ރުޅި އައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައި ހުރެ އަމްނާ ގެއަށް ދިޔައެވެ. މަންޒަރު ބަލަން އަމީމް އިނީ ބަސް ހުއްޓިފައެވެ. ހަމްދާނަށް މިއައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ ” އަމީމް. އެކަމާ ނޫޅޭ. ރަނގަޅު މަންޖެ އެއް ނޫން. ޖިންނީގެ ކަމެއް އެބަ އުޅެ. އަވަހަށް ތިކަމުން ރެކި ގަންނަން އުޅޭ.” ސުވާލު ދުލުން ބޭރުވީ ބާވައެވެ؟ ނޫނެކެވެ. ދެން އެހެން ވީ އިރު ހަމްދާނަށް އަޑު އިވެންވީ ކިހިނެއް ހެއްޔެވެ؟ އިއްތިފާޤަކީ ބާއެވެ؟ ހަމްދާން ޖަވާބު އެދިނީ ހަމަ އަމީމްގެ ހިތުގައި ވި ސުވާލަށެވެ. ނަމަވެސް ހަމްދާންގެ ޖަވާބު އިވިފައި އަމީމްގެ މޫޑު ގޯސްވާ ގޮތްވިއެވެ. ކަމެއް ނުވަނީސް ހަމްދާން އެހެން ނުބުނާނެކަން އިނގޭތީ އަމީމް އިތުރު ސުވާލެއް ކުރިއެވެ. ” ވީ ކީއްތަ؟ ނިކަން ސާފުކޮށް އަހަރެން ކައިރީ ވީ ގޮތެއް ބުނެބަލަ…” އަމީމްގެ އެދުމުގެ މަތިން ހަމްދާން އޭނާއަށް ފެނުނު ބިރުވެރި ސޫރައިގެ ވާހަކަ ކިޔާދިނީ އަމީމަށް އިންޒާރެއް ދޭ ފަދައަކުންނެވެ. އަމީމަށް އުނދަގުލެއް ނެތި ޤަބޫލު ކުރެވުނީ އަމްނާއާއި ފުރަތަމަ ދިމާވި ދުވަހު އޭނާއަށް ވެސް އެ ޖިންނި ފެނިފައިވާތީއެވެ. އޭރު އެއީ ހީވި ހީވުމެއް ކަމަށް އަމީމް ނިންމި ނަމަވެސް މިހާރު އެކަން މިވަނީ ޔަޤީން ވެފަތާއެވެ.
” ހާތިބު. މިދެން ކިހާ ދެރަ ވެއްޖެ ކަމެއްތަ؟ އަހަންނަށް ހަމަ އެންމެ ނޭވާއެއްވެސް ލެވެން ނެތީތަ؟ އަހަންނަށް އެކަނިވެރިކަން ފިޔަވާ އިތުރު ގޮތެއް ނެތީތަ؟ އަހަންނަށް ތިހެން ނުހަދާ އަހަރެން މަރާލިއްޔާ…..” ރުޅި އައިސް ރަތްވެފައި ހުރި އަމްނާ ގެއަށް ވަތް ގޮތަށް އަތް ދަބަސް ހޫރާލުމަށްފަހު ފަހަތުގައި ހުރި ހާތިބާއި ދިމާއަށް އެނބުރި ކުރަން ފެށި އިޝަރާތްތައް މެދުކަނޑާލަން ޖެހުނީ ހާތިބު އަމްނާގެ މޫނު މައްޗަށް އަތް މަޅާލުމުންނެވެ. ދެލޯ މަރާ ތަގުޅި ކޮށްގެން ހުރި އަމްނާ ބިރުން ދެފައިވެސް ތުރު ތުރު ލައެވެ. އެތައް އިރެއް ވީއިރުވެސް ހާތިބުގެ ހަމަލާ ނައުމުން މަޑުމަޑުން ދެލޯ ހުޅުވާ ބަލާލި އިރު ހާތިބު ކުޑަކަކޫ ޖަހައިގެން އިންތަން ފެނުނެވެ. ބޮލުގެ ދެފަރާތުގައި ދެއަތުން ހިފާލާފައިވާލެއް ބާރުކަމުން އަތުގެ އެންމެ ހިމަ ނާރުތައް ވެސް ފުފިފައި ހުއްޓެވެ. މޫނުގެ ކުލަވަރުން ވަރަށް ހިތްހަމަ ނުޖެހިފައި ހުރިކަން ދޭހަ ކޮށްދެއެވެ. ދެން ފެނުނީ ހާތިބު އިސް އުފުލާ އަމްނާއާއި ދިމާއަށް ބަލާލުމަށްފަހު ތެދުވި މަންޒަރެވެ. އަމްނާގެ ކޯތާފަތާއި ދިމާއަށް މަޑުމަޑުން އަތް ގެންދަން ފެށީ އަމްނާ ބިރުގެންފައި ހުރިކަން އެ ނަފްސަށް ނަގައިގަނެވުމުންނެވެ. މަންޒަރު ބަލަން ތިބި ކޮންމެ މީހެއްވެސް ހައިރާން ވާނީ ހާތިބުގެ ލޮލުގެ ތެރެއަށް ޖަމާވެފައި ހުރި ދެލިކުލައިގެ ކަރުނަތައް ފެނިފައެވެ.
