Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 32

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 13, 2018 10 Mins Read
62 Comments

ހައްސާނުއާއި އަމީހާއާއި ދޭތެރޭ ހިނގަމުން މިދާ ކަންތައް ބަލަން އަޝްވާ ހުރީ ވާނުވާގައެވެ. ދެމީހުން ވެސް ކުރިން ދަންނަން ތޯ އަހާލަން އުޅެނިކޮށް އަޝްވާއަށް ކާއިންގެ ފޯނެއް އައެވެ.

“އަހަރެން މި ވަންނަނީ އެގެޔަށް، ދެތިން ގަޑިއިރު ތެރޭ ހަބަރެއް ނުވެއްޖެނަމަ  ޝައިމް ކައިރީ ބުނެލާތި” އަޝްވާއަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ކާއިން ފޯނު ކަނޑާލިއެވެ.

ކާއިންގެ ފޯނުން އަޝްވާގެ ހިތަށް ބިރުވެރިކަމާއި ހާސްކަން ވަނެވެ. ލަސްކުރުމެއްނެތި އެކޮޓަރިން ނިކުމެ ޝައިމްއަށް ގުޅައި ކާއިން އެގެޔަށް ދިޔަ ވާހަކަ ބުންޏެވެ. ޝައިމްއަށް އެ ގެ ހުންނަން ނޭނގޭތީ ހޮސްޕިޓަލަށް އައިސް އަޝްވާ ގޮވައިގެން ދެމީހުން އެއްކޮށް އެގެޔަށް ދާން މިސްރާބު ޖެހިއެވެ.

“ކީއްކުރަންތަ އަޝްވާ ކާއިން ކައިރީ އެ ގެ ހުންނަތަން ބުނީ” ސައިކަލު މަތީ އިދެ ޝައިމް ސުވާލުކޮށްލިއެވެ.

“އަޅުގަނޑު ހީކުރީ ކާއިން ދާނީ އަޅުގަނޑު ގޮވައިގެން ކަމަށް، އެހެން ނޫން ނަމަ ނުބުނާނަމޭ!” އަޝްވާ ދެރަވިއެވެ. ކާއިންގެ ގޮތް އެނގި އެހާ ވަރަށް ވިސްނާނުލެވުނީތީއެވެ.

“ކާއިން އަކީ ބައްޕަ އޭ ބުނެފިނަމަ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުންނަ މީހެއް! އެހެންވެ ދޮންބެ ޕޮލިހަށް މައްސަލަ ހުށަނާޅާ ކާއިންއަށް މިކަމުން ސަލާމަތްވާން ކުޑަ ދުވަސްކޮޅެއް ދީގެން މި ހުންނަނީ” ޝައިމްއަށް މަސްތުވާތަކެތީގެ މައްސަލަ އެގުނު ރެއިން ފެށިގެން ޕޮލިހަށް ގުޅައި މައްސަލަ ހުށަހަޅަން އުޅުނެވެ. އެހެންނަމަވެސް ކާއިން ވަމުންދާ ގުރުބާނީ ފެނިފައި އަދި އިތުރު ފުރުސަތެއް ދޭން ނިންމީއެވެ.

ޝައިމް  އޭނާ ބާރު މިނުގައި  ދުއްވަމުން ދިޔަ ސައިކަލު މަޑުކޮށްލީ އަޝްވާ ބުނި ގެޔާއި ހިސާބަށް އައުމުންނެވެ. ބޭރުން ބަލާއިރު އެގެޔަކީ ޖާގައިގެ ގޮތުން ކުޑަ ގެޔެކެވެ. ދެ ބުރިއަށް ނަގާފައި ހުރި އެ ގޭގެ ފާރުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ.

އަޝްވާ އެތަނުން ދިޔުމާއި އެކީ ހައްސާނުއަށް އަމީހާއާއި ވާހަކަ ދައްކަން ފަސޭހަވެގެން ދިޔައެވެ.

“އަހަރެން އަމީހާ ވަރި ކުރިއަސް އޭގެ ފަހުން ތިރަށަށް ވަރަށް ގިނަ ފަހަރެއްގެ މަތިން ދިޔައިން އަމީހާ ފެނޭތޯ.. ރަށުގައި އުޅޭ އަމީހާގެ އާއިލާ މީހުން ކައިރީވެސް އެދުނިން އަމީހާ ވީ ތަނެއް ބުނުމަށް.. ކޮންތާކަށްތަ އަމީހާ ދިޔައީ؟” ހައްސާނު އެތައް ކައިވެންޏެއް ކުރި ނަމަވެސް އަމީހާ މަތިން އަބަދުވެސް ހަނދާން ހުރެއެވެ. އަދި އަމީހާގެ މާފު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ.

“ހައްސާނުއާއި ވަރިވެގެން އަހަރެން ދިޔައީ އިންޑިޔާގައި އުޅޭ އަހަރެންގެ ދައްތަ ކައިރިއަށް، އަހަރެން ބޭނުމެއް ނުވި ހައްސާނު ފެންނަ ހިސާބުގައި ވެސް އުޅެން” އެއްވެސް އަސަރެއް މޫނުމަތިން ނުދައްކައި އަމީހާ ބުނެލިއެވެ.

“ކީއްކުރަން އިންޑިޔާއަށް ދިޔައީ؟ އަހަރެން ދެކެ ހަމަ  އެހާ ވަރަށް ރުޅިއައިސްފަތަ ހުރީ؟ އެއީ އެތައް އަހަރެން ކުރިން ވީ ކަންތަކެއް ކަމަށް ވީ ނަމަވެސް އަހަރެން އަމީހާ ކިބައިން މާފަށް އެދެން.. ގޮތެއް ފޮތެއް ނެތި އަހަރެން އުޅުނީ އެހެން މީހުންގެ އިހްސާސްތަކަށް ނުވިސްނާ… އަހަންނަށް މިއަދު ވިސްނިއްޖެ އެއީ ކުރެވުނު ބޮޑު ކުށެއްކަން” ހައްސާނު މާފަށް އެދުނެވެ. މާޒީގެ ކުރެވުނު ކުށްތަކާއި މެދު އޭނާ މިއަދު ހިތާމަކޮށް އެކަންތަކަށް ތައުބާވާން ފަށައިފިއެވެ.

“މާފުކޮށްފިން، އެކަމަކު އެއްވެސް މީހަކަށް އަހަރަމެން ދެމީހުންގެ ވާހަކަތައް ކިޔައިދީގެން ނުވާނެ، އަހަރެން ވެސް މާ ފަހުރުވެރިވާ ކަންތަކެއް ނޫން ކުރެވުނީ” ހައްސާނު ހީކުރި ގޮތާއި ހިލާފަށް އަމީހާ އޭނާއަށް މާފު ދިން ލެއް އަވަހެވެ.

“ކައިވެންޏަކީ މީހާ ލަދުގަންނަވާ ގުޅުމެއް ނޫނޭ، އެހެންވީމަ ދެމީހުންގެ ގުޅުމުގެ ވާހަކަ ދަރިން ކައިރީ ދެއްކުމަކީ ކުށެއް ނޫންކަންނޭނގެ.. ކާއިންވެސް ގިނައިން އުޅެނީ އަޝްވާމެންނާއި އެކީ އެގޭގައެއްނު” ހައްސާނު ބުނެލިއެވެ. ކޮންމެހެން ދެމީހުންގެ މާޒީގެ ވާހަކަ އެއްމެނަށް އެނގޭނެހެން އިއުލާނު ކުރުމަށް ނޫނެވެ. ބޭނުންވަނީ ހަމަ ހަގީގަތުގައިވެސް އަމީހާގެ މާފު އޭނާއަށް ލިބުނު ތޯ ބެލުމެވެ.

