“ބައްޕާ! ކައިވެންޏަކީ ތިހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނޭ!.. އެހެންނޫނަސް ވަކި ކަމަކަށް ޝަރުތުކޮށް އަޅުގަނޑު ބޭނުމެއް ނޫން މީހަކާއި އިންނަން” އަސްރާރު އަށް ވިސްނައިދެމުން އަޝްވާ ބުނެލިއެވެ. “އަޝްވާ! އެ ޝަރުތު ނެތަސް މިއުވާން އެހެރީ އަޝްވާއާއި ކައިވެނި ކުރަން ތައްޔާރަށޭ.. އެހެންވީމަ މިކަމާ ދެކޮޅު ނުހަދާ!” އަޝްވާގެ އަތުގައި ހިފަމުން އަސްރާރު ބުނެލިއެވެ. އަޝްވާ ބަލައިލީ ދުރުގައި ހުރި ކާއިން އަށެވެ. އަދި ހިނިތުންވެލުމަށްފަހު އަސްރާރު އަށް ބަލައި “ލައްބަ” އޭ ބުނެލިއެވެ. “ވަރަށް […]
އެމީހާ ރައިނާގެ ގާތަށް ދިޔަ ސަބަބު މިހާރު އަހަންނަށް އެނގިއްޖެއެވެ. މާޒް އަކީ ސީކްރެޓް އޭޖެންޓެއްކަން އެމީހާއަށް ޝައްކުވީއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ** ** ރޭގަނޑުގެ ވަގުތު އަހަރެންނާއި ރޫޝިން އެޖެންސީ ތެރެއަށް ވަދެގެން އައީ ދާދި އެކު އެކީގައެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައި ވީއިރު، އެކި ދިމަދިމާގައި މީހުން ހަރަކާތްތެރި ވާތަން އޭރު އަހަންނަށް ފެނުނެވެ. “އަރޫން. މާޒްގެ އަންހެނުންނަށް އެނގޭނެ ދޯ އޭނަ މިތަނުގަ މަސައްކަތް ކުރާކަން؟” މަޝްވަރާ ރޫމާ ދިމާއަށް […]
“ލޯބީ. ކިހިނެއްވެފަ؟” ރާއިދް އެނބުރި ހިނިތުންވެލުމުން މަލްހާވެސް ހިނިތުންވެލަމުން އަހައިލިއެވެ. “ކަމެއްނުވޭ.ހަމަ ހުރީ. މަލޫ ބަދިގޭގަ މާބިޒީކޮށް އުޅޭތީ.” މަލްހާގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ރާއިދް ބުނެލިއެވެ. “ސޮރީ.ކާން ހަދާ އުޅުނީ. މިއައީވެސް ކާން އަންނަން ބުނަންވެގެން.” ރާއިދްގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން މަލްހާ އެހެން ބުނުމާއެކު ބޯޖަހައިލަމުން މަލްހާގެ ފަހަތުން ރާއިދްވެސް ހިނގައިގަތެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. އިވެމުންދިޔަ ބަންގީގެ އަޑާއެކު ކަންނެތްގޮތަކަށް މަލްހާ ދެލޯ ހުޅުވައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަނެއްކާވެސް […]
އިލްހާމްގެ އަނގައިން ބޭރުވި ސުވާލުތައް އިވިފައި ނިހާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އިބްރާހީމްބެ ގާތުގައި ދެއްކުނު ވާހަކަތައް ހަނދާންވުމާއެކު ނިހާ އިތުރަށް ބިރުގަތެވެ. ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. ނިހާ އިސްއުފުލާލަމުން ނިކާލްގެ މޫނަށް ބަލާލިއެވެ. ނިކާލަށް ތަވީދުގެ ހަޤީޤަތް އެނގޭކަށް ނިހާ ބޭނުމެއްނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އިބްރާހީމްބެ ޖަވާބެއް ނުދީ ނިހާއަށް ބަލާލިއެވެ. ނިހާ ވިސްނަން ހުއްޓައި، އިލްހާމް އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. އިބްރާހީމްބެ އިލްހާމްއަށް ނަޒަރު ބަދަލުކޮށްލަމުން ޖަވާބުދިނުމަށް އަނގަ ހުޅުވާލިއެވެ. […]
