Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ކެތްކުރީމެވެ.

inan Level 210 Stories100 Comments100 Login
April 28, 2018 5 Mins Read
28 Comments

އަހަންނަކީ ޤުރުއާން ކިޔެވުމަށް ލޯބިކުރާ ކުއްޖަކީމެވެ. އެގޮތުން އަހަރެންގެ ބުރަ މަސައްކަތުން އެއްފަހަރެއްގައި ޤުރުއާން މުބާރާތުގަ ބައިވެރިވާން އަހަންނަށް ފުރުސަތު ލިބުނެވެ. އެއަށްފަހު މުބާރާތުން ރަންވަނައެއް ހޯދަން ގަދައަޅާ މަސައްކަތް ކުރީމެވެ. އަދި އެކަން ޙާސިލްވެސް ވި މެއެވެ. އަހަންނަށް މުބާރާތުން އެއްވަނަ ލިބުނެވެ. އަހަރެން ހީކުރީ އަހަރެންގެ މި ކާމިޔާބީއާއިމެދު އަހަރެންގެ އެކުވެރިން އަހަރެންގެ އުފަލުގައި ބައިވެރިވާނެކަމަށެވެ. އަހަންނަށްޓަކައި އެމީހުން އުފާކުރާނެ ކަމަށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ކަންތަށް ވީ އަހަރެން ދުވަހަކުވެސް އުންމީދު ނުކުރާ ކަހަލަ ގޮތަކަށެވެ. އަހަރެންގެ ހިތް ހަލާކުވާފަދަ ގޮތަކަށެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިން ކަމުގައި ބެލި ކުދިން އަހަންނާއި ދޭތެރޭ ހަސަދަ ވެރިވިއެވެ. އެގޮތަށް އެމީހުން ޢަމަލު ކުރީ ހަމައެކަނި އަހަންނަކަށްވެސް ނޫނެވެ. އަހަރެންގެ ގާތް އެކުވެރިޔާ އާކިފް އަށް ވެސް އެމީހުންގެ ހަސަދަވެރިކަމާއި ކުރިމަތިލާން ޖެހުނެވެ. އެއީ އަހަރެމެން ޤުރުއާން މުބާރާތުން މަތީ ވަނަތަކެއް ޙާސިލް ކުރާތީއެވެ.

މިގޮތަށް ކަންތައްތައް ވުމުގެ ސަބަބުން އަހަންނާއި އާކިފްގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް އުފެދުނެވެ. ފަހަރުގައި އެއީ ދެމީހުންގެ ޙާލަތުވެސް އެއްގޮތް ކަމުން ކަމަށް ވެދާނެވެ. އަހަރެންނާއި އެއްކޮށް ކިޔަވާ، އަހަރެންގެ ކްލާސް ކުދިން ތިބެނީ އަހަރެންގެ ފަރާތުން ކިރިޔާވެސް ކަމެއް ވޭތޯ ބަލަ ބަލައެވެ. އެހެންކަމުން އަހަންނާއި އާކިފްގެ ދެމެދުގައި އޮތް ގާތް އެކުވެރިކަންވެސް އެމީހުން މާނަކުރީ އެހެން ގޮތަކަށެވެ. ނަތީއްޖާއަކަށް ވެގެން ދިޔައީ އެކުދިން އަހަންނާއި ބުލީކުރަން ފެށުމެވެ. ނަމަވެސް ޙަޤީގަތް އިނގޭނީ އަހަރެމެން ދެމީހުންނަކަށް ނޫންހެއްޔެވެ؟ އަހަންނާއި އާކިފްގެ ދެމެދުގަ އެކުވެރިކަން ފިޔަވާ އެހެން އެއްވެސް ކަމެއް ނެތެވެ.

އަހަރެންގެ ކްލާސް ކުދިންނާއި ގްރޭޑް ކުދިން އަހަންނާއި ބުލީކުރަންފެށުމުން އަހަރެން ޑިޕްރެސް ވިއެވެ. ކިޔެވުން މަތިން ފޫހިވިއެވެ. ކެއުމަކީ އަހަރެންގެ ޠަބީޢަތުގައި ނެތް ކަމަކަށް ވިއެވެ. ނިދުމާއި ދުރަށް ދެވުނެވެ. މުޅި ދުނިޔެމަތިން ފޫހިވިއެވެ. އަހަރެން ރުއީމެވެ.

