Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެކުގައިވާނަން

amilly Level 1
June 24, 2018 2 Mins Read
24 Comments

 

އެކުގަވާނަން ( ޕާޓު 1 )

 

ކަޅު ވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ފެންނަފެނުމަށް ހީވަނީ ދެންމެ ދެންމެ ވާރެ އޮއްސައިގެންފާނެ ހެންނެވެ. ވައިވެސް އެހާމެ ބާރެވެ. ވަޔާއިއެކު ގަސްތައް ހެލޭއަޑާއި، ކަނޑުން ނަގާ ބިޔަ ރާޅުތައް ތޮށި މައްޗައް ބިންދާ އަޑު ފިޔަވާ އިތުރު އަޑެއް ރަށުތެރެއިން ނީވެއެވެ. ވިއްސާރަ ކުލަވަރު އުޑުމަތީގައިވެފައި ރޭގަނޑުގެ ވަގުތުކަމުން މީހުންތައް ގޭގެއަށް ވަދެ ހިޔާވަހިކަން ހޯދާފައިވާ އެފަދަ ވަޤުތެއްގައި، ރަށުގެ ބޮޑު މަގުމަތިން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި އެދަނީ ކޮން އަންހެން ކުއްޖެއްބާއެވެ.؟

ދެއަތް މުއްކެވިފައި އޮތްއިރު އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. ލައިފައިވާ ކަޅުކުލައިގެ ފައިތިލަޔާ ހަމަޔަށް ހުރި ދޫހެދުން ގަދަ ވައިގެ ސަބަބުން ގައިގާ ތައްލަވާފައިވެއެވެ. ހެދުމުގެ ފަސްބައިން ތަންގަނޑެއް އިރައިގެން ގޮސްފައިވާއިރު ފަން އިސްތަށިގަނޑު އޮތީ މިނިވަން ކަމާއިއެކު ދޫކޮއްލާފައެވެ.

ހުސްފައިގައި ހިނގަމުންދިޔަ އެކުއްޖާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓެވެ. ބަލާބެލުމަށް ވައްތަރީ ވަރަށް ބޮޑު އަނިޔާއެއް ލިބި ހިތާމަތަކެއް ތަހަންމަލް ކުރަމުންދާ ކުއްޖަކާއެވެ. އެފަދަ ވަގުތެއްގައި އެކުއްޖާގެ މަންޒިލަކީ ކޮބާބާއެވެ.؟ މިކަހަލަ ތޫފާނީ ރެއެއްގައި ވަރަށް މުހިންމު ބޭނުމަކު ފިޔަވާ މަގުމައްޗަށް މީހަކު ނުކުމެ އުޅުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ބަލާބެލުމަށް މި އަންހެން ކުއްޖާއަކީ އެފަދަ މުހިންމު ބޭނުމެއް އޮތް ކުއްޖެއް ހެނެއް ހިޔެއް ނުވެއެވެ.

ގަދަ ނިދީގައި އޮތް ޔާނިޝްއަށް ހޭލެވުނީ ފޯނުގެ އެލާރމް އަޑަށެވެ. ކުޑަކޮށް ބޯހިއްލާލުމަށްފަހު ކައިރީގައި އޮތް ފޯނުނަގައި އެލާރމް އޮފް ކޮއްލާފައި، ބާލީސް މޫނުމަތީގައި އަޅާ ފޮރުވާލުމަށްފަހު އަނެއްކާވެސް ހަމަޖެހިލިއެވެ. ނަމަވެސް އެވަގުތު އޭނާގެ މަންމަ ޒުބޭދާ ކޮޓަރި ދޮރުގައި ދެފަހަރު ޖަހާލަމުން ގޮވާލިއެވެ. ” ދަރިފުޅާ ޔާނިޝް އަވަހައް ތެދުވޭ. މިހާރު އެއޮއް އޮފީހައްދާ ގަޑިޖެހެނީ.” ބާލީސް މޫނުމަތިން ހިއްލާލުމަށްފަހު ކަންނެއް ގޮތަކަށް ޔާނިޝް އޭނާގެ މަންމައަށް ޖަވާބު ދިނެވެ. ” ލައްބަ މަންމާ. އަޅުގަނޑު ހޭލައިފިން.” މަންމައަށް ޖަވާބު ދިނުމަށްފަހު ތެދުވެ ހިންދެމިލާ ކުޑަކޮށް ހަމަޖެހިލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަނީ ގަޑިޖެހުމުގެ ކުރިން އޮފީހައްދާން ތައްޔާރުވުމުގެ ބޭނުމުގައެވެ.