“އަހަރެން މިބުނީ އެއްނު ނުދައްކާށޭ! ހައްސާނުއާއި އިނުމަކީ އަހަރެންގެ މުޅި ހަޔާތުގައި ވެސް ކުރެވުނު އެއްމެ މޮޔަ ކަންތައް.. ”   އެހެން ބުނެލުމަށްފަހު އަމީހާ ދާން ހިނގައިގަތެވެ. އޭނާ ފަހަތުން ދުވަމުން މިދާ މާޒީއިން ސަލާމަތްވުމަށެވެ.

“އަމީހާގެ އަހަރެންގެ ދަރިއެއް ހުރޭތަ؟” އަމީހާ އެހެން ބުނުމުން ޝައްކުވެގެން ހައްސާނު އަހާލިއެވެ. އަމީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މާޒީ އައިސް ކުރި މައްޗަށް އެރުމުން ކުރިއަށް އަޅަން ގަސްދުކުރި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނެވެ.

“އަހަރެން އަމީހާ ވަރިކުރި އިރު އަމީހާ ބަނޑުބޮޑުތަ؟” އަމީހާއަށް އައި ބަދަލުން ހައްސާނުއަށް އޭނާގެ ޝައްކު ޔަގީނާއި ގާތަށް ގެންދެވުނެވެ.

“އާން! އަހަރެން އިނީ ބަލިވެ. އެކަމަކު އަހަރެން ބޭނުމެއް ނޫން ހައްސާނުގެ އެއްވެސް ހިޔަޏެއް އަހަރަމެން ދެމައިންގެ ހަޔާތައް ކުރުން. އެހެންވެ ވަރިވުމާއި އެކީ އަހަރެން ބޭރަށް ފުރައިގެން ދިޔައީ” ހަގީގަތް ހާމަނުކޮށް ނުވާނެކަން އެނގި އަމީހާ ފަސް އެބުރި ބެލުމަށްފަހު ބުނެލިއެވެ.

“ކޮބާ މިހާރު އެ ދަރިފުޅު” ހައްސާނުގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އަޅާލިހެންނެވެ. އަތަށް ގުޅާފައި އޮތް އައި.ވީ ނެއްޓުމަށްފަހު އަވަސް އަވަހަށް އަމީހާއާއި ދިމާލަށް ދިޔައެވެ.

“ރީމްގެ ހާލު ރަނގަޅު، އޭނައަކަށް ނޭނގެ ހައްސާނުއަކީ އޭނަގެ ބައްޕަ ކަމެއް… ރީމް ދެކޭ ގޮތުން ނަމަ އަހަރެންގެ މިހާރުގެ ފިރިމީހާއަކީ އޭނަ ބައްޕަ” ހައްސާނު އައިސް ކުރި މައްޗަށް ހުއްޓިލުމުން އަމީހާ ބުނެލިއެވެ.

“ތިހެން ވާނީ ކިހިނެތް؟ ބަނޑުބޮޑު އިރު ކުރާ ކައިވެނި ސައްހައެއް ނުވާނެ… ކޯޓުން ނާހާތަ ހަށި ހުސް ތޯ” ހައްސާނު ހިތުގައި އެތައް ބައިވަރު ސުވާލުތަކެއް ފުނިޖެހިއްޖެއެވެ. ދަރިއެއް ހުންނަކަން އެނގުނު ދުވަހުން ފެށިގެން ކާއިންގެ އެހީގައި ހައްސާނު ވަނީ އެކުއްޖަކީ ކޮބައިތޯ ބެލުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. ކާއިންއަށް އެމީހުން ޖަވާބު ނުދިނުމުން އަމިއްލައަށް ގުޅައި އޮޅުންފިލުވިއެވެ. އެހެން ނަމަވެސް މާ އެދެވޭ ޖަވާބެއް މިހާ ތަނަށް ލިބިފައެއް ނެތެވެ.

“އާން އަހަރެން ކުރި ކައިވެނި ސައްހައެއް ނުވާނެ، އެކަމަކު އެނޫން ގޮތެއް އަހަންނަށް ނުފެނުނު. އަހަރެން ހުރީ އަހަރެންގެ އަމިއްލަ މައިންބަފައިން ކައިރިއަށް ދާން ލަދުން. އެހެންވެ ވަރި ވުމާއި އެކީ ފުރައިގެން ބޭރަށް ދިޔައީ.. އަދި ހައްސާނުއާއި ވަރިވިތާ ތިން މަސް ހަމަވުމާއި އެކު އަހަރެން މިގުދާދުއާއި ކައިވެނި ކުރިން .. މިގުދާދު އަކީ ހައްސާނުއަށް ވުރެ ކުރިން އަހަންނަށް ލޯބި ހުށަހެޅި މީހެއް..   އަހަރެން ފެނުމާއި އެކު އޭނަ ކައިވެނި ކުރަން އެއްބަސްވި އެކަމަކު އޭނައަށްވެސް އަދި އަހަންނަކަށް ވެސް ނޭނގެ އަހަރެން އިނީ ބަލިވެ ކަމެއް، ކައިވެނި ކޮށްގެން މާ ގިނަ ދުވަހެއް ނުވަނީސް މިގުދާދު އޭނާ މަސައްކަތް ކުރާ ރިސޯޓަށް އެބުރި ދިޔަ.. ދެން ވެސް ކަންތައް ވީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫން.. އަހަރެން އުޅުނީ އިންޑިޔާގައި ކަމުން މިގުދާދުއަށް އަހަރެން ކައިރިއަށް އައުން ވީ ދަތި ކަމަކަށް. އެޔާއި އެކު ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގައި މިގުދާދު އަހަރެން ވަރި ކުރީ.. ދެވަނަ ފަހަރަށް އަހަރެން މިގުދާދުއާއި އިނީ އޭގެ އެއް އަހަރު ފަހުން.. އެކަމަކު މިގުދާދު އަންނާނެ އަހަންނާއި ރީމްގެ ހާލު ބަލާލަން. ރީމް ވިހެއި ދުވަހުވެސް މިގުދާދު އަހަރެން ކައިރީ ހުރި.. ރީމް އަކީ އޭނާގެ ދަރިއެއް ކަމަށް ހީކޮށްގެން.. ރީމްއަށް އޭނަ އަޅާލާވަރުން އަހަންނަށް ނުކެރުނު ހަގީގަތް ހާމަ ކުރަން.. ދައްތަ އަށް އެކަނި މިއަދާއި ހަމައަށްވެސް އެކަން އެނގޭނީ” އަމީހާ ކަންތައް ވީ ގޮތުގެ ތަފުސީލް ހައްސާނުއަށް ކިޔައިދިނެވެ. ހައްސާނު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަމީހާ އެވަރުގެ ބޮޑު ކަމެއް ސިއްރުކޮށްގެން އުޅުނީތީ ހައިރާންވެފައެވެ.

“އަދިވެސް ރީމްއަށް ނޭނގޭތަ އޭނަގެ ބައްޕައަކީ މިގުދާދު ނޫން ކަމެއް؟” ހައްސާނު އަހާލިއެވެ.

“އާން! އަހަރެން ބޭނުމެއް ނޫން ދުވަހެއްގެ ކޮޅުންވެސް ރީމްގެ ބައްޕައަކީ ހައްސާނު ކަން އޭނައަށް އަންގަން” އަމީހާ އަދިވެސް ހުރީ އެގޮތުގައެވެ. އެއީ އޭނާއަށް ފެންނަ އެއްމެ ރަގަޅު ގޮތް ކަމަށް ބެލެވޭތީއެވެ.

