Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ސަތާރަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
March 2, 2018 8 Mins Read
28 Comments

އިލްހާމްގެ އަނގައިން ބޭރުވި ސުވާލުތައް އިވިފައި ނިހާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އިބްރާހީމްބެ ގާތުގައި ދެއްކުނު ވާހަކަތައް ހަނދާންވުމާއެކު ނިހާ އިތުރަށް ބިރުގަތެވެ. ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. ނިހާ އިސްއުފުލާލަމުން ނިކާލްގެ މޫނަށް ބަލާލިއެވެ. ނިކާލަށް ތަވީދުގެ ހަޤީޤަތް އެނގޭކަށް ނިހާ ބޭނުމެއްނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

އިބްރާހީމްބެ ޖަވާބެއް ނުދީ ނިހާއަށް ބަލާލިއެވެ. ނިހާ ވިސްނަން ހުއްޓައި، އިލްހާމް އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. އިބްރާހީމްބެ އިލްހާމްއަށް ނަޒަރު ބަދަލުކޮށްލަމުން ޖަވާބުދިނުމަށް އަނގަ ހުޅުވާލިއެވެ. ކުއްލިއަކަށް ނިހާ ވަރަށް ބާރަށް ރޮއެގަތެވެ. އިބްރާހީމްބެ ދެއަތުގައި ހިފައިގަނެ ދެކަކޫމައްޗަށް ތިރިވިއެވެ.

“..މަ ސަލާމަތްކޮށްދީ! އޭތި އެބައާދޭ!..” ނިހާ ރޮމުން ބުންޏެވެ.

ކުއްލިއަކަށް ނިހާއަށް އައި ބަދަލުން އިލްހާމްގެ ހިތް ޝައްކާއި ވަހުމުން ފުރާލިއެވެ. އޭނާއަށް ސިއްރު ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ނިހާކޮށްގެން އުޅޭކަން ޔަގީނާ ގާތަށް ކަށަވަރުވެގެން ދިޔައެވެ. ނިކާލް ނިހާގެ ދެ ކޮނޑުގައި ހިފައި ކޮޅަށް ނެގޭތޯ މަސައްކަތްކުރިއެވެ. އިބްރާހީމްބެވެސް ނިހާއަށް ނަސޭޙަތްދީ އެހީވާން އުޅުނެވެ. އިލްހާމް ފައި ވިއްދާފައި ހުރީ އޭނާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދާށެވެ.

“..ކޮން ތަވީދެއް ހޭ؟..” އިލްހާމް މިފަހަރު އެހީ އިހަށް ވުރެން ބާރަށެވެ.

އިލްހާމްގެ އަޑާއެކު ނިހާގެ ރުއިމުގެ އަޑުފަށްގަނޑު ގަދަ ވެގެންދިޔައެވެ. އިބްރާހީމްބެ ގައިގާ އޮޅުލައިގަނެ، ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރަން ފެށިއެވެ. ނިހާ އުޅެމުންދިޔަ ގޮތުން އިލްހާމް ކުރަމުން ދިޔަ ސުވާލުގެ ޖަވާބު އިބްރާހީމްބެއަށް ދެވޭ ވަރެއް ނުވިއެވެ. ނިހާ މަސައްކަތްކުރަމުން އެދަނީ ތަވީދުގެ ހަޤީޤަތް ސިއްރުކުރަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެކަން ސިއްރުކުރުމުގެ ވިސްނުމެއް އިބްރާހީމްބެގެ ނެތެވެ. އެ ސިއްރު ބޭޒާރުކޮށްގެން އޭނާއަށް ވާނެ ގެއްލުމެއް ނެތެވެ.

“..ޖަވާބުދީބަލަ!..” އިލްހާމް ތަންކޮޅެއް ބާރަށް އެހިއެވެ “..ކޮން ތަވީދެއްތަ؟ ކަލޭމެން ދެމީހުން ކުރިންވެސް ބައްދަލުވިތަ؟..”

“..ބައްޕާ.. ތި ހަމައެހާ މުހިންމު ސުވާލެއްތަ؟..” ނިކާލަށް މަޑަކުން ނުހުރެވުނެވެ. ނިހާ ގެ ހާލަށް ހަމްދަރުދީވުމުގެ ބަދަލުގައި ބައްޕަ އެއުޅެނީ ނިހާ ދައްކާ “މޮޔަ” ވާހަކަތައް ތަޙްޤީޤުކުރާށެވެ. މިވަގުތު އެސުވާލުތަކަށްވުރެ މުހިންމީ ނިހާއަށް އެހީވުން ނޫން ހެއްޔެވެ؟

“..ނިކާލް މަޑުން ހުރޭ!..” އިލްހާމް ބުންޏެވެ. “..ނިހާ ތަވީދެއްގެ ވާހަކަ ދައްކައިފި! އެކަމުގެ ހަޤީޤަތް އެނގެން އެބަ ޖެހޭ!..”

“..ނިހާ ދެއްކީ ހަމައެކަނި ތަވީދެއްގެ ވާހަކައެއް ނޫން!..” ނިކާލް ހިތްހަމަ ނުޖެހުނެވެ. “..ނަޒީލްގެ ބޮލުގައި ތުހުމަތެއްވެސް އެޅުވި! ފައިރޫޒްއާ ނީނދެފިއްޔާ ސަފީނާއްތައަށް ހެދިގޮތް ހަދާނަމޭ ބައްޕަ ބުންޏޭވެސް އޭނަ ކިޔެއްނު! އެކަމުގެ ހަޤީޤަތް އެނގޭކަށް ބޭނުމެއްނޫންތަ؟.. މަށެއްވެސް ތި ކަންތައްތަކުގެ ހަގީގަތް ހޯދާކަށް ސުޥާލެއް ނުކުރަމެންނު؟..”

އިލްހާމްގެ އަނގަ ވަގުތުން ބަންދުވިއެވެ. ނިކާލް ވިސްނަދޭން އެ މަސައްކަތްކުރި އެއްޗެއް އިލްހާމްއަށް ވިސްނުނެވެ. ނިކާލް ބުނެދޭން ބޭނުންވީ ނިހާ ކުރިން “މޮޔަ” ގޮވި ގޮތަށް މިހާރުވެސް ނިހާ އެ ގޮވަނީ “މޮޔަ” ވާހަކަތަކެއް ކަމުގައެވެ.