ފެންވަރާ ތާޒާވެލައިގެން ނިކުތް ޔާނިޝްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. އުނަގަނޑުން ތިރި ތުވާލިން ނިވާކޮއްލާފައި ވާއިރު ބަނޑާއި މޭމަތި ވަނީ ހާމައަށެވެ. ގަވާއިދުން ކަސްރަތުކުރާ، ހަށިގަނޑަށް ނުހަނު ބަލައިގެން އުޅޭ މީހެއްކަން އޭނާގެ ތަނަވަސް މޭމަތިން ހާމަވޭވޭ ހުއްޓެވެ. ތުންފަތުގައިވާ ލުއި ހިނިތުންވުމުން އަންހެންކުދިންގެ ހިތްތަށް ކަތިލާހާވެއެވެ. ލޯގަނޑު ކުރިމައްޗައް ހުއްޓިލުމަށްފަހު ބޮލުގައި ޖެލްކޮޅެއް ހާކާލާ ރީތިގޮތަކަށް އިސްތަށިގަނޑު ހަދާލިއެވެ. އެއަށްފަހު އަލަމާރިން ގަމީހަކާއި ފަޓުލޫނެއް ނަގާ ރަނގަޅައް ބަލައިލިއެވެ. އަދިވެސް އެއްފަހަރު އަލަމާރި ތެރެއަށް ނަޒަރު ހިންގާލުމައްފަހު އަތުގައި އޮތް އެއްޗެހި ލައި ބެގީކޮއްލިއެވެ. އަދި ކަޅު ހިމަ ޓައީއެއް ކަރުގައި އަޅާލިއެވެ.

އެވަގުތު ކޮޓަރިއަށް ވަދެގެން އައި އަންހެން ކުއްޖާއައް ޔާނިޝް ބަލާލިއެވެ. ” އޯހޯ. ހާދަ ފަރިއެއް ތިވަނީ، އަނެއްކާ ޑޭޓަކަށް ދަނީތަ؟” ހިނިގަނޑެއް ޖަހާލަމުން ޝެލީ އެހެން ބުނެލީ ޔާނިޝްއާއި ދިމާކޮއްލުމުގެ ބޭނުމުގައެވެ. ” ހޫން. އެއްކަލަ އަންހެނާގެ ކަންތައް ފެށުނީ ދޯ. މީނަގެ އަނގަޔާއި ހެދި ނޯންނާނެ މަށައް ހިއްހަމަ ޖެހޭވަރަށް ތައްޔާރު ވެލެވޭކައްވެސް. މީނަޔައް ކީއްތަ މަ ޑޭޓަކަށް ނޫން ކޮންމެ ތާކަށް ދިޔަޔަސް.” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޔާނިޝް އޭނާގެ ކޮއްކޮއާއި ވާހަކަ ދެއްކީ ވަކި ތިމަންނަވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދަޔަކުންނެވެ. “ހަހަހަހަ. ދެން އަނގަތަޅަން ނުހަދާ ހިނގާ ސައިބޯން، ވަރަށް ބަނޑުހައި.” ބަނޑުގައި އަތްހަކާލަމުން ޝެލީ އެހެން ބުނެލީ ހަޤީޤަތުގައިވެސް އޭނަ ބަނޑުހައި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. ” ސައިވެސް ބޮވޭނީ ތިޔަ އަނގަ މައިތިރިވެގެނެއްނު.” ޝެލީގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ޔާނިޝް އެހެން ބުނެލީ ލޯތްބާއެކުގައެވެ. މި ދެބެން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ކުޑައިރުއްސުރެ ބަދަލެއްނައިސް އެދެމެދުގައި އޮތްލޯބި އަދިއަދައް ދާންދެންވެސް ބަދަލެއްނުވެ އެގޮތުގައި އޮތެވެ.