ހާތިބު ދެރަވާންވީ ކީއްވެ ހެއްޔެވެ؟ އަމްނާއަށް އެހެން ހަދަނީވެސް ހާތިބެއް ނޫން ހެއްޔެވެ؟ އަޅެ ފަހެ މިއީ އަރަތެއް ކަހަލަ މަހުލޫޤެއް ނޫން ހެއްޔެވެ؟ އަމްނާ ދެކެ ހާތިބު ހަމަ އެހާ ލޯބި ވޭ ހެއްޔެވެ؟ ނޫނީ މިއަށް ދޭން ޖެހޭ ނަމަކީ އަމިއްލަ އެދުން ހެއްޔެވެ؟ ހާތިބުގެ ވިސްނުން ހުރީ ކިހިނެއްބާއެވެ؟ އެ ހިތުގައި ވަނީ ކޮން ކަހަލަ އިހުސާސުތަކެއް ހެއްޔެވެ؟ ދެންމެ ހިތްހަމަ ނުޖެހިގެން ގޮސް ބޯ ފަޅައިގެން ދާވަރުވެފައި ހުރި މީހާ މިހާރު ކަރުނަ އަޅާ ރޮނީ ކޯއްޗެއް ހިތަށް އަރައިގެން ބާވައެވެ؟ ހާތިބު އެއްފަރާތް ކޮށްލާފައި އަމީމާއި ހަމްދާނަށް ބަލަމާތޯއެވެ. ހަމްދާނަށް އެހާ ޔަޤީން ކަމާއި އެކު ޖިންނީންގެ ކަމެކޭ ބުނަން އިނގެނީ ކިހިނެއް ހެއްޔެވެ؟ ހަމްދާނުގެ އެކުވެރި ޖިންނިއެއް ހުންނަނީ ބާވައެވެ؟ އެވެސް ވެދާނެ ގޮތެކެވެ. ނޫނީ އޭނާއަށް ފެނުނު މަންޒަރުން ޔަޤީން ކޮށްލީބާއެވެ؟ އިންސާނުންގެ ލޮލަކީ ކެހިދޭ އެއްޗެއްކަން އިނގި ހުރެ މިހާ ޔަޤީން ކަމާއި އެކު ހަމްދާން އެފަދަ ޖަވާބެއް ދޭނެ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިއަސް އަމީމު ހަމްދާންގެ ބަސް ޤާބޫލު ކުރާނެބާވައެވެ؟ އަމްނާގެ ޙިޔާލު ތަކާއި ދުރަށް ދެވޭނެ ބާއެވެ؟ ހުސްވެސް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ.
