ސޮރީ…. އަސްލު…” މައިލީން އިސް އުފުލާލުމާއިއެކު ފެނުނު މާގެ ސަބަބުން ބަސްހުއްޓުނެވެ. އެމީހާގެ މޫނުމަތިންވެސް ހައިރާން ކަމުގެ އަސަރު ފާޅުވާން އެބަހުއްޓެވެ.
“އަޅުގަނޑު މާފު ކުރައްވާ” މައިލީން ތެދުވަމުން ބުނެލިއެވެ. އެއާއެކު އެމީހަކު ހީލިއެވެ. މައިލީން އަށް ވެސް ހިނިތުންވެވުނެވެ. އެންމެ ފުރަތަމަވެސް އޭނާ އަޅައިގަތީ ހަމަ މިހެންނެވެ. މިއީ ކިހާބޮޑު އިއްތިފާގެއްހެއްޔެވެ؟.
“އެދުވަހު ޝުކުރު ކޮއްލާނެ ފުރުސަތެއްނުލިބުނީ… އެކަމަކު މިއަދު ބޭނުން ޝުކުރުކޮއްލަން… އެރޭ އަޅުގަނޑަށް އެހީ ވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ…” މައިލީން ހިނިތުންވެލާފައި ބުނެލިއެވެ. އެއާއެކު އެމީހާ އަށް ހިނިތުންވެލެވުނެވެ.
މައިލީން އަށް އޭނާގެ މާޒީން ތަންކޮޅެއް އެ ހިނދު ސިފަވެގެން ދިޔައެވެ.
***
މައިލީން ރޮމުން ރޮމުން ނުކުމެގެން ދިޔައިރު ވެސް މީހެއްގެ ގައިގައި އަޅައިގަތެވެ. އެކަމަކު އޭނާ އެއީ ކާކުތޯވެސް ބަލާ ނުލާ އަވަސް އަވަހަށް ނުކުމެގެން ގޮސް ގަސްބޯ ޖަންގައްޔެއްފަދަ ތަނަކަށް ވަތް އިރުވެސް ބިރުވެރިކަމެއް އެ ވަގުތު އެ ހިތުގައ ނެތެވެ. ގަހުގައި ހިފައްޓައިއިގެން ރޯން ހުރި މައިލީން ގެ ގިސްލުމުގެ އަޑު އެ ހަމަހިމޭން މާހައުލު ފޫއަޅުވާލަމުން ދިޔައިރު އެ ހިތަށް ކޮއްފައިވަނީ ކޮންފަދަ އަސަރެއްކަން އެއްވެސް މީހަކަށް ލަފާ ކޮއްލާކަށް ނޭގޭނެއެވެ.
ފޯން ކަންފަތުގައި ޖަހައިގެން ހުރެފައި އައިކަލް ވެސް އެކުއްޖާ ދިޔަ ދިމާލަށް ބަލާލިއެވެ. ރޭގަނޑުގެ އެފަދަ ވަގުތެއްގައި އަންހެން ކުއްޖަކު އެ ގޮތަށް ދޫކޮއްލަން އޭނާގެ ނަފްސު ދެކޮޅު ހެދުމާއެކު ފޯން ކުރުކޮއްލަމުން އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. ހިމަކޮއް ކޮށާފައިވާ މަގުން ދާކަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް ދޫނި ސޫފާ ސޫފި ގޮވާ އަޑު ކެނޑިނޭޅި އިވެމުންދިޔައެވެ. އޭނާ އެއިން އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓާ ކުރިއަށް ދިޔައެވެ. އެއާއެކު އެތަނުގައި ހުރި ގަހެއްގައި އަތް އަޅުވާލައިގެން ކުޑަ ކޮއް ގުދަށް އޮވެ ރޮމުން ދިޔަ އަންހެން ކުއްޖާގެ ވޭނީ ގިސްލުމުގެ އަޑުން އޭނާގެ ނަފްސުގެ ހަމަޖެހުން ވެސް ނަގާލިއެވެ. ފިޔަވަޅުތަކަށް ބާރުކޮއްލަމުން އެ ކުއްޖާ އާ އަރާ ހަމަކޮއްލިއެވެ.
މައިލީން ގެ ފަހަތުގައި މީހަކު ހުރި ކަހަލަ އިހްސާސް އެއްކުރެވުމާއެކު އޭނާ ފަހަތަށް އެނބުރި ބަލާލިއެވެ. އުންމިދުކުރެވުނީ ޔުއާން އަށް ވާނޭ ކަމަށެވެ. އެކަމަކު އެކަން އެ ގޮތަކަށް ނުވިއެވެ. ފެނުނީ އެހެން މީހެކެވެ. އެއީ ކުރިންދުވަހުވެސް އޭނާ އަޅައިގަތް މީހާއެވެ. ޔުއާން އަށް ނުވުމާއެކު އޭނާގެ ގިސްލުން އިތުރުވެ ރުއިން ވެސް ބާރުވެގެން ދިޔައެވެ.
އަދި އަނެއްކާވެސް އެ މީހާ އާ ފަހަތަށް މޫނު އަނބުރާލެވުނެވެ. ތަން އަނދިރިއެވެ. އެހެންނަމަވެސް ހޮޓެލް ގެ ކުރިމައްޗަށް ވާ ގޮތަށް މަގުގެ އަނެއްފަރާތުގައި ޖަހާފައި ހުރި ބައްތީގެ އަލިން ކޮންމެވެސް ވަރެއްވެއެވެ.
އައިކަލް ކުރިއަށް ޖެހިލާ އެ ކުއްޖާ ގެ ކޮނޑުގައި މަޑުމަޑުން އަތް ލިއެވެ. އެއާއެކު އެ ކުއްޖާ ހުރިތަނަށް ތިރިވީ ކޮޅަށް ހުންނާނޭ ހިތްވަރު ނެތުމުން ކަންނޭގެއެވެ. އިށީންނަމުން ދެއަތުން މެއާ ދިމާލުގައި ހުރަސްކޮއްލަމުން ރުއިން ހުއްޓޭތޯ އޭނާ މަސައްކަތް ކުރަމުންދިއެވެ. އައިކަލް ވެސް ހުރީ އެ ކުއްޖާ އުޅޭ ގޮތުން ކަންބޮޑުވެފައެވެ. އޭނާ އަވަސް އަވަހަކަށް ގޮސް އެ ކުއްޖާ ގެ ކުރިމައްޗަށް ހުއްޓުނެވެ.
މައިލީންގެ ލޮލުގައި އިރުކޮޅަކުން އަޅައިގަތީ އޭނާގެ ކުރިމަތީގައި ހުއްޓުނު ކަޅު ބޫޓެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އަނދިރިކަމުން މީހާ މުޅިން ސާފުކޮއް ވަކި ނުވިޔަސް އޭނާ އަށް އެއީ ޖާނުން ވަރުގަދަ ފިރިހެނެއްކަން އެނގުނެވެ. އެވަގުތު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވެގެން ދިޔައެއްކަމަކު އެ ބިރު ބަގުތުން ފިލީ އެމީހާ ވާހަކަ ދެއްކި އަޑު އިވިފައެވެ.
