Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ނަވާރަވަނަ ބައި)

riya Level 2100 Comments10 Stories
February 4, 2018 4 Mins Read
23 Comments

ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އަލްޔަންއާއި ޒީކްގެ ގުޅުން ބަދަހިވެފައިވިއެވެ. ދެރަހުމަތްތެރިންގެ ހައިސިއްޔަތުން ކަންކަމުގައި ހިޔާލު ބަދަލުކޮށްލާ ހަދަމުން ދެއެވެ. މިސައިބާގެ އަބަދުވެސް ޒީކް އަލްޔަންގެ ކައިރީގައި ބެހެއްޓޭތޯ މަސައްކަތް ކުރަމުން ދެއެވެ. އެކީގައި ތަންތަނަށް ކަންކަމުގައި ފޮނުވުމާއި އަލްޔަންގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ޒީކްއާ ވަނީ ހަވާލުކުރެވިފައެވެ. އެފަދަ ކޮންމެ ކަމަކުން ވިޔަސް ޒީކްގެ ހިތުން އަލްޔަންއަށް ޖާގައެއް ހޯދަދިނުމަށް މިސައިބާ ހުރީ ތައްޔާރަށެވެ. ޒީކް ހިތްހެޔޮކަމާއެކު ވާހަކަ ދައްކަން ފެށުމުން އަލްޔަންގެ ހަޔާތަށް އާދިރުމެއް އައިސް ފައިވާ ކަހަލައެވެ. އެމޫނުމަތިން އަބަދުވެސް ހިނިތުންވުން ފެންނަން ހުރެއެވެ.

 

މިސެމިސްޓަރގެ ކިޔެވުން ނިމުމާއެކު ރަށަށް ދިޔުމާއިގެން ޒީކް އަވަސްވެގަތެވެ. ހަމައެހެންމެ އިޔާންވެސް މާލެ ދިޔުމަށް ތައްޔާރުވަމުން ދިޔައެވެ. މިސައިބާ އާއި އަލްޔަން ވަނީ ހިސާބަކަށް މާޔޫސް ވެފައެވެ. ބަންދު ދުވަސްތަކުގައި ކަންތައްތައް ގެންދާނެ ގޮތް އެދެމީހުން ވަނީ މާކުރިން ރާވައި ނިންމާފައެވެ. ނަމަވެސް ޒީކް ރަށަށް ހިނގައްޖެނަމަ އެމީހުންގެ ޕްލޭން މުޅިން ނާކާމިޔާބު ވެގެން ދާނެއެވެ. މިއިން އެއްވެސް ކަމެއް ނޭގޭ ހާލު ރަށަށް ދިޔުމުގެ ފޮނި ހުވަފެންތައް ޒީކް ދެކެމުންދިޔައެވެ.

 

އެނދުމަތީގައި ދެފައި ވައްކޮށްލައިގެން ހެދުންތައް ފައްޖަހާފައި ދަބަހުގެތެރެއަށް އެޅުމުގެ މަސައްކަތުގައި ޒީކް ހަމަޖެހިލާފައި އިނެވެ.

“ޒީކް” މިސައިބާ ކޮޓަރި ތެރެއަށް ވަންނަމުން ގޮވާލިއެވެ.

“ކިހެނެއްތޯ ވީ” ޒީކް އެނދުން ތެދުވަމުން ބުނެލިއެވެ.

“ޒީކް ތިގޭގައި އިތުރު މީހަކަށް ހުރެވޭނެތަ؟” މިސައިބާ ޒީކްގެ މޫނަށް ބަލަން ހުރެ އަހާލިއެވެ.

“ކިހެނެއްތޯވީ. . . އެކަހަލަ ފަގީރު ގެއެއްގައި މީހަކަށް ގޮސް އުޅެވޭނެ ހެނެއް ހިޔެއްނުވޭ” ޒީކްގެ ބުނެލިއެވެ.

