Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (2)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
March 2, 2018 4 Mins Read
40 Comments

“ލޯބީ. ކިހިނެއްވެފަ؟” ރާއިދް އެނބުރި ހިނިތުންވެލުމުން މަލްހާވެސް ހިނިތުންވެލަމުން އަހައިލިއެވެ. “ކަމެއްނުވޭ.ހަމަ ހުރީ. މަލޫ ބަދިގޭގަ މާބިޒީކޮށް އުޅޭތީ.” މަލްހާގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ރާއިދް ބުނެލިއެވެ. “ސޮރީ.ކާން ހަދާ އުޅުނީ. މިއައީވެސް ކާން އަންނަން ބުނަންވެގެން.” ރާއިދްގެ މޫނުގައި ލޯތްބާއެކު ފިރުމައިލަމުން މަލްހާ އެހެން ބުނުމާއެކު ބޯޖަހައިލަމުން މަލްހާގެ ފަހަތުން ރާއިދްވެސް ހިނގައިގަތެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑުން ފަޒާ ގުގުމަމުން ދިޔައެވެ. އިވެމުންދިޔަ ބަންގީގެ އަޑާއެކު ކަންނެތްގޮތަކަށް މަލްހާ ދެލޯ ހުޅުވައިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ދެލޯ މަރައިލަމުން ގާތުގައި އޮތް ރާއިދްގެ ގައިގައި ބައްދައިލަމުން ފުންނިންޖަކަށް އަނެއްކާވެސް ގެނބިގެންދިޔައެވެ. ކުޑައިރުއްސުރެވެސް މަލްހާ ނަމާދުކުރަނީ އޭނާ ހިތަށް އަރައިފިނަމައެވެ. އާބިދާވެސް އެކަމާ އެހައި ބޮޑަށް އަޅައިނުލާތީ އެވަރަކުން އަޅުކަންތަކައި ވެގެންނެެއް އެއްއިރެއްވެސް މަލްހާ ނޫޅެއެެވެ.

ފޯންގެ އެލާމާއި އެކުގައި މަލްހާ ފުންމައިގެން ތެދުވިއެވެ. ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ފެންވަރައިލައިގެން ނުކުމެ ކުޑަގޮތަކަށް ތައްޔާރުވެލައިގެން މަލްހާ ރާއިދްއަށް ގޮވައިލުމަށްފަހު ބަދިގެއަށް ދިޔައީ ހީނާއަށް ގޭތެރޭގެ މަސައްކަތުގައި އެހީވުމުގެ ގޮތުންނެވެ.

ހުރިހައިކަމެއް ނިމުމުން އެނބުރި ކޮޓަރިއަށް ދިޔައިރު ރާއިދް ހުރީ ލޯގަނޑު ކުރިމަތީގައި ތައްޔާރުވާށެވެ. ރާއިދްއަށް ހިނިތުންވުމެއް ދިނުމަށްފަހު މަލްހާވެސް ފެންވަރައި ހަދައިގެން ތައްޔާރުވާން ފެށިއެވެ. ދެމީހުން އޮފީހަށްދަނީ އެއްގަޑިއެއްގައި ނަމަވެސް މަސައްކަތްކުރަނީ ދެއޮފީހެއްގައެވެ.

އެކުގައި ސައިބޮއި ހަދައިގެން ގެއިން ނުކުތްއިރު ގަޑި ޖެހެން 10 މިނިޓް ހުއްޓެވެ. ސައިކަލުގައި ރާއިދް ފުރަތަމަ މިސްރާބުޖެހީ މަލްހާގެ އޮފީހާއި ދިމާއަށެވެ.