އަމްނާގެ ހިތަކަށް އެ ކަރުނައިން އެއްވެސް އަސަރެއް ނުކުރިއެވެ. ބަދަލުގައި ހާތިބުގެ އަތްފޯރާ ހިސާބާއި ދުރަށް ދިއުމަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލިއެވެ. މިއޮއް ހުރިހާ ދުވަހު ނުލިބުނު ހިތްވަރެއް މިއަދު އަމްނާއަށް ލިބުނީ ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އަމްނާ ގެ ޢަމަލުން އިތުރަށް ހާތިބުގެ ހިތުގައި ޖެހުނެވެ. އެތައް ޒަމާނަކަށްފަހު ހިތުގައިވީ އުދާސްތައް ބޭރުކުރަނީބާއެވެ؟ އަޑުން އަޑުނަގާ ރޯން ފެށިއެވެ. ޖަނަވާރު އެއްޗިހި ހޭރޭ އަޑާއި މާބޮޑު ތަފާތު ކަމެއް ނެތެވެ. އަމްނާއަށް އަޑު ނީވުނެއް ކަމަކު ހާތިބު ރޯން ފެށި މަންޒަރު އެދެލޮލުން ފެނުނެވެ. އަޑު އިވޭ މީހެއްގެ ގައިން ހީބިހި ނަގާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
އަމްނާ މަޑު ފިޔަވަޅު ތަކެއްގައި ގޮސް އެއްޗެހި ބަދަލު ކުރުމެއް ވެސް ނެތި އެނދުގައި އޮށޯވެލިއެވެ. ފުން ނޭވާތަކެއް ދޫކޮށްލުމަށްފަހު ހަމަ ޖެހިލި ތަނާހެން އަރާމު ނިންޖެއްގެ ފުން ކޯރަކަށް ގެނބި ގަތީ އޭނާގެ އެއްވެސް ބާރަކާއި ނުލައެވެ.
ހުވަފެނުގެ ޢާލަމުގައި ފީނަމުން ދިޔަ އަމްނާގެ މޫނު މަތީގައި އެތި ފަހަރެއް ޖެހި ކަމުގެ އިހުސާސެއް ކުރެވުނެވެ. އަވަހަށް ތެދުވެ ދެލޯ ބޮޑުކޮށް ދެފަރާތަށް ބަލަމުން ދިޔައީ ހީވި ހީވުމެއްތޯ ޔަޤީން ކުރުމަށެވެ. މީހަކު ނުފެނުމުން ދެވަނަ ފަހަރަށްވެސް އޮށޯވެލީ ނިދަން ބޭނުންވެފައިވާލެއް ބޮޑު ކަމުންނެވެ. ލަސް ތަކެއް ނުވެ އަމްނާއަށް އަނެއްކާވެސް ނިދުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަމްނާއަށް ހަމަ ހޭ ވެރިކަންވީ ބުރަކަށީން ދިލަ ނަގަން ފެށުމުންނެވެ. ހާސްވެހުރެ ދެލޯ ހުޅުވާލީ ލިބޭ ވޭނަށް ކެތް ކުރަން އުނދަގޫ ވުމުންނެވެ. އަނދިރި ކަމުން ތަނެއް ދޮރެއް ވަކި ނުވެއެވެ. އެދެލޯ މާޙައުލަށް ހޭނުމަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ފެންނަމުން ދިޔައީ ޤަބޫލު ކުރަން ދަތި މަންޒަރެކެވެ. ވަށައިގެންވީ އުނިގަހާއި މިދިލި ގަހެވެ. ނިކަ ގަހާއި ފުނަގަހެވެ. އެ ގަސްތައް ދުވާ މަންޒަރެވެ. މަތިން ވާލު އެއްޗިހި އުދުހޭ މަންޒަރުން އިތުރަށް ނުރައްކާތެރިކަމަށް ދައްކައެވެ. ފަޔަށް ތަދުވާ ވަރުން ބޯ ހިއްލާލުމަށްފަހު ފައިކޮޅަށް އަމްނާ ބަލައިލިއެވެ. ދެލޯ އަތަށް ނައީ ކިރިޔާއެވެ. ދުވަނީކީ ގަހެއް ނޫނެވެ. އަމްނާގެ ވައަތު ފައިގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގެންދަނީއެވެ. ފުރަގަސް ދީގެން ހުރުމުން ކާކު ކަމެއް ނޭނގެއެވެ. ދެތިން