 

“ދުވަހެއްގެ ކޮޅުން އަމީހާ ރީމް ކައިރީ އޭނަގެ ބައްޕަގެ ނަން ހާމަ ނުކުރިޔަސް ތީ ކުރެވުނު މޮޅުކަމެއްގެ ގޮތުގައި ނުދެކޭތި! އަމީހާއާއި އެއްވަރަށް އެހަށިގަނޑުގައި އަހަރެންގެ ލޭވެސް ހިނގާނެ.. އަމީހާ ތި ކުރީ އަހަރެން ކުރި ކުށަށް ވުރެ އެތައް ގުނަ ބޮޑު ކުށެއް. އެއްމެ ކުށެއް ނޫން! އެތައް ބައިވަރު ފާފައަށް ތި އަރައިގަނެވުނީ.. ދޮގު ހަދައި އޮޅުވާލައި މަކަރު ތިހެދީ! އަހަންނަކަށް ނޭނގެ މި ހުރިހާ ކުށްތައް ފޮރުވައިގެން އަމީހާ މިއޮތް ހާ ދުވަހު އުޅޭނު ގޮތެއް ވެސް.. އަހަރެން ހަމަ ހައިރާންވެއްޖެ!” ހައްސާނުގެ އަޑު ކޮޓަރި ތެރޭގައި ގުގުމާލިއެވެ. ގެއްލުނީ އޭނާއަށދަރިއެއް އެކަންޏެއް ނޫނެވެ.

“އެ މަންޖެއަށް ރައްކާތެރިކަން ހޯދައިދޭނަމޭ ހިތައި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން އެހެން މީހުންގެ ހައްގުތަކަށް އަރައިގެން ތި ހުރެވެނީ! ރީމްއަށް އޭނާގެ ބައްޕަގެ ހަގީގަތް ފޮރުވައި ކޯޓަށް ނަސްލު އޮޅުވާލައި މަކަރު ހަދައިގެން ތިހުރެވެނީ.. ދެން ކޮބާ ތި ބުނާ ލޯބިވާ ފިރިމީހާގެ ހައްގުތައް! އޭނައަށް ވީ ބޭފަވާތެރިކަމަކަށް ތިކަން ނުވާނެތަ؟؟ ” ހައްސާނު ހުރީ ރުޅި އައިސްފައިކަން މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުންނާއި އަޑުގައިވި ހޫނުން އެގިގެން ދެއެވެ.

“ހައްސާނު ބުނެބަލަ، އެނޫން އެހެން ގޮތެއް އަހަންނަށް އޮތްތަ؟” އަމީހާއަށް ރޮވުނެވެ. މިދުވަސް އަންނާނެ ކަން އެނގުނަސް އޭނާ ހުރީ މި ކަމަށް ތައްޔާރުވެގެން ނޫނެވެ.

“އަހަރެން ގަބޫލުކުރަން އަހަންނަށް ކުށް ކުރެވުނީމަ ކަން އަމީހާ އަހަރެން ދޫކޮށްލާފަ ދިޔައީ، އެކަމަކު އަމީހާ ވިސްނާލިންތަ އަހަރެން ދަރިއެއް ގޮވައިގެން ކަން އަމީހާއަށް ދެވުނީ؟ ކަންތައް މިއަށް ވުރެ ބޮޑަށް ކުރެވޭނެ ގޮތްތަކެއް އަމީހާ ވިސްނާލި ނަމަ ލިބޭނެ.. އެއްމެ ކުޑަ މިނުން ރީމްގެ ބައްޕައަކީ އަހަރެން ކަން ބުނެލި ނަމަ މިދުވަސް އަންނާކަށް ނުޖެހުނީސް. އަދި އަމީހާއަށް ވެސް މިއަށް ވުރެ ހަމަޖެހިލައިގެން ދިރިއުޅެވުނީސް” ހައްސާނު ވާހަކަ ދެއްކިއެވެ. އަމީހާ އެކުރި ކުށްތަކުގެ ސަބަބުން އޭގެ އަސަރު އޭނާއަށްވެސް ކޮށްފިއެވެ.

“އަހަރެން ބޭނުމެއް ނުވި ދެވަނަ ފަހަރަށް ހައްސާނު ކުރި މައްޗަށް އަރަން، އެހާ ހިތްވަރެއް އަހަރެން ގަޔަކު ނެތް” އަމީހާ ބުނެލިއެވެ. އިސްޖަހާލަމުންނެވެ.

“ވަގުތު ފާއިތުނުވޭ އަދިވެސް، މައްސަލަ ބޮޑުކޮށްލަން އުޅެފި ނަމަ ރީމްއަށް އޭގެ އަސަރު ކުރާނެ” އަމީހާ ދެކެ ކިތައްމެ ރުޅި އަޔަސް އެރުޅިން ރީމްއަށް ގެއްލުމެއް ވާން ހައްސާނު ނޭދެއެވެ.

“އެކަމަކު އަމީހާ ޖެހޭނެ އެއްމެނަށް ހަގީގަތް ކިޔައިދޭން.. ރީމްއަށް އަދި މިގުދާދުއަށްވެސް.. އަމީހާ ތި ކުރި ކުށުގެ ސަބަބުން އެމީހުންނަށް ވެސް ކިހާ ބޮޑު ދެރައެއް ތި ދެވުނީ.. ” ހައްސާނުގެ އަޑު މަޑުވިއެވެ.

“ނޫން، އޭރުން ރީމް އަހަންނަށް ނަފުރަތު ކުރާނެ، އަދި މިގުދާދު އަހަރެން ދޫކޮށްލާފަ ހިނގައިދާނެ” އަމީހާ ދެކޮޅު ހެދިއެވެ. އަދިވެސް ހަގީގަތާއި އެކީ އެއްމެން ކުރި މައްޗަށް އެރުމަށް ލަދުގަނެ ބިރުގަނެއެވެ.

“ދެން މުޅި އުމުރަށް ތިކަން ފޮރުވައިގެން އުޅެންތަ ތި ގަސްދު ކުރަނީ؟؟ އަމީހާ ހަގީގަތް ހާމަ ނުކޮށް ފިނަމަ އަހަރެން އަމިއްލައަށް ގޮސް ރީމްއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން..” ހައްސާނު ދިނީ އިންޒާރެކެވެ.

“ނޫން ނޫން! އަހަރެން އަމިއްލައަށް ކިޔައިދޭނަން.. ހައްސާނު ދުރުގަ ހުރޭ! ” އަމީހާގެ ހިތް ބިރުގަނެއްޖެއެވެ. ބާރުތައް މުށު ތެރެއަށް ލައިގެން ހުރުމުގެ ސަބަބުން ލޯބިވާ އެއްމެން އޭނާ ދޫކޮށް ހިނގައިދާނެ ކަމަށްޓަކައެވެ. އަމީހާ ރީމް ދެކެ ލޯބިވަނީ އޭނާއަށް ލިބުނު ހަގު ދަރިއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށެވެ. ގޭތެރޭގައި ހަމަނުޖެހުން ބޮޑުވަނީ މިހެންވެއެވެ.

“އެ މަންޖެގެ ހާލު ކިހިނެތް މިހާރު؟” ދެމީހުންގެ ތެރެއަށް އައި ހަމަހިމޭންކަން ނަގާލަމުން ހައްސާނު އަހާލިއެވެ.

” ރަގަޅުވަމުން އެބަ ދޭ، ރިޕޯޓްތައް ލިބޭނީ މިރޭ” އަމީހާ ވާހަކަ ދެއްކީ ހަމައެކަނި ހައްސާނުއަށް އަޑުއިވޭހާ މަޑުންނެވެ.

“އަހަރެން ބޭނުން ރީމްއާއި ބައްދަލުކޮށްލަން؟” ހައްސާނު އެދުނެވެ. ކެތްމަދުވެފައިވާ ހާލުގައެވެ.

“އަދި ފަހުން، ރީމް ބަލިވެ އުޅޭ އިރު މިހާ ބޮޑު ހަބަރެއް ދޭކަށް ނުކެރޭނެ” އަމީހާ ބުނެލިއެވެ.

“އަދިވެސް ރީމް އަހަންނާއި ދުރު ކުރަންތަ އަމީހާ ބޭނުންވަނީ، އަހަރެންވެސް ހަމަ ހުރެލާފަ ގޮސް ނުބުނާނަން ދޯ އަހަރެން މީ އޭނަގެ ބައްޕައޭ! އަމީހާއަށް ނޭނގުނަސް އަހަންނަށް އެނގޭ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރަން” ދެބުމަ ގޮށް ޖަހައިގެން ހުރެ ހައްސާނު ބުނެލިއެވެ.


