ހައްސާނުއާއި އަމީހާއާއި ދޭތެރޭ ހިނގަމުން މިދާ ކަންތައް ބަލަން އަޝްވާ ހުރީ ވާނުވާގައެވެ. ދެމީހުން ވެސް ކުރިން ދަންނަން ތޯ އަހާލަން އުޅެނިކޮށް އަޝްވާއަށް ކާއިންގެ ފޯނެއް އައެވެ. “އަހަރެން މި ވަންނަނީ އެގެޔަށް، ދެތިން ގަޑިއިރު ތެރޭ ހަބަރެއް ނުވެއްޖެނަމަ ޝައިމް ކައިރީ ބުނެލާތި” އަޝްވާއަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ކާއިން ފޯނު ކަނޑާލިއެވެ. ކާއިންގެ ފޯނުން އަޝްވާގެ ހިތަށް ބިރުވެރިކަމާއި ހާސްކަން ވަނެވެ. ލަސްކުރުމެއްނެތި އެކޮޓަރިން ނިކުމެ ޝައިމްއަށް ގުޅައި ކާއިން […]
ކުރީގެ އަދަދާއި ގުޅޭ : “ހާދަ ހެނދުނަކާއޭ.. އަދި ހެނދުނު 7 އެ ޖެހީ ދޯ މަންމާ..” ޒާރާ ގަޑި ބަލާލިއިރު ހެނދުނު 7:05 ވީއެވެ. “އާނ.. ދޯ.. ދަރިފުޅާ.. ހީވަނީ އެމީހުން މިގަޑީގައި ނުފޮނުވާ ޔަޒްދާންއަށް ކެތްކޮށްނުލެވުނީހެން.. އެކަމަކު ދެން މާ ހެނދުނަކާވިއްޔަ އެފޮނުވީ.. ހެހެ.. ދަރިފުޅަށް ނޭނގުނަސް ބައެއްފަހަރަށް ޔަޒްދާންއަކަށް ކަންކަމުގައި ކެތެއް ނުކުރެވޭނެ..” ހެމުންހެމުން ވަފިއްޔާ ބުނެލިއެވެ. ޒާރާވެސް އަވަހަށް މޭޒުމަތީގައި ސައިޖޯޑު ބަހައްޓާފައި ސިޓިންރޫމްއަށް ދިޔައެވެ. އޭރު، ސިޓިންރޫމްގައި ބަހައްޓާފައި ހުރި […]
“ތަޤުދީރު އޭނާ އާ މިކުރަނީ ކޮން ފަދަ ސަމާސާއެއް ހެއްޔެވެ؟. ޔުއާން ހިތްވަރު ކުރަންޖެހޭނެކަން ވިސްނުމާއެކު އޭނާ މައިލީން އަށް ބަލާލިއެވެ. ޔުއާން ގެ ލޮލުން ވެސް އޭނާ އަށް ވޭން ފެނުނެވެ. އޭރުވެސް މައިލީން ދިޔައީ ރޮމުންނެވެ. “ނޫން” އޭނާ މޫނު ފޮރުވާލުމާއެކު ބުނެލިއެވެ. ޔުއާން ހިތްދަތިވިއެވެ. މައިލީން ގައިގައި ބައްދާލާފައި ހުރިހާ ކަމެއް ރަނގަޅު ވާނޭކަމަށް ބުނަން ބޭނުންވިއެވެ. އެވަގުތު އެންބިއުލެސް ތެރޭގައި އިން އެކަކު ކައިރީގައި އޭނާ ހަމައަކަށް އެޅުވުމަށް ޔުއާން އިޝާރާތް […]
“ވާއު. ލިވީގެ ދޮންތަގެ ހަޒް ހާދަ ހެންސަމްއޭ. އަސްލުވެސް. އަދި އަލަށް އެހައި ރީތި މީހަކު މިފެނުނީ.” 16 އަހަރުގެ ލިވްޔާގެ ގާތުގައި ހުއްޓިލައިގެންތިބި އޭނާގެ އެކުވެރިންގެ ތެރެއިން ކުއްޖަކު މަޑުމަޑުން ލިވްޔާ ގާތުގައި ބުނެލިއެވެ. އެއަޑު އަހައިފައި ދެންތިބި ކުދިންވެސް އެއީ ތެދެކޭ ކިޔައި އެކަމަށް އެއްބަސްވިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ރާއިދްއާ ދިމާއަށް ބަލައިލިއެވެ. “ސާބަހޭ. ދޮންތަބެ އަހަރުމެންނަށްވުރެ ދިހަ އަހަރު ބޮޑުވާނެ. ސޯ ޕްލީޒް. ސްޓޮޕް ސްޓެއަރިން ހިމް ލައިކް […]
ހިތްގައިމު ހެނދުނެކެވެ. “ލަމް….” ކޮލެޖަށްދާން ހިނަގައިގަތް ލަމްހާ ހުއްޓުނީ ޔަޒިން ގޮވާލުމުންނެވެ. ޔަޒިން ފުންކޮށް ލަމްހާއަށް ބަލާލިއެވެ. ލަމްހާ މިއަދު ހާދަ ރީއްޗެވެ. އެ ދޮން މޫނު އެހެންދުވަސްތަކާ ބަލައި އުޖާލާވެފައި ތަފާތު ވިދުވަރެއް އެލޮލުގައިވިހެން ޔަޒިންއަށް ހީވިއެވެ. އެތާގެ ފިނި މާހައުލުން ލަމްހާއަށް ވަނީ ރޯގާޖެހިފައެވެ. ދޮން ކޮލަށްވަނީ ރަތްކުލައަރާފައެވެ. ފިނިކޯޓެއްލައިފައި ގަންބޫޓަކަށް އަރައިފައި ހުއްޓެވެ. “ކީކޭ……؟” ރަކި ހިނިތންވުމެއްޔަޒިންއަށް ދެމުން ލަމްހާ އަހައިލިއެވެ. “މްމްމްމް މަޑުކޮށްބަލާށޭ ބުނަންވެގެން…އަހަންނާ އެއްކޮށްދާން….” ބޯކަހާލަމުން ޔަޒިން ވެސް ބުނެލީ […]
