Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (20)

Crystal Level 210 Stories100 Comments
February 4, 2018 5 Mins Read
14 Comments

ކުރީގެ އަދަދާއި ގުޅޭ : އޭރު ނަމާދަށް ނުގޮސް އަހަންނަށް އިނދެވެނީ ވިސްނާށެވެ. ނަމާދަށް ދިއުމަށް އިސްކަމެއް އަހަންނަކަށް އޭރު ނުދެވެއެވެ. އަހަންނަށް ބައެއް ނަމާދުވެސް އެހެންގޮސް އެޅުނެވެ. ދުވަސްކޮޅެއްވާންދެން އަހަންނަށް އުޅެވުނީ ހަމަ އެހެންނެވެ.

އެކަމާ ފަހުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެންގޮސް އަހަރެން ތައުބާވެސް ވީމެވެ. އަދި އޭގެ ފަހުން ނަމާދުތަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އަހަރެންގެ ހިތާމަތަކަށް ވުރެ ދީނަށް އިސްކަންދިނީމެވެ.

ކުރީގައި ގްރޭޑް 9 ގައި އުޅުނު ދުވަސްވަރުގައި ނުކިޔެވިގެން ބައެއް މާއްދާތަކުން އަހަރެން ފެއިލްވެސް ވިއެވެ. އެމާއްދާތަކުން އަހަންނަށް ލިބިފައި ހުރީ އީ އާއި އެފް ގްރޭޑެވެ.

ބައްޕަ އަހަންނާ އެންމެ ބޮޑަށް ބެހުނީވެސް ގްރޭޑް 9 ގައެވެ. ހުރިހާ ކަމަކާ ވިސްނަން އުނދަގޫވިއެވެ. އެކަމަކުވެސް އަހަރެން ކެތްކުރީމެވެ.

އަހަރެން ފެއިލްވުމުން މަންމަ އަހަރެންދެކެ ވަރަށް ރުޅިއައެވެ. މަންމަ އެއްޗިހި ކިޔާގަޑީގައި ބައްޕަވެސް މަންމަ ގާތުގައި އިނދެގެން  ދެންތިހާވަރަށް އެއްޗިހި ނުކިޔާށޭ.. ކިޔެވުމާއި ނުކިޔެވުން އެއީ ޒާރާގެ އަމިއްލަކަމެކޭ.. ބުނެއެވެ.

ބައްޕަ ޖައްސާ އެކްޓުތައް ފިސާރި މޮޅެވެ. އަހަންނަށް ނުކިޔެވެނީވެސް ބައްޕައާ ހެދިއެވެ. ބައްޕަ އިންނަނީ މަންމަގެ ކުރިމަތީގައި ވަރަށް މާތް މީހަކަށް ވެގެންނެވެ. މިހާ ބޮޑަށް އެކްޓް ޖައްސާ މީހެއްގެ ކިބައިން އަހަރެން ސަލާމަތްވާނީ ކިހިނެއްބާއޭވެސް ހިތަށް އެރިއެވެ.

ބައްޕަ އަހަރެން ޓިއުޝަނަށް ފޮނުވާނެ ލާރިދެއެވެ. ސްކޫލު ކަންތަކުގައި ބޭނުންވާ އެއްޗިހި ހޯދާނެ ލާރި ދެއެވެ. އެހެންވެ ބައްޕައަކީ އެފަދަ މީހެއްކަމަށްވެސް މަންމައަކަށްވެސް ގަބޫލްކުރެވޭނެ ހެންނެއް ހިޔެއް ނުވެއެވެ.

އެއްދުވަހަކު ޕޭރެންޓް ޓީޗާސް މީޓިންއަށް ގޮސްފައި އަހަރެންގެ މުދައްރިސެއްގެ ގާތުގައި މަންމަ ވަރަށް ޝަކުވާކުރިއެވެ. އަހަރެން ނުކިޔަވާ ވާހަކަ ބުންޏެވެ. އަދިވެސް އެތައް އެއްޗެއް ކިޔެވެ.

