Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..15

Uhthoo Level 210 Stories100 Comments100 Login
February 13, 2018 5 Mins Read
24 Comments

ހިތްގައިމު ހެނދުނެކެވެ. “ލަމް….” ކޮލެޖަށްދާން ހިނަގައިގަތް ލަމްހާ ހުއްޓުނީ ޔަޒިން ގޮވާލުމުންނެވެ. ޔަޒިން ފުންކޮށް ލަމްހާއަށް ބަލާލިއެވެ. ލަމްހާ މިއަދު ހާދަ ރީއްޗެވެ. އެ ދޮން މޫނު އެހެންދުވަސްތަކާ ބަލައި އުޖާލާވެފައި ތަފާތު ވިދުވަރެއް އެލޮލުގައިވިހެން ޔަޒިންއަށް ހީވިއެވެ. އެތާގެ ފިނި މާހައުލުން ލަމްހާއަށް ވަނީ ރޯގާޖެހިފައެވެ. ދޮން ކޮލަށްވަނީ ރަތްކުލައަރާފައެވެ. ފިނިކޯޓެއްލައިފައި ގަންބޫޓަކަށް އަރައިފައި ހުއްޓެވެ. “ކީކޭ……؟” ރަކި ހިނިތންވުމެއްޔަޒިންއަށް ދެމުން ލަމްހާ  އަހައިލިއެވެ. “މްމްމްމް މަޑުކޮށްބަލާށޭ ބުނަންވެގެން…އަހަންނާ އެއްކޮށްދާން….” ބޯކަހާލަމުން ޔަޒިން ވެސް ބުނެލީ ލަދުރަކިކޮށެވެ. އޭނާއަކީ އަބަދުވެސް ލަދުރަކި މީހެކެވެ. “ކޮބާ…ހިނގާ ނައްޓާލަން ….” އަވަސް އަރުވާލަމުން އާޒިންއައިސް އެހެން ބުނެ ބައިސްކަލަށް އެރިއެވެ. ލަމްހާވެސް ރިކިފާޑަކަށް ހުރެ ބައިސްކަލަށް އަރައިގެން އެ ދެމީހުންގެ ފަހަތުން ކޮލެޖަށް ދިއުމަށް މިސްރާބު ޖެހިއެވެ. އަލަށް ކޮލެޖަށް އައި 3 ކުދިންފެނި ގިނަބައެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވިއެވެ.

ލަމްހާއަށް ފިރިހެންކުދިންގެ ލޯތައް އަމާޒުވެފައިވިއެވެ. އެކަމުން އޭނާހުރީ އުނދަގޫ ވެފައެވެ. އާޒިންއާއި އަރައި ހަމަ ކުރަމުން ލަމްހާ އެވާހަކަ ސިއްރު ސިއްރުން ބުނެލިއެވެ. “މަގޭ ލަމްކޮ ހަމަ އެހައި ރީއްޗޭ މިހާރު އެހެންވީމަ މީހުން ހާއްސަކޮށް ފިރިހެން ކުދިން ބަލާނެއްނު…އަން މިއޮތީ ކްލާހަށް އާދެވިފައި…ދޭ…ދޮންބެމެން އަންނާނަން ބްރޭކްގަޑީގަ ބަލާ…ނުދާތި އެކަނިން…” އާޒިން އެހެން ބުނަމުން ގުޑްލަކް އޭ ބުނެ ލަމްހާ އެދެމީހުންނަށް ހިނިތުންވެލަމުން ނިކުމެގެން ހިނގައްޖެއެވެ.

ކްލާސްތައް ފެށިގެން ގޮސް އެދުވަހުގެ ގަޑިތަށް ނިމުނެވެ. އާޒިންކިޔަވަނީ މެޑިކަލްއެވެ. ޔަޒިން ބިޒްނަސް ކިޔަވާއިރު ލަމްހާ ކިޔަވަނީ ޓީޗިންއެވެ. އެންމެ ލަހުން ނިމެނީ އާޒިންއެވެ. އެހެންކަމުން ޔަޒިންމެން އަބަދުވެސް ކޮލެޖްގައި މަޑުކުރަނީ ތިންމީހުން އެއްކޮށް ގެޔަށް ދިއުމަށެވެ. ޔަޒިންއަކީ ވަރަށް ލަދުރަކި ފިނޑި ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލަމްހާވެސް އެހައި ލަދުރަކި ވާނެއެވެ. އެއީ އެދެމީހުންގެ ހިތުގެ އަޑިން އެކަކު އަނެކަކު ދެކެ ވާލޮތްބެއްގެ ބޮޑުކަމުންނެވެ.