ޖެހިގެން އޮތް މަގަށް އަޅައިލުމާއެކު ލައިޓްގައި ޖެހުމުން ރާއިދް ސައިކަލް މަޑުކޮށްލިއެވެ. އެވަގުތު އެމީހުންނާއި ދާދި ގާތަށް ކަޅުކުލައިގެ ކާރެއްވެސް އައިސް މަޑުކޮށްލިއެވެ. މަލްހާ އެކާރާއި ދިމާއަށް ބަލައިލި ނަމަވެސް ކުޑަދޮރުގައި ޖަހައިފައިހުރި ކަޅު ބިއްލޫރީގެ ސަބަބުން އެތެރެފެންނަގޮތެއް ނުވިއެވެ. އިރުކޮޅަކު އެދިމާ ބަލަން އިނުމަށްފަހު އެހެން ދިމާއަކަށް އޭނާ ނަޒަރު ހުއްޓައިލިއެވެ.

** ** **

ލައިޓްގައި ޖެހުމުން އަތުގައި އޮތް ޓެބްލެޓްގެ ސްކްރީނުން ނަޒަރު ވަކިކޮށްލަމުން ޔާނިކް ބޭރަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު އެދިމާއަށް ބަލަން ސައިކަލެއްގެ ފަހަތުގައި އިން އަންހެންކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހައިރާންކަމާއެކު ޔާނިކްއަށް އެދިމާ ބެލެމުންދިޔައީ ހަޔާތުގައި ފުރަތަމަ ފަހަރަށް އެހައި ހިތްގައިމު ރީތި ސޫރައެއް ފެނުމުންނެވެ.

ލައިފައިވާ ހުދުކުލައިގެ ގަމީސް މަތިކޮޅާއެކު ނޫކުލައިގެ ޖިންސަކާއި ހަމަ އެކުލައިގެ ޝޯލްއެއް އަޅައިގެންއިންއިރު އެއަންހެންކުއްޖާ ކިތަންމެ ހިތްގައިމު ނަމަވެސް އެކުއްޖާގެ ހެދުން އެޅުމުގައި ހުރި ވައްޓަފާޅިއެއް ޔާނިކްއަށް ކަމަކު ނުދިޔައެވެ. އެގޮތުގައި އިރުކޮޅަކު އިނުމަށްފަހު ކުއްލިއަކަށް ޔާނިކް އިސްޖަހައިލީ ކުރެވުނީ ފާފައެއްކަން އެހިތަށް އެނގުންވުމުންނެވެ.އެގޮތަށް ހިލޭ އަންހެނުންނަށް ބެލުމަކީ ހަރާމް ކަމެއްކަން އެހިތަށް އެނގުންވިހިނދު ކުރެވުނު ކުށަށް ﷲ ގެ ޙަޟްރަތުން އަފޫކޮށްދެއްވުންއެދި ދުޢާ ކޮށްލެވުނެވެ.

ޔާނިކްއަކީ މާލޭގެ މުއްސަނދި ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އުމުރުން އެންމެ 26 އަހަރުގައި އޭނާވަނީ ރާއްޖޭގައި ނަން ހިނގާ މަޝްހޫރު ވިޔަފާރިވެރިއަކަށް ވެފައެވެ. ކުޑައިރުއްސުރެ ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ބޮޑުވި ޔާނިކްއާ މެދުގައި އޭނާގެ މައިންބަފައިން ފަޚުރުވެރިވެއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޔާނިކްގެ މަންމަ ފާއިޒާ އާއި ބައްޕަ ލުތުފީއަކީވެސް އަބަދީއްސުރެވެސް ދީނީ ކަންކަމަށް ލޯބިކުރާ ބައެކެވެ. މިއަދު އެދެމަފިރިންގެ ދަރިން ހެޔޮމަގުގައި ސާބިތުވެތިބެ އެމަގުގައި ހިނގަމުން އެދަނީ އެދެމަފިރިންގެ މިންނެތް މަސައްކަތާއި ހެޔޮ ތަރުބިއްޔަތުގެ ސަބަބުންނެވެ.