އަހަރެންގެ މުދައްރިސް އަހަންނާ ދިމާއަށް އެގޮތަށް އެއްޗިހި ނުކީކަމުގައިވިއަސް އަހަރެން ގާތުގައި މިހާރު ނުކިޔަވަނީ ކީއްވެގެންތޯ އެހިއެވެ. އަދި އަބަދުވެސް ކިޔަވަންވާނެ ކަމުގައިވެސް ބުންޏެވެ.

އެވަގުތު އަހަރެން އެތާ އިންދާ އަހަންނަށް ރޮވުނެވެ. ހުރިހާ ކުދިންގެ ކުރިމަތީގައެވެ. ހުރިހާ މުދައްރިސުންގެ ކުރިމަތީގައެވެ. ނުރޯން މަސައްކަތްކުރިކަމުގައި ވިއަސް އެދުވަހު  އަހަރެންގެ އިހުސާސްތައް އަހަންނަކަށް  ނުހިފެހެއްޓުނެވެ.

އަހަރެން ރޯތީ މުދައްރިސްވެސް ދެރަވިއެވެ. މުދައްރިސް ދެންއިތުރަށް އަހަންނާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މުދައްރިސް ހީކުރީ މަންމަ މާބޮޑަށް އަހަންނާ ދިމާއަށް އެއްޗިހިކީމާ އަހަރެން ދެރަވީކަމުގައެވެ.

އެތާ އިނދެގެން އަހަންނަށް ރޮވުނީ ހިތުގަ ޖެހި ޖެހިފައެވެ. އެހެންވެ ރުއިން ހުއްޓުނު އިރު ވެސް އަޑެއް ކިޔަ ކިޔާ ހުއްޓެވެ. އެއީ އަހަރެން ހިތުގަ ޖެހިޖެހިފައި ރޮވުނީމާ އަބަދުވެސް ވާގޮތެކެވެ.

” ދެން ތި އަޑު ނުގޮއްވަބަލަ.. ތިއަޑު ގޮއްވީމާ އެންމެން ހީކުރާނީ މަ ޒާރާއަށް ކަމެއް ކުރީކަމަށް.. އެންމެން ބަލަން ފައްޓައިފި މިހާރު މިދިމާއަށް.. ތިއަޑު ގޮއްވީމާ ހާދަ ހަޑިއޭ ދެން.. އަޑު  ގޮއްްްވުން ހުއްޓާލަ ބަލަ.. އެހެންނޫޫޫނީ ޖަހަންވީތަ؟ ޖަަަހާފަަަަތަ ބުނަަަންވީީ އެއް؟ ތިއަަަޑު ގޮއްވަންްްޏާ މަށަަަަށް ކެރޭނެ ޖަހަންްްްްވެސް. މަ ނުުުުުުބަލާނަން މިތާ ތިބޭ މީހަކަށްވެސް.. ޒާރާ ނުކިޔަވާތީއެއްނު މަށަށް މިހެން ކިޔަން މިޖެހުނީވެސް.. ” އެއަޑު ކިިޔާވަރުން މަންމަ ހުރީ އަހަރެންދެކެ ރުޅިިިިއައިސް ރަތްވެފައެވެ. އެހެން ބުނެފައި ތެދުވެގެން ދަމުންދަމުން މަންމަ އަހަރެންގެ އަތަށް ކުޑަކޮށް ތަދުކޮށްލިއެވެ. އެކަން އެއްވެސް މީހަކަށް ނޭނގުނެވެ.

އަޑުގޮއްވުން އެއީ އަހަރެން ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ކިތަންމެ ދެރަވިއަސް އަހަރެން އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ކުރަނީ އެހެންވެއެވެ. އެކަމަކު މިއީ ކޮންޓްރޯލް ނުކުރެވުނު ފަހަރެކެވެ. އެކަހަލަ ވަގުތެއް އައިސްފިނަމަ ހުރިހާ ރުޅިއެއް އަމާޒުވާނީ އަހަންނަށެވެ.

އެއީ އެކަމަކު އަހަންނަށް އާކަމެއް ނޫނެވެ. ކުުުުުުުޑައިރުއްސުރެ ފެށިގެންވެސް މަންމަ އަހަރެންގެ ގައިގަ ޖަހާ، ތަޅާހަދާނެއެވެ. އަަަަަަހަރެން ރުޔަސްވެެެސް މެއެވެ.