އެކިސަކަރާތުގައި ތިބެ ކާގެތެރެއަށް ވަދެގެން އައި ދެކުދިން ފެނި ޒުބޭދާގެ ތުންފަތައް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ” ދަރިފުޅުމެން ހާދަ ލަސްވީ. އަވަހައް އާދޭ ސައިބޯން.” ޒުބޭދާ އޭނާގެ ދެދަރިންނާއި ވާހަކަ ދެއްކީ ލޯތްބާއިއެކުގައެވެ. ލަސްވާނެ އެންނު މީނަ އަނގަގަދަ މިތުރާ ހެދި. މީނަގެ އަނގައިން ސަލާމަތް ވެގެންނު މީހަކަށް ކަމެއް ކުރެވޭނީ.” ޔާނިޝް އެހެން ބުނެލި ވަގުތު ޝެލީގެ އަނގައައް ޖައްސާލީ ވައްތަރުން ޒުބޭދާ ގާތައްވެސް ހިނިއައެވެ.

އުފާވެރި މާހައުލެއްގައި ތިބެ ސައިބޮއެ ނިންމާލުމައްފަހު ޔާނިޝް ނުކުތީ އޮފީހައްދާށެވެ. ސައިކަލައް އަރާ ދުއްވާލި އިރު މޫނުމަތިން ފެންނަނީ ހިއްހަމަ ޖެހުމާއި އުފާވެރިކަމެވެ. އާދައިގެ ވަރަކައް ދުއްވާލާފައި އައިސް ސައިކަލު މަޑުކޮއްލީ އޮފީސް ކަރިއަށެވެ. ސައިކަލު ޕާރކު ކޮއްލުމައްފަހު އޮފީސް ތެރެއައް ވަދެގެން އައި ޔާނިޝް އެތާތިބި ގިނަ އަންހެންކުދިންގެ ލޮލުގެ އަމާޒަކައް ވެގެންދިޔައެވެ. އެބެލުން ތަކުން ކިތަންމެ އުނދަގޫވި ނަމަވެސް އެކަމައް މާބޮޑު ފަރުވާލެއް ނުބެހެއްޓީ އެއީ ކޮންމެ ދުވަހަކުވެސް އޭނާ ކުރިމަތިލާން ޖެހޭ ކަމެއް ކަމައް ވާތީއެވެ. ކޮންމެ މީހަކައްވެސް ހިޔްހެޔޮ ހިނިތުންވުމެއް ރައްދުކޮއްލާފައި ކެބިންތެރެއައް ޔާނިޝް ވަދެގެން ދިޔައީ ކުރިމަތިވަމުންއައި ތޫފާނުގެ ކުޑަވެސް މޭރުމެއް ނުވާހާލުގައެވެ………..