ލަމްހާ މިއަދު އެންމެ ކުރިން ގޮސް ބެންޗުގައި ޖައްސާލިއެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން ޔަޒިންވެސް ގޮސް އެ ބެންޗުގެ އެއްކޮޅުގައި އިށީނެވެ.  އަދި ފުރަގަހުން މަލެއް ދިއްކޮށްލަމުން އަނެއްފަރާތް ބަލާލީ ލަމްހާއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ. ލަމްހާ ވެސް ލަދުން ހުރެ އެމަލުގައި ހިފައިލިއެވެ.

އޭރު އެ އިމާރާތުގެ މަތީ 3 ވަނަބުރީގެ ލެބޯޓަރީ ކުލާހުގައިހުރި އާޒިންއަށް ކުޑަދޮރުން އެ މަންޒަރުފެނި ވަރަށް ހެވުނެވެ. ނަމަވެސް ދެރަވީ ޔަޒިންގެ ސިކުނޑީގައި އުނިކަމެއް ހުރެފައި އުޅޭލެއް ބަލިކަން ހިތައް އެރުމުންނެވެ. އާޒިންއަށް ލަމްހާޔާ ޔަޒިންގެ ލޮލުން އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރު ފެނެއެވެ.

ޔަޒިންއަކީ ބަލި މީހެއްކަން ހުދު އޭނައަށްވެސް އެނގެއެވެ. ޔަޒިންގެ މަޑުމައިތިރިކަމާއި އެ މައުސޫމްކަން ފެންނަ ކޮންމެ މީހަކަށްވެސް ރޮވޭނެއެވެ. އެއީ ހިތްހެޔޮކަމުގެ ލާމަސީލެކެވެ. އޭނާއަށް ލިބޭ ކޮންމެ އެއްޗެއް ވެސް ދެންތިބި މީހުންނާ ހިއްސާ ކުރާނެއެވެ.

އާޒިން ނިމިގެން އައުމުން ޔަޒިން އާ ލަމްހާ ވެސް ބައިސްކަލުގައި ގެއަށް މިސްރާބު އަމާޒްކުރިއެވެ. “ހިނގާ…. ރޭހެއް ޖަހަން…” އުސް އަޑި ކޮށް އޮތް ރީތި އެމަގުން ދުއްވާލަމުން އާޒިން ބުނެލިއެވެ. “އޯ އައި ވިލް ވިން…ހަހާ….” ލަމްހާ ދުވެލި

ލަމްހާ ދުވެލި ބާރުކޮށްލައިފިއެވެ. ޔަޒިންވެސް އެދެމީހުންނަށްވުރެ ބާރަށް ދުއްވޭތޯ ފެށިއެވެ. އެ ހިތްގައިމު މަގުތަކުން ރޭހުގައި ދުއްވަމުންދިޔައިރު ލަމްހާ ހުރީ އެންމެ ކުރީގައެވެ. އަދި ޔަޒިން ހުރީ މެދުގައެވެ. އެންމެ ފަހަތުގައި ހުރީ އާޒިންއެވެ. އާޒިން ބޭނުންވީ އެދެމީހުން ކުރިއަރައިގެން ދިއުމަށެވެ. ނަމަވެސް ޔަޒިން ބޭނުންވީ ލަމްހާއަށް ކުރި ދޭށެވެ. އޭނާއަށް އޭރުން ލަމްހާގެ އެ ރީތި ހިނިތުންވުން ފެންނާނެތީއެވެ.

ބޮޑުމަގަށް ނުކުތް ލަމްހާ އެ ބޮޑު ބަހުން ނައްޓާލީ ކިރިޔާއެވެ. ނަމަވެސް ޔަޒިންއަކަށް ބާރު ސްޕީޑްގައި އައި އެ ބަހުން ނުރެކެވުނެވެ. ބުރެކި ޖައްސާލެވުނު އާޒިން އަށް ޔަޒިންއޭ ކިޔައި ގޮވައިގަނެވުނެވެ. ލަމްހާއަށް ޔަޒިން އޭ ކިޔައި އޭނާގެ ދޮންބެ ގޮވާލުމުން ބުރެކި ޖައްސައި ދެލޯބޮޑު ކޮށްލަމުން ބަލައިލެވުނެވެ. “ޔަޒިން……………….” ލަމްހާވެސް ހަޅޭއްލަވައިގަނެވުނެވެ.