ކުޑައިރު ސްކޫލަށް ދާން ފުނާއަޅާދޭއިރު ކިރިޔާވެސް ގޮތަކަށް ބޯ ހަރަކާތްކޮށްލެވިއްޖެނަމަ  ރީތިކޮށް އިންނާށޭ ކިޔާފައި މަންމަ ގެންގުޅޭ ފުނައިން އަހަރެންގެ ބޮލުގައި ޖަހާނެއެވެ. ޖޫސް ނުބޮވިއްޖެނަމަ ނޫނީ ބަތް ނުކެވިއްޖެނަމަ އެއެއްޗެއް އަހަރެންގެ ބޮލަށް އަޅާލާނެއެވެ.

މެންދުރު ބަތް ނުކެވޭ ގިނަދުވަސްދުވަހު މަންމަ އަހަރެން ގެއިން ބޭރަށް ނެރެލާނެއެވެ. އޭރު އަހަރެން ހުންނާނީ ސްކޫލަށް ދާއިރު ޔުނީފޯރމްގެ އަޑިން ލާ ހުދު ޕެޓީކޮޅާއެކުގައެވެ. އަދި ކަކުލާ ހިސާބަށް އަންނަ ކުޑަކުޑަ ހުދު ޓައިޓް ކޮޅާއެކުގައެވެ.

މަންމަ އަހަރެން ބޭރަށް ނެރެފައި ގެއަށް ވައްދާނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެވަގުތު ތެރޭގައި އަހަރެން އޮންނަނީ ގޭގޯޅި ތެރޭގައި ފިލައެވެ. މީހަކަށް އެހެން ހުއްޓާ ފެނިދާނެތީ އަހަރެންވެސް ލަދުގަނެއެވެ.

މީހަކު އަންނަނަމަ ގޯޅިތެރެއިން ބޯދިއްކޮށްގެން އެމީހަކު ދާންދެން އަހަރެން ފިލާ އޮންނަމެވެ. ނަސީބަކުން އަހަރެން ހުރި ގޯޅިއަކަށް އެއްވެސް މީހަކު ނާދެއެވެ. އެއީ މީހުން އާންމުކޮށް އެހެން ހިނގައި ނޫޅޭތީއެވެ. އެހެންނޫންނަމަ އަހަރެން ވަރަށް ލަދުގަތީހެވެ.

ގޭގައި އުޅޭ އެހެން މީހުން އަހަރެން ގާތުގައި ވަންނާށޭ ބުނެއެވެ. އަހަރެން ބޭރަށް ނެރޭތީ އަހަރެން އެހާ ކުޑަކުއްޖަކަށް އެހެން ހަދަނީ ކީއްވެތޯ ސުވާލުވެސް މަންމައާ ކުރެއެވެ.

” އެއީ ކަލޭމެންނާ ބެހޭ ކަަމެއްނޫން.. އެއީ މަގޭ ދަރިއެއް. މަގޭ ދަރިއަކާމެދު ކަންތައް ކުރާނެ ގޮތްގޮތް އެނގޭނީ މަށަށް.. ކަަަަަލޭމެންވެސް ކަލޭމެެެންނާ ބެހެވޭ ކަހަަަަލަ ކަަަންތަކާ ބެހިބަލަ. ” މަންމަ ރުޅިއަަައިސްްްްްގެންހުރެ އެެެމީހުުުންނާ ދިިިމާއަަަށް ބުނާނެއެވެ.

އިތުރަށް ދެން އެމީހުން އެއްޗެއް މަންމައާ ދިމާއަށް ބުނެފިނަމަ ދެން އެދެމެދުގައި ހިނގަނީ ބޮޑު ޒުވާބެކެވެ. އެހުރިހާ އަޑެއް އަހަރެން ބޭރުގައި ހުންނައިރު އިވެއެވެ.