އަހަރެންނާއިއެކު ހަމައެކަނި އަހަރެންގެ މަންމަ ފިޔަވާ އެކަކުވެސް ނެތުމުންނެވެ. ނަމަވެސް އެ އަޑުއަހާނެ މީހަކު އެ މައިމީހާ ފިޔަވައި މިދުނިޔެއަކު ނެތެވެ. އަހަރެންގެ މަންމަ އަހަންނައްޓަކައި ހުންނަނީ ފިކުރު ބޮޑުވެފައެވެ. އަހަރެންގެ މި ޙާލަތަށް ކެތް ނުވެގެން ކަތި ފިޔަވަޅެއް އަޅައިފާނެ ކަމަށްޓަކައި ހުންނަނީ ބިރުންނެވެ. ތިމާގެ ދަރި އެޙާލުގައި އުޅެނިކޮށް އެއްވެސް މަޔަކަށް ހިތްހަމަ ޖެހިލައިގެން އެންމެ ހިނދުކޮޅަކުވެސް ހުރެވޭނެ ހެއްޔެވެ؟

ދުވަސްކޮޅެއް ފަހުން އަހަރެން ހަމަ ޙަގީގަތުގައިވެސް ބުލީގެ ޝިކާރައަކަށް ވިއެވެ. ކްލާހުގައި އިންނައިރު އަހަންނަށް އެމީހުން ކަރުދާސް ބޯޅަ އުކައެވެ. އެހެންވުމުގެ ސަބަބުން އަހަރެންގެ ކިޔަވުމަކަށް އަހަންނަކަށް ސަމާލުކަމެއް ނުދެވެއެވެ. އާޚިރު ނަތީއްޖާ ވަރަށް ހިއްޗެވެ. ސްކޫލު ދައުރަށްޓަކައި ދެކެމުން އައި ހުވަފެންތަކެއް ޙަޤީގަތަކަށް ނުހެދުނެވެ. އަހަރެން ދިޔައީ އެތެރެއިން ހިތާމަ ކުރަމުންނެވެ. ވޭން އަޅައެވެ. ނަމަވެސް އަހަރެންގެ އާއިލާ ފިޔަވައި އެކަކަށްވެސް ނޭނގޭ ޙާލުގައެވެ.

އަހަންނަކީ ބޭނުން ނެތް މީހެއް ގޮތުގައި ހީވާން ފެށިއެވެ. އެމީހުންގެ ފަރާތުން ބަދަލު ހިފާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ އަހަންނަކީ ވެސް ހިތްވަރު ގަދަ ކުއްޖެއްކަން އެމީހުންނަށް އަންގާށެވެ. އެމީހުން އަހަންނަށް އެހެން ހެދީތީ ޝުކުރުވެރިވަމެއެވެ. އެއީ މިއަދު އަހަރެން ހިތަވަރު ގަދަވުމުގެ ސަބަބެއް ކަމުގައި ވެގެން ދިޔައީ އެދުވަހު އެމީހުން ކުރި ބުލީ ކަމުގައި ވާތީއެވެ. އެހެން ނަމަވެސް އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.

އެމީހުންގެ ސަބަބުން އަހަރެންގެ ތައުލީމީ ޙަޔާތް ދެކެ ފޫހިވެއެވެ. އެމީހުންގެ ކުރިމަތީގައި އަހަރެންގެ ކަރުނަތައް ބޭލީމެވެ. ނަމަވެސް އެކަމުން އެމީހުން ދިޔައީ މަޖާ ނަގަމުންނެވެ. އެމީހުން ދިޔައީ އަހަރެންގެ ހިތަށް ތަދު ކުރަމުންނެވެ. އެކަމަކު އަދިވެސް އަހަރެންގެ ޢަޒުމަކީ އެމީހުންގެ ފަރާތުން ބަދަލު ހިފުމެއް ނޫނެވެ. އަހަރެންގެ ޢަޒުމަކީ ކާމިޔާބީ އާއި ހަމައަށް ވާސިލް ވުމެވެ. އަހަންނެއް ޤުރުއާން ކިޔެވުމެއް އިރާދަކުރެއްވިއްޔާ ދުވަހެއްގެ ކޮޅުންވެސް ނުހުއްޓާނަމެވެ. އެމީހުން ކިތަންމެ ވަރަކަށް ބުލީކޮށް އަހަންނަށް ޖެއްސުމާއި ފުރައްސާރަކުރިކަމުގައި ވިޔަސް ހެވެވެ.

