Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިވަން….(ތޭރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
March 1, 2018 4 Mins Read
13 Comments

ގެއަށް ވަނުމާއެކު ޔާނިލާއަށް ހުއްޓުން އެރީ ކުރިމަތިން ޔުސްރާ ފެނުމުންނެވެ. ޔުސްރާއަށް އޭނާ އެހާ ހާމަކަން ބޮޑުގޮތެއްގައި ފެނުނު މިއީ ފުރަތަމަ ފަހަރުކަމުން ޔުސްރާއަށް ހުރެވުނީއެވެ. ޔުސްރާގެ ދޫ މަޑުމަޑުން، ލަސްލަހުން ހަރަކާތް ކޮށްލިއެވެ. އެހެނަސް އަޑެއް ނާދެއެވެ. އަނެއްކާވެސް ޔުސްރާ އަނގަ ތަޅުވާލިއެވެ. “ރުއާ…!!!!!!” އެވަގުތު ޔާނިލާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

“ހަނދާން އެބަހުރި ދޯ؟!!!” ޔުސްރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޔާނިލާ މާހުށިޔާރެވެ. ދިޔަގޮތަށްގޮސް ޔުސްރާގައިމައްޗަށް ޖެހިގަތެވެ. ލިބުނު ސިހުމާއެކު ޔުސްރާ ބިންމައްޗަށް ވެއްޓުނެވެ. އެޔާއެކު މުޅިތަން ފުސްވެގެން ދިޔައެވެ.

މޫނަށް އުކާލެވުނު ފެންއެއްޗާއެކު ޔުސްރާއަށް ހޭވެރިކަމެއް ލިބުނެވެ. ތަނެއް ދޮރެއް ފެންނަ ވަރެއް ނުވެއެވެ. މަތީގައި ހަރުކޮށްފައިފާ ބޮކިން ފަނޑު އަލިކަމެއް ލިބުނަސް ވަށައިގެންވާ މާހައުލު ފެންނަނީ އަނދިރިކޮށެވެ. ޔުސްރާގެ ދެއަތް ފުރަގަހަށްލާ އައްސާފައި ވީއިރު އަނގަމަތީގައި ވަނީ ޓޭޕުގަނޑެއް އަޅާފައެވެ. ދަނގަޑު ހޮޅިއެއްގައި މީހާ މައްޗަށް ވާގޮތަށް އެލުވާފައި ވީއިރު ވަރަށް ވެސް އަނިޔާވެރިއެވެ.

“ޔުސްރާ ހާދަ މޮޅޭ ދޯ…އެއްފަހަރުން އަހަރެން މީ ރުއާކަން އިނގިއްޖެ! އެކަމް މާލަސްވީ ދޯ. ފެނުނު ގަޑި ވެސް ކަޑައެއްނު. އަސްލު ޔުސްރާ މާ ގިނަދުހު މިހާރު ބެހެއްޓިއްޖެއޭ…ޔޫ ހާވްޓު ޑައީ…މަންމަ ވެސް ނޫލުނު ކަލޭ މަރާކަށް. އެ އަލާނިޔާއަށް ހުރިހާކަމެއް ހަނދާންވީ ކަލޭއާ ހެދިއޭ…” ޔާނީލާ ހީވީ ޖަނަވާރެއްހެނެވެ. “މަންމަ…ތީ ރުއާގެ…ނުވާނެ..!!!!!” ޔުސްރާގެ ޖުމްލައާއެކު ޔާނީލާ ހިނިގަނޑެއް ޖަހާލިއެވެ.