ޔަޒިންގެ ގައިމަތިން ދިޔަ އެބަސް މިހާރު ލޮލުކޮޅަށް ފެންނާކަށްވެސް ނެތެވެ. ދެމީހުންވެސް ބައިސްކަލުތަށް ދޫކޮށްފައި އައިސް ޔަޒިންގެ ކައިރިއަށް ތިރިވިއެވެ. ވަގުތުން އާޒިން އޭނާގެ ބައްޕައަށް ގުޅިއެވެ. އެއީ ގެޔާ މާދުރުނޫން މަގެއްކަމުން ދެތިންމިނެޓް ތެރޭ އިމާދު އޭނާގެ ކާރުގައި އައެވެ. ލަމްހާ ހުރީ ޝޮކެއްގައެވެ. އޭނާއަށް ރޮއެގަނެވުނީ ހޮސްޕިޓަލުން އޭނާގެ މަންމަ ހަދީއްޖާއާ ދިމާވުމުންނެވެ. ދުރުނޫން ހިސާބެއްގައި ހުރުމުން އެމީހުން އަންނަންދެން ހަދީއްޖާ އަވަހަށް ހޮސްޕިޓަލަށް އައީއެވެ.

“ޔަޒިން އަހަރެން ޔަޒިންއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން..ހާސްނުވޭ…ޔަޒިން ރަނގަޅުވާނެ…” އެނދުގައި އޮތް ޔަޒިންގެ އަތް އެއްވެސް ބާރަކާނުލައި އާޒިންގެ އަތުތެރެއިން ދޫވެގެން ވެއްޓުނެވެ. ލޭބޮކިބޮކި ޖަހައިފައި އަނގައިން އައީވެސް އެވަގުތުއެވެ. އަވަސްފަރުވާދޭކޮޓަރިއަށް އާޒިންއަށް ވަދެވެން އުޅުނު އިރުވެސް އޭނާއަކަށް ނޭނގެއެވެ. އިމާދު އޭނާގެ ގައިގައި ހިފެހެއްޓިއެވެ.

އިމާދުވެސް ހުރީ ފެންކަޅިވެފައެވެ. ލަމްހާގެ ހާލަކީ އަދި ކޮބާބާއެވެ. އެފަކީރުގެ ހިތަށް ހާދަ އަސަރެއް ކުރާނެވެ. ރޮއެރޮއެ އިން ލަމްހާހޭނެތިގެން ފަރުވާދެވެން ފެށުނެވެ. 5ވަރަކަށް މިނެޓްފަހުން ޑޮކްޓަރު އައިސް އާޒިންގެ ކޮޑުގައި އަތްޖަހާލަމުން އެ ބުނި ޖުމްލަ އާޒިންގެ ކަންފަތުގައި ޖެހުމުން ހީވީ ބިންގަނޑު ދެމިގަތްހެންނެވެ. “ސޮރީ…ހީ އިޒް ނޯމޯ…” އިމާދުގެ މުޅިދުނިޔެ އެނބުރުންހެން ހެން ހީވިއެވެ. އޭނާ އެތަށް އުއްމީދުތަކެއް ކުރަމުންއައި މާވަހަރެއްކަހަލަ އެ ކުއްޖާ މި ދުނިޔެ ފަހަނައަޅައި ދިޔުމުން ހިތަށް ވަރަށް އަސަރުކޮށްފިއެވެ.

އާޒިންވެސް ހުރީ ގަނޑުވެފައެވެ. ޔަޒިން މިދުނިޔެއިން އެދިޔައީ އޭނާގެ ފުރާނަ އާޒިންއަށް ދީފައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ޔަޒިންގެ ފުރާނަނެތް މަސްގަނޑު ފެނި އާޒިންއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އިމާދުގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ހަދީއްޖާއަށްވެސް ރޮވެނީއެވެ. ނެތިވެގެން އެދިޔައީ އޭނާގެ ބަނޑުއަޅައި ނުވިހެއަކަސް އެއީވެސް އޭނާގެ ލޭކަމަށް ދެކޭ ދަރިއެކެވެ. އަދި ލަމްހާއަށް ވާނީ ކިހިނަކުންބާއެވެ.