މަންމަ އަހަރެން ބޭރަށްލާތީ ފުރަތަމަ ކޮޅުގައި ދެރަވިނަމަވެސް ފަހުން އަހަރެން ދެރައެއްވެސް ނުވެއެވެ. އަހަރެން ހަމަ އެކަނި ވިސްނީީ އެހެން ހުއްޓާ މީހަކަށް ފެނިދާނެތީއެވެ.

ފަހުން ފަހުން އަހަރެން ހުންނަނީ ގޯޅިތެރޭގައި ފަޅާފައި ހުންނަ ކުދި ކުދި ވިނަގަސްތަކާ ކުޅޭށެވެ. އޭގައި ހުންނަ މާތަށް ބަލާށެވެ. ނޫނީ މާތަށް އުފުރާލައިގެން ބޮލަށް ޖަހާށެވެ. ނޫނީ ދުވަމުންދާ ކުދިކުދި ދިރޭއެއްޗިއްސަށް ބަލާށެވެ. އެއްގޮތަކަށްވެސް އަހަރެން ބޭރަށް ނެރުނީތީ އަހަރެން ދެރައެއްވެސް ނުވެއެވެ.

މަންމަ އެހެން މީހުންނަށް އެއްޗިހި ކިޔާތީ ގޭގެ ދޮރޯށި ކުޑަކޮށް ހުޅުވިފައި ހުރި ގަޑިއެއްގައި  ކުޑަކޮށް ބޯދިއްކޮށްލާފައި އަހަރެން ގެއަށް ވައްދަން ނޫޅޭށޭ ބުނީމެވެ. ބޭރުގައި ހުއްޓަސް އަހަރެން ރަނގަޅު ކަމުގައިވެސް ބުނީމެވެ.

އެމީހުންވެސް ތިބީ އަހަރެން ނުވެއްދޭތީ ދެރަވެފައެވެ. އެހެންވިއަސް އަހަންނާ ހެދި މަންމަ އެމީހުންނަށް އެއްޗިހި ގޮވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އެހެންވެ ދޮރާށި ހުޅުވިފައި ހުންނަނަމަ އަހަރެން ކުޑަކޮށް އެމީހުންނަށް ފެނިލަމެވެ. އަހަރެން ރަނގަޅުކަން އެނގޭތީ އެމީހުން ހީލާނެއެވެ. އަދި ބައެއް ދުވަހު މަންމައަށް ސިއްރުން މެޓާއާއި ޖެލީ ފަދަ އެއްޗިހި ދީފައި އަވަހަށް ކާލާށޭ ބުނާނެއެވެ.

ސްކޫލްއަށް ދާން ރީތިވެވޭހާ ވަގުތު ހުއްޓައި މަންމަ އަހަރެން ބަލާ އަންނާނެއެވެ. މަންމަ ހީކުރާނީ އަހަރެން ހުރީ ވަރަށް ދެރަވެފައި ކަމުގައެވެ. އަހަރެންވެސް ބޭރުގައި އަހަރެން އުޅޭގޮތެއް ނުބުނަމެވެ.

ފުނާއަޅާއިރު މަންމަ އަހަރެންގެ ބޮލުގައި ޖަހާތީ އެކަމާވެސް އަހަރެން ވަރަށް ވިސްނީމެވެ. އަހަންނަށް ބޮލުގައި ފުނާ ނޭޅެނީ ބޮލު މެދުން ފަޅިކޮށްގެން ދެފަރާތަށް ގަތަން ޖެހޭތީއެވެ.

އެހެން ހެދޭތޯ ގޭގަ ހުސްކޮށް ހުންނަ ގަޑިތަކުގައި އަހަރެން އުޅެމެވެ. އެކަމަކު އަހަރެން މެދުން ފަޅި ކުރީމާ ކުރެވިފައި ހުންނަނީ މެދަކުންނެއްވެސް ނޫނެވެ. ގެތީމާ ހުންނަނީ ދެފަރާތްވެސް ދެވަރަށް ހެދިފައެވެ.