ޔާނިކް އަކީ އެއާއިލާގައި ހުންނަ އެންމެ ދޮށީ ކުއްޖާއެވެ. އޭނާގެ ހަގަށް ދެންހުންނަނީ އަންހެން ކުއްޖެކެވެ. ދެކުދިންގެ ދެމެދުގައި އޮންނަ ލޯތްބާއި އަޅައިލުމަކީ އެއްބަނޑު އެއްބަފާ ކޮންމެ ބައަކަށްވެސް ނަމޫނާއަކަށް ވާނޭފަދަ ގުޅުމެކެވެ. އެހައިވެސް އެދެމެދުގައި އޮންނަ ގުޅުން ވަރުގަދައެވެ.

ކާރުގެ ފަހަތު ޝީޓްގައި އިނށީދެލައިގެން އިސްޖަހައިގެން އިން ނަމަވެސް އޭނާގެ ސިކުނޑީގައި އެނުދަންނަ އަންހެންކުއްޖާގެ ރީތި ސޫރަ ބިންވަޅު ނެގިގެން ދިޔައެވެ. ޚިޔާލުތަށް ސިކުނޑިން ނެރެއެއްލައިލަމުން ޔާނިކް އަތުގައިއޮތް ޓެބަށް ނަޒަރު ހުއްޓައިލިއެވެ. ބިޒްނަސް ޓްރިޕްއަކަށް މެލޭޝިޔާއަށް ގޮސްފައި އައުމުން އެހަށިގަނޑު ވަރުބަލިވެފައިވީ ނަމަވެސް އޭނާ އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ އޭނާގެ އޮފީހަށްގޮސް އެތަނުގައި ކަންތައް ހިނގަމުންދާގޮތް ބަލައިލާށެވެ.

ގްރީން ލައިޓް ދިއްލުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ. އެއާއެކު ހަމަޖެހިލަމުން ޔާނިކް ޝީޓްގައި ލެނގިލުމަށްފަހު ދެލޯމަރައިލިއެވެ.

** ** **

މަލްހާގެ އޮފީސް ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ހިނިތުންވެލަމުން މަލްހާ ސައިކަލުން ފޭބުމަށްފަހު ރާއިދްގެ މޫނަށް ބަލައިލިއެވެ. ބަދަލުގައި ރާއިދްވެސް ހިނިތުންވެލަމުން ބްރޭކް ގަޑީގައި ކާންދާން ބަލައި އަންނާނެކަމަށްބުނެ ސައިކަލު ދުއްވައިލީ އޮފީހަށް ގަޑިނުޖެހި ދާން ބޭނުންވެފައި ހުރުމުންނެވެ.

ރާއިދް ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު މަލްހާ އޮފީހަށް ވަންނަން ހިނގައިގަތެވެ. “ހޭއި މަލް.” މަލްހާ ވަތްތަންފެނި ރިސެޕްޝަންގައިއިން ނޫރާ ހަނާއަޅައިލަމުން އެކުވެރި ރާގަކަށް ގޮވައިލިއެވެ. ހިނިތުންވެލަމުން މަލްހާ އެދިމާއަށް ހިނގައިގަތެވެ.

“ހޭއި މިއަދު މަލްގެ ބޮސް އޮފީހަށް ދުރުވާނެ. ދެންމެ ގުޅާފަ އެބުނީވެސް. އަވަހަށް ސަރ ގެ ކެބިން ރެޑީކޮށްލަން ދޭ.” އަވަސްއަރައިފައިހުރި ރާގަކަށް ނޫރާ ބުނެލިއެވެ. މަލްހާ އެއޮފީހަށް ވަނީއްސުރެ އޭނާގެ ބޮސްއާ ދިމާވެފައެއް ނުވެއެވެ. އޭނާއަކީ އެއޮފީހުގެ ވެރިޔާގެ ޕީއޭގެ މަގާމުގައި ހުރި ކުއްޖާ ނަމަވެސް ކުއްލި ބިޒްނަސް މީޓިންގް އަކަށް މެލޭޝިޔާއަށް ދާން ޖެހުމުން އޭނާއާއި އޭނާގެ ބޮސްވަނީ ބައްދަލުނުވެފައެވެ.

