“ވާއު. ލިވީގެ ދޮންތަގެ ހަޒް ހާދަ ހެންސަމްއޭ. އަސްލުވެސް. އަދި އަލަށް އެހައި ރީތި މީހަކު މިފެނުނީ.” 16 އަހަރުގެ ލިވްޔާގެ ގާތުގައި ހުއްޓިލައިގެންތިބި އޭނާގެ އެކުވެރިންގެ ތެރެއިން ކުއްޖަކު މަޑުމަޑުން ލިވްޔާ ގާތުގައި ބުނެލިއެވެ. އެއަޑު އަހައިފައި ދެންތިބި ކުދިންވެސް އެއީ ތެދެކޭ ކިޔައި އެކަމަށް އެއްބަސްވިއެވެ. މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ރާއިދްއާ ދިމާއަށް ބަލައިލިއެވެ.
“ސާބަހޭ. ދޮންތަބެ އަހަރުމެންނަށްވުރެ ދިހަ އަހަރު ބޮޑުވާނެ. ސޯ ޕްލީޒް. ސްޓޮޕް ސްޓެއަރިން ހިމް ލައިކް ދެޓް.” ދެފަރާތަށް ބޯހޫރައިލަމުން ލިވްޔާ އެހެން ބުންޏެއްކަމަކު ހުދު އޭނާއަށްވެސް ހިތާހިތުން ރާއިދްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. “ދެން ކީއްތަވީ؟ މީހަކު ރީތިވުމަކީ މައްސަލައެއް ނޫނެއްނު.” ހިނިގަނޑެއް ޖަހައިލަމުން އެތަނުން ކުއްޖަކު އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ވަކި ޖަވާބެއްނުދީ ލިވްޔާ ހިނިތުންވުމަކުން ފުއްދައިލިއެވެ.
ރަށުގެ އެއަރޕޯޓަށް އައިސް ޓެކްސީ މަަޑުކޮށްލުމާއެކު އެންމެން ފައިބައި ހަމަޖެހިލިއެވެ. ރާއިދްގެ އަތުގައި ހިފައިގެން މަލްހާ ހުރިއިރު އިރުއިރުކޮޅާ އެދިމާއަށް ލިވްޔާގެ ނަޒަރު ހުއްޓެމުންދިޔައީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެގޮތަށް ބަލަައިލި އެއްފަހަރު ރާއިދާއިި އޭނާގެ ހަތަރުކަޅި ހަމަވެގެންދިއުމުން ލިވްޔާގެ މޫނު ޖަންބުކުލައިން ފެވިގެންދިޔައެވެ. ބަދަލުގައި ހިތްހެޔޮ ހިނިތުންވުމެއް ދިނުމަށްފަހު ރާއިދް ދުރަށް ނަޒަރު ހުއްޓައިލިއެވެ. ޗެކިން ނިމި ފްލައިޓަށް އަރާގަޑި ޖެހުމުން އެންމެނާ ސަލާމްކުރުމަށްފަހު މަލްހާ އާއި ރާއިދް ހިނގައިގަތެވެ. އެތަންބަލަންހުރި ލިވްޔާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ.
** ** **
ރާއިދްގެ އާއިލާ އުޅެނީ ލަންކާގައި ގެއެއް ހިފައިގެން ނަމަވެސް އޭނާ މާލެ ބަދަލުވަން ގަސްދުކުރީ މަލްހާއާ ކައިވެނިކުރުމަށްފަހު އޭނާގެ އުފަން ފަސްގަނޑުގައި އުޅެން ބޭނުންވުމުންނެވެ. ދެމީހުން ދިމާވީ މަލްހާ ސްރިލަންކާއަށް ކިޔަވަންގޮސް އުޅެނިކޮށް ކޮލެޖުންނެވެ. ފުރަތަމަ ފެނިލުމުންވެސް ރާއިދްއަށް މަލްހާ ކަމުދިޔުމުން އިތުރަށް ލަސްކުރަން ނުހަދައި މަލްހާއަށް އޭނާގެ ހިތުގެ ހާލު ބަޔާންކޮށްދިނެވެ. އުފަލާއެކުގައި މަލްހާ ރާއިދްގެ ލޯބި ގަބޫލުކުރީ އޭނާގެ ހިތުގައިވެސް ރާއިދްއަށް ޚާއްސަ މަގާމެއް ދެވިފައިވާތީއެވެ.
** ** **
ލައިޓްގައި ޖެހުމުން އަތުގައި އޮތް ޓެބްލެޓްގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ޔާނިކް ބޭރަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު އެދިމާއަށް ބަލަން ސައިކަލެއްގެ ފަހަތުގައި އިން އަންހެންކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހައިރާންކަމާއެކު ޔާނިކްއަށް އެދިމާ ބެލެމުންދިޔައީ ހަޔާތުގައި ފުރަތަމަ ފަހަރަށް އެހައި ހިތްގައިމު ރީތި ސޫރައެއް ފެނުމުންނެވެ.
