Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (ސާދަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
February 12, 2018 9 Mins Read
24 Comments

ނިހާ މޫނުމަތީ އަތް އަޅާލަމުން އިލްހާމްއަށް ބަލާލިއެވެ. އޭރު މޫނު މައްޗަށް ފައިބައިފައި ހުރި އިސްތަށިތަކުގެ ތެރެއިން ފެންނަން ހުރި ނިހާގެ ދެލޮލުން އަލިފާންކަނި ބުރައެވެ. ނިހާގެ ދެއަތް މުށްކެވި ބާރުވެގެން ދިޔައެވެ. ގޮށްމުށުގެ ހޫނު ހަމަލާއަކުން އިލްހާމްގެ އަނގަމަތީ ޖެހިޖެހީނުން އަނގަމަތި ފަޅާލިއެވެ.

“..މަމީ ސަފީނާއެއް ނޫން..” ނިހާ ފެލިގަތެވެ. “..ސަފީނާއަށް ހެދިގޮތް ހަދަން ހިތަށްވެސް ނާރުވާތި! މަ ނުތެޅެން ފައިރޫޒްއާ އިންނަ ހިތަކުން! ކަލޭ އޭނަޔާ އިނދެބަލަ!..”

އިލްހާމުގެ އަތުން އަނގަމަތި ފޮހެލިއެވެ. އޭނާ އަތުގައި ހޭކިފައި ހުރި ލޭތައް ފެނުނުއިރު ރުޅި ގަދަވެގެން ގޮސް މުޅިމީހާ ތުރުތުރު އަޅައެވެ. ދަތްކުނޑި ވިކާލަމުން ނިހާގެ މޫނު މަތީގައި ޖެހުމަށް އިލްހާމް އަތް މަޅާލި ވަގުތު ނިކާލް އެދޭތެރެއަށް ހުރަސްވިއެވެ. ބައްޕަގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން އަތް ތިރިކޮށްލިއެވެ. އިލްހާމް އައިސްފައިހުރި ރުޅިން ނިކާލްގެ އަތް ފޮޅުވައިލިއެވެ.

“..ހަމަމިހާރު މިގެއިން ނުކުމޭ..!” އިލްހާމް ނިހާގެ އަތުގައި ހިފައި ދަމައިގަތެވެ. “..ހުރި ހަޔާތްކުޑަކަން! ކަލޭ ދުވަހަކުވެސް ބަދަލެއް ނުވާނެ! ހަމަ މިހާރު ނުކުމޭ! މަގޭ އަތުން ފައިން ގޯހެއް ނުހެދެނީސް މިގެއިން ރައްކާވޭ! ނުކުންނާށޭ!..”

އިލްހާމް ހަޅޭލަވައިގަންނަމުން ނިހާ މުލަށްދަނޑީ ހިފާ ގޭޓާ ދިމާއަށް ހޫރުވާލިއެވެ. ދިޔަ ބާރުމިނުގައި ނިހާ ގޮސް ވެއްޓުނެވެ. ހަތަރެސްފައި ޖަހައިގެން އޮތް ނިހާ ތެދުވެ އަތް ފޮޅާލިއެވެ. އަދި އަޑުގެ ނެތްތަނަށް ހޭންފެށިއެވެ.

“..ކަލޭ ތިހާ މޮޅިއްޔާ މަ މިގޭން ނެރެބަލަ! ނެރެބަލަ!..” ނިހާ އިލްހާމްއަށް ބަލަމުން ވާހަކަ ދެއްކީ ހެމުންނެވެ. “..ނުނެރެވޭނެ! ނުވެސް ކެރޭނެ! ކަލޭ ޖެހޭނީ ގަޔަށް ގުއިރޭން! ސަފީނާއަށް ހެދިގޮތް ހަދާލާނަމޭތަ ބުނީ ފައިރޫޒްއާ ނީނދެފިއްޔާ! ކަލޭ ބޭނުންހާ ގޮތެއް ހަދާނީ ކަށްވަޅުގަ އޮތް ކަލޭގެ އަމަޔަށް! އަންނަ ހަފުތާގަ މިދުވަހު ފައިރޫޒު ދެވާނީ ކަލެޔާ! ހެހެހެ!..”

މަލާމާތްކުރާ ފާޑަކަށް ހެމުން ވާހަކަ ދައްކަމުން ދިޔަ ނިހާއަށް ނިކާލް ބަލަމުންދިޔައީ އަޖައިބުވެފައި ހުރެއެވެ. ނިހާ މިހިރީ ދުނިޔެއިން މޮޔަވެފައި ހެއްޔެވެ؟ ނިކާލްގެ މޫނުމަތިން ފެންނަމުންދަނީ ހައިރާންކަމެކެވެ. އެ މޫނުމަތީގައި އެތަކެއް ސުވާލު މާކުތަކެއް ޖެހިފައި ހުއްޓެވެ.

“..އަދި މަށަށް މޮޅެތި ގޮތްގޮތް ހަދަން މި މައްލޫނު އެބަ ރާވައެއްނު!” ނިހާ ހިނިގަނޑެއް ޖަހާލިއެވެ.

“..މިހިރަ ފެންނަ ހައިވާނާ! ދޮގު ހަދާނެ ކަމެއް ނެތް!..” އިލްހާމް ހަޅޭލަވައިގަތެވެ. “..މަގޭ މޫނު މަތީ ޒުވާބު ކުރަން ކަލޭގެ ލަދު ހަޔާތް ކޮބާ؟ މަގޭ އަތުން ބޮނޑިއެއް ނުލިބެނީސް ހަމަ މިހާރު މިގެއިން ނިކުމެ ރައްކާވޭ..”

ނިހާގެ ހުނުން މެދުކެނޑުނެވެ. އޭނާ ބާރު ހިނގުމެއްގައި އައިސް އިލްހާމްއާ ވަރަށް ކައިރީގައި ހުއްޓިލިއެވެ.

“..ނުނުކުންނާނަމޭ!..” އިލްހާމްއަށްވުރެ ބާރަށް ނިހާ ފެލިގަތެވެ. “..ނުވެސް ނެރެވޭނެ! މަގޭ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް އިނގިލިތައް މުގުރާލާނަން!..”