ނޫރާދިން ޚަބަރާއެކު މަލްހާގެ ހިތްނުތަނަވަސްވިއެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައި ހިނިތުންވެލަމުން ބޯޖަހައިލުމަށްފަހު މަލްހާ އަވަސް އަވަހަށް އޭނާގެ ވެރިޔާގެ ކެބިންއާއި ދިމާއަށް ހިނގައިގަތެވެ.

ދޮރުހުޅުވައިލަމުން އެތެރެއަށް ވަނުމަށްފަހު ގޮނޑީގެ މަތީގައި އަތްދަބަސް ބަހައްޓައިލަމުން މޭޒުމަތި ތަރުތީބުކުރަން މަލްހާ ފެށިއިރު އޭނާގެ ދެލޯ އިރުއިރުކޮޅާ ދޮރާ ދިމާއަށް ހުއްޓެމުންދިޔައީ ކޮންމެ ވަގުތަކުވެސް އޭނާގެ ވެރިޔާ ވަދެދާނެއޭ ހީވާވަރުންނެވެ. އަވަސްއަރުވައިލައިގެން ހުރިހައިކަމެއް ކޮށްނިންމައިލުމަށްފަހު މަލްހާ އޭނާގެ އަތްދަބަސް ހިފައިގެން ކެބިންއިން ނުކުންނަން ހިނގައިގަތެވެ.

ކެބިންގެ ދޮރުހުޅުވައިލި ވަގުތު ކުރިމަތިން އައި ފިރިހެންމީހާގެ ގައިގައި މަލްހާ ޖެހިފައި ވެއްޓެން ދިޔައެވެ. ދެލޯމަރައިލަމުން ތޫލި އަޑަކުން މަލްހާ ހަޅޭލަވައިގަތުމާއެކު ބާރުގަދަ އަތަކުން އޭނާ ވެއްޓުނަނުދީ ހިފެހެއްޓިކަން އިހުސާސުވެގެންދިޔައެވެ.

މަޑުމަޑުން ދެލޯހުޅުވައިލުމަށްފަހު މަލްހާ ބަލައިލިއެވެ. އޭރު އެސްފިޔަ ޖަހަންވެސް ހަނދާންނުވެފައި އޭނާގެ މޫނަށް ބަލަމުންދިޔަ ކަޅުކަންގަދަ ދެލޯ ފެނުމުން މަލްހާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ.

ހުއްޓުން އަރައިފައި ޔާނިކްއަށް ހުރެވުނީ އޭނާގެ އަތުތެރޭގައި އޮތް އަންހެންކުއްޖާގެ ޖާދުވީ މޫނަށް ބަލާށެވެ. ދާދި ދެންމެއަކު އޭނާގެ ހިތުގައި ބިންވަޅު ނެގިގެންދިޔަ އެރީތި ސޫރައިގެ ވެރިޔާ މިތާނގައި ކީކުރަނީ ބާވައެވެ؟ އަވަސްއަރުވައިލައިފައި ކެބިންއަށް ވަންނަން އައި ޔާނިކްއަށްވެސް ކުރިމަތިން ނުކުންނަންއައި އެކުއްޖާ ނުފެނުނީއެވެ.

މަލްހާ ދެލޯހުޅުވައިލައި ސީދާ އޭނާގެ ދެލޮލަށް ބަލައިލުމުން ތެޅިގަނެފައި މަލްހާ ތެދުކޮށްލަމުން ޔާނިކް އޭނާގެ ގައިން ދޫކޮށްލިއެވެެ. މަލްހާވެސް ހަމަޖެހިލަން މަސައްކަތް ކުރަމުން ދެއަތް ދެއަތާ މޮޑެންފެށީ ހިތްނުތަނަވަސްވެފައިވާ ހާލުގައެވެ.