“ކޮއްކޯ ކިހިނެތް ވީ ވަޓް ހެޕެންޑް” އެއީ ހިތް ހެޔޮ މަޑުމައިތިރި އަޑެކެވެ.
މައިލީން އިސްއުފުލާލާ އެމީހާ އަށް ބަލާލިއެވެ. “ކޮއްކޯ ކިހިނެތްވީ” އެމީހާ ދެވަނަ ފަހަރަށްވެސް ސުވާލުކޮއްލިއެވެ. “އޭނާ އޭނ އަހަރެން ދޫކޮއްލައިފި… ދޫކޮއްލީ…. ދޫކޮއްލީ… އަހަރެން އިހްސާސް އިހްސާސް… ތަކާ” އައިކަލް އާ ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔަ އެ ކުއްޖާ އަށް އޭނާ އޯގާތެރި އަޑުން މާބޮޑަށް އަސަރުކޮއްފިކަން އައިކަލް އަށް އެނގުނެވެ. އޭނާ ކުޑަކޮއް އިށީދެލާ އެ ކުއްޖާ ގެ ދެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.
“ކިހިނެތްވީ ތަ ކޮއްކޯ؟ ކޮން ނަމެއްތަ ކިޔަނީ ބޭބޭ ކޮއްކޮ އަށް އެހީވެފާނަން…” އައިކަލް ވާހަކަ ދެއްކިއެވެ. “މިތަނުން ނުކުންނަން ހިނގާ ދޯ” އައިކަލް އޯގާތެރިކަމާއެކު ބުނެލިއެވެ. “ޔުއާ…” މައިލީން އަށް ޔުއާން ގެ ނަމް ކިޔެން އުޅުނެވެ. އެހެންނަމަވެސް އޭނާ ނަފްސް ހަމައަކަށް އަޅުވާލަމުން އެ ނަން ފުރިހަމައެއް ނުކުރިއެވެ.
“ކޮއްކޯ އަވަހަށް ހުއްޓާލާފަ ބޭބެ އާއެ ކީ ހިނގާބަލަ މިތަނުން ނުކުންނަން” އައިކަލް އެތައް ނަސޭހަތެއް މައިލީން އަށް ދިނެވެ.
“ދުވަހަކުވެސް މަންމަ މެން މާފު ނުކުރާނޭ ކުށެއް ކޮއްފިން” މައިލީން އަށް އެހެން ބުނެވުނީ އާދޭހަކާ އެކީ އައިކަލް އަށް ބަލާލަމުންނެވެ. އައިކަލް އެ ވަގުތު މައިލީން ހުރި ހާލަތަށް ވިސްނާލާ ނަސޭހަތް ތެރިވިއެވެ.
“އިނގޭތަ؟. ﷲ އީ ހުރިހާ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާނގެ…”
“އެކަލާނގެ އިރާދުފުޅުން ހުރިހާ ކަމެއްވެސް ވާނެ. އެކަލާނގެއީ އެންމެ އޯގާވަންތަ ވެރިރަސްކަލާނގެ… އެއްވެސް ކަމެއް ނުވާނޭ ހީ ކޮއްގެން ނުވާނެ… ” އައިކަލް މައިލީން ގެ ބޮލުގައި ފިރުމާލަމުން މަސޭހަތް ތެރިވިއެވެ. އައިކަލް ގެ ބަސްތަކުން މައިލީން އަށް ހިތްވަރު ލިބިގެން ދިޔައެވެ.
އޭނާ ކަރުނަތަށް ފޮހެލިއެވެ.
މައިލީން ގެ މިއަމަލުން އައިކަލް ގެ ތުންފަތަށް ކުޑަ ނަމަވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އޭނާގެ ބަސްތަކުން އެ ކުއްޖާއަށް ހިތް ވަރު ލިބިއްޖެކަން އެނގުމުން އަދިވެސް ބޮޑަށް އެ ކުއްޖާއަށް ވިސްނައިދޭން އޭނާ ވާހަކަ ދެއްކިއެވެ. “ދުނިޔޭގައި ދިމާވާ ކަންތައް ތަކަކީ އިމްތިހާނެއް… ކޮންމެ ކަމަކާވެސް ކުރިމަތި ލާން ޖެހޭނީ ކެތް ތެރިކަމާއެކި… ވިސްނުން ތެރިކަމާއެކީ… ހީވާނެ ދެނެއް ދިރިއެއް ނޫޅެވޭނޭ… އެކަމަކު އެ ދިމާވާ ކަމަކުން ތިމާ ސްޓްރޯންގް ވަރު އެނގިގެން ދާނެ… ތިމާ މާ ބޮޑަށް ސްޓްރޯންގް ކަން އެނގިގެންދާނެ.. އެ ކަންތައް ތަކާ އެކީ ދިރިއުޅެން ދަސްކުރަން ވާނެ… އުންމީދު ގެއްލުވާލައިގެން އަމިއްލަ ނަފްސް ހަލާކު ތެރެއަށް ވައްޓާލުމުގެ ބަދަލް ގައި ކެތްތެރިކަން އިސްކުރަން ވާނެ…” އައިކަލް ގެ ވާހަކަ ތަކުން މައިލީން އަށް ހިތްވަރު ލިބިގެން ދިޔައެވެ. އޭނާ އަށް ދިރިއުޅެން ދަސްކޮއްދޭނޭ ބަސްތަކެއް ކަމުގައި އެ ބަސްތައް ވިއެވެ.
އައިކަލް އާއެކީ މައިލީން އެތަނުން ނުކުންނަން ހިނގައިގަތީ ކަރުނަތަށް ފޮހެމުންނެވެ.
އެހެން ނަމަވެސް ގިސްލެވެމުން ދިޔައީ ރޮވެފައިވާ ލެއް ބޮޑުކަމުންނެވެ.
ޔުއާން ފަދަ ބޭ ވަފާތެރިއެއްމަތިން ހަނދާން ނައްތާލަން އޭނާ ބޭނުންވިއެވެ.
****
މާޒީގެ ހަނދާން ތަކުން އޭނަ އަށް ނުކުމެވުނީ އައިކަލް ވާހަކަ ދެއްކި އަޑު އިވިފައެވެ. “މިހާރު ކިހިނެތްތަ؟” އައިކަލް އަހާލިއެވެ. އޭނާގެ ލޮލުގައި މައިލީން ލާފައިވާ ޔުނީފޯމް އަޅައިގަތުމާއެކު ހިނިތުންވުން ފުޅާވެގެން ދިޔައެވެ. “މިތާ ތަ ވޯކް ކުރަނީ” އައިކަލް އަހާލުމާއެކު މައިލީން ބޯ ޖަހާލާ އާއެކޭ ބުނެލިއެވެ.
“އެރޭގެ ފަހުން އަޅުގަނޑަށް ހިތްވަރު ލިބުނު ބަސްތަކެއް ކަމުގައި އެ ބަސްތައް ވި. ވަރަށް އުފާވެއްޖެ އަނެއްކާ ދިމާވީމަ” މައިލީން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. “އިޓްސް އޯކޭ ޑިއާ… ވަރަށް އުފާވެއްޖެ ބައްދަލުވީމަ” އައިކަލް ވެސް ވާހަކަ ދެއްކިއެވެ.