އިލްހާމްގެ ރުޅި ކޮންޓްރޯލުން ނެއްޓޭވަރު ވިއެވެ. މީހެއްގެ ކުރިމަތީގައި އިލްހާމްއާ ދިމާއަށް ޗުއްޕުވެސް ބުނަން ނުކެރޭ ނިހާއަށް ކުއްލިއަކަށް މިހާ ބޮޑު ހިތްވަރެއް މި ލިބުނީ ކޮންތާކުން ހެއްޔެވެ؟ އެންމެ ހިނދުކޮޅަކުވެސް ނިހާ އެގޭގައި ބަހައްޓާކަށް އިލްހާމް ބޭނުމެއްނޫނެވެ. ނިހާ ރުހުމުގަ ނުނިކުމެއްޖެނަމަ ގަދަކަމުން ނަމަވެސް އެހިނދުން ހިނދަށް ގެއިން ބޭރު ކުރުމަށް އިލްހާމު އަވަސްވެގަތެވެ. ނިހާއާ ދިމާއަށް ފިޔަވަޅެއް އެޅުމާއެކު ނިކާލް އިލްހާމް ގައިގާ ބާރަށް ހިފެހެއްޓިއެވެ. ބައްޕަގެ ފަރާތުން ނިހާއަށް އަނިޔާއެއް ލިބޭކަށް ނިކާލް ނޭދެއެވެ.

“..ނިހާ ހަމަމިހާރު ކޮޓަރިއަށްދޭ!..” ނިކާލް އަމުރުކުރިއެވެ.

ނިކާލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެނުނެވެ. ނަޒީލް ހުރީ އޭނާ ބޭޒާރުވެދާނެތީ ބިރު ގަނެފައެވެ. ނިހާ އިތުރަށް އެއްޗެއް ނުބުނެ ގެޔަށް ވަނުމަށް ހިނގައިގަތުމަށްފަހު އެނބުރި ބަލާލިއެވެ.

“..ކަލޭ ކަހަލަ ޞާލިހުންނަށް.. މިތިބަ ދެ ކާފަރުންގެ ހަޤީޤަތެއް ނޭނގޭނެ..” ނިހާ އިލްހާމްއާއި ނަޒީލަށް އިޝާރާތްކުރަމުން ނިކާލްއާ ދިމާއަށް ބުންޏެވެ.

ނިކާލްގެ ހައިރާންކަން އިތުރުވިއެވެ. ނިހާ މިދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ނިހާއަށް މިހިރީ ކިހިނެއްވެފައި ހެއްޔެވެ؟ ކަލޭ ކިޔާފައި ވާހަކަ ދެއްކުމާއި މޫނުމަތީ ޒުވާބުކުރުން އެއީ ނިހާ ދުވަހަކުވެސް ކުރިކަންތައް ތަކެއް ނޫނެވެ. ބާރު ހިނގުމެއްގައި ގޭތެރެއަށް ވަދެގެންދިޔަ ނިހާއަށް ބަލަން ނިކާލް ހުރީ ބުނާނެ އެއްޗެއް ނޭނގި އަނގަ މައްޗަށް ޖަހައިގެންނެވެ.

ހަށިގަނޑުގެ ވަރުދެރަކަމުން ރަނގަޅަށް ހިނގައި ނުގަނެވިފައި ހުރި ނިހާ ހިނގާލައިފައި ދިޔަލެއް “ހަލުވިކަން” އެ ތިން މީހުންގެ ސަމާލުކަމަކަށް ނަޔެވެ. އެޔަށްވުރެ އެމީހުންގެ ހާލު މާ ބޮޑެވެ. އިލްހާމްގެ ހަށިގަނޑު ތެރޭ ހުޅުރޯވެފައިވާއިރު ނަޒީލް ހުރީ ބިރުވެރިކަމާ ހާސްކަމުގެ ތެރޭގައެވެ.

******************************

މައްސަލައިގެ ތަޙްޤީޤު ވަރަށް ބާރަށް ކުރިޔަށް ގެންގޮސް ހަވީރު ވީއިރު ސުނޯހައުސް ގޭ އެންމެންގެ ބަޔާނާއި ސެކިއުރީޓީ ގާޑެއްގެ ބަޔާންވެސް ވަނީ ނެގިފައެވެ. ނަމަވެސް ބަޔާން ނެގުނު އެއްވެސް މީހަކަށް ސުނޯހައުސް ގެއަށް ވަން “ވަގު” ފެނުނު ކަމަކަށް ނުވިއެވެ. ޝައްކުކުރެވޭ މީހެއް ލަފާކޮށް ވެސް ބުނަން ނޭނގުނެވެ.

ބަޔާންތައް ނަގަމުން ދިޔައިރު ފައިރޫޒަށް ލިބިފައިވާ ތަޖުރިބާއާއި ވިސްނުމުގެ ބޭނުން ކުރިއެވެ. އިންޝާގެ ބަޔާން ނެގި ވަގުތު އޭނާއަށް ލިބިފައި ހުރި އަނިޔާތަކާ ބެހޭ ގޮތުން ފައިރޫޒް ވަނީ ސުވާލުކޮށްފައެވެ. އިންޝާ ހާސްވެފައި އިނުމާއި ފެންނަން ހުރި ޒަހަމުތަކުގެ ފަހަތުގައިވާ ސިއްރު ދެނެގަންނަން މަސައްކަތް ކުރުމުން އިންޝާގެ މޫނު މައްޗަށް ވެރިވި ނުތަނަވަސްކަން ފައިރޫޒަށް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ނިހާއަށް އަނިޔާވެރިވި މީހެއް އިންޝާއަށް ނޭނގޭކަމަށް ބުނި ނަމަވެސް ފައިރޫޒަށް އެވާހަކަތައް ޤަބޫލެއްނުކުރެވުނެވެ. އިންޝާ ކޮންމެވެސް ކަމެއް ސިއްރުކުރަމުން ދާކަން ފައިރޫޒްގެ ހަވަނަ ހިއްސުން ކެނޑި ނޭޅި އޭނާއަށް އިޝާރާތްކުރިއެވެ. އެސިއްރު ހޯދުމަށް ތަފާތު އެކި ގޮތްގޮތަށް އެތައް ސުވާލެއް ކޮށްގެންވެސް ތަހުޤީޤަށް ކުރި އެރުން ލިބޭނެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފައިރޫޒް އިނީ އޭނާއަށް ހާއްސަކުރެވިފައިވާ ކެބިންގައެވެ. މުޅި ދުވަހު އުޅެންޖެހުނުލެއް ބުރަކަމުން ނިހާ ކައިރިއަށް ދާނެ ވަގުތެއް އޭނާއަކަށް ނުވިއެވެ. ނިހާ ހޮސްޕިޓަލުން ދޫކޮށްލި ހަބަރު ލިބުމުން އެގެޔަށް ދާން ބޭނުންވިއެވެ. ނަމަވެސް މުހިންމު ފަރާތެއްގެ ބަޔާން ނުނެގި އޮތުމުގެ ސަބަބުން ދެވޭގޮތް ނުވީއެވެ. ގިނަ ބައެއްގެ ބަޔާން ނެގުނުއިރުވެސް ތަޙްޤީޤަށް އެއްވެސް ކުރި އެރުމެއް އަދި މިވީތަނަށް ލިބިފައި ނެތުމުން ފައިރޫޒްގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ. ފައިރޫޒް އޭނާގެ ދެއަތްތިލަ މޫނުމަތީ ކާއްތާލަމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާ މޭޒުމަތީގައި އޮތް މައްސަލައިގެ ފައިލު ނަގާ ހުޅުވާލިއެވެ. ފައިލު ތެރޭގައި އޮތް ނިހާގެ މެޑިކޯ ލީގަލް ރިކޯޑު ނެގިއެވެ. އެރިކޯޑުގައި ނިހާއަށް އެއްވެސް ވަރެއްގެ ޖިންސީ ގޯނާއެއް ލިބިފައިނުވާކަމަށް ބަޔާންކޮށްފައި އޮތުމުން ފައިރޫޒްގެ ހިތަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބިފައިވެއެވެ. ނަމަވެސް އެވިޔާނުދާ ޢަމަލު ހިންގަން އުޅުނު މީހަކު ހޯދުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނޭޅުމަށް ފައިރޫޒްވަނީ އަޒުމު ކަނޑައަޅާފައެވެ.

ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. ފައިރޫޒް ހުއްދަދިނުމުން ޕޮލިސް އޮފިސަރ ޖަނާން ދޮރު ހުޅުވާލައިފައި ވަނެވެ.

“..ސަރ! ސުނޯހައުސް ގޯތީ ސެކިއުރިޓީ ބަލަހައްޓަވާ ދެވަނަ ބޭފުޅާ ދުރުވެއްޖެ..” ޖަނާން އަދަބުވެރިކަމާއެކު ބުންޏެވެ.

ފައިރޫޒް އަތުގައި އޮތް ރިޕޯޓް މޭޒުމަތީގައި ބާއްވާލަމުން އަތުކުރީ ގަޑިޔަށް ނަޒަރު ހިންގާލިއެވެ. އެޔަށްފަހު އިސްއުފުލާލަމުން އެމީހާ އެތެރެއަށް ފޮނުވުމަށް ބުނުމާއެކު “ލައްބަ ސަރ” އޭ ބުނެލަމުން ޖަނާން ނުކުތެވެ.

ނިހާގެ ވޭދަނައާ ގުޅިގެން ބަޔާން ނުނެގި ހުރި ހަމައެކަނި މީހާގެ ބަޔާން ނެގުމަށް ފައިރޫޒް ތައްޔާރުވެލިއެވެ. ދެބައި އުމުރުގެ ފިރިހެނަކު ކެބިންގެ ދޮރު ހުޅުވާލައި އެތެރެއަށް ވަނެވެ. ފައިރޫޒް ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކޮށްލުމާއެކު އެމީހާ އިށީނެވެ.

“..މުޙައްމަދު ޝައްދާދު، މިރިޔާސް/ހދ.ކުޅުދުއްފުށި..” ފައިރޫޒް އަތުގައިވާ ގަނޑަށް ބަލަމުން ވާހަކަ ފެށިއެވެ.

“..ލައްބަ.. ރަނގަޅު..” ޝައްދާދު މަޑުމަޑުން ބުނެލިއެވެ.

ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރެވުނު ސަބަބު ފައިރޫޒް އޮޅުންފިލުވައި ދިނެވެ. ނިހާއަށް ދެރޭމަތިން ދިމާވި ހާދިޘާ ކުރުގޮތަކަށް ތަފުސީލުކޮށް ދިނެވެ. ޝައްދާދު އިނީ ކަނުލައި އަޑުއަހާށެވެ. އެޔަށްފަހު ސުވާލުތަކައިގެން ފައިރޫޒް ކުރިޔަށް ދިޔައެވެ. ފައިރޫޒްގެ ކޮންމެ ސުވާލަކަށް ޝައްދާދު ޖަވާބުދާރީ ވަމުން ގެންދިޔައީ ސާބިތުކަމާ އެކުއެވެ.

ފައިރޫޒް: “..10 ޖެނުއަރީ: މަރްޔަމް ނިހާ ކޮޓަރިއަށް މީހަކު ވަން ފުރަތަމަ ރޭ! އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން އެރޭ ދަންވަރު ޑިއުޓީގައި ހުންނެވީ ޝައްދާދު! ޝައްދާދު ޑިއުޓީގައި ހުންނަވަނިކޮށް ވަގަށް މީހަކަށް ވަދެވުނީ ކިހިނެއް ވެގެންތޯ؟ ސެކިއުރިޓީ ބަލަހައްޓަން މީހަކު ހުއްޓާ މިހާ ބޮޑުކަމެއް ހިނގާ މިދިޔައީ ކީއްވެގެންތޯ؟..”

ޝައްދާދު: “..ލައްބަ.. އެރޭ ޑިއުޓީގައި ހުރީ އަޅުގަނޑު! އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ވަގަށް އެމީހަކު ވަދެފައިވަނީ 12 ގެ ކުރިން! އަޅުގަނޑު ޑިއުޓީއަށް ދިޔައީ 12 ޖެހިއިރު! 02 ޖެހިފަހުން އަޅުގަނޑު ނިދިޖެހުނު! އަޅުގަނޑަށް ލަފާކުރެވެނީ އެމީހަކު ގެއިން ނުކުމެގެން ދިޔައީ އޭގެ ފަހުންކަމަށް!..”

ފައިރޫޒް: “..02 ގެ ކުރިން އިންނެވީ ހޭލައިކަން ޔަޤީންތޯ؟.. މީހަކަށް ވަގަށް ވަދެވޭނެ ކަހަލަ އެއްވެސް ފުރުޞަތެއް ދެވިފައި އޮންނާނެތޯ؟..”

ޝައްދާދު: “..އަޅުގަނޑަށް ޔަޤީންކަމާއެކު ބުނަން ކެރިދާނެ 12 އާއި 02 އަކާ ދެމެދު އެއްވެސް މީހަކު އެގެޔަށް ވަދެ ނިކުމެ ހަދާފައެއް ނޯންނާނެ!..”

ފައިރޫޒް: “..ނިހާގެ ކޮޓަރިއަށް އެމީހަކު ވަދެފައިވަނީ 12:30 އާއި 01:00 އާ ދޭތެރޭ! ދެން ތިޔަ ވިދާޅުވަނީ އެ ހާދިޘާ ހިނގައި ދިޔައީ ޝައްދާދު ހޭލައި އިންނަވަނިކޮށްނޭތޯ؟..”