“..ޖިންނި ޝައިޠާނުންނަކީ ވަރަށް ދޮގު ހަދާބަޔެއް! އާއިލާ ތެރޭ މަޞްލަޙަތު ނަގާލަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ..” އެ ތަވީދުގެ ހަޤީޤަތް ސިއްރުކުރުން އެއީ އެވަގުތު އެންމެ ބުއްދިވެރިގޮތް ކަމަށް ނިންމާ އިބްރާހިމްބެ ވާހަކަ ދެއްކީ އޭނާ އަށް ވިސްނުނު އެންމެ މޮޅު ގޮތަށެވެ.

“..އެއީ ތެދެއް!..” ކައިރީ ހުރި ޞައްތާރު އިބްރާހީމްބެއާ އެއްބައިވެލިއެވެ.

“..އެއީ ތެދެއްކަން ބައްޕަ ވިސްނާލިޔަސް އެނގޭނެ..” ޞައްތާރުގެ ފަހަތުން ނިކާލް ބުންޏެވެ.

ޞައްތާރުއާއި ނިކާލްގެ ވިސްނުން ހުރީ އެއްގޮތަކަށް ނަމަވެސް އިލްހާމްގެ ހިޔާލާ ވިސްނުން އެއާ މުޅިން ތަފާތެވެ. ނިހާއާއި އިބްރާހީމްބެ ކުރިން ބައްދަލުވެ ކަންތައްގަނޑެއް ހިނގާފައިވާކަން އޭނާއަށް ޝައްކެއްނެތް މިންވަރަށް ޔަގީންވެއެވެ. ނަމަވެސް އެދަނޑިވަޅު މަޞްލަޙަތަށްޓަކާ ހިމޭނުން ހުރުމަށް ނިންމާ، ނިހާއަށް އެހީތެރިވުމަށް އިލްހާމް އެނބުރިލިއެވެ.

ނިހާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނިހާއަށް ނުވިސްނުނީ އެ ހަމަޖެހުމަކީ ކުޑަ ހިނދުކޮޅެއްގެ ކަމެއް ކަމެވެ. އެ ހަޤީޤަތް އޭނާ ކިތަންމެ ފޮރުވަން ބޭނުމަސް އެކަން އަބަދަށް ސިއްރުވެފައި ނޯންނާނެ ކަމެވެ. އިބްރީސް ނިހާގެ ފަހަތުން އަޅުވާލި ސަބަބު އެނގި ނިމޭއިރު އޭނާ ބޭޒާރުވެ ފަޞީހަތްވާނެކަމެވެ.

*********

ފައިރޫޒް މަސައްކަތް މަޑު ޖައްސާލުމަށްފަހު ބޭރަށް ނުކުތެވެ. ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައި ހުރި ޖޯއްޔެއްގައި ޖައްސާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން އޭނާއަށް ނިހާއަށް ދޭންޖެހޭ ވަރަށް ސަމާލުކަން ވަނީ ނުދެވިފައެވެ. ބައްޕަގެ އެދުމަށް ކުރާ ކައިވެންޏެއް ނަމަވެސް ސުކޫލު ދައުރުންސުރެ ފައިރޫޒްއަށް ނިހާ ކަމުދެއެވެ. ނިހާއަށް ބަލަމުން އައީ ހާއްސަ ނަޒަރަކުންނެވެ. ކައިވެންޏަށް އާނ ބަސް ބުނިއިރު މާ ވަރުގަދަ ލޯތްބެއް ފައިރޫޒްގެ ހިތުގައި ނެތް ކަމުގައި ވިޔަސް އެހިތުގައި މިހާރު ލޯބީގެ ކުރިއެއް ފަޅައި ރޯވާން ފަށާފިއެވެ. އެ ކުރިޔަށް ފެންދީ ފޯއްދުމަށް ދޭންޖެހޭ އަޅާލުމާއި ލޯބި ނުދެވޭނަމަ ގުރުޑުވެ މަރުވެގެން ހިނގައިދާނެއެވެ. އެކަން އެގޮތަށް ވިޔަނުދީ ހުއްޓުވޭނީ މަސައްކަތުން އެކަހެރިވެ ނިހާއާއެކު ގިނަ ވަގުތު ހޭދަކޮށްގެންނެވެ.

މިހާރުވެސް ބައްޕައާއި އިލްހާމްބެ ބާރު އެ އަޅަނީ ކައިވެނި އަވަސްކުރާށެވެ. ހެކިވެރިން ގޮވައިގެން މާދަމާ ނިހާ ކައިރިޔަށް ދިޔުމަށްވެސް ބައްޕަ ވަނީ އެދިފައެވެ. ނަމަވެސް ނިހާގެ ހިޔާލު ހޯދުމެއްނެތި އެވަރުގެ ބޮޑު ނިންމުމެއް ނިންމާކަށް ފައިރޫޒު ބޭނުމެއްނޫނެވެ. ވަގުތު ތަން ނުދިނުމުގެ ސަބަބުން ނިހާއާ އެ ވާހަކަތަށް ހިއްސާ ކުރެވޭގޮތް ވަނީ ނުވެފައެވެ.