އެކަމަކު އެހެން ހަދާތީ އަހަންނަށް ގަތަން ދަސްވިއެވެ. އެއްފަށަށް ގަތަން ޖެހުމާއެކު އަހަރެން އެކަން ކުރީ އަމިއްލައަށެވެ. ރީތިވަނީ ވެސް އަމިއްލައަށެވެ. އަހަރެން މަންމައާ ހަވާލު ކުރަން ބޭނުންނުވާތީ އަހަރެން ބުނީ އަހަންނަށް އެކަންތައް ކުރެވޭނެކަމުގައެވެ.

އަހަރެންގެ މުދައްރިސުން ހީކުރަނީ ކީކޭކަން އަހަންނަށް އެނގެއެވެ. ހުރިހާ މުދައްރިސުންނަށްވެސް އަހަންނަކީ މޮޅުކުއްޖެއްކަން އެނގެއެވެ. އެހެންވެ މިހާރު އެހާ ދައްވީމާ އެމީހުންވެސް އެހެން ހިތަށް އަރާނެތާއެވެ.

ހަމަ އެދުވަސްކޮޅެވެ. އެއީ އަހަރެން ނިދާފައި އޮތް ރެއެކެވެ. އަހަންނަށް ހޭލެވުނީ ބައްޕަ އަހަރެންގެ އަތް ބައްޕައާ ވީކޮޅަށް ގެންދާތީއެވެ. ބައްޕަ ކުރަންއުޅޭކަމެއް ނުވިސްނުނަސް އަހަރެން އޮތް ކޮޅަށް އަތް ގެންދެވޭތޯ ބެލީމެވެ. އެހެނަސް އެކަން ނާކާމިޔާބުވިއެވެ

އެހެންވެ އަހަރެން އޮތީ ހޭލާކަން ބައްޕައަށް އެނގުނެވެ. ބައްޕަ ގަދަކަމުން އަހަރެންގެ އަތް ގެންގޮސްގެން ބައްޕަގެ ސޯޓުތެރެއަށް އަތްލައްވާ ބައްޕަގެ ޖިންސީ ގުނަވަނުގައި އަތްޖެއްސުވިއެވެ.

އޭރުވެސް އަހަރެންގެ އަތްދަަަަަމައިގަނެވޭތޯ ވަރަށް މަސައްކަތްކުރީމެވެ. އެކަމަކު ބައްޕައޮތީ އަހަރެންގެ އަތް ގެންގޮސް ފިއްތާ ބާރުކޮށްގެންނެވެ.

އެންމެފަހުން މަންމަ ފުރޮޅޭން ފެށުމުން ބައްޕަ އަތް ދޫކޮށްލިއެވެ. އަހަރެންވެސް އަވަހަށް ތެދުވެގެންގޮސް ފާހާނާއަށް ދިޔައީމެވެ. ފާހާނާގައި ހުރެގެން އަހަރެންނަށް ހަމަ ރޮވުނީއެވެ…

***********************

ޒާރާގެ ޑައިރީގެ ވާހަކަތަކުގެ ހަނދާންތަކުގައި  ފިކުރުކުރަން އޮއްވައި އިރުކޮޅެއްފަހުން ޔަޒްދާންގެ  ލޮލަށް ނިދީގެ އަސަރުވެރިވިއެވެ. އެހެންވެ އެންމެފަހުން ޔަޒްދާންއަށްވެސް ނިދުނީއެވެ.

ޔަޒްދާން އަށް ހޭލެވުނީ ފަތިހު ފަހެއް ޖެހިތަނާއެވެ. ހޭލައިގެން ތެދުވެފައި ފުރަތަމަވެސް ބަލާލެވުނީ ޒާރާ ކޮބައިތޯއެވެ.

އެތާ ހުރި އެނދުގައި އޭރު ޒާރާއެއް ނެތެވެ. އަނެއްކާ ވިސްނުން ބަދަލުވެގެން ޒާރާ ގެއިން ނުކުމެގެން ދިޔައީ ނޫން ބާއޭ ހިތަށް އަރާފައި ހާސްވެގެން ޔަޒްދާން އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ. ޒާރާ އުޅޭތޯ ބަަަަލާލަންވެގެން ވަަަފިއްޔާ އުޅޭ ކޮޓަރީގެ ދޮރު ޔަޒްދާން ހުޅުވާލިއެވެ.