ޝައްދާދު: “..ލައްބަ! ނިހާގެ ކޮޓަރި ބެލްކަންޏަށް ދީޕިކާ ނިކުތްއިރު ވެސް އަޅުގަނޑު އިނީ ހޭލާ!..”

ފައިރޫޒް: “..ދީޕިކާ ނުކުންނެވީ ނިހާގެ ކޮޓަރި ބެލްކަންޏަށް ކަމެއް ޝައްދާދުއަށް އެނގުނީ ކިހިނެއްތޯ؟ މިހެން މިދެންނެވީ އެގެޔަކީ ބައިވަރު ކޮޓަރިތައް ހުންނަ ގެޔަކަށް ވާތީ..”

ޝައްދާދު: “..އަޅުގަނޑު އެގެޔަށް ވަދެ އުޅޭތީ އެނގެނީ! ގޭ ދޮރާ ދިމާލު މަތިން ހުންނާނީ ނަޒީލްގެ ކޮޓަރި! ދެން ނިކާލްގެ ކޮޓަރިއާ ޖެހިގެން ހުންނާނީ ނިހާގެ ކޮޓަރި! އެގޮތުން އަޅުގަނޑަށް އެނގެނީ!..”

ފައިރޫޒް: “..ނިހާ ކޮޓަރި ބެލްކަންޏަށް ދީޕިކާ ނުކުތުމުން ވެގެން އުޅޭގޮތެއް ބެލުމަށް ޝައްދާދު ނުދިޔައީ ކީއްވެގެންތޯ؟..”

ޝައްދާދު: “..ތިބޭފުޅާ އަޅުގަނޑަށް ޝައްކުކުރައްވަނީތޯ؟ އަޅުގަނޑަކީ އެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ހުންނަ މީހެއް! އެގޭގަ އުޅޭ މީހުން ކޮންމެ ތާކުން ފެނުނަސް އަޅުގަނޑު އެކަން ބަލަންޖެހޭނެ ކަމަކަށް ނުދެކެން!.. މީހަކު ވަންކަން އެނގުނު ނަމަތާ އެމީހަކު ހޯދަން މަސައްކަތް ކުރާނީވެސް! އެރޭ އެވަގުތު އެއްވެސް މީހަކު އަޅުގަނޑާ އެމަޢުލޫމާތު ހިއްސާކޮށްފައެއް ނުވޭ! އެހެންވީމަ އެރޭ އެގެޔަށް ވަގަކު ވަންކަމެއްވެސް އަޅުގަނޑަށް ކިހިނަކުންތޯ އެނގޭނީ؟ ކަމެއް ވެއްޖެކަން އެނގުނީވެސް އިރު އެރި ފަހުން!..”

ފައިރޫޒް: “..އެންމެ ރަނގަޅު! 11 ޖެނުއަރީ: ނިހާ ކޮޓަރިއަށް ވަގަކު ވަން ދެވަނަރޭ! އެރޭ ޝައްދާދު ޑިއުޓީ ނަންގަވާފައިވަނީ އިރާކޮޅު! ވަގަކު ވަންނާނެ އެއްވެސް ފުރުޞަތެއް ދެވިފައި އޮއްނާނެތޯ؟..”

ޝައްދާދު: “..ނޫން! އަޅުގަނޑުގެ ޑިއުޓީ ނިމުނީ 12 ޖެހިއިރު! 12 ގެ ކުރިން މީހަކަށް އެގޮތަށް ވަންނާނެ އެއްވެސް ފުރުޞަތެއް ދީފައެއް ނޯންނާނެ!..”

ފައިރޫޒް: “..ޝައްދާދުއަށް ޝައްކުވާ އެއްވެސް މީހެއް އެބަހުރިތޯ؟..”

ޝައްދާދު: “..ނެތް! މީގެކުރިން މިކަހަލަކަމެއް ދިމާވެފައެއް ނެތް! އެހެންވީމަ ޝައްކުކުރާނީ ވަކި ކާކަށް؟..”

ފައިރޫޒް: “..އިތުރަށް ދަންނަވާލަން ބޭނުންވާ އެއްޗެއް އެބައޮތްތޯ؟..”

ޝައްދާދު: “..އަޅުގަނޑު ޤަބޫލުކުރަން އަޅުގަނޑުމެން ސެކިއުރިޓީ ބަލަހައްޓާ މީހުންގެ ފަރުވާކުޑަކަމުގެ ސަބަބުންކަން ފުރަތަމަ ރޭ އެ ހާދިޘާ ހިނގާދިޔައީ! އެކަމަކު ދެވަނަ ރޭ އެފަދަކަމެއް ތަކުރާރުވެދާނެތީ އަޅުގަނޑުމެން ތިބީ ވަރަށް ހުޝިޔާރުވެގެން! އަޅުގަނޑާއި މާނިޢުވެސް…. މިދެންނެވީ ދެން ހުންނަ ސެކިއުރިޓީ ބަލަހައްޓާ މީހާވެސް ވަގަށް މީހަކު ގެޔަށް ވަންނާނެ ފުރުޞަތެއް ދީފައެއް ނޯންނާނެ!..”

ފައިރޫޒް: “..މާނިޢު އެފަދަ ފުރުޞަތެއް ނުދޭކަމެއް ޝައްދާދުއަށް އެނގެނީ ކިހިނެއްތޯ؟..”

ޝައްދާދު: “..މާނިޢު އަޅުގަނޑު ގާތު ބުނީމަ އެނގެނީ! އެޔަށް ބިނާކޮށް އެހެން މިބުނީ!..”

ފައިރޫޒް: “..މާނިޢު ބުނެފައި އެބައޮތް ދުވާލު މާ ބުރަކޮށް އުޅުނީމަ ނިދި ޖެހުނުކަމަށް! މާނިޢު ޝައްދާދު ކައިރީ ތިވާހަކަ ދެއްކީ ކޮން އިރަކުތޯ؟..”