 

އަޝްވާ އާއި ޝައިމް އެކުގައި ގޮސް އެގެޔަށް ވަނެވެ. އަދި އެއްމެ ފުރަތަމަ ފަންގިފިލާގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރޭގައި މީހެއް އުޅޭ ތޯ ބެލުމަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ޝައިމް ކުރީގައި ހުރެ ދެމީހުން އެތެރެއަށް ވަނެވެ. ކާއިން ފެންނާނެ ކަމަށް އުއްމީދުކޮށެވެ.

ގެޔަކީ ބޭރުން ފެންނަ ގޮތަށް ޖާގައިގެ ގޮތުން ކުޑަ ގެޔެކެވެ. ބަދިގެޔާއި ސިޓިންރޫމް ހުރީ އެއްކޮށެވެ. ދެން ހުރީ ކޮޓަރިއެކެވެ.

ނަސީބު ކަން ދިމާކުރި ގޮތުން އެކޮޓަރީގައި ހުރީ ތަޅުނުލައި ކަމުން އެމީހުންނަށް އެތެރެއަށް ވަންނަން މާ ބޮޑު ކަމެއް ކުރާކަށް ނުޖެހެއެވެ. ކޮޓަރިއަށް ވަނުމާއެކު އަޝްވާ ނޭފަތް މަތީ އަތް އަޅާލީ ދުވަމުން ދިޔަ ނުބައި ވަހުންނެވެ.

“ކާއިން! އެބަ އުޅެންތަ” ކޮޓަރިއާއި ފާހަނަ ބަލާލި އިރު ކާއިންއާއި އިތުރު މީހެއްގެ ހިލަމެއް ނުވުމުން ޝައިމް އަހާލިއެވެ.

“ނެތް ކަންނޭނގެ ހިނގާ ދާން” ނޭފަތް މަތީ އަތް އަޅައިގެން ހުރެ އަޝްވާ އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ދެން އިވުނު އަޑާއި އެކީ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އިވުނީ ޓަކި ދިން އަޑެވެ. ގަތް ބިރާއި އެކު އަޝްވާ ޝައިމް ކައިރިއަށް ޖެހިލައި ޝައިމްގެ އަތުގައި ބާރަށް ހިފާލިއެވެ. އަޝްވާ އަކީ ބިރުގަނެއްޖެނަމަ ބާރަށް ހަޅޭތްލަވައިގަންނަ މީހަކަށް ވުމުން ޝައިމް ތުންފަތް މަތީ ޝަހާދަތް އިނގިލި ޖައްސައި އަޑު ގަދަ ނުކުރުމަށް އެދުނެވެ. އަދި ދެވަނަ ފަހަރަށް އެއަޑު އިވޭ ތޯ ކަނުލައި އަޑު އަހަން ހުއްޓެވެ.

ދެވަނަ ފަހަރަށް އެއަޑު އިވުމާއެކީ އަޝްވާ އާއި ޝައިމްއަށް އެއްފަހަރާ އަޑު އަންނަ ދިމާ ބެލެވުނެވެ. އަޑު އަންނަނީ މޭޒު ކައިރީ ހުރި ކަބަޑުންނެވެ. ޝައިމް އާއި އަޝްވާ އެކަކު އަނެކަކަށް ސުވާލުގެ ނަޒަރުން ބަލާލުމަށްފަހު އެދިމާލަށް ހިނގައިގަތެވެ. އަދި ފަރުވާތެރި ކަމާއި އެކު ކަބަޑުގެ ދޮރު ހުޅުވާލިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ދެއަތާއި ފައި ފައްޖަހާލުމަށްފަހު ކާއިން އެއޮތީ ގަދަކަމުން ކަހަލަ ގޮތަކަށް ކަބަޑު ތެރެއަށް ފައްތާލާފައެވެ. އަދި ވާހަކަ ނުދެއްކޭނެ ހެން އަނގަ ތެރެއަށް ފޮތި އަޅައި ބަންދުކޮށްފައެވެ. ކާއިންއަށް މީހަކު އަނިޔާ ކޮށްފައިވާ ކަން އެނގުނީ ނިތްކުރިން ފައިބަމުންދާ ލޭ ތިކިތަކުންނެވެ.

“ކާއިން” އަޝްވާ އާއި ޝައިމް އަށް އެއް ފަހަރާ ބުނެވުނެވެ. އަދި އަވަސް އަވަހަށް ދެމީހުން ވެގެން ކާއިން އެތަނުން ނެރެ ބަދެފައި ހުރި ފޮތިތައް ނައްޓާލަން އުޅުނުވެ. ވައި ނުވަންނަ ގޮތަށް އެތަން ހުރުމުން ކާއިން ހުރީ ނޭވާ ކުރުވެފައެވެ.

“އެމީހުން ފަހަތުން ދާން ހިނގާ! އެމީހުން އަތުގަ އަހަރެންގެ ލެޕް އެބަ އޮތް” ނޭވާ ހަމައަށް ނޭޅެނީސް ކާއިން ކަންބޮޑުވެފައި ބުނެލިއެވެ.

“އަދިވެސް މީސް މީހުން ފަހަތުން ދުވަންތަ ބޭނުން ވަނީ؟ ބަލާބަލަ މޫނަށް ވެފަ އޮތް ވަރު.. ހިނގާ ހޮސްޕިޓަލަށް ދާން” ޝައިމް ރުޅިވެރި ރާގަކަށް ބުނެލިއެވެ.

“ދެން ނޫން! އެހެން ނޫނީ އެމީހުން …” ނޭވާ ކުރުވެގެން ކާއިން ހުއްޓާލިއެވެ.

“އެހެންމީހުންގެ ކަންތަކާއި އުޅުމުގެ ކުރިން ހިނގާ ބަލަ އެއްމެ ފުރަތަމަ ކާއިންއަށް ފަރުވާ ދެވޭތޯ ބަލަން… ” އަޝްވާ ކަންބޮޑުވެފައި ބުނެލިއެވެ.

“ކާއިން! ބަލާބަ! އެމީހުން އަދިވެސް ހޯދިދާނެ.. އޭގެ ކުރިން ހިނގާ ބަލަ ކާއިންގެ މޫނުގަ ބޭސްއަޅަން ދާން” ބިންމަތީގައި އިށީދެގެން އިން ކާއިންގެ އަތުގައި ހިފާލަމުން އަޝްވާ ބުނެލިއެވެ. ކާއިން ގޮތް ދޫނުކުރާނެކަން އެނގި ވިސްނައިދެވޭތޯއެވެ.

ކާއިން އެއްބަސްވުމުން ޝައިމްއާއި އަޝްވާ ކާއިން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ބޭސްއެޅިއެވެ.

“ދެން ބުނެބަލަ، ކާކުތަ ކާއިންއަށް މިހެން ހެދީ؟ އެ މާޒިންތަ؟”އަވަސް ފަރުވާ ދޭ ބައިން ނިކުމެ އަޝްވާ އަހާލިއެވެ.