މައިލީން ގެ ބޮލުގައި ފިރުމާލާފައ އައިކަލް ދިޔުމުން މައިލީން ވެސް އެ ދިމާލަށް ބަލާލާފައި ކުރިއަށް ހިނގައިގަތީ ހިނިތުންވެލާފައި ހުރެގެންނެވެ.
“ޑިޑް ޝީ އޯލްރެޑީ ނޯ އެބައުޓް އިޓް” ކެންޓީން ގައި ލާވިޔާ ގާތު އިށީދެގެން އިން ރީކަލް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިބަހުންނެވެ.
“ނޯ” ލާވިޔާ ދެފަރާތަށް ބޯ ހުރާލަމުން ބުނެލިއެވެ. “އައި ޑޯންޓް ތިންކް ޔުއާން ކޭން ޓެލް ދެޓް” ލާވިޔާ ގެ އަޑުގައި ކަންބޮޑުވުމެއްވިއެވެ. ރީކަލް އާއި ދެމީހުން އެތައް އިރަކު ޔަޝްމްގެވާހަކަ ދައްކަން ތިއްބެވެ. ދެމީހުންވެސް ވާހަކަ ދެއްކީ މައިލީން އަށް އެ ވާހަކަ އަންގާނޭ ގޮތަކާ މެދުގައެވެ. އެންމެ ފަހުން ދެމީހުންވެސް ނިންމީ ޔުއާން އާ ވަހަކަ ދެއްކުމަށެވެ.
އަފްޝީން ވާހަކަ ދައްކަމުން ދިޔައީ އެކޮޅުގައި ހުރި އޭނާގެ އެންމެ ގާތް ރަހްމަތް ތެރިއާއެވެ. “… ދެން ކިޔަވާ ނިމިފަވެސް މިކޮޅަށް ނާންނާނަންތަ؟. ދޮންތަ ގާތަށް ތަ ދަނީ” އަފްޝީން އަހާލިއެވެ.
“އާނ… ކީއްކުރަން ދަނީ…” އެކޮޅުން ފޫހިކަމާއެކު ބުނެލިއެވެ. ރާއްޖެ ދިރިއުޅެން ދާ ހިތެއްނެތޭ” އޭނާ ވާހަކަ ދައްކަމުން ދިޔަ ކުއްޖާ ބުނެލިއެވެ. އަފްޝީން ވެސް ހިނިތުންވެލިއެވެ. އެތައް އިރަކު އެ ދެކުދިން ވާހަކަ ދައްކަން ތިއްބެވެ.
“ކޮބާތަ ހޫމް” ދިމާކުރާ ފާޑަކަށް އެކޮޅުން ވާހަކަ ދައްކަމުން ދިޔަ އަންހެން ކުއްޖާ އަހާލުމާއެކު އަފްޝީން ރީ އޭ ކިޔާ ހަޅޭއްލަވައިގަތެވެ. ރީއޭ އެކިޔާ އަންހެން ކުއްޖާ އަނެއްކާވެސް އަފްޝީން އާ ވާހަކަ ދެއްކިއެވެ. “ހާދަ ލަދެކޭ” އަފްޝީން އަނެއްކާވެސް ހަޅޭއްލަވައިގަތުމާއެކު އެ ކުއްޖާ ޕީސް އޭ ބުނެލިއެވެ.
އާރާ އަށް އަދިވެސް އެ ވިސްނެނީ އެމީހުންނާ މެދުގައެވެ. އާއިކް އޭނާ ހެއްވާލި ކަމުގައިވިޔަސް އަނެއްކާ އިރުކޮޅެއް ފަހުން އެކަމުގެ ވާހަކަ އޭނާއަށް އައިކް ގާތު ދެއްކެން ފެށުނެވެ.
އާއިކް ދެފަރާތަށް ހިނގާލަ ހިނގާލާ ހުރީ އާރާ ގެ ވާހަކަ އާ މެދު ވިސްނާށެވެ. އާރޫ” ޑޯންޓް ވޮރީ އިނގޭ… ” އާއިކް އާރަ ގާތަށް އައިސް ހުއްޓިލުމާއެކު ބުނެލިއެވެ.
“އިކް އަށް ހީވޭތަ އެމީހުން އެކަމާ ދެރަވާހެން” އާރާ ބުނެލިއެވެ. އެއާއެކު އާއިކް އަވަސް އަވަހަށް ބޯ ޖަހާލިއެވެ. “ޔެސް އާރޫ ހިތް އެބަ ބުނޭ އެމީހުން މިހާރު އެކަމާ ދެރަ ވެޔޭ…” އާއިކް ބޭނުންވީ އާރަ ހިންހަމަ ޖެއްސައިދޭށެވެ. އެހެންވެ އޭނާ އާރާގާތު އެހެން ބުނަމުން ކުޑަކޮއް އާރާގެ ކޯތާފަތުގައި ވެސް ހިފާލިއެވެ. “ދެން ސްމައިލް ކޮއްލަބަ” އާއިކް އާރާ ހެއްވާލަން ވެގެން އަނަގޔަށް ގޮތެއް ހަދާލަމުން ބުނެލުމާއެކު އާރާ އަށް ހެވުނެވެ.
ޖަޒިލް ވެސް ހޮސްޕިޓަލް ގޮނޑިއަށް ވެއްޓި ގަނެގެން ވިސްނަން އޮވެވުނީ އޭނާ މިހާރަކަށް އައިސް ވާހަކަ ދައްކާ އަންހެން ކުއްޖާއާ މެދުގައެވެ. އޭނާ އަށް އެ ކުއްޖާގެ މަތިން މިހާރަކަށް އައިސް ވަރަށް ހަނދާން ކުރެވެއެވެ. ކީއްވެކަމެއް ނޭގެއެވެ. ވެދާނެއެވެ. މައިލީން ގެ މަތިން ހަނދާން ނައްތާލަން އޭނާ އަށް ވެސް މާބޮޑަށް އެ ކުއްޖާއާ ވަހަކަ ދެކެވުނީމަކަންނޭގެއެވެ. އެ ކުއްޖާ އުޅޭތަންވެސް ކުޑަމިނުން އޭނާއަކަށް ނޭގެއެވެ.
“އާމިރު އާމިރު އާމިރު… “އާދިލާ އުފާވެރިކަން އެކިލެވިގެންވާ އަޑަކުން އާމިރުއަށް ވަރަށް ބާރަށް ގޮވާލިއެވެ. “ކިހިނެތްވީތަ އާދީ…” އާމިރު ސިޓިން ރޫމަށް ނުކުންނަމުން ސުވާލުކޮއްލިއެވެ. “އާމިރު އަށް އެނގޭތަ؟ އާމިރު ގެ އަންހެން ދަރިފުޅު އަހަރެންނަށް ގުޅައިފި…” އާދިލާގެ އަޑުގައި އުފާވެރިކަން ވީ މި ވީހާދުވަހު އެއިން އެއްވެސް ކުއްޖެއް އޭނައަށް ގުޅާފައި ނުވާތީއެވެ. އާމިރުގެ މޫނުމަތިން ވެސް ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
“ޝިނާ ތަ؟” އާމިރުއަށް އަހާލެވުނެވެ. “ނޫން…” އާދިލާ ގެ މޫނު އެހާ އުޖާލާވީ ކީއްވެކަން އާމިރު ދެނެގަތެވެ. “އެހެންތަ؟” އާމިރު އާދިލާ ގާތަށް އައިސް ކޮނޑުމަތީގައި ހިފައްޓާލަމުން އާދިލާ އަށް ހިތް ވަރު ދިނެވެ.