“ތިގޭގަ ހުރުވޭނެތަ؟ ގޭގެ ހާލަތު އެއީ މައްސަލައެއް ނޫނޭ” މިސައިބާ ހިނިތުންވެލަމުން ބުނެލިއެވެ.

“އާނ ހުރެވިދާނެ. . . އެކަމަކު” ޒީކްގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

“އެންމެ ރަނގަޅު ދެން . . . ވިޔަފާރީގެ ކަމަކު އާލިން ކުރިން ދާން އުޅުނީ. އެކަމަކު މިހާރު އަލްޔަން ފޮނުވަން ކަމަށް. ތިރަށުގައި އޭނަ ދަންނަ އެކަކުވެސް ނޫޅޭނެ. ޒީކް ކައިރީގައި ހުރެއްޖެއްޔާ ފަސޭހަވާނެއެއްނު” މިސައިބާ އެހެން ބުނެލުމަށްފަހު ހިނގައްޖެއެވެ. މިސައިބާ ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ޒީކްއަސް ހުރެވުނީއެވެ. ކުރިމަތިވާން މިއުޅެނީ ކޮންފަދަ ކަންތައްގަޑެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

 

އިޔާންގެ ފޮށިތައްޔާރު ކުރުމުގެ މަސައްކަތުގައި ލާނާ އެހީތެރިވަމުން ދިޔައެވެ. އިޔާން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އައި ވަގުތު ނިމުމަކަށް އަންނަނީއެވެ. އެހެން ދުވަސްދުވަހަށް ވުރެ މިއަދު ގަޑި ހިނގާލެއް ލަސްހެން އިޔާންއަށް ހީވާ ކަހަލައެވެ. މިނެޓަކު އެއްފަހަރު ގަޑި ބަލަމުންދިޔައެވެ. ޒީކްއަށް ސަޕްރައިޒެއް ދޭން ބޭނުންވާތީ އިޔާން ދާކަމެއް އެކަކަށްވެސް ނާންގައެވެ.

“އިޔާން މިއަދު ހާދަ އެހެން ގޮތެއް ހެން ހީވެޔޭ” ލާނާ އިޔާންގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަހާލިއެވެ.

“އެހެންނެއްނު ވާނީ. ހާދަ ދުވަހެއްގެ އިންތިޒާރެކޭ ނިމުމަކަށް މިއައީ. މިތާގައި މިވީ ކޮންމެ މަހެއްވެސް ހީވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވާހެން” އިޔާންގެ އަޑުގައި ވަނީ އުފާވެރިކަމެވެ.

“ދާއިރު ފަހަރި އިންތިޒާރުގައި ނެތިއްޔާ އޯ” ލާނާ އިޔާންއަށް ޖެއްސުންކޮށްލިއެވެ.

“ޒީކް އެހެނެއް ނުހަދާނެ. އެހެން ވެއްޖެއްޔާ ހިތްހުއްޓިގެން މަރު ކަންނޭގެ ވާނީ” އިޔާން ހެމުން ވާހަކަ ދެއްކިއެވެ.

“ފަހަރި ގޮވައިގެން އަންނަންވާނެ މިކޮޅަށް އިނގޭ” ލާނާ ފޮށީގެ ލިބު ދަމާލަމުން ބުނެލިއެވެ.

“އަންނާނަމޭ ލާނާކޮއްކޮ ވަރަށް ފޫހިވާނެ ދޯ ދިޔައީމަ” އިޔާން ލާނާ ހުރީ ދެރަވެފައިހެން ހީވުމުން އަހާލިއެވެ.

“ދެން އަންނާނަމެއްނު އަވަހަށް އޭރުން ނުވާނެ ފޫއްސެއް” ލާނާ އެހެން ބުނެލަމުން ފޮށި ހިފައިގެން ނިކުން އިޔާންގެ ފަހަތުން ހިނގައިގަތެވެ.