ހުއްޓުން އަރައިފައި ޔާނިކްއަށް ހުރެވުނީ އޭނާގެ އަތުތެރޭގައި އޮތް އަންހެންކުއްޖާގެ ޖާދުވީ މޫނަށް ބަލާށެވެ. ދާދި ދެންމެއަކު އޭނާގެ ހިތުގައި ބިންވަޅު ނެގިގެންދިޔަ އެރީތި ސޫރައިގެ ވެރިޔާ މިތާނގައި ކީކުރަނީ ބާވައެވެ؟ އަވަސްއަރުވައިލައިފައި ކެބިންއަށް ވަންނަން އައި ޔާނިކްއަށްވެސް ކުރިމަތިން ނުކުންނަންއައި އެކުއްޖާ ނުފެނުނީއެވެ.
މަލްހާ ދެލޯހުޅުވައިލައި ސީދާ އޭނާގެ ދެލޮލަށް ބަލައިލުމުން ތެޅިގަނެފައި މަލްހާ ތެދުކޮށްލަމުން ޔާނިކް އޭނާގެ ގައިން ދޫކޮށްލިއެވެެ. މަލްހާވެސް ހަމަޖެހިލަން މަސައްކަތް ކުރަމުން ދެއަތް ދެއަތާ މޮޑެންފެށީ ހިތްނުތަނަވަސްވެފައިވާ ހާލުގައެވެ.
“އައިމިނަތު މަލްހާ ސަލީމް” ވައިއަޑަކުން ފައިލް ހުޅުވައިލަމުން ޔާނިކް ކިޔައިލިއެވެ. ހަމައެކަނި އެނަން އަޑުއިވުނަސް އެހިތުގެ ވިންދު އަވަސްވެގެން ދާގޮތުން ޔާނިކް ހައިރާންވެއެވެ. އެއްއަރިއަކަށް ހެވިފައިއިނދެ މަލްހާގެ އެކި މައުލޫމާތުތައް ކިޔަމުންދިޔަ ޔާނިކްގެ ދެލޯބޮޑުވެގެން ދިޔައީ ފައިލްގައި ލިޔެފައިއިން އެއްޗެއް ފެނިފައެވެ. “މެރީޑް.” ހުއްޓުންއަރައިފައި ފައިލާއި ދިމާއަށް ބަލަހައްޓައިގެން އިނުންނޫންކަމެއް ޔާނިކް އަކަށް ނުކުރެވުނެވެ. މުޅިއުމުރުގައިވެސް އޭނާގެ ހިތާއި ހަމައަށް ވާސިލް ވެވޭފަދަ އަންހެންކުއްޖަކަށް ދިމާވީ މަލްހާއާ އެކަަންޏެވެ. އެހެނަސް.. އާހް.. އޭނާގެ ހައްގަކަށް ވުމުގެ ކުރީގައި މަލްހާ އެވަނީ އެހެންމީހެއްގެ ހައްގަކަށްވެ ނިމިފައެވެ. މިވީ ކިހިނެއްހެއްޔެވެ؟
** ** **
އަޅުގަނޑުގެ ދެންއޮތް ވާހަކަ “ތަޤްދީރު” އިންޝާ ﷲ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނެސްދެން ފަށާނަމެވެ. އިންތިޒާރުކޮށްލައްވާ!..
44 Comments
Comments are closed.
Salaam all.. Missed u guys.. Hehe.. So here is the trailer of my next story.. Hope u guys will like this story too.. Keep waiting.. Have a nice day all.. Ly all my readers.. ❤
?Trailer v interesting
☺??Good luck nau
Thanks dear.. ?
Mi story ves v reethi vaane kamah ummeedhu kuran nau kurin genes dhin vaahaka ves v v reethi ? ? ? ? bunelan beynun vanee vaahaka nimen dhen genas dhey chey ???❤❤❤❤???
Ofcourxx in sha allah i will.. Thank u sooo much❤
Alheyy missed yuh too nau…v happy anehkaa vx nau ge story eh annathee ?❤️
Waiting waiting hope kuran ehen story thah haa mi story vx reeghivaankamah ?❤️?❤️
Yes in sha allah dear.. Thank u❤?
Yey alun nau ge new story eh kiyaalan liben ulhenihyoo..?.. Enme fahun ninmi story ves hama ehaa rythi… Nau ge story thah abadhuves kiyan.. Mifaharuves hama yagyn kiyaanan,.. Insha Allah.. Nau ge story ehvihyaa rythivaane kamuge furihama yagynkan ovey… V missvey igey nau…????
Awwn thanks alot my dear.. In sha allah i will try my best to make this story also a beautiful one.. Missed u too dear.. ❤??
Alhey you are nau???
I can’t believe it!
I miss you so so so much ?
But march veema varah las ?
?
NAU?????????
best of luck?