ލަމްހާގެ ހާލަކީ ހޭލެވޭގޮތަށް ރޮއެގެންފައި އެއޮތީ ލެޔޭ ޔަޒިން އޭ ބުނެފައި އަނެއްކާވެސް ހޭނެތެނީއެވެ. ޔަޒިންގެ ޖަނާޒާއަށްފަހު އެމީހުން އެނބުރި ހޮސްޕިޓަލަށް ދިޔައީ ލަމްހާ ހަމަޔަކަށް އެޅެންދެން ޑޮކްޓަރުން އޭނާ އެޑްމިޓްކޮށްފައިވާތީއެވެ. އޭގެ ދެތިންދުވަސްފަހުން ލަމްހާ ތަންކޮޅެއް ހަމައަކަށް އެޅުނެވެ. ނަމަވެސް މީހަކާ އަނގައިންވެސް ލަމްހާ ނުބުނެއެވެ.

ލޯބިވާ އެކަކު މަދުވުމުން ގޭތެރެއަށްވެސް ވަނީ ހިމޭންކަމުގެ ރަޖައެއް އަޅައިފައެވެ. ލަމްހާ ކޮޓަރިއަށް ވަންގޮތަށް ނެގީ އޭނާގެ ފޮތްދަބަހެވެ. އަދި އޭގެ ތެރެއިން މޯޅިވެފައި ހިކެން ތައްޔާރުވެފައި އޮތް ރަތް ފިނިފެންމަލެކެވެ. އެއީ ޔަޒިން އޭނާއަށް ދިން މަލެވެ. ދެފައި ވަށްކޮށްގެން ލަމްހާ އެނދަށްއަރައި އެމާ ހިފައިގެން އިނދެ ފިރުމަމުން ވާހަކަ ދައްކަންފެށިއެވެ. އަދި ހީ ސަމާސަ ކުރަންފެށިއެވެ.

އެދުވަހުގެ މެންދުރު ކާންހިފައިގެން ލަމްހާއަށް ދޭން ވަން ހަދީއްޖާއަށް އިމާދުއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ. އެއަޑު އިވި އާޒިންވެސް އެތަނަށް އައެވެ. ފެނުން މަންޒަރު ގަބޫލުކުރަން ހުދު އާޒިންއަށްވެސް އުނދަގޫވިއެވެ. ލަމްހާ އެމަލުގައި ފިރުމަމުން އެޔާ ހީސަކަރާތް ޖަހަމުން ދިޔައީ މީހަކާ ސަކަރާތްޖަހާ އުސޫލުންނެވެ. ބަސްހުއްޓިފައި އިމާދަށްވެސް ހުރެވުނީއެވެ.

ލަމްހާ އެވަނީ ދުނިޔެއިން މޮޔަވެފައެވެ. އޭނާގެ ސިކުނޑީގައި އެއްކަމެއްވެސް ނެތެވެ. އާޒިން މަޑުމުޑުން ފިޔަވަޅު އަޅަމުން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. އޭނާ އެކަނިވީއެވެ. ލޯބިވާ އެންމެ ގާތް ކޮއްކޮއެއފަދަ އެކުވެރިޔާ ވެސް ދިޔައީއެވެ. ލޯބިވާ ކޮއްކޮވެސް ވެކިވެގެން ދިޔައީއެވެ.

ޔަޒިންގެ ފޮތްދަބަސް އާޒިންގެ ލޮލުގައި އަޅައިގަތީ މި ހިޔާލް ތަކުގައި ހުރެ ގޮސް އެނދުގައި އިށީންތަނުންނެވެ. އޭގައި މުޅިންހެން ހުރީ ލެޔެވެ. އޭގައި ހުރި ފޮތްތަށް އަލަމާރިޔަށް ލުމަށްފަހު ދަބަސް އެއްލާލުމުގެ ނިޔަތުގައި އާޒިން އޭތި ނެގިއެވެ. ޒިޕް ކާހާލަމުން އޭގެން ނެގި ފޮތްތަކުން ފޮތެއް މުށިމައްޗަށް ވެއްޓި ހުޅުވުނެވެ.