 

ފުރަންދާން ތައްޔާރުވެގެން ފޮށި ހިފައިގެން ސިޓިންގރޫމުގެ ތެރެއަށް ނިކުތްއިރު އަލްޔަންގެ ކަޅުކުލައިގެ ކުޑަފޮށި ސިޓިންރޫމުގެ އެއްކޮޅުގައި ބަހައްޓާލާފައި ހުއްޓެވެ. މީހަކު ފެންނަން ނެތުމުން ދަބަސް ފޮށި ކައިރީގައި ބަހައްޓާލަމުން ބަގީޗާގެ ތެރެއަށް ނިކުމެލިއެވެ. އަލްޔަން ތައްޔާރުވެގެން ނިކުތުމުން ދެމީހުން އެކުގައި ކާރަށް އަރައި ޓީޖެޓީއާ ދިމާއަށް ދުއްވައިލައިފިއެވެ.  ކާރުގައި ހޭދަކުރެވުނު ދިހަވަރަކަށް މިނިޓް ފާއިތުވެގެން ދިޔައީ ހަމަހިމޭން ކަމާއެކުގައެވެ.

 

ފުރަން ތައްޔާރުވެގެން އައިސް ފައިވާ މީހުންތަކުންނާއި މީސްމީހުން ފުރުވަން އައިސް އުޅޭ މީހުންތަކުން ޓީޖެޓީގެ ސަރަހައްދު ވަނީ ވަރަށް ހަލަބޮލިވެފައެވެ. ކާރުތަކާއި ޕިކަޕް، ލޮރީ ފަދަ ތަކެތީގެ ބަރުގަނު ގަދައަޑުފައްގަނޑުން ކަންފަތަށް އުނދގޫވަމުން ދިޔައެވެ. ކުރީ ސީޓްގައި ޑްރައިވަރާ ޖެހިގެން އިން އަލްޔަން އަވަހަށް ފައިބައިގެން ގޮސް ޒީކް ފައިބަން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ.  މީހުންތަކުގެ ތެރެއިންލާފައި ގޮސް އަލްޔަންގެ އެހީއާއެކު ޒީކް ބޯޓަށް އަރައިފިއެވެ. ބޯޓް ނައްޓާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައިރު ފަޅުގައި އަޅާފައިވާ ބޯޓްތަކަށް ނަޒަރު ހިންގާލަ ހިންގާލާ ޒީކް އިނެވެ. އަލްޔަންވެސް ފޮށިތައް އެތެރެއަށް ވެއްދުމަށްފަހު އައިސް ޒީކް ކައިރީގައި ހަމަޖެހިލައިގެން އިށީދެއްޖެއެވެ.

 

އިޔާން ލާނާއާ ސަލާމްކޮށްލަމުން އެއަރޕޯޓްގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. އިޔާންގެ މޫނުމަތީގައިވާ ތާޒާކަމާއި އުފާވެރި ހިނިތުންވުމުން އޭނާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. އަތްކުރު މަޑުނޫކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސުގައި އޭނާ ފެންނަނީ ވަރަށް ސްމާޓްކޮށެވެ. އެވަގުތު ފުރާ އެންމެ ފްލައިޓެއް އޮތުން ޗެކިންގައި މާގިނަ ވަގުތެއް ހޭދަކުރާކަށް ނުޖެހުނެވެ.
ޗެކިން ނިމި ބޯޑިންއަށް ގޮވާލަންދެން އިޔާން ގޮނޑިއެއްގައި އިށީދެލައިގެން އިނެވެ. އައްޑޫ ދޫކޮށް ދާންވީމަ ކުޑަކޮށް ދެރަވާގޮތްވިޔަސް ޒީކްއާ ބައްދަލުވުމުން ލިބޭނެ އުފާމާބޮޑުކަން އިޔާންއަށް އެނގެއެވެ. ޒީކްގެ ހިޔާލުތަކުގެ ތެރެއަށް ހިތްދޫކޮށްލައިގެން ދެލޯމަރާލައިގެން އިޔާން އިނެވެ. މިވަގުތު ޒީކް ކުރާނީ ކީއްބާވައެވެ. ޒީކާ ގޭގައި އުޅޭނެ ބާވައެވެ. ޒީކްވެސް އޭނާ މަތިން ހަނދާންކުރާނެކަން ޔަގީނެވެ. ބޭއިހްތިޔާރުގައި އިޔާންއަށް ހިނިތުންވެލެވުނެވެ.

