމަށް އެކްޓު ކުރީ؟” ޝާހިނަށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. ޔާލް އަންނަތަން ފެނުމުން ޝާހިން އަވަސް އަވަހަށް އޭނަގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. “އެކްޓު ނުކުރޭ، އަހަންނަށް އެނގޭ ބައްދަލުވުން ދިޔައީ ރަނގަޅަށް ނޫންކަން.” ޔާލް ބުނެލިއެވެ. ޝާހިން ބޯޖަހާލިއެވެ.

އެއްދުވަސް ފަހެވެ. އޮޕްރޭޝަނަށް ދެ ގަޑިއިރު ވެފައިވާއިރު ފައިހާ ފިޔަވައި ޝާހިންގެ އާއިލާގެ އެންމެން އޭނައަށް ޒިޔާރަތްކުރަން އައެވެ. އީލަން އާއި އެކު ރީޝް އައިސް ވަންތަން ފެނުމުން ޝާހިން ހިނިތުންވެލިއެވެ. ޝާހިންގެ ބަލި އެނގުނަސް އެ އާއިލާ ތެރޭ ހިނގާ ކަމެއް އެމީހުންނަކަށް ނޭނގެއެވެ. “ޓުއާރ ނިމުނީތަ؟” ޝާހިން އަހާލިއެވެ. “ނޫން. އެކަމަކު އެއަށްވުރެން ތި މާ މުހިއްމު މީހެއް.” އީލަން ބުނެލިއެވެ. “ހިތްވަރުކުރާތި. އިރާދަކުރެއްވިއްޔާ މި ކާމިޔާބު ވާނެ.” ރީޝް ބުނެލިއެވެ. “ނޫނަސް އަހަރެމެންގެ އޮފިޝަލް ޑޭޓްވެސް އެބައޮތެއް ނޫން.” ޝާހިން ބުނެލިއެވެ. އިރުކޮޅެއްވަންދެން ވާހަކަ ދަައްކަން ތިބެފަ އެ ދެމީހުން ނިކުތީ އަދި ޝާހިނާއި ބައްދަލުކުރަން ބޭނުންވެފައި މީހުން ތިބިކަމަށް ބުނަމުންނެވެ. އެ މީހުން ނިކުތުމަށްފަހު ވަން ގުރޫޕު ފެނިފަ ޝާހިންގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއްވެރިވިއެވެ. “ހާދަ ގިނަ ދުވަަސް ވައްޖޭ ތި ހިނިތުންވުން ނުފެންނަތާ.” ފަޒީލް ބުނެލިއެވެ. “އަހަންނަށް ހީވަނީ އީވިލް ފެނުމުން ވެރިވި އެއްޗެއްހެން އެއީ.” ޔާލް ބުނެލިއެވެ. “އެއަށްވުރެން ބޮޑަށް ތިދެމީހުން އެކުގަ ފެނުމުން އުފާމިވީ.” ޝާހިން ބުނެލިއެވެ. “ދެންވެސް ފައިހާ ދައްތަ ބުނި އެއްޗެއް ބުނެބަލަ. ފައިހާ ދައްތަ މިތާ ނެތުމުން އަހަރެމެންނަށް އެނގޭ ތި ދެމެދުގެ ގުޅުން ރަނގަޅު ނޫންކަން.” ރޭޝްމާ މިހެން ބުނުމުން ވިސްނަން އޮވެފަ ޝާހިން ރޭގެ ހާދިސާ ކިޔާދިނެވެ.

“އެހެންވީމަ ދައްތަ ތި މީހެއް ދެކެ ހާދަ ރުޅިއެއް އާދެއޭ.” ފަޒީލް ބުނެލިއެވެ. “އީވިލަށް އެނގުނީ ކޯޗެއް؟” ޔާލް އަހާލިއެވެ. “ޝާހިންގެ ބައްޕައަކީ.. އަމް.. ޝާހިންގެ މަންމަ ފަރާތު މީހެއްކަން.” ފަސްޖެހިފަ ހުރެމެވެސް ރޭޝްމާ ބުނެލިއެވެ. ޝާހިން ފުންނޭވާއެއް ދޫކުރިއެވެ. “މަންމަ ފަރާތު ކާކު؟” ޝާހިން އަހާލިއެވެ. އެެހެނަސް ރޭޝްމާ އަށް ޖަވާބެއް ނުދެވެނީސް ޑރ. ޒަހްޔާން އައެވެ. އޮޕަރޭޝަންގެ ކުރިން އޭނަ ޝާހިން ޗެކް ކުރަން ބޭނުން ކަމަށް ބުނުމުުން އެ ތިން މީހުން އެތަނުން ނިކުތެވެ. ޝާހިން ބެލުމަށްފަހު ޒަހްޔާން ދިޔަފަހުން އެތަނަށް މީހުން ވަނުން މަނާކުރިއެވެ. ޝާހިންގެ އޮޕަރޭޝަން ފެށެންވާއިރަށް އެންމެންވެސް ގެތަކަށް ގޮސް ހުރިހާ ތައްޔާރީތަށް ވެގެން އައެވެ.

