ގޭތެރެއަށްވަން ރީމާ ގޮސް ކޮޓަރިއަށްވަދެ ލެވެމުންދިޔަ ފުންނޭވާތަށް ކޮންޓްރޯލް ކުރަން އުޅުނެވެ. ރީމާ ތެތް އެއްޗިހި ބަދަލު ކުރިއިރުވެސް ވަނީ ކޮންމެސް ކަމަކަށް ގެއްލިފައެވެ. އިރުކޮޅެއްފަހުން ފާތުމަ ގޮވާލިއެވެ. “ރީ ނުކުމެބަ ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން …” ދޮރު ހުޅުވާލައި ރީމާ ސުވާލުގެ ނަޒަރަކުން ބަލައިލި އިރު ކޮޅުންލައި ނުފެންނަހައި ފާތުމަގެ މޫނުން އުފާވެރިކަން ފެންނަން ހުއްޓެވެ. “އަޔާއަށް ހޭލެވިއްޖެ…” ފާތުމަގެ އެ ޖުމްލައިން ރީމާގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ފާތުމައާ އެކީ ރީމާ […]
“އެނގޭތަ؟ ޝަނުމް މެރީ ކުރި ރޭ އަހަންނަށް މެސެޖެއް ކޮށްފައިން” ކައިރީގައި ހުރި ޖޫސްތަށިން ފޮދެއް ބޯލުމަށްފަހު އަޝްވާ ބުނެލިއެވެ. ކާއިންއަށް ޝަނުމްގެ ނަން އިވުމުން އަޝްވާއަށް ބަލާލިއެވެ. “އޭގަ އޮތީ ތަގުދީރުގައި މިހެން ކަންތައް ވާނެ ކަމަށް ލިޔެވިފައި އޮތަސް ޝަނުމް އަހަރެން ދެކެ ވަރަށް ލޯބިވަމޭ. އަދި އަހަންނާއި އެކު މުސްތަގުބަލެއް ނެތް ކަމުގައި ވިޔަސް ޝަނުމްގެ ހިތަކުން އަހަރެންގެ ނަން ނުފިލާނޭ.. ދެން އޮތީ އަހަންނާއި މެރީ ނުކުރެވޭ ސަބަބު އެގެން ބޭނުން […]
ކައުޗްގައި އިން ޔަޒިންގެ ނޭފަތުގައި މަޑު މަޑު އަންހެން ސެންޓެއްގެވަސް ޖެހުމުން އިސް އުފުލައި ބަލާލިއެވެ. ކައިރިއަށް އައިސް ހުއްޓުން ރީމާފެނި އެސްފިޔަ ޖަހަން އުނދަގޫވިއެވެ. ގުދުރަތުން އެހައިރީތި ސިފައެއް ދެއްވާފައިވީނަމަވެސް ރީމާ އެވަރަށް މޭކަޕްކުރަނީ ކީއްވެބާއެވެ…؟ އެރީތި ސިފަ ފޮރުވަނީ ކާކަށްބާއެވެ..؟ މީހަމަ ރީމާބާއެވެ..؟ ދިރުމެއް ނެތް އެމޫނު އުޖާލައިވެފައިވިއެވެ. އެ ފެހިލޯ އެއީ އަސްލުބާއެވެ..؟ “އިޓްސް ފޯޜ ނައު….” ޔަޒިންގެ ނަޒަރުން ސަލާމަތްވާން ބޭނުންވެފައި ހުރި ރީމާ އެދުނެވެ. “ޔަހް ލެޓްސް ގޯ…..” ތެދުވެގެން […]
ކުރީގެ އަދަދާއި ގުޅޭ: ” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ..” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ. ” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ. ” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ. ” އޭ ދައްކަބަލަ […]