ޝައްދާދު: “..ނިހާ ހޮސްޕިޓަލަށް ގެންދިޔަ ދުވަހު! އެއީ އިއްޔެ މެންދުރުގެ ވަގުތެއްގައި.. އަޅުގަނޑަކަށް ނޭނގެ ދެން މާނިޢު ތިބޭފުޅުން ގާތު ނިދިޖެހުނުކަމަށް ބުނި ސަބަބެއް! އަޅުގަނޑު ގާތު ބުނި އެއްވެސް ފުރުޞަތެއް ނުލިބޭނެ!.. އަދި އެއްވާހަކަ ބުނެލަން ބޭނުން! ދީޕިކާ ނިހާގެ ކޮޓަރި ބެލްކަންޏަށް ނުކުތް ގަޑީގައި، ނަޒީލް ނިކާލް ކޮޓަރި ބެލްކަނިން ނަޒީލްގެ ކޮޓަރި ބެލްކަންޏަށް ފުންމާލަނިކޮށް އަޅުގަނޑު ދުށިން! އެޔަށްފަހު އޭނާ އަވަސް އަވަހަށް ކޮޓަރިއަށް ވަނީ! ދެން އަދި ރޭގެ ވަގުތެއްގައި ނަޒީލް ބަރަހަނާ ހާލުގައި ބެލްކަނީގައި ހުއްޓާ އަޅުގަނޑު ދުށިން! އަޅުގަނޑަކަށް ނޭނގެ ކީއްކުރަންކަމެއް ނުކުމެހުރީ! އަޅުގަނޑު ދުރު ބަލާލުމަށްފަހު ދެން ނަޒީލް ކޮބައިތޯ ބަލާލިއިރު ނަޒީލް ފެންނާކަށް ނެތް! މީ ތިމައްސަލައާ ގުޅުންހުރި ވާހަކައެއް ނޫން ކަންނޭގެ! އެކަމަކު ތިބޭފުޅުން އަޅުގަނޑުމެންނަށް ޝައްކުގެ ނަޒަރުން ތި ބަލާގޮތަށް ގޭތެރޭގެ މީހުންނަށް ވެސް ބެލުން މުހިންމު! އިތުރަށް ބުނާނެ އެއްޗެއް ނެތް!..”

ފައިރޫޒް: “..ވަރަށް ބޮޑަށް ޝުކުރިއްޔާ!.. އެންމެ ރަނގަޅު މިވަގުތު ދެން ގޮސްލިޔަސް! އިތުރު އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ ގުޅާލާނަން!..”

ޝައްދާދު ތެދުވެ ފައިރޫޒްއާ ސަލާމްކޮށްލުމަށްފަހު ނުކުންނަން ހިނގައިގަތެވެ. ޝައްދާދުއަށް ސުވާލުތަކަށް ޖަވާބުދާރީ ވެވުނީ ރަނގަޅަށް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ފުރަތަމަ ޝައްކުވާ މީހެއް ނެތްކަމަށް ބުނެފައި ފަހުން ނަޒީލްގެ ވާހަކަ ބުނުމުން ފައިރޫޒް ދެކޭނީ ކޮން ގޮތަކަށް ބާއެވެ؟ ޝައްދާދު ޕޮލިހަށް އައީ ވަޒީފާގެ ބިރަށް ނަޒީލްގެ ވާހަކަތައް ސިއްރުކުރަން ނިންމައިގެންނެވެ. ނަމަވެސް މާނިޢުގެ ދޮގު ބަޔާނުގެ ސަބަބުން ފައިރޫޒްގެ ހިތުގައި ސެކިޔުރިޓީންގެ މައްޗަށް އޮތް ޝައްކު ބޮޑުވެދާނެތީ އެވާހަކަތައް ބުނުމަށް މަޖުބޫރުވީއެވެ.

ޝައްދާދުގެ ވާހަކަ ހުރި ގޮތުން ފައިރޫޒްގެ ހިތުގައި ސެކިއުރިޓީންގެ މައްޗަށް އުފެދުނު ޝައްކު ބޮޑުވިއެވެ. ޝައްދާދުގެ ފަރާތުން އެންމެ ފަހުވަގުތުގައި ލިބުނު އެ މަޢުލޫމާތަކީ ހަޤީޤަތެއްބާއޭ ފައިރޫޒް ހިތަށްއެރިއެވެ. ނޫނީ އެއީ މައްސަލައިގެ މިސްރާބު ބަދަލުކުރުމަށް އޭނާ ބޭނުންކުރި އުކުޅެއް ބާއެވެ؟ އެކަމުގެ އެންމެ އަޑިޔަށް ފީނައި ތެދުދޮގު ބެލުމަށް ފައިރޫޒް ނިންމިއެވެ.

ފައިރޫޒަށް ލިބުނު މަޢޫލޫމާތުގެ އަލީގައި ތަޙްޤީޤު ކުރިޔަށް ގެންދާނެ އިތުރު މަގެއް ހުޅުވިގެންދިޔައެވެ. ޝައްދާދު ބުނި ފަދައިން ޝައްކުގެ ނަޒަރުން ގޭތެރޭގެ އަހުލުވެރިންނަށްވެސް ބަލަން އެބަޖެހެއެވެ. ފައިރޫޒް ވިސްނާލިއެވެ. އިންޝާގެ ހާސްކަމާއި ލިބިފައިވާ ހުރި އަނިޔާގެ ސިއްރާއި ނިހާއާ ގުޅުމެއް އޮވެދާނެހެން ފައިރޫޒަށް ހީވިއެވެ. ނިހާ ކޮޓަރިއަށް ވަން ވަގަކު އެއުޅެނީ ސުނޯހައުސް ގޭގައިކަމަށްވެސް ވެދާނެއެވެ. އެމީހަކީ ނަޒީލް ނުވަތަ އެހެން މީހަކަށްވެސް ވެދާނެއެވެ. ފައިރޫޒް ދެން މަސައްކަތް ކުރާނީ އެޔެއް ޔަޤީންކުރުމަށެވެ.

********************************

އިރު އޮއްސިއްޖެނަމަ ދީޕިކާ ހުންނަނީ ސިހިސިހިއެވެ. އޭނާ އެކަނި ހުންނަން ބިރު ގަނެއެވެ. އަނދިރިވެއްޖެނަމަ ރަތްކުލައިގެ ދެލޯ ފެންނަހެން އޭނާއަށް ހީވެއެވެ. ރޭގައިވެސް އަނދިރީގައި އޮންނަން ބިރުން ދީޕިކާ އޮތީ މުޅި ކޮޓަރި ދިއްލައި އަޅައިގެންނެވެ. އިއްޔެއެކޭ އެއްފަދައިން މިއަދުވެސް އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް ދީޕިކާ ހުން ވައްތަރުވާން ފެށިއެވެ. ޞަފިއްޔާ ދީޕިކާއަށް ބޭސް ދިނުމަށްފަހު ބޭރަށް ނުކުންނަން އުޅެނިކޮށް ދީޕިކާ ޞަފިއްޔާ އަތުގައި ހިފެހެއްޓިއެވެ.

“..މެޑަމް.. އަހަރެން ދޮގު ނުބުނަނީ.. ރަތް ކުޅަ ލޯ ފެންނަނީ.. ބިރުވެރިގެ ހުންނަނީ..” ދީޕިކާ ބުންޏެވެ.