ކޮޓަރި ތެރޭގައި އަޅާފައިއޮތް މުސައްލައެއްގެ މަތީގައި ދޮޅިއެއް އަޅައިގެން ޒާރާ ނަމާދުކުރަން އިންދާ ފެނުމުން ޔަޒްދާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޔަޒްދާން ވެސް އަވަސްކޮށްފައި ތައްޔާރުވެލައިގެން ނަމާދަށް ދިޔައެވެ.

********************

” އޭ.. ކޮބާ ކިހިނެއް؟ ” ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން ދަނިކޮށް އެހެން ބުނެފައި ކޮންމެސް މީހަކު ޔަޒްދާންގެ ކޮނޑަށް އަތްވައްޓާލިއެވެ.

” އޯހް.. ވިއާމް ދޯ.. ” ޔަޒްދާންއަށް ބަލާލެވުމާއެކު އެއީ ކާކުކަން އެނގުނެވެ.

” އާނ.. މަށޭ.. ފިކުރެއްގަ ހުރިހެން ހާދަ އެބަހީވެޔޭ.. އަނެއްކާ ބިޓެއް ހޯދީތަ.. އެކަމާދޯ ތި ފިކުރު ކުރަނީ.. ” އެހެންކިޔައިގެން ވިއާމް ޔަޒްދާންއާ ދިމާކުރަން ފެށިއެވެ.

” ހުމްމް.. އެކަމަކު ވަރަށް ބޮޑު މިޝަންއެއް އެބަޖައްސަން ޖެހޭ.. ވިއާމްގެ އެހީތެރިކަން  އަހަންނަށް އެބަ ބޭނުންވޭ.. އަހަރެން އެބަޖެހޭ މީހަކު ހޯދަން.. އަހަންނަށްވެސް ހޯދިދާނެ.. އެކަމަކު ގިނަވަގުތު ނަގާނެ.. ވިއާމްގެ އެހީތެރިކަން ލިބިއްޖިއްޔާ އަހަންނަށް މިކަން ތަންކޮޅެއް އަވަހަށް ވެދާނެ.. ” ޔަޒްދާން ބުނެލިއެވެ.

” ހުމްމް.. ތިކަން ވެދާނެ.. އަހަރެން އެހީވެދޭނަން.. އެކަމަކު ތިހޯދާ މީހެއްގެ ނަން ފުރަތަމަ ބުނެބަލަ.. ” ވިއާމް ހުރީ އެމީހެއްގެ ނަން ނުބުނެގެންނެވެ.

” އިޔާޒް. ” ޔަޒްދާން ހަމައެކަނި ވިއާމްއަށް އަޑުއިވޭވަރަށް ބުނެލިއެވެ.

” އިޔާޒް. އެކަމަކު ބުރޯއަށްވެސް އިނގޭނެ އަދި އިތުރު މައުލޫމާތުވެސް ބޭނުންވާނެކަން.. ” ވިއާމް ހުރީ ޔަޒްދާން އިތުރު އެއްޗެއް ނުބުނެގެންނެވެ.

” އަހަންނަށްވެސް އިޔާޒްގެ މާބޮޑު މައުލޫމާތެއް ނޭނގޭ.. ފުރިހަމަނަމެއްވެސް ނޭނގޭ.. އުމުރެއްވެސް ނޭނގޭ. ހަމައެކަނި އެނގޭ އެއްޗަކީ އިޔާޒްވީ ހައްޔަރުކޮށްފައިކަން.. އިޔާޒްވާނީ ފުނަދޫ މީހަކަށް. އެއީ އެކަމަކު ޝަވިޔަނި ފުނަދޫ ކަމެއްވެސް ޔަގީނަކަށް ނޭނގެ. އެއެއް ޖެހޭނީ ބަލަން. އެހެންވީމަ އަހަރެން މިބުނާ ގޮތެއް ހަދާ.. އައިޝަތު ޒާރާ އިޔާޒްގެ މައުލޫމާތު ހޯދާ.. ޒާރާގެ މައުލޫމާތުން ގޮސް އިޔާޒްގެ މައުލޫމާތުވެސް ލިބޭނެ.. ޒާރާއަކީ އިޔާޒްގެ ދަރިފުޅު.. ޒާރާގެ މަންމައަށް ކިޔާނީ ދިޔާނާ.. އެކަމަކު އެއްވެސް މީހަކަށް މިކަންތައް އެނގިގެން ނުވާނެ.. ޒާރާއަށްވެސް މިކަންތައް ނާންގާތި.. ގެއަށް ގޮސްފަ އަހަރެން ޒާރާގެ އައިޑީ ކާރޑް ނަންބަރ ފޮނުވާނަން.. އޯކޭ؟ ” ހަދަންވާގޮތް ވިއާމްއަށް ޔަޒްދާން ކިޔާދިނެވެ.