“ރަނގަޅު. އަހަރެން މީ ރުއާގެ ދަރި. އިނގޭތަ އަހަރެންގެ ނަމުގަ އެ އިންނަނީ އަލާނިޔާކަން. އަޅެ އެ އަލިފު ނަގާފަ އެނަން އެކޮޅުކޮޅަށް ޖަހާލަބަލަ. ޔާނިލާ ފެންނާނެ. ހަހަހަ..ސަޅި ދޯ.މަންމަ ޖަލުން ސަލާމަތްކުރީ ޖޮނަތަން. އެއީ އަހަރެންގެ ކާފަ. އޭނަ ހިތަށް ހަމަ ކެތްނުވީ މަންމަ އެގޮތަށް ޖަލަށް ލާތަން ބަލަން. އެކޮޅުން މަންމަ ކައިވެނިކުރީ މަންމަޔަށް ފަރުވާކުރި ޑޮކްޓަރާ. އަހަރެންގެ ބައްޕަ މަރުވީ ދިމާވި އެކްސިޑެންޓެއްގަ. އެއީ އަހަރެން ވަރަށް ކުޑައިރު. މަންމަ އެކަމާ އަޅައެއްވެސް ނުލާ. ދެން އަހަރެން ބޮޑުވަމުން އައި އިރު އަލާނިޔާ ކުޅުނު ޑްރާމާ ކިޔައިދިނީ. އަދި އެމީހުން މަރާލި ވާހަކަވެސް. އެވަރުންވެސް އެންމެން މަރެއް ނުވޭ. މިއިން އެއްވެސް ކަމެއް ކާފަޔަކަށް ނޭންގޭނެ. އަހަރެންގެ އުފަންދުވަހާ ހުރިހާއެއްޗެއް މަންމަ ބަދަލުކުރި. އަހަރެން މާލެ ފުރަން އޮތްއަހަރުގެ ކުރީކޮޅު މަންމަ ހާޓް އެޓޭކެއްގަ ދުނިޔެ ދޫކުރި. މަރުވަންދެންވެސް މަންމަ ދައްކާނީ މުލައިލްގެ ވާހަކަ. އަހަރެން މިކޮޅަށް އައިސް މުލައިލް އަހަރެންގެ އަޅަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން. އެދެމެދަށް ވެސް ވަންނަން ހުރީކަލޭގެ ދަރި. މިފަހަރު މި ވާހަކައިގެ އަލާނިޔާއަކީ ޔާނީ. އޭނަ ޖެހޭނީ ހަމަ މަރުވާން. ހަހް…އެއަށް ފަހު މުލައިލްގެ އަޅުވެތިކަން…އަހަރެން އޭނަޔަށް ހަދާނެގޮތް ތިމީހުންގެ ސިކުނޑިއަށް ނުވެސް ގެނެވޭނެ. އާހް..މިހާރުވެސް މާ ވާހަކަ ގިނަވެއްޖެ ދޯ…އެނީ ލާސްޓް ވާރޑްސް؟؟!! އަދި އެއްވާހަކަ. އަހަރެން މީ މަންމަ ކަހަލަ މީހެއްނޫން. އަހަރެން މީ ހަމަ މުޅިން ނޯމަލް މީހެއް..” ޔާނިލާ އެއްލޯ މަރާލަމުން ބުނެލިއެވެ.

ޔާނީލާ ތަޅާތަލާވެސް ޔުސްރާ އަނގަޔަކުން ނުބުންޏެވެ. އެންމެފަހު ޔާނީލާ އޭނާގެ އަތުގައިއޮތް ތޫނު ދަގަނޑުބުރި ޔުސްރާގެ ބަނޑަށް ހަރާލިއެވެ. މުޅިތަނަށް ލޭތަށް ބުރައިގެން ދިޔައިރު ޔާނީލާގެ ހިތަކަށް އެއްވެސް ބިރުވެރިކަމެއް ނުވަންނަ ފަދައެވެ. ހީވީ ބޮޑު ކާމިޔާބީއެއްލިބިގެން އެކަމާ ފަޚުރުވެރިވެފައި ވާހެނެވެ. އޭރުވެސް ޔުސްރާގެ ފުރާނަ ހަށިގަނޑަކާ ވަތްކެއް ނުވެއެވެ. އެދެލޮލުން ކަރުނާ ފައިބަމުން ދިޔައިރު އެދުވަސް އަންނާނެކަމަށް ތައްޔާރުވެގެން ހުރިފަދައެވެ. މަޖާވެފައި ހުރި ޔާނިލާ ‘ވީ އެކްސް’ ކެމިކަލް އޮއްސާލުމާއެކު އިވިގެންދިޔައީ ޔުސްރާގެ ވޭނީހަޅޭކުގެ އަޑެވެ. އެކަންމާކުރިން އިނގިފައި އޮތް ޔާނިލާގެ ހިނގަނޑު މުޅިތަނުގައި ގުގުމާލީ ނާމާންކަމާއެކުވެ.