އާނއެކެވެ. އެމީހުންނެކޭ އެއްފަދައިން އަހަންނަކީވެސް ހުރިހާކަމެއް ފުރިހަމަ ވެފައިވާ އިންސާނެއް ނޫނެވެ. އެމީހުންނަށްވެސް ކުށް ކުރެވެއެވެ. ނަމަވެސް އެއިން މީހެއްގެ އެއްވެސް ކަމެއް އަހަރެން މާ ބޮޑުކޮށްލައިގެން ނުނަގަމެވެ. އަހަރެން އެއިން އެއްވެސް މީހެއް ގޯސް މީހެއްގެ ގޮތުގައި ނުދެކެމެވެ. ނަމަވެސް އޭގެ މާނައަކީ އަހަރެންގެ އެކަމުގެ ފައިދާ އެފަދަ ގޮތަކަށް ނެގުން ހެއްޔެވެ؟

އަހަރެންގެ ސާނަވީ ކިޔެވުމުގެ އެންމެ ފަހު އަހަރު ވީ އަހަރެންގެ ޙަޔާތަށް އައި ބޮޑު ތޫފާނަކަށެވެ. އަހަންނަކަށް ނުކިޔެވުނެވެ. އެމީހުން ނުރަނގަޅު ގޮތުގައި އަހަންނާއި ވާދަކުރުމުގައި ދެމިތިއްބެވެ. ވާދަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވީ އެފަދަ ގޮތަކަށް އެމީހުން ކަންތައް ކުރުމުންނެވެ. އަހަންނާއި ބުލީ ކުރުމުންނެވެ.

އަހަރެންގެ ނަތީޖާ ދަށްވިއެވެ. އެކަން ވީ އެކުދިންނަށް އައި ޢީދަކަށެވެ. އެމީހުން އެކަމާ ވަރަށް އުފާވިއެވެ. އެހެންކަމުން މާތް ﷲ ގެ އިރާދަފުޅުން އަހަރެން މިއުޅެނީ މިތަން ދޫކޮށް ދާށެވެ. މުޅި އުމުރަށެވެ. އެކަމަކުވެސް އެންމެ ރަނގަޅު ބަދަލު ހިފުމަކީ މަޑުން ހުރުމެވެ. އަދި އަހަރެން ކަންތައް ކުރީވެސް އެގޮތަށެވެ.

އެއިރު އެމީހުން ބުލީ ކުރިއިރު އަހަރެންނަކީ އެކަނި ވެރިއެކެވެ. މެސެންޖާއިން އަހަރެމެންގެ ކްލާސް ކުދިންގެ ގްރޫޕުގައި އެމީހުން އެތަކެއް ދޮގުހަދައިގެން އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ. ޖެއްސުން ކުރަމުން ދިޔައެވެ. އެކަން ވީ އަހަރެންގެ ކިޔެވުމަށް އަސަރު ކުރި ކަމަކަށެވެ. އަހަރެން އިތުރަށް ބަލިކަށި ކުރުވި ކަމަކަށެވެ. ކްލާހުގައި އަރެން އިށީންނަ ކޮންމެވަގުތަކު އެމީހުން އަހަންނާއި ދިމާލަށް ކަރުދާސް ބޯޅައުކައެވެ. އޭގައި އަހަންނާއި އާކިފް އާއި ދެމެދު އަޅުވާ ލިޔެފަ ނުވަތަ ނުބައި އެއްޗެހި ލިޔެފައެވެ. އެދުވަސްވަރު އެކުދިން އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލިއެވެ.

އެގޮތުން އެއްދުވަހަކު އެކުދިން އަހަންނާއި ދިމާލަށް އުކި ކަރުދާސް ބޯޅަތަށް ހަނދާން ނެތިގެން ޑަސްބިނަށް ނާޅާ ހުއްޓާ ބައެއް ފިރިހެން ކުދިންނަށް އެ ކަރުދާސް ބޯޅަތައް ފެނުނެވެ. ދެން އެމީހުން އަހަރެމެން ގްރޭޑްގެ ލީޑިން ޓީޗަރަށް އެ ކަރުދާސް ބޯޅަތައް ދެއްކިއެވެ. ލީޑިން ޓީޗަރަށް އަހަންނަށް ބުލީ ކުރާކަން އެނގުމުން އަހަންނާއި ބުލީ ކުރި ކުދިންނަށް އިންޒާރު ދިނެވެ. ދެން އެމީހުން ބިރުގަތީ ސްޓޫޑަންޓް ކައުންސިލްގައި އެމީހުންގެ މަގާމު ގެއްލިދާނެތީއެވެ. އެހެންކަމުން ދުވަސްކޮޅަކަށް އެމީހުން އެކަން ކުރުން ހުއްޓާލިއެވެ.