ފަހަރަކު އެސް ފިޔަ ޖަހާލީ ޔަޤީން ކުރުމަށެވެ. އާނއެކެވެ. މި އޮވެވުނީ ބޮޑު ވަލެއްގެ ތެރޭގައެވެ. ނުރައްކަލުގެ މެދުގައެވެ. ހިކިފައިވި ފަތްތައް މަތިން އަމްނާ ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔަ އިރު އެފަކީރު ދިޔައީ ތަނެއްގައި ހިފޭއްޓޭތޯ ކަށިން ވަރު ނެރެމުންނެވެ. އެކަމަށް ސަމާލުކަމެއް ނުދީ ފަސް އެނބުރި ބަލައިވެސް ނުލާ ހުރި ގޮތަށް އެދަނީ ބިރުވެރި ޒާތަކަށް ހުރި އިފްރީތެކެވެ. އިސްކޮޅުން ކުރު އިރު މޫނު މަތި އެންމެ ވައްތަރީ ހިޔަޅެއްގެ މޫނާއެވެ. މުޅި ގައިގައި ކެހެރި ހުރި އިރު ދެފައިވެސް ހިޔަޅު އެއްޗިހީގެ ފަޔާ ތަފާތެއް ނޫނެވެ. އަނގައިން ހުއްޓުމެއް ނެތި ދަވަތައް ފައިބަމުން ދިޔަ އިރު ފަކުރު ގަންނަ ގޮތެއް ހުއްޓެވެ. އެއް އަތުން އަމްނާގެ ފައިގައި ހިފާއްޓައިގެން ހުރި އިރު އަނެއް އަތުން ފުރޯ އެއްގެ ބައްޓަމަށް އިން ހަތިޔާރެއްވެސް ހިފައިގެން ދިޔައެވެ. އަމްނާއަށް އެ ހަތިޔާރުގައި ލޭ ހުރިތަން ފެނުމުން މީހާގެ ހަށިގަނޑަށް ބަލާލީ ގެއްލުމެއް ލިބިފައި ވޭތޯއެވެ. ހަމަ ގައިމަށްވެސް ގައިގައި ނުފިލާ ރިހުމެއް އެބަހުއްޓެވެ. ތަދުވަނީ ސީދާ މިތަނަށޭ ބުނާނެ އެއްތަނެއްވެސް ނެތެވެ.
އަމްނާގެ މޭގަނޑު އަތަށް ނައީ ހަމަ ކިރިޔާއެވެ. ކަނާތު ފައިގެ ކަކުލާ ހަމައިން ވަނީ ބުރި ކޮށްލާފައެވެ. އަނެއް ބައި ވީ ތަނެއް ވެސް ނޭނގެއެވެ. އެފަކީރު ބިރުން ރޯން ފެށިއެވެ. ގައިގެ އެތައް މިތަނުން ތަދުވަނީއެވެ. ދިލަ ނަގަނީއެވެ. ގައިން ވަރު ހުސް ވުމުން ތަނެއްގައި ހިފޭއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ވެސް ހުއްޓާލިއެވެ. ދެއަތުން ގައިގަ ފިރުމާލީ ލިބޭ ވޭނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. އެއްވެސް ހުރަހެއްނެތި ހަށިގަނޑުގައި އަތް ޖެހުމުން ބަލާލި އިރު އެއްވެސް ފޭރާމެއް ނެތެވެ. ހިތަށް ތަދުވިއެވެ. މިހުރިހާ ކަމެއް ވުމުގެ ކުރިން މަރުވި ނަމަ އޭ އަމްނާގެ ހިތަށް އެރި އެވެ. ދުނިޔެއަށް ނައިނަމަ ކިހާ ރަނގަޅު ވީސް ހޭ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. ނިކަމެތި ގޮތަކަށް ދެއަތުން ހަށިގަނޑު ނިވާ ކުރެވޭތޯ އެފަކީރު ބެލިއެވެ. ދެން ފެނުނީ އެ މަސައްކަތް ވެސް ހުއްޓާލި މަންޒަރެވެ. ނޫނެކެވެ. ހުއްޓާލީކީ ނޫނެވެ. ހޭހުސްވީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Really nice nanni ??i am first dhw?.thankolheh kury ☺kn dhuvahaku dhn up koh dhey ny????? BTWi love this story a lot????????????????????????❣❣?????