“އަދިވެސް ނާދޭތަ؟” ފެންވަރާލައިގެން ނިކުތް މުލައިލް ޔާނީ ގާތު އަހާލިއެވެ. ޔާނީ ބޯޖަހާލުމުން މުލައިލް ޔުސްރާއަށް ގުޅޭތޯ އަނެއްކާވެސް މަސައްކަތްފެއްޓިއެވެ. އެކުދިން ބޭރުން ގެޔަށްއައި އިރުވެސް ޔުސްރާއެއްނެތެވެ. އެފޯނަކުން ޖަވާބެއްނުދެއެވެ. ނަމަވެސް ރިންގުވެއެވެ. ދެމީހުންވެސް ހާސްވާން ފެށީ ޝިފާން އައި އިރުވެސް ޔުސްރާ ގެއަސް ނައުމުންނެވެ. އެމީހުން ޔުސްރާ ހޯދުމުގެ މަސައްކަތް ފެށީ އެހިސާބުންނެވެ. އެމީހުންނާއެކު މިމްރާހުވެސް އުޅުނެވެ. ހަތަރު މީހުން ޔުސްރާ ހޯދުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔައެވެ. އެގާރަގަޑި ބައިވެ ބޮޑުވީއިރުވެސް ޔުސްރާގެ ހަބަރެއް ނުވިއެވެ. އެންމެފަހުން ހަތަރު މީހުން ގެއަށް ދިޔައީ ޔުސްރާ ގެއަށް އައިސްފާނެ ކަމުގެ އުއްމީދުގައެވެ. ޝިފާން ގެއަށް ވަތް ވަގުތަކީ ގަޑިން ބާރަޖެހިކަމަށް އިއުލާނު ކުރިވަގުތެވެ. އެވަގުތު ހަތަރުމީހުންގެ ފޯނަށްވެސް މެސެޖެއް އައެވެ. ހައިރާންވެފައި ތިބެ އެންމެން ފަހަރަކު މީހަކު މެސެޖު ހުޅުވާލިއެވެ.

ޝިފާން އަށް މެސެޖު ލިބިފައިވަނީ ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. މިމްރާހުއަށް ވަނީ މަރުހަބާ ކިޔާފައެވެ. ކޮންކަމަކަށް ކަމެއް ނޭންގެއެވެ. ހަތަރު މީހުންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެ ވީޑިއޯ އަޅުވާލިއެވެ. ދެމިނެޓުގެ އެވީޑިއޯއިން ފެންނަނީ ޔުސްރާގައިގައި މީހަކު ތަޅާތަނެވެ. އޭރު ތަންތަނުން ލޭ އޮހޮރެމުންދިޔައެވެ. ދެން ފެންނަނީ ތޫނު ދަގަނޑުގަނޑެއް ހަރާލާތަނެވެ. އެންމެ ފަހުން އެ ކެމިކަލް އޮއްސާލުމާއެކު ޔުސްރާގެ މުޅިގައިފިހިގެން ކުނޑިއަށް ވީތަނެވެ.

އެކަކަށްވެސް ބުނާނެ އެއްޗެއް ނޭންގުނެވެ. ދެންހަދަންވީ ކިހިނެއް ކަމެއް ނޭންގުނެވެ. އެގޮތުގައި ތިބެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ކުއްލިއަކަށް މޮޔައަކު ފަދައިން މިމްރާހު ދުއްވައިގަތީ ބޭރަށެވެ. ޝިފާންއަށް ލޯމަރާލަމުން ތިރިވެވުނެވެ. ޔާނީ އަދި މުލައިލް އެހުރިގޮތަށް ހުރީއެވެ. އެކަކުވެސް އެންމެ ތަންކޮޅެއްވެސް ގުޑާނުލިތަނެއް ނުފެނެއެވެ. މުލައިލްއަށް ހޭވެރިކަން ވީ މިމްރާހު ގުޅާފައި ސިފައިންގެއަށް އަންނަން ބުނުމުންނެވެ. މުލައިލްއަށް އަޑުވެސް ނީވޭފަދައެވެ. އެންމެ ފަހުން ހިތްވަރު ކޮށްލާފައި ޝިފާންގޮސް ފޯނުއަތުލުމަށްފަހު މިމްރާހު އާ ވަހަކަ ދެއްކިއެވެ. މިމްރާހުގެ އެދުމަށް އެމީހުން ނިކުތީ ސިފައިނގެއަށް ދިއުމަށެވެ. ނިކުތީއެއް ނޫނެވެ. ޝިފާން ނެރުނީއެވެ. އޭރު މިމްރާހުގެ ކާރު އެމީހުން ބަލާ އައިސް އޮތެވެ. ޝިފާން ޔާނީގޮވައިން ކާރަށް އެރުމާއެކު މުލައިލް އެކަނިމާއެކަނި ހިނގައިގަތެވެ. ކާރުނައްޓާލީ ޝީފާންގެ އެދުމުގެ މަތިންނެވެ. އޭނާއަށް މުލައިލް ނާރާނެކަން އިނގޭތީއެވެ. އޭރުވެސް ޔާނީ ޝިފާންގެ ކޮނޑުގައި ބޯއެޅިގޮތަށް އޮތެވެ. އެސްފިޔަވެސް ޖަހާލިހެނެއް ހިޔެއްނުވެއެވެ.