 

ބޯޓުން ބޭރަށް ދެފައި ބާލައިގެން ބޯޓްގެ ގެގަނޑުގައި ލެނގިލައިގެން ޒީކް އިނެވެ. އަލްޔަންވެސް އިރުއޮއްސެމުންދިޔަ އުދަރެހާ ދިމާއަށް ބަލަންއިނެވެ. އެރީތި މަންޒަރުގެ ތެރެއަށް ގޮސް ގެއްލިފައެވެ. އެވަގުތު ކުޑަކޮށް ވައިބާރުވާކަމުގެ އިހްސާސް ޒީކްއަށް ކުރެވުނެވެ. އޭނާގެ ފަންއިތަށިގަނޑު ވަޔާ ވިހުރެންފެށުމުންނެވެ. އަލްޔަންގެ މޫނުގައި އިސްތަށިތައް ގޮސް ޖެހުމުން ސިހިފައި ކަހަލަގޮތަކަށް ޒީކްގެ މޫނަށް ބަލާލިއެވެ.

“އަޅެ ޒީކް މަތިން ދާން އެއްބަސްވިނަމަ ކިހާ ފަސޭހަވީސް. މީހުންގިނަ ބޯޓެއްގަ އެހާ ގިނަވަގުތު ނުގެއްލި ވީހެއްނު” އަލްޔަން ހުރީ ޒީކް އެކަމަށް އެއްބަސްނުވެ ގޮތްދޫނުކުރުމުން ހިތްހަމަނުޖެހިފައެވެ.

“އަލްޔަންއަށް ކަނޑު ދަތުރުކުރަން އުނދަގުވާނަމަ މަތިން ދިޔަނަމަ، އަހަރެން ނުބުނަމެއްނު މަށާއެކީ ހިނގާށެކޭ، އަލްޔަން އަމިއްލައަށް އައީ އެއްނު. އެހެން ނޫނަސް މީގަވެސް ދަތުރު މިކުރަނީ ހަމަ އަހަރެމެން ކަހަލަ އިންސާނުންނޭ. ނިކަމެތިންނާ ދޭތެރޭގަވެސް ވިސްނާލަބަލަ، އެއްފަހަރުވެސް މިކަހަލަ ދަތުރެއް ކޮށްލީމަ އަލްޔަންއަށް ވިސްނޭނެ އެމީހުން އުޅޭ ގޮތް، އެމީހުންގެ ހާލަތު” ޒީކް މަޑުމަޑުން ބުނެލިއެވެ.

“އޯކޭ އޭ ދެން މިހާރު މިއަށް އެރިފަ ވިއްޔަ މިހިރީ، ދެން ފޭބޭނީ ރަށަށް ދެވުނީމައެއްނު” އަލްޔަން ބުނެލިއެވެ.

“ނޫނޭ ކަނޑުގައި މާތަން ބޮޑު އަވަހަށް ފުންމާލައިގެން ފަތާފަގޮސް މާލެއަށް އަރާ. އަދި އަތުވާހާ ދުރަކަށް ނުދެއެއްނު” ޒީކް ހިނިއައިސްފައި ވާހަކަ ދެއްކިއެވެ.

“އެންމެ ރަނގަޅޭ ދެން. އުފާވެފަ އިނދެބަލަ” އަލްޔަން އެހެން ބުނެލަމުން ފޯނު ނަގައިގެން ކޮންމެވެސް އެއްޗެއް ބަލަން ފަށައިފިއެވެ.

“އަޅެ ހިތްފަސޭހައެއް ނޫންތަ؟ ކިހާ ހިތްގައިމު، ކިހާ އަރާމު ވައެއް މިޖެހެނީ، އަހަރެން އަބަދުވެސް ކަނޑު ބޯޓްތަކުގައި ދަތުރުކުރާ ހިތްވޭ” އިރުއޮށްސެމުން ދިޔަ ހިތްގައިމު މަންޒަރަށް ޒީކްގެ ނަޒަރުގޮސް ހުއްޓުނެވެ.