“އާން! އޭނަގެ ގެ ވީމަ އޭނަ ހުންނާނެ އެއްނު އެތާ.. އަހަރެން އެގެޔަށް ދިޔައިރު އެއްވެސް މީހެއް ނެތް އެތާ. މުޅި އެގެ ހޯދަމުން ދަނިކޮށް އަހަންނަށް އަހަރެންގެ ލެޕްޓޮޕް ފެނުނީ އެކޮޓަރީގެ އެނދު ދަށުން. އެހިފައިގެން އެތަނުން ނިކުންނަން އުޅެނިކޮށް ޖެހުނީ މާޒިންއާއި އިތުރު ކޮންމެވެސް މީހެއްގެ ކުރި މައްޗަށް! އަހަރެން ފެނުމާއި އެކު އޭނައަށް އެގިއްޖެ އަހަރެން މީ ކާކުކަން. އިތުރު ވާހަކައެއް ނުދައްކާ އެއްމެ ފުރަތަމަވެސް އައިސް އަހަރެން ބަނޑުމަތީ ޖަހާފާ އަތުން ލެޕްޓޮޕް ނަގާފަ އޭނަ ކައިރީ ހުރި މީހާ އަތަށް ދީފަ ބުނީ “އެގެޔަށް” ގެންދާށޭ.. މާޒިންގެ އިތުރު ގެޔެއް ހުރޭތަ؟” އެވަރަށް އަނިޔާ ވި އިރުވެސް ކާއިން ދޫދޭން އުޅޭހެން އޭނާގެ ވާހަކަތަކުން ހީނުވެއެވެ.

“ސާބަސް އިނގޭ! އަދިވެސް ތިއުޅެނީ އޭނަ އަތުން ލިބުނު އަނިޔާ މަދުވެގެންތަ؟ އަހަންނަކަށް ނޭނގެ މާޒިންގެ އިތުރު ގެޔެއް ހުންނަ ކަމެއް.. އެނގޭ ނަމަވެސް ނުބުނާނަން.. އަހަރެން ގޮވައިގެން ދާނަމޭ ކިޔާފަ ތީ ހެދި ގޮތަކީ” ދެބުމަ ގޮށްޖަހާލަމުން އަޝްވާ ބުނެލިއެވެ.

“ވެލް އަޝްވާ ގޮވައިގެން ދިޔަ ނަމަ އެމީހުން އަޝްވާގެ އަތްފައި ބަދެފަ ލާނީ ކޮންތާކަށް ބާ” ޝަހާދަތް އިގިލި މޫނާއި ކައިރިކޮށް ވިސްނާ ކަމަށް ހަދައިލައިގެން ހުރެ ކާއިން ބުނެލިއެވެ.

“ވަރަށް ފޫހިވޭ އިނގޭ!” އަޝްވާ ހެމުން ކާއިންގެ އަތްދަނޑީގައި ހިފާލިއެވެ.

“އަދިވެސް ނުވޭތަ ޕޮލިހަށް މައްސަލަ ހުށަހަޅަން.. އަހަންނަށް މަޑުކުރެވޭނީ ވަކި ވަރަކަށް އިނގޭ! ކާއިން ލެޕް ހޯދާނަމޭ ކިޔާ ތާ މިހާރު ކިތައް ދުވަސް މިވަނީ” އެމީހުންނާއި އެއްވަރަށް ހިނގަމުން ދިޔަ ޝައިމް ބުނެލިއެވެ.

“ގިވް މީ އަ ވީކް! އަހަރެން ކޮންމެވެސް ގޮތަކުން މިކަން ނިންމާނަން” ކާއިން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ޝައިމް އާއި އަޝްވާ އަށް ސިއްރުކުރަން ބޭނުންވާ ހެއްކެއް އޭނާއަށް އެގޭ ތެރެއިން ފެނުމުންނެވެ.

ތިން މީހުން އެކުގައި ގޮސް ވަނީ ރީމް އެޑްމިޓްކޮށްފައި އޮތް ކޮޓަރިއަށެވެ. އޭރު ދޮރު ފާރައަށް ފުލުހެއް އެތާގައި ހުއްޓެވެ. ޝަނުމް ހުރީ އެވަގުތު ދޮރު ބޭރުގައި ކަމުން އިތުރު ހުއްދައަކާއި ނުލައި އެތެރެއަށް ވަންނަން ފުރުސަތު ލިބުނެވެ.

“ބައްޕާ! މިތާ ކީއްކުރަނީ؟” އޭނާ ހޮސްޕިޓަލުން ދިޔައިރު އެޑްމިޓްކޮށްފައި އޮތް ހައްސާނު މިތަނުން ފެނުމުން ކާއިންއަށް ލިބުނީ ހައިރާންކަމެކެވެ.

“ބައްޕަ މިއައީ ރީމްގެ ހާލު ބަލާލަން، ދަރިފުޅު ކާކާއި އަރާރުންވުން ހިންގާފަ ތިއައީ” ކާއިންގެ ބޮލުގައި ބޭސްއަޅައިފައި ހުރިތަން ފެނުމުން ހައްސާނު އަހާލިއެވެ.

“އެއީ މި އަޝްވާ ގެ ކަންތައް!! އޭ ދޮގެއް! މިއައީ އަޅުގަނޑުގެ ލެޕް ވަގަށް ގެންދިޔަ މީހާއާއި ބައްދަލުކޮށްލާފަ” ސީރިއަސް ވަގުތުގައިވެސް ކާއިން ބޭނުންވީ އަޝްވާއަށް ޖެއްސުމެއް ކޮށްލައި މަޖާވެލާށެވެ.

“ބައްޕައަށް އެގޭ އަޝްވާ ކާއިންއަށް ގެއްލުމެއް ނުދޭނެކަން.. ތި ދެކުދިންގެ ގުޅުން އެޔަށްވުރެ މާ ވަރުގަދަ” ހައްސާނު އެހެން ބުނި އަޑު އެވަގުތު އެކޮޓަރިއަށް ވަން ޝަނުމްއަށް އަޑުއިވު އަޝްވާ އާއި ދިމާލަށް ބަލާލިއެވެ.  އަޝްވާ ކާއިންއަށް ބަލައި ހިނިތުންވެލި ގޮތުން ޝަނުމްއަށް ހައްސާނު ބުނި ބަހުގެ ތެދުކަން ހާމަވިއެވެ.

“އަޝްވާ ވަރަށް ލޯބިވެއޭ އަޅުގަނޑު ދެކެ… ދޯ ޗެރީ” ކާއިންއަށް ޝަނުމް އަޝްވާއަށް ބަލާލި ތަން ފެނިފައި ބުނެލިއެވެ. އެޔަށް ޖަވާބެއް ނުދީ އަޝްވާ ޝަނުމްއަށް ބަލާލިއެވެ. އެއްވެސް އަސަރެއް ނުދައްކާ ނަމަވެސް އެބެލުމުން ޝަނުމްއަށް އޭނާގެ ހިތުގެ އުދާސްތައް އަޑުއިވޭނެ ކަމަށެވެ.

“ބައްޕައަށް ރީމް އެގިލައްވާ ތޯ” ކާއިން ކުރި ސުވާލަށް އަޝްވާ ޖަވާބު ނުދިނުމުން ކާއިންގެ ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ނުދައްކައި ވޭ ތޯ މަސައްކަތް ކުރިއެވެ.

“ބައްޕައަށް ރީމް ފެނުނީ ދެންމެ، އެކަމަކު ހީވޭ އެއްމެ ކުރިންސުރެ ދަންނަ ކުއްޖެއް ހެން… ގެޔަށް ބަދަލުވީމަ އަޝްވާއާއި ރީމްއާއި ދެކުދިން ގެޔަށް ގެންނަން ވާނެ ، އިނގޭ ކާއިން… ” ރީމްއަށް ބަލާލަމުން ހައްސާނު ބުނެލިއެވެ. ހަގީގަތް ހާމަ ކުރަން ނުހަނު ބޭނުން ވިޔަސް މިއީ އެކަމަކަށް އެއްމެ އެކަށޭނެ ވަގުތެއް ނޫނެވެ.

ރީމްގެ ނަން ބުނުމުން ކާއިން ގާތަށް ސިގުރުޅިއެއް އައެވެ. އެރޭ ޓީވީ ބަލަން ތިއްބައި ޝަނުމް އަތުގައި ހިފައި ރީމް އުޅުނު ގޮތުން އަޝްވާ ދެރަވީތީ އެކަމުގެ ރުޅިވެރިކަން އަދިވެސް ނުފިލައެވެ. އެހެންނަމަވެސް ބައްޕަގެ އެދުމަކަށް ވުމުން ނޫނެކޭ ބުނަން ނުކެރިފައި ހުރެ ކާއިން ހިނިތުންވެލިއެވެ.