މެންދުރު ދޭ ޖެހުމާއި އެކު ޝާހިންގެ އޮޕަރޭޝަން ފެށުނެެވެ. އެންމެންނަށްވެސް ހައިރާންކަމެއް ލިބުނީ ފައިހާ އެތަނަށް އައުމުންނެވެ. “ކީއްވެ ތި އައީ؟ އަހަރެން ހީކުރީ އޭނަ މަރުވިޔަސް އަދި ދިރި ހުއްޓަސް މަންމަ އަށް މައްސަލައެއް ނެތްކަމަށް.” ހިޝާން މިހެން ބުނުމުން ފައިހާ ހިނިތުންވެލިއެވެ. “މަރުވާތަން ދެކެން މި އައީ.” ފައިހާ މިހެން ބުނުމުން އޭނަގެ ކޮއްކޮ ފައިސަލް ހައިރާންކަމާއި އެކު އެ އެންމެންނަށް ބަލާލިއެވެ. ޝާހިންގެ އޮޕްރޭޝަންގެ ޚަބަރު ލިބުމުން މާލޭގަ ހުރެފަ ރަށަށް އައި ފައިސަލަށް އަދި ފާރިޝްމެންނަށް ވެސް އެ އާއިލާ ތެރޭ ހިނގާ ބޮޑު ހަނގުރާމައެއް ނެނގެއެވެ. “ދައްތަ ތި ބުނީ ކީކޭ؟” ޝެއިނާ ހައިރާންކަމާއި އެކު އަހާލިއެވެ. “ޝާހިން ނަހަލާލު ކުއްޖަކަށް ވީ ދައްތަގެ ސަބަބުންނެއް ނޫން. ދެން ކީއްވެ އޭނަ ދެކެ ރުޅި ތި އަންނަނީ؟” ފައިސަލް މިހެން އެހުމުން ފާރިޝާއި ޝެއިނާ ހިޝާނަށް ބަލާލީ ޝާހިން އަކީ ނަހަލާލު ކުއްޖެކޭ ބުނުމުންނެވެ. ހިޝާން ބޯޖަހާލުމުން އެދެމީހުން ހައިރާންކަމާއި އެކު ފައިހާ ބަލާލިއެވެ. “ނޫން ފައިސަލްބޭ. އެއީ ދައްތަގެ ކުށެއް ނޫން. ދައްތަ ކުރި ހަމައެކަނި ކުށަކީ އެ އަނިޔާތައް ސިއްރުކުރުން.” ރޭޝްމާ މިހެން ބުނުމުން އެންމެންގެ ނަޒަރު އޭނައަށް ދިޔައެވެ. ރޭޝްމާ އައިސް ފައިހާ ކައިރީ ހުއްޓި އޭނަގެ ކޮނޑުގަ އަތްއެޅިއެވެ.

“އެއްފަހަރު ބުނެލިއިރު އެއީ ކޮންމެވެސް ހުޒާމެއް. އަނެއްފަހަރު ބުނެލިއިރު ގާތްތިމާގެ މީހެއް. އެކަމަކު ހަޤީޤަތުގަ… ހަޤީޤަތުގަ އެއީ ގާތްތިމާގެ މީހެއް ނޫން. އެކަމަކު އެ މީހެއްގެ ލޭ ތިމަންނަ ގައިގަ ދައުރުވާ މީހާ.” ރޭޝްމާގެ ޖުމްލައިން އެންމެންނަށްވެސް ލިބުނީ ބޮޑު ސިހުމެކެވެ.

Share Article

Follow Me Written By

Ernth

Level 1

Other Articles

Previous

ކުޅަނދުންވަންތަކަން ( 5 ވަނަބައި)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސްވަނަބައި)

Next
November 24, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ތިރީސްވަނަބައި)

Previews
November 24, 2017

ކުޅަނދުންވަންތަކަން ( 5 ވަނަބައި)

7 Comments!

  1. Anonymous says:
    November 24, 2017 at 11:38 pm

    Me first dho

  2. Minion says:
    November 24, 2017 at 11:59 pm

    Thibi eh noon …

  3. Rsh says:
    November 25, 2017 at 12:21 am

    Nice

  4. Who this? says:
    November 25, 2017 at 12:38 am

    Amazing?? Love itt.hopes we will get to read the next ep soon as possible

  5. My says:
    November 25, 2017 at 8:37 am

    Hurun, inun, othun, mi baithah mutholia kohlun varah muhihmu. Mi vaahakaiga ebaithah beynunkohfavany nubaikoh. Ummeedh kuran dhen inna partun ekahala kuhthah nufennaanekamah

  6. PRINCESS AFU says:
    November 25, 2017 at 9:11 am

    Nice??

  7. Sweetie says:
    November 25, 2017 at 11:02 am

    Mivaahaka mi liyanee dhivehibahah hajoo jahantha?
    Gavaidhu dhaskuran feney. Mulhinves bahuge kuh.

Comments are closed.



All Right Reserved!