ނިހާ މޫނުމަތީ އަތް އަޅާލަމުން އިލްހާމްއަށް ބަލާލިއެވެ. އޭރު މޫނު މައްޗަށް ފައިބައިފައި ހުރި އިސްތަށިތަކުގެ ތެރެއިން ފެންނަން ހުރި ނިހާގެ ދެލޮލުން އަލިފާންކަނި ބުރައެވެ. ނިހާގެ ދެއަތް މުށްކެވި ބާރުވެގެން ދިޔައެވެ. ގޮށްމުށުގެ ހޫނު ހަމަލާއަކުން އިލްހާމްގެ އަނގަމަތީ ޖެހިޖެހީނުން އަނގަމަތި ފަޅާލިއެވެ. “..މަމީ ސަފީނާއެއް ނޫން..” ނިހާ ފެލިގަތެވެ. “..ސަފީނާއަށް ހެދިގޮތް ހަދަން ހިތަށްވެސް ނާރުވާތި! މަ ނުތެޅެން ފައިރޫޒްއާ އިންނަ ހިތަކުން! ކަލޭ އޭނަޔާ އިނދެބަލަ!..” އިލްހާމުގެ އަތުން އަނގަމަތި ފޮހެލިއެވެ. އޭނާ […]
“އެތައް ދުވަހެއް ވެއްޖެ މީކާއިލް ކައިރީ ބުނެގެން މި މައްސަލަ ޕޮލިހަށް ހުށަހެޅިތާ! އޭގެ ފަހުން ރީމް ދެ ފަހަރެއްގެ މަތިން މާޒިންގެ މަގުސަދާއި އޭނާގެ އެތައް ބައިވަރު މައުލޫމާތެއް ދީފި.. މިވަރުން މި ކޭސް ނިއްމާލުވޭނޭތަ ތިބުނަނީ؟ ދެން އިތުރަށް ކޮން މައުލޫމާތެއް ބޭނުން ވަނީ؟ ޖަލުން މިކަހަލަ މީހުން މިނިވަންވެގެން ދާއިރު އެމީހުންނާއި ބެހޭ ކަންތައް މިތަނަށް ނޭނގުމަކީ ގަބޫލުކުރަން ވަރަށް ދަތި ކަމެއް!! ” ޝަނުމް ކޮޅަށް ތެދުވަމުން އެހެން ބުނެލިއެވެ. ކަންބޮޑުވެފައިވާ […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާ އަދި އެކަންޏެއް ނުވޭ.. އަހަރެން މިހިރީއެއްނު.. އަހަރެން މިއުޅެނީ މާލެ ދާން.. ހިނގާ އަހަންނާ އެކީ ދާން.. ޒާރާވެސް ޒާރާގެ އަމިއްލަ ނަފްސު ކުށްވެރިނުކުރޭ.. ތިވާހަކައަކީ އެހެންމީހުންނަށްވެސް އެނގެންޖެހޭ ވާހަކައެއް.. ދިޔާނާ ދައްތަ ނިޔާވިޔަސް ޒާރާގެ ކުށެއް ނެތް.. ތިވާހަކަ ސިއްރުކޮށްގެން ހުންނަން ޖެހުމުގެ ވޭން އެހެންމީހުންނަކަށް އިހްސާސެއް ނުކުރެވޭނެ. ” ރިޔާ މަސައްކަތްކުރީ ޒާރާއަށް ހިތްވަރުދެވޭތޯއެވެ. ” ޓްރިން.. ޓްރިން.. ” އެވަގުތު ކުއްލިއަކަށް ރިޔާގެ ފޯނު ރިންގްވާން ފެށިއެވެ. […]
ހަނާގެ ހާލް ބަލަން ދާން އެ ހިތް އެދި ގޮވިޔަސް ދާން ބޭނުން ނުވީ ރީމާ ފެންނާނެތީއެވެ. އަދި އޭނާގެ ހަނދާންތައް އައިކަން އެނގިދާނެތީއެވެ. އަހުނަފް ހުރީ އަވަސްފަރުވާދޭ ކޮޓަރީގެ ކުރިމަތީގައެވެ. އެންމެންވެސް އެތަނަށް އައިސް ތިއްބެވެ. މަދުވީ ހަމައެކަނި އަޔާޒެވެ. ރޯލރޯލަ އިން ފާތުމަގެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. އޭނާގެ ކުދިންނަށް މިދިމާވަނީ ކާކުގެ ހަސަދައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ގަބުވެފައި ހުރި އަހުނަފް މަޑުމަޑުން އެއްކައިރިވެ ހަނާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. […]