ޝިފާން ހުރީ ވަރަށް ހިތްވަރުކޮށްލައިންނެވެ. ދަރިންގެ ހައްގުގައެވެ. ނަމަވެސް އެތެރެއެތެރެއިން މީހާ ކުދިކުދިވަމުންދިޔައެވެ. މިމްރާހުގެ ޓިމުގެ މަސައްކަތާއެކު އެގުދަން ހޯދުނީ މެންދަމުން އަލިވެ ދޭއްޖަނިކޮށެވެ. އޭރުވެސް މުލައިލްގެ ހަބަރެއްނުވެއެވެ. ޔާނީގެ އަޅާލުމެއް އަޑެއްބަޑެއްވެސް ނީވެއެވެ. އެތަން ފެނުމާއެކު މިމްރާހުއާ އޭނާގެ ޓިމުގެ އިތުރުން ޝިފާން އަދި ޔާނީވެސް ދިޔައެވެ. ޔުސްރާގެ ހަށިގަނޑުވަނީ ބަލައިލަން ނުކެރޭވަރަށް އަނދާފައެވެ. އޭރުވެސް ކެމިކަލްގެ ވަސްހުރިއިރު ކޮންމެ މީހަކުވެސް ހުރީ މާސްކު އަޅައިގެނެވެ. ޝިފާން ހިންދާލައިގެން ހުރި ކަރުނަތައް އޭގެނ މަގާމު ދޫކޮށްފައިބައި ގަތެވެ. ޔުސްރާގެ ހަށިގަނޑު ހީވަނީ ހަންގަނޑު އަނދާ، މަސްތައް ވިރުވާލައިފައިހެނެވެ. ބަލާބެލުމަށް މީހަކު ބިރުން ހޭނެތޭހާވެއެވެ. ނަމަވެސް ޑޮކްޓަރެއްގެ ހައިސިއްޔަތުންނާ ޔުސްރާގެ ފިރިމީހާގެ ހައިސިއްޔަތުންވެސް އޭނާގެ ފަރުވާލެއްނެތެވެ.

ޔާނީއަށް އަނެއްފަރާތައް މޫނު އަނބުރާލެވުނީ އެމަންޒަރު ބަލަން ބޭނުން ނުވީތީއެވެ. މަޔަކު އެފަދަ ހާލެއްގައި ދުށުމަށް އެދޭނީ ކޮންދަރިއެއް ހެއްޔެވެ؟ ޔުސްރާގެ ހަށިގަނޑާ ފުދޭ ވަރަކަށް ދުރުގައި ހުރި ޔާނީއަށް ޔުސްރާގެ ފަށް ބިންމަތިން ފެނުމާއެކު އެފަށް ނަގާ ޖީބަށްލިއެވެ. “ބޮޑީ ގެންދޭ..މިތަނުން ހޯދުނު އެއްޗެއް ހޯދާތި. ވީ ނީޑްޓު ފައިންޑް އެ މީހާ..”މިމްރާހުގެ އަޑުގައިވީ ހަރުކަށިކަމެވެ. އެމީހަކަށް މިހާރު އޭނާވެސް އިނގޭއިރު އެތައް ޒަމާނަކަށްފަހު އެފަދަ މަރެއް އަނެއްކާވެސް ފެނުނީއެވެ. ތިހާމް ރުޅި އަންނާނެވަރު މިމްރާހުއަށް އަންދާޒާކޮށްލެވުނެވެ. ރުޅިއަށްވުރެ ބޮޑަށް ތިހާމް ދެރަވާނެކަން ވެސް މިމްރާހު ދަނެއެވެ.