އަނެއްކާވެސް އެ ހަނގުރާމަ ފެށިގެން ދިޔައީ ނުރަނގަޅު ބަސްތަކަކާއިއެކުއެވެ. މިފަހަރު އަހަރެން އެހާ ހިތްވަރު ގަދައެއް ނުވިއެވެ. އެ އަންހެން ކުދިންތައް އަހަންނާއި ބުލީކުރުން ހުއްޓައެއް ނުލިއެވެ. އެމީހުންނަކީ ކެރޭ ބައެއްކަން ދައްކަމުން ދިޔައީ އެމީހުން އަހަރެންގެ މައިންބަފައިން ދެކެ ބިރު ނުގަންނަ ކަމަށް ބުނަމުންނެވެ. އެންމެ ފަހުން އެމީހުން އަހަންނަށް ބިރުދައްކަންވެސް ފެށީއެވެ.

އެކަން އަލުން ބަލުން ފަށައިގަތީ އަހަންނާއިއެކު އެއް ޓީމެއްގައި އުޅުނު އަހަރެންގެ އެކުވެރިއެވެ. އޭނާއަކީ މައިޝާއެވެ. އެކުވެރިޔެކޭ ނުބުނެ އަހަންނަކީ މިއީ އޭނާގެ ހަތުރެކޭ ބުންޏަސް އެއަށްވުރެ ރަނގަޅު ވާނެއެވެ. އަހަރެމެން ވާދަކުރަމުން ދިޔައީ އެއް ޓީމެއްގައި ކަމުގައި ވީނަމަވެސް މައިޝާގެ ހިތުގައި އަހަންނާއިދޭތެރޭ ހަސަދަވެރިކަން އުފެދުނެވެ. އޭނާ އަހަންނަށް ބިރުދައްކަމުން ދިޔައީ އަހަރެންގެ އައިޑީ ހެކް ކުރުމަށްފަހު އަހަރެން އެހެން މީހުންނާއި ދައްކައިފައި ހުރި ވާހަކަ މުޅި ފޭސްބުކް ގައި އާންމު ކުރާނެ ކަމަށް ބުނަމުންނެވެ. އެގޮތަށް ކަންތަށް ނުކުރުމަށް އަހަރެން ކިތަންމެވަރަކަށް އެދުނު ކަމުގައި ވީނަމަވެސް އޭނާ އަހަރެން ކިޔާ އެއްޗަކަށް އަޅާލާނެހެއްޔެވެ؟

އަހަންނަށް ވާ އުނދަގޫ އަހަރެން ފިޔަވައި އެކަކަށްވެސް ނޭނގޭނެއެވެ. އެމީހުންގެ ބަސްތަކުން ކޮންމެ ދުވަހަކު އަހަރެން މަރުވަމުންދާ ކަހަލައެވެ. މިގޮތަށް ދުވަސްތައް ހޭދަވަމުން ގޮސް އެއް ރޭ އަހަރެން އިނީ އިކޮނޮމިކްސް ޔުނިޓް ޓެސްޓެއްގައެވެ. އެތާވެސް އަހަންނަށް ރޮވެމުން ދިޔައެވެ. އަހަރެންގެ އެކުވެރިޔާ މާއިން އަށް ނޫނީ އެކަމެއް ނޭނގޭނެއެވެ. އެއްވެސް މީހެއް ގާތު އެވާހަކަ ނުދެއްކުމަށް އެދި އަހަރެން އޭނާ ގާތު އާދޭސް ކުރީމެވެ. އަހަރެން އަދިވެސް ދިޔައީ އަހަރެންގެ އިޙުސާސްތައް ހިފަހައްޓަމުންނެވެ. އަހަރެން މަސައްކަތް ކުރީ އަހަރެންގެ ކަރުނަތައް ހިފަހައްޓާށެވެ. ނަމަވެސް އެއީ އަހަންނަށް އެއްވެސް ގޮތަކުން ފަސޭހަ ކަމެއް ނޫނެވެ.

އަހަރެން ހުރީ ޑިޕްރެސް ވެފައެވެ. އެންމެފަހުން އަހަރެން މިވީ ޑިޕްރެޝަންގެ ވެސް ޝިކާރައަކަށްތާއެވެ. އެހެންކަމުން އެ އިމްތިޙާނުން ވެސް އަހަރެން ފެއިލް ވީއެވެ. ހަމަ އެމީހުންގެ ސަބަބުންނެވެ. ކޮންމެވެސް ގޮތަކުން މިކަންތައް އަހަރެންގެ ގާތް އެކުވެރިޔާ އާކިފް އަށް އެނގުނެވެ. އަހަންނާއި ދިމާލަށް އެއްޗެހި ކީ ކުއްޖާއާއި ދިމާލަށް ގާކޮޅެއް އެއްލައިގެން އޭނާ އެކުއްޖާ ރޮއްވާލިއެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެން ނެހެދުމަށް ބުނީމެވެ. މިކަމުން އަހަރެމެންނަކަށް ޙައްލެއް ނުލިބުނެވެ. އެމީހުންގެވެސް ހަނގުރާމަ ފެށުނީއެވެ.

