އޭނާގެ ސިކުނޑިއަށް ޝާލިން ދެއްކި ކޮންމެ ވާހަކައެއް ވަދިގެން ދިޔައެވެ. އަދި އެވަގުތު އެއިން ކޮންމެ ދުވަހެއްގެ ހަނދާން އޭނާގެ ކުރިމަތީގައި ވަށާ އެނބުރެން ފެށިއެވެ. *** ޝާލީން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. “ޖަޒިލް… އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރޭ… މައިލީން އަށް ފުރަތަމަ މަޑުމަޑުން ގާތް ވެވޭތޯ މަސައްކަތް ކުރޭ… އެހެން ނޫނީ ފުރަތަމަ ލޯބިވާކަން ހާމަ ކޮއްދީ… މައިލީން މާދަން ޑިއުޓީއށް ދާނެ. އެތަނުން ވެސް އެކަނތައް ހާމަ ކޮއްދެވޭތޯ […]
“ކާއިން، ބަލައިގެން އުޅެއްޗޭ.. މޮޔަ ކަމެއް ނުކުރާތި.. އެކަހަލަ ކަމެއް ކުރަން ހިތަށް އެރުމުން އަހަންނަށް ގުޅާލާތި.. އޭރުން އަހަރެން ދުވެފަ ދާނަން ކާއިން ހުއްޓުވަން… ” އަޝްވާގެ ދެލޯ ފެންކަޅިވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހިގަތެވެ. ކާއިން ދަނީއެވެ. އަޝްވާ ބުނިހެން އޭނާއަށް ހީވަނީ ހަށިގަނޑުން އެއްބައި އުނިވާން އުޅޭހެންނެވެ. “ޔަގީން! އަޝްވާ ވެސް ބަލައިގެން އުޅޭތި. ތީ އަހަރެންގެ ނަންބާރ ވަން އަދި އަހަރެން އެއްމެ ބެސްޓް […]
އެރޭ ރީމާގެ ނިދި ލޮލަށް އަންނާކަށް ނޭނގުނެވެ. އަޔާޒުގެ ހަނދާންތަކުން އެހިތް ބަރުވެފައިވިއެވެ. އެ ހިޔާލުތަށް ސިކުނޑި ވަށާލައިފައިވުމުން ރީމާއަށް ހިނިތުންވެވެއެވެ. އެ ލޯބީގައި އަޔާޒު އޭނާއަށް އިންތިޒާރުކުރާނެ ވަރު ހިތަށް އެރުމުން މާފަށް އެދެންވެސް ބޭނުންވިއެވެ….ހިޔާލީ ދުނިޔޭގައި ރީމާ ބެހިގެން ދަނީއެވެ…….. *ހާދަފަރި ހިނިތުންވަނީއޭ….މޭގަ އޮވެގެނ ހިތް ރޮނީއޭ…ހާދަ ކައިރީގައި ހުރީމޭ…ލޯބިވާވަރު ނޭނގެނީހޭ…..ލޯބިން މިރޭ އާދޭ… ބޭނުންވަނީ އާދޭ… ހީވޭ އިނގޭ…ގާތަށް މަގޭ…އާދޭކަލާ……………………. ރީމާގެ އެރީތި ލޮލަށް ނިދިއައިސް ލޯމެރެމުންދިޔަ އިރުވެސް އޭނާ އޮތީ ހިޔާލީ […]
ނަޒީލް ނޭވާ ހުސްވާން ފެށުމާއެކު ދެފައި ތަޅުވަމުން ސަލާމަތްވުމަށް މަސައްކަތްކުރިއެވެ. ނިހާ ދެލޯ ބޮޑުކޮށްލަމުން ނަޒީލްގެ ކަރަށް އިހުނަށްވުރެ ބާރަށް ފިއްތާލުމާއެކު ނަޒީލް މަރަށް ތެޅިތެޅިފައި ހަރަކާތް ހުއްޓުނެވެ. ނަޒީލް ތަޅުވަމުންދިޔަ ދެފައި ހުއްޓުނު އިރު ދެއަތް ދެފަރާތަށް ވެއްޓި ކަރު އެލުނެވެ. ކުއްލިއަކަށް އިންޝާ ދޮރު ހުޅުވާލިއެވެ. އިންޝާއަށް ފެނުނު މަންޒަރުން ހީވީ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. މުޅި ހަށިގަނޑަށް ފިނިވެލުމާއެކު އިންޝާއަށް ހަޅޭ ލަވައިގަނެވުނެވެ. އިންޝާގެ އަޑު ނިހާގެ ކަންފަތުގައި ޖެހުމާއި އެކު […]