“ޝިނާ އަކީ އޭނާ ގެ ދޮށީ ދަރިފުޅެވެ. އެ ދަރިފުޅަށް ވުރެ ވެސް ބޮޑަށް އާދިލާ އާ ދިމާލަށް އެއްޗެހި ކިޔަނީ އޭނާގެ ހަގު ދަރިފުޅެވެ. އެކަމަކު މިއަދު އޭނާ ގެ ހަގު ގަރިފުޅު އަމިއްލަ އަށް ގުޅައިގެން އާދިލާ އާއި ވާހަކަ ދެއްކުމުން އޭނާ އަށް ނުހަނު ބޮޑު އުފާވެރިކަމެއް ލިބިއްޖެއެވެ.
“އަލްޙަމްދުލިއްލާހި” އާމިރު އަށް ﷲ އަށް ޝުކުރު ކުރެވުނެވެ.
މައިލީން ގެއަށް އައިއިރު ޔަޝްމް ގޭތެރޭގައި ދުވެދުވެފައި އުޅެއެވެ. ޝިޔާޒް ވެސް ޔަޝްމް އަތުލަން ދުވަމުން ދިޔައެވެ. މުޅި ގޭތެރޭގައި އެ ދެމީހުންގެ ހުނުމުގެ އަޑު ހިފާފައި ހުއްޓެވެ.
“މި ޝިޒާޒް ވެސް ހީވަނީ ކުޑަ ކުއްޖެއްހެން” ޝާލީންގެ އަޑު އިވުމާއެކު އޭނަ އަށް ބަލާލެވުނެވެ. އޭރު ޝާލީން ކޮތަރިން ނުކުމެ ދޮރުކައިރީގައި ހުއްޓެވެ.
“ދޮންތާ…” މައިލީން ހެމުން ހެމުން ގޮސް ޝާލީން ގާތު ހުއްޓުނެވެ. އެއާއެކު ޝާލީން ވެސް ހިނިތުންވެލިއެވެ.
“ދެން ޝިޔާޒް… ސަކަރާތް ޖެހުން ހުއްޓާލާ… ޔަޝޫ މާބޮޑަށް ވަރުބަލިވެދާނެ…” އިރުކޮޅަކު އެހެން ހުރެފައި ޝާލީން ޝިޔާޒް ގެ ގާތަށް ގޮސް ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. އެކަން ޔަޝްމް ގެ ސަމާލުކަމަށް އައުމާއެކު އޭނަގެ ހުނުން އިތުރުވެގެން ދިޔައެވެ. “ޔަޝޫ ކައިފިތަ؟” މައިލީން ޝާލީން ގާތު އަހާލިއެވެ. ޝާލީން ބޯ ޖަހާލުމުން އޭނާ ދެން އަވަސް ވެގަތީ ޔަޝްމް ގޮވައިގެން ފެންވަރުވަންދިޔުމަށެވެ.
ޔަޝްމް ފެންވަރަން ނުދާން އެތައް އިރަކު ބޮޑާ ހޭކިއެވެ.
އެންމެ ފަހުން މައިލީން ޔަޝްމް ގެންދަން އުޅުމާއެކު ޔަޝްމް ރޯން ފެށިއެވެ.
“ދެން ޔަޝޫ… ” މައިލީން އަށް ދެއަތް އުނަގަޑުގައި ވިއްދާލަމުން ބުނެވުނެވެ.
“ކާކުތަ ޑެޑީގެ ބޭބީ ރޮއްވަނީ؟” ސިހުން ގެނުވީ ކޮޓަރިއަށް ވަތް ޔުއާން ގެ އަޑުންނެވެ.
ޔުއާން ގޮސް ޔަޝްމް އުރާލުމާއެކު ޔަޝްމް ޔުއާންގެ ގައިގައި އޮޅުލައިގަތީ ފެންވަރަން ނުދަނަމޭ ބުނަމުންނެވެ. “އޭރުން… މަންމި ދެރަވާނެ އެއްނު” ޔުއާން ޔަޝްމް ގެ ކޯތާފަތުގައި ކުޑަކޮއް ހިފާލަމުން ބުނެލިއެވެ. “ދެން ކޮއްކި ބޭނުމެއް ނޫން” ޔަޝްމް އަނެއްކަވެސް ބުނެލިއެވެ. ޔުއާން މައިލީން ގާތު އެދުނީ އިހަށް މަޑު ކުރުމަށެވެ.
އެއާއެކު މައިލީން ބޯ ޖަހާލިއެވެ.
“އޯކޭ… ކޮއްކި ބޭނުން ގޮތަކަށޭ ވާނީ” ޔުއާން ޔަޝްމް ހިންހަމަ ޖައްސައިދިނެވެ. “ތީ ކޮއްކި ޑެޑީތަ؟” ޔަޝްމް ބުނެލުމާއެކު ޔުއާން ބޯ ޖަހާލިއެވެ. މިތަންފެނި މައިލީން ގެ ލޯ ފުރިގެން އައެވެ. އެކަމަކު މިފަހަރު ދެރަވެގެނެއް ނޫނެވެ. އެއީ އުފަވެރިކަމުގެ ކަރުނައެވެ.
“ލީން ކަމޯން…” ޔަޝްމް އެނދުގައި ބެއިންދުމަށްފަހު މައިލީން ގާތަށް ގޮސް ބައްދާލަމުން ޔުއާން ބުނެލިއެވެ. “އަދި އިރުކޮޅަކު އެހެން ހުރުމަށްފަހު ލީން ގަޔާ ދުރުކޮއްލާ ކަރުނަތަށް ފޮހެދިނެވެ. “ލީން ތީ ހާދަ ނާޒުކް ކުއްޖެކޭ ދޯ… ދެރަ ވީމަ ރޮއިފަ އުފާވީމަ ރޮއިފަ… ދެން މިޖެހުނީ ވަރަށް ވިސްނަންތާ ދޯ” ޔުއާން އެހެން ބުނުމާއެކު މައިލީން ޔުއާންގެ ބަޑުގައި ކުޑަކޮއް ޖަހާލިއެވެ. އަދި ޔުއާން ގެ ގައިގައި ބައްދާލިއެވެ.
“އައްޔޭ… ޔަޝޫ އެބަ އިނޭ” މައިލީން ދުރުވެނުލުމުން ޔުއާން ބުނެލިއެވެ. އެއާއެކު މައިލން ގެ ކޯތާފަތް ރަތްވެ ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. އޭނާ ހިނިތުންވެލިއެވެ.