އެމީހުން އާކިފް އަށް އެކި ގޮތް ގޮތުން ޖެއްސުންކޮށް އުނދަކޫ ކުރަމުން ދިޔައީ އޭނާގެ ދަބަހަށްވެސް ގެއްލުން ދިނުމަށްފަހުއެވެ. އާކިފްގެ ޙަޔާތަށްވެސް އެތަކެއް އުނދަގޫ ތަކެއް ކުރިމަތިވިއެވެ. އޭނާވެސް އަހަންނަށް އެހީތެރިވާން ބޭނުމެވެ. ނަމަވެސް އޭނާއަށް އެކަން ވާން ނެތުމުން އަހަންނަށް އިރުޝާދު ދެމުން ދިޔައީ ނުރުއިމަށެވެ. ހިތްވަރުގަދަ ކުރުމަށެވެ.

އެއްދުވަހަކު އެމްއެންޑީއެފް ގައި އުޅޭ އަހަރެންގެ ބޭބެއެއް ގާތު މިވާހަކަތައް ޙިއްސާ ކުރުމުން އޭނާ އުޅުނީ ގާނޫނީ ގޮތުން ހަރުކަށި އަދަބު އެމީހުންނަށް ދޭށެވެ. ނަމަވެސް އަހަރެން އެ ބޭބެ ހުއްޓުވީ އެމީހުންގެ ފަރާތުން ބަދަލުހިފަން ބޭނުންނުވާ ޙާލުއެވެ. އެމީހުން އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލިއެވެ. މިހާރު އަހަންނަށް އެނގޭ އެއްޗަކީ ޙަޤީގަތާއި އޭގެ އިދިކޮޅެވެ. އަދި މިކަމުން އަހަންނަށް ދަސްވި އެކައްޗަކީ ހިތްވަރު ގަދަ ވުމަށާއި ނަމެއްގައި އުޅޭ އެކުވެރިން އަހަރެންގެ ޙަޔާތެކޭ އެއްފަދައިން އެހެން މީހުންގެ ޙަޔާތުގައިވެސް ވަރަށް ނުރައްކާތެރިކަމެވެ.

އަހަރެންގެ ހުވަފެނަކަށްވީ އަހަރެންގެ ރަށް މިއަތޮޅުގެ އެއްވަނައަށް ހެދުމެވެ. އެހެން ނަމަވެސް ބައެއްގެ ހިތުގައި ދިޔައީ ހަސަދައިގެ ހުޅުގަނޑު ރޯވެ އަނދަމުންނެވެ. އަހަންނަކަށް ކާމިޔާބެއް ނުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި އަހަރެން މާތް ﷲގެ އިރާދަފުޅުން ކާމިޔާބު ކުރާނަމެވެ. އަދި ކާމިޔާބު މީހަކަށްވެސް ވާނަމެވެ. އަހަރެންގެ މި ވާހަކަ އެހެން މީހަކާއި ޙިއްސާކުރާނެހާ ހިތްވަރެއް އެއިރު އަހަންނަކަށް ނުލިބުނެވެ.

އަހަރެން މިއުޅޭ ރަށް ދޫކޮށް ދެވޭތީ އަހަރެން މިހުރީ އުފަލުންނެވެ. އެވަރު އަހަންނަށް ފުދެއެވެ. އަހަރެންގެ މަންމަގެ ހުވަފެންތަކުގައި މިއަދު އަހަންނަށް ކުލަ ޖައްސައި ނުދެވުނު ކަންވެސް އެނގެއެވެ. ނަމަވެސް އިރާދަކުރެއްވިއްޔާ އެއްދުވަހަކުން އަހަރެން އެކަންވެސް ކުރާނަމެވެ. ނަމަކަށް އުޅުނު އަހަރެންގެ ‘ފޭކު އެކުވެރިންގެ’ ސަބަބުން އަހަރެންގެ ކިޔެވުމުގެ ޙަޔާތް ވީ ނަރަކައަކަށެވެ.

މައިޝާ އަހަންނާއި ވާދަކުރަމުން ދިޔައީ އެއްޓީމެއްގައި ކަމުގައި ވިޔަސް އޭގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ ބެލީ އަރެން ދަށަށް ވައްޓާލުމަށެވެ. އެގޮތުން އޭނާ ބެލީ އަހަންނާއި ބުލީކޮށްގެން އެކަން ޙާސިލްކުރެވޭތޯއެވެ. އެއީ އެއިރުން އަހަންނަށް އެހެން ކަމަކަށް ސަމާލުކަން ނުދެވޭނެތީއެވެ. އެކަން އޭނާއަށް ކިތަންމެހާވެސް ރަނގަޅަކަށް ޙާސިލްވެސްވިމެއެވެ. އޭނާ މޮޅުވީއެވެ. އަހަރެން ބަލިވީއެވެ.