 

ބޯޑިންއަށް ގޮވާލިއަޑާއިއެކު އިޔާންގެ ރީތި ދެލޯހުޅުވާލިއެވެ. ހިތުތެރޭގައި އުތުރިއަރަމުންދިޔަ ދިޔަ ހިޔާލުތައް އޮއްބާލަމުންނެވެ. ބޯޓަށް އަރައި ހަމަޖެހިލަމުން ސީޓްބެލްޓް އަޅުވާލިއެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލައިގެން އިން އިޔާންގެ ސިކުނޑިތެރެއަށް ޒީކްގެ ހިޔާލުތައް ވެރިވެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެހެންކަމުން ކެބިންކުރޫ ފްލައިޓްގެ އެހީއަށް އެދޭ ވަސީލަތްތައް ބޭނުންކުރާނެގޮތް ފަސިންޖަރުންނަށް ކިޔައިދެމުން ދިޔައަޑުވެސް އިވެމުންދިޔައީ ހުވަފެނީ ގޮތަކަށެވެ. އަމާންކަމާއެކު ދަތުކުރަމުންދިޔަ ބޯޓް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާނެ އިރެއްގެ އިންތިޒާރުގައި އިޔާން ލޯމަރާލިއެވެ.

 

“ޒީކް ވަރަށް ބަނޑުހައި ވާހެން ހީވަނީ” އަލްޔަން ފޯނު ޖީބު ތެރެއަށް ލަމުން ބުނެލިއެވެ.

“ދަބަހުގައި ހުންނާނެ އަލްޔަންގެ މަންމަ ދިން ކާއެއްޗެހި، ބަލައި ދަންތަ؟” ޒީކް އަހާލިއެވެ.

“ދޭބަލަބަލާ، ވަރަށް ބަނޑުހައި” އަނެއްކާވެސް އަލްޔަން ބުނެލިއެވެ. އެހެން ބުނުމާއެކީ ޒީކް ކޮޅަށް ތެދުވެއްޖެއެވެ. ކައިރީގައި ޖަހާފައިވާ ޗެންޗޭނުގައި ހިފަހައްޓާއި ނުލެވިގެން އުޅެނިކޮށް ބޯޓު ވަރަށް ބޮޑަށް ރޯލްކުރަން ފަށައިފިއެވެ. ޒީކްއަށް އަމިއްލަ ހަށިގަނޑު ބެލެންސް ކޮށްލުންވީ އުނދަގޫކަމަކަށެވެ. އަލްޔަންގެ އުނގުތެރެއަށް ވެއްޓުނީ ހިފެހެއްޓުމެއްނެތް ގޮތަކަށެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން ޒީކްގެ ގައިގައި އަލްޔަން ބައްދާލިއެވެ. ދެމީހުންގެ ހޫނު އެކަކު އަނެކަކަށް އިހްސާސްވަމުން ދިޔައެވެ. އަލްޔަން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ތުންފަތުގައި ދަތްއަޅާލިއެވެ. އަދި ވިހުރެމުންދިޔަ ޒީކްގެ އިސްތަށިތައް އެއްފަރާތް ކޮށްލަމުން އެއޮމާން ކަނދުރާގައި ބާހިލިއެވެ.

“ތަދުވިތަ؟” އަތުގައި ފިރުމާލަމުން ބުނެލިއެވެ.

“ނޫން” ޒީކް ތެދުވެންނަން މަސައްކަތް ކުރަމުން ބުނެލިއެވެ. ނަމަވެސް އަލްޔަންގެ ބާރުގަދަ ދެއަތުގެތެރޭގައި ހައްޔަރުވެފައި އިނުމުން ތެދުވެވޭ ގޮތެއްނުވިއެވެ.