ނިހާގެ ހިތުގައި ގިނަ ޝަކުވާތަކެއް އޮންނާނޭ ފައިރޫޒްގެ ހިތަށް އެރިއެވެ. ފައިރޫޒް އޭނާގެ ޖީބުގައި އޮތް ފޯނުނަގައި މެސެޖެއް ލިޔެލިއެވެ. 09 ގެ ފަހުން ގެޔަށް ދާނެކަމަށާއި ވަގުތު ނުދެވޭތީ ދެރަވާކަމަށާއި ވަރަށް ހަނދާންވާކަމަށް މެސެޖުގައި ލިޔުނެވެ. އަދި މަޢާފަށް އެދޭކަމަށް ލިޔެ މެސެޖު ފޮނުވައިލިއެވެ. ނިހާގެ ޖަވާބެއްގެ އިންތިޒާރުގައި ފައިރޫޒް އޮތެވެ. އޭނާ ފޯނުގެ ސްކްރީންނަށް ބަލަހައްޓައިގެން އޮތްއިރު ތުންފަތްމަތީ ލުއި ހިނިތުންވުމެއް ހުއްޓެވެ. މެސެޖު “ޑެލިވަރ” ނުވުމުން ނިހާ ފޯނަށް ގުޅައިލިއިރު ފޯނު އޮތީ ނިއްވާލައިފައެވެ. ނިހާގެ ހާލު ބެލުމަށް އިލްހާމްބެއަށް ގުޅައިލަން އުޅެނިކޮށް އެތަނަށް ޖަނާން އަޔެވެ.

“..ސަރ! ވާހަކައެއް އަޑުއަހައިފިން!..” ޖަނާން އައިސް ޖޯލީގައި އިށީނެވެ.

“..ކޮންވާހަކަ އެއް؟.” ފައިރޫޒް އިލްހާމްގެ ނަންބަރަށް ގުޅާލަމުން އެހިއެވެ.

“..ނިހާ ޖިންނި މޮޔަވީއޯ!..”

ޖަނާންގެ ޖަވާބު އިވިފައި ފައިރޫޒްގެ އަނގައިން އަޑެއް ލައްވާލަމުން ޖަނާންއަށް ބަލާލީ ފޯނު ކަންފަތުގައި ޖަހައިގެން އިނދެއެވެ.

“..ތީ ކާކު ދެއްކި ވާހަކައެއް؟.” ފައިރޫޒް ހައިރާންވެފައި އިނދެ އެހިއެވެ.

“..ދެންމެ ގެޔަށް ދިޔަތަނާ ގޭތެރޭގަ ކީ އެއްޗެއް!..” ޖަނާން ބުންޏެވެ. “..މިހާރު ފަންޑިތަ ހަދަން އިބްރާހީމްބެވެސް ގެންގޮސްފިޔޯ.. އަދި ދެންމެ އަންނަނިކޮށް މީހަކު ބުނި އަސްލު އެގޭގަ އުޅުނީ ނިހާއެއްވެސް ނޫނޯ.. ޖިންނި އެކޯ އުޅުނީ! އޭނަ ބަލަން ހުއްޓަޔޯ ނިހާ ސިފައިގަހުރި އެތި ދުމަށްވެ ގެއްލުނީވެސް!..”

ޖަނާންގެ ވާހަކަތައް އިވިފައި ފައިރޫޒް ގާތަށް އައީ ހިންޏެވެ. ހަމަ އެވަގުތު އިލްހާމް ފޯނުވެސް ނަގައިފިއެވެ. ފައިރޫޒަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިލްހާމް އަވަސްއަވަހަށް ބުނެލި ވާހަކައަކުން ފައިރޫޒް މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުއްލިއަކަށް ޖޯލިން ތެދުވަމުން އޭނާގެ ފޯނުކޮށްޕާލީ ޖީބަށެވެ.

“..ޖަނާން! ވަރަށް މުހިންމު ކަމަކު ގެޔަށް ދާންޖެހިއްޖެ! މިކޮޅުގައި މަޑުކޮށްލަ ދެއްޗޭ..” ފައިރޫޒް އަވަސް އަވަހަށް ބުނެލުމަށްފަހު ޖަނާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސައިކަލަށް އަރައިގެން ނައްޓާލިއެވެ.

****************

ނިހާގެ އަތުގައި ހިފަހައްޓައިލައިގެން ނިކާލް ހުއްޓެވެ. ސައްތާރުއާއި ނަޒީލް އުޅުނީ ފަންޑިތަ ހެދުމަށް ބޭނުންވާ ޖާގަ ހަދާށެވެ. ސިޓިންގ ރޫމުގައި ހުރި ބޮޑު ސޯފާ ސެޓާއި ބިއްލޫރި މޭޒު އެއްފަރާތަކަށް ޖައްސާލުމުން އިބްރާހީމްބެ ބޭނުންވާ ވަރުގެ ޖާގައެއް ލިބުނެވެ. ފަންޑިތަހަދަން ފެށުމުގެ ކުރިން އިބްރީސްއާ ބެހޭ ގޮތުން އިލްހާމްއަށް އެނގޭ މަޢުލޫމާތުތައް އިބްރާހީމްބެ އޮޅުން ފިލުވިއެވެ. ލަމްޙާއަށް ކުރިމަތިވި ކަންތައްތައް އިލްހާމް ކިޔާދިނެވެ. ލަމްހާ ސަލާމަތްކުރުމަށް ސަބްރީނާ ކުރި މަސައްކަތުން އެ ޖިންނިއަކީ ވަރަށް ކުރިންސުރެ އެއާއިލާއާ ގުޅުން އޮންނަ އެއްޗެއްކަން އެނގުނުކަމަށް ބުންޏެވެ.

“ލަމްހާގެ މަރަށްފަހު އިބްރީސްގެ އުނދަގުލެއް ނުވޭތަ؟..” އިބްރާހީމްބެ އެހިއެވެ.

“..އޭގެ ފަހުން އޭގެ އުނދަގޫ ޖެހުނީ މަންމައަށް!.. މަންމައަށް ވަރަށް ދުއްތުރާކޮށް އަނިޔާވެސް ދިން! މަންމަގެ އެއް ލޮލުގެ ދުވަސްވެސް ދުއްވާލި! އެންމެފަހުން މަންމައަށް ކެތް ނުވެގެން މިރަށު އެހެން ސިހުރުވެރިޔަކާ ދެމީހުންވެގެން އިބްރީސްއަށް ހެދިގޮތެއް ހެދީ! އެ ފަހުން އިބްރީސްގެ އުނދަގުލެއް ނުފޯރާތާ ތިރީހަށްވުރެން ގިނަ އަހަރު ވެދާނެ! މަންމަ ނިޔާވުމުގެ ކުރިން އިބްރީސްގެ އުނދަގޫ ޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފަ އޮތީ! އެކަހަލަ ކަމެއް ވެއްޖެނަމަ މިގެއިން ނުކުމެގެން ދިޔުމަށްވެސް މަންމަ ނަސޭޙަތްތެރިވި!..”