އަދި އޭގެ ތެރެއިން ފޮޓޯގަނޑެއް ވެއްޓުނެވެ. އެފޮތް ނެގުމުން ހައިރަންކަންވެރިވީ އޭގައި ޑައިރީ ޖަހާފައި އޮތުމުންނެވެ. ޔަޒިން ޑައިރީ ލިޔާ ކަމެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ. ނަމަވެސް އެއީ ޔަޒިންގެ އަތުލިޔުން ކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ. އޭގެން މުށިމައްޗަށް ވެއްޓިފައި ވި ފޮޓޯ ނެގުމަށްފަހު ބަލައިލިއެވެ.

ހައިރާންކަން ވެރިވެ ސުވާލު އުފެދުނެވެ. އޭގައިވަނީ ދެމަފިރިންކަންނޭނގެއެވެ. އަންހެނަކާ ފިރިހެނެއްގެ އެ ފޮޓޯގަނޑު ހީވަނީ ވަރަށް ދުވަސްވީ ފޮޓޯގަނޑެއްހެންނެވެ. ދާކުލަ އަރައިފައިވުމުން ވަރަށް ހާލުން ގެންގުޅެފައިވާކަން ސާބިތުވެއެވެ. އެ ފޮޓޯ ނަގައި ފޮތުތެރެއަށް ލަމުން ޑައިރީ ކިޔަންފެށިއެވެ.

އެ ޑައިރީގައިވަނީ ދެވަނަ އެހެންމީހެއްގެ ވާހަކައެއް ނޫނެވެ. އެއީ ހުދު ޔަޒިންގެ ހަޔާތުގައި ހިނގައިފައިވި ކަންތައްތައްކަން އެ މައުސޫމް ޖުމްލަތަކުން އެނގިހާމަވެއެވެ. ޔަޒިންގެ ލޯކަރުނުން ފުރުނެވެ. ސަފްހާއަކަށްފަހު ސަފްހާއެއް ނިމެމުންދިޔައިރު އެ ފޮޓޯގަނޑަށް ދޭ ނަޒަރުވެސް ތަފާތުވެއެވެ……………………………………..

އެ ރުޅިވެރި ނަޒަރުގެ ވެރި ލޮލުން ހިތާމައިގެ ކަރުނަ އޮހި އޮހި އިން ޔަޒިންގެ ފޯން ރިންގްވިއެވެ. ފޯނަށް ބަލާލަމުން ރީމާގެ ނަން އަރައިފައިވީތަން ފެނި ނަގަން އުޅެފައި އަނެއްކާވެސް ބޭއްވިއެވެ. ފާހާނަޔަށްވަދެ މޫނު ދޮވެގެން ނުކުމެ ފޯންނަގައި ރީމާއަށް ގުޅިއެވެ.

“ހަލޯ….ރީ ގުޅާފަ އިނީމަ……ފާހާނައިގަ ހުއްޓާ ތިގުޅީ އެހެންވެ ނުނެގުނީ….” ޔަޒިން އާދައިގެ ގޮތަކަށް ބުނެލިއެވެ. “ކަމެއް ނުވޭ ހަމަ ގުޅާލީ…” ރީމާގެ އެ ކޯލަށްފަހު ޔަޒިން ނިންމީ ހަނާ ކައިރިއަށް ހޮސްޕިޓަލަށް ދާށެވެ. “އަހާ… ހަނާ ކައިރި މަޑުކޮށްލަދޭންވީނު އަހަރެން އެބައަންނަން ކައިގެން”އެތެރެއަށް ވަދެގެން އައި ޔަޒިން ފެނި އަހުނަފް އެހެންބުނެ  ބޭރަށް ހިނގައިގަތެވެ. “ޕުއަރ އަހްނަފް ހެހެހެ….” އަހްނަފްގޮސް ދޮރުން ނުކުންނަންދެން ބަލަން ހުރެފައި ނުލަފާ ހިންޏެއް ތުންފަތަށް ވެރިކުރަމުން ޔަޒިން އެހެން ބުނެލަމުން ގޮސް އެ ރޫމަށްވަނެވެ. ބޭރުން ރީމާއާ ދިމާވިއެވެ. ޔަޒިން އުޅޭކަމަށް ބުނުމުން ރީމާ ހިނިތުންވެލަމުން އައިސް ހަނާގެ ރޫމް ދޮރުގައި ހިފައި ހުޅުވާލިއެވެ.ނަމަވެސް ހުއްޓުން އެރީ ފެނުން މަންޒަރުންނެވެ.