“ތީ ކޮންކުއްޖެއް؟” ކަރުގައިއޮތް ޓައީއަށް ކުޑަކޮށް ދަމައިލަމުން ހަމަޖެހިލައިފައި މަޑުމައިތިރި އަޑަކުން ޔާނިކް އަހައިލިއެވެ. އިވުނު ފިރިހެންވަންތަ އަޑުން ދެލޯ ބޮޑުކޮށްލުމަށްފަހު މަލްހާ އިސްއުފުލައިލައި ބަލައިލިއެވެ. އެހެނަސް އޭނާކުރިމަތީގައިހުރި ޔާނިކް އޭރު ހުރީ އިސްޖަހައިގެންނެވެ. ޖަވާބުދޭން އަނގަ ހުޅުވައިލި މަލްހާ ހުއްޓުންއެރީ އެތަނަށް އައިސް މަޑުކޮށްލި ނޫރާ ފެނުމުންނެވެ.

“ސަރ. ދިސް އިޒް ޔުއަރ ނިއު ޕީއޭ. މަލްހާ.” ނޫރާ އެތަނަށް އައިސް ހުއްޓިލަމުން ޔާނިކްގެ ހިތުގައިވި ސުވާލަށް ޖަވާބުދިނެވެ. ނޫރާގެ ވާހަކަ ހުރިގޮތުން އެއީ އޭނާގެ ބޮސްކަން މަލްހާއަށް އިނގުނެވެ. ވަގުތުން ހިނިތުންވެލަމުން ޔާނިކްގެ މޫނަށް ބަލައިއިރު ޔާނިކްވެސް ހުރީ ސީދާ މަލްހާގެ މޫނަށް ބަލާށެވެ. “ވެލްކަމް.” ހިނިތުންވެލަމުން ހަމައެކަނި އެހެން ބުނެލުމަށްފަހު އިސްޖަހައިލަމުން ޔާނިކް އޭނާގެ ކެބިން ތެރެއަށް ވަނެވެ. އިތުރު މަސައްކަތެއް ނެތުމުން އެކެބިންގެ ކުރިމަތީގައިހުރި އޭނާގެ ކެބިންއާ ދިމާއަށް މަލްހާވެސް ހިނގައިގަތެވެ.

“ޔާނިކް ސަރ އަންހެންކުދިންނާ ވަރަށް ވާހަކަ ނުދައްކާނެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ފިޔަވާ އިތުރު އެެހެން ވާހަކަތައް އެއްގޮތަކަށްވެސް ނުދައްކާނެ. ހެހެ. ސޯ ޑޯންޓް މައިންޑް ހިމް. އެއީ ސަރ ގެ މިޒާޖު.” މަލްހާގެ ފަހަތުން ހިނގައިގަންނަމުން ނޫރާ ކިޔައިދިނެވެ. ވަކި އެއްޗެކޭ ނުބުނެ މަލްހާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

** ** **

“ދަރިފުޅާ ލިވީ. އައިސްބަލަ މިތާ އިނށީންނަން.” ކޮޓަރިން ނުކުތް ލިވްޔާ ފެނުމާއެކު އިނށީންދެގެންއިން ސޯފާއަށް އިޝާރާތް ކޮށްލަމުން އާބިދާ ބުނެލިއެވެ. މަޑު ހިނގުމެއްގައި ލިވްޔާ އައިސް އާބިދާ ގާތުގައި އިނށީނުމާއެކު ޓީވީގެ އަޑު މަޑުކޮށްލަމުން އާބިދާ ލިވްޔާ އާއި ދިމާއަށް އެނބުރުނެވެ.

“ދަރިފުޅު މިއަހަރު އޯލެވެލް ނިމުނީމަ ކިހިނެއް ހަދަން ގަސްތުކުރަނީ؟ އޭލެވެލް ހަދާނަންތަ؟” ވާހަކަ ދިގުކުރަން ނުހަދައި އާބިދާ ސީދާ މައުޟޫއަށް ދިޔައެވެ. މަންމަގެ ސުވާލުން ހައިރާންވެފައި ލިވްޔާ އާބިދާގެ މޫނަށް ބަލައިލިއެވެ. އަދި ފުން ވިސްނުމަކަށް ގެއްލިގެންދިޔައީ އެސުވާލަށްދޭނެ ޖަވާބެއް ނޭނގުމުންނެވެ.