އިލްހާމްއަށް އެނގިފައިވާ މިންވަރަކަށް މައުލޫމާތު ހިއްސާކުރުމުން އިބްރާހީމްބެ އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. އެޔަށްފަހު ސިޓިންގ ރޫމްގެ މެދަށް އިޝާރާތްކޮށްލަމުން ނިހާ އެތަނުގައި އޮށޯތުމަށް ބުންޏެވެ.

ނިހާއަށް ޖެހިލުންވެފައި ހުރެ ބަލާލެވުނީ ނިކާލްގެ މޫނަށެވެ. ނިކާލް ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯޖަހައިލިއެވެ. އަދި ނިހާގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. ނިހާއާއެކު ނިކާލް ވާކަމަށް އިޝާރާތުން ދިން ހިތްވަރުން ނިހާއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނިކާލްއާއެކު ގޮސް އިބްރާހީމްބެ ބުނި ހިސާބުގައި އުއްޑުން އޮށޯވެލިއެވެ. ސިޓިންގ ރޫމްގެ މެދުގައިވާ ބޮޑު ޗާންދެލިޔާ ހުރީ ނިހާގެ މޫނާ ދިމާއަށް ވާގޮތަށް މަތީގައެވެ. ނިހާ ބިރުން އޮވެ އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކިވަކިން ބެލިއެވެ. އިލްހާމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނަސް ދެންތިބި މީހުން ތިބީ ކަންބޮޑުވެފައެވެ.

“..ނިހާގެ ހަތަރެސް ފަޔާ ދިމާލުގައި ހަތަރު މީހުން އިށީނދޭ..” އިބްރާހީމްބެ ދަބަސް ހުޅުވާލަމުން ބުނެލިއެވެ.

ސައްތާރުއާއި އިލްހާމް ނިހާގެ ފައިކޮޅުގައި އިށީނެވެ. ނަޒީލްއާއި ނިކާލް ބޯކޮޅުގައި އިށީނދެ ހަމަޖެހިލިއެވެ. ނިހާގެ އަތުގައި ހިފަހައްޓައިލަމުން ނިކާލް އިބްރާހީމްބެއަށް ބަލާލިއެވެ. އިބްރާހީމްބެ ދަބަހުން ފުޅިއެއް ނެގިއެވެ. އޭގައި ހުރީ ކަޅުކުލައިގެ ކުނޑިތަކެކެވެ. ފުޅީގައި ހުރި ކުނޑިތައް ބޭނުންކޮށްގެން އެމީހުންގެ ވަށައިގެން ބޮޑު ބުރެއް އަޅަން ފެށިއެވެ. އިބްރާހީމްބެ ތުންތަޅުވަމުން އެއްޗެހިތަކެއް ކިޔަމުން ގޮސް ބުރު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. އޭރު ބުރު ފުރިހަމަވާން ބާކީ ހުރީ އިންޗިއެއްހާ ތަނެވެ.

“..މަ ބުނީމަ ނޫނީ އެކަކުވެސް ބުރު ތެރެއިން ނުކުމެގެން ނުވާނެ!..” އިބްރާހީމްބެ އިންޒާރު ދިނެވެ. “..ކަލޭމެން ޖެހޭނީ ނިހާ މިބުރު ތެރެއިން ބޭރަށް ނުކުތަނުދީ ހިފަހައްޓަން!..”

“..އަހަރުމެންނަށް ވާނެތަ؟ އިތުރު ބަޔަކު ގެންނަންވީނު.!.” ނިކާލަށް އިބްރީސްގެ ބާރު އިޙްސާސްކުރެވިފައިވާތީ ކަންބޮޑުވުން ފާޅުކޮށްލެވުނެވެ.

އިތުރު ބަޔަކު ބޭނުމެއްނުވާނެކަމަށާއި ހަތަރު މީހުން އެކަމަށް އެކަށޭނެކަމަށް ބުނެ އިބްރާހީމްބެ ޖަވާބު ދިނެވެ. ބުރު ފުރިހަމަނުވެ ހުރި ހިސާބުގައި ފުޅި ބަހައްޓާލުމަށްފަހު އިބްރާހީމްބެ ދެފައި ވަށްކޮށްލައިފައި އިށީނެވެ.

“..ނިހާއަށް ފެންނަ މަންޒަރުތައް ކިޔާދޭތި! އެހެން މީހުންނަށް ނުފެނުނަސް ނިހާއަށް އިބްރީސް ފެންނާނެ! މިހާރު އިބްރީސް ހުރިތަނަކާއި ކުރާކަމެއްވެސް ބުނެދޭތި! ހަށިގަނޑު ތެރޭގައި ފިލާ އޮތަސް ނޫނީ އެހެންތަނެއްގައި ފިލާ އޮތަސް ނިހާއަށް ފެންނާނެ!..”

އިބްރާހީމްބެގެ ވާހަކަ އިވިފައި ނިހާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އަނެއްކާވެސް އެބިރުވެރި އެއްޗާކުރިމަތިލާން ޖެހޭތީ އިންތިހާއަށް ބިރުގަތެވެ. ނިހާ ތުރުތުރު އަޅަންފެށިއެވެ. އެކަމުން ސަލާމަތްވެވޭނީ ހިތްވަރުކޮށްގެން ކަމުގައި ނިކާލް ނިހާ ގާތު ބުނެލިއެވެ. ނިހާ މަޑުމަޑުން ބޯ ޖަހައިލަމުން ހިންދިރުވާލިއެވެ.