އެތެރެއަށް ވަން ޔަޒިންފެނި ހަނާ ރޯމަހެއްހެން ތެޅިގަތެވެ. ޔަޒިން އައިގޮތަށް އައިސް ހިފީ ހަނާގެ ދަތްދޮޅީގައެވެ. “ކަލޭ މަށަށް ވަރަށް އިންޒާރު ދިނީމެއްނު…މަގޭހަގީގަތް….މަމީ ކާކުކަން ކަލޭ ވަރަށް ބޭނުންވެއެއްނު ބަލަން…އަޑުއަހާ….” މިހެން ބުނި ޔަޒިންއަކަށް ފަހަތުގައި ރީމާހުރިކަމެއް ނޭނގެއެވެ.

“މަމީ ޔަޒިންއެއް ނޫން….މަށަށް ކިޔަނީ ޔަޒިންއެއްވެސް ނޫން… މަށަށް ކިޔަނީ އާޒިން….މަމިތަނަށް އައުމުގެ ބޭނުމަކީ އެ އަޔާޒާ އޭނާގެ ބައްޕަޔަށް ތަދާ ވޭނަކީ ކޯއްޗެއްކަން ވިސްނަދޭން….އަދި ބުނަން މަމީ މީހުންނަށް ރަޙުމް ކުރަން އެނގޭ މީހެއްނޫން….މަ ކަލޭގެ ދައްތަ ދެކެ ލޮތްބެއް ނުވޭ..އޭނާ އެ ހީކުރަނީ ކުށްހީއެއް…..މަ  އެ އަޔާޒު އެކްސިޑެންޓް ކޮށްލީ ހަމަ އޭނަގެ ދުވަސް ދުއްވާލަން އެކަމަކު ދެވަނަފަހަރަށްވެސް އައީއެއްނު….ރީމާގެ ލޯބި އަތުލީ ހަމަ އަޔާޒާ އޭނާ ގުޅުވިޔަ ނުދޭން…..” ހަނާގެ ލޮލުން ހޯސްލައިފައި ކަރުނަ ފޭބިޔަސް ކެތްކުރަމުން ދިޔައީ އެ ނުލަފާ އާޒިންގެ އަނގައި ހަގީގަތް އޭނާގެ ދައްތަޔަށް އަޑު އިއްވުމަށެވެ.

“ބުނަން…އެ އިޝާމް ކުރި ކުށުގެ ސަޒާއޭނަޔަށް ދިނުމަށްފަހު ނޫނީ މަ ހުއްޓައެއް ނުލާނަން….އޭނަޔަކީ ރަހުމެއް ހަމްދަރުދީއެއް ނެތް އިންސާނެއް….އިނގޭތަ އޭނަ ޔަޒިންއަށް ހެދި ގޮތް އޭ….. އިނގޭތަ އެފަކީރު މުޅި ދުނިޔެއަށް އެކަން ސިއްރު ކުރީ ކިއްވެކަން އޭ….” ހިނދެއް ހިނދަކަށް އާޒިންގެ އަޑު ދިޔައީ ބާރުވަމުންނެވެ.

“އެހިތަށް ކުރި އަސަރާ އޭނަ ކަރުނަ އެޅިވަރު އެންމެ ކައިރިން މަށަކަށްވެސް ނޭނގުނު….އޭނަ މިދުނިޔެއަށް އެންމެ ފަހު ނޭވާލީ މަގޭ އަތުތެރޭ އޮވެޔޭ….އޭނަ މިދުނިޔޭގަ ހުރި ނަމަވެސް މަ މިތަނަށް އަންނާނަން މަށަށް ހަގީގަތް އެނގުނުނަމަ…. ކަލޭ އަޑުއަހަން ބޭނުންތަ އެވާހަކަ… މަ ބުނެދީފާނަމޭ…. ކަލެއަށް އިނގޭތަ؟ އެ އިޝާމް އަމިއްލަ އެދުން ބޮޑު *** ޔަޒިން ފުރަތަމަ ގެންގުޅުނީ އޭނާގެ އަނބިމީހާއަށް ދަރިއަކު ނުލިބޭތީ….އަދި ޔަޒިންގެ މައިންބަފައިން މިދުނިޔޭގައި ނެތުމުން…. އެ އަޔާޒަށް ބަނޑުބޮޑުވުމުން އޭނަ ޔަޒިން ގެންގޮސް………ގެންގޮސް ވިއްކާލީ ހަށިވިއްކާ އަންހެނަކަށް…..އެމީހުންގެ އަނިޔާތަށް ލިބި ލިބި އެފަކީރު މަރުވެގެން އެދިޔައީ ސިކުނޑީގެ ކެންސަރ ޖެހިގެން….ނޫން އެ އެކްސިޑެންޓްގަ އޭނަ ނޯމަލް ކޮށް ހުރިނަމަ އެ ފަކީރު ސަލާމަތްވީހޭ…..ވިސްނޭތަ މިކިޔާއެއްޗެއް…..****** އޭ…..!!”