އަހަންނަށް އެއްފަހަރެއްގައި ސްކޫލުގެ ލަވަ ކިޔަން ލިބުނެވެ. އަހަރެންގެ މަންމަ އެކަމަކާއި އެހާ ހިތް ހަމައެއް ނުޖެހުނެވެ. އަދި އަހަންނާއި ވާދަކުރާ އަންހެން ކުއްޖާ ކަމުގައިވާ މައިޝާގެ މަންމައަކަށް އެކަމެއް ބަރުދާސްތެއް ނުކުރެވުނެވެ. އޭނާގެ މަންމަ ޕްރިންސިޕަލް ގާތަށް ގޮސް އަހަންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ދެއްކިއެވެ. އެއީ އަހަންނަށް ގިނައިން ޖަލްސާތައް ފަދަ ކަންކަން ހުށަހަޅަން ލިބޭތީއާއި ގިނައިން ޤުރުއާން ކިޔަވަން ފުރުސަތު ލިބޭތީއެވެ. އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟

ސްކޫލުގެ ގުރުއާން މުދައްރިސް އަހަންނަށް އެ ފުރުސަތު ދެއްވީއެވެ. އަހަރެން ދުވަހަކުވެސް އެކަމަށް އެދި އާދޭސް ކޮށްފައި ނުވާނެއެވެ. ނަމަވެސް މައިޝާއަށާއި އޭނާގެ މަންމައަށް އެކަން ބަރުދާސްތު ނުކުރެވުނީ އޭނާއަށް އެފަދަ ފުރުސަތުތައް ނުލިބޭތީއެވެ. އެކަމުން އަހަންނާއި ދިމާލަށް އެއްޗިހި ކިޔުމުން ވަކި އޭނާއަށް އިތުރު ފުރުސަތުތައް ލިބޭނެ ހެއްޔެވެ؟

އަހަރެން އަބަދުވެސް ޤަބޫލުކުރަނީ ކޮންމެ ކަމެއްވެސް ﷲ މިންވަރު ކުރައްވާނީ އެންމެ ރަނގަޅަށް ކަމެވެ. އަދި އެމީހަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް އެކަލާނގެ އެއްވެސް މީހަކަށް ނުޖައްސަވާނެއެވެ. މިފަދަ ކަންތައް ތަޙައްމަލު ކުރަމުންދާ އެންމެހާ ކުދިންނަށް އަހަރެން ބުނެލަން ބޭނުންވަނީ ފަސްނުޖެހޭށެވެ. މިފަދަ ކުދިންގެ ޙައްޤުގައި އަޑުއުފުލާށެވެ. އެއީ ބުލީއަކީ ވަރަށް ވޭންދެނިވި ކަމެއް ކަމުގައި ވާތީއެެވެ. ނަމަވެސް އެ ވޭނަށް ކެތް ނުކުރެވިގެން އަމިއްލަ ނަފްސަށް ގެއްލުން ނުދޭށެވެ. އެއީ މިކަމަށް އޮތް ޙައްލެއް ނޫނެވެ. ބަދަލުގައި ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލުން ނޫން ކަމެއް ނުވާނެއެވެ. ހިތްވަރާއިއެކު ކުރިއަށް ދާށެވެ. އަދި ކެތްތެރިކަމާއިއެކީ ކުރިމަތިލާށެވެ. އެއީ މާތް ﷲ ވޮޑިގެން ވަނީ ކެތްތެރީންނާއި އެކީގައި ކަމުގައި ވާތީއެވެ.

(ނިމުނީ)

Share Article

Follow Me Written By

inan

Level 210 Stories100 Comments100 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 1

Next

ލޯބި ނުވިޔަސް ފިރުމާލަދީ….27

Next
April 28, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….27

Previews
April 28, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 1

28 Comments!

  1. Jazlee says:
    April 28, 2018 at 2:04 am

    Me first ?