ނިހާ ހަމަޖެހިލުމަށް މަސައްކަތްކުރަމުން ދެލޯ މަރާލިއެވެ. އިބްރާހީމްބެ ކުރިމަތީގައި ފެންފުޅިއެއް ބަހައްޓައިގެން އިނދެ ސިއްރުން ކިޔަވަން ފެށިއެވެ. ފަސްވަރަކަށް މިނެޓު ކިޔެވުމަށްފަހު އަތްގޮށްޓެއްގެ ފެން ނިހާގެ ގަޔަށް ބުރުވާލިއެވެ. ނިހާއަށް އެއްވެސް ގޮތެއް ނުވެއެވެ. އިބްރާހީމްބެގެ ކިޔެވެލި ކުރިޔަށް ގެންދިޔައެވެ. ކޮންމެ ފަސް މިނެޓަކުން ކަހަލަ ގޮތަކަށް ނިހާގެ ގަޔަށް ފެން ބުރުވަމުންނެވެ. މިމޭރުމުންގޮސް ތިންވަނަ އަތްގޮށިން ބުރުވާލި ފެނާއެކެ ނިހާ ތެޅިގަތެވެ. އެންމެންނަށް ލިބުނު ކުއްލިސިހުމަކާއެކު ނިހާގެ ހަތަރެސްފައިގައި ހިފަހައްޓައިލައިގެން ތިބި އެންމެންގެ އަތްތަކަށް ބާރުކޮށްލެވުނެވެ.

“..އެހެރީ! އެހެރީ!..” ކުއްލިއަކަށް ނިހާ ދެލޯ ހުޅުވައިލަމުން ބުންޏެވެ.

“..ކޮންތާކު؟ ފެންނަ އެއްޗެއް ނިކަން ބުނެބަލަ!..” ލަސްނުކޮށް އިބްރާހިމްބެ އަހާލިއެވެ.

“..އޭތި! ކަޅުކަޅު ކެހެރިން ފުރިފައިވާ އަނދިރިގަނޑެއް!” ނިހާ ދެލޯ މަރާލަމުން ވާހަކަ ދައްކަން ފެށިއިރު ތުންފަތުގައި ތުރުތުރުލުމެއް ހުއްޓެވެ. “..ބޯގަންވިލާ ގަސް ކައިރީގައި ވަރަށް ހިނި އައިސްފައި އެހެރީ! ތޫނު ދެދަތް ހުރީ ބޭރަށް! ރަތް ލޭގަނޑެއްހެން އޮތް ދުލެއްވެސް އިރުއިރުކޮޅަކާ އެބަ ނެރޭ!..”

“..އަހާބަލަ! ތިހިރީ ބިރުންތޯ! ބުނޭ އަންނާށޭ! ނޫނީ ގަދަކަމުން ގެންނަންވީތޯ އަހާބަލަ!..” އިބްރާހިމްބެ ކަން ކުރަންވީ ގޮތް ނިހާ އަށް ކިޔާދިނެވެ.

“..ނުދާނަމޯ! ހަދާ އެއްޗެއް ހަދާށޯ!..” ނިހާ އިރުގަނޑަކު ހިމޭނުން އޮތުމަށްފަހު ޖަވާބުދިނެވެ.

ނިހާގެ ހަށިގަނޑު ތެރޭގައި އިބްރީސް ނެތްކަން ޔަޤީންވުމުން އިބްރީސް ގެނައުމުގެ މަސައްކަތް އިބްރާހީމްބެ ފެށިއެވެ. އިބްރާހީމްބެ ދަބަހުން މަރު ތޭލަކާއި ތިން މޮހޮރުގެ އިތުރުން ފިލާކޮޅެއް ނެގިއެވެ. އޭނާ ތެދުވެގެން ގޮސް ގޭގެ މައިދޮރުގެ ކަންޏަށް އެއް މޮހޮރު ޖެހިއެވެ. ބޭރަށް ނުކުމެ، ދޮރުމަތީ ހުރި ފައިވާންތަކަށް ބަލާލުމަށްފަހު ނިހާގެ ފައިވާންހެން ހީވާ ފައިވާން ނަގައިގެން އިބްރާހީމްބެ އަޔެވެ. އެއީ ނިހާގެ ފައިވާންކަން ޔަޤީންކުރުމުގެ ގޮތުން ސުވާލުކުރުމުން އެންމެ ކުރިން އާނއެކޭ ބުނީ ނިކާލެވެ. އިބްރާހީމްބެ އައިސް ކުރިން އިންތަނުގައި އިށީނެވެ. ދެކިބަ އެއްކޮށް ފިލާކޮޅު މަތީ ބޭއްވުމަށްފަހު މޮހޮރެއް ނަގާ ފައިވާނު ދެކިބަ އެތެރެއަށް ވާގޮތަށް މަޑުމަޑުން ޖެހިއެވެ. ދެވަނަ މޮހޮރު ޖެހުމާއެކު ނިހާ ނިކަން ބާރަށް ހަޅޭލަވައިގަތެވެ. ކުރިޔެކޭ އެއްގޮތަށް ނިހާ ތެޅެންފެށުމާއެކު އެންމެންގެ މުއްތަކަށް ބާރުވެގެން ދިޔައެވެ.

“..ދެފިޔަ ގަނޑު ހުޅުވާލައިފި! އެއަންނަނީ! އެއަންނަނީ!..” ނިހާގެ އަޑުގައި ބިރުވެރިކަން އެކުލެވިފައިވެއެވެ. “..އުދުހި ގަނެއްޖެ! އެ އަންނަނީ ގެޔާ ދިމާއަށް! އެޔޮއް އަންނަނީ!..”

ކުއްލިއަކަށް ބާރު ވައި ރޯޅިއެއް ސިޓިންގ ރޫމު ތެރެއަށް ވަނެވެ. އެ ވައި ރޯޅިއާއެކު ސިޓިންގ ރޫމުގައި އެލުވައިފައި ހުރި ޗާންދަލިޔާ ދެކޮޅަށް ހެލިގަތެވެ. އޭގައި ހުރި ބިއްލޫރި ކޮޅުތައް ދަގަނޑު ޗޭނު ތަކުގައި ކޭތުނު އަޑު މުޅި ސިޓިންރޫމަށް ފެތުރިގެން ދިޔައެވެ. ނިހާގެ މެދު ހަށި ތަޅުމުން ލުހި އުފުލެން ފެށިއެވެ. ނިހާގެ ދެލޮލުގެ ކަޅުކަޅި ހުދުކުލައަށް ބަދަލުވިތަން ފެނިފައި ނިކާލްގެ މެޔަށް ފިނިވެލިއެވެ. ހަމައެވަގުތު ނިހާގެ ހަށިގަނޑު ސީދާވެ ބާރުގަނޑެއް އެރިއެވެ. ނިހާ ދެދަތްޕިލަ ފިއްތާ ބާރުކުރަމުން ތެދުވަން މަސައްކަތްކުރިއެވެ. ހިފަހައްޓައިގެން ތިބި މީހުންނަށް ނިހާ ހިފެހެއްޓެނީ ކިރި ކިރިޔާއެވެ.