އާޒިންއަށް ހުރީ ރޮވޭވަރުވެފައެވެ. ރީމާ ނުކުމެގެން ދުއްވައިގަތީ ހަގީގަތް އަޑުއިވުން ކަމަށް ނުހަދައެވެ. ފާހާނަޔަށް ވަން ރީމާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އެވާހަކަ ތަކުގައި ވަނީ ކިހާ ހަގީގަތެއްކަން މީހަކު ނުބުންޏަސް އާޒިންގެ އެ ވޭނީ ރާގުގައި އޭނާ އެހަދަނީ ތެދުކަން ހާމަވެއެވެ. ނަމަވެސް ޔަޒިން ރީމާދެކެ ލޯބި ނުވާކަން ހާމަ ކުރުމުން ވަރަށް އެހިތަށް ތަދުވިއެވެ. ރީމާގެ ކުށަކީ ކޮބާހެއްޔެވެ؟ އަޔާޒު ދެކެ ލޯބިވުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟

ހޮސްޕިޓަލުން ނުކުމެގެން ގެޔާ ހަމަޔަށް އައި އިރުވެސް ރީމާ ހުރީ ޖެހި ބުދެއް ހެންނެވެ. ހަގީގަތުގައިވެސް މިއަދު އޭނާ މުޅީ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. އޭނާދެކެ ލޯބިވާނޭ ފަރާތެއް ހަމަ މިދުނިޔެއިން ނުވަނީހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި ފަތަން އޭނާއަށް ޖެހިފައިވިއެވެ. ލޯބީގައި އިންސާފު ކޮބާބާއެވެ. އަޔާޒުވެސް އޭނާގެ ހަޔާތަށް އައީ ކުޑަ ދުވަސްކޮޅަކަށެވެ. ދެން އެއައީ އޮޅުވާލުމެއްގެ ތެރެއިން އާޒިން އެވެ. ލޯބީގެ ދަޅަ ދައްކައިގެން ހިސާބަކަށް އޭނާ ހައްލައިލައިފިއެވެ.  އޭނާގެ ހިތް އެއީ ކުޅޭ ކުޅޭ އެއްޗަކީހެއްޔެވެ؟ ……….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ވަންހަނާ (ސާދަވަނަބައި)

Next

ތަޤްދީރު (ޓްރެއިލަރ)

Next
February 13, 2018

ތަޤްދީރު (ޓްރެއިލަރ)

Previews
February 12, 2018

ވަންހަނާ (ސާދަވަނަބައި)

24 Comments!

  1. thuhoo says:
    February 13, 2018 at 12:38 am

    Hii every one…. kihineh all…? today bxy day akah vaanethee mirey vaahaka upload kohlee mi.. mibain varah suvaaluthakah javaabu libeyne …and aslu kaakukan yazin akee engigen dhaane… salhi vaane kamah ummeedhu kuran … dhn mistakes madhuvaane kamah ummeedh kuran mi part ga ves …love u all.. enjoy the new prt… ❤❤ waiting for the comments all….?

  2. ..... says:
    February 13, 2018 at 12:48 am

    .
    Haadha kurey mi Bai

    1. thuhoo says:
      February 13, 2018 at 9:39 am

      Owh… Aslu… Butt abadhu ves liyaa varu mee…

  3. Lima says:
    February 13, 2018 at 1:23 am

    Me first..

