Skip to content
އެސްފިޔަ

ދިން ވޭނުގެ ހިތާމައިގައި..

މެންދަމުގެ ހިމޭން ވަގުތެކެވެ. އަހަންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނު އިރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަވަހަށް ތެދުވެ ދެ ރަކްޢަތުގެ ނަމާދެއް ކޮށްލައިގެން އަނެއްކާވެސް އޮށޯތީމެވެ. ނިދާލެވެނީވެސް އެތައް އިރެއްގެ ސަކަރާތައްފަހުއެވެ. އެހެންކަމުން ދެން ހަމަ ހިލާ ނިދޭ ގޮތެއް ނުވިއެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާލީމެވެ. ހަށިގަނޑަށް ވެރިވެގެން ދިޔައީ ތެތް ފިނިކަމެކެވެ. ޖައްވު ތެރޭގައި ހިފާފައިވަނީ އާދަޔާ ޚިލާފު މީރު ވަހެކެވެ. މަޑުމައިތިރި ކަމުގެ ވެސް އިންތިހާއެވެ. އުޑުމަތީގައި ވިދާ ތަރިތައް ވެސް ހީވަނީ އަހަންނަށް ހަނާ އަޅާހެންނެވެ. ގުދުރަތުގެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރެވުނެވެ.

ކުދިކުދި ދޫނިސޫފާ ސޫފީގެ އަޑުތައް މަޑުމަޑުން އިވެންފެށިއެވެ. އިރުގެ އަލިކަން އުދަރެހަށް ފެތުރިގަތީ ހީވެސް ނުކުރާހާ އަވަހަށެވެ. އިރުކޮޅަކުން ފޯނު ރިންގުވާން ފެށިއެވެ. ގުޅީ އަހަރެންގެ ކަސްރަތު ޕާޓްނަރު މަލްހާ އެވެ. ފުންމައިގެން ގޮސް ފޯނު ނެގީމެވެ. އޭނާގުޅީ އަހަރެންގެ ގެކައީގަ ހުރެގެންނެވެ. އަހަރެން ނައިސްގެންނެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އަހަރެމެން ދެމީހުން ދުވަން ދަމެވެ. އަދި ގެޔައް ދަނީ މޫދުގައި ވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހުގައެވެ. މޫދުގައި އެކަކު އަނެކަކަށް އެކިއެކި ވާހަކަ ޝެއަރކޮށް ހަދަމެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުން އުޅެ ބޮޑުވީވެސް އެއްކޮށެވެ. މަލްހާ އަކީ ހަމައެކަނި އަހަރެންގެ ކަސްރަތު ޕާޓްނަރެއް ނޫނެވެ. އެއީ އަހަރެންގެ ބެޓަރ ހާފް އަދި ޕާޓްނަރ އިން ކްރައިމް އެވެ. އަހަރެން ގެ ބެސްޓްފުރެންޑެވެ.

އަހަންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕަ މަސައްކަތް ކުރަނީ ބެންކުގައެވެ. މަންމަގެ ކަމަކީ ގޭގައި ފަހާތަނެއް ހުޅުވައިގެން މީސް މީހުންގެ އޯޑަރަށް ހެދުންފެހުމެވެ. އަހަންނަށް ވަގުތުދޭލެއް ވަރަށް މަދެވެ. އެހެންނަމަވެސް އަހަރެން ދެކެ ވަރަށް ލޯބިވާނެއެވެ މަލްހާގެ މަންމަ މަސައްކަތް ކުރަނީ އަހަރެންގެ މަންމަގެ ފަހާތަނުގައެވެ. ނަސީބު ނިޔާކުރި ގޮތުން މަލްހާގެ ބައްޕަ ވަނީ މީގެ ދެ އަހަރުކުރިން މި ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.

ސްކޫލް ނިންމާލި ފަހުން އަދި އެއްވެސް ބޭނުންތެރި ކަމެއް ނުކުރެވެއެވެ. ދެމިހުންގެ ވެސް އުމުރުން މިހާރު 18 އަހަރު ފުރެނީއެވެ. މަލްހާ އަބަދުވެސް ބޭނުންވަނީ ފެޝަންގެ ދާއިރާ އިން ކުރިޔަށް ދިޔުމަށެވެ. ގޭމުކުޅުމާއި ލަވަ ޖެހުމާއި ކެއުމަކީ އޭނާ އެންމެ ކުރާހިތްވާ ކަންތަކެވެ. އާއެކެވެ. މަޖަލުގައި ބައިވެރިވުމަކީ އިންސާނީ ޠަބީޢަތެވެ. އަހަރެންވެސް މަލްހާ އާއި އެއްކޮށް ދޭތެރެއަކުން ވީޑިޔޯ ގޭމެއް ކުޅެލަމެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ވެސް ކުރަންވާނީ ވަކި ހުދޫދެއްގެ ތެރޭގައިތާއެވެ. އެހެން ކަމުން އަހަންނަށް ލިބޭ ހުސްވަގުތު ތަކުގައި ވާހަކައެއް ލިޔެވޭތޯ ބަލަމެވެ. އެއީ އަހަރެން އެންމެ ކުރާ ހިތްވާ އެއްކަންތަކެވެ.

މޫދުން ފައިބައިގެން ގެޔަށް ދިޔައީ ދެމީހުންވެސް ސަކަރާތް ޖަހަމުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތް ކުޑަ ދެކުދިން ފަދައިންނެވެ. ޖެހިގެންހުރި ގޯޅިން އަޅަން އުޅެނިކޮށް މަލްހާ ސަކަރާތް ޖަހަމުން ޖަހަމުން ގޮސް އަހަރެން ކޮއްޕާލިއެވެ. އެވަގުތު ގޯޅީގެ އަނެއް ފަރާތުން އައި މީހެއްގެ ގައިގައި އަހަރެން ވަރަށް ބާރަށް ގޮސް ޖެހުނެވެ. ގަތީކީ އަމަށަކު ބިރެއް ނޫނެވެ.

ބިރުގަތް ވަރުން އަހަންނަށް އެމީހާއާއި ދިމާލަށް ބަލާލާކަށްވެސް ނުކެރުނެވެ. މަލްހާ ވެސް ހުރީ ލަދުގަނެފައެވެ. އޭނާގެ ސަބަބުން އެވަރުގެ ކަމެއް އަހަންނަށް ލައިގަތީމައެވެ. އަހަރެން މަލްހާގެ އަތުގައި ބާރަކަށް ހިފާފައި ހިނގައިގަތީމެވެ. ފަސްއެނބުރި ބަލާވެސް ނުލަމެވެ. އެވަގުތު އެމީހާ ގޮވާލިއެވެ…

ނުނިމޭ!

Comments (14)

  1. Twinkle?

    Yay me first

  2. Twinkle?

    Wow… salhi vaane mi stry vs

  3. Naju

    Hivany v salhi vaane hen mi story n naju ah storyge name hama v obi…

  4. Naju

    Aslu name rythi kamun ingey story mi kiyaa hiyy vyvx

  5. Amee

    Salhi igey….when next part..

    1. Naphu
      Amee

      Miadhu inshallah

  6. Shappi

    V reethi mi storyy when next part??

  7. naxu

    Vr nice

  8. Sunoo

    Wow…salhi varah….avahah upkohba varah kiyaa hievey…heevey vvv nice vaane hen

  9. Mal

    Nice

  10. naash

    wow vvv reethi maasha allah….

  11. Rish

    Varah rythi?? waiting for next part?

  12. Livee

    Varah salhi mi part ves.next part kon irakun???

  13. Niumm

    Salhi varah.. starting v salhi ??…

Comments are closed.