އެއްމެން ރޭގަނޑުގެ އެ ހިތްގައިމު ވަގުތު އެކުގައި ހޭދަކުރީ އެއް އާއިލާއެއް ކަން ނޭނގޭ ހާލުގައެވެ.


 

ހުކުރު ދުވަހުގެ ބަރަކާތުން ދުވަސް ފަށައިފިއެވެ. ފަތިސް ނަމާދަށް އަރަން ތެދުވި ގޮތަށް އަޝްވިން ތެދުވީ އީޝް ގޮވައިގެން ލިއުޝާ މެން ގެޔަށް ދިޔުމަށެވެ. މަންމަ ދެކެ ލޯބިވާންވާނޭ ބުނި ވަގުތުން ފެށިގެން އީޝް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ މަންމަގެ ލޯތްބަކީ ކޮބައި ތޯ ބެލުމަށެވެ. އެގޮތުން ހިންދު ކައިރިން އެތައް ސުވާލެއް ކުރިއެވެ. މަންމަ މީރު އެއްޗެހި ކާން ދޭނެ ތޯއެވެ؟ ކައިރީގައި އޮވެ ނިދާނެ ތޯއެވެ؟ އަދިވެސް އެތައް ކަމެއްގެ ވާހަކަ އެއްސެވެ.

“ބައްޕަ އަންނާނަން އީޝް ބަލާ މާދަމާ އިނގޭ” އަތުގައި އޮތް ދަބަސް ދޮރު ކައިރީގައި ހުރި ލިއުޝާ އަތަށް ދީ އީޝްއާއި އެއް ވަރަށް ތިރިވެލަމުން އަޝްވިން ބުނެލިއެވެ.

“ބައްޕަވެސް އާދޭ” އެގެޔަށް އާދެވުމާއި އެކު އީޝްގެ ހިތް ބިރުން ފޯވެއްޖެއެވެ. މާކޯނިގޭގެ ހަތަރު ފާރުން ބޭރުގައި ބައްޕަ ނެތް ތަނެއްގައި ހުންނަން ޖެހުމުންނެވެ.

“ބައްޕަ އަންނާނަމޭ އީޝް ބަލާ މާދަމާ… މިއަދު އީޝް މަންމައާއި އެކީ ހުރިހާ ކަމެއް ވެސް ކުރާނީ.. މަންމަ ދަރިފުޅަށް ކާންދޭނެ، ފެންވަރުވައިދޭނެ، އަދި ނިދަން ކައިރީގަވެސް އޮންނާނެ” އަޝްވިން އީޝްއަށް ކިޔައިދިނެވެ. އީޝްގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެންނަމުން ދާތީ އެވެ.

“އީޝް ބޭނުމީ ބައްޕައާއި އެކީ ކާން، އަދި ނާނާ ކިޔަންވެސް… މަންމަ ބޭނުމެއް ނޫން” އީޝްގެ ލޮލުން ކަރުނަ އޮހެރުނެވެ.

“އީޝް! އެކީއްވެ ދޫންޏާ؟ ބައްޕަ އެހުރިހާ ކަމެއް ދަރިފުޅަށް ކޮށްދެނީ ދަރިފުޅު ދެކެ ލޯބިވާތީ އޭ.. މަންމަވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވޭ.. އެހެންވެ މަންމަ ބޭނުންވަނީ ދަރިފުޅާއި އެކީ އެ ހުރިހާ ކަމެއް ކުރަން. ބައްޕަ ބުނީމެއްނު އީޝް ޖެހޭނޭ މަންމަ ދެކެ ލޯބިވާން.. އެހެންނޫނީ މަންމަ ކިހާ ދެރަވާނެ” އީޝް ގައިގައި ބައްދާލަމުން އަޝްވިން ބުނެލިއެވެ.

ދަރިފުޅަށް އެނގޭތަ މަންމަ ދަރިފުޅަށް ކޮށްދިން ބައިވަރު ކަންތައް.. މަންމަ ދަރިފުޅު ބަނޑުގަ ބާއްވައިގެން ދަރިފުޅު ބޮޑު ކުރީ… ދަރިފުޅުވެސް  މާ ގިނައިން ކެއިމަ ބަނޑުބޮޑުވެ ބަނޑުގަ ރިއްސައެއްނު.. އެގޮތަށް މަންމަވެސް ދަރިފުޅު ބަނޑުގަ ބާއްވައިގެން އުޅުނު އިރު އުޅޭނީ އަބަދު ތަދުވާތީ.. އެކަމަކު މަންމަ ދަރިފުޅު ދެކެ ލޯބިވާތީ މަންމަ ހުރީ ދަރިފުޅު އެއްކޮށް ބޮޑުވަންދެން ވަރަށް ހިތްވަރުކޮށްލައިގެން… އަދި އެގޭތަ މަންމަ ދަރިފުޅަށް ލޯބި ލޯބި ހެދުން ވެސް ދޭނެ.. ދަރިފުޅުގެ ބުލޫ ހެދުމަކީ މަންމަ ދަރިފުޅަށް ދިން ހެދުމެކޭ.. ” އަޝްވިން އީޝް އަށް ބަލައި މިސާލު ދައްކަމުން މަންމައަކީ ކާކުކަން އީޝްއަށް އަންގައިދެވޭތޯ އުޅެއެވެ.

“މަލާ ދައްތަވެސް ބަނޑުގަ އޮންނާނެ ބޭބީއެއް” އީޝް ހަނދާނަށް އައީ މަލަކާ ބަނޑުބޮޑުވެގެން އީޝް ކައިރީ އަޝްވާ އެވާހަކަ ދެއްކި ހަނދާނެވެ.

“އާން! މަލާ ދައްތަ އެއުޅެނީ ދަރިފުޅަށް ކޮއްކޮ އެއް ހޯދައިދޭން” އީޝް ހީލުމުން އަޝްވިންއަށް ވެސް ހެވުނެވެ. ކުޑަކުދިންގެ ވިސްނުން ހުންނަ ގޮތް ހިތަށް އަރުވާލާފައެވެ.

“އީޝް ބޭނުން މަންމައާއި އެކީ ބައިވަރު ކަންތައް ކުރަން.. މަންމާ! އީޝް ގޮވައިގެން ޕާކަށް ދާނަންތަ” ލިއުޝާއާއި ދިމާލަށް ބަލާލުމަށްފަހު އީޝް އެއްމެ ފުރަތަމަ ފަހަރަށް މަންމަގެ ނަމުން މުހާތަބު ކުރިއެވެ. ލިއުޝާއަށް އެހިނދުން ހިނދަށް ރޮވުނެވެ.

“ބައްޕާ! މަންމަ ރޮނީ ކީއްވެ؟” ލިއުޝާގެ ލޮލުން ކަރުނަ ފެނުމުން އީޝް ދެރަވިއެވެ.

“މަންމަ އުފާވީމަ ރޮވުނީ! ހިނގާ އަވަހަށް އެތެރެއަށް.. މިއަދު ހަވީރު މަންމަ ދާނަން އީޝް ގޮވައިގެން ޕާކަށް.. ދެކުދިން އެއްކޮށް ގޮސް ވަރަށް މަޖާކޮށްލަން ވާނެ ދޯ” ލިއުޝާ އީޝްގެ އަތުގައި ހިފަމުން ބުނެލިއެވެ. މައިވަންތަކަމުގެ ވިންދު ހިތުގައި ޖަހަން ފަށައިފިއެވެ.

އީޝް ލިއުޝާ އާއި ހަވާލުކޮށްލުމަށްފަހު އަޝްވިން ގެޔަށް ދިޔައިރު ހިންދު ހުކުރަށް ލާނެ ގަމީސް އިސްތިރި ކުރަން އުޅުނެވެ.

