“ކީކޭ… ޖަޒިލް ތިހުރީ ހަމަހޭގަތަ؟ ތި ކިޔާ އެއްޗެއް އިނގޭތަ؟ އަހަރެން ގަބޫލެއްނޫން” ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އަޑުންނެވެ. ދެމީހުންނަށް ވެސް ފެނުނީ އާދިލާއެވެ. ޖަޒިލް އިސްޖަހާލިއެވެ. އާމިރު އަތުން އިޝާރާތް ކޮއްލީ އެހަށް މަޑުކުރުމަށެވެ އެހެންނަމަވެސް އާދިލާ އެގޮތަށް ކަންތަކެއްނުކުރިއެވެ. އޭނާ ޖަޒިލް އާ ދިމާލަށް ހަޅޭއްލަވަމުން އައެވެ. ހޭލެވުނު އިރު އާމިރު ނެތިގެން އޭނާ މިސްރާބުޖެހީ ތިރިއަށެވެ. ޓެރެސް އަށް އަރަން ދެމީހުން ދިޔަތަން ފެނިގެން އާދިލާވެސް އައީއެވެ. އެހެނަސް […]
ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއެއްވެސް ނުބުނާނަން.. ” އެހެން ބުނެފައި ޒާރާ މަންމައާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭގެ ފަހުންވެސް އެކި ދުވަސްދުވަހު ޒާރާ ވެލިކުޅެން އިންނަ ގަޑީގައި އަހުމަދު އާދެއެވެ. ކުރިއެކޭވެސް އެއްފަދައިން އަހުމަދު ދަނީ ހަމަ އަހުމަދު ބޭނުންވަގުތެއް އަންނަންދެން އެތާ މަޑުކޮށްފައެވެ. ދިޔާނާއަށް ފަހުންވެސް މިމަންޒަރުތައް ފެނެއެވެ. އެހެންނަމަވެސް ފަހުން ފަހުން ދިޔާނާވެސް އަހުމަދާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ” މިހާރު ޒާރާ ހަނދާންވެއްޖެދޯ.. ޒާރާއަށް ނޭނގުނަސް އެ […]
ވަގުތަކީ ރޭގަނޑު ނުވައެއް ޖެހި ވަގުތެވެ. ދެތިން މެއިލް ކިޔާލުމަށްފަހު އިންބޮސް ރިފުރެޝްކޮށްލި ވަގުތު ނުދަންނަ އީމެއިލް އެޑްރެހެކުން ރީމްއަށް މެއިލްއެއް އައިސްފައި އޮތެވެ. ދުވަސްވަރަކީ އޮފީހަށް އައު މުވައްޒަފުން ނަގަމުންދާ ދުވަސްވަރުކަމުން ރީމް ހީކުރީ އެއީ އެއިން ކުއްޖަކު ފޮނުވާފައި އޮތް މެއިލް ކަމަށެވެ. އެހެންކަމުން އެމެއިލް ހުޅުވާލިއެވެ. އެޔާއިއެކު ސްކުރީން ދެތިން ފަހަރެއްގެ ނިވިފައި ކުރިން ހުރި ގޮތަށް ބަދަލުވިއެވެ. މި ލެޕްޓޮޕަކީ ވަރަށް މައްސަލަތައް ގިނަ އެއްޗަކަށް ވުމުން ރީމް ހީކުރީ އެއީ […]
ހަގީގަތުގައިވެސް ރީމާއަށްޓަކައި ޔަޒިން އެކޮށްދިނީ ޝުކުރު އަދާ ކުރުމަށްވުރެ ބޮޑުކަމެކެވެ. އުފަލުން ފެންކަޅިވެފައި ރީމާ އެތަނަށް ބަލަން ހުއްޓެވެ. ދުވެފައި ދިޔަގޮތަށް ރީމާ ޔަޒިންގައިގައި ބައްދައިގަތެވެ. ޔަޒިން ރީމާ އުފުއްލައިލައި އަނބުރާލިއެވެ. އުފަލުން ދެހިތްވެސް ފޮޅިފައިވިއެވެ. ވައިރޯޅިއާއެކު މަގުގައިވި ފަތްތަށްވެސް އެންބުރިގަތެވެ. އެމަންޒަރު ބަލަން ތިބި ބަޔަކު އާޝޯޚުވާހާ ފުރިހަމަ މަންޒަރެކެވެ. ފާރުމަތިން އަތްކަހާލުމުން ޔަޒިންއަށް ހޭވރިކަންވިއެވެ. އެއީ ހިޔާލެކެވެ. ރީމާ އެހެރީ އެމީހުންނާ ވާހަކަދައްކާށެވެ. ހޭލައި ހުއްޓައި ފެނުން ހުވަފެނެކެވެ. އެހެންވާނެނަމައޭ ހިތަށްއެރިއެވެ. އަދިވެސް އޭނާ […]