    1. thuhoo says:
      February 13, 2018 at 9:30 am

      Wow Lima.. thanks a lot ❤️

  4. Leen says:
    February 13, 2018 at 5:53 am

    Abadhu cover pic change. kuraathy ehaa kamaku nudhey. Aslu e pic eh cover pic ah bandhan jeheyni. Vaahaka v rythi

    1. thuhoo says:
      February 13, 2018 at 8:30 am

      Owh.. ehn…okay dhn nukuraanan ??❤️ thanks leen

    2. thuhoo says:
      February 13, 2018 at 9:32 am

      But can I ask that dear cover pic change kureema aslu kihineh vaneee?? ??

  5. Rikey Rik says:
    February 13, 2018 at 5:58 am

    Shaam Brow

    1. Shaam Brow says:
      February 13, 2018 at 5:59 am

      Hehe.. Ebunaahen… ?

  6. Pinky shifoo says:
    February 13, 2018 at 10:49 am

    Hii thuhoo ☺️☺️☺️… Mi part vx v v v reethi… Hurihaa manzareh lo kurimathin fennahen heevanee hama kiyaalaa iru ???… Keep up the good work thuhoo ???… N last part ga kuri commentge reply kiyaalaafa v v v ufaavi ???… I’m really happy to know that I’m one of your favourite ???… Thank you soooooo much thuhoo ☺️☺️☺️… N shifoo ah vx mihaaru mi story ah v v v inthizaaru kurevey n this story is one of my favourite story ❤️❤️??… Curiously waiting for the next part… Take care n loves ❤️❤️??

    1. thuhoo says:
      February 13, 2018 at 11:18 am

      Hai hai shifooo… waiting for your comment darlin…. Asluves v v happy thihen comment kohleema… Mihaaru vaahaka liyan ihna iru ves sifakurumuge bain shifoo mathin miss vaneee?hehe asluves v v v v thanks ❤️ take care ❤️❤️ c u on next part… Reemaa is goanna lonely dhwww… Ekam haadha dhera ey ayaa should tell her that aslu dhw…❤️ Dhn balamaa next part ga vaagotheh ??❤️❤️

  7. minna says:
    February 13, 2018 at 11:01 am

    next part when

    1. thuhoo says:
      February 13, 2018 at 11:05 am

      May be at evening…?

  8. EHLEE says:
    February 13, 2018 at 11:32 am

    Wow reeti vv. V suprise mi vaa kan thakun

    1. thuhoo says:
      February 13, 2018 at 11:49 am

      Yeah… Thoo buneemehnu don’t hate yazin too much ey…. Hehe btw thanks EHLEE❤️

  9. ishnash says:
    February 13, 2018 at 1:01 pm

    Maasha Allah in part vx vvvv rythi ….when next part???by the way I shawm kanthah e jury rangalhakah noon dhw….ekm aazin yazin dheke haadha loibekey e vanyy dhww…keep up the gud work thoo…

    1. thuhoo says:
      February 13, 2018 at 1:22 pm

      Yaaaa dhw… Kuda iruhsure ekuga ulhuneema and for his innocent life dheke loabi vaane dhw…. Kanthah goas koh dhiyayas… Aslu yazin v loabivey ayaaz ge mom r dad aaa dheke… Anyways thanks a lot Nash…??

  10. Leen says:
    February 13, 2018 at 1:44 pm

    Heevani eki vaahaka fennahen. Eh vaahaka eh fennahen hynuvey. And cover pic ga inna myhakaa vaahaka ga ulhey meehakaa sifa kureveni. Abdhu change kureema eki myhun sifa vani

    1. thuhoo says:
      February 13, 2018 at 4:58 pm

      Owh are dhw evaa gothakee …. Kurin ehn nuvisnunee… Ok dhn ihnaanee ehme first pic …. Thanks for telling tht… Lot’s of love….❤️?

  11. sham says:
    February 13, 2018 at 6:10 pm

    ??wow v reethi…wen nxt part

    1. thuhoo says:
      February 13, 2018 at 6:15 pm

      Next part on tomorrow…

    2. thuhoo says:
      February 13, 2018 at 6:16 pm

      Thanks sham

  12. Beauty?? says:
    February 26, 2018 at 4:16 pm

    Are u waiting for my comment heheh ??

Comments are closed.

Next Episodeލޯބިއެހެނަސް..16←


All Right Reserved!