ރީމާވެސް ޝުއޫންއާ ސަކަރާތް ޖަހަމުން ދިޔައެވެ. އެވަގުތަކީ އަޔާޒު އިން ލޯންޗު އައިސް ފަޅަށް ވަން ވަގުތެވެ. އެއްލިކަޅިން އަޔާޒަށް ޝުއޫންއާ ސަކަރާތްޖަހަމުން ދިޔަ ރީމާ ފެނުނެވެ. ދެވަނަފަހަރަށްވެސް ބަލާލެވުނީ ފެނުނީ ރީމާތޯ ޔަގީން ކޮށްލުމަށެވެ. އަޔާޒުގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ ފަދައެވެ. ޖެޓީއަށް ފޭބުމުންވެސް އަޔާޒުގެ ލޯ ހޯދާލީ ރީމާއެވެ. ރީމާ އެއިނީ މިހާރު އެކުއްޖާ އުރައިގެންނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުންފެނި އަޔާޒުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރަނގަޅަށްވެސް އޭނާ […]
“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ. “ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ. “ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު […]
“މައިލީން އަށް” މިފަހަރު ގަނޑުގައި ލިޔެފައިވަނީ ކުޑަ ލިޔުންކޮޅެކެވެ. އެހެންނަމަވެސް އެޑްރެސް ކޮއްފައިވަނީ މައިލީން އަށެވެ. އޭނާ ހައިރާންވިއެވެ. އޭނާއަށް މާ ފޮނުވާނީ ކާކުހެއްޔެވެ؟ ހައިރާންވެފައި ހުރެގެން އޭނާ ޝާލީން އަށް ބަލާލިއެވެ. އެއާއެކު ޝާލީން ގެ ސުވާލެއް މައިލީން އަށް އަމާޒުކޮއްލިއެވެ. “އިލީ މި ކާކު ފޮނުވާއެއްޗެއްތަ؟” ޝާލީން ހުރީ އޭނާގެ ހުރިހާ ސަމާލުކަމެއް މައިލީން އަށް ހުއްޓައިލައިގެންނެވެ. މައިލީން ގެ ހިތަށް އެރީ މިފަހަރުވެސް ޔުއާންއެވެ. އެހެންނަމަވެސް އޭނާ ދެކޮނޑު އަރުވާލުން ފިޔަވާ އިތުރު […]
މަދު އެކަށްޗެއްވެސް ނެތެވެ. އެކަމަކުވެސް ފަޅުކަން އެހިތަށް ވެރިވިއެވެ. އޭނާގެ ދިރިއުޅުން އުޖާލާކުރަން ދެން ކުރާނީ ކޮންކަމެއްބާއެވެ. “ބެންބޭ….” ހަނާ އައިސް އެކޮޓަރި ދޮރުގައި ޓަކި ޖެހީ މިކަހަލަ މައްސުނި ހިޔާލު ތަކުން އަޔާޒުގެ ބޯ ބަރުވެފައި އޮއްވައެވެ. މަޑުމަޑުން ގޮސް އަޔާޒު ދޮރު ހުޅުވާލިއިރު ހަނާ ތަށިބަރިއެއް ހިފައިގެން އައިސް ހުއްޓެވެ. “މިއައީ ބެންބެއާއެކީ ސއިބޯން…” ހަނާ އަދިވެސް އޭނާއާ މުހާތަބްކުރަނީ ބެންބެ ކިޔައިގެންނެވެ. ހާލަތަށް ހޭނިފައިވިޔަސް އެމީހުން އެންމެންގެ ހިތުގައިވެސް ރީމާގެ ނަން ކުލަގަދަކޮށް ފެވިފައި […]
ޔުއާން ނުކުތްކަން ޔަގީން ވުމާއެކު މައިލީން ފަހަތަށް ބަލާލިއެވެ. “ޕްލީޒް ޑޯންޓް ޑޫ ދިސް ޔުއާން….. އަހަރެން ގެ ހތުގައި މިވާ ލޯބި ފާޅުވެގެން ހިނގައިދާނެ. އެހެން ވެއްޖެނަމަ އަހަރެން ހާދަ ބަލިކަށި ވާނެޔޭ” މައިލީން އަށް އެހެންބުނެވުނެވެ. އާރާ ގެއަށް ގޮސް ފެންވަރައިގެން ނުކުމެ ރީތިވާން ހުއްޓާ އޭނާއަށް ފޯނެއް އައެވެ. ބަލާލިއިރު އާއިކް އެވެ. އޭނާ ހިނިތުންވެލަމުން ފޯން ނަގާ ވާހަކަ ދައްކަން ފެށިއެވެ. އާރާ ހޮސްޕިޓަލް އަށް ދާ ވާހަކަ ބުނުމާއެކީ އާއިކް […]