” އޯކޭ މައްސަލައެއް ނޯންނާނެ.. އަހަރެންގެ ބޮޑުބެ ގާތުގައި ބުނެގެން ތިކަން ވަރަށް ފަސޭހައިން ކުރެވިދާނެ.. އެކަން ބްރޯއަށްވެސް އިނގޭނެ. ބޮޑުބެއަކީ މިހާރު ޕޮލިހުގައި ނުލާހިކު އިސްމީހެއްވިއްޔަ.. އެކަމް ބްރޯ ލޯބިވާ ކުއްޖަކީ އެއީދޯ.. ޒާރާ.. ” ވިއާމް ބުނެލިއެވެ.

” ހުމްމް.. އެހެންވެ އަހަރެން ބޭނުމެއްނޫން އަދި މިކަން ޒާރާއަށް އެނގޭކަށް.. މިކަންތައް އެނގިއްޖިއްޔާ ޒާރާ ދެރަވެދާނެ.. އޭރަށް ކަމަކު ނުދާނެ.. އިޔާޒްވަނީ އެތައްފަހަރަކު ޒާރާއަށް ޖިންސީ ގޯނާކޮށްފައި. އިޔާޒް ހައްޔަރުކުރެވުނީ އެކަމާ ގުޅިގެން.. ޒާރާއަށް އަދި ވަރަށް ވަގުތު ބޭނުންވާނެ.. ” ވިއާމްއަށް ހަގީގަތް ޔަޒްްްްްްދާން ކިޔާލަދިނެެެވެ.

” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ތިޔަ އަސަރު 22

Next

ނޫރު (ބައްތިރީސްވަނަ ބައި)

Next
February 4, 2018

ނޫރު (ބައްތިރީސްވަނަ ބައި)

Previews
February 4, 2018

ތިޔަ އަސަރު 22

14 Comments!

  1. Hairaan says:
    February 4, 2018 at 8:14 pm

    Varah reethi

    1. Crystal says:
      February 5, 2018 at 10:20 am

      Thankyou ☺

  2. Icy♡ says:
    February 4, 2018 at 8:18 pm

    Nice

    1. Crystal says:
      February 5, 2018 at 10:20 am

      Thankyou ☺

  3. Friends says:
    February 4, 2018 at 8:30 pm

    Nice .waiting 4 next part

    1. Crystal says:
      February 5, 2018 at 10:41 am

      Thankyou ☺

  4. Hai says:
    February 4, 2018 at 9:19 pm

    V reethi

  5. Hai says:
    February 4, 2018 at 9:20 pm

    V reethi mi part ves

  6. Pinky shifoo says:
    February 4, 2018 at 9:27 pm

    Nice.. Waiting for next part ??….

    1. Crystal says:
      February 5, 2018 at 10:21 am

      Thankyou shifoo ☺

  7. Hai says:
    February 4, 2018 at 9:29 pm

    Kon irakun next part dear

    1. Crystal says:
      February 5, 2018 at 10:42 am

      Thankyou ☺.. avahah genesdheveytho mi balanee

  8. thuhoo says:
    February 5, 2018 at 8:22 am

    Woow..

    1. Crystal says:
      February 5, 2018 at 10:40 am

      Thankyou thuhoo ☺

Comments are closed.


All Right Reserved!