“އީޝް މަތިން މިހާ އަވަހަށް ހަނދާން ވާން ފަށައިފި” ފަހަތުން ގޮސް ހިންދު ގައިގައި ބައްދާލަމުން އަޝްވިން ބުނެލިއެވެ.

“އާން! އަހަރެންވެސް.. ވަރަށް ފަޅުވެއްޖެ ދޯ” ކުޑަކޮށް ހީލަމުން ހިންދު ބުނެލިއެވެ.

“އަޝްވިން ބޭނުންތަ އިތުރު ބޭބީއެއް ހޯދަން” ހިންދު އަހާލިއެވެ.

“ޔެސް، ބައިވަރެއް” ހިންދުގެ ކޮލަށް ބޮސްދިނުމަށްފަހު އަޝްވިން ބުނެލިއެވެ.

“ހިނގާ ހޯދަން އެހެންވީމަ” ކުޑައިރުކޮޅަކަށް ވިސްނަން ހުރެފައި ހިންދު ބުނެލިއެވެ.

“ނޫން.. ހިންދު ކިޔެވުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ކުރަން އަހަރެން ބޭނުމެއް ނޫން.. ކިޔަވާ ނިންމާފަ ދެމީހުންވެސް ބޭނުން ވުމުން ބޭބީއެއް ހޯދާނީ” އަވަހަށް ދަރިން ހޯދުމަކީ ކުށެއް ނޫނަސް އެކަމުގައި ކެތްތެރިވާން އަޝްވިން ދަސްކޮށްފިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ޒާރާ (29)

Next

ނޫރު (ތިރީސްހަވަނަބައި)

Next
February 13, 2018

ނޫރު (ތިރީސްހަވަނަބައި)

Previews
February 13, 2018

ޒާރާ (29)

62 Comments!

  1. Mysh says:
    February 13, 2018 at 5:38 pm

    Hama bala bala huhtaa thi up kohlee

  2. maroon says:
    February 13, 2018 at 5:43 pm

    So kaain has one week before shaim tells the police. Maybe with what he found in the house he can bring maazin down. And ameehaage mulhi dhiriulhun halaaku vany dhw. Most of u guys hate her.. much love ???

  3. maikko says:
    February 13, 2018 at 5:57 pm

    Finally…….but ashwaa nd kaain happy kohlabala…….story varah reethi…lots of love

    1. maroon says:
      February 14, 2018 at 5:42 pm

      thanku maikko ? loves

  4. Pinky shifoo says:
    February 13, 2018 at 6:09 pm

    Hii maroon ?… Mi part vx v v v furihama… It’s really very nice ???… Vaahaka up veythr iru iru kulhun balaalevey… Ehaa vx mi vaahaka ah inthizaaru kurevey ☺️☺️☺️… Vaahaka kiyamun dhaairu hama heevanee vaahakaiga thereyga ulheveyhenn.. Ehaa vx reethi koh manzarutha sifakohlevey… Mi hithah arany kaain ah kncheh baaey e fenuny???? I’m really curious to know about that.. Keep up the good work maroon.. Maroon ge story thakun v v madhun noonee mistakes vx nufeneyey… So u are improving maroon ??????… Curiously waiting for the next part… Take care n loves ??☺️☺️☺️

    1. maroon says:
      February 14, 2018 at 5:42 pm

      v ufaa vejje komme part akah comment kuraa pinky shifoo ge baraeh mi part gaives veema. ? i get a lot of support from u. and v ufaa vejje comment kiyaalaafa. if there are mistakes point out kollahchey ngey.. much love tc ??
      kaain ah fenuny koahcheh kan net part in egeyne

  5. Ñòòŕަà says:
    February 13, 2018 at 6:19 pm

    Nice bt kury

    1. maroon says:
      February 14, 2018 at 5:40 pm

      thanku noora ?

  6. Lubu says:
    February 13, 2018 at 6:21 pm

    Varah salhi mi part vess
    Alhee liushaa eesh dheenetha ashwin athah
    Varah heevee nudheene hen kohmevess gooheh ulhee
    Avah ashwaa kohmevess meehakaa dhevaaba eena ge dreem full filled koh dheenjeheene story nimuge kurin
    Dhen shanam ashwa ah libumuge chance Kuda ekam reem ah vess ingen jeheene shanam n aswaa ekaku anekau dheke lobivaa kan ingee maroon
    V nice kehmadhuvefaa mihury next part ah
    Lot of luv ????

    1. maroon says:
      February 14, 2018 at 5:40 pm

      liusha eesh nudhinas dhinas eesh emme loabivaany dad dheke kan yageen. yes her big dream to become a mother full fill kohdhehynan in sha Allah.. but she needs time to move on.. loves tc.. reem ah egey dhuvahu she sure will be devasted i think ? ?thanku lubu

  7. Shudha says:
    February 13, 2018 at 6:26 pm

    hey maroon… kaain haadha nurakkatheri gothakashey eulheny… eyna ah dhera gotheh nuhadhaathi… ashwa aa kaain aa avaha gulhuvaba… ashwin v rangalhu… eyna ah visney mamma ge loabi eesh ah dheyn jeheyne kan… shanum aa reem ge gulhun rangalhu kuruvachey… ameeha v loabi veyreem dheke… but she shud learn a gud lesson frm wat she did.. kaain aa reem ge gulhun rangalhu kuruvachey… Masha Allah v reethi mi part ves… waiting for next part… loveeees

    1. maroon says:
      February 14, 2018 at 5:38 pm

      kaain hama kadeege miyamathyga mi bahattany.ekamakuves in sha Allah he will be safe . ashwin ah visnunas liusha hama goas hadhaafaane dhw. shanum and reem ah gotheh hedheyny dhemyhunves situation gai ulhen dhaskoggen. yh ameehaa ah lesson eh dheyn vy. eyrun readers ah egeyne ehen kanthah kurumaky goas kameh kam. loves tc. busy koh ulhemunves shudhaage habare vyma v v v v ufaa vejje , much loves ?

  8. Eekko says:
    February 13, 2018 at 6:26 pm

    Ashwa and shannum beynunvany

    1. maroon says:
      February 14, 2018 at 5:35 pm

      eekko ? they might happen adhives hehe thanku

  9. Aalie says:
    February 13, 2018 at 6:32 pm

    varah reethi.
    waiting for the next part.. ???

    1. maroon says:
      February 14, 2018 at 5:35 pm

      thanku aalie ?

  10. Shann says:
    February 13, 2018 at 6:32 pm

    Wow,. Masha Allah mibaives v v rythi…??.. Hama bunaane ehchehves neynge… Hama mulhin kosvehje…??… Bunaane ehchehves neynge… Story rythikamun kiyaane nukiyaane ehchehves neynge… V v v v v molhey hama buneveyny… Aslah hama ma maroon aa dhimaavelaa hiyvany hama thaureef kohlan… Maroon vareh hama nethey bunaleeny abadhuves shann… Thy abadhuves shann ge enme loabi loabi n enme favorite vaahaka liyuntheriyaa…??… Story athuraalaa goehves hama ehvana… Story sifakurunves hama ehvana… Mihen gos kithanme thaureef eh kurevidhaane… Ehaaves furihama vefa Rythi… Luv u n Miss u bodukoh..??????????????????