އެ ސަޒާ އަކީވެސް އޭނާއަށް ހައްގު އެއްޗެއްކަމުގައި ގަބޫލް ކުރެވުނެވެ. “ލީން” “ޔުއާން ޕްލީޒް. މާދަން ވެސް ޔުއާން އަހަރެންނާ ދިމާލަށް ބޭނުމެއްނޫނޭ. އިހްސާސްތަކާ ކުޅެލިއްޔޭ ބުނެފިނަމަ މިހިތަށް ވާނެ ގޮތް އިހްސާސްކުރެވޭތަ؟ އޭރު އެކަންޏެއްނޫން. މި ވީ ހާދުވަހުވެސް ޔުއާން ގެ އަމަލް ތައްހުރީ އެހެން. އިތުރަށް އެފަދަ ހިތްވަރެއް ކުރެވޭނެ ހަކަތައެއް މިހަށިގަނޑަކު ނެތް…” މައިލީން ބުނެލާފައި ހިނގައިގަތެވެ. އޭރު އޭނާ ދިޔައީ ކަރުނަތަށް ފޮހެމުންނެވެ. އެހެންނަމަވެސް ތާޒާ ކަރުނައިން އެ ކޯތާފަތް ތެމެމުން ދެއެވެ. މައިލީން […]
ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއަށް ވަރަށް ވިސްނޭ.. އަހަރެން ވަރަށް އުފާވޭ ޒާރާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ.. އަހަރެން ޒާރާގެ ބައްޕަ ގެނެވޭ ގޮތެއް ހަދާނަން.. އެކަމާ ޒާރާ ހާސްނުވޭ.. ޒާރާގެ ވަލީވެރިއަކަށް ވާނީ ޒާރާގެ ބައްޕަ.. ޖަލުން ދޫކޮށްލާ މުއްދަތު ހަމަ ނުވިއަސް އެކަން ކުރެވޭނެ ގޮތްތައް އެބަހުރި.. ” ޔަޒްދާން އިތުރަށް އޮޅުންފިލުވާދިނެވެ. ” ދާން މަންމައަށް އެނގޭތަ؟ ” ޒާރާ ސުވާލުކޮށްލިއެވެ. ” މަންމައަށް އެނގޭނެ ވަރަށް ކުރިން.. މަންމައަށް […]
ބޮލުގައި މާގަދައަށް ރިއްސަން ފެށުމުން އިޔާން ބޭނުންވީ ގެއަށް ގޮސް ނިދާލުމަށެވެ. މޭޒުމަތީގައި އޮތް ފޮޓޯ ގަނޑާއި ނޯޓްފޮތް ލެޕްޓޮޕް ދަބަހުގެ ތެރެއަށް ލަމުން ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ. ފޯނުނަގައި ޖީބަށް ލަމުން ހިނގައިގަތީ އޮފީހުން ނިކުންނާށެވެ. ދޮރު ހުޅުވާލުވާ ލުމަށްފަހު އެޅި ފުރަތަމަ ފިޔަވަޅާއެކީ އެތެރެއަށް ވަންނަން އައިސް ހުރި ޔޫންގެ ގައިގާ ޖެހިއްޖެއެވެ. ވެއްޓެންދިޔަ ޔޫންއަށް ތޫލި އަޑަކުން ހަޅޭލަވައި ގަނެވުނެވެ. އިޔާން ހުށިޔާރު ކަމާއެކީ ޔޫން ވެއްޓުނަ ނުދީ ސަލާމަތް ކުރިކަމުގައި […]
ރުއާން ކޮޓަރި ތެރޭގައި އިނދެގެން ވިސްނަމުން ދިޔައީ ކަންތައް ވަމުން ދާގޮތާ ދޭތެރޭގައެވެ. ތަގުދީރު ކުރަމުން މިދަނީ ކޮންކަހަލަ ސަމާސާއެއް ބާވައެވެ. ޒީކްއާއި ދޭތެރޭ އެގޮތަށް ކަންތައް ކުރިއިރު އެއީ އޭނާގެ ކޮއްކޮއަކަށް ވެދާނެ ކަމަށް ހީކުރާނީވެސް ކާކު ހެއްޔެވެ. މީހެއްގެ ބަހަށް ހެއްލެވި ފައިސާގެ ދަހިވެތި ކަމުގައި ނޭނގި ނަމަވެސް ހުރިހާ ދެރައެއް މިދެވުނީ ހުރި ހަމައެކަނި ކޮއްކޮއަށް ކަމުގައި އަދިވެސް ގަބޫލުކުރަން ރުއާންއަށް އުނދަގޫ ވަނީއެވެ. ނަމަވެސް އެގޭތެރެއަށް ވަދެގެން ދިޔައިރު އިވިގެން އެދިޔަ […]
“ދޮގު ހަދަން ހިތަށް ވެސް ނާރުވާތި” ޝާލީން ގެ ޖުމް އަޑު އިވިގެން އެ ލޮލާ ލޯ ސީދާކޮއްލި ޖަޒިލް އަށް ފެނުނީ އެ ތުންފަތުގައި ވި ހިނިތުންވުމެވެ. އިސްޖަހާލަމުން އޭނާ ބޯ ޖަހާލީ ޝާލިން ގާތުން ދެން ސަލާމަތް ނުވެވޭނެކަން އިގުމުންނެވެ. “ލުކް… ލޯބިވުމަކީ ކުށެއްނޫން…މިހުރިހާ ދުވަހު ޖަޒިލް ހުރީ މައިލީން މީހަކާ އިނދެގެން އުޅެނީއޭ ހިތާ… އެހެނަސް އިނގޭތަ؟. ލޯތްބަކީ ތަފާތު ޖަޒުބާތެއް… ޖަޒިލް ވަނީ އަމިއްލަ އެދުމެއް ނެތް ސާފު ތާހިރު ލޮއްބެއްކަން […]