ޔުސްރާގެ ހަށިގަނޑު ވަޅުލާން ހަމަޖެހިފައިވާ ވަގުތު ޖެހުނު އިރުވެސް މުލައިލްގެ ހަބަރެއް ނުވިއެވެ. “މިމްރާހް..މަގޭ މުލައިލް..” ފަތިސްވާން ގާތްވެފައިވަނިކޮށް ޝިފާންއަށް ބުނެލެވުނެވެ. އޭރު އޭނާ ގެ ދެލޯ ހީވަނީ ރަތްކަމުން އަލިފާންކޮޅެއްހެނެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ދެލޮލުގައި އަދިވެސް ތާޒާ ކަރުނަ ވިދަމުންދިޔައިރު ބޯ ވަނީހާވާލެވިފައެވެ. އޭނާގެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައެވެ. މިމްރާހުވެސް އަވަސްވެގަތީ މުލައިލް ހޯދުމަށެވެ. މާލޭގެ ހުރިހާ ބޮޑެތި މަގުތަކު ދުއްވިއިރުވެސް މުލައިލް އެއް ނުފެނުނެވެ. އެންމެފަހުން ބޭރުމަގުތަކުން ދުއްވަނިކޮށް މުލައިލް ރަސްފަންނުގައި އިންދާފެނުނެވެ. މުލައިލް އިނީ ބިންމަތީގައެވެ. އެއްވެސް ހރަކާތެއް ނެތް އިރު އަދިވެސް އޭނާ ހަމަޔަކަށް ނޭޅޭކަން މިމްރާހު ދެނެގަތެވެ.

“މުލައިލް..ދެން ތެދުވޭ…ތިހެން އިނދެކެން ކާކު ޔާނީއާ ޝިފާންބެ ބަލާނީ..މީ މުލައިލް ހިތްވަރު ކުރަންވީ ވަގުތު. ޔުސްރާއާ ޝިފާން މުލައިލްއަށް އެހީވިފަދައިން މުލައިލް އެ އާއިލާއަށް އެހީވާން ވީ ވަގުތު. މުލައިލް ތީ އެމީހުންގެ ހުރިހާވެސް މީހަކީ މިވަގުތު. މުލައިލް…އެދުވަހު އެމީހަކު ލިފްޓަށް އެހެން ހެދީ ފުރާނަޔަށް ގެއްލުން ވާނެކަން އެނގިހުރެ. ކޭކަށް ޒަހަރު ލީވެސް ތިމީހުންގެ ވަސް ފުހެލަން. މިހާހިސާބަށް އައިސް ތިހެން ނުހަދާ…ލާނީ ދައްތަމެން ނާ އަދި ކުރިމަތި ވީ މިއަށްވުރެ މާ އުނދަގޫ ހިތާމަވެރި ކަންކަމާ. އެމީހުންވެސް ހިތްވަރު ކުރި..މުލައިލްވެސް ކުރަން ވާނެ.އަހަންނަށް ޔަގީން ޔުސްދައްތަ އެންމެ ފަހު ވަގުތުވެސް އެދޭނީ ތިމީހުންނަށް މިކަމުން ކާމިޔާބު ލިބުމަށްކަމަށް. ގޯ ހެލްޕް ޔާނީ. އެ މަންޒަރު ފެނުން ފަހުން އެފަކީރުގެ ހަށިގަނޑުގައި ހަރަކާތެއް ނެތް..ޝިފާންބެގެ ލޮލުން ކަރުނަ ނުހިކޭ..މުލައިލް..ލާނީ ދައްތަ ޕްރައުޑްކޮށްލާ…އެދުވަހު ޔުސްދައްތަ ލާނީދައްތަ އަތުގަ ހިފިފަދައިން މުލައިލް ޔާނީގެ އަތުގައި ހިފާ..”