    1. maroon says:
      February 14, 2018 at 5:34 pm

      hey love shann.. v v v v v ufaa vejje to see ur beautiful comment. tears up me every single time. i will remember you so much.. ?? love u too and miss u too sweet.. keekey dhw bunaanyves thi kolla thaureefun. ehaa ves shukuru.. ?? so eager to meet you

  11. Jeen says:
    February 13, 2018 at 6:50 pm

    Wow.. Varah reethi.. Kaain ah dhera gotheh nuhadhahchey… Kaain ulhey gothun varah biru ganey.. Ashwa aa kaain aa gulhey nama dhwww.. Reem ge sister akii ameehaa ge kujjeh noon kanneyge.. Vedhaane eii hassan ge kujjakah ves dhww.. Neynge hama eh gothakah ves.. Hama waiting ga..
    Story varah reethi.. Much love 🙂 waiting for the next part :-*

    1. maroon says:
      February 14, 2018 at 5:32 pm

      kaain ulhey goiy dhw. he is a son who loves his dad beyond the limit. so will do anything for him ? . reemge sister nubaeh hadhaahen eba heevey maroon ahves.. vedhaane dhw mamma maa bodah dhatha dheke loabi vaathy jealous vany kamah.. hus theories hama. loves ? hassan ge dahrieh noon ei thanku jeen. intrestaai eky story kiyaathy again thanku

  12. Nashko says:
    February 13, 2018 at 7:08 pm

    ..Varah reethi maroon mirey adhi eh part up kohdhyba plxxxxxxxxxxxxxxxxxxxxxxxxxxxxxxxx

    1. maroon says:
      February 14, 2018 at 5:30 pm

      thanku nashko ?.. go read the next part

  13. Navii says:
    February 13, 2018 at 7:11 pm

    Wow.. Vvvvv reethi mi lart ves.. Awesome hama.. ?? Waiting for the next ingey……

    1. maroon says:
      February 14, 2018 at 5:29 pm

      thanku navii ?

  14. Angle afy says:
    February 13, 2018 at 7:30 pm

    This is first time i comment this story. But i read all part is v nice. And this story is v v v v v v v nice & so beautiful love u maroon v v nice this story thanks to u bring like this type of nice story thanks alot this is my fav story

    1. maroon says:
      February 14, 2018 at 5:29 pm

      thanku angle afy ? v ufaa vejje kiyaakan angaalyma. it means a lot to me. loves tc ? so happy to read ur comment

  15. yoosh says:
    February 13, 2018 at 7:45 pm

    ………. Brilliant igey maroon v reethi comment nukuriyas v v super igey maroon loabi

    1. maroon says:
      February 14, 2018 at 5:28 pm

      thanku yoosh. v ufaa vey kkomme part alah comment nukuriyas kiyaalaakan angaalyma ?

  16. Rose says:
    February 13, 2018 at 7:48 pm

    mi partves vv reethi alhe kaain ah dhera gotheh nuhadhahchey

    1. maroon says:
      February 14, 2018 at 5:28 pm

      thanku rose. hehe.. in sha Allah ?

  17. Psenhi says:
    February 13, 2018 at 7:49 pm

    Though im bxy, i read each n every episode u write. So impresive. Waiting for next episode.
    Hama comment kohlanvegen login vely 🙂

    1. maroon says:
      February 14, 2018 at 5:27 pm

      hey one of my fav writer.. miss u ngey. kon irakun story eh up vany??? thanku psenhi ?

  18. Ash says:
    February 13, 2018 at 7:51 pm

    Ashwa and Shanum ah chanceh nei tha

    1. maroon says:
      February 14, 2018 at 5:26 pm

      nope. they have dhw adhi story ekko dhaa goiy neyge ehnu ? thanku ash

  19. Maa says:
    February 13, 2018 at 8:02 pm

    Vvvv interesting and vvvvvvvv nice mi part ves…….. waiting for next part…. may allah bless ur hard work….

    1. maroon says:
      February 14, 2018 at 5:26 pm

      thanku maa ? so happy..

  20. Zuam says:
    February 13, 2018 at 8:47 pm

    Masha Allah …..varah varah reethi
    Waiting

    1. maroon says:
      February 14, 2018 at 5:26 pm

      thanku zuam ?

  21. Neesh says:
    February 13, 2018 at 8:48 pm

    Alhe v reethi but ashwa n shanum ah chance eyy neytha alhe konmes gotheyy hadhaafa e dekudhin gulhuvaba pls maroon.☺

    1. maroon says:
      February 14, 2018 at 5:25 pm

      they might have a chance. thanku neesh ?

  22. Hairaan says:
    February 13, 2018 at 8:50 pm

    Varah reethi..

    1. maroon says:
      February 14, 2018 at 5:25 pm

      thanku hairaan ?

  23. Shaai says:
    February 13, 2018 at 8:54 pm

    Vaahaka v rythi this is the first time comment kuraa… but baraabarah vaahaka kiyan hama… v rythi v v v rythi… can’t wait for the next part ❤

    1. maroon says:
      February 14, 2018 at 5:25 pm

      thanku shaai ? v ufaa vejje story kiyaakan angaalyma ? loves

  24. sam♥ says:
    February 13, 2018 at 8:57 pm

    wow

    1. maroon says:
      February 14, 2018 at 5:24 pm

      thanku sam ?

  25. Safa says:
    February 13, 2018 at 9:02 pm

    Mi parties vvvv reethi. Waiting for next part

    1. maroon says:
      February 14, 2018 at 5:24 pm

      thanku safa ?

  26. Eyra says:
    February 13, 2018 at 9:25 pm

    Wow, varah reethi story?

    1. maroon says:
      February 14, 2018 at 5:23 pm

      thanku eyra ?

  27. Shina says:
    February 13, 2018 at 9:35 pm

    Masha allah salhiey?.. kaainah fenunee kon ehchehbaa?? Enehkaa masthuva thakethibaa?? Neyge yageen kureveyni kiyamun dhiyaeema.. dhn anna partga igeynetha?? Maroon u are perfect writer???.. kiyuntheriyaage shaugu verikan athulaaganan hama number 1.. sikudheega suvaal thakeh ufahdhaalaafa viya thi nimaalee.. ameehaahthayah dheragotheh nahadhahchey kaain ahwex. Nd ashwa shanum vakivee keehvegenkan adhiwex ashvaayah neygey.. plx angaadhen..

    1. maroon says:
      February 14, 2018 at 5:23 pm

      thanku shina. if it was drugs i dnt think he will take it because eyrun kaain bedheyne dhw.. next part kiyaalaa koahcheh thw balan.. hehe v v ufaa vejje thihaa shaugaai eky story kiyaathy ? loves. she will knw next part ga

  28. thuthu says:
    February 13, 2018 at 9:37 pm

    Haadha kureyy… But vvvvvv reethi

    1. maroon says:
      February 14, 2018 at 5:22 pm

      thanku thuthu ?

  29. annoying reader says:
    February 13, 2018 at 9:45 pm

    alhey varah reethi, kain ah proof hoadhadhy maroon to let mazin down. love this part too. ameeha haadha kanthah hingaifiye dhw. waiting for the nxt part

    1. maroon says:
      February 14, 2018 at 5:21 pm

      yes he is trying that. let him win dhw.. thanku dear

  30. firoo says:
    February 13, 2018 at 10:07 pm

    mi firoo mi story ah comment kuaa furathama faharu..maroon ashwa n shanum gulhuvaaba..dhe loabiverin gulhuneyma reethi vaany..kaain n ashwa nugulhey ehgothakah vs..mi part vs v reethi..❤❤❤❤❤..

    1. maroon says:
      February 14, 2018 at 5:21 pm

      thanku firoo… hehe.. v ufaa vejje comment kiyaalfa. they might be a couple fahun ves ?

  31. ނޮންނަ says:
    February 14, 2018 at 8:09 am

    މި ވާހަކަ ކޮންމެ ދުވަހަކު ކިޔަން ލިބޭތީ ވވވ އުފާވޭ….ވވވވ ރީތި…

    1. maroon says:
      February 14, 2018 at 5:20 pm

      thanku nonna ?

  32. Awa says:
    February 14, 2018 at 2:50 pm

    Liushaa e ulheny hama drama eh jassantha?? Curious….. maroon avahah net epi up kolla dheebala.. kehvaneekeex nun??

    1. maroon says:
      February 14, 2018 at 5:19 pm

      hehe vedhaane hama …thanku awa ?

Comments are closed.


All Right Reserved!