    1. inan says:
      April 28, 2018 at 10:38 am

      hehe.. yes, Jazlee first.. 🙂

  2. inan says:
    April 28, 2018 at 7:17 am

    Salaam readers.. miothy inan ge faraathun readers ah oiyy short story eh… mi vaahaka aky kurin ehn site ehga ves gensdhyfa vaane vaahakaeh.. ekamaku mihaaru bully ge kan kan gina kamun inan hithah ery anehkkaaves mi story mi site ah laaniyyey.. 🙂 mi vaahaka genesdhineh kamaku sirru vaahaka genesdhinun huttaaly eh noon ingey readers… 🙂 miadhu konmes gadiaku in sha allah sirru ge 13 vana bai genesdheveytho inan vrh bodah balaanan… 🙂

  3. inan says:
    April 28, 2018 at 7:19 am

    baeh ibaaraaiyy thakah inan hunnaane mi faharu mi story ga badhalu genessa.. 🙂 ummeedhu kuran readers ah mi story kamudhaane kamah… 🙂

  4. Cherry blossom says:
    April 28, 2018 at 8:33 am

    story varah salhi and bullying is something we should stop..even in my scul some students are becoming victims of bully and there are many cases where the victim tried to suicide..he was bullied really bad by his classmates and we reported it to scul management as soon as we found out..but the sad thing is that the scul management didnt give proper punishments to the bullies…sad right??

    1. inan says:
      April 28, 2018 at 10:37 am

      thank you Cherry blossom… 🙂 yeah.. raajjeyge baivaru school thakuga miee mihaaru hama aammukameh.. hamaekani raajje eh noon, mulhi dhuniyeygaves… hithaama aky ekan kuraa kudhinnah thimaa ah mi kureveny kihaa goas kameh kan nuvisnun… meege therein varah gina kudhin hiyyvaraa eky keiyytherivey anekaa kiyaa ehchissah.. varah ufavey ekudhinge hiyyvaru gadha kamun.. 🙂 dhn, miee vaguthy dhuniye eh… ehn v ma mikahala ethakeh kanthah thakeh thimaa ge hayaathuga hingaifaane.. ekan jeheyne qabool kuran.. ekamakuves aharemen jeheynee keiyytherivaan.. allah vodigen vanee keiyytherinnaa eku.. evves meehakah nu ufulley varuge buraeh ekalaange nujassavaane… ehn v ma mikahala vaguthu thakugai amilla ah maruvun nuvatha amilla nafsah gellun dhinumaky ekamah oiyy halleh noon.. miadhu thimaa amilla ah maruvefa maadhamaa kah valhuga thimaa ah ufaleh libeynetha? noony hisaabu ballavaa dhuvahun thimaa ah evves ufaleh libeynetha? nulibeyne.. ekahala kan kan kuran hithah aruvan ves heyo nuvaane… ehn v ma oiyy enme rangalhu gothaky allah ah wakeel kollaigen keiyytherive thibun.. ekalaange mathin gina ginain hadhuma koh, ekalaange ah gina ginain alhukan kurun.. ekalaange hazrathugai dua dhennevun.. 🙂 ummeedhu kuran mi vaahakain gina bayakah iburaiyy haasil vaane kamah.. adhi mifadha amalu thah kuraa kudhin e amalu thah kurun huttaalaane kamah.. adhi hangaa kurun fadha kan kamuge ge shikaara ah vefa vaa kudhinnah hiyy varu dhy ekudhinge haggugai adu ufulaane kamah.. adhi efadha kudhinnah hiyy vareh libumuge sababakah mi vaahaka vumah ummeedhu kuran.. maaiyy allah alhamenge faafa fussavaa alhamennah hidhaayaiyy ithuru koh dhevvaashi.. adhi mifadha amalu thah thahammal kuramun anna kudhinnah keiyytherikan ithuru koh dhevvaashi. 🙂

  5. Izva says:
    April 28, 2018 at 8:38 am

    Varah ibrahtheri reethi vaahaka eh.

    1. inan says:
      April 28, 2018 at 10:38 am

      jazakillah khairan Izva.. 🙂

  6. Jenna says:
    April 28, 2018 at 8:48 am

    So sad????

    1. inan says:
      April 28, 2018 at 10:39 am

      yeah… ummeedhu kuran mi vaahakain Jenna ah ves iburaiyy haasil vaane kamah… adhi mi vaahaka kamudhaane kamah inan ummeedhu kuran.. 🙂

  7. SHIFU says:
    April 28, 2018 at 12:00 pm

    V. Nice n v. iburaitheri
    bullying cases are common mostly in schools dho.. so sad

    1. inan says:
      April 28, 2018 at 12:12 pm

      jazakillah khairan… yeah SHIFU…

  8. unique says:
    April 28, 2018 at 2:01 pm

    its hama true mihaaru hama varah ginain dhimaavaa kameh miee me ulhey sculgaves hama kan othy hama thihen

    1. inan says:
      April 28, 2018 at 5:28 pm

      aan dhw unique… keeh kuraany.. dheraee mihen kan kuraa kudhinnah eiru mi kureveny kihaa varehge kameh kan visnaa nuleveythy… maaiyy allah alhamennah heyo visnun dhevvaashi.. 🙂