“..ދޫކުރޭ! މަދާންވެއްޖޭ!..” ނިހާ ހަޅޭއްލަވަމުން ގެންދިޔައިރު އޭނާގެ ކަރުމަތީ ފުއްޕާފައި ހުރި ނާރުތަށް ހީވަނީ ފަޅަފަޅައިގެން ހިނގައިދާނެހެންނެވެ. އިބްރާހީމްބެ ކިޔެވެލި ހަލުވިކޮށް ބާރަށް ކިޔަމުން ގެންދިޔައެވެ. ނިހާގެ ހަށިގަނޑަށް އަރަމުންދިޔަ ބާރު ގަދަވެ ކުއްލިއަކަށް ބިރުވެރި ތޫލި އަޑަކުން ހަޅޭލަވަމުން ކޮޅަށް ޖެހުނެވެ. އިލްހާމްއާއި ޞައްތާރު ދިޔައީ ވިއްސައިގެންނެވެ. ނަޒީލްއާއި ނިކާލް ބިރުން ތިބި ނަމަވެސް ހަމަ އެވަގުތު ތެދުވެ ނިހާގެ ދެއަތުގައި ހިފެހެއްޓިއެވެ. އިލްހާމްއާއި ޞައްތާރުވެސް ތެދުވެ އެހީތެރިވިއެވެ. ނިހާ ދޫ ނެރެމުން ވައްތަރު ޖައްސަން ފެށިއެވެ.

“..އޭ މީނދަ މުސްކުޅި ހިމާރާ! ކަލެޔެއް ކަމަކު މަށަކާ ނުކުޅެވޭނެ!..” އިބްރާހިމްބެއާ ދިމާލަށް ކަރު އަނބުރާ އެލުވާލައިގެން ހުރެ ނިހާ ފެލިގަތެވެ. ކަރުކެހިލާފައި އިބްރާހީމްބެ މޫނަށްވާގޮތަށް އޮލަ ދަވަގަނޑެއް ހެން ހުރި ކުޅުގަނޑެއް ޖެހިއެވެ. އެޔަށްފަހު އަނގަމަތީ ވަށައިގެން ދޫ އުނގުޅާލައި ލާނެއް ވަރުގަދަ ހިނިގަނޑެއް ޖަހާލިއެވެ. އިބްރާހީމްބެ މޫނުމަތި ފޮހެލަމުން ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ނިހާ ބުރުން ނުކުންނަން މަސައްކަތްކޮށް އޭނާ ހިފަހައްޓައިގެން ތިބި އެންމެން ވަރު ބަލިކޮށްލިއެވެ. އިބްރާހީމްބެ ކިޔެވުން ހުއްޓާލިއެވެ.

“..އެންމެން ނުކުމޭ..” ބުރު ފުރިހަމަކޮށްލަމުން އިބްރާހީމްބެ ބުންޏެވެ.

އެންމެން ނިހާގެ ގައިން ދޫކޮށްލުމަށްފަހު ބުރުން ބޭރަށް ނުކުތްއިރު މާނޭވާ ލެވެއެވެ. ފައިރޫޒް އައިސް ގެޔަށް ވަނީ އެވަގުތުއެވެ. ނިހާ ވައްތަރު ޖައްސަމުން ހެމުންދިޔަތަން ފެނުމާއެކު ހާސްކަމާއި، ކަންބޮޑުވުމާއި، ހައިރާންކަމާއި، ބިރުވެރިކަން ފައިރޫޒްގެ ހަތަރު ފަރާތުން ވަށާލިއެވެ. އޭނާއަށް ނިހާއާ ދިމާއަށް ބާރަށް ހިނގައިގަނެވުނެވެ. ބުރާ ހަމަވިއިރަށް ފައިރޫޒް ހުއްޓުވުމަށްފަހު އެތެރެއަށް ނުވަނުމަށް ނިކާލް ބުނެލިއެވެ.

ބުރުން ބޭރަށް ނުކުންނަން ނިހާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ބުރާ ހަމަވާއިރަށް ނިހާގެ ހަށިގަނޑުން އެއަރާ ދިލައަށް ކެތްނުކުރެވި ހޭރިގަނެވެއެވެ. ފަހަތަށް ޖެހެން މަޖުބޫރުވެއެވެ.

“..ކަލެޔަށް ތިބުރުގެ ތެރެއަކުން ނުނުކުމެވޭނެ!..” އިބްރާހީމްބެ ފަޚުރުވެރިކަމާއެކު ބުނެލިއެވެ. “..ކަލޭގެ ބާރު ހިނގާނީ ތިތަނުގެ ތެރޭގަ އެކަނި! ދެން ކަލެޔަށް ހަމައެކަނި އޮންނާނެ ގޮތަކީ ސުލްޙާގައި ނިހާ ދޫކޮށްލުން ނުވަތަ މަގޭ އަތްދަށުވެ މަރުވުން..”

“..ކަލެޔަކަށް މަ އަންދައެއް ނުލެވޭނެ..” ނިހާ ބަރު އަޑަކުން ބުނެލިއެވެ.

އިބްރާހީމްބެގެ ކާމިޔާބީ ފެނިފައި އިލްހާމްހުރީ ނިކަން ހިތްހަމަޖެހިފައެވެ.

“..އޭނަ އަންދާލުމުގެ ކުރިން މިއާއިލާ ފަހަތުން އަޅުވާލައިގެން އުޅޭ ސަބަބު އޮޅުން ފިލުވާތި!..” އިލްހާމް ބުންޏެވެ. “..މަގޭ ކޮއްކޮ ރޮލާ ކާލައިގެން ހުރި ފުރޭތައެއް ތީ! އެވަރުން ނުވެގެން މަގޭ މަންމައަށްވެސް އެހާ އަނިޔާ ދިން..”