“ޒީކް މިތާގަ އިނދޭ. އަންނާނަން ދަބަސް ހިފައިގެން” އަލްޔަން ޒީކްގެ އަތުގައު ހިފާލަމުން ކައިރީގައި ބޭންދިއެވެ.

 

ބޯޓް ޖެއްސުމާއެކީ އިޔާން އަވަސް އަވަހަށް ބޯޓުން ފައިބައިފިއެވެ. އަދި ލަގެޖް ހިފައިގެން ފެރީއާ ދިމާއަށް މިސްރާބުޖަހައިފިއެވެ. މާލޭ ތޮށިގަނޑާއި ފެރީ ގާތްކޮށްލުމާއެކު އިޔާން އަވަސް އަވަހަށް ފައިބައިފިއެވެ. ކާރެއް ހުއްޓުވުމަށްފަހު ޑިކީގެ ތެރެެއަށް ފޮށިލުމަށްފަހު އަރައި އިށީދެއްޖެއެވެ. ކާރުގައި ހޭދަވެގެން ދިހަ ކޮންމެ މިނިޓަކީ އެތައް ގަޑިއިރެއްކަމުގައި ވެގެންދިޔައެވެ. ރޫބީސްގެ ކައިރިއަށް ކާރު ރަނގަޅަށް މަޑުނުކުރެވިގެން އުޅެނިކޮށް އިޔާން ފައިބައިފިއެވެ. ފޮށި ހިފައިގެން ގޭޓުން ވަދެގެން ދިޔައީ ފޮނި އުއްމީދުތަކަކާއެކުގައެވެ. އެއީ ކުލައެއްނެތް ހުވަފެނެއްކަން އިޔާންއަށް އެނގޭނީވެސް ކިހެނެއް ހެއްޔެވެ.

“މޮމް އައި އޭމް ބެކް” އިޔާންއަށް ސިޓިންގރޫމުގައި އިން މިސައިބާ ފެނުމުން ފޮށި ބަހައްޓަމުން މިސައިބާގެ ކައިރިއަށް ދިޔައެވެ.

“އަންގާވެސް ނުލާ” މިސައިބާ ހިނިތުންވެލަމުން ބުނެލިއެވެ. އެމޫނުގައި ވަނީ އުފާވެރިކަމެވެ.

“ސަޕްރައިޒް ދޭންވެގެން ނުގުޅީ، ކޮބާ އާލިންބެއާއި އާލް” އިޔާން ގޭތެރެއަށް ބަލާލަލުން ބުނެލިއެވެ.

“އާލިންބެ އަދި ނާދޭ، އާލް ވިޔަފާރި ކަމަކު ރާއްޖެތެރެއަށް މިއަދު ހަވީރު އެފުރީ. މަންމަ ފޫހިވެފަ ހުއްޓަ ދަރިފުޅު ތިއައީ” މިސައިބާ އިޔާންގެ ބޮލުގައި ފިރުމާލިއެވެ.

“ފެންވަރާލައިގެން އަންނާނަން” އެހެން ބުނެލަމުން ފޮށިހިފައިގެން ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

ނޫރު (ބައްތިރީސްވަނަ ބައި)

Next

ކެތްކުރީމޭ އެހެނަސް 3 ވަނަ ބައި

Next
February 5, 2018

ކެތްކުރީމޭ އެހެނަސް 3 ވަނަ ބައި

Previews
February 4, 2018

ނޫރު (ބައްތިރީސްވަނަ ބައި)

23 Comments!

  1. riya says:
    February 4, 2018 at 11:21 pm

    helo readers, here is the new part. pls do comment ur views after reading this part . Thank u for reading and n liking my story. Gudnite