ގެއަށް ވަނުމާއެކު ޔާނިލާއަށް ހުއްޓުން އެރީ ކުރިމަތިން ޔުސްރާ ފެނުމުންނެވެ. ޔުސްރާއަށް އޭނާ އެހާ ހާމަކަން ބޮޑުގޮތެއްގައި ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން ޔުސްރާއަށް ހުރެވުނީއެވެ. ޔުސްރާގެ ދޫ މަޑުމަޑުން، ލަސްލަހުން ހަރަކާތް ކޮށްލިއެވެ. އެހެނަސް އަޑެއް ނާދެއެވެ. އަނެއްކާވެސް ޔުސްރާ އަނގަ ތަޅުވާލިއެވެ. “ރުއާ…!!!!!!” އެވަގުތު ޔާނިލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ހަނދާން އެބަހުރި ދޯ؟!!!” ޔުސްރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޔާނިލާ މާހުށިޔާރެވެ. ދިޔަގޮތަށްގޮސް ޔުސްރާގައިމައްޗަށް ޖެހިގަތެވެ. ލިބުނު ސިހުމާއެކު ޔުސްރާ ބިންމައްޗަށް ވެއްޓުނެވެ. […]
ސޮރީ…. އަސްލު…” މައިލީން އިސް އުފުލާލުމާއިއެކު ފެނުނު މާގެ ސަބަބުން ބަސްހުއްޓުނެވެ. އެމީހާގެ މޫނުމަތިންވެސް ހައިރާން ކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ. “އަޅުގަނޑު މާފު ކުރައްވާ” މައިލީން ތެދުވަމުން ބުނެލިއެވެ. އެއާއެކު އެމީހަކު ހީލިއެވެ. މައިލީން އަށް ވެސް ހިނިތުންވެވުނެވެ. އެންމެ ފުރަތަމަވެސް އޭނާ އަޅައިގަތީ ހަމަ މިހެންނެވެ. މިއީ ކިހާބޮޑު އިއްތިފާގެއްހެއްޔެވެ؟. “އެދުވަހު ޝުކުރު ކޮއްލާނެ ފުރުސަތެއްނުލިބުނީ… އެކަމަކު މިއަދު ބޭނުން ޝުކުރުކޮއްލަން… އެރޭ އަޅުގަނޑަށް އެހީ ވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ…” މައިލީން ހިނިތުންވެލާފައި […]
ބުނެވޭ އެއްޗަކާއި މެދު އަދި ކުރެވޭ ކަމަކާއި މެދު ގިނަ ފަހަރަށް އަހަރަމެންނަށް ވިސްނޭ ތަން އަންނަނީ އެކަން ކޮށް ނިމުމުންނެވެ. ބައެއް ހާލަތްތަކުގައި އެކުރި ކަމެއް އިސްހާލުކޮށް ކަންތައް ހަމަ މަގަށް އެޅުވުމަށް ފުރުސަތު ލިބެނީ މަދު ބަޔަކަށެވެ. ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަޝްވިންއަށް ވެސް ވިސްނެމުން ދިޔައީ މިއަދު އޭނާއަށް ކުރެވުނު “މޮޔަ” ކަމަކާއި މެދުގައެވެ. މާޒީއަކީ މޫނު ބަލާ ލޯގަނޑަށް ވިޔަސް މާޒީއަށް ބިނާކޮށް ތިމާގެ ކުރިމަގުގެ ނިންމުންތައް ނުނިއްމޭކަން […]
“ހާރޓް ފެއިލިއާރ” ޔުއާން އަށް އަވަސް ނޭވާ ތަކަކާއެކު ބުނެވުނެވެ. އޭރު އޭނަގެ ލޯ ވަނީ ފެން ކަޅިވެގެން ގޮހެވެ. ރީކަލް އަށް ވެސް ޔުއާން އާ ޔަޝްމް ވައްތަރުވެގެން އެވާހަކަ ލާވިޔާ ގާތު ބުންޏެވެ. އެހެންނަމަވެސް ލާވިޔާ ވަކި އެއްޗޭކޭ ނުބުނެއެވެ. މިރޭވެސް މައިލީން ގެ ބަދަލް ގައި ޔުއާން އަށް ރިޕޯޓް ތައް ދައްކަނީ ކީއްވެތޯ އޭނާ ލާވިޔާ ގާތު ސުވާލުއްކޮލިއެވެ. އެހެންނަމަވެސް ލާވިޔާ ވެރިކޮއްލި ހިނިތުންވުމެކެވެ. އެހެނެއްކަމަކު ޔުއާން ގެ ފަރާތުން ފެނުނު […]
” ޝީ ވޯޒް ކްރައިން ދޯ.. ” ކީވާން އިރުކޮޅަކު ހުރެލަފައި ބުނެލިއެވެ. ” ހޫމް. ވާން ކޯކް ބަލާ ދިޔަ ގަޑީގައި ރިވީ އެހީ ކިއްވެތޯ އޭނަ އެހާ ބިރުގަންނަނީ މީހުން ގިނަތަން ތަނުގައި.. އެއީ ހަމަ މެލްގެ ކަންތަކާ.. ލައު ބުނީ ލައު ރައްޓެހިވެގެން އިޅުނު ކުއަޖާވެސް ރުޅި ވިޔޯ އެކަމުގައި.. އޭނަގެ ފެމެލީވެސް.. ޝީ ހޭވް ނޯ ވަން.. ނޯ ފެމެލީ.. ނޯ ފްރެންޑްސް.. ޖަސްޓް އަސް.. އެކަމަކު އަދިވެސް ނޫޅެ ހަގީގަތް […]