ނިހާ ހިނިގަނޑެއް ޖަހާލަމުން އިލްހާމްއަށް ބަލާލިއެވެ.

“..ކަލޭގެ ކޮއްކޮ ރޮލާ ކެއީ ކަލޭގެ އަމަޔޭ!..” ނިހާގެ އަޑުގައި ހުރީ މަލާމާތާއި ރުޅިވެރިކަމެވެ. “..މަށަކީ ކަލޭގެ އަމާ ސިހުރު ހަދަން ގެންގުޅުނު އިފުރީތެއް! އެކަމުގެ ބަދަލެއްގެ ގޮތުން ލަމްހާ މަށަށް ހިބައިން ދިނީ ކަލޭގެ އަމާ!.. އެސިއްރު ކަލެޔަށް އެނގިދާނެތީ ލަމްހާ މަރާލީވެސް ކަލޭގެ އަމާ! ލަމްހާ ދަންޖެހުނީކީ ނޫން! ދަންޖެއްސުވީ! ކަލެޔަށް ލިބިފައި ތިހުރީ ހަމަ ކަލޭގެ އަމާގެ ނުބައިކަން!..”

ނިހާގެ އަނގައިން ބޭރުވި ބަސްތައް އިވިފައި އިލްހާމްގެ އަނގަ ހުޅުވިގެން ދިޔައެވެ. ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާގެ މަންމައަކީ އެހައި ނުބައި މީހެއް ހެއްޔެވެ؟ ކޮއްކޮއަށް ކިތަންމެ ނަފުރަތު ކުރިނަމަވެސް މަންމަ އެފަދަ ކަމެއް ނުކުރާނެއެވެ. އުފަންދަރިޔަކު ދަންޖައްސުވާ މަރަށް ތެޅެމުންދާ މަންޒަރު ބެލުމަށް މައި ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟

“..ކަލޭ ދޮގު ހަދާނެ ކަމެއްނެތް..” އިލްހާމްއަށް ބުނެވުނެވެ. ޖަވާބުގައި ނިހާގެ އަނގައިން ބޭރުވެގެން ދިޔައީ ވަރުގަދަ ހިނިގަނޑެކެވެ.

ޖިންނި ޝައިޠާނުންގެ ރުހުން ހޯދުމަށް ސިހުރުވެރިން އެފަދަ ކަންތައްކުރާކަމަށް އިބްރާހީމްބެ ބުނެލިއެވެ. އިލްހާމްއަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. އިބްރީސްއަށް ހިބައިން ކޮއްކޮދީފައި ވާނަމަ ކޮއްކޮގެ މަރުގެ ފަހަތުގައިވެސް ވާނީ ހަމަ މަންމައެވެ. ކޮއްކޮ މަރަށް ތެޅިލާނެވަރު ހިތަށް އަރާފައި އިލްހާމްގެ ލޮލަށް ކަރުނަ ގިނަވާންފެށިއެވެ. އެއީ ކޮންފަދަ ނުލަފާ މަންމައެއް ހެއްޔެވެ؟

އިލްހާމްއަށް ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިބްރީސް އެ ހާމަކުރީ ކަމުގެ ހަޤީޤަތެވެ. މީހަކު ލައްވާ މަސައްކަތެއް ކުރުވައިފިނަމަ، އެމީހަކަށް އުޖޫރައެއް ދޭންޖެހޭ ބީދައިން ޖިންނީންގެ ފަރާތުން ސިހުރުވެރިންނަށް ލިބޭ އެހީތަކަށްވެސް ބަދަލު ދޭންޖެހެއެވެ. ސިހުރަށްވެސް އޭގެ އަގު އަދާ ކުރަންޖެހެއެވެ. ޖިންނި ޝައިޠާނުންގެ ހިތް ރުއްސުމަށް އެމީހުން ބުނާ ކަންތައްތައް ސިހުރުވެރިން ކޮށްދޭންޖެހެއެވެ. ވުޟޫނުކޮށް ނަމާދުކުރުމާއި، މާތް ﷲއަށް އަޅުކަންކުރުމުގެ ބަދަލުގައި ޖިންނީންނަށް އަޅުކަންކުރުމާއި، ޤިބުލައަށް ފުރަގަސްދީގެން ނަމާދުކުރުމާއި، އެކިއެކި ބޮޑެތި ފާހިޝް އަމަލުތައް ސިހުރުވެރިން ކުރަންޖެހެއެވެ. އެގޮތަށް އަމަލުކުރުމުން ސިހުރުވެރިންގެ އަމުރަށް ޖިންނީން ބޯލަބާލެއް އަވަސްވެއެވެ. އެބައިމީހުން ކިޔަމަން ކުރުމުގައި މިފަދަ އުކުޅުތަށް ބޭނުންކޮށް އުޅެއެވެ.

ސަބްރީނާއަކީ އެފަދަ ސިހުރުވެރިއެކެވެ. އިބްރީސްއަކީ ސަބްރީނާ ހަދާ ސިހުރުތަކުގައި މަދަދުވެރިއެއްގެ ގޮތުން ބޭނުންކުރަމުން އައި ޖިންނިއެވެ. އޭނާގެ ބާރުގެ ދަށުގައި އިބްރީސް ބެހެއްޓުމަށް އިބްރީސް ހިތްހަމަޖެހޭ ހުރިހާ ކަމެއް ސަބްރީނާ ކުރިއެވެ. އިބްރީސްގެ އެދުމަށް ލަމްޙާވެސް ހިބަކޮށްދިނެވެ. ލަމްޙާ ސަލާމަތްކުރުމަށް އިލްހާމް އުޅެން ފެށުމުން ސަބްރީނާ އެކަމާ ބިރުގަތެވެ. އެ ޙަޤީޤަތް އިލްހާމްއަށް ވަންހަނާކުރުމަށް ލަމްޙާ ކަރަށް މަޅި ލައްވާ ބާރުކޮށްލީވެސް ސަބްރީނާއެވެ. ލަމްޙާ މަރަށް ތެޅުނު މަންޒަރު ސަބްރީނާ ބަލަން ހުރީ މައި ކުލުނު ނެތް މަންމައެއް ފަދައިންނެވެ. ލަމްޙާގެ ވަކިވެދިޔުމާއެކު އިބްރީސްގެ ދުއްތުރާތައް ދެން ޖެހުނީ ސަބްރީނާއަށެވެ. ލަމްޙާ މި ދުނިޔެއާ ވަކިކޮށްލުމުގެ އަދަބެއްގެ ގޮތުން ސަބްރީނާގެ އެއް ލޯ އިބްރީސްއަށް ޤުރުބާންކުރަން ޖެހުނެވެ.

“..ކަލޭ މިހާރު ތިއުޅެނީ މިއާއިލާ ކިބައިން ބަދަލު ހިފަން އައިސްގެންތަ؟..” އިބްރާހީމްބެ ސުވާލުކުރިއެވެ.

(ނުނިމޭ)

އަށާރަވަނަބައިގެ ތެރެއިން:- ބުރަކަށީގައި ފިރުމަންފެށި އިރު ގުދަށް އޮވެގެން އިންޝާ އޯކާ ދަމަންފެށިއެވެ. ޞަފިއްޔާ އިންޝާ ތެދުކުރެވޭތޯ އުޅުނެވެ. ކުއްލިއަކަށް އިންޝާގެ އަނގައިން ހޯސްލާފައި ކަޅުކުލައިގެ ހޮޑުތަކެއް ފައިބައިގަތެއެވެ. ކުރިމަތީ ހުރި ދީޕިކާއަށް ފަހަތަށް ޖެހިލެވުނު ނަމަވެސް ބުރައިގެން އައި ހޮޑުތައް ހަރުވާޅަށް ބުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ލޯބިވަން….(ތޭރަވަނަބައި)

Next

ތަޤްދީރު (2)

Next
March 2, 2018

ތަޤްދީރު (2)

Previews
March 1, 2018

ލޯބިވަން….(ތޭރަވަނަބައި)

28 Comments!

  1. nishan says:
    March 2, 2018 at 4:10 am

    Hello all! Here is episode 17!!
    Unmeedhu kuran mibai ves kamudhaane kamah!! ?

    1. Beauty ? says:
      March 2, 2018 at 8:04 am

      Varah salhi mi prt vx

    2. nishan says:
      March 2, 2018 at 10:27 am

      Thank you beauty ?

    3. Beauty ? says:
      March 2, 2018 at 10:59 am

      Nishan sissy vaahaka liyaaleh molhu kamun eh vana dhey varu vey , u r one of my favourite writer ??

    4. nishan says:
      March 2, 2018 at 1:53 pm

      Once again thanks beauty ?
      And I am a boy!! ?

  2. Kokko says:
    March 2, 2018 at 4:16 am

    Wow..sunday ga up vaane dhw adhi

    1. Koko says:
      March 2, 2018 at 4:41 am

      Kaaku miulheny magey copy kohgen

    2. Kokko says:
      March 2, 2018 at 6:00 am

      Huh ulhey gotheh… mi name use kuraathaa kon dhuvaheh…furathama name rangalhah liyefa comment kobbala… koko o??

    3. nishan says:
      March 2, 2018 at 10:26 am

      Thanks you kokko ?
      In Shaa Allah Sunday ga next part!!

  3. Kokko says:
    March 2, 2018 at 4:17 am

    Me first…sunday ga nxt part dhw

  4. Nash♡ says:
    March 2, 2018 at 4:37 am

    Aww…i love it..masha allah?

    1. nishan says:
      March 2, 2018 at 10:27 am

      Thank you nash ?

  5. Aara says:
    March 2, 2018 at 8:13 am

    Alhey dhuvaalakah partey up koadhyba

    1. nishan says:
      March 2, 2018 at 10:29 am

      Hehe! Sorry Aara not possible 🙁

  6. bull shit?❤????✌ says:
    March 2, 2018 at 9:23 am

    Varah reethi ingey mi part ves. Hama speechless. Dhn inna part kiyaa hithun moya vefa mihury. Kn irakun up vaany?

    1. nishan says:
      March 2, 2018 at 10:29 am

      Thank you so much ?
      Next part Sunday ga in Shaa Allah!!

  7. fathoo says:
    March 2, 2018 at 10:57 am

    fathoo ge mummy ves kiyaa mivaahaka vara vara reethi mummy baynun vay nishan ge number libidhaane tha plzz

    1. nishan says:
      March 2, 2018 at 1:54 pm

      Heheh!! thanks fathoo and your mom ah Vs ?

  8. Luba says:
    March 2, 2018 at 12:20 pm

    Ma sha allah varah reethi mi part ves .. keep it up shan??

    1. nishan says:
      March 2, 2018 at 1:54 pm

      Thank you luba ?

  9. Beauty ? says:
    March 2, 2018 at 3:04 pm

    Ok beybe namun heevany girl eh hen viyya, sissy jahaafa msg kureema javaabu dheefa hure ehnu dhen neyge, anyway sorry nishan ??

    1. nishan says:
      March 2, 2018 at 8:41 pm

      It’s okay!!
      ?

  10. Ifaa says:
    March 2, 2018 at 7:51 pm

    V v kiyaahiyvaa vaahaka en mee v reethi genesdhey goiy ?

    1. nishan says:
      March 2, 2018 at 8:42 pm

      Thank you ifaa ?

  11. haner says:
    March 3, 2018 at 8:25 am

    next part tomorrow ga tha?
    can’t wait ?

    1. nishan says:
      March 3, 2018 at 5:12 pm

      Yeah 🙂 in shaa Allah

    2. riyaa says:
      March 10, 2018 at 5:49 pm

      vv reethi vaahaka eh

  12. riyaa says:
    March 10, 2018 at 5:48 pm

    vv reethi vaahaka eh

Comments are closed.

Next Episodeވަންހަނާ (އަށާރަވަނަބައި)←


All Right Reserved!