Wowowowoow. Haadha colourful comment ekey Anonymous dear……… next part vs hama asap up kureveythw hama mi masaikai kurany….. Vrh bodah ufaavejje vhk dear ah ehaa kamudhiyaiima……. Thn Q alot Anonymous dear….
My gwd buddy this is jst prfct hma srsly m speecles ??? vvvvvvvvvvvvvv reethi v curious hthah vx naaraa goi gthah stry dhrthy emme fakkaly ?? buddy u hv gt this talent m sooooo hpy 4 u kyp up the gud wrk nge kyp flyin always ????
Owh my my……… buddy haadhahaa loabi loabi comment ekey dhw…….. hama kos vejje comment fenifa vs……. vrh vrh vrh vrh vrh bodah ufaaavejje roxy ah mi vaahaka reeethi vma……. nanni balan veehaa vs thafaathu kolleveythw… heheh….. n Thn Q alot buddy….. u have the talent toooo ey buddy…… just prove it………
Btw ads me into tht stry i wnt to b tht mnstrs killr hehe ?????
Hehehehe madukolla… kuriah oii part thakuga dhw… heheheh lol
Wooow v nice story bt v dheragotheh dhw alhe edhimaavy… Plxxxxxxxx save her..
yh dhw… vrh dhera…. hingaa dhw balamaa dhn vaane gotheh…. pray for her……… Thn Q Naju…….
I appreciate your wrk. This prt is wndrfl ngey ??
Thn Q Jazlee… Thn Q alot dear…………. Vrh bodah ufaavejje thi comment fnifa……
Maasha Allah vvv reethi….. bad for amna… haadha dheraey…………
misses n much lovess nanni
Vrh dhera dhw…… hingaa dhn in part ga vaa gotheh balaalan…. miss u too unique dear…. ly…
alhey amna ah thihen nuhadhaa Nanni..vvv reethi masha allah….annehkaa huvafeneih thr eii???????????
Nanni gotheh nuhadhamennu….. kaaku kuraa kameh thw balaalan hingaa dhw……… Btw vrh bodah ufaavejje vhk kamudhiyaeema…….
Salhi story liye fa vaagoei ekams sad dho e kuij
aa ya evei goei dhen vaanei kihinei baa e nulafa hiyalhu ge aei dhasshun salaamai vaanebaa pray for her(keep it up girl)
Thn Q alot shamoon…. vrh ufaavejje vhk salhi vma dear ah… yh lets just pray for her…….
Salhi…?????
Owh wow Amee…… Thn Q alot Dear…. m so happy……
vvvvvv salhi.. whn is nxt part??? but name dhw.. mihaaru change nukureveyne kan ingey.. v udhagu amna e name inyma…
Sorry dear………. n thn q alot faahaga kollyma….. ufaavejje dear ah vhk reethi vma….
Vv reethi
Aneh kaa amna ah e fennenee huvafeneh noon tha
When next part
hihhih. ehn vs vedhaane hama…. hingaa dhw vaa goi balan… thn q vrh bodah. 🙂
Wow.. v v nice… next part avah up kodheychey… can’t wait to read it… so interesting
Alhey…….. thihn vma mirey up kolleveythw hama vrh vrh masaikai kuraaann ingey dear………. vrh ufaavrjjr Ilu ah vhk kamudhiyaeema……..
So nice.. mi part vx vr salh… Curiously waiting for the next part??♥️♥️♥️♥️
Awwnn. thn q
V salhi
Thn Q dear.. vrh ufaavejje hama..
Just an advice ingey. Vaahaka liyaa iru audience aa maa suvaalu gina nukurey. Hyvanii kiun theringe faraathun javaabu hoadhan ulheyhen. Adhi ves ibaarai kurun furihama kollan eba jehey. But u have improved a lot since this story’s first part.