އޭނާގެ ހުރިހައި އެކުވެރިންވެސް ތިބީ އޭލެވެލް ހަދާގޮތަށެވެ. އެހެންކަމަށްވާނަމަ އޭނާވެސް އޭލެވެލް ހަދަން ބޭނުމޭ އެވަގުތު ލިވްޔާގެ ހިތަށް އެރުމުން ހިނިތުންވެލަމުން އާބިދާގެ މޫނަށް ބަލައިލިއެވެ. “ލައްބަ މަންމާ. އަޅުގަނޑު އޭލެވެލް ހަދަން ބޭނުން. އެކަމަކު ކުއްލިއަކަށް މަންމަ ތިސުވާލުކުރީ ކީއްވެ؟” އާބިދާއަށް ޖަވާބެއް ދެމުން ލިވްޔާ އޭނާގެ ހިތުގައިވި ސުވާލު އާބިދާއާއި ކޮށްލިއެވެ.

“ރަށުން ކިޔެވެންހުރި އެންމެ މައްޗަކަށް ދަރިފުޅު ކިޔަވަން މަންމަ ބޭނުންވަނީ. ދެން އެއަށްފަހު އިތުރަށް ކިޔަވަން މާލެ ދެވިދާނު. ދޮންތަމެން މިހާރު މާލޭގަ އުޅެންޏާ ފަސޭހަވާނެތާ.” ލިވްޔާގެ ބޮލުގައި ފިރުމައިލަމުން އާބިދާ ހިތްހަމަޖެހިފައި ބުނެލިއެވެ. ބޯޖަހައިލަމުން ލިވްޔާ އެކަމާ އެއްބަސްވި ވަގުތު އޭނާގެ ދެލޯކުރިމަތީގައި ސިފަވީ ރާއިދްގެ ސޫރައެވެ. އެއާއެކު ދެލޯބޮޑުކޮށްލަމުން ލިވްޔާ ދެފަރާތަށް ބޯހޫރުވައިލިއެވެ. “ކިހިނެއްވީ؟” ކުއްލިއަކަށް ލިވްޔާ ދެފަރާތަށް ބޯހޫރުވައިލިތަންފެނި އާބިދާ އަހައިލިއެވެ. “ކަމެއްނުވޭ. ދެން ފަހުން ތިކަމާ ވިސްނާނީ ދޯ މަންމާ.” އާބިދާގެ ގައިގައި ބައްދައިލަމުން އެހެން ބުނެލުމަށްފަހު ބާރުހިނގުމެއްގައި ލިވްޔާ ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

އޭނާއަށް މިވަނީ ކިހިނެއްހެއްޔެވެ؟ ދޮންތަގެ ވާހަކަ ދައްކާއިރަށް ރާއިދްގެ ސޫރަ ސިފަވަނީ ކީއްވެހެއްޔެވެ؟ އޭނާގެ އެކުވެރިން ބުނާހެން ރާއިދް ކިތަންމެހައިވެސް ރީއްޗެވެ. އެހެނަސް ނަވީންވެސް ވަކި ބަލައިލާކަށް ހުތުރީކީ ނޫންވިއްޔާއެވެ. ދެން މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟

ސިކުނޑިއަށް ބާރުލަމުން ވިސްނަމުންދިޔަ ލިވްޔާ އޭނާގެ އެނދުމައްޗަށް ވެއްޓިގަންނަމުން ބޮލުގައި އަތުން ހިފަހައްޓައިލިއެވެ. އެއީ އޭނާގެ ދޮންތަގެ ފިރިމީހާއެވެ. އޭނާގެ ދޮންތަބެއެވެ. އޭނާއަށްވުރެ އުމުރުން އެތައްތަނެއް ދޮށީ މީހެކެވެ.