ޒީކްގެ ފަހަތުގައި ހުރެގެން އަލްޔަން ހިނގަމުންދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަލްޔަން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އެނދު ކައިރީގައި ހުރި ލަކުޑި ގޮނޑިއެއްގައި އަލްޔަން އިށީދެލިއެވެ. އެނދުމަތީގައި އިށީދެލައިގެން އިން ހަފީޒާ ފަރުވާތެރިކަމާއެކު ދެކުދިންގެ މޫނަށް ބަލައިލިއެވެ. މާމަގެ ހަރަކާތްތަކަށް ބަލަންހުރި ޒީކްގެ ހިތުގައި ސުވާލު މާކްތަކުން ފުނިޖެހެމުންދިޔައެވެ. ހުދު ޒީކްއަށްވެސް މާމަ ދައްކަން އެއުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގެއެވެ. “އަލްޔަން ހީކުރަން މިދައްކާ ވާހަކައާއި ދޭތެރޭ ވިސްނާނެ ކަމަށް” ހަފީޒާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައި ވަނީ […]
“ދޮންތާ… އައި ލަވް ހިމް ސޯ މަޗް… އައި ލަވް ހިމް… ވަރަށް ބޮޑަށް.. ދޮންތާ ހެލްޕް މީ… އައި ވޯންޓް ފޮގެޓް އެބައުޓް ހިމް. ދޮންތާ ހެލްޕް މީ” މައިލީން ރޮމުން ބުންޏެވެ. ޝާލީން އަށް ވެސް ކެތް ކުރެވުނީ އެވަރަށެވެ. އޭނާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ. މައިލީން އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. “ދޮންތާ ޕްލީޒް. އަހަންނަށް އެހީ ވެދީ… މިހެން އުޅެން ވެއްޖެނަމަ އަހަރެން ހަލާކުވެދާނެ” މައިލީން އަށް އޭނާ އަށް […]
އަޝްވާއަށް ލިބުނު ތަމްރީނު ޕުރޮގުރާމެއްގައި ދާން ނިންމި ކަމުގައި ވިޔަސް އެކޮޅަށް ގޮސް ހުންނާނެ ތަނެއް ނުލިބުމުން އަޝްވާ އުޅުނީ އެފުރުސަތު ދޫކޮށްލާށެވެ. އެހެންނަމަވެސް އަސްރާރުގެ ހިޔާލާއި އެއްކޮށް އަޝްވާ ކާއިންގެ ގޭގައި ބެހެއްޓި ދާނެތޯ އެއްސެވެ. ކާއިންގެ އާއިލާ މިވަގުތު އޮތް ހާލަތުންނާއި މަންމައާއި އެހާ ރަގަޅު ގުޅުމެއް ބޭއްވިފައި ނުވާތީ ކާއިން އެކަމަށް އެއްބަސް ނުވިއެވެ. އަޝްވާއާއި ދެމީހުން އެތައް ޒުވާބެއް ކުރިއިރުވެސް ކާއިންގެ ހިޔާލު މީގެ އެއްމިނެޓު ކުރިން ހުރީ ހަމައެގޮތުގައެވެ. “އޮފް […]
“މިކޮޅުގަ ޕޭޝެންޓުން އެބަތިބި… ފަށަން ހަމަ ޖައްސާފައިން ގަޑި ހަމަ ވެގެން އިތުރަށް ދިހަ މިނިޓް ހިނގައިފި” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން ފުންމައިގެން ތެދުވެ ފޯން ކަނޑާލަމުން މިސްރާބުޖެހީ އަވަހަށް ނުވަވަން ފްލޯއަށް ދިޔުމަށެވެ. މައިލީން އާ ދިމާލަށް ބަލާ ނުލާ ޔުއާން ދިޔައެވެ. ޑިއުޓީ ނިމިގެން މައިލީން ނުކުތް ގަޑީގައި މިއަދުވެސް ޖަޒިލް އާ ދިމާވިއެވެ. އެނާ އެދުނީ ސައިކަލުގައި ދިޔުމަށެވެ. މައިލީން ދެކޮޅު ހަދަން އުޅިފައިވެސް އެ ދިމާލަށް ބަލަން ހުރި ޔުއާން […]