“..ދީޕިކާ! ތިހެން ބިރުން އުޅެންޏާ ދުވަހަކު ތި ކަމަކުން ސަލާމަތެއް ނުވާނެ!..” ޞަފިއްޔާ ވިސްނައިދޭ ކަހަލަ ރާގެއްގައި ބުންޏެވެ. “..މިހާރު ބުނެފީމެއްނު މިގެޔަކީ ނާމަން ގެޔެއްނޫނޭ! އެރޭ ދީޕިކާ ބިރުން ހުރީމަ ހީވި ގޮތެކޭ އެއީ! އެހަނދާންތައް އާކުރާހާ ހިނދަކު ތި ހުމެއް ނުފިލާނެ! ދެންވެސް ދީޕިކާ..”

ޞަފިއްޔާއަށް ބުނެވުނީ އެހިސާބަށެވެ. ގޭތެރެއިން އަޑުގަދަ ކުރާ އަޑު އިވިގެން އެއަޑަށް ސަމާލުކަން ދެވުނެވެ. ޞަފިއްޔާއަށް އިވެމުން ދަނީ އިލްހާމްގެ އަޑުހެން ހީވުމާއެކު ހުޅުވިފައިވާ ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ޞަފިއްޔާ ހުރީ ދޮރުން ބޭރުގައެވެ. ރެއިލިންގ ކައިރިއަށް ގޮސް ސިޓިންގ ރޫމަށް ނަޒަރު ހިންގާލިއިރު އިލްހާމް އެއްޗެހި ތަކެއް ކިޔަމުން ހަޅޭލަވަނީއެވެ. ނަޒީލްއާ ނިކާލްވެސް އިލްހާމު ގާތުގައި ހުއްޓެވެ. އިލްހާމް އެވަރަށް އަޑުގަދަ އެކުރަނީ ފިސާރި ބޮޑު ކަމެއް ވެގެން ކަން ޞަފިއްޔާއަށް ވިސްނުނެވެ. ދެވަނަ ފަންގިފިލާގައި ހުރި ޞަފިއްޔާ އަވަހަށް މިސްރާބު ޖެހީ ސިޑިއާ ދިމާއަށެވެ.

“..ކިހިނެއް ވެގެންތަ މިއުޅެނީ؟..” ޞަފިއްޔާ ސިޑިން ފައިބަމުން ބުންޏެވެ.

އިލްހާމް ވިދާލިވިދުވަރެއްހެން ޞަފިއްޔާއާ ދިމާއަށް ދިޔައެވެ. އިލްހާމްގެ ރުޅިވެރި މޫނު ފެނިފައި ޞަފިއްޔާވެސް ޖެހިލުންވިއެވެ.

“..ކަލޭގެ ކޮއްކޮގެ ބަސްއަހާ ދަރި އޭނަގެ އަސްލު ސިފައަށް ބަދަލުވީ! ސަފީނާ ތެޅުނު ފާޑަށް އޭއްޗަކުވެސް ތެޅެން ދިމާކޮށްފަ އެހެރީ!..” ނިހާގެ ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކުރަމުން އިލްހާމް ހަޅޭއްލަވަމުން ދިޔަ އަޑުފަށްގަނޑު މުޅި ސިޓިންގް ރޫމުގައި ގުގުމަމުންދިޔައެވެ.

“..ނިހާ ކީއްތަކުރީ؟..” ޞަފިއްޔާ އިލްހާމް މޫނަށް ބަލަން ނުކެރިގެން ނިކާލްއާ ދިމާއަށް ބަލާލަމުން އެހިއެވެ.

“..މަގޭ ކުރެން އަހާބަލަ!..” އިލްހާމް ޞަފިއްޔާ ކުރި މަތީ ހުއްޓުނެވެ. “..ސަފީނާ އުޅުނީ މަގޭ ބޮލުގައި އިލްޒާމު އަޅުވާފަ މަ ބަދުނާމުކުރަން! ކަލޭ ހަނދާން އެބަހުއްޓެއްނު! މިހާރު އެ ކުޅި އެފެށީ ސަފީނާގެ ދަރި! މިފަހަރު އިލްޒާމު އެއެޅުވީ މަގޭ ދަރީގެ ބޮލުގަ! ނަޒީލް އޭނަ ގަޔަށް އެރީޔޭ އެހައިވާނު އެވީދެނީ! ހަމަ އަމާ އުޅުނު ވައްތަރަށް އުޅެން ދިމާކޮށްފަ އެހެރީ! އަދިވެސް ކަލޭ އޭނަގެ ދިފާޢުގަ ތެދުވާތި!..”

“..ކުއްލިއަކަށް ކީއްވެގެން؟..” ނަޒީލް ބޮލުގައި ނިހާ ތުޙުމަތު އަޅުވަފާނެކަމަށް ޞަފިއްޔާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ.

“..ކަލޭވާނެ ސަބަބުވެސް ބަލަން!..” އިލްހާމްގެ އަޑު އެންމެ ތަންކޮޅެއްވެސް މަޑެއް ނުވެއެވެ. “..މަ ބުނިހާވެސް އެއްޗަކީ މާދަމާ ފައިރޫޒް ހެކިވެރިން ގޮވައިގެން އަންނާނޭ! އަންނަ ހަފުތާގަ ކައިވެނި ކުރެވޭނެޔޭ! ބުނި ކަމެއް ނޭނގެ ބިންމަތީ ފެތުރިގަނެފަ ދެލޯ ބޮޑު ކޮއްފަ ހޭކުޑާ ވެގެން އެޔޮއް ޖެއްސިވައްތަރެއް! ހަމަ އެބާރު މިނުގަ ތެދުވެ ހެއްދެވި ނުހެއްދެވި އަށް ގޮވަންފެށީ! ނަޒީލަށް މަރުގެ އިންޒާރުދީފަ! މަގޭ އަނގަމަތި ފަޅާލައި! ނުކުރާކަށް ކަމެއްނެތް! އެންމެ ފަހުން ކަށްވަޅުގަ އޮތް މަގޭ އަމަޔާވެސް ބެހިގަނެފަ އެ ދިޔައީ!..”

“..ސުބުހާނަﷲ..” ޞަފިއްޔާ އަނގައިން ބޭރުވިއެވެ. “..ތި ނިހާއާ ގުޅޭވެސް ކަންތައްތަކެއް ނޫން..”