 

( ނުނިމޭ )

Share Article

Follow Me Written By

amilly

Level 1

im a 19 year old girl. writing stories is my hobby. hope u all will like my stories

Other Articles

Previous

ބޯ ވެހޭ ވާރެޔާ….1

Next

އަލިވެގެންދިޔަ ޙަޔާތް

Next
June 24, 2018

އަލިވެގެންދިޔަ ޙަޔާތް

Previews
June 24, 2018

ބޯ ވެހޭ ވާރެޔާ….1

24 Comments!

  1. Twinkle? says:
    June 24, 2018 at 6:00 pm

    Yay me first

  2. Twinkle? says:
    June 24, 2018 at 6:04 pm

    Vrh rythi vaane hn hyvany… anehka kn kahala thoofaaneh baa yaanish ah kurimathivany??? ??? curiously waiting for the nxt part…

    1. amilly says:
      June 24, 2018 at 7:58 pm

      congratxx.. ❤
      Suvaaluge javaabues libeyne kuriah huri baithakun..
      Thank you❤

  3. Reen says:
    June 24, 2018 at 6:09 pm

    Masha allah…mi vaahaka vv reethi vaane hen heevany…next part v kiyaalaa hithun mi huryyy…kon irakun tha next part up kohladhenyy???

    1. amilly says:
      June 24, 2018 at 8:01 pm

      thank you❤
      Next sundayga insha allah ?

  4. Livee says:
    June 24, 2018 at 6:19 pm

    Feshun v reethi regular koh up kohdheyne kamah ummeedhu kuran.anwhka Jon kahala thoofaanehba dho yaanish aa mi kuri mathi vany??? When next part???

    1. amilly says:
      June 24, 2018 at 8:04 pm

      thank you
      Insha allah hama gavaaidhun vaahaka up vamundhaany.
      Suvaaluge javaabues kuriah huri baithakun engigen dhaane. Next sundayga dhevana part up vaane insha allah.. ❤❤

  5. amilly says:
    June 24, 2018 at 6:29 pm

    Congratulations❤
    Thankxx..?? vaahaka kiyamun dhaavarakah thi suvaalah vx javaabu libeyne ?

  6. amilly says:
    June 24, 2018 at 6:30 pm

    thank u.❤
    Vaahak up vaaany kmme sunday ehga.. ?

  7. amilly says:
    June 24, 2018 at 6:32 pm

    thankx ❤
    Dhn balaalaany dhw kihineh kan vany ?
    Next sundayga second part insha allah?❤

  8. Amee says:
    June 24, 2018 at 6:43 pm

    Vrh vrh reethi…when next part….

    1. amilly says:
      June 24, 2018 at 8:05 pm

      thank you.. next sundayga ?

  9. heyyy says:
    June 24, 2018 at 7:24 pm

    haadha kureyy

    1. amilly says:
      June 24, 2018 at 7:33 pm

      Next part miah vure dhigu vaane insha ?

    2. amilly says:
      June 24, 2018 at 7:39 pm

      insha allah*

  10. Shahum says:
    June 24, 2018 at 10:17 pm

    Feshun rangalhu veema
    Vaahaka kiyaalaa hithun kiyaalevijje?

    1. amilly says:
      June 24, 2018 at 10:27 pm

      thankxx?

  11. Maya says:
    June 25, 2018 at 2:43 pm

    Feshun is interesting.. Ehenve vv kiyaahithun kiyaalevun.. ?????anyway anehkaa kn thoofaanehbaa yaanish aa kuri mathi vany.. Vvvv habeys.. Curiously waiting for next part…….. ?????????????

    1. amilly says:
      June 25, 2018 at 6:29 pm

      thank you.. letx see dhw wat happens upcoming part thakuga.. ?❤

  12. Sana says:
    June 25, 2018 at 6:44 pm

    Masha Allah varah reethi feshun and varah interesting❤❤❤❤
    When is the next part?
    Waiting for the next part??

    1. amilly says:
      June 26, 2018 at 12:55 pm

      thankxx.. ❤
      Next sundayga ?

  13. unique says:
    June 27, 2018 at 12:56 pm

    nice story

    1. amilly says:
      June 28, 2018 at 6:55 pm

      thankxx

  14. Ayn says:
    June 29, 2018 at 3:57 pm

    Starting is interesting?❤Waiting for sunday…..!!?

Comments are closed.



All Right Reserved!