  2. Jeyz says:
    February 4, 2018 at 11:38 pm

    Yey me first

    1. riya says:
      February 4, 2018 at 11:41 pm

      yeah jeyz ah first

  3. Jeyz says:
    February 4, 2018 at 11:39 pm

    Miadhu jehi jehigen 2 first hoadhy mee kada

    1. riya says:
      February 4, 2018 at 11:42 pm

      varah vaahaka kiyaa hihvaa kuhjeh

  4. Blue beauty says:
    February 4, 2018 at 11:42 pm

    haadha kurey mpart…..akamvarah reethi..iyaan are xeek dhurunukurahchey igey…

    1. riya says:
      February 4, 2018 at 11:48 pm

      lets see what is going to happen

  5. riya says:
    February 4, 2018 at 11:48 pm

    thank you 🙂

  6. ♥♥♥ says:
    February 5, 2018 at 12:21 am

    Alhey iyaan ah ehn nuhadhaa, iyaan aa xeek gulhuvahchey

    1. riya says:
      February 5, 2018 at 5:39 am

      Dhen balamaa hingaa vaagotheh dhw

  7. Icy♡ says:
    February 5, 2018 at 4:56 am

    Wow
    Vrh reethi
    I was really waiting for this

    1. riya says:
      February 5, 2018 at 5:40 am

      Thank u icy

  8. Hanan says:
    February 5, 2018 at 6:42 am

    V reethi mi bai. Alyan aai zeek v gulhey.

    1. riya says:
      February 5, 2018 at 11:42 am

      thank u hanan, hmmm aslu e dhemeehun maa gulheyey dhw… 🙂

  9. Xaaan says:
    February 5, 2018 at 9:04 am

    މާޝާﷲ ވަރަށް ރީތި ޒީކު އާއި އިޔާން ގުޅުވައްޗޭ އިންގޭ އަލްޔަން ވަނީ ޒީކް ދެކެ ފޭކް ލޯބި

    1. riya says:
      February 5, 2018 at 11:43 am

      ޝުކުރިއްޔާ ޒާން… ޒީކް ހަމަ އިޔާންއާ ވެސް އަދި ގުޅިދާނެ އެއްނު ދޯ

  10. Pinky shifoo says:
    February 5, 2018 at 9:31 am

    Alhey kihineh mi veee ??… Zeek and iyaan gulhuvahchey riya plxxxxx… Story hama varah varah reethi as usual ??… Waiting for next part ??

  11. Xxxx says:
    February 5, 2018 at 1:20 pm

    Wooooowww ???? nice story

  12. riya says:
    February 5, 2018 at 3:51 pm

    Thank u

  13. Lalla says:
    February 5, 2018 at 4:06 pm

    sentence nimaafa hunna ehaa rangalhu nun kan faahagakollan..eg araifieve. Fashaifieve..Aslu innaany erieve. Feshieve..Ehn huryma dhn v odd dhw..Plx hykuran rangalhu kollaaane kamah..Story v nys..Thnk yu

    1. riya says:
      February 6, 2018 at 11:53 am

      ޝުކުރިއްޔާ… ކަންކުރާއާ ގުޅިގެން ކަމަށް އަންނަ ބަދަލުގެ ތެރޭގައި އެހެން މީހަކަށް ނިސްބަތްކޮށް ބުނާއިރު ‘ނިމުނުކަން’ އަންގައިދޭއިރު އަބަދުވެސް ލިޔާނީ ‘އަރައިފި’ ދުވެފި’ މިހެން…..
      ‘ދުވި’ ، ‘އެރި’ ބޭނުން ކުރާނީ ‘ނިމިނިމުނު ކަން’ އަންގައިދިނުމަށެވެ.
      ނިމުނުކަމަކީ ވޭތުވެދިޔަ ކައިރި ޒަމާނެއްގައި ނިމުނު ކަންތައްތައް.
      ނިމިނިމުނު ކަމަކީ ވޭތުވެދިޔަ ދުރު ޒަމާނެއްގައި ދެނިމިފައިވާ ކަންތައްތައް

  14. Sana says:
    February 5, 2018 at 9:21 pm

    Alhey Alyan and zeek gulhuvabala pls riya when next part?

    1. riya says:
      February 6, 2018 at 11:54 am

      mirey

Comments are closed.


All Right Reserved!