“..މަގޭ ހިތްވެސް ބުނަނީ ތިހެން މަންމާ!..” އެއްޗެއް ބުނެލާނެ ފުރުޞަތު ލިބުމުން ނިކާލް ބުންޏެވެ. “..ނިހާގެ މިޒާޖެއް ނޫން އެއީ! މީހުން ކުރިމަތީގަ އޭނަ ޒުވާބެއް ނުކުރާނެ! ނިހާއަށް ކޮންމެވެސް ގޮތެއްވެފަ އެހެރީ! މިގެޔަށް ވަނީމަ އެ ހާދިޘާ ހަނދާންވެގެން ޝޮކެއް ޖެހުނީ ކަންނޭގެ! ހާދަ ހަޑިކޮށްނޭ ނިހާ ވާހަކަދެއްކީ! ހަމައިގަ ހުރެގެން ނިހާ އެގޮތަށް ވާހަކައެއް ނުދައްކާނެ! މަށަށް ހަމަ ޔަޤީން ނިހާއަށް ކޮންމެވެސް ކަމެއްވެއްޖެކަން!..”

“..ސާބަސް! ސާބަސް ދަރިފުޅާ!..” އިލްހާމް ސާބަސް ދިނުމުގެ ގޮތުން ދެފަހަރަކު އަތްތިލަބަޑި ޖަހާލިއެވެ. “..ކަލޭމެންނަކަށް ނުވިސްނޭނެ! އޭނަ އެ ކުޅުނީ ބޮޑު ޑްރާމާއެއް! އެއީ އޭނަ އަމާވެސް އުޅުނު ވައްތަރޭ!”

“..ނިހާއަށް އެކަމުން އޮތީ ކޮން ފައިދާއެއްތަ؟..” ނިކާލަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ.

“..އޭނަ އުޅުނީ ފަ..” އިލްހާމް ބުނަން އުޅުނުބަސް ދިރުވާލިއެވެ. ފައިރޫޒްއާ ކައިވެނި ނުކުރަން ނިހާ ކުޅުނު ޑްރާމާއެކޭ ނުބުނެވުނުކަން ނަސީބެކޭ އިލްހާމްގެ ހިތަށް އެރިއެވެ. އެއީ ނިކާލަށް އެނގުން ރަނގަޅު ވާހަކައެއް ނޫނެވެ.

“..އަންނާނަން އޭއްޗަކު ގޮވައިގެން! ކަލޭމެންނަށް އެއްޗެއް ވިސްނޭނީ އޭރުން!..” އިލްހާމް މައްޗަށް ދާން ހިނގައިގަތުމާއެކު ނިކާލް ހިފެހެއްޓިއެވެ.

“..ބައްޕަ މަޑުކުރޭ.. މަ އެބަ އަންނަން!..” ނިކާލް ބުންޏެވެ.

ނިހާ ގާތަށް ނިކާލް ފޮނުވާކަށް އިލްހާމް ބޭނުމެއް ނޫނެވެ. ނިހާ ގޮވައިގެން އައުމަށް އިލްހާމް ނަޒީލް ގާތުން އެދުނެވެ. ނަޒީލް   ގުޑިލަންވެސް ނޭނގިފައި ހުއްޓާ އިލްހާމް ލޮލުން ކޮއްލި އިޝާރާތާއެކު އޭނާ ހިނގައިގަތެވެ. ނިހާ ކޮންމެ އެއްޗެއް ކިޔަސް ބައްޕަ އޭނާ ސަލާމަތްކުރާނެ ކަމުގެ ޔަޤީންކަން ނަޒީލަށް ލިބުނެވެ.

ނަޒީލް ގޮސް ނިހާ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެފަހަރު ޓަކި ޖަހާލުމުންވެސް ނިހާ ހަބަރެއް ނުވުމުން ދޮރު ހުޅުވާލިއެވެ. އެނދުމަތީގައި ބަނޑު ވަތަށް އޮތް ނިހާ އޮތީ ލަވަ ކިޔާށެވެ. ނަޒީލް ގޮވާލުމުންވެސް ނިހާ އަނގައިން ބުނާކަށް ގަސްދެއް ނުކުރިއެވެ. އަޑު އިވޭ ކަމަށްވެސް ނުހަދައި ދެފައިކޮޅު ހަލުވަމުން ލަވަކިޔަމުން ދިޔައެވެ. ނަޒީލް އެތެރެއަށް ވަދެ އެނދުކައިރިއަށް ގޮސް ބުނުމުންވެސް ނިހާ އަޅައެއް ނުލިއެވެ. ކަހާތަން ހިރުވާވެސް ނުލިއެވެ.

ނަޒީލް އެނބުރި ދާން އުޅެފައި ހިތަށް އެރި އެއްޗަކުން ހުއްޓުނެވެ. ނިހާ ލައިގެން ހުރި ޓީޝާޓު މައްޗަށް ހިއްލިފައި އޮތުމުން އެ ދޮން އުނަގަނޑުން ބަޔެއް އޮތީ ހާމައަށް ފެންނާށެވެ. ނަޒީލްގެ ހިތް ނިޔަތް ގޯސްވިއެވެ. ރަނުގެ ފުރުޞަތެއް ލިބުނީޔޭ ހިތަށް އަރުވަމުން ނަޒީލް ދެކަކޫ މައްޗަށް ތިރިވިއެވެ. ނިހާ އޭނައާ ދެކޮޅު ހަދައި ހަޅޭލެވި ނަމަވެސް ބައްޕަ ހުރިހާ ކަމެއް ހަމަޖައްސާނެ ކަމުގެ ޔަޤީންކަން އޮތުމުން އިތުރު ހިތްވަރެއް ލިބުނެވެ.

ވަގުތު ބޭކާރުނުކޮށް ނަޒީލް ނިހާގެ ޓީޝާޓު ދަށުން އަތްކޮށްޕާލިއެވެ. ނިހާ ގައިގާ ހީވީ މީހަކު ދޮންދަގަނޑު ގަނޑެއް ޖެއްސިހެންނެވެ. ނިހާ ކުއްލިއަކަށް ކޮޅަށް ތެދުވިއިރު ނަޒީލަށްވެސް ތެދުވެވިއްޖެއެވެ. ނަޒީލް ނިހާއާ ގާތަށް ޖެހިލީ އެއްމިޔަކަނުން ހެވިފައި ހުރެއެވެ.

“..ކަލޭ ގާތު މަށަކަށް ނުބުނެވޭތަ މަގޭ ގައިގަ އަތްލައިގެން ނުވާނެޔޭ!..” ނިހާ ދެލޯ ހަނިކޮށްލަމުން ކުއްލިއަކަށް އެއްއަތުން ހިފީ ނަޒީލްގެ ކަރުގައެވެ. ނަޒީލް ނިހާގެ އަތް ނައްޓުވާލަން މަސައްކަތްކުރަނިކޮށް ފަހަތަށް ގެންގޮސް ފާރާލާ ހިއްޕާލީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނިހާގެ ބާރު ގަދަކަން ހިތަށް އަރާފައި ނަޒީލް ބިރުގަތެވެ.