މިމްރާހުގެ ނަސޭހަތްތެރި އަދި އޯގާވެރި ބަސްތަކުން މުލައިލްއަށް އަސަރު ކުރީކަން ނޭންގެއެވެ. މަޑުމަޑުން މުލައިލް ތެދުވެލިއެވެ. އަދި ކުއްލިޔަކަށް ދުއްވައިގަތެވެ.”ގަލޮޅު މޯޗަރީ” މިމްރާހު ގޮވާލިއެވެ. އަދި ސައިކަލަށް އެރުމަށްފަހު މުލައިލްގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުންދިޔައިރު މުލައިލގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ މިމްރާހުގެ ބަސްތަކެވެ. އަލާނިޔާމެންނަށް ހަގީގަތުގައި ވީ ކީއްހެޔެވެ؟ އެމީހުން ކުރިމަތިލީ ކޮންކަންކަމަކާހެއްޔެވެ؟ އެމީހުންވެސް އެކަކު އަނެކަކަށް އަޅާލި ހެއްޔެވެ؟ މިސުވާލުތައްވީ މުލައިލްގެ ބޮލުގައެވެ. ނަމަވެސް ޖަވާބު ހޯދާނެ ތަނެއް ހިތަކަށް ނައެވެ. މާފަންނުން ދުވެފައި އައުމާއެކު މުލައިލްގެ ހަށިގަނޑުވަނީ ވަރުބަލިވެފައެވެ. ނަމަވެސް ހިތްވަރުކޮށްލަމުން ޔުސްރާ ބާއްވާފައިވާ ތަނަށް ވަދެ ގޮނޑިއެއްގައި ހަރަކާތެއްނެތި އިށީންދެގެންއިން ޔާނީއާ ދިމާއަށް މިސްރާބުޖެހިއެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެހިތުގެތެޅުން ބާރުވަމުން މީހާ ހާސްވަމުން ދިޔައިރު މުލައިލްގެ ވައުދު އުވާލެވި، ޔާނީ ހިމާޔަތް ނުކުރެވުނީތީ އަމިއްލަ ނަފްސު އެކަމަށް މަލާމާތް ކުރަމުން ދިޔައެވެ.

އެންމެފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މުލައިލްގޮސް ޔާނީގެ އަތުގައިހިފާ ކޮޅަށް ނެގިއެވެ. އަދި ބާރަށް އެހަށިގަނޑުގައި ބައްދާލިއެވެ. “ޔާނީ..ރޮއެ. އިޓްސް އޯކޭޓު ކްރައި. ޔާނީ…އަހަންނާއެކުގައި މިހިތާމަތައް ތަހައްމަލު ކުރޭ…ހެޔޮނުވާނެ…ކްރއި ވިތް މީ…”

ނުނިމޭ..

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހިތާ ފުރާނައިން… (57)

Next

ވަންހަނާ (ސަތާރަވަނަބައި)

Next
March 2, 2018

ވަންހަނާ (ސަތާރަވަނަބައި)

Previews
March 1, 2018

ހިތާ ފުރާނައިން… (57)

13 Comments!

  1. imagination ?? says:
    March 1, 2018 at 10:39 pm

    kury part kuruvima i wrote extra twoo huundred letters. mi bai kihineh vani guyss???do u think they will find the truth of yaanilaa.. what do u think about mimraah tho. hehe.. love you all. nyts <3 <3 <3

  2. Mai says:
    March 1, 2018 at 10:43 pm

    Yey me first love it and love you so much???

  3. Shirufa jamaal says:
    March 1, 2018 at 10:58 pm

    V reethi mivaaahaka

  4. reader says:
    March 2, 2018 at 12:33 am

    Wellll this is great ekam avahah up kohdhyba?

  5. Unique says:
    March 2, 2018 at 6:50 am

    Varahvx reethi….. Luv it

  6. Beauty?? says:
    March 2, 2018 at 7:58 am

    Haha shirufa jamaal konkahala name ea

  7. Min says:
    March 2, 2018 at 8:31 am

    Hi imajination mi part ves Vvvvvvvvvvvvvvvv reethi ly ???❤?????????

  8. Queen says:
    March 2, 2018 at 9:49 am

    ??? noooo

  9. Leo3910 says:
    March 2, 2018 at 8:30 pm

    Luv this story a lot and a lot???

    1. Leo3910 says:
      March 2, 2018 at 8:31 pm

      But yus is dead……sooooooooo sad.?????

  10. Pinky shifoo says:
    March 2, 2018 at 9:22 pm

    Wow ❤️❤️❤️…. V v sad ?????… Yus maruveema v v v dheravehje ????… I think they will find out the truth… Mimraah dhw… Aee ragalhu myheh kamaamedhu shahku… Curiously waiting for the next part

  11. thashah says:
    March 3, 2018 at 9:12 pm

    I have tears in my eyes… waiting for new ep….

  12. imagination ?? says:
    March 3, 2018 at 11:48 pm

    hey everyone…thanks a lot for aall the lovely comments.. love you all.. yus maruvima asluves varah dhera dhoo

Comments are closed.


All Right Reserved!