“ކާކުތަ ދޮރު ހުޅިވީ” މައިލީން ކަމެއް ހަދާން ވާފަދަ އަކުން އަހާލިއެވެ. “ދޮންތަ” ޔުއާން ޖަވާބު ދިނެވެ. “ދޮންތަ ރުޅި އައިސްފަތަ ހުރީ” މައިލީން ހާސްވެފައި ހުރެ އަހާލިއެވެ.
“ނޫން… އެއްވެސް އެއްޗެއް ނުބުނެ ވައްދާފަ ގޮސް ކޮޓަރިއަށް ވަނީ” ޔުއާން ބުނެލިއެވެ. އެއާއެކު މައިލިން އަށްއަދިވެސް ޝާލީން އެ ހުރީ ރުޅިއައިސްފައިކަން އެނގުނެވެ.
“އާރާ… ކިހިނެތްތަ ހަދާނީ… ދޮންބެ ގެ ހަގީގަތް އިނގުމަށްފަހު އަހަރެން މިހުރީ ހަދަން ވީ ގޮތެއް ނޭގިފަ” އާއިކް ނިމިގެން އާރާ އާއެކި ކާރުގައި ގެއަށް ދަމުން ވާހަކަ ދެއްކިއެވެ.
“އަނެއްކާ ބޮލުގަ ރިއްސަން ވެސް ފަށައިފި… ރޭއްސުރެ އަނެއްކާ ހުން ވައްތަރު ވެފަ މި ހުންނަނި ވެސް” އާއިކް އާރާ އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
“އަދިވެސް އެއްކޮއް ރަނގަޅު ނުވޭޓަ އިކް” އާރާ އަހާލިއެވެ. “އާނ” އާއިކް ބުނެލިއެވެ.
“ލީން… މިރޭ އަންނާނަން އިނގޭ… ޔަޝޫ ނުރޮއްވައްޗޭ” ޔުއާން ކަންބޮޑުވެފައި ހުރެ ޔަޝްމް އަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު މައިލިން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޔުއާން ޔަޝްމް ރޮއްވާ އިތުރަށް އެހިތަށާ ސިކުނޑިއަށް ބާރު ފޮރުވަން ބޭނުންނުވަނީ ޔަޝްމް ހުރި ހާލަތުންނެވެ. އެ ދެމައިންނަށްޓަކައި އޭނާ ހިނިތުންވުމެއް ވެރިކޮއްލައިގެން ހުއްޓަސް ހަގީގަތުގައި އެ ހިތްވެސް އެދަނީ ރޮމުންނެވެ.
ޔުއާން ގެއިން ނުކުންނަމުން ވެސް ދިޔައީ ޔަޝްމް އާ ވަހަކަ ދައްކާލާފައެވެ. އެކަމަކު މި ފަހަރު ޔަޝްމް ގެ އެއްވެސް ސަމާލުކަމެއް ޔުއާން އަކަށް ނުލިބުނެވެ. ޔުއާން މައިލިން އަށް ބަލާލިއެވެ. އެއާއެކު މައިލީން ޔުއާން އަށް ހަދިޔާ ކޮއްލި ހިނިތުންވުމުގައި ފޮރުވިފައިވާ ހިތާމައެއްވިއެވެ. އެކަން ޔުއާން އަށް ވެސް ދެނެގަނެވުނެވެ. ޔަޝްމް ގެ ހަރަކާތް ތައް އެ ގޮތަށް ހުންނަނީ ކިއްވެގެން އެނގިފައިވުމުން ޔުއާން ވެސް ޔަޝްމް އާ ވާހަކަ ދެއްކުން ހުއްޓައެއް ނުލިއެވެ. އޭނަ މަސައްކަތް ކުރީ އެ ދަރިފުޅުގެ ސަމާލުކަން އަތުލެވޭތޯއެވެ.
އާރާ ގެއަށް ލާފައި އާއިކް ގެއަށް ދިޔައިރު އޭނާ ހުރި ރަނގަޅަށް ވެސް ހުން އައިސްފައެވެ. ބޮލުގައި ރިއްސަމުން ދިޔަ ވަރުން ކޮޓަރިއަށް ގޮސް ފެންވަރައިލައިގެން އެނދަށް އެރިތަނާ ޒާރިވާ އައިސް ކޮޓަރިއަށް ވަނެވެ. އާއިކް ދަރިފުޅާ… މާމަ އަށް ކަމެއް ކޮއްދީބަލަ” ޒާރިވާ އާއިކް ގެ ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އާއިކް ބޮލުގައި ހިފައްޓައިލައިގެން އިން ގޮތުން އޭނާ އަށް ކަމެއް ގޮސްވެއްޖެހެން ހީވިއެވެ. “ދަރިފުޅާ ދޮރު ވެސް ނުލައްޕާ ތި އިނީ ކިއްވެފަތަ؟” ޒާރިވާ އަހާލިއެވެ. އެއާއެކު އާއިކް ޒާރިވާ އަށް ބަލާލަމުން ބޮލުގަ ރިއްސަނިއްޔޭ ބުނެލިއެވެ.
“ހުން އައިތަ؟” ޒާރިވާ އައިސް އާއިކް ގެ ނިތް ކުރީގައި އަތް ޖައްސާލަމުން އަހާލިއެވެ. އެއާއެކު އޭނާއަށް އަތް ދުރުކޮއްލެވުނެވެ. “ވަރަށް ހޫނު އާއިކް… ” ޒާރިވާ އަށް ބުނެވުނެވެ. އޭނަގެ އަޑުގައިކަންބޮޑުވުމެއް ވިއެވެ. އާއިކް ފެންވެރުމުން ވެސް ހުންގަނޑު ނުދާކަން އާއިކް އަށް އެނގުމާއެކު އޭނާ ޒާރިވާ ގާތު ސޫޕެއް ހަދާދިނުމަށް އެދުނެވެ.
“ކުޑަބޭ… ކޮބާތަ އެއްކަހަލަ ފޮޓޯތައް…” އަފްޝީން ދުވަމުން ދުވަމުން އައިސް އާއިކް ގެ ކޮޓަރިއަށް ވަނީ އުފާވެފައި ހުރިވަރުންނެވެ. އެހެންނަމަވެސް ޒާރިވާ އާއި އާއިކް ތިބިގޮތުން އޭނާ މަޑު މަޑުން ކިހިނެތް ވީހޭ އަހާލިއެވެ. “ދޭބަލަ ޖޫލީ ކައިރީގަ ބުނަން އިނގުރު އަޅާ ހޫނުކޮއް ސައިތައްޓެއް ހަދާދީބަލާށޭ… ސޫޕަށް ވުރެ ރަނގަޅުވާނެ” ޒާރިވާ އަފްޝީން އަށް ބަލާލަމުން ބުނެލީ އާއިކް ކިނބިހިވެސް އަޅަން ފެށުމުންނެވެ.
އަފްޝީން އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައެވެ.