ދެލޯމަރައިލުމާއެކު އަނެއްކާވެސް އެޚިޔާލުތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. ކިހައިދެރަކަމެއް ހެއްޔެވެ؟ ވިސްނަން ބޭނުން ނުވިއަސް ހަމަ ވިސްނެނީއެވެ. ތެދުވެ އިނށީދެލަމުން ލިވްޔާ ޓީވީ ހުޅުވައިލީ އެޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް ދުރުވެވޭތޯއެވެ. ނަސީބަކުން މިފަހަރު އެއްވެސް އުނދަގުލެއްނެތި އެބޭކާރު ޚިޔާލުތައް އޭނާގެ ސިކުނޑިން ނެރެ އެއްލައިލެވުނެވެ. ހިތްހަަމަޖެހިފައި ޓީވީއިން ދައްކަމުންދިޔަ ސީރީޒްއަށް ގެއްލިފައި ލިވްޔާ އިނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވަންހަނާ (ސަތާރަވަނަބައި)

Next

އަނދިރިފަރާތް 21

Next
March 2, 2018

އަނދިރިފަރާތް 21

Previews
March 2, 2018

ވަންހަނާ (ސަތާރަވަނަބައި)

40 Comments!

  1. Shaima says:
    March 2, 2018 at 10:24 am

    Varah reethi.saabas nau

    1. Nau says:
      March 2, 2018 at 10:25 am

      Hehe thanks dear.. ❤

  2. Nau says:
    March 2, 2018 at 10:24 am

    Salaam all.. So here is the second part.. Hope u guys like it.. Let me knw the mistakes ingey.. In sha allah next part tmrw.. Kyp waiting.. N have a happy friday.. Ly all.. ❤?

  3. Shaima says:
    March 2, 2018 at 10:25 am

    I am first dhw.yeaaaaa

    1. Nau says:
      March 2, 2018 at 10:26 am

      Oh yes dhw.. Ur first.. Hehe?

  4. EHLEE says:
    March 2, 2018 at 10:47 am

    Wow v reeti . Haadha lahun up kurahneeh

    1. Beauty ? says:
      March 2, 2018 at 10:54 am

      sissy beynun irakah up kureema hunnany rangalhah, luv u nau sissy,good morning

    2. Nau says:
      March 2, 2018 at 11:35 pm

      Hehe love u too dear..

    3. Nau says:
      March 2, 2018 at 11:35 pm

      Thanks dear.. Hehe lastha?

  5. Rish says:
    March 2, 2018 at 11:02 am

    Masha Allah vrh reethi ekm than kolheh kuruhen heevanee…. Kuru vias konme dhuvahaku kiyaaalan libenya vrh happy vey ??

    1. Nau says:
      March 2, 2018 at 11:37 pm

      Alhey kurutha..? Btw hurihaa parts thah ehvarakah liyefa hunnaanyvx.. Hehe.. Still will try nxt part dhigukohlan.. Thanks alot dear. ?

  6. mishy says:
    March 2, 2018 at 11:43 am

    Mii mishy nau ge stry akah kuraa furathama comment.. ekm mishy nau ge thiya loabiige haqqugaa e vhk kiyrfa abadhu wx nau ge stry akah inthizaar kurevey… vrh vrh reethi mi prt wx… nxt prt avas vrne kamah heekuran.. ly♥♥♥♥♥♥♥♥♥♥♥♥

    1. Nau says:
      March 2, 2018 at 11:37 pm

      Awwwn thanks alot my dear. Ly too.. ❤

  7. Shann says:
    March 2, 2018 at 12:00 pm

    Wow v rythi mibaives… Hama bunaane ehchehves neyngey… Ehaaves furihama… Story kuriah gendhan ninmaafa oehgoeh hyvany mifaharuves v rythi vaanehen… Kuriekey ehgothah v furihama vaanehen hyvany… V v ves rythi mibaives… Miss u nauuuuuuu

    1. Nau says:
      March 2, 2018 at 11:38 pm

      Thanks alot my dear.. Ya in sha allah.. Miss u too my dear❤

  8. AN says:
    March 2, 2018 at 12:16 pm

    Good job nau, mi part ves varah reethi ❤

    1. Nau says:
      March 2, 2018 at 11:38 pm

      Thanks dear❤

  9. g... says:
    March 2, 2018 at 12:32 pm

    ❤❤❤❤Mi part ves v reethi

    1. Nau says:
      March 2, 2018 at 11:38 pm

      Thanks dear❤

  10. tom says:
    March 2, 2018 at 1:02 pm

    Wow……v reethi Nau thegothuga kuriyahdy.