Hehe yes dear.. M back.. Miss u too.. Las dhw. Aslu thankolheh gina parts liyefa up kuran kamah.. Eyrah dhw daily koh upkoh dheveyny.. Hehe.. Thanks dear.. ❤
Ohhh ???… I was surprised… Nau is back ☺️☺️☺️?????… I’m soooooo happy… I hope mi story vx v v v reethi vaane kamah ???… Nau ge hurihaa story eh vx v v v v reethi… I really like your stories ❤️❤️❤️❤️❤️… I think this is my first comment Nau ge story akah kuraa bt l read all ur stories ???… Esfiya ga ulhey writer thakugetherein u are one of my favourite writer Nau ❤️❤️❤️… Eagerly waiting for your story ????… Missed you soooooo much…
Awwwnn thanks alot dear.. Kyp waiting.. ❤
nau story akah varah inthizaaruga huhthaa v ufaaveri habareh thidhiny hope kuran nauge ehn story thakahvureh mi story hurihaa gothakun vess furihama vaanekamah ???all the best my dear lovely nau ?????
Yes in sha allah.. Thanks my dear?
Alhey nauge story eh haadha inthixaar kurevijjeyey nauge story akah thnx dear ??? xaannah vvv reethi nwge story waiting waiting???
Awwn thanks my dear.. Kyp waiting.. ❤
Wow v reeti when next part
Up kuraati baraabarah ingey nau
Thanks.. Yes dear its the trailer.. In sha allah march 1st in fashaagen up kuran fashaanan.. ?
Finally nau is back…waiting ingey dear…wish u all thr best..n vvvvvv reethi trailer …hama best???????
Awwn thanks alot lam.. ?❤
V v reethivaane Kaman balany nau liyaa story v super
In sha allah.. Thanks dear.. ?
Nau haadha pahey march?. Waiting….
Ya dhw.. Hehe aslu more parts liyefa up kuran fashan vegen. So that it will be easy to upload daily.. Ehnve.. Kyp waiting.. ?
Lahey*
Nau kihinetha….i mis u so much.?haadha dhuvahe kolaafaye dhw.v kiyaahithun mihuree.inxizaaruga .v reethi vaaneye heevani.abadhu ves nau ge vahakatha reethi.love u nau?avaha up ko dhee
Alhamdhulihlaah.. M fine.. Hw abt u? Miss u too dear.. Hehe. Kyp waiting.. In sha allah soon.. Love u too.. ?
Ummeedhu kuran mivaahaka ves reethivaanekamah. Waiting
In sha allah.. Kyp waiting. ?
Hey nau☺️ so soooo happy.. finally nau ge story eh kiyan libeny o??? waiting waiting.. heevany unique love story akah vaane hen.. hope it will be..Good luck nau?
Hey dear.. In sha allah.. Ya will try to make it a unique story.. Thanks dear. ?
Wowwwww…aa vahtherehge vaahaka eh dhw ..hehe..avahah upmkohladhehchey..v kehmadhu vefa mihury stwry kiyaalan..ly nau?❤
Yes in sha allah.. Thanks dear kyp waiting.. ?❤
Finally nau is back.. mihaaru kon dhuvaheh nauge vaahaka akah inthixaaru kuraathaa.. missed you so much?? waiting for march ingey..
Missed u too dear.. M also waiting for a new story frm u.. Hehe.. Hope to see soon.. Thanks dear.. ?
It’s sooooo lovely can’t wait…..:-)
Hehe.. Thanks dear.. ?
Yeeeey! U came back…finally,i was waiting like “wh3n am i going to read nau ge vaahakaeh” n im glad u came back……trailer vvv.reethi..mashallah…. waiting…….wish u all the best ….luv u much,much more..???❤❤❤???
Yeeeey! U came back…finally,i was waiting like “when am i going to read nau ge vaahakaeh” n im glad u came back……trailer vvv.reethi..mashallah…. waiting…….wish u all the best ….luv u much,much more..???❤❤❤???
Yeeey ufinally came back.i was waiting like”when i will get nau ge vaahakaeh kiyan”n finally im glad u came back …trailer vvv.reethi..mashallah cant wait…n wish u all the best…luv u mch,much more..???❤❤❤???
Yeeey ufinally came back.i was waiting like”when i will get nau ge vaahakaeh kiyan”n finally im glad u came back …trailer vvv.reethi..mashallah cant wait…n wish u all the best…luv u mch,much more..???❤❤❤???
Yeyy ucame back…i missed u so much… i waited for such along time nau ge vaahakaeh kiyaalumahtakai….im glad u came back..trailer vvv.reethi ,mashallah cant wait.. wish u all the best…luv umuch,much more..???❤❤❤???
ހޭ ނައު… ވ. އިންތިޒާރު އެބަ ކުރަން އިނގޭ!.. ލަވް ޔޯ ސްޓޯރީސް.. ހާއްސަކޮށް ސިފަކޮށްދީފަ ހުންނަ ގޮތް.. މަޗް ލަވް. ސީ ޔޫ ސޫން