އޭނާ ސިޑިން ފައިބަމުން ދަނިކޮއް ސިޑިން އެވަގުތު އަރަމުން ދިޔަ ޔުއާން އާ ދިމާވިއެވެ. އޭނަ މައިލިން މެން ގެއއިން ނުކުމެގެން އެއައީ މީހަކާ ބައްދަލުކުރުމަށްފަހުއެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. “އަފޫ ހާދަ ބާރަކަށް” ޔުއާން ބުނެލިއެވެ. “ޔެސް… ކުޑޭ އަނެއްކާ ހުން އައިސްގެން ހެން ހީވަނީ” އަފްޝީން ޔުއާން އަށް ޖަވާބު ދިނުމަށްފަހު އެ ހަލުވި މިނުގައި ސިޑިން ފައިބައިފިއެވެ.
އާއިކް ބަލިވެޔޭ ބުނުމުން އާއިކް ގާތަށް ނުވަދި އަމިއްލަ ކޮޓަރިއަށް ދިޔުމަށް އަމިއްލަ ސަމީރު ދެކޮޅު ހެދުމާއެކީ އޭނާ ދެން މިސްރާބުޖެހީ އާއިކް ގެ ކޮޓަރިއާދިމާލަށެވެ. ދޮރު މަޑު މަޑޫން ހުޅުވާލަމުން އޭނާ އެތެރެއަށް ވަނެވެ. ޔުއާން ގޮސް އާއިކް އެއް ފަރާތުގައި މަޑުކޮއްލިއެވެ.
އިކް ބަރާބަރަށް ބޭސް ކަންތަ؟” ޔުއާން ސުވާލުކޮއްލިއެވެ. އެއާއެކު އާއިކް ހަމަ އެކަނި ބޯ ޖަހާލީއެވެ. ޔުއާން ވަތް ފަހުން އާއިކް ގެ މޫނުމައްޗަށް އެރި ކުލަވަރު ޒާރިވާ އަށް ރަނގަޅަށް ފެނުނެވެ.
ޔުއާން އާ އާއިކް އާ ދެމެދު ވީ ނުތަނަވަސްކަން ދެނެގަންނަން ޒާރިވާ އަށް އުނދަގުކެއް ނުވިއެވެ. އެތަނުގައި ދެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ.
އަފްޝީން ތިރިއަށް ދިޔަ ގޮތަށް ނައިސްގެން ޒާރިވާ އެންމެ ފަހުންތެދުވީ ވީ ގޮތެއް ބަލާލުމަށެވެ. އޭނާ އާއިކް ގާތު އެބް އަންނަމޭ ބުނެފައި ތިރިއަށް މިސްރާބުޖެހިއެވެ.
ސިޑިއާ ހިސާބަސް ދެވުނު ތަނާ އޭނާ އަށް އަފްޝީން ފެނުނެވެ. އެހެންވެ މަޑުކޮއްލައިގެން ހުރީ އަފްޝީން އަންންދެނެވެ.
“އިކް… ސޮރީ” ޔުއާން މާފަށް އެދުނެވެ. “ކޮންކަމަކާ ” އާއިކް ނުރުހުންތެރިކަމާއެކީ ސުވާލުކޮއްލިއެވެ.
“އިކް” ޔުއާން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“ދޮންބެ ވެސް އެ ވާހަކަ ސިއްރު ކުރާނެ ކަމެއްނޫނޭ… ކޮންމެހެން… އަދިވެސް ކުށް ފޮރުވަންތަ ތި އުޅެނީ އޭތް” އާއިކް އަށް ބާރަށް ބުނެވުނެވެ.
ދޮރު ކައިރީގައި ހުއްޓުނު ޒާރިވާ އަށާއި އަފްޝީން އަށް އެދެމީހުންގެ ވާހަކަ އަޑު އިވުނެވެ. ދެމީހުންނަށް ވެސް އެކަކު އަނެއްކަކުގެ މޫނަށް ބަލާލެވުނީ މީގެ ކުރިން އެއިން އެކަކުވެސް އެފަދަ ގޮތަކަށް ވާހަކަ ދެއްކި އަޑު އެއްވެސް މީހަކަށް އިވިފައި ނުވާތީއެވެ. އެދެމީހުން ވެސް ތިބީ އެހާ ހައިރާންވެފައެވެ.
“އަހަރެން ބުނަން ވީތަ ބައްޕަ ކައިރީގައި ދޮންބެ ގެ ދަ…” އާއިކް އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލި ތަނާ ޒާރިވާ ފެނިގެން ހުއްޓުނެވެ. ޔުއާން ވެސް ހުއްޓުން އެރިއެވެ. އާއިކް ވެސް އޭރު ހުރީ ކޮލަށް ތެދުވެ ޔުއާން އާ ކުރިމަތީލައިގެން ކަމުން ދެމީހުން ވެސް ތިބީ ހަދަންވީ ގޮތެއްނޭގިއެވެ. އާއިކް އަނބުރާ ޔުއާންގެ ލޮލަށް ބަލާލިއެވެ. ޒާރިވާ އައިސް ސުވާލުކުރާނެކަން ދެމީހުންނަށް ވެސް އެނގުނެވެ. ޔުއާން އާދޭހުގެ ނަޒަރަކުން އާއިކް އަށް ބަލާލީ ޒާރިވާ ގާތު އެއްވެސް އެއްޗެއް ނުބުނާށޭ ބުނާކަހަލަ ގޮތަކަށެވެ.
“ކިހިނެތް ވެގެންތަ ތިއުޅެނީ” ޒާރިވާ ވާހަކަ ދެއްކިއެވެ.
“މާމާ އަޅުގަނޑު ބުނާނަން” އާއިކް ކުރިއަށް ޖެހިލާފައި ބުނެލިއެވެ. އެއާއެކު ޔުއާން އަށް ލޯ މަރާލެވުނީ އޭނާގެ ހަގީގަތް ދެން ޒަރިވާގެ ކުރިމައްޗަށް އަންނަން އެންމެ މިނިޓެއްވެސް ނެތޭ ހިތަށް އެރުމުންނެވެ.
(ނުނިމޭ)
93 Comments!
Comments are closed.
Me first 🙂 🙂
Yes. Alyss. Congrats. Thanks. ?
inthizaaru ge nimun aee yey
Hehe. Aki. Thanks. ?
Yayyyyyy?????????????
Hey. Thankyou. ???
Hama bala bala huhttaa thi up kohly… Thanks a lot dhoonyaa…aadhey jaburoal n babukeyo kaan… Story ah abadhu mi inthixaaru kurany… Kiyaahithun hama hurevenyky nun.. Ehaaves loabi loabi story eh mee… Haadha haadha molhey Hi Mi ves story liyan… Hama bunaane ehcheh neyngey… V molhey buneveyny..???… Thaureef ge gothuga bunaane ehcheh neyngey… Ehaaves furihama hurihai gothakunves mi story… ???… Thy molhu vaahaka liyuntherieh… Hama ehvana…????… Luv u n Miss u…?????????
Mi varah writers ge attention hoadhan ulhey reader eh gothuga faahagavey??