    1. Nau says:
      March 2, 2018 at 11:39 pm

      Thanks dear.. In sha allah

  11. Sana says:
    March 2, 2018 at 1:16 pm

    Waau! Varah loabi mi vaahaka!when next part?
    Keep it up?????

    1. Nau says:
      March 2, 2018 at 11:39 pm

      Awwn thanks dear.. In sha allah tmrw?

  12. Niu says:
    March 2, 2018 at 2:30 pm

    V salhi ingey
    Thanks

    1. Nau says:
      March 2, 2018 at 11:39 pm

      Thanks dear

  13. Xxxx says:
    March 2, 2018 at 2:41 pm

    Wooooowww ??????

    1. Nau says:
      March 2, 2018 at 11:40 pm

      Thanks dear❤

  14. Pinky shifoo says:
    March 2, 2018 at 3:36 pm

    Wow ❤️❤️❤️… Mi part vx v v v reethi ???… Waiting for next part

    1. Nau says:
      March 2, 2018 at 11:40 pm

      Thanks dear.. In sha allah tmrw❤

  15. Sham says:
    March 2, 2018 at 3:44 pm

    Vrh salhi ???? heevany unique vaane henn… nau adhi vx bodah sifa kurahchey… Mihaar vaki sifa kurun kudaee eh noon ?? hama improve vaane gotheh bunely ??? I guess livyaa eynage bro-in-law aa kanne fall NB vaany ?? ahahah… Let’s see… When next part?? I like mi story ❤️❤️❤️
    Nau A’level nimuny dhw… I guess we are same age ?? nau jan ga ehnu exam hedhy… I did oct ga ? hehehe… Anyway… Nau vrh molhu story lots liyan ? keep it up.. best of luck ??? up load next part ASAP???

    1. Nau says:
      March 2, 2018 at 11:41 pm

      Awwn thanks alot dear.. Ya i will try my best.. Lets see dhw vaagotheh.. Hehehe. Ya may be.. Thanks once again.. ?❤

  16. Minnie✨ says:
    March 2, 2018 at 9:16 pm

    Salaam nau.✨
    Mi bai ves varah reethi.❤
    Ekamu thankolheh kuru hen heevany..?
    Next part dhigu kohdhehche..??
    Good luck..?
    Love you..?✨

    1. Nau says:
      March 2, 2018 at 11:42 pm

      Hehe kurutha? Ok i will try nxt part lng kohlan. Btw thanks my dear.. Love u too?❤

  17. Sweetie says:
    March 2, 2018 at 9:23 pm

    Varah dhuvas fahun Nauge vaahakaeh kiyaalan mi libunee. Vaahakaigai haadisaa ufadhdhaa goiy varah furihama. Kiyai dhinun adhives rangalhukollan feney.

    1. Nau says:
      March 2, 2018 at 11:43 pm

      Thanks dear. Ya in sha allah i will try my best. ?

  18. shaxa says:
    March 3, 2018 at 6:24 am

    Vr kuru ekamun ves vr reethi gavaaidhun up ku kurannaa ok

    1. Nau says:
      March 3, 2018 at 11:25 am

      Alhey kurutha? Wi try ingey long kohlan. Btw thanks dear?

  19. EHLEE says:
    March 3, 2018 at 10:54 am

    Beauty kn mehen jehsumah vaahaka nuhdhakaatih..

  20. EHLEE says:
    March 3, 2018 at 10:55 am

    Lahun up kuraathee mah eh vaahaka buhneeh ..

  21. nau says:
    April 25, 2018 at 10:23 am

    v reethi me waahaka <3

Comments are closed.


All Right Reserved!