“..ކަލެޔަށް އޮތް ޖަޒާއަކީ މަރު..” ނިހާގެ އަޑު ބަރުވެގެން ދިޔައެވެ. ނަޒީލްގެ ކަރަށް ބާރުކޮށްލަމުން ހުރިދިމާ މައްޗަށް ނެގިއެވެ. ނަޒީލްގެ ބިޔަ ހަށިގަނޑު ނިހާގެ އެއް އަތުން ހިއްލާލައިގެން ހުރީ އެއްވެސް ބަރުހެލިކަމެއް ނެތިއެވެ. ނަޒީލް ދެލޯ ބޮޑުކޮށްގެން ދެއަތުން ނިހާގެ އަތް ނައްޓުވަން މަސައްކަތްކުރިއެވެ. ނަމަވެސް ނިހާގެ ބާރު މާ ގަދައެވެ.

“..ނިހާއަކީ މިހާރު މި އިބްރީސްގެ މިލްކެއް..” ނިހާގެ ދެލޯ ރަތްކުލައިން ދިއްލުނެވެ. “..މަ ބަލިކަށިކަމުން ކަލޭގެ ބޭނުން ދެރެޔަކު ހިފިޔަސް ތިހާވަރަށް ހިތް މައްޗަށް އަރާކަށް ނުޖެހޭ! މަށަށް މިހާރު މަގޭ ބާރުތައް ލިބިއްޖެ!..”

ނަޒީލް ނޭވާ ހާސްވެ ނޭވާ ހުސްވާން ފެށުމާއެކު ދެފައި ތަޅުވަމުން ސަލާމަތްވުމަށް މަސައްކަތްކުރިއެވެ. ނިހާ ދެލޯ ބޮޑުކޮށްލަމުން ނަޒީލްގެ ކަރަށް އިހުނަށްވުރެ ބޮޑަށް ބާރުކޮށްލުމާއެކު ނަޒީލް މަރަށް ތެޅިތެޅިފައި ހަރަކާތް ހުއްޓުނެވެ. ނަޒީލް ތަޅުވަމުންދިޔަ ދެފައި ހުއްޓުނު އިރު ދެއަތް ދެފަރާތަށް ވެއްޓި ކަރު އެލުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

އެކުށުގެ ސަޒާ

Next

ލޯބިއެހެނަސް..15

Next
February 13, 2018

ލޯބިއެހެނަސް..15

Previews
February 12, 2018

އެކުށުގެ ސަޒާ

24 Comments!

  1. Mai says:
    February 12, 2018 at 9:25 pm

    ??Yey me first love it

    1. nishan says:
      February 13, 2018 at 7:49 am

      hehe! yeah Mai first ? thank you

  2. Shann says:
    February 12, 2018 at 9:42 pm

    Masha Allah mibaives v rythi

    1. nishan says:
      February 13, 2018 at 7:49 am

      thank you shann ?

  3. Muha says:
    February 12, 2018 at 9:42 pm

    Wow. Just wow. Masha Allah you are a brilliant writer. Ekam just one question Inge. Police inn dheepika aa question kuri kahala evves vaahaka eh mention kohfa netheema. Because she knows everything dho and emmenaa suvaalu kuraa iru emme important witness akah vaane dho geiga ulhei housemaid, the person who would know everything that’s going on in the house. Keep up the good work Nishan. I’m like hama hooked with this story. ?

    1. nishan says:
      February 13, 2018 at 8:03 am

      thank you for the lovely comment ?
      and deepika aa question nu kuri vaahaka dw! snow house enmenge bayaan negi kamah story ga bunefa eothy deepika vs himanaigen! vakin deepika name mention nukuri namaves alhugandah heekurevuni kiyuntherinnah engeyne kamah hehe! aslu thibuni hen deepika eii varah important witness eh!! dhen kuriyah huri baithah kiyaalima olhun filaane! ? thanks Muha!

  4. Anonymous says:
    February 13, 2018 at 12:18 am

    Savage words maa ginaee

    1. nishan says:
      February 13, 2018 at 8:07 am

      vaahaka kiyaalaafa hiyaale faalhu kohlithi Shukuriyya! ?
      vaahaiga savage words gina kohfa ehuri aslu Character aa ehgothah gennan vegen! like ilham eii rulhi aissfi nama dhulah anna haa ehcheh kiyaa meehe!

  5. R@! says:
    February 13, 2018 at 12:39 am

    Hmmmm v v v v salhi ingey nishan ?keep up the good work ?

    1. nishan says:
      February 13, 2018 at 8:04 am

      Thank you Rai ?

  6. jong hyun? says:
    February 13, 2018 at 9:34 am

    ?Nxt prt whn

  7. minna says:
    February 13, 2018 at 11:01 am

    next part when

  8. Rifu says:
    February 13, 2018 at 8:17 pm

    aneh bai kon irakun???

  9. nishan says:
    February 14, 2018 at 12:39 pm

    15 ވަނަ ބައި ހޮނިހިރު ދުވަހު އިންޝާﷲ!

  10. luba says:
    February 14, 2018 at 5:49 pm

    ވަރަށް ރީތި މި ބައިވެސް … ނިޝާން … އަނެއް ޕާޓައް އިންތިޒާރުގަ…

    1. nishan says:
      February 15, 2018 at 9:41 am

      ޝުކުރިއްޔާ ލުބާ!

  11. Lampii says:
    February 16, 2018 at 9:24 am

    Waiting… brilliant writer..??

    1. nishan says:
      February 18, 2018 at 12:47 am

      Thank you lampii ?

  12. Adan says:
    February 17, 2018 at 12:51 am

    Make it fast

    1. nishan says:
      February 18, 2018 at 12:50 am

      Now uploaded!

  13. Unique says:
    February 17, 2018 at 11:15 am

    Awh! I love it can’t wait for the next part

    1. nishan says:
      February 18, 2018 at 12:48 am

      Thank you unique ?

  14. Nazeera says:
    February 17, 2018 at 5:27 pm

    Alhe honi hiru mifaharu nugene vey dho next part. Vara iru vege next part ge inthizaaru ga hunathaa pleas avas ko upkolaa

    1. nishan says:
      February 18, 2018 at 12:49 am

      Now uploaded! Sorry for the delay nazeera!

Comments are closed.

Next Episodeވަންހަނާ (ފަނަރަވަނަ ބައި)←


All Right Reserved!