Hey shann. Varah ufaavehjje. Shann ge comment eh again fenunima. Banbukeyo laa janburoli fonuvaa ingey. Hehe. Shann ge comment fennaathy hama v ufaavey dear. Aslah ingey. Hope ur gonna suport me kuri ah ves. Thankyou so much. Much loves. ???❤❤❤
Assalaam’Alaikum. Heres the 57th part. I hope ur gonna like it. And pls do comment on DHEN VAANI KIHINEHBAA?. Varah gina kudhin ge edhumaa eku cover ah ily ge bidy photi eh laa change kohli. So dnt forget ti commebt about it. Ba eh kudhin ge shakuvaa ai. Dhen readers happy nivanyaa himi ves dhera vaane. Ehenve comment which cover u like most. ??? sorry i couldnt reply kuree part ah bit vaguthu v ma kuramun gendhaanan. In Sha Allah. Next part tomorw nyt btwn 10 and 11 if nothing comes up. In Sha Allah. Thankyou All.
Jazakallah Khairan. ???
haadha kurey but vvv nice my favourite
Ik is breaking my heart
Hey. Alys thanks again. V ufaavehjje. Sorry. ???
Wow…leen aa yuaan aa vrh lwbi…dhen enmennah hageegaih ingi e dhemiihun life eh start kureema vrh salhivaane..plus aikal vrh gabool vaanehen heevanee leen aa
Vrh kiyaahuthun kiyaalevey vaahaka eh..keep going girl. . 2 part up khdhineema vrh happy…keep shining … have a peaceful nyt ..tc
Hehe. Thanks kokko. Hingaa balamaa hama possible. Story kurah kiyaalima ingigen dhaane ingey deae. V ufaavehjje comment fenifa. Much loves. Good nyt. ???❤❤❤
Vrh happy story kiyaalan libunyma..? aikal ah dhw e v ?? ekm vx hageegai ingey dhuvahakun kihineii baa vaany??? Maileen aa ekm dhimaa vefa dhw e hury konme gotheh viyass… Aaik haadha upset vefa ey ? yes yuaan deserve it.. but at the same time yuaan aa ekyga vx vaan vaane dhw❤️❤️❤️ he did a mistake but know he is trying to rectify it????? when next part???? N I don’t think aaik maama gaathu hagaagai adhi bunaane henn ??? I GUESS..hehehe.. waiting for next part..? keep it up… Good luck Hi Mi?❤️?❤️?❤️ good night ???
Haadha gina guess thakeh sham. Hingaa balamaa dw. Hama possible. Aaik varah dheraves rulhi ves ais e heri. Ingey sham. Yuan dw. Hes too hurt nw to handle each and every situation. So lets see whats gonna hpn next. Happy to see again such a lovely comment from you. ?V ufaavehjje. Thanks a lot. ???❤❤❤
Btw sham dw ahaali next story ge vhk. In Sha Allah. E story ai gen nulhevigen miulheny. Mi story nimunima e story fashan gasthukohgen mihuree. In Sha Allah. ???
Awesome.. keep it up
Thanks N. ???
Shukran??? ….himi dhen hama e inguny Tha….alhey. Haada interesting ney ?maadan than kolhehh avahahh up koh decche ingey?….himi story kuriahh gendaa goii varah furihama ????Masha Allah….all the best for the future my most most most favorite writter?????? ……and hurihaa emmen nahh kurevey kammeh noon meekee vaahaka thahh ekkon nimmumaky noony mihaa varah liumaky ves… Varah hivvaru huregen vaa kameh… And himi ge kibaiga e hivvaru ves adhi e telent ves ebahuri???…just my well wishes are always with u…??yuaan ahh vs yashm ahh ves dhera gothehh nahadhacche?….btw keeve cover pic ga Maileen nethy????
Hey dear ❤M.E? varah ufaavehjje comment fenifa. Aslu himi nen kahala readers ah libey enme bodu eh hiyy varakah vaani.kan yagee. and it means a lot. Btw dear ily e ininu cover ga. Nlbalalaba rangalhah ingey. Hehe. V ufaavehjje. Thanks a lot. ?????❤❤❤❤❤?????
Thanks dear up kolladhineema. g ah heevany aaik konmeves dhogeh hen.hadhaalaany dho
Hingaa balamaa dw g… hama lossible thankyou so much. ???
Sorry sorry….Maileen ebain dho….!!! reechah balaa nulevuny soryy
Hehe. Me ves dw. ???
varah reethi mi part ves. so leen ah edhuvahu ves help vedhini yuan ge dad dhw,they know each other. wats gonna happen when yuans family find out wat happened. its gonna b a mess. anyway hi mi will ik tell the truth or will he give yuan more time? and yashu recover vaane dhw? miracles happen i really want yuan,leen and yashu together as a happy family after all the struggles. and Aara mom and dad dhw amiru men ei?
Hey dear. Aaraage mom eh nuney eyi jaxil ge parents kamah himi bunelaafa innaane ingey aadhilaa aki jaxil ge mom and aamir is jaxil ge step dad kamah. Hama possible hingaa balamaa. Varah suvaalu dw. Thi suvaal tjuge javaab hama story kuri ah dhaa varakun libeynethy story ge kuri ah huri ep thah ves kiyaalajchey annoying reader. V ufaavehjje. Thankyou so much. ???❤❤❤???
oh sorry miharu jazil ge parents and aara ge frnd ge parents olhuni. i think aara ge new frnd eki edhuvahu gos meet v hen aarage real parents dhw. varah reethi mi part ves. remember vejje amir ei jazil ge step father dhw.
Yes annoying reader. Nw olhun filaifi dw dear. ???❤❤❤
Cover is not so lot for me.. Yuaan eah vure thankolheh kuda kobba.. Dhen yashm jassaba seedhaa medhah… Eyrun exposure jassaairu enmen ge bai bodah faalhuvaane kanneynge.. Mu view…. Ekam vaahaka is lit af
Sorry reader. Cover ga yashoo ge pic in gothun ehen nulevi e ini. Dhen faharakun try kohlaanan ingey. In Sha Allah. V rufaavehjje dear. Thanks. ???❤❤❤
Hii Hi Mi ????… Mi part vx v v v reethi ❤️❤️❤️❤️… Hama superb ????… Dhn kihineh baa vaanee??? ????… Will aaik tell the truth??? Yuan did a big mistake bt now he has changed… So everyone should forgive him ☺️☺️☺️☺️… Hithah aranee kihineh baaey vaany yuan ge whole family ah truth ingunyma ????… Curiously waiting for that… Story kuriah dhaa goi v v v interesting ingey Hi Mi ❤️❤️❤️❤️… Hama best ????… V v v ufaavehje mihaa avahah kiyaalan libunyma ????… I’m showing all my teeths ????… Heheheh ????… I like both the cover pic ????… Btw pinky ge guess correct dhw last part ga ????… Heheheh… Keep up the good work Hi Mi ❤️❤️❤️❤️????… V v v furihama v v v reethi v v v interesting kiyaahihvaakahala story eh mee ❤️❤️❤️❤️????????… I loved it ❤️❤️❤️❤️… Curiously waiting for the next part… Lots of love ❤️❤️❤️❤️????????????????…
Hehe. Hurihaa dhatheh dhahkigen pinky hurikan ingunima himi ves hama varah happy ingey. Yes. Pinky ge gina guess thah hama correct ey dw mivani. Himi hithah arani kihineh baa ey thihaamolhah thi guess kohlani?. Hehe. V ufaavehjje ingey lets see vaa gotheh. Thanks a lot dear. ???❤❤❤???????????????❤❤❤????????????❤❤❤??????
Varh ves reeth
Thanks niu. V ufaavehjje. Keep reading. ???
Thanks niu. V ufaavehjje. Keeep reading. ???
My favourite story..vv reethi..waiting waiting for Next part ❤
Means a lot chim. Thanks a lot ingey. V ufaavehjje. ????????????????❤????
I’m speechless
Alhey si. Dhen konmeves ehchekey buneba siy. Thanks ingey. V ufaavehjje. Thanks. ???
Alheyy what will happen …. Waitinh waiting…. ??
Lets see yehtaf. Keep reading. To find out. Thankyou. ???❤❤❤
V nice vaahaka.my favourite.keep going
Thanks y. V ufaavehjje. ???❤❤❤
Thank you Hi mi mireyge baives vvvvvv reethi ,,,, heevanee yashumge kaafa yashumge Bali ragalhukuran eheevaanehen vvvv reethi
Hingaa balamaa mary. Hama possible may be no. Do read the story to find more about it ingey. V ufavehjje. Thanks a lot. ???❤❤❤
Varah reethi
Waiting
Thanks zuam. V ufaavehjje. ???❤❤❤
Nice
Thanks. Mi. ???
vaahaka vvvv rythi….hi mi vaahaka nimen dhow miulhenee…
Hehe. Layaa thanks. Yes. Nimen kairi vehjje dear. ?
maileenmen gein annamuh yuaan badhal kuree kaakaabaa?????
Hingaa balamaa. Eyi secret eh i gey. ?????? Thankyou. ???
Then v avahah nimen tha mi ulhenee Himi…
Vreethi vaahaka
Thanka shaya. Dhen nimumakaa gathah midheveni. Lets see. ???.
Alheyy… just amazing… waiting 4 the nxt prt… himi nxt prt avas khlahcheyy….. plxx…. ly.. tgc..♥♥♥♥♥♥♥♥♥♥♥♥
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
Yes. Dear tonyt betwn 10 and 11. Next part. In Sha Allah. V ufaavehjje. Thankyou. ???❤❤❤
Wow
vrh reethi
curiously waiting for the next part
Thanks ICY. happy to see ur comment again. V ufaavehjje. ???❤❤❤
Yuan ge secret time hama vii.. Yuan face kurey dhn.. Mihaaru vashakaige reethi hisaabakah gossi.. Kiyaalaa hithun hurevenii eh noon.. Yashoo ah vii goiyy inguneema leen haadha dhera vaaneyy.. Mihaaru ves imagine kurevey ekan.. Haadha dhera ey.. Yashoo maruvanii tha alhe ?
HiMi vaahaka hama best.. Kiyaalaa hithun indha nimunii hama e.. ?
Lots of love ❤?
Yashoo. Dw. Lets see jeen. Varah ufaavevjjw ingey comment fenifa. Yuan ves face kuran jeheyne thaa dw. Ekam he is begging to give him somemore time. Hingaa balamaa vaa gotheh dw. Much more loves. Thankyou so much. ???❤❤❤???
Vaahaka vrh reethi. Ekam hama nujehey thankolheh ebain. Kuryge part ga ahary dhuvahu aikal stage ga hure vaahaka dhehki.. eyna dhe dharin introdiuce kohdhin. Erey mailyn ah ves ekan egunu kamah eba buney. Eyna ves e party ga in.. so miadhu baiga mailyn aikal aa dhimaa v. Mailyn ah ingen vaane ehnu e yuan ge dad kan. Mihen v ma kada dhw.
Hey dear. Maileen ah ingeyni aikal aki yuan ge dad kan. Ekam maileen ah kurin v3s yuan ge dad ge nameh neygey. Dhen e part ga bunefa innaane fadu ali kamuge therein maileen ah yuan ge dad ge mooneh nufeneyey. So leen akah neygeyne ehnu eikal aki emeehaa kameh. Ingeyni aikal aki yuan ge dad kan. She doesnt knw that yuan ge dad and the person who helped her was the same person. V ufavehjj comment eh kohlima. ??? Thankyou. ???
V v v heart touching…vaahakai ge komme baeh ves ehaa furihama…yuan sad nuvahchey yashoo ah iraadha kurehviyaa rangalhuvaane..keep it up dear..lots of love????
Lets se aidh vaeah ufaavehjje thanks much. Means alot thi kahala conme comment eh ves. ???
Wooooooow woooooow??????????masha allah mi partves haadha reechey haadha furihamayey❤❤❤❤❤❤❤❤❤❤ xaarivaayah ingeynedhw salhivaane hama yuaanahves ragalhuvaany egoi waiting next part??????? mis u himi dhooni?????
Hello xaaan. Kihineh tha?. Varah ufaavehjje thibloabi comment kiyaalaafa as usual. Letabsee whats gonna hpn next. Thankyou so much. For ur support. ???
Woooooow. V salhi ingey… Aaik dhen buney maama kairy eyrun yuan ah thankolheh bolah faseyha vaane??.. And aikal dhw eii.. HiMi u r the best… ????leen and yuan ge part v cute… Waiting for Next part…. ???
Hingaa balama buneveythoa dw. Nw next part kiyaaleveyne ingey. V ufaavehjje. Thankyou so much. ???
Wow…varan reeythi
Thanks hashaa. V ufaavehjje. ?
Aleyyy harrdha reehcheyyy….. Ehkam harrdha kureyyy…. Story v v reethi Ingeyy…..????????
Sorry iraa. Varah ufaavehjje comment fenifa. Thanks a lot. ?
Varah reethi story ekam
it up kuree…keep ???????
Thanks blue beauty. ????????????????????
Kommeves gothakun yashm rangalhu kolladhee himi. Vaahaka v v reethi. V heevey xaan aky kommeves muhimmu role eh kulhedheyne meeheh hen. Xaan aky ves dr ennu. Anekka yuaan e bahdhalu kuree ves xaan aa kan neyge dhw. V interesting. Keep it up himi
Hingaa balamaa yuan eba plan eh kirey ingey. Ekam himi eh nubunaanan. Story itjutmrah kiyaalaa. ??? v ufaavehjje. Thankyou so much. ??????
Love the story. . Waiting for next part. …❤❤❤❤❤
Thanks dear. V ufaavehjje. ???
hi mi next part kon irakutha…..waiting …waiting
Nw kiyaaleveyne. ???
Wooooow
Thanks. ???
Vvvvvv reethi…….
Thanks hashaa. ?????
Maileen ah help kohdhin myha vaki kuran igenya aikal ar help vi myha ey same kan ingeyne eynu Hi Mi. Still keep it up. Its realy interesting.
Thibai dhen in lart comment ga explain kohladheefavjnnane so pls do readcthat cokment dear. V ufaavehjje. Thanks a lot. ???
Hey HiMi.. 10 jahaifi? avass kohla dheeba.. hama kiyaahithun?
Nw kiyaalevyne dear. ?
Kobaa ten vehjje vaahaka kiyaafa nunee nunidaan miothee
Hehe. Nw kiyaaleveyne dear. ?