    2. unique says:
      April 29, 2018 at 6:33 pm

      aamen…..i really hope like that

  9. mishy says:
    April 28, 2018 at 6:43 pm

    Woww… vrh dhera vejje… ah s lst year ga 1st prize libuniima bully kuri… btw mishy alhr s nln… enme fahn 9 ga ukhey kujjh mishy ah help v… mhr mishy miulhenii 7 ga with grat frndxx… alhamdhulillah… mi vhk vrh vrh reethi.. vrh iburaiyytheri… ly… ♥

    1. inan says:
      April 28, 2018 at 7:22 pm

      Jazakillah khairan mishy… ohh.. varah ufaavehje mishy keiyy kureema… haadha rangalhu friend ekey.. you are lucky to have a friend like his/her.. alhadhulillah! im really happy for u mishy.. 🙂 anehkaaves mishy ge thi loabi loabi comment ah jazakillah khairan.. 🙂 LY 2 for the lovely comments and thihaa supportive v ma.. plus inan ge stories thah kiyaafa inan ge stories thah kamudhaa vaahaka bunaathyve… 🙂

    2. inan says:
      April 28, 2018 at 7:27 pm

      N i’m really sorry mishy.. mirey story up nuvedhaane… mihaaruves ekam vaahaka liyamun mi dhany.. ekamakuves inan akah hiyeh nuve mirey story up kurevey varu vaaneheneh… 🙁 i’m really sorry for that..

  10. Hajja says:
    April 29, 2018 at 12:53 am

    Mivaahaka vvv reethi… hajjage dharifulhu schoolun ais baehdhuvHu shakuvaakuraane kudhin eki ehchehi kiyaa vaahaka.. mi story kiyaafa v dheravejje..

    1. inan says:
      April 29, 2018 at 9:10 pm

      jazakillah khairan Hajja.. 🙂 keeh kuraany dhw… kudakudhinge medhuga ves aee aslu varah bodu massalaeh.. ekudhinnah nuvisnaidhevihjjeyyaa fahun adhi ekudhin maa goas vedhaane.. ehn v ma ekahala kudhinge parents jeheyne e kudhin varah bodah hifahattan.. dhn Hajja ge dharifulhu kahala ves ethakeh kudhinneh ebaulhey.. ehennu? ekahala kudhinnah hiyy varu laidhinun othy.. eyrun in sha allah kaamiyaabu vaane.. 🙂

  11. lotus says:
    April 29, 2018 at 9:40 am

    V nice piece of writin.. i realy like the msg in the story.. asluvx buly kurumakee mihaaraka ais v bodu vefa vaa massala eh.. v dhera kame… hop to read anothr story frm u soon?

    1. inan says:
      April 29, 2018 at 9:12 pm

      jazakillah khairan lotus.. alhamdhulillah! yeah… in sha allah, dheythere dheytherein mikahala iburaiyytheri short stories readers aa hamayah geneveytho vrh masahkaiyy kuraanan.. 🙂

  12. chumpu says:
    April 29, 2018 at 10:56 pm

    Haadhisaa reethi BT story liyevifa ingoeh not nice abadhu eh thankolhu kolhu repeat koffa hunnaathy fooohi kiyaa iru

    1. inan says:
      April 30, 2018 at 2:27 pm

      shukuriyyaa chumpu.. 🙂 miee inan amilla ah hadhaigen liyefa oiyy vaahakaeh noon.. hageegee haadhisaa eh.. ekam inan ah ibaaraaiyy thah genesdhevunys kanneynge miah vure furihama koh.. varah bodah maafah edhen ekamah… dhn vaahakaehga ebai rangalhu kureveytho masahkkaiyy kuraanan… in sha allah.. khiyaalah maruhabaa.. 🙂

  13. inan says:
    May 1, 2018 at 10:47 am

    Salaam readers.. here’s the msg given from the victim of this story…
    ***
    The scars of being a victim of bullying may heal overtime. But the trauma from the experience may never be forgotten. Blowing out someone else’s candle doesn’t make yours shine any brighter. To those who are suffering from this… never be bullied into silence. Never allow yourself to be a victim. Accept no one’s definition of your life…But define yourself. No matter what happens in your life…Never harm yourself…be patient… Allah does not burden a soul that it can bear…

    1. inan says:
      May 1, 2018 at 10:54 am

      victim of bullying in this story*

  14. Roo says:
    May 3, 2018 at 6:49 pm

    Assu v iburaitheri vaahaka eh hpe mi kiyain bully kuraa kudhin ekan huttaane kmh

    1. inan says:
      May 6, 2018 at 7:50 pm

      jazakillah khairan roo.. inan ge ves ummeedhaky thiee.. 